Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާށެ އޯގާ ހިތާ 1

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
June 13, 2017 12 Mins Read
54 Comments

މާލޭގެ ބިމުގައި ފައި ބީއްސާލުމާއި އެކު ޒިއަމްގެ ހިތަށް ވެރިވީ އުފާވެރިކަމެވެ. ކިތައްމެ ގިނަ ދުވަހެއް ބޭރުގައި ހޭދަ ކުރުމަށްފަހު އުޅެ ބޮޑުވީ ރާއްޖޭގައި ކަމުން ގައުމަށްޓަކައި އުފެދިފައިވާ ލޯބި މޫނުމަތީވި ހިނިތުންވުމުން ދައްކުވައި ދެއެވެ. މީހުން ބުނާތީ އަޑު އަހަމެވެ. މިޒަމާނުގެ ކުދިން ބޭރަށް ދިޔުމުން އަމިއްލަ ގައުމު މަތިން ހަނދާންނެތެވެ. ބަހާއި ހުލްގު ގެއްލެއެވެ. އެހެން ނަމަވެސް ޒިޔަމް އެފަދައެއް ނޫންކަން އޭނާ ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

ލައިގެން ހުރީ ވީ ކަރުގެ މެރޫން އަތް ދިގު ޓީޝާޓެކެވެ. ކަޅު ކުލައިގެ ފަން އިސްތަށިގަނޑާއި ރީތިކޮށް ހަދައިފައިވާ ތުބުޅިން ފިރިހެންވަންތަކަން އެންމެ ފުރިހަމަ މާނާއިގައި ދައްކުވައިދެޔެވެ. އަދި މޫނުމަތީ ވި އެ ލުއި ހިނިތުންވުން ފެނި އަންހެން ކުދިންގެ ހިތް ކަތިލެވޭނެ ކަން ކަށަވަރެވެ. ޅަ އުމުރު ފާއިތުވެ ޒުވާން ލޭ އެހިނގާ ޖާނުން ވަރުގަދަ ހަށިގަނޑަކީ އަންހެން ކުދިންގެ ގޮވުމެވެ.

ކާރުން ފޭބުމާއި އެކު ޒިޔަމްގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތީ ހުރި ގެޔަށެވެ. އެއީ އެތައް ހަނދާންތަކަކުން ފުރިފައިވާ ގެޔެކެވެ. މަޑު ފެއްސަކާއި ހުދު ކުލަ ބޭރުގައި ލައިފައި ހުރި އެގެޔަށް އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް އެއްވެސް ބަދަލެއް ނައިސް ހުރުމުން ޒިޔަމް ހުރީ ކުޑަކޮށް ހައިރާން ވެފައެވެ.

“މީ ހ.މާކޯނިގެ. އެހާ ގިނަ ދުވަސްކޮށްފަ އައީމަ މަނިކުފާނު އަމިއްލަ ގެވެސް ހަނދާން ނެތުނީ ދޯ” ކުރިމަތީ ހުރި ގެޔަށް އިޝާރަތް ކޮށްލަމުން ޝާހު ހިނިގަނޑެއް ޖަހާލިއެވެ.

“މަ ޝާހު ހާ ހަނދާން ކޮށްޓެއް ނުވާނޭ. އުފާވި ވަރުން ބަލަން ހުރެވުނީ” ޒިޔަމް ލޮލުގައި އޮތް ރޭބަން އައިނު ނަގައި އަދި އެއްފަހަރު ގަޔާއި ދިމާލަށް ބަލާލިއެވެ. އާން އެކެވެ. މީ އަހަރެންގެ ގެޔެވެ. އަދިވެސް ބޭރުގައި މަޑު ކުރަންވީހޭ ހިތް ސިކުޑިއާއި ސުވާލުކޮށްލިއެވެ.

“ކަލޭ ހުރޭ ބޭރުގަ އާގަމަވެފަ. މަދަނީ. ވަރަށް ބަނޑުހައިވެސް ވެއްޖެ.”ޝާހު ޒިޔަމްގެ ފޮށި ހިފައިގެން ގޭގެ ގޭޓުން އެތެރެއަށް ވަންނަން ހިގައިގަތެވެ.

ޒިޔަމްއާއި ޝާހު ގެ ރައްޓެހިކަމުގެ ފެށުމަކީ ދެމީހުންވެސް މެލޭޝިއާގައި އެއް ޔުނިވާސިޓީއަކަށް ކިޔަވަން ދިޔުމެވެ. ހަޔާތުގެ އާ ސޮފުހާއެއް ދެމީހުން އެއްކޮށް ފެށި އިރު އޭރު ދެމީހުންވެސް ތިބީ އާއިލާއާއި ރައްޓެހިންނާއި ދުރުގައެވެ. ދިވެހި ދެ ކުދިންނަށް ވުމުން ރައްޓެހިކަމުގެ ބިންގާ އެޅެން މާ އުދަގޫ ކަމަކަށް ނުވިއެވެ. އެއް ހޮސްޓެލް އަކުން ޖާގަ ލިބިގެން ދިޔުމަކީ ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ލިބުނު މަގެކެވެ. ދެ ކޯހެއް ކިޔެވި ނަމަވެސް ގިނަ ވަގުތު ދެމީހުން އެއްކޮށް ހޭދަ ކުރަނީ ކިޔަވުމާއި މަޖަލުގައެވެ. ސައިންސް ދާއިރާގެ ދެކޯސް ކަމުން އެކަކު އަނެކަށް ނޭނގޭ އެއްޗެއް ބުނެދީ އެހީތެރިވިއެވެ.މީގެ އިތުރުން ހަޔާތުގެ ކޮންމެ ކަމެއްގައިވެސް މެއެވެ.

“މާކުންބެޔަށް ތިވަރު ވާނެކަމާއި މެދު އަހަރެން ކުޑަކޮށްވެސް ޝައްކު ނުކުރަން. ހަތަރު އަހަރުފަހުން ކޯސް ނިއްމާފަ ދިޔަ ފަހުން މަގޭ ޕޮކެޓު މަނީކޮޅު އޮންނީ ގިނަ ވެފަ” ޝާހު ފަދަ ދެވަނައެއް ޒިޔަމް ކެޔުމުގައި ނުދެކެއެވެ. ސުފުރާމަތި ފުރިގެން ބަންޑުން ވިޔަސް އެވަރު އޮންނަނީ ގިނަ ފަހަރު މަދުވެފައެވެ. ޝާހު ލެބް ޓެކް ނިންމާލާފައި ދިޔައިރު ޒިޔަމް އެމްބީބީއެސް ނިއްމުމަށްފަހު ދެން ފެށީ ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކަށް ވުމަށެވެ.

ގޭގެ ބެލް ރިންގު ވުމާއި އެކު ދޮރު ހުޅުވީ ހަސީނާއެވެ. ދޮރު ކުރިމަތީ ހުރި ޒިޔަމް ފެނި ދެވަނަ ފަހަރަށް ރަގަޅަށް ބަލައިލީ ޔަގީންކޮށްލުމަށެވެ.

“‘ދައްތާ މީ ޒިޔަމްއޭ” ޒިޔަމްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ހަސީނާ ބޯޖަހާލިއެވެ. މޫނު މައްޗަށް ވެރިވީ އުފާވެރިކަމެވެ. އަމިއްލަ ދަރިއަކަށް ނުވި ނަމަވެސް އޭނާ ޒިޔަމް ބެލީ މައިވަންތަ ކަމުގެ ލޯއްބާއި އެކީގައެވެ. ޒިޔަމްގެ މައިންބަފައިން ، އަމީރާ އަދި ޝާހިދު ކައިވެންޏަށް ފަހު އެގޭ ގެންގުޅޭ މީހެއްގެ ގޮތުގައި ހަސީނާ އެގެޔަށް ގެނައެވެ. އެހެން ނަމަވެސް އަހަރުތަކަށްފަހު އާއިލާގެ މެމްބަރަކަށް އޭނާ ވެއްޖެއެވެ. އިސްލާމްވެ ދިވެހި ބަހުން ވާހަކަ ދައްކާއިރު އިންޑިޔާ މީހެކޭ ނުވެސް ބުނެވޭހާ ފަރިތައެވެ. ލައިގެން ހުރީ އަމީރާ ލާ ކަހަލަ ކަކުލާ ހަމަޔަށް ހުންނަ ޕާކިސްތާން ހެދުމެވެ.

“ކޮބާ މަންމަމެން. އެބަ އުޅުއްވާތަ” ޒިޔަމް ވާހަކަ ދެއްކީ މާތް ބަހުރުވައިންނެވެ.  ކުޑައިރު ގައިގައި ހިފި އާދައަކީ މިހާރު އޭނާގެ ސަހުސިއްޔަތުގެ އެއްމެ އިސް ތަބެވެ.  އެއްވެސް މީހަކީ އޭނާއަށްވުރެ ދަށް މީހެއްކަމަށް ދުވަހަކުވެސް ނުބަލައެވެ. އިހުތިރާމާއި އެކީ ލޯބި ހޯދަން މިހާރު އޭނާ އަށް ވަނީ ދަސްވެފައެވެ.

“ދައްތާ ، ބޭބޭ ، ޒައި ވަރަށް އަވަހަށް އާދެބަލަ ސިޓިންރޫމަށް” ހަސީނާ އަޑު ހަރުކޮށް ގޮވާލިއެވެ. އަދި ޒިޔަމްގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. އޭނާގެ ފަހަތުން ޝާހުވެސް ގޮސް އިށީނެވެ.

“ދައްތަ އެބަ އަންނަން ޖޫސް ހިފައިގެން. ސޭންޑްވިޗްވެސް ހުންނާނެ” ހަސީނާ އަވަސްވެގަތީ ޒިޔަމްއަށް މަރުހަބާ ކިޔުމަށެވެ. ހަލުވި ހިގުމެއްގައި ބަދިގެއާއި ދިމާލަށް ދިޔައިރު އަދި އެއްފަހަރު ގޭގެ ވެރިންނަށް ގޮވާލިއެވެ.

“މަންމަގެ ރަންކޮޅާ!” އަމީރާއަށް ސިޓިންރޫމަށް އާދެވުމާއި އެކު ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. މެލޭޝިޔާގައި އުޅުނު އިރު ދަރިފުޅު ޒިޔަމް ކައިރިއަށް ދޭތެރެ ދޭތެރެއިން ދިޔަޔަސް މިއަދު ޒިޔަމް އެހެރީ އޭނާ ކައިރިއަށް އަހެވެ.

“މާންމާ، ނުރޮއެ” މައިވަންތަކަމުގެ ލޯބިން އަމީރާގެ ދެލޯ ތެންމާލިއެވެ.

“ޒިޔަމް ދަރިފުޅާ” އަމީރާގެ ފަހަތުން އެތަނަށް އައި ޝާހިދުއަށް ވެސް ލިބުނީ އެފުލެވެ. ދެފަރިންނަށް އެންމެ ދޮށްޓަށް ލިބުނު ދަރިފުޅު ގައިގައި ބައްދާލިއެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި ޝާހު ހިނިތުންވުމާއި އެކީ އިނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް މިފަދަ ލޮބުވެތި އާއިލާ އެއް ލިބުނީތީ އެކަމާ ހަމްދުކުރަމުންނެވެ.

“ކޮބާ ކޮއްކޮ” ސޯފާގައި އިށީދެ ހަމަޖެހުމާއި އެކީ ޒިޔަމް އަހާލިއެވެ.

“ކޮއްކޮ ވީ ހޮސްޕިޓަލުގައި. ޒައިވެސް މިހަފްތާ އެކަނި ހޮސްޕިޓަލުގެ ޑިއުޓީ އަށް ދާނީ. ދަރިފުޅު އަންނަން ދެން ބައްޕަ ހުޅުވި ކުލިނިކްގައި މަސައިކަތް ކުރާނީއޭ ކިޔާފަ ވަރަށް ބޮޑާ ހާކާ” ދަރިފުޅު ކިޔަވާ މޮޅު މީހަކަށް ވެގެން އައުމުން ދޭ ހަދިޔާއެއްގެ ގޮތުން ޝާހިދު ވަނީ ކްލިނެކެއް ހުޅުވުމުގެ މަސައްކަތް މީގެ ދެ އަހަރު ކުރިން ފަށާފައެވެ. ބާރު ސްޕީޑުގައި މަސައްކަތް ހިންގަމުންގޮސް މިހާރު ދިވެހިރާއްޖޭގައި ހުރި އެންމެ ފެންވަރު ރަގަޅު ގިނަ ހިދުމަތް އެއްތަނަކުން ލިބޭ ކުލިނުކަކަށް އެތަން ވެއްޖެއެވެ. ތަފާތު ދާއިރާއިން ބަލިމީހުންނަށް ބޭސްފަރުވާ ކުރެވެއެވެ. ހޮސްޕިޓަލްތަކުގައި ކުރެވޭ ބޮޑެތި އޮޕެރޭޝަންތައް ނުކުރެވުނު ކަމުގައި ވިޔަސް ގިނަ ބާވަތްތަކެއްގެ ކުދި އޮޕެރޭޝަންސް ކުރެވޭނެ ގޮތް ވަނީ މަގުފަހުވެފައެވެ. މީގެ އިތުރުން އެތާގައި ހިދުމަތްދޭ ޑޮކްޓަރުންނާއި، ނަރުހުން އަދި އެހެނިހެން ހިދުމަތްދޭ މީހުންނަކީ ކަމަށް އެންމެ ގާބިލް މީހުންކަން ޝާހިދުގެ ބެއްލެވުމުގެ ދަށުން ބަލައެވެ.

ގިނަ އަހަރުތަކަށް ފަހު އައުމުން ދައްކާނެ ވާހަކަ އޮތީ ހުސްނުވެފައެވެ. އެހެންނަމަވެސް ދުރު ދަތުރަކަށް ފަހު އައުމުން ޒިޔަމް ހަށިގަނޑަށް ވަނީ ލޮޑުކަން އައިސްފައެވެ. އެސްފިޔަތައް ބަރު ވެއްޖެއެވެ. އެހެންކަމުން މާދަމާ ދެން ނުނިމި ހުރި ވާހަކަތަށް ކުރިއަށް ގެންދާނީއޭ ބުނެ ޒިޔަމް ކޮޓަރިއަށް ވަނެއެވެ. ޒިޔަމް ކިޔަވަން ދިޔަ ފަހުން އަމީރާ އެކޮޓަރި ކޮންމެ މަހަކު ހެން ފޮޅައި ސާފުކޮށް ހަދައެވެ. ދޮރުތައް ލައްޕާފައި ހުރުމުން ގިނައިން ހިރަފުސް ވަންނާނެ ގޮތެއް ނެއް ނަމަވެސް މެއެވެ. ކޮޓަރީގެ ހުރިހާ ހަރުމުދަލެއް ހުރީ ޒިޔަމް ދިޔައިރުވެސް ހުރި ގޮތަށެވެ. އެއްވެސް ބަދަލެއް ނާއިހެވެ.

ފެންވަރައި ތާޒާވެލައިގެން އައިސް ޒިޔަމް އެނދު މައްޗަށް ވެއްޓިގަތެވެ. އަރާމް ނިންޖަކުން ނިދާލާނަމޭ ހިތާއެވެ. އެހެންނަމަވެސް އެހެން މާގިނަ އިރަކު އޮވެވޭ ގޮތް ނުވިއެވެ. އިރުކޮޅެއް ވަންދެން ނިތްކުރީ އަތް ބާއްވާލައިގެން ފުން ހިޔާލަކަށް ގެބުނެވެ.

މަޑު ހިގުމެއްގައި ގޮސް ޒިޔަމް ބެލްކަނީގެ ރޭލުގައި ހިފައި ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. މިއޮތް ބޮޑު ކޮންކުރީޓު ޖަންގަލި ތެރެއިން އޭނާ އެސޫރަ ހޯދާނީ ކިހިނެތް ހެއްޔެވެ؟ ކިތައްމެ ހަނދާނުން ފޮހެލަން އުޅުނު ކަމުގައި ވިޔަސް އެދުވަސް މަތިން އޭނާ ހަނދާން ނެތޭނެ ހެއްޔެވެ؟ ނަމެއް ނޭނގެއެވެ. ސިކުޑީގެ އެއް ފަރާތުގައި ރައްކާކުރެވިފައި ވަނީ ފުސް މޫނެކެވެ. ގަދަ މެރޫން ކުލައަކަށްދާ އިސްތަށި ގަނޑެކެވެ. ހަމުގެ ކުލަ ދޮނެވެ. އިސްކޮޅު ވަޒަންކޮށްލާކަށް ނޭނގެއެވެ. ކުރި މައްޗަށް އަރައި ވާހަކަ ދެއްކިއަޔަސް ދެވަނަ ފަހަރަށް އެ ސިފަ ނޭނގޭނެ ވަރަށެވެ. އެ އަޑު އިވިއިވި ފޫހި ވިޔަސް ތަފާތު ވަކި ކުރަން ނޭނގޭނެއެވެ. ރިހި ކެވެލި ކޮޅެއް މެނުވީ ހަނދާނަކަށް ނެތް އެކުއްޖާ ވަނީ ޒިޔަމްގެ ސިކުނޑި ހިޞާރުކޮށްފައެވެ. ބުނެދޭން ނޭނގޭ ހިޔާލުތަކަކުންނެވެ. ހަނދާން ނައްތާލެވެން ނެތް ފިކުރުތަކަކުންނެވެ.


 

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަ ކުދިންގެ ހަވީރަކަށް ފަހު ޒީން ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ. އިރު އޮއްސުނު ވަގުތާއި ދިމާކޮށް މަގުތައް ވަނީ ހަލަބޮލި ވެފައެވެ. ހުއްޓުމެއް ނެތި އިވެމުންދާ އިންޖީނުގެ އަޑާއި އެކު ދޭތެރެ ދޭތެރެއިން އަޅާލާ ބަރުގޮނުގެ އަޑުން ޒީންއަށް އުނދަގޫ ކުރުވިއެވެ. މަޖީދީ މަގުން ހިނގަމުން ދިޔަ ޒީންގެ ހިގުން ބާރުކޮށްލީ މަޢުރިބު ނަމާދު ވަގުތު ފާއިތު ވުމުގެ ކުރިން ގެޔަށް ގޮސް ނަމާދުކޮށްލުމަށެވެ.  އެހެން ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނާ ޒީންގެ ފިޔަވަޅުތަކަށް ހުއްޓުން އަރައިފިއެވެ.

ބާރަށް ހަށަމް ބަދެލެވިއްޖެއެވެ. މުޅި މީހާގެ އެތެރެ ހަށި ހީވީ ގަނޑުފެންކޮޅެއް ހެންނެވެ. އިސްޖެހިއްޖެއެވެ. ކުރިމަތިންނާއި ފަހަތުންއައި އުޅަނދުތަކަށް ޒީން މި އަމަލުން ހުރަސްއެޅުނެވެ. މޫނު ވަތަށް ޖަހައިގެން ހުރެ ޒީން ލޮލުގެ ކަޅި ވަށައިގެންވާ މާހައުލަށް ހިންގާލިއެވެ. މަންޒިލާއި ހަމަޔަށް ނުދެވިފައި ތިބި އެތައް ބަޔަކު ރުޅި އައިސްގެން ހަޅޭއްލަވައެވެ. ދެތިން އަންހެންވެރިން ޒީން ކައިރިއަށް އައިސް ވީ ކީއްތޯ އޮޅުން ފިލުވިއެވެ.އެހެން ނަމަވެސް ޒީންއަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ހީވަނީ އޭނާގެ ދުލުގައި ތަޅުލެވިފައި ހުރިހެންނެވެ. އޭގެން އެއް އަންހެނަކު ޒީންގެ އަތުގައި ހިފައި ދުވާރާއި ދިމާޔަށް ގެންދަން އުޅުނެވެ. ބޭއިހުތިޔާރުގައި ޒީން އަށް އެމީހާގެ އަތް ފޮޅައި ލެވުނެވެ. އެޔާއި އެކު އެންމެންގެ އަޑު އިހުނަށް ވުރެ ބާރު ވިއެވެ. ބައެއް މީހުން އިތުރަށް  މަޑު ނުކޮށް އެއްކައިރިން ކުރިއަށް ދުއްވާލިއެވެ. ބައެއް މީހުން ޒީން އާއި އަރައި ހަމަވުމުން ހުތުރު ބަހުން މުއާމަލާތްކޮށްވެސް ހަދަމުން ދިޔައެވެ.

ވަށައިގެންވާ މާހައުލަށް ވުރެ ބޮޑަށް ޒީންއަށް ސަމާލުކަން ދެވެމުން ދިޔައީ ސިކުޑީގައި މަޑު ރޯޅިއެއްހެން އިވެމުންދާ އަޑަށެވެ. އެއީ ބައެއްގެ ވާހަކަ ދެއްކުމުގެ އަޑެވެ. އެމީހުން ވާހަކަދައްކަމުން ދިޔައިރު މާބުރެއްގެ އަޑުހެން ހީވާ އަޑެއް ފަހަތުން އިވެމުން ދެޔެވެ. އެހެން އަޑުތައް ފުސްކޮށްލުމަށްފަހު ޒީން ސަމާލުކަން ދިނީ އެމީހުންގެ އަޑަށެވެ. ކިޔާ އެއްޗެއް ފަހުމް ވޭތޯއެވެ. ނަމަވެސް އޭގެ ކުރިން އަޑު މަޑުވަމުން ގޮސް އެއްކޮށް ކެނޑިއްޖެއެވެ.

ދެބުމަ ގޮށްޖަހާއިލުމަށްފަހު ޒީން އެއްމެނަށް ބަލައިލިއެވެ. އޭރު އެއްމެންގެ ރުޅީގެ ހޫނުން އޭނާ ފިހޭނެކަން ޒީންއަށް އެނގުނެވެ. ހޭލާ ހުރެ މި އިވުނު އަވާމެންދުރެއް ފަދަ ހުވަފެނުން ޒީންއަށް ހޭވެރިކަން އަޔެވެ. ޒީން އާއި ހެދި އުފެދިފައިވާ ޓުރެފިކް ބައިގަނޑަށް ތަން ދެމުން ޒީން މަގުގެ އަނެއް ފަރާތަށް ދުއްވައިގަތެވެ. އެއްމެންގެ ލޯ ތަކުން ޒީން ހުރީ ލަދުން ވިރި ވިރިއެވެ. ދުވާރާއި ހަމަޔަށް ނުދެވެނީސް ޒީންގެ ފިޔަވަޅުތަކަށް އަނެއްކާވެސް ހުއްޓުން އަރައިފިއެވެ. މިފަހަރު ޒީން ހުއްޓުވީ ކުރިން އިވުނު އަޑެއް ނޫނެވެ. ޒީންގެ ހަޅޭކުގެ އަޑު ފަޒާގައި އުގުމާލިއެވެ.


 

“ޒީން!! ޒީން!! ޒީ، ޒީ ” ކަންފަތުގައި އަޑު ޖެހުމާއި އެކު ނާރުތަކުން ފޮނުވާލި ސިގްނަލް ޒީންގެ ސިކުޑިއަށް ރައްދުވިއެވެ. އެހެން ނަމަވެސް ރައްދުގައި އެއްވެސް ކަމެއް ކުރުމުގެ ކުޅަދާނަކަން ޒީން ގަޔަކު ނެތެވެ. ކަރުން އިއްވާލާ ވޭނުގެ އަޑު މެނުވީއެވެ.އެކްސިޑެންޓުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ފައިބައި ގައިގެ ހަކަތަވަނީ ހުސްވުމާއި ކައިރިއަށް އަހެވެ.

އެއްގަޑި އިރު މިހާލުގައި އުޅުމަށްފަހު ޒީންގެ އެސްފިޔަތައް ކޮޅަށް ޖެހެން ފަށައިފިއެވެ. އަތާއި ފާއިގެ ހަރަކާތް ކުރެވެން ފަށާއިފިއެވެ. ޒީން މަޑުމަޑުން ވަށައިގެންވާ މާހައުލު ހޯދާލިއެވެ. އެތައް އިރަކު އެއް ގޮތަކަށް އޮތުމުން ކަރުގައި ވާން ކަމެއް ހުއްޓެވެ. ހޮސްޕިޓަލުގައި މި އޮވެވެނީ ކީއްވެގެންބާއޭ ހިތައި ސުވާލު ކޮށްލިއެވެ.

“ޒީ.. ކިހިނެތް މިހާރު” ޒީންއަށް ހޭލެވިއްޖެކަން އެނގި ކައިރީގައި ހުރި ޔުމްނު އަހާލިއެވެ.

“ރަގަޅުތަ.. ތަދުވޭތަ” މިފަހަރުވެސް ވާހަކަ ދެއްކީ ޔުމްނު އެވެ. ޒީންގެ އަޑު ބެދިފައި ހުރުމުން އަޑު ނެރެވޭ ގޮތެއް ނުވިއެވެ. ބޮލުގެ އިޝާރާތުން އާޔެކޭ ބުނެލިއެވެ.

“ކީއްވެތަ އެހެން ހެދީ..ޒީ ހޮސްޕިޓަލަށް ގެނައި މީހުން ބުނި ޒީ މަގުމަތީ އުޅުނީ ވަރަށް ފާޑަކަށޯ. އެއީ ތެދެއްތަ. އެހެންވީމަތަ މަގުގެ މެދުގައި މަޑުކުރީ؟ ދެން ބަލާ އަރާމް ކުރެވޭތޯ. އިން ޝާ ﷲ ވަރަށް އަވަހަށް ރަގަޅުވާނެ” ޔުމްނު އެތައް އިރެއް ވަންދެން ޒީންއާއި ވާހަކަ ދައްކަން އިނެވެ. ނިތްކުރި މަށައިގެން ދިޔުމުގެ އިތުރުން ޒީންގެ ކަނައަތު ފައިވަނީ ބެންޑޭޖްއަޅައި ފޮރުވާފައެވެ. ކަށިގަނޑަށް ގެއްލުން ނުލިބުނަސް ސައިކަލްގައި ޖެހި ކައިފައިގެން ދިޔަ ތަން ކުޑައެއް ނޫނެވެ. އައް ތިލައެއް ހާއިރުގެ އެފާރުގަނޑުން ހޯސްލާފައި ލޭ ފޭބިއެވެ. އެހެންކަމުން ގިނަ އަދަދެއްގެ ލޭއަޅަން ޖެހުނެވެ.

“އެމީހުން މިފަހަރުވެސް. މިހާރު މާގިނައިން އަޑު އިވޭ. ރޭގަވެސް” ޒީންގެ ލޮލުން ފޭބި ކަރުނަ ތިކިތައް ފޭދިގެންގޮސް ކަންފަތާއި ހަމަޔަށް ދިޔައެވެ.

“ކީއްވެ ނުބުނީ ޔުމްނު ކައިރީ. އަބަދުވެސް ބުނަމެއްނު ކައިރީގަ ނެތަސް ގުޅާފަ ނަމަވެސް ބުނާށޭ. މިހާރު ޖެހޭނެ މިކަމަށް ޑޮކްޓަރަށް ދައްކަން. އެހާވަރަށް ބުނި އިރުވެސް ނުދެއްކީމަ މިއަދު ތިއޮތީ ބޮނޑި ލިބިފައެއްނު” ކުޑަކޮށް ހިތްހަމަ ނުޖެހުމުގެ ރާގަކަށް ވާހަކަ ދެއްކިޔަސް ޔުމްނު ހިތުގައި އެކުވެރިޔާއަށް ހިތް ސާފެވެ. ވަނީ އޯގާތެރިކަމެވެ.

ގިނަ އިރުތަކެއް ނުވެ ޒީންއަށް ކޮޅަށް އިދެވޭވަރު ވެއްޖެއެވެ. އަދި ދަޑިގަނޑު ބޭނުންކޮށްގެން ހިނގޭވަރުވެ ގައިގެ ހަކަތަވެސް ޖެހިއްޖެއެވެ.

“އައްސަލައި މަލައިކުމް. މިހާރު ކިހިނެތްތޯ ތަދު” އެތެރެއަށް ވަދެގެން އައީ ޑރ.ސާއިމް އެވެ.

“ޒީ. މީ ޒީ ގެ ޑޮކްޓަރ. ޒީ އަށް ވާގޮތް ކިޔައިދޭން ވީނު” ޔުމްނު ޒީންގެ ޑޮކްޓަރު އޭނާއަށް ތައާރަފްކޮށްދިނެވެ.

“އަޅުގަނޑު އޯކޭ މިހާރު. ފައިގަ އެކަނި ރިއްސަނީ. ދެން ކުޑަކޮށް ހޮޑުލަވާ ގޮތެއް އެކަނި. ކޮން އިރަކުން ގެޔަށް ދެވޭނީ” ޒީން ހުރީ ގެޔަށް ދާން ލަސްވެފައެވެ.

“ވާ ގޮތް ކިޔާ ދިނުމުން ނޫނީ ގެޔަށް ނުދެވޭނެ” ސާއިމްއާއި ކުރި ސުވާލުގެ ޖަވާބު ދިނީ ޔުމްނުއެވެ. ޒީންގެ ޗާޓުގައި ލިޔަން ހުރި ސާއިމްއަށް އެދިމާލަށް ބަލައިލެވުނީ ޔުމްނު އަޑުގައިވި އަމުރުވެރިކަން އިހުސާސްވުމުންނެވެ.

ސާއިމް ލައިގެން ހުރީ މަޑު ފެއްސަކަށް ދާ ގަމީހެކެވެ.އަދި އެޔާއިއެކު އަޅައިގެން ހުރި ކަޅު ޓައީއާއި ޑޮކްޓަރުންނަށް ހާއްސަ ހުދު ކުލައިގެ ކޯޓުން ހަރުދަނާކަން ދައްކުވައިދެޔެވެ. އަޅައިގެން ހުރި އައިނުގެ ފަހަތުގައި ވާ ލޮލުގައި ވަނީ ތޫނު ކަމެވެ. ހަތަރެސްކަން ބައްޓަމަށް ދާ އެމޫނުގެ ތުބުޅިވަނީ ތުނިކޮށް ކޮށާލެވިފައެވެ. ހިތްހޮޔެކަން ތުންފަތް މަތީވި ލުއިލުއި ހިނިތުންވުމުން ދައްކުވައި ދެޔެވެ.

“ތެދެއް. ދައްތަ އެބުނާ ގޮތަށް ވީ ގޮތް ކިޔައިދޭންވީނު” ޒީންގެ ރަތް ވެފައިވާ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވެ ހުއްޓެވެ. ސާއިމް ސަމާސާކޮށްލަމުން ބުނެލިއެވެ.

“ސީރިއަސްލީ….! ދައްތާއޭ !! ” ޔުމްނު ދެލޯ ބޮޑުވެގެން ދިޔައެވެ.

“އެއްމެ ތިން މަސް ބޮޑުވީމަ ނުވާނެދޯ ދައްތައަކަށް. ހު.. އެވާހަކަ އެއްނޫނޭ. ޒީން ކިޔާދީ ބަލަ ވާގޮތް”  ބަދަލުވަމުން ދިޔަ މައުޟޫ ޔުމްނު މިސްރާބުކޮށްލިއެވެ. އެހެންނަމަވެސް ތަކުރާރުކޮށް އެހުމުންވެސް ޒީން އެނާއަށް ވާގޮތް ކިޔައިދޭން ދެކޮޅު ހެދިއެވެ.

ކުޑައިރުއްސުރެ ފިޓު ޖެހޭތީ އެކަމަށް ދާއިމީ ގޮތެއްގައި ބޭސްކެއި އަންނަ ޒީން އަށް މިހެން ވާންފެށީ އުމުރުން 18 އަހަރަށް ވުރެ ބޮޑުވި ފަހުންނެވެ. އޭރުން ފެށިގެން އަށް އަހަރު މިކަމުގައި ހޭދަ ކުރަންޖެހުމަކީ ދަތިކަމަކަށް ވިޔެވެ. ބަޔެއް ފަހަރު އަމިއްލަ އިޙްތިޔާރުން ބޭރުވެ ސިކުޑީގައި އިވެމުންދާ އަޑުތަކަށް ތަބާވެއެވެ. ހާއްސަކޮށް މާ ބޮޑަށް ކަންބޮޑުވެ ހާސްވާ ވަގުތުތަކުގައެވެ. ޒީންގެ ނާރުގެ ޑޮކްޓަރު ސައިކޭޓުރިސްޓަކަށް ދައްކަން ބުނި ނަމަވެސް ޖެހިލުންވަނީ މީހުން އޭނާއާއި މެދު ކިޔާފާނެ އެއްޗަކާއި މެދުގައެވެ. ސިކުޑި ހަމަނުޖެހޭ މީހެކޭ ބުނެ މީހުން މަލާމާތް ކޮށްފާނެތީއެވެ. ޒީންއަށް މި ދިމާވާ ކަންތައް ޔުމްނު ނޫން އެހެންމީހަކަށް ނޭނގެއެވެ. އަމިއްލަ ބައްޕަ ކައިރީވެސް ބުނަން ޖެހިލުންވަނީ މަންމަ މަރުވުމަށްފަހު ބައްޕަގެ އެކަނިވެރި ދިރިއުޅުމަށް އިތުރު ހިތްދަތިކަމެއް ނުގެނެއުމަށެވެ. ފިޓް ޖެހޭ ދުވަހެއް އައިއްސިޔާ މުން ބައްޕަގެ ދެލޮލުން އޮހޮރާލާ ކަރުނަތައް މަދެއް ނޫނެވެ.

ޒީން ވާހަކަ ނުދެއްކުމުން ސާއިމް އިތުރަށް މަޑުނުކޮށް ބޭރަށް ދިޔައީ އެހެން ބަލިމީހުންގެ ކައިރިއަށްވެސް ދާންޖެހޭތީއެވެ. ސާއިމްގެ ފަހަތުން ޔުމްނު ބޭރަށް ނުކުތެވެ.

“އަޅުގަނޑަށް އެގޭ ވަރަކަށް ކިޔައިދޭންތޯ” ސާއިމްއަށް ޔުމްނުގެ އަޑު އިވިގެން ފަހަތް ބަލާލި އިރު ޔުމްނު އެދިމާލަށް އަންނަނީއެވެ. ޔުމްނު އޭނާއާއި އަރައި ހަމަވުމުން ދެބުމަ މައްޗަށް އަރުވާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. 15 ވަރަކަށް މިނެޓު ވަންދެން ދެމީހުން ޒީންއާއި ބެހޭ ގޮތުން ވާހަކަ ދެއްކިޔެވެ.

“ތިކަލަ ކަމެއް ދިމާވާން ވަރަށް ގިނަ ސަބަބުތައް ހުރެދާނެ. ހާއްސަކޮށް އެމީހަކަށް މާޒީގައި ނޫނީ މިހާރު ހިތާމަވެރިކަމެއް ދިމާވެފަ ވާނަމަ. ނޫނީ ޑިޕްރެޝަން އަދި އެކްސިޑެންޓެއްގެ ސަބަބުންވެސް ވެދާނެ” ކައުންޓަރު ކައިރީގައި ތިބެ ދެމީހުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަޅުގަނޑު މަސައްކަތް ކުރަން ކްލިނެކެއްގައިވެސް. އެތާނގައި މަސައްކަތް ކުރައްވާ ވަރަށް މޮޅު ބޭފުޅެއް، އަޅުގަނޑު އެ ޑޮކްޓަރު ރިކޮމެންޑު ކުރައްވަން. ހީ ވިލް ހެލްޕް ހާ ޓު ކޯޕް ވިތް ދިސް. އެޕޮއިންޓްމެންޓް ތަންކޮޅެއް ޓައިޓްކޮށް އުޅެދާނެ.އެހެންވީމަ ހެނދުނު 9 ހާއިރު މި ކްލިނިކަށް އައިސް އަޅުގަނޑާއި ބައްދަލްކޮށްލަން ބުނޭ. އޭރުން ފަސޭހަ ގޮތެއް ހަދައިލެވިދާނެ” ސާއިމް ގަނޑުކޮޅެއްގައި ކްލިނިކްގެ ނަން ލިޔެފައި ދިނެވެ.

ސާއިމް ގެ ދުވަހުގެ ވަގުތައް އޮންނަނީ ފުނި ޖެހިފައި ކަހަލަ ގޮތަކަށެވެ. ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 އަކުން ފެށިގެން 1 ޖަހަންދެން ކްލިނިކްގައި އުޅުމަށްފަހު ހޮސްޕިޓަލުގައި 4 އަކުން ފެށިގެން 9 ޖެހުމާ ހަމަޔަށް ބަލިމީހުން ފަރުވާ ދެޔެވެ.

އާއިލާގެ އިތުރު މެމްބަރެއް ނެތުމުން އުމުރުން އަށާރަ އަހަރަ އަހަރު ވަންދެން ސާއިމްގެ ހުރިހާ ކަމެއްހެން ބެލެމުން ދިޔައީ ސަރުކާރުގެ އެހީގައެވެ. ކިޔަވައި ނިމިގެން އައިސް ލިބޭ އާމްދަނީއިން ފެންވަރު ރަގަޅު ގެޔެއް ގަތެވެ. އިތުރު މީހަކު ނޫޅޭ އެގޭގައި ސާއިމްގެ ހިދުމަތުގައި ތިން ވަރަކަށް މަސައްކަތު މީހުން އުޅެއެވެ. ކައްކާ ހަދައި ދިނުމާއި ދޮވެ އިސްތިރި ކުރުން އެއީ އެމީހުންގެ ވަޒީފާއެވެ.

އެކަނިވެރިކަން ކުޑަ އިރުއްސުރެ ލިބިފައިވާ ސާއިމަށް މިހާރު އެކަނިވެރިކަން ވެފައި އޮންނަނީ ހިތަށް ހަމަޖެހުން ލިއްބައިދޭ ވަގުތަކަށް ވެފައެވެ. ފޮތް ކިޔުމާއި ކެއްކުން ވަނީ ގަޔާވެގެން ކުރާ ކަމަކަށް ވެފައެވެ. މާލެ އައިފަހުން ހޮސްޕިޓަލުންނާއި ކްލިނިކުން އޭނާއަށް ރައްޓެހިން ކޮޅެއް ވަނީ ލިބިފައެވެ. ޑިޔުޓީ އަވަހަށް ނިމޭ ރެއެއް ނޫނީ ބަންދު ދުވަހެއްގައި އެ އެއްމެނަށް ގަޔަށް އައިސް ސާއިމް ކުޅަދާނަ ކެއްކުމުގެ ރަހަ ދައްކާލައެވެ. މަޒާ މިޒާޖާއި އެއްވަރަށް ސާއިމް އަކީ ރުޅިވެސް ގަދަ މީހެކެވެ. ޖޯކުތަކުން އެއްމެން ހެއްވާލާ އިރު ބަލިމީހެއްގެ ކަމެއްގައި އެއްވެސް ވަރަކަށް މުވައްޒަފަކު އިހުމާލް ވެއްޖެނަމަ ރުޅިން މީހާ ކައްކާލައެވެ. އެހެންކަމުން ސާއިމް އަކީ ރައްޓެހިކަމުގައިވެސް ދެވަނައެއް ނެތް އަދި ބަލިމީހުންނަށް ނުހަނު އަޅާލާ މީހަކަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ވިއެވެ. އެއްމެންގެ ލޯބި ހޯދަމުންނެވެ.


 

 

އެއް ދުވަސް ވަންދެން ފަރުވާ ދިނުމަށްފަހު ޒީން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ގައިގެ ވަރުޖެހި އަމިއްލައަށް ހިނގޭ ވަރު ވުމުންނެވެ. އެހެންނަމަވެސް ގިނަ ވަގުތު ފަޔަށް އަރާމު ދިނުމަށް ޑޮކްޓަރު ލަފާ ދެއްވިއެވެ.

ދެ ކޮޓަރީގެ އެޕާޓުމެންޓަށް ވަނުމާއި އެކު ހިތަށް ފަސޭހަކަން ލިބުނެވެ. މިގެޔަކީ ޔުމްނުގެ ބައްޕަގެ ގޯއްޗެއްކަމުން ދެމީހުން ގޭގެ ކުއްޔާއި މެދު ވިސްނާކަށް ނުޖެހެއެވެ. ދެކުދިން އެކަނި އުޅޭ މިގޭގެ އެހެނިހެން ޚަރަދުތައް ބަލަހައްޓަނީ ދެމީހުންނަށް ލިބޭ އާމްދަނީއިންނެވެ. ޔުމްނުގެ މައިންބަފައިން ދިރިއުޅެނީ މާލެ ކައިރީ އޮންނަ ގުޅީ ގައެވެ. އެއީ ޒީންގެ ގޭގަޔެވެ. ޒުވާން އުމުރު ފަހަނަޅައި ހަރު މީހުންނަށް ވުމުން ދެމީހުންވެސް ބޭނުންވީ އަތޮޅު ތެރޭގެ ފޮނިކަން އިހްސާސް ކޮށްލާށެވެ. މާލޭގެ ހަލަބޮލި ޖަލުން މިނިވަންވުމަށެވެ. ދެ ކުދިންގެ މައިންބަފައިން މާލެ އަންނަ ފަހަރު ތިބެނީ އެކުދިން ކައިރީގައެވެ.

މަޑު ނޫ ކުލަ އަކާއި ހުދު ކުލަ ލާފައިވާ ގޭގެތެރެއިން ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބު ކަމެވެ. ބޮޑު ސިޓިންރޫމުގައި ފަތި ޓީވީ އަކާއި ކުޑަ ސޯފާ ސެޓެއް އެބަހުއްޓެވެ. އަދި އެއް ފަރާތުގައި ހުރި ބިއްލޫރި ކަބަޑުން ގިނަ އަދަދެއްގެ ފޮތް ތަރުތީބުކޮށް އަތުރާލާފައިވާއިރު ތަށި ތަކާއި މެޑަލްތައް ވެސް އެބަ ހުއްޓެވެ. ސާނަވީ ތައުލީމުގެ ފަހު އަހަރު ކިޔެވުމަށް ޒީންގެ ބައްޕަ ޒީން ގެނެސް ބެހެއްޓީ ޔުމްނުގެ މަންމަ، ހަސީނާ އަދި ބައްޕަ، ޒާހިދު ކައިރީގައެވެ. ޒާހިދު އާއި  ޒީންގެ ބައްޕަ، ފަރުހާދަކީ ބޯޓު ދަތުރު ކުރި އިރު ރައްޓެހިކަން ފެށިގެން އައި ދެމީހުންނެވެ. އޭރުއްސުރެ ދެމީހުންގެ ރައްޓެހިކަން ފަޑު ނުވެ ދެމީހުންގެ ދަރިންވެސް ބަދެވިގެން ދިޔައީ އެފަދަ ގާތް ގުޅުމަކުންނެވެ.

ޔުމްނު ސަރުކާރުގެ އިސް މަގާމެއްގައި ވަޒީފާ އަދާ ކުރާއިރު މިހާރު ގައުމީ ޔުނިވާސިޓީއިން ދަނީ މާސްޓާރސް އިން ހިޔުމަން ރިސޯސް ކޯސް ފުރިހަމަ ކުރަމުންނެވެ. ޒީން ކިޔަވަމުން ދަނީ ތިމާވެށީގެ ދާއިރާއިން މާސްޓާރސް ކޯހެވެ.  މިއީ ދެމީހުންގެ ކޯހުގެ ފަހު އަހަރެވެ. މި ދުވަސްކޮޅު ވަޒީފާގައި ނޫޅުނަސް ޒީން ވަނީ ހަތަރު އަހަރު ވަންދެން ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއްގައި އިސްކޮށް މަސައްކަތްކޮށްފައެވެ. މީގެއިތުރުން ތިމާވެށީގެ ރޮނގުން މީހުން ހޭލުންތެރިކުރުވުމަށް ހާއްސަ ކެންޕޭން ތަކާއި ހަރަކާތްތައް ހިންގުމުގައި އިސް ސަފެއްގައި އުޅެއެވެ. މިހާރު ޒީން އިންތިޒާރު ކުރަމުން އެދަނީ ބައިނަލްއަޤުވާމީ ތިމާވެއްޓާއި ބެހޭ  ޖަމިއްޔާއަކުން ދިވެހިރާއްޖޭގައި ގޮފި ހުޅުވާނެ ދުވަހަކަށެވެ. ހަތަރުވަރަކަށް މަސް ދުވަހުން މަސައްކަތް ފެށޭނެ ކަމަށް ބުނާ އެގޮފީގެ ޑިރެކްޓަރުކަން ޒީންއަށް ވަނީ ލިބިފައެވެ. މީ ހަޔާތުގައި އޭނާއަށް ލިބުނު އެއްމެ ބޮޑު އެއް ކާމިޔާބެއެވެ. އަދި ބައްޕައަށްޓަކައި ހޯދި ޝަރަފެކެވެ.

ފާއިތުވި ދުވަސް ދުވަސް ދެމީހުންވެސް ހޭދަ ކުރީ ހޮސްޕިޓަލުގައި ކަމުން ގެޔަށް އާދެވުނު އިރު ދެމީހުންވެސް ތިބީ ވަރުބަލިވެ ބަނޑުހައިގެންފައެވެ. ބޭރުން އޯޑަރ ކޮށްގެން ގެނައި ތަރުކާރީ ބަތް ކެއުމަށްފަހު ދެމީހުން އަވަސްވެގަތީ ނިދުމާއިގެންނެވެ. ޒީން ބަލިވެ އުޅޭތީ ޔުމްނު މިރޭ އޮތީ ޒީންގެ ކޮޓަރީގައެވެ.

“ހާދަ ހޮޓް ޑޮކްޓާރ އެކޭ ދޯ، މަމީ ޒީން ނަ މަކަރު ހަދައިންވެސް ބެލީމުސް އިތުރު ވަގުތުކޮޅެއް ހޮސްޕިޓަލުގަ އޮވެވޭތޯ” ދެފައި ދަމައި ޔުމްނު ހަމަޖެހިލިއެވެ.

“ސާބަސް ޔުމް. ތަނަކުން ފިރިހެނަކު ފެންނަ އިރަށް ހޮޓް އޭ ހޭންޑުސަމްއޭ ކޮންމެސް އެއްޗެއް ކިޔާނެ. ދުނިޔޭގަ އުޅޭ ހުރިހާ ފިރިހެނުން ތެރެއިން ޔުމްއަށް އެކަކުވެސް ހުތުރެއް  ނުވާނެ. ތިހެން ހަދައިގެން ކަންނޭނގެ އިންނަން ތިއުޅޭ ރީޝްވެސް ގެއްލޭނީ” ޒީން ބޯ ހަލުވާލަމުން ހިނިގަނޑެއް ޖަހާލިއެވެ. އެކުވެރިޔާގެ ގޮތް ދުވަހަކުވެސް ބަދަލެއް ނުވިތާއޭ ހިތަށް އަރުވަމުންނެވެ.

“ހޫ… މަމީ ޒީ ކަހަލަ މީހެއް ނޫނޭ. އަބަދަކު ނޫޅެން ލޯމަތީ ބޮޑު ފަރުދާއެއް އަޅައިގެން. ރީތި ކުއްޖެއް ވެއްޖެއްޔާ ރީތިއޭ ބުނުމަކުން މައްސަލައެއް ނެތެއްނު. ރީޝް ކައިރީ ހުންނަ އިރުވެސް ބަޔެއް ފަހަރު ބުނެވޭ އޮޅިގެންވެސް. އުޅެބަލަ އެކަހަލަ އަންޑަސްޓޭންޑިންގް ބޯއީ ފުރެންޑެއް ހޯދަން މުސްކުޅި ނުވަނީސް” ޔުމްނު ޒީން އާއި ދިމާކޮށްލިއެވެ.

“އަހަރެން ހިތް ކިޔާ ކަހަލަ ކުއްޖެއް އަދި ނުފެނެޔޭ. އެހެންނޫނަސް އެކަހަލަ މީހުން ހޯދުމެކޭ މާވަހަރެއް ހޯދުމޭ އެއްވަރުވާނީ. އުދަގޫ ބޮޑު ވާނީ ވިއްޔާވެސް. އިން ޝާ ﷲ މަށަށްވެސް ތިހަކަލަ އަންޑަސްޓޭންޑިންގް މީހެއް ލިބޭނެޔޭ. އެދުވަހަކުން ޔުމް އަންނާނެ ފަހަތުން މަށަށް މަށަށް ކިޔަމުން” ޒީން ގައިމަތީ ރަޖާ އަޅަމުން އަނެއް ފަރާތުގައި އޮތް ޔުމްނު އާއި ދިމާލަށް ލޯ އަޅާލިއެވެ.

“ތި ދުވަހަކަށް އިންތިޒާރު ކުރަމުން މިރޭވެސް މި ނިދަނީ.. ގުޑް ނައިޓު”


 

އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ޔުމްނު މިއަދު ދިޔައީ ޒީން ގޮވައިގެން ޑރ.ސާއިމް ބުނި ކުލިކަނިކަށެވެ. މިއީ ކުރިން ނާންނަ ކްލިނިކަށް ވުމުން ދެމީހުންވެސް ތިބީ ސީދާ ކަންތައް ކުރާނީ ކިހިނެތް ކަން ނޭނގިފައެވެ. ކްލިނިކުގެ ދޮރުން އެތެރެއަށް ވަދެގެން އައި އިރު ކުރިމަތީ ބޮޑު ކައުންޓަރެއް އެބަ ހުއްޓެވެ. އަދި އެއް ފަރާތެއްގައި އެހެން ކައުންޓަރެއްވެސް ހުއްޓެވެ. ދެ ކައުންޓަރުގައިވެސް ބަލި މީހުންނަށް ހިދުމަތް ދެވެމުން ދިޔައެވެ. 8 ޖަހާއިރު އެޕޮއިންޓުމެންޓާއި މެމޯ ދޫކުރަން ފަށާ ކެއާ ކްލިނިކުގައި ޑޮކްޓަރުން ދެއްކުން ފަށަނީ 8:30 ގައެވެ. ނުވައެއް ޖަހާ ފަނަރަ މިނެޓު ފާއިތުވި ފަހުން އައި އިރު ކިޔޫ ވަރަށް ދިގެވެ. ގޮނޑިތައް ފުރި ކޮޅަށް ތިބި މީހުންގެ އަދަދު ގިނައެވެ. ގޮނޑީގައި އިން މީހެއް ކައިރީގައި އެހުމުން ޒީން އިންނަން ގޮނޑިއެއް ލިބުނެވެ. ޒީންއަށް ކޮޅަށް ހުންނަން އަދިވެސް އުދަގުލެވެ. ފަޔަށް ހުންނަނީ ވާން ކަމެއް އައިސްފައެވެ. ޒީން ގޮނޑީގައި ބޭނުން ދުމަށްފަހު ޔުމްނު މައުލޫމާތު ދޭ ކައުންޓަރުގެ ކިޔުއަށް އެރިއެވެ. ފަސް މީހުންގެ ފަހަތުން ފެށި ކިޔު މިހާރު ޔުމްނުއާއި އަރާ ހަމަވެއްޖެއެވެ.

“ޑރ.ސާއިމް މިކްލިނިކްގައި މަސައްކަތް ކުރައްވާތޯ؟” ޔުމްނު ކައުންޓަރުގައި އިން ފިރިހެން ކުއްޖާއާއި ސުވާލުކޮށްލިއެވެ.

“އާދެ. ޑރ. މުހައްމަދު ސާއިމް ، އާންމު ބަލިތަކަށް ހާއްސަ މިކްލިނިކްގައި ހިދުމަތް ދެއްވާ. އާ ޕޭޝެންޓެއް ނަމަ އެޕޮއިންޓުމެންޓު ލިބެން އޮތީ މިއަންނަ ހަފްތާ އާދިއްތައަށް. ފޮލޯއަޕެއް ނަމަ މިއަދުވެސް ދައްކާލެވޭނެ.”ލުއި ހިނިތުންވުމަކާއި އެކީ ޔުމްނު އެހި ސުވާލުގެ އިތުރުން އެހެން މައުލޫމާތުވެސް ފަރިތަކަމާއި އެކީ އެކުއްޖާ ކިޔައިދިނެވެ.

“ޑރ.ސާއިމް ވިދާޅުވި މި ކްލިނަކަށް އައިސް ބައްދަލުކޮށްލަން އެދިލަން ކައުންޓަރ މުވައްޒަފެއް ކައިރީ. ބުނެ ވިދާނެތަ ޔުމްނު އާއި ޒީން ބައްދަލުކޮށްލަން އައިސް ތިބި ވާހަކަ” ފުރަތަމަ ކުޑަކޮށް ޖެހިލުންވިޔަސް ޔުމްނު ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ވަރަށް ބޮޑަށް މާފްކުރައްވާ. ތި ގޮތަށް މިކޮޅަށް ވަރަށް ގިނަ ބޭފުޅުން އާދޭ. އަޅުގަނޑުމެންނަށް ނޯވޭ އެކަން ވެރިފައި ކުރެވޭކަށް.އެހެންވެ ވަރަށް ބޮޑަށް މައްސަލަތަކާއި ދިމާވޭ. ޑޮކްޓަރާއި ބައްދަލްކޮށްލަން ބޭނުންނަމަ އެޕޮއިންޓުމެންޓެއް ހަމަޖައްސަން ޖެހޭނީ.” ކައުންޓާރ ގައި އިން ކުއްޖާގެ ވާހަކަތަކުން ޔުމްނު ހިތްހަމަނުޖެހުނެވެ. ދެމީހުން އިތުރަށް އެތާ މަޑު ނުކޮށް ދާން އުޅުނީ  ދެން ޒީން ޑރ.ސާއިމްއަށް ދައްކަން ހަމަޖެހިފައިވާ ދުވަހު ކަންތައް ވީގޮތް ކިޔައިދޭ ގޮތަށެވެ.

ކްލިނިކުން ނިކުތްނަން ދޮރު ހުޅުވާލި ވަގުތަކީ ސާއިމް އެތެރެއަށް ވަންނަން އައި ވަގުތެވެ. ސާއިމް ހުރީ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ކަމުން ކުރިމަތި ތިބި ޒީންއާއި ޔުންމު ނުފެނެއެވެ.

“ސާއިމް. ސޮރީ ޑރ.ސާއިމް” ޔުމްނު ސާއިމްގެ ސަމާލުކަން ހޯދާލުމަށް ގޮވާލިއެވެ.

“އަހަ.. ދެކުދިން ހާދަ އަވަހަކަށް ތިދަނީ. ޑޮކްޓަރަށް ދެއްކުނީތަ؟ ” އަތުކުރީ އޮތް ކަޅު ކުލައިގެ ގަޑިއަށް ބަލާލަމުން ސާއިމް ބުނެލިއެވެ. ސާއިމް އެހުމުން ޔުމްނު ވީގޮތް ކިޔައިދިނެވެ. އެޔާއި އެކު ސާއިމް އަވަސްވެގަތީ އޭނާ ބުނެފައިވާ ގޮތަށް ކަންތައް ކުރެވޭތޯއެވެ. މާގިނަ އިރެއް ނުވެ އެކަން ވެއްޖެއެވެ. ދެމީހުން ގޮސް ޑޮކްޓަރު ކޮޓަރީ ކުރިމަތީ ހުރި ސޯފާގައި އިށީނެވެ.

ކޮޓަރިއަށް ވަންނަން ހުރީ އެތެރެ ނުފެންނަ ގޮތަށް ހަދާފައި ހުރި ބިއްލޫރި ދޮރެކެވެ. ދޮރުގެ އަރިމަތީ މެދަށްވުރެ ތަންކޮޅެއް މަތީ ޑރ.ޒިޔަމް އަލީ ޝާހިދު ޖަހާފައިވާ ބޯޑެއް ހަރުކޮށްފައި ހުއްޓެވެ.

“ޑޮކްޓަރ މިވަގުތު އެބަ އިންނެވި. އެތެރެއަށް ވަދެލާ އިނގޭތޯ” އެކޮޓަރިން ނިކުތް ޒުވާން އުމުރުގެ އަންހެން ކުއްޖެއް ޒީންއާއި ޔުމްނުއާއި ވާހަކަ ދެއްކިއެވެ.

“ސާޅީސް ފަސް މިނެޓުގެ ސެޝަންއެއް މިއަދު އޮތީ. އަހަރެން އަންނާން އޮފީހަށް ޖައްސާލާފަ އެހާ އިރަށް ޒީން ބަލައި. ކުރިން ނިމިއްޖެއްޔާ ގުޅާލާ އިނގޭ” ޒީން ކޮޓަރިއަށް ވަނުމުން ޔުމްނު ދާން ހިނގައިގަތެވެ.

އެތެރެއަށް ވަދެގެން އައި ޒީން ހުރީ ކުޑަކޮށް ޖެހިލުން ވެފައެވެ. މީގެ ކުރިން މިކަހަލަ ޑޮކްޓަރަކަށް ދައްކައިފައި ނުވާތީ އާއި އެކީގައެވެ. ކަންތައް ކުރަންވީ ކިހިނެތް ކަމެއްކަން ނޭނގިފައެވެ. ތިން މީހުންނަށް އިދެވޭ ވަރުގެ ސޯފާއެއް ދޮރާއި ވީ ފަޅީގެ ބިތްގަނޑު ކައިރީ ހުއްޓެވެ. އޭގެ ކުރިމަތީ ކުޑަ ތިރި މޭޒަކާއި އިތުރު ސޯފާ ގޮނޑިއެއް ހުއްޓެވެ. ކޮޓަރީގެ އެއްމެ ބިތްދޮށުގައި ހުރީ ޑޮކްޓަރުގެ އަސްލު މޭޒެވެ. އިސްޖަހައިލައިގެން މަޑު ފިޔާތޮށި ކުލައިގެ ގަމީހެއްގައި އެއިނީ ޒިޔަމްއެވެ. ގަނޑުތަކުން ފުރިފައިވާ މޭޒުމަތި ތަރުތީބު ކުރުމުގައެވެ. ޒީން އެތެރެއަށް ވަދެގެން އައިކަމެއް ނޭނގިއެވެ. ޒީން ސޯފާގައި މަޑުމަޑުން އިށީދެލި އިރު ނަޒަރު ހުއްޓިފައިވަނީ ޒިޔަމްއަށެވެ. އިސްޖަހައިގެން އިނުމުން މޫނު ފެންނަ ގޮތެއް ނުވިޔަސް ލިބިފައިވަނީ ބޯ ފަން އިސްތަށިގަނޑެކެވެ. ބައިމަތި ފުޅާ ވަރުގަދަ ހަށިގަނޑަކެވެ.

ދެމިނެޓް ފާއިތުވެ ދިޔަ ފަހުން ކުރިމަތިން މީހެއްގެ ހިލަމެއްގެ ވީހެން ހީވެ ޒިޔަމް ބަލާލިއެވެ. ފެހި ކުލައިގެ ހެދުމަކާއި މާޖެހި ޝޯލްއެއް އަޅައިގެން އެއިނީ ޒިޔަމްގެ މިއަދުގެ ދެވަނަ ޕޭޝެންޓެވެ. ބަލި މީހާ އިންތިޒާރުގައި ބެއިންދުނީތީ ޒިޔަމްގެ ހަރަކާތް އަވަސްވިއެވެ. މޭޒުގެ ތިރީ ވަށްގަނޑުން ރިކޯޑާރ އަތަށް ހެޔޮވަރު ކޮށްލަމުން ޒިޔަމް އެދިމާލަށް ހިނގައިގަތެވެ. އޭރު ޒީން ކަޅި ޖަހާވެސް ނުލައި ޒިޔަމްއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ޒިޔަމް އައިސް ކުރިމަތީ އިން ގޮނޑީގައި އިށީދެލައި މޭޒުމަތީ ރިކޯޑާރ އޮން ކޮށްފައި ބޭއްވިއެވެ. އަދި މޭޒުމަތީ އޮތް ނޯޓު ފޮތް ނަގައި ޖީބުގައި އޮތް ގަލަމުގެ ދޯރި ނައްޓާލިއެވެ.

ޒިޔަމް ސެޝަން ފައްޓަން ތައްޔާރު ވަމުން ދިޔައިރު ޒީންގެ އެތެހައްޓާއި ބޭރުގެ ހަރަކާތް އަވަސްވަމުން ދިޔައެވެ. ހިތުގެ ވިންދު އަވަސްވެލީ ލޭހޮޅިތަކަށް ކިރިއާއި ހިފަހައްޓާލެވޭ ވަރެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އޮށް ދާތަކުން މީހާ ތެމެން ފެށިއެވެ.

ޒީން އަވަސް އަވަހަށް ސޯފާ މަތީ އޮތް ކުޝަން ނަގައި މޫނުމަތި ފޮރުވާލިއެވެ. ބޮޑުވެފައިވާ ދެލޮލާއި ނިތްކުރި ނޫނީ ޒިޔަމްއަށް ނުފެންނަ ވަރަށެވެ.

ދަންނަ ވައްތަރެއް ޒީންގެ މޫނުމަތިން ފެނުނަސް އެކަމާ އަޅައިނުލައި ޒިޔަމް ފަރުވާ ދިނުމައިގެން ފަށައިގަތެވެ.

“އަޅުގަނޑަށް ކިޔަނީ ޒިޔަމް އަލީ ޝާހިދު، ފަސޭހައަށް އޯކޭ ޒިޔަމް ކިޔަސް..އައިޝަތު ޒީން ދެއްތޯ ނަމަކީ، މިތަން މާބޮޑަށް ފިނީތަ؟ “ޒިޔަމް އޭސީގެ ފިނި ހޫނުމިން އެކާވީހަށް ތިރިކޮށްލިއެވެ.

“ޒީން ހެނދުނު ސައިބޮއެގެންތަ ތިއައީ.”ޒިޔަމް މިކަހަލަ ކުދި ސުވާލްތައް ޒީންއާއި ކުރަމުން ދިޔައެވެ. ޒީން ހަމަޖެހި އޭނާ އާއި ވާހަކަ ދެއްކޭނެ މަގެއް ކޮށައި ދިނުމުގެ ބޭނުމުގައެވެ.

ޒީން އިނީ ގުޑާލަންވެސް ނުކެރިފައެވެ. މާޒީގެ ހަނދާންތައް އަޅުވާފައި ހުރި ފިލްމެއްހެން ސިފަ ވަމުން ދިޔައެވެ. އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް އެހަނދާންތަކާއި ދުރުނުވި ހުރި ހިތްދަތި ކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (48)

Next

ައައިރީން..

Next
June 13, 2017

ައައިރީން..

Previews
June 12, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (48)

54 Comments!

  1. maroon says:
    June 13, 2017 at 9:08 am

    Sooner than expected ?
    Here is the first part. If there is any mistakes plz help me improve. And i need a nick name for ziyam… cdnt think of any ?
    ?

  2. reader says:
    June 13, 2017 at 9:34 am

    Yam..good dhw..i am first yeyyy

    1. maroon says:
      June 13, 2017 at 3:24 pm

      Thank u reader . Yay u first ?

  3. reader says:
    June 13, 2017 at 9:34 am

    Or xiya

  4. Sweety says:
    June 13, 2017 at 9:40 am

    Mi story vvv Reeth I.vvv interested.
    Kiyavanje faseyha,basmagu ethurunves varah furathama. Liyuntherikamuge fenvaru ragalhu story eh. Storyge fishing varah kamu dhey.ummeedhu kuran las nukoh part thah up vaa new kamah. Adhi story up kollaane dhuvas thah buneladheefa othiyyaa kiyuntherinnah faseyha vaane. So all the best.

    1. maroon says:
      June 13, 2017 at 3:25 pm

      Thank u sweety

    2. maroon says:
      June 13, 2017 at 3:26 pm

      Thank u sweety ???

    3. maroon says:
      June 13, 2017 at 3:26 pm

      Thank u sweety ???
      And story up vaane dhedhuvahun eh dhuvahu. So next ep thursday

  5. Sara says:
    June 13, 2017 at 10:49 am

    Nice story…zim..

    1. maroon says:
      June 13, 2017 at 3:31 pm

      thank u sara 🙂

  6. sis says:
    June 13, 2017 at 11:27 am

    Loabii mi story ves ok love

    1. maroon says:
      June 13, 2017 at 3:31 pm

      thank u sis 🙂

  7. nonns says:
    June 13, 2017 at 11:46 am

    Woww. First eposide inves feel vejje stry varah reethivaane hen. When next eposide?

    1. maroon says:
      June 13, 2017 at 3:32 pm

      hey nonns . next ep thursday ga ingey. see u then.. thanks

  8. sam♥ says:
    June 13, 2017 at 12:20 pm

    lovely stry♥♥♥

    1. maroon says:
      June 13, 2017 at 3:34 pm

      thanku sam … hope to see ur comment thursday

    2. sam♥ says:
      June 13, 2017 at 10:40 pm

      nick name akah sam ah ehme lovely ♥zim ..hama .heheheh

    3. maroon says:
      June 13, 2017 at 10:44 pm

      Zim gina kudhinna kamu dhany.. so i guess ziyam ah zim kiyaany.. ??

  9. laii says:
    June 13, 2017 at 12:51 pm

    Vrh reethi vaanehenn heeveyy.. how about zaam??

    1. laii says:
      June 13, 2017 at 12:53 pm

      When next part??

    2. maroon says:
      June 13, 2017 at 3:35 pm

      laii.. thanku for reading. zaam reethi nameh

  10. Someone says:
    June 13, 2017 at 1:43 pm

    Varah reethi story eh! And maroon ge vaahaka thah abadhuves kiyan. But comment eh nukuran. Ekam mifaharu comment kuraa hiyy vee hama. Hehe. By the way story ge mi part varah reethi. And ziyam ah nick name akah me ah furathama ves visnaalevuny zim kiyan. ? Okay tha dear? Waiting for the next part❤❤

    1. maroon says:
      June 13, 2017 at 3:37 pm

      someone!!! yes zim aky v loabi nameh … happy to see ur comment.. thursday ga dhn anna part kiyaalahchey ❤️

  11. Khajja says:
    June 13, 2017 at 1:44 pm

    Wow masha allah v loabi mi stryves n zim kihineiyvaane baa ummdhu kureveny mi stry vrythivaanekamah kon irakun next prt plx avaskollah chey??❤❤???

    1. maroon says:
      June 13, 2017 at 3:40 pm

      khajjaa.. 🙂 .thanks kiyaalyma.. nextpart thursday ga. i like zim

  12. Adha? says:
    June 13, 2017 at 1:54 pm

    Wow! Varah furihama ingey..? kuriah huri baithahves varah reethivaanehen heevey.. story feshen week eh haa dhuvass ohva thi genesdhiny varah suprise vehje.. thankyou..??
    Waiting for next part..??

    1. Adha? says:
      June 13, 2017 at 1:56 pm

      Nd ziyam ge nickname ah.. zam or zim ves reethivaane

    2. maroon says:
      June 13, 2017 at 3:41 pm

      thanks adha.. good suprise?? 🙂 ❤️ happy to see ur comment dear

  13. Rish says:
    June 13, 2017 at 2:56 pm

    Zeem ves rangalhu vaane.n vara nice mi story. Kon itakun next part.

    1. maroon says:
      June 13, 2017 at 3:57 pm

      Thanku rish… next part thursday.. see u then

  14. Shu says:
    June 13, 2017 at 3:13 pm

    Yammu

    1. maroon says:
      June 13, 2017 at 3:58 pm

      Thanku shu. Yammu.. hehe. Nice one

  15. maroon says:
    June 13, 2017 at 3:59 pm

    Emme gina kudhin bunaa nameh select kuraany ngey.. loves ❤

  16. Addu manje says:
    June 13, 2017 at 5:12 pm

    Varah reethi.. Maroon story genesdheyn buni dhuvahah vure kurin dhw mi genaii.. Thank you for that.. Waiting for nxt part..
    🙂

    1. maroon says:
      June 13, 2017 at 7:47 pm

      Thanku addu manje.. see u thursday ?

  17. dhaana says:
    June 13, 2017 at 9:08 pm

    story vrh reethi i found zim as a good one

    1. maroon says:
      June 13, 2017 at 9:30 pm

      Thanku dhaana .. gina kudhin bunany zim dhw ?

  18. Any says:
    June 13, 2017 at 11:18 pm

    V reethi

    1. maroon says:
      June 13, 2017 at 11:36 pm

      Thanku any

  19. ♥♥♥♥♥♥♥♥♥ says:
    June 14, 2017 at 12:18 am

    Very nice

    1. maroon says:
      June 14, 2017 at 12:43 am

      Thañku deaŕ

  20. Azuna says:
    June 14, 2017 at 12:45 am

    V reethi

    1. maroon says:
      June 14, 2017 at 4:20 am

      Thanku azuna ?

  21. writer says:
    June 14, 2017 at 12:46 am

    yaam… v reethi… maroom ge vaahala thaj vvvvvvvvvv kamudhey

    1. maroon says:
      June 14, 2017 at 4:22 am

      Yaam v loabi nameh.. writer ge story ves v v v v v v kamudhey… ??

  22. Kuddy says:
    June 14, 2017 at 1:13 am

    Varah reethi…. nickname akah zim enme gulheny…

    1. maroon says:
      June 14, 2017 at 4:23 am

      Thanku kuddy… ziyam ah zim libey thw balama dhw ?

  23. Aisha says:
    June 14, 2017 at 8:11 am

    Varah reethi ? waiting 4 the next part ?

    1. maroon says:
      June 14, 2017 at 8:39 am

      Hey aisha. I love ur story…. thanku ?

  24. Loabi kujja says:
    June 14, 2017 at 1:56 pm

    oh reethi ingeyy

    1. maroon says:
      June 14, 2017 at 3:17 pm

      Thanku loabi kujja ?

  25. Sophie says:
    June 14, 2017 at 2:56 pm

    yaam vloabi. zim ves loabi. and story ves loabi

    1. maroon says:
      June 14, 2017 at 3:18 pm

      Thanku sophie… sophie ge comment ves v loabi ?

  26. Shaa says:
    July 4, 2017 at 11:17 am

    Salhi

Comments are closed.

Next Episodeވާށެ އޯގާ ހިތާ 2←


All Right Reserved!