Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (ފަހު ބައި)

Aisha Level 2100 Comments10 Stories100 Login
June 13, 2017 11 Mins Read
84 Comments

އަމާން އެތަނުން ނިކުމެގެން ދިޔަ ގޮތައް ގޮސް ކާރަށް އަރާ އިށީނދެ ހަމަޖެހިލިއެވެ. އޭނާއަށް ހީވީ ބޮލުން ބޮޑު ބުރައެއް އުފުލުނު ހެންނެވެ. ވަގުތުން ފޯނު ނަގާ އަފްރީންގެ ނަންބަރަށް ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ފުރަތަމަ ރިންގާއެކު އަފްރީން ފޯން ނަގާ “ހަލޯ” އޭ ބުނެލިއެވެ. “އަފޫ އެބަދަން ބަލާ އެއްވެސް ސުވާލެއް ނުކޮށް އަހަރެންނާއި އެކު އަހަރެން ގެންދާތާކަށް ގޮސްފާނަންތަ؟؟ “އަފްރީން “އާއެކޭ” ބުނުމުން އަމާން ތި ގޭ ކައިރިއަށް އެބަދަމޭ ބުނެ ފޯނު ކަނޑާލިއެވެ. އަފްރީން ފާހަނައަށްވަދެ މޫނުދޮވެލައިގެން ކުޑަކޮށް ރީތިވެލައިގެން ފޯނު ހިފައިގެން ތިރިއަށް ފޭބިއިރު އެހިތުގައި ދިޔައީ ފޮނި ރާގެއް ކުޅެމުންނެވެ. ސިޓިން ރޫމްގައި އިން މިޝާއަށް މިމަންޒަރު ފެނުމުން އަފްރީންއަށް ގޮވާލިއެވެ. އަފްރީން މިޝާކައިރިއަށް ގޮސް “އަމާންއާއި އެކު ބޭރަށް ގޮސްލާފައި އަންނާނަމޭ” ބުންޏެވެ. މިޝާވެސް ހިނިތުންވެލަމުން ދާށޭ ބުނިއިރު އެހިތައްވަނީ ބަޔާންކުރަން ދަތި އުފަލެއް ލިބިފައެވެ. އަފްރީން ގޮސް ގޭގެ ގޭޓްއިން ނިކުތްއިރު އަމާން އައިސް އެގޭގެ ދޮރުމަތީގައި ކާރު މަޑުކޮށްލަނީއެވެ. “ޓައިމިން އޭސް އޯލްވެއިސް” އަފްރީން އައިސް ކާރުގެ ދޮރުފަތް ހުޅުވާލުމުން އަމާން ބުންޏެވެ. އަފްރީން ހިނިތުންވެލަމުން އަމާންއާއި ދިމާލަށް ބަލާލިއެވެ. އަމާންވެސް ހިނިތުންވެލަމުން ކާރު ދުއްވާލިއެވެ. އަމާންއެއްވެސް ސުވާލެއް ނުކުރާށޭ ބުނުމުން އަފްރީން އެއްޗެކޭ ނުބުނެ އިނެވެ. “އަހަރެން ބުނީ ދާތަނެއް ނާހާ ހިނގާދާނަންހޭ ވާހަކަ ނުދައްކާ އިންނާށެކޭ ނޫނޭ” ކާރުތެރޭގައި އޮތް ހަމަހިމޭންކަން ފޫއަޅުވާލަމުން އަމާން ވާހަކަދެއްކިއެވެ. އަފްރީންގެ ލުއި ހީލުމުގެ އަޑު އިވިގެން ދިއުމުން އަމާންއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. އަމާން ކާރާއި ގޮސް މަޑުކޮށްލީ ފުޓުބޯޅަދަނޑުގެ އެއްފަރާތުން ވަލާ ދިމާލަށް ކޮށާފައި އިން ހިމަ މަގު ކައިރީގައެވެ. އަފްރީން ހައިރާންވެފައި އަމާންގެ މޫނަށް ބަލާލިއެވެ. އަމާން އެއްޗެކޭ ނުބުނެ އެމަގުން ލާފައި އެތެރެއަށް ދާން ހިނގައިގަތެވެ. އަފްރީން މަޑުމަޑުން އެތެރެއަށް ހިނގައިގަތީ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ. އަމާންއަށް އަފްރީން ބިރުގެންފައި ހުރިކަން އިހްސާސްވީކަންނޭނގޭއެވެ. އަފްރީންގެ އަތުގައި ހިފާ އޭނާއާއި ކައިރިކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނު އިރު ވައްބުރެއްހެން މެދުގައި ރީތި ވަރަކަށް ވިނަ ފަޅާފައި އޮތް ހުސްތަންކޮޅެއް އޮތެވެ. އިރުގެ އަލި ހަމައެކަނި އެސަރަހައްދައް އެޅިފައި އޮތުމުން ބަލާލާފައި ހީވަނީ ފިލްމެއްގެ މަންޒަރު ހެންނެވެ. އަފްރީން އަމާންގެ އަތުން ދޫކޮށްލަމުން އެތަނުގައި ގޮސް ހުއްޓިލިއެވެ. އިރުގެ ރަންދޯދިތައް ގަސްތަކުގެ ފަތްތަކުން ފުރޭނިގެން އައިސް ބިމަށް ފޯރާފައި އޮތުމުން އެތަން ފެންނަލެއް އިތުރު ހިތްގައިމު ކަމަށް ދައްކައެވެ. އަމާން ލައިގެން ހުރި ސޯޓުގެ ޖީބަށް އެއް އަތް ޖަހާލަމުން އަފްރީންގެ ހަރަކާތްތައް ބަލަންހުއްޓެވެ. އެހެން ހުރެފައި އަމާން އަފްރީންއާއި ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ މޭ ފަޅާލާފައި ނިކުމެދާނެހެންނެެވެ. އެ ހިތްގައިމު ރީތި ތަނަށް ގެއްލިފައި ހުރި އަފްރީން ސިހިގެން ދިޔައީ އަމާން އައިސް އޭނަަގެ އަތުގައި ހިފާ ދަމާލުމަށްފަހު އެއަތުތެރެއަށް ގެނެސް ބައްދާލުމުންނެވެ. އަފްރީން ހުރީ ހަދަންވީ ގޮތެއްވެސް ނޭނގިފައެވެ. އެހެން ހުއްޓައި އަމާން ވާހަކަދައްކަން ފެށިއެވެ.

“އަފޫ އަހަރެން މިއަދު ވަރަށް ދެރަވޭ އެދުވަހު އަފޫއާއި މެދު ކަންތައް ކުރެވުނު ގޮތުން.. އެކަމަކު އެދުވަހު އެހެން ނުހެދުނުނަމަ އަހަންނަކަށް ނުވިސްނޭނެ އަފޫއަކީ މާންއަަށް ކިހާ އިންޕޯޓެންޓް މީހެއްކަމަކަށް.. އައި އޭމް ރިއަލީ ސޮރީ ފޯރ ދެޓް.. ހަޔާއާއި ރައްޓެހިވީމަ އަހަންނަށް އިހްސާސް ކުރެވުނީ އަހަރެންގެ ހަޔާތުގެ ވަރަށް މުހިންމު އެއްޗެއް މަދުކަން.. އަދި ހަޔާއާއި ވާހަކަދައްކަން ކުރިން ހުރި ވަރަށް ޝައުޤުވިރިކަން ނީތީމަ ވިސްނުނީ އައި ލަވް ޔޫ އޭ.. އެހެންވެ ފަހުން އަފޫއާއި އެހާ ކުލޯޒްކޮށް އުޅުނީ މިމޭތެރޭގައި އޮތް ހިތް ދުރުގައި ހުންނަން އެއްބަސް ނުވީމަ.. އަފޫ އަހަންނަން މާފު ކުރާނަންތަ؟؟” އަފްރީން ހިނިތުންވެލަމުން ބޯޖަހާލިއެވެ. “ވިލް ޔޫ ބީ މައިން ފޯރ އެވާރ” އެހެންބުނެފައި ވިނަގަނޑުމަތީ އެއްކަކޫ ޖަހާލަމުން އަމާން ދިއްކޮށްލީ ހުދު ރަނުގެ ހިމަ ހިމަ ދެއަނގޮއްޓިއެވެ. އެއީ އަފްރީންއަށް އަބަދުވެސް ރީތިވެގެން އުޅޭ އަނގޮއްޓިއެވެ. އެއީ ހަމަ އެޑިޒަންއެވެ. އެއްއަނގޮއްޓި ސިންޕަލްކޮށް އިންއިރު ކުދި އެސްްތަކެއް އަގޮއްޓީގައި ޖަހާލާފައި އިނެވެ. އަނެއް އަގޮއްޓި އިނީ އެއްވެސް ގޮތެއް ނަހަދާ ހުދު ކުލައިގެ މުތީއެއް މެދުގައި ހަރުކޮށްލާފައެވެ. އަފްރީން ބޯޖަހާލަމުން އަމާން އޭނާގެ ވާތު ކަށިއިނގިލީގައި އެ ދެއަނގޮއްޓި އަޅުވާލަދިނެވެ. އަދި ވަރަށް ލޯބިން އެއަތުގައި ބޮސްދިނެވެ. އަފްރީން އަމާންގެ ގައިގައި ބައްދާލީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. އޭނާ ހީކުރީ އޭނާއަށް މިނަސީބު ދުވަހެއްގެ ކޮޅުންވެސް ނުލިބޭނެކަމަށެވެ. ނަމަވެސް ތަގުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. އެހުވަފެނެއް ދެކެން ބިރުގަތް ހުވަފެން މިއަދު މިވަނީ ހަޤީގަތަކަށް ވެފައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަފްހަމްއާއި ލިއުޝާގެ ކައިވެންޏަށް ދެން އޮތީ އެއްމެ މަހެކެވެ. ކޮންމެ މީހަކުވެސް ދިޔައީ ދުރާލާ ކައިވެންޏަށް ތައްޔާރުވަމުންނެވެ. މިޝާއާއި އަފްރާހް އަދި ލީނާ އާއި ޝާހިދުވެސް ދިޔައީ އެމީހުންނަށްވީ އެންމެ ފުރިހަމައަށް ތައްޔާރީތައް ވަމުންނެވެ. އަފްހަމްއާއި އަމާންވެގެން ވަނީ ޑެކަރޭޓް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނުހެން އެއްކޮށް ގަނެ ހަމަކޮށްފައެވެ. އަފްރީންވެސް ހޯލްއަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެ ހަމަކޮށްވަނީ ނިމިފައެވެ. މިހާރު ދެގޭގެ މީހުންގެ ހެދުންތައްވަސް ވަނީ ފަހާތާކަށް ގެންގޮސްލާފައެވެ. އަފްރީންވަނީ ބުރުގާ އަޅާއިގެންތިބި މީހުންގެ ޝޯލްތަށްވެސް ބޭރުން އޯޑަރ ކޮށްގެން ގެނެސްފައެވެ. ކޮންމެއަކަސް މިކައިވެންޏަކީ ވަރަށް ފުރިހަމަ ކައިވެންޏަކަށް ވާނެކަން ގައިމެވެ.

“މޭމް ދިސް އިޒް ޔޯރ ރޫމް” ހޮޓެލް ޓުރެޑިޝަންއަށް ވަދެގެން ދިޔަ ހަޔާއަށް އެތާ މަސައްކަތް ކުރާ ނޯކަރަކު ގެންގޮސް ހަޔާގެ ކޮޓަރި ހަޔާއަށް ދެއްކުމަށްފަހު އޭނާ އެތަނުން ދިޔައެވެ. “އައި އޭމް ބެކް ބީ ރެޑީ” ބެލްކަންޏަށް ނިކުމެ ކުރިމަތީ ފެންނަށް އޮތް ހިތްގައިމު ގެތަކާއި މަގުތަކަށް ނަޒަރު ހުއްޓާލަމުން ވިހަ ހިނިތުންވުމަކާއިއެކު ހަޔާ ބުންޏެވެ. ހަޔާ އަނބުރާ އައުން އެއީ ތޫފާނެއްގެ އިންޒާރަކަށް ނޫނީ ނުވާނެކަން ގައިމެވެ. ސުވާލަކީ ކުރިމަތިވާން އުޅޭ ކޮޅިގަނޑުން މިފަހަރު ސަލާމަތްވެވޭނެ ހެއްޔެވެ؟؟

އޮފީސް ނިންމާފައި އާދައިގެ މަތިން އަމާންއާއި އަފްރީން އައިސް މަޑުކޮށްލީ އުތުރު ފަރާތު އަތިރިމައްޗަށް ފައިބަން އޮންނަ މަގުގައެވެ. އެއީ މިހާރު ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ކޮންމެ ދުވަހަކު އަތިރިމައްޗަށް ނުފޭބިޔަސް އެތާގައި ވާހަކަދައްކާލަން އެމީހުން ތިބޭނެއެވެ. ލޯބީގެ ޤުލްޝަނުގައި މާ ފޮޅުވަންތިބި ދެބައިވެރިންނަށް ނޭނގުނު ކަމަކީ ފިލާހުރެ މީހަކު އެމީހުންނަށް ފާރަލަމުން ދިޔަކަމެވެ.

ރޭގަނޑު ގަޑިން 9 ޖެހިތަނާ އުޝާއާއި އަމާން އައިސް ވެލީ ވިއުއަށް ވަނެވެ. އޭރު އަފްހަމްއާއި އަފްރީން ސޯފާގައި ތިއްބެވެ. އަފްރީން ރިމޯޓް ހިފައިގެން އިނދެ ފަހަރަކު ޗެނަލްއަކަށް ބަދަލުކުރަމުން ދިޔައެވެ. ލިއުޝާ ސޯފާގެ ފުރަގަހުން ގޮސް އަފްހަމްގެ ކޮނޑުގައި ދެއަތް ވަށާލާ ކުޑަކޮށްބައްދާލިއެވެ. އަމާން ދިޔަ ގޮތައް ގޮސް އަފްރީންގެ ކަންފަތައް ފުމެލުމުން އަފްރީން ތެޅިގަތީ ރޯމަހެން ތެޅިގަންނަ އުސޫލުންނެވެ. އަމާން މަޖާ ވެފައި ހޭންފެއްޓުމުން އަފްރީން ރުޅި މޫނު ހަދާލާފައި އަމާންގެ ފަހަތުން ދުއްވައިގަތެވެ. އަފްރީން އަމާން ފަހަތުން ދުވެދުވެފައި ދެން ފެނުނު އިރު އަމާންއައީ އަފްރީން ފަހާ ދުވަމުންނެވެ. މިމަންޒަރު ބަލަން މަޖާވެފައި ތިބީ އަފްހަމްއާއި ލިއުޝާއެވެ. އަފްރީން ދުވެ ދުވެ އޮއްވާ އަމާން އަފްރީން އަތުގައި ހިފާ ލުއްކިއެއް ޖިހިއިރަށް އަފްރީން ގޮސް ތަތްވީ އަމާންގެ މޭމަތީގައެވެ. އަފްރީން ފަހަތައް ޖެހެމުން ޖެހެމުން ގޮސް ހުއްޓެން މަޖުބޫރުވީ ފާރުގައި ޖެހުނީމައެވެ. އޭރު އަފްހަމްއާއި ލިއުޝާގެ ހުނުމުގެ އަޑު ސޯފާކައިރިން އިވި އިވި ހުއްޓެވެ. އަމާން އަފްރީންގެ ދެލޮލަށް ބަލަހައްޓައިގެން ހުރި އިރު އަފްރީންވެސް ހުރީ އަމާންއާއި ހަތަރުކަޅި ހަމަކޮށްގެންނެވެ. އަމާން އަފްރީންގެ ތުންފަތުގައި ބޮސްދޭންފެށީ އިތުރަށް ކެއްނުވީމައެވެ. ދެޒުވާނުން ދުރުވެލީ ނޭވާ ކޮޅަށް ދިއުމުންނެވެ. އޭރު އަފްރީން ހުރީ އޭނާގެ ނަޒަރު ތިރިކޮށްލައިގެންނެވެ. އަމާން ކައިރިއަށް އައީ ލާނަތް ހިންޏެކެވެ. އަފްރީން މޫނު ހަދާލާފައި ދާން އުޅުމުން އަފްރީންގެ އުނަގަނޑުގައި ހިފާ އޭނާގެ ގާތަށް ދަމާލިއެވެ. އެވަގުތު އެތަނަށް އައި އަފްހަމްއާއި ލިއުޝާ އެމީހުންގެ ފޯނުގައި އެމަންޒަރު ރައްކާކޮށްލިއެވެ. އަފްރީން އާއި އަމާން ދެރަނުވާން ވެގެން އެކަކު އަނެކަކުގެ އުނަގަނޑުގައި އަތް އަޅުވާލަމުން ހިނިތުންވެލަމުން އަދި ނަގާށޭ ބުންޏެވެ. އަފްހަމްއާއި ލިއުޝާ މަޖާވެފައި އެދެމީހުންގެ ފޮޓޯ ނަގަންފެށިއެވެ.

އާދައިގެ މަތިން މިއަދުވެސް އަފްރީންއާއި އަމާން ގޮސް ރަށުގެ އުތުރު ފަރާތުގައި އޮންނަ އަތިރިމައްޗަށް ފައިބަން އޮންނަ މަގުގައި ތިބީ ވާހަކަދައްކާލާށެވެ. އެހެން ތިބިއިރު އެކަކު އަނެކަކަށް ކުދި ކުދި ގޯނާ ކުރަމުން ހީހީފައި ސަކަރާތްޖަހަމުން ދިޔައެވެ. ހިނގާ “އަތިރީމަތީގައި ހިނގާލަން” އަމާން އަފްރީންގެ އަތައް ދަމާލަމުން ބުންޏެވެ. އަފްރީންވެސް އެއްވެސް ދެކޮޅު ހެދުމެއްނެތި އަމާންގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ. އެވަގުތު ބާރު ސްޕީޑެއްގައި އެމީހުންނާ ދިމާލަށް ސައިކަލުގައި އައި ހަޔާ ފެނި އަފްރީންގެ ދެލޯ ބޮޑުވިއެވެ. އަފްރީންއަށް އަމާން ދުރަށް ކޮށްޕާލެވުނީ ކިރިޔާއެވެ. ސައިކަލުގައި ޖެހިފައި އަފްރީންއާއި ހަޔާ ވިއްސައިގެން ދިޔައެެވެ. ކަންތައްވެގެން ދިޔަލެއް އަވަސް ކަމުން އަމާންއަށް އެއްވެސްކަމެއް ނުކުރެވުނެވެ. ހަޔާ ރާވާފައި އޮތީ އެރަށުގައި ހުންނަ އޭނާއާއި ހެދި މޮޔަވެފައި ހުންނަ އަޒުމީ ލައްވާ ސައިކަލު އެމީހުން އެކްސިޑެންޓް ކޮށްލުމަށެވެ. ނަމަވެސް ފަހު ވަގުތު އޭނާ އެކަމަށް އިންކާރު ކުރުމުން އަމިއްލައަށް ސައިކަލަށް އަރާ އަމާންމެންނާ ދިމާލަށް ދުއްވާލިއިރު އެނާ ހުރީ ހަމައިގަހެނެއްވެސް ހިޔެއްނުވެއެވެ. އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާނީވެސް ފަހެ ކާކު ހެއްޔެވެ؟ހަޔާ ހީކުރީ ކުރިމަތީ މޫދު އޮތުމުން އޭނާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. ނަަމަވެސް ތަޤުދީރުގައި ވާންއޮތްކަމެއް އެއްވެސް މީހަކަށް ނޭނގޭނެތާއެވެ. ހަޔާ ވިއްސައިގެން ގޮސް ޖެހުނީ އެތާންގައިއޮތް އައުނަގަނޑުމަތީގައެވެ. ޖެހުނު ގޮތައް ލެއިތައް ފައިބައިގަތީ އެއެއްމިޔެއް ބަލާފަކާއެއް ނޫނެވެ. އަފްރީންގެ ނަސީބު ގަދަކަމުން އޭނާ ގޮސް ޖެހުނީ މޫދުގެ ލޮނުގަނޑުގައެވެ. ނަމަވެސް އެހާ ބާރަށް ސައިކަލުގައި ޖެހުނު ގޮތުން މީހާ ވަގުތުން ހޭނެތުނެވެ. އޭނާގެ ކަނާތު އަތް ދުޅަވުން ފިޔަވާ އިތުރު ތަނަކަށް އަނިޔާއެއް ނުލިބެއެވެ. އަމާންއަށް އަފްރީން ލޮނުގަނޑުގައި ޖެހުނުތަންފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އަފްރީން ކައިރިއަށް ދިއުމަށް ދުއްވައިގަތީ ގައިގައި ހުރި ވަރެއް ލާފައެވެ. އަޒުމީވެސް ބިރުން އެތަނުން ފިލައިގެން ދިޔައީއެވެ. އަމާން މޫދަށް އެރި އަފްރީން އަތްދަނޑިމައްޗަށް އުފުލާލަމުން އައިސް މަގުގައި ޕާކުކޮށްފައި ހުރި ސައިކަލުމަތީ އަފްރީން ބާއްވާލިއެވެ. އަދި އޭނާގެ މޫނުގައި މަޑުމަޑުން ޖަހާލަމުން ތެދިން ފަހަރަކު ގޮވާލިއެވެ. ވަރުބަލިއަޑަކުން އަފްރީން އަމާންއަށް ގޮވާލާފައި އެނެއްކާވެސް ދެލޯމަރާލީއެވެ. އެވަގުތު އެތަނަށް ބަޔަކު އައިކަން އެއީ ނަސީބެކެވެ. އަމާން ހަޔާގެމަތިން ހަނދާންވީވެސް އެމީހުން އެދިމާލަށް ދިއުމުންނެވެ. އެމީހުންގެ އެހީއާއި އެކު އަފްރީންއާއި ހަޔާ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާދޭން ފެށުނެވެ. އަފްރީންއަށް މާބޮޑު އަނިޔާއެއްވެފައި ނެތުމުން އައިވީ ގުޅާލުމަށްފަހު އަފްރީން ރޫމްއަކަށް ޝިފްޓްކުރިއެވެ. އަމާން ހަޔާގެ މައިންބަފައިންނަށް ގުޅާ ހަޔާ އެކްސިޑެންޓްވި ހަބަރު ދިނެވެ. އަދި ލަޔާންއަށްވެސް އެހަބަރު ދިނީ ލަޔާންއަށްވެސް އެނގުން މުހިންމުކަމަށް އޭނާއަށް ފެންނާތީއެވެ. އެރޭގެ ވަގުތެއްގައި ހަޔާގެ މަންމަ ހިދާއާއި ޒާދިފް އަދި ލަޔާން ހަޔާކައިރިއަށް އައެވެ. ހިދާއަށް ހަޔާއޮތް ހާލު ފެނުމުން ރޮއެގަނެވުނެވެ. ދަރިއަކު އެފަދަ ގޮތަކަށް އޮއްވާ ފެނިއްޖެމަ ކޮންމެ މަޔަކަށްވެސް ވާނީ ހަމައެވަރެވެ. ހަޔާގެ މުޅި ހަށިގަނޑުގައިވަނީ ބެންޑޭޖް އޮޅާފައެވެ. މުޅި ހަށިގަނޑު އޮތީ ޗިސްވެފައެވެ. މޫނަށް ގޮތެއް ނުވިކަން އެއީ ހަޔާގެ ނަސީބެވެ. ނޫންނަމަ އަމިއްލަ ސޫރައަށް ބަލާލަންވެސް އޭނާ ބޭނުމެއް ނުވާނެކަން ޔަޤީނެވެ.

އަފްރީން ލޯހުޅުވާލީއިރު ބޮލަށް ބަރުވެފައި ވުމުން ބޮލުގައި އަތް އަޅާލިއެވެ. އަދި ކަނާތައް ތަދުވާހެން ހީވުމުން އެއަތުގައި ފިރުމާލެވުނެވެ. އަމާން އަފްރީންގެ ވާއަތުގައި ހިފަހައްޓާލަމުން އަފްރީންގެ އަތައް ބޮސްދީފައި އެނާއަށް ގޮވާލިއެވެ. އަފްރީންގެ ކަންފަތުގައި އަމާންގެ އަޑުޖެހުމާއިއެކު އޭނާއާއި ދިމާލަށް އެނބުރުނެވެ. “މާން” ހިނިތުންވެލަމުން އަފްރީން އަމާންގެ މޫނަށް ބަލަހައްޓައިގެން އޮތެވެ. “ކީއްވެތަ އަފޫ އެހެން ހެދީ؟؟” ޝަކުވާގެ ރާގެއް އަމާން ބުންޏެވެ. “އައިލަވް ޔޫ” ހިނިތުންވެލަމުން އަފްރީން ބުންޏެވެ. “ދެން ބޭނުމެއް ނޫން ވެޑިން ލަސްކުރާކަށް އަހޫ މެންނާއެކީ މެރީ ކުރާނީ” “ބަޓް މާން ކިހިނެއް ހުރިހާ ކަމެއް ނިންމާނީ” “ކީއްވެ ނުނިންމެންވީ އަފޫގެ ޑެރެސްއާއި މާންގެ ޓަކްސް އެކަނި ގެނައިމަ ނިމުނީއެއްނު ދެން އަފޫގެ އެއްޗެހި ތަންކޮޅެއް ގިނަވާނެ އެކަމު ވީ ކޭން މެނޭޖް.. އަނެއްކާ އަފޫ ބޭނުމީ ވަކި ކުލައެއްތަ ތީމްއަށް ބައިންދަން؟؟” އަފްރީން “ނުނެކޭ” ބުންޏެވެ. “މާން ބޭނުން ގޮތެއް އައި ޖަސްޓް ކާންޓް ވެއިޓް ފޯރ ދެޓް ޑޭ” އަމާން އަފްރީންގެ ނިއްކުރިއަށް ބޮސްދިނެވެ. “އަހޫ މެންނަން ސަޕްރައިޒްއެއް ދޯ ދޭނީ” “ޔެސް މަންމަމެން ކައިރީގައި އެކަނި ބުނާނީ” އެރޭ 10 ޖަހާލިހާއިރު އަފްރީން ގެއަށް ދޫކޮށްލިއެވެ. އަތަށްވެސް ބޮޑު އަނިޔާއެއް ލިބިފައި ނެތުމާއި އެކުއެވެ. ނަމަވެސް އުނގުޅާ ބޭހެއް ދީފައި ހުއްޓެވެ. އަފްރީން މީހެއް ކައިރީ ނުބުންޏަސް އެއަތުގައި ވަރަށް ރިހެއެވެ. އެއްޗެއް ހިފާލަންވެސް ނުކުރެއެވެ. ނަމަވެސް ބޭސް އުނގުޅަން ފެށުމުން އެރިހުންވެސް މަޑުމަޑުން ފިލާ ގޮސްފިއެވެ.

ދުވަހަކީ އަފްހަމްމެންގެ ކައިވެނި ޕާޓީ އޮތް ރެއެވެ. ކޮންމެ މީހަކުވެސް އިރުއޮއްސުމާއި އެކު އެމީހަކަށްވީ އެންމެ ފުރިހަމައަށް ޒީނަތްތެރިވާންފެށިއެވެ. ބިއުޓީޝަނުން އެމީހުންގެ މަސައްކަތްވީ އެންމެ ފުރިހަމައަށް ކުރެވޭތޯ މަސައްކަތްކުރަމުން ދިޔައީ އަފްރީންއާއި ލިއުޝާ ތައްޔާރުކުރުމަށެވެ. ދެޒުވާނުން ދެތާގައި ތިބެ ރީތިވެ ނިމުނުއިރު އެރީތިކަންވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ޕާޓީ އޮތީ އަފްރީންގެ އޮފީސްގައި ކަމުން ލިއުޝާ ތައްޔާރުވާން ދިޔައީ ދެވަނަ ފުލޯގައި ހުންނަ އަފްރީންގެ ކޮޓަރީގައެވެ. ނަމަވެސް އަފްރީން ތައްޔާރުވަމުން ދިޔައީ ވެލީ ވިއުގެ އޭނާގެ އަމިއްލަ ކޮޓަރީގައެވެ. އަފްހަމްވެސް އޭނާގެ ކޮޓަރީގައި ތައްޔާރުވަމުން ދިޔައިރު އަފްރާހްވެސް އަފަހަމްއަށް އެހީތެރިވަމުން ދިޔައެވެ. އަފްރީން އެބޮޑު ހުދުކުލައިގެ ވެޑިން ޑުރެސްގައި ފެންނަނީ ޕަރީއެއް ހެންނެވެ. އިސްތަށިގަނޑު ވަނީ އެންމެ ޒަމާނީ ގޮތައް ހުޅިއެއްޖަހާ ހަރުކޮށްލާފައެވެ. އިސްތަށިގަނޑުގެ އެއްފަރާތުގައި ހުދު ކުލައިގެ ރީތި ދައްޗެއް ޖަހާލާފައި އިންއިރު ކަންފަތުގައި ހުދު ކުލައިގެ ރީތި އިއާރިންގެއް އިނެވެ. އަތުގައި ޕުލަމް ކުލައިގެ ބުކޭއެއް އޮތް އިރު ވާތުގައި ޕާރލްސް ރީތި ބުރެސިލެންޓެއް އޮތެވެ. ހުދު ކުލައިގެ ރީތި ހީލްސްއަކަށް އަރާލާފައި ހުރިއިރު މިރޭ އެރީތިކަމަށް ތައުރީފުގެ ބަސްތައް އޮހޮރޭނެކަންމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. “މައި ބިއުޓިފުލް ޑޯޓާރ” މިޝާ އައިސް އަފްރީން ގައިގައި ކުޑަކޮށް ބައްދާލަމުން ބުންޏެެވެ. “ލަވް ޔޫ މަމް” “ލަވް ޔޫ ޓޫ މައި ޕުރިންސެސް.. ހިނގާ ދޮންބެގެ ސަޕްރައިޒް ދޮންބެއަށް ދޭމާ ދޯ” އަފްރީން ބޯޖަހާލަމުން ހެދުމުގައި ހިފަހައްޓާލައިގެން ކޮޓަރިން ނިކުތެވެ. މިޝާވެސް އަފްރީންގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓާލަމުން ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އަފްހަމްއާއި އަފްރާހް ދޮރާ ދިމާލަށް ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ދެމީހުންގެ އަނގަ ހުޅުވިގެން ދިޔައެވެ. “މައި ލިޓުލް ޕުރިންސެސް އަސްލުގަވެސް ބޮޑުވެއްޖެ ދޯ” އަފްރާހް އައިސް އަފްރީންގެ ނިއްކުރިއަށް ބޮސްދިނެވެ. “އައި އޭމް ސްޓިލް ޔޯރ ލިޓުލް ޕުރިންސެސް ޑޭޑް” އަފްރީންވެސް ހިނިތުންވެލަމުން ބުންޏެވެ. “ދޮންބޭ” އަފްރީން އަފްހަމްއާއި ދިމާލަށް ހިނގައިގަންނަމުން އޭނާއަށް ގޮވާލިއެވެ. “ޔޫ ލުކް ސޯ ބިއުޓިފުލް ސިސް” “އެންޑް ޔޫ ލުކް ހޭންޑްސަމް” އަފްހަމް އަފްރީންގެ ކޮނޑުގައި ހިފާ ކުޑަކޮށް ކަައިރިކޮށްލިއެވެ. “ވެއިޓް އަ މިނެޓް.. މިއޮތްހާ ދުވަހު އަފޫވެސް އަމިއްލަ ވެޑިންއަށް ރެޑީވަމުންތަ ތިއައީ؟؟” އަފްހަމް ދެލޯ ބޮޑުކޮށްލާފައި އެހެން ބުނިގޮތުން އަފްރީންގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. “ނޫން މިމަންތުގަ އަފޫ އެކްސިޑެންޓް ވި ދުވަހު ނިންމި ނިންމުމެއް މިއީ.. ސަޕްރައިޒްއެއް ދޭންވެގެން ނުބުނެ ހުރީ” “އަސްލުވެސަ ވަރަށް ސަޕްރައިޒް ވެއްޖެ ޑަބަލް ހެޕިނެސް” އަފްހަމް ހިނިތުންވެލަމުން ބުންޏެވެ.

“މާން” އެނދުމަތީ އިށީނދެލައިގެން އިން ލިއުޝާ އަމާންއަށް ގޮވާލެވުނީ ބޭއިހްތިޔާރުގައެވެ. ޑާކް އަޅިކުލައިގެ ވެޑިން ޓަކްސް އެއްލާފައި ހުރިއިރު ޕުލަމް ކުލައިގެ ޓައިއެއް އަޅާލާފައި ހުއްޓެވެ. އަދި ޕުލަމް ކުލައިގެ ބައޫޓޯނިއާރއެއް ވެސް ކަނާތްފަރާތު ހަރުކޮށްލާފައި ހުއްޓެވެ. މިރޭ އަމާން ޖާދޫގައި ގިނަ އަންހެން ކުދިން ޖެހޭނެކަންމީ ޝައްކައްވެސް އޮތްކަމެއް ނޫނެވެ. އިސްތަށިގަނޑު ރީތި ސްޓައިލްއަކަށް ޖެލްލާ ތަތްކޮށްލާފައި ހުރި އިރު އަމާން އެކޭ ފިލްމު ތަކުން ފެންނަ ފަދަ ސުމާޓް ހީރޯއެކޭ ތަފާތެއް ނެތެވެ. “ލުކް އެޓް ޔޫ ސިސް ޔޫ ލުކް ސޯ ބިއުޓިފުލް” އަމާން ލިއުޝާއަށް ތައުރީފްކޮއެވެ. ވާނީވެސް އެހެންތާއެވެ. މިރޭ ލިއުޝާވެސް ހީވަނީ ރީތީގެ ރާނީ އެއްހެން ވިއްޔާއެވެ. މުބާރާތެއްގައި ވާދަކޮށްފިނަމަ ހަމަ ޔަޤީނުންވެސް ރަނގަޅު ވަނައެއް ހޯދާނެކަން ޔަޤީނެވެ. “ޔޫ ލުކް ލައިކް އަ ގޫރޫމް” ލިއުޝާ އަމާންއާއި ދިމާލަށް ދެލޯ ހަނިކޮށްލައިގެން ހުރެ ބުންޏެވެ. އަމާން ޖަހާލީ ހިނިގަނޑެކެވެ. “ވެއިޓް އާރ ޔޫ؟؟” “ޔެސް އައި އޭމް” ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އަފްހަމް ބުންޏެވެ. އެވަގުތު ލިއުޝާގެ ނޭވާވެސް ހީވީ ކަރުތެރޭގައި ތާށިވިހެންނެވެ. ޑާކް ގުރޭ ޓޮކްސީޑޯއެއް ލާފައި ހުރިއިރު ޕުލަމް ކުލައިގެ ޓައިއެއް އަޅާލާފައި އިންއިރު ޕުލަމް ކުލައިގެ ބައޫޓޯނިއާރއެއް ހަރުކޮށްލާފައި އިނީ ހަމަ އަމާން އެކޭ އެއްގޮތަށެވެ. ނަމަވެސް ދެޑިޒައިން އަކަށް އިން ދެ ޑެކްސީޑޯއެވެ. “ވަޓްސް ރިއަލީ ގޮއިން އޮން؟؟” ހައިރާންވެފައި ހުރެ ލިއުޝާ އެއްސެވެ. “އައި ވިލް ޓެލް ޔޫ” އަފްރީންގެ އަޑަށް ލިއުޝާ އެދިމާ ބަލާލިއިރު ހުދު ކުލައިގެ ބޮޑު ވެޑިން ޑުރެސްގައި ތައްޔާރުވެލައިގެން ހުރި އަފްރީން ފެނުމުން އާޝޯހްވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. “ވީ ބޯތް އާރ ގެޓިން މެރީޑު” ލިއުޝާގެ ކައިރީ ހުއްޓި އޭނާގެ އަތުގައި ހިފާލަމުން އަފްރީން ބުންޏެވެ. “އޭމް އައި ޑުރީމިން” ލިއުޝާގެ ދުލުން ބޭރުވިހައިވެސް ޖުމްލައަކީ އެއީއެވެ. އަފްރީން ލިއުޝާގެ އަތުގައި ވިކާލިއެވެ. “އައުޗް” ލިއުޝާއަށް ތަދު އިހްސާސްކުރެވުމުން ބުނެލިއެވެ. “މިހާރު ޔަޤީންވެއްޖެ ދޯ” ލިއުޝާ އަތުގައި ފިރުމާލަމުން ބޯޖަހާލިއެވެ. އަދި ދެވަނަ ސިކުންތުގައި އަފްރީންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެެވެ. އަފްރީންވެސް ހިނިތުންވެލަމުން އެކުވެރިޔާގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.

30 8 ބައިވީއިރު ހަތަރުފަރާތުގެ އާއިލާ ވަނީ ކައިވެނި ކުރަން ހަމަޖެހިފައި އޮތް ހޯލަށް އައިސް ހަމަވެފައެވެ. އެންމެ ފުރަތަމަ އަފްހަމްއާއި ލިއުޝާގެ ކައިވެނި ކުރެވިގެން ދިޔައިރު އަފްރީންއާއި އަމާންގެ ކައިވެނި ކޮށްދޭން ފެށީ އެމީހުންނަށްފަހުގައެވެ. ކައިވެނީގެ ޙުތުބާ ދެމީހުންވެސް ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. ދެމީހުންވެސް ދިޔައީ ހިތާހިތުން އެކަމަށް އެއްބަސްވެ އެގޮތަށް އަމަލުތައް ބެހެއްޓުމަށް ވައުދު ވަމުންނެވެ. އަމާންގެ ދުލުން “އަނބިގަބޫލްކޮށްފީމޭ” ބުނިވަގުތު އަފްރީން ދެލޯމަރާލިއެވެ. އެވަގުތު އެތުންފަތްމަތީ ހިނިތުންވުމެއް ދުވެލިއެވެ. އާއެކޭ އޭނާއަށް އޭނާގެ ލޯބި ކާމިޔާބުވީއެެވެ. އަމާންއާއި އެކު މުޅި ދިރުއުޅުން ހޭދަކޮށްލަން ލިބުމުގެ ނަސީބު ލިބުނުކަމަށްޓަކާ ހެއްދެވި ފަރާތައް އަފްރީން ހަމްދުކުރިއެވެ. ކައިވެނި ކުރެވި ނިމުމާއިއެކު އާއިލާއާއެކު ދެ ޖޯޑް ފޮޓޯ ނަނގަންފެށިއެވެ. އިރުކޮޅެއްނުވެ މެހެމާނުންތައް އަންނަންފެށިއެވެ. އެއްބައެއްގެ ހިތުން ތައުރީފުގެ ބަސްތައް އޮހެމުން ދިޔައިރު އަނެއް ބައެއްގެ ދުލުން ދިޔައީ އެނަސީބު އެމީހުންނަށް ނުލިބުމުން އެކަމާ ޝަަކުވާކުރަމުންނެވެ. އަނެއްބަޔަކު ދިޔައީ އެދެޖޯޑަށް ހަސަދެވެރި ލޮލަކުން ބަލަމުންނެވެ. މީޑިއާ ތަކުގެ މީހުންވެސް އެޕާޓީއަށް އައިސް ތިބިއިރު ހަބަރުގެ ފަލަ ޞުރުހީގައި އޮތީ އެންމެ ޔަންގް ދެ ބިޒްނަސް ޓައިކޫންގެ ކައިވެނި ކުރެވުނު ވާހަކައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އަލަށް ކައިވެނި ކުރެވުނު ދެ ޖޯޑަށް މަރުހަބާ ކިޔަމުން ދިޔައެވެ. ޕާޓީ ނިމުނު އިރު ހުރީ 12 ވެސްޖަހާފައެވެ. އޭރު އަފްރީންއާއި ލިއުޝާ ތިބީ ހީލްސްއަށް އަރައިގެން އެހާ ގިނައިރު ތިބެންވުމުން ފަޔައްވެސް ތަދުވެފައެވެ. ހަތަރު މީހުން ގޮސް މޭޒެއްގެ ދޮށުގައި އިށީންދެ ކެއުމަށް އިންސާފުކުރަން ފެށީ ބަނޑުހައިވެފައި ތިބިލެއް ބޮޑުކަމުންނެވެ. އަދި އެއަށް ފަހު ކަޕުލް ފޮޓޯތައް ނަގަން ފެށިއެެވެ. ލޯބިވެތި ފޮޓޯ ތަކެއް ކެމެރާގައި ރައްކާކުރުމަށްފަހު އެބައެއްގެ ގެޔައަށް އެބަޔަކު ދިޔައެވެ. ނިޝާ އާއި އުބެއިދު އަފްރީންއާއި އަމާންއަށް ބާއްޖަވެރި ރެއަކަށް އެދެމުން ނިދާން ދިޔައިރު ނިޝާ ދިޔައީ އަފްރީންގެ ބުރަކަށީގައި ވަރަށް ލޯބިން ފިރުމާލަވެސް ދީފައެވެ. އަފްރީން އަމާންގެ ފަސްފަހަތުން ހިނގައިގަތީ އޭނާއަށް އަމާންގެ ކޮޓަރި ހުންނަތަން ނޭނގޭތީއެވެ. އޭނާ އަލަށްވެސް އެގެޔަށް އައިސްފައި ނެތުމުން އޭނާއަށް އެގެ އެފެނުނީ އަދި އަލަށެވެ. ބަހެއް ނުކިޔާ ހުރެ އަމާންގެ ފަހަތުން މައްޗަށް އަރަން ދިޔައީ ހެދުމުގެ ކުރިމަތީގައި ހިފާ ކުޑަކޮށް ހިއްލާލައިގެންނެވެ. ދެހަރުފަތް ގިރާކޮށްލުމަށްފަހު ލައިގެން ހުރި ހީލްސް އަތައް ނެގީ ފަޔަށް ތަދުވާވަރުންނެވެ. މިތަން ފެނި ހަލުވި ފިޔަވަޅުތަކެއްގައި އައިސް އަމާން އަފްރީން އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރުމުން އަފްރީންއަށް ކުޑަކޮށް ހަޅޭއްލަވާ ގެނެވުނެވެ. “ނުއެއް ފިލޭނެ އިނގޭ މިރެއަކު” އެއްލޯމަރާލަމުން އަމާން އެހެން ބުނުމާއެކު އަފްރީން ލަދުގަތް ވަރުން އަމާންގެ މޭގައި މޫނު ފޮރުވާލިއެވެ. އަމާން އޭނާގެ ކޮޓަރި ކައިރީގައި ހުއްޓި އަފްރީން ކައިރީ ދޮރު ހުޅުވުމަށް ބުންޏެވެ. އަފްރީން ދޮރުހުޅުވާލުމުން އަމާން އަފްރީން ގޮވައިގެން އެތެރެއަށް ވަދެ އޭނާ ބިންމަތީގައި ބެހެއްޓިއެވެ. އަފްރީން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އުއްބައްތީގެ އަލީން މުޅި ކޮޓަރި އަލިކޮށްލާފައި ހުރި އިރު މުޅި ކޮޓަރި ތެރޭގައި ވަނީ މަޑު މަޑު މީރުވަހެއް ހީފާލާފައެވެ. ކޮޓަރީގައި ކަޅުކުލަލާފައި ހުރި އިރު ފަރުނީޗަރުތައް ހުރީ ހުދު ކުލައިގައެވެ. އަފްރީން ކޮޓަރީގެ އެއްފަރާތެއްގައި ހީލްސް ބަހައްޓާލަމުން މުޅި ކޮޓަރި ތެރެ ރަނގަޅަށް ބަލާލިއެވެ. އަދި ގޮސް ޑުރެސިންޓޭބަލް ކައިރީގައި ހުއްޓި ކަންފަތުގައި އިން އިއާރިންގެ ނަނގާ ބާއްވާލިއެވެ. “ކޮޓަރި ކަމުދޭތަ؟؟” އަފްރީންގެ ފުރަގަހުން ބައްދާލަމުން އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން އަމާން ބުންޏެވެ. އަމާންގެ އަޑުގައި ހުރި އަސަރުން އަފްރީންގެ ހުރިހާ ލޯލީތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އަމާން މަޑު މަޑުން އަފްރީންގެ ހާމަޔަށް އޮތް ކަނދުރާގައި ބޮސްދިނެވެ. އެވަގުތު އަފްރީންގެ އެންމެ ހިމަ ނާރަށްވެސް އޭގެ އަސަރު ކުރިއެވެ. އިސާހިތަކު ދެޖިސްމުގައި ހުޅުރޯވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއް ތެރޭގައެވެ. ދެޖިސްމު އެކުވެގެން ދިޔައިރު ދޫ ހަރަކާތް ނުކުރިނަމަވެސް އަމަލުތަކުން އެކަކު އަނެކަކުދެކެ ލޯބިވާވަރު ހާމަކުރަމުން ދިޔައެވެ.

އާދައިގެ މަތިން އަފްރީންއަށް ހޭލުވުނީ ފަތިސް ނަމާދު ވަގުތަށެވެ. އޭނާގެ ފޯނު ކައިރީގައި ނެތުމުން އަމާންގެ ފޯން ހޯދާލިއިރު އަމާން އޮތް ފަރާތު ކަބަޑު މަތީ ފޯން އޮތްތަން ފެނުމުން ކުޑަކޮށް ތެދުވެލާ ފޯނު ނަގަން އަތް ދިއްކޮށްލި ވަގުތު އަމާން ގެނައި ކުއްލި ހަރަކާތަކާއެކު އޭނާ އޮތީ އަމާންގެ ގައިދަށުއެވެ. “މޯނިން ބޭބް” އަފްރީން އަމާންގެ ކަރުގައި އަތް އަޅުވާލަމުން ބުންޏެވެ. އަމާންވެސް އަފްރީންގެ ނިކުރިއަށް ބޮސްދިނުމަށް ފަހު މޯނިންއޭ ބުނެލިއެވެ. ފެންވަރާލައިގެން އަމާން މިސްކިތައް ދިއުމުން އަފްރީންވެސް ފެންވަރާ ތާޒާވެލައިގެން ނިކުމެ ނާމާދުކޮށްލައިގެން ތިރިއަށް ފޭބީ ކޮފީއެއް ބޯލުމަށެވެ. އޭރު ނިޝާވެސް ބަދިގޭގައި އުޅުނެވެ. “އަހާ ދަރިފުޅު ކީއްކުރަން މިހާ އަވަހަށް ބަދިގެއަށް ތިއައީ” ކޮފީ މެޝަންއިން ކޮފީ ގިރަން ހުރެ ނިޝާ އެއްސެވެ. “މަންމާ މިއީ ދެން އަވަރު ކަމެއް ނޫނެއްނު އަފޫ ފަތިސް ނަމާދަށް ތެދުވެފައި އެއްދުވަހުވެސް ނުނިދަމޭ” ނިޝާ ހިނިތުންްވެލަމުން އަފްރީންއަށްވެސް ކޮފީ ތައްޓެއް ދިއްކޮށްލިއެވެ. އަދި ބެލަކަންޏަށް ގޮސް އެކި ވާހަކަތަކުގައި ތިބެ ކޮފީ ބޮއި ނިންމާލިއެވެ. އަމާން އައުމުން އަފްރީން އޭނާއަށްވެސް ކޮފީ ތައްޓެއް ގިރާލަދިނެވެ.

ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް އެއްއަހަރު ފާއިތުވެގެން ދިޔައީ އަފްރީންގެ ހަޔާތުގައި އުފާވެރި ދުވަސްތަކެއް ހޭދަވެގެންނެވެ. އާދައިގެ މަތިން އަފްރީން ފަތިސް ނަމާދުކޮށްލައިގެން ތިރިއަށް ގޮސް ކޮފީ އެއް ގިރާލައިގެން ބެލްކަނީގައި އިނެވެ. ނަމަވެސް އެހެން އިދެ އިދެ ވެސް އަފްރީންއަކަށް އެކޮފީ ތަށި ބުވޭ ގޮތެއް ނުވިއެވެ. އަމާން އައުމުން އޭނާއަށް އެކޮފީތަށި ދީފައި އަފްރީން ކޮޓަރިއަށް ދާން ހިނގައިގަތީ ކަރުން ފާޑެއްގެ ރަހައެއް ލާންފެށުމުންނެވެ. ވާނުވާ ނޭނގި ހުރެ އަމާން އަފްރީންގެ ފަހަތުން ހިނގައިގަތެއެވެ. ކޮޓަރިއަށް އައިސް ވަދެވުނު އިރަށް އަފްރީން އޯކާ ދެމިގަތެވެ. އަދި ދުވެފައި ގޮސް ފާހާނައަށް ވަނެވެ. އަމާން ކަންބޮޑުވެފައި ހުރެ ކޮފީ ތަށި އެތާ ހުރި ބިއްލޫރި މޭޒުމަތީ ބެހެއްޓުމަށްފަހު ގޮސް ފާހަނައަށް ވަނެވެ. އަފްރީން ހޮޑުލަމުން ދިޔަ ގޮތުން އަމާން އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަމާން އަވަސް އަވަހަށް ގޮސް އަފްރީންގެ ގައިގައި ހިފަހައްޓާލިއެވެ. އެތައް އިރަކު ހުއްޓާނުލާ ހޮޑުލުމަށްފަހު އަފްރީން ތެދުވެ ފާހާނަ އަށް ފެންޖަހާލުމަށްފަހު ފުލެޝް ކޮށްލިއެވެ. އޭރު އޭނާގެ ބޮލަށް ހުރީ އެނބުރުން އަރާފައެެވެެ. އަމާން އަފްރީންގެ ގައިގައި ހިފަހައްޓާލައިގެން ގޮސް އެނދުމަތީ ރީއްޗަށް ބާއްވާލުމަށްފަހު ފެންތައްޓެއް ދިނެވެ. އަމާން އަފްރީންގެ ނިއްކުރީގައި އަތްލީ ހުންހުރިތޯ ބަލާލުމަށެވެ. ނަމަވެސް ހުން އައިސްފަކާއެއް ނެތެވެ. “އަފޫ ކިހިނެއްވީ؟؟” އަފްރީން ދެލޯމަރިގެން އިރުކޮޅަކު އޮވެފައި އަމާން ކުރެން ފޯނު ދިނުމަށް އެދުނެވެ. އަމާން ހައިރާންވެފައި ހުރެ ފޯނު ދިއްކޮށްލުމުން އަފްރީން ތާރީހް ބަލާލިއެވެ. އަފްރީން ފޯނަށް ބަލަން އިން ގޮތުން އަމާން ކަންބޮޑުވެފައިހުރެ “ކިހިނެއްވީތޯ؟؟” އެއްސެވެ. “މާން އައި ތިންކް އައި އޭމް ޕުރެގްނެންޓް” އަފްރީންގެ ޖުމްލަ އަޑުއިވުމުން އަމާން އަފްރީންގެ އަތުގައި ހިފާލަމުން އަސްލުވެސް ހެއްޔޭ އެއްސެވެ. “ކިޓެއް..” އަފްރީންގެ ދުލުގައި އެއްބައި އޮތްވާ އަމާން ވޮލެޓް ހިފައިގެން ބޭރަށް ނިކުތެވެ. އަފްރީން ހިނިތުންވެލަމުން ދެލޯ މަރާލީ އަދިވެސް ބޮލަށް އެބުރުން އަރާތީއެވެ. އަމާން ކިޓް ގެންގެން އައިސް އަފްރީންގެ އަތައް ލާދީފައި ފާހަނައަށް ވެއްދިއެވެ. އަދި ހިތްއަވަސްވެފައި ހުރެ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ އަފްރީން ދޮރު ހުޅުވާލިއެވެ. އަފްރީން އިސްދަށައް ޖަހައިގެން ހުރުމުން އަމާން ދެރަވެފައި ހުރެ އަފްރީން އޭނާއާއި ކައިރިކޮށްލިއެވެ. “އިޓްސް އޯކޭ އޭ.. ނެކްސްޓް ޓައިމް ދޯ” އަމާން އަފްރީންގެ ބޮލަށް ބޮސްދެމުން ބުންޏެވެ. “މާން ޔޫ އާރ ގޮއިން ޓް ބީ އަ ޑޭޑް” އަފްރީން އެހެން ބުނުމާއިއެކު އަމާން އަފްރީން އޭނާއާއި ދުރުކޮށްލާ އަފްރީންގެ މޫނަށް ބަލާލިއެވެ. އަފްރީން އަމާންއަށް ކިޓް ދައްކާލުމުން ވީ އުފަލެއްގެ ބޮޑުކަމުން އަމާން އަފްރީން އުފުއްލާލަމުން އެނބުރިލިއެވެ. ލަސްކުރުމެއް ނެތި ނިޝާއާއި އުބެއިދުއަށް އެދެމަފިރިން އެހަބަރު ދިނެވެ. އަދި މިޝާމެންނަށްވެސް އެހަބަރު ދީފައި ހަވީރުން އެގެއަށް ދާނެކަމަށް ބުންޏެވެ.

ހަވީރު އަފްރީންއާއި އަމާން އެގެއަށް ވަތް އިރު މިޝާއާއި އަފްރާހް އަދި އަފްހަމްއާއި ލިއުޝާ އެދެމަފިރިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. އަދި އަފްރީން ގެންގޮސް ސޯފާގައި ބެއިންދުމަށްފަހު ކަންތައް ކުރަންވީ ގޮތް މިޝާ ކިޔާދޭން ފެށިއެވެ. އަފްރީން ހިނިތުންވެލަމުން މިޝާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އެވަގުތު އަފްރީންއަށް އޯކާ ދެމިގަނެވުނެވެ. ވަގުތުން ދުވެފައި ގޮސް ބަދިގޭ ސިން ކައިރިއަށް ދިއެވެ. އަމާން އަފްރީންގެ ފަހަތުން ގޮސް އަފްރީންގެ ގައިގައި ހިފަހައްޓާލާއިގެން ހުއްޓެވެ. އަފްރީން ލާނެ ވަރަކަށް ހޮޑުލާފައި އަނގަ ދޮވެލައިގެން ސިންކްއަށް ރަނގަޅަށް ފެންޖަހާ ދޮވެލުމަށްފަހު ތެދުވެ އަމާންގެ މޭގައި ލައްވެލިއެވެ. “މައި ސިސް އިޒް ގޮއިން ޓް ބީ އަ މަމް” އަފްހަމް ހިނިތުންވެލަމުން ބުންޏެވެ. އަފްރީން އެވަގުތުވެސް އަފްހަމްއާއި ދިމާކަށް ނެރެލީ ދުލެވެ. ހަޔާތުގައި ދިމާވި އެތައް ގޮންޖެހުންތަކާއިއެކުވެސް މިއަދު އަފްރީންއަށް އެވަނީ ރަނގަޅު ދިރިއުޅުމެއް ލިބިފައެވެ. އިންތިހާއަށް ލޯބިވާ ފިރިއެއް ލިބިފައިވާއިރު އޭނާދެކެ އެހާމެ ލޯބިވާ އާއިލާއެއް އެބަތިއްބެވެ. މިއަދު އޭނާ ކަންބޮޑުވާންވީ އެއްވެސް ކަމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް އަމާން އޭނާގެ ގާތުގައި ވާނެކަން އޭނާއަށް ޔަޤީންވާތީއެވެ. ދިރިއުޅުމަކީ އަބަދު އެއްގޮތައް އޮންނާނެ އެއްޗެއް ނޫނޭ އުންމީދު ގެއްލާނުލާށޭ ދިރިއުޅުމުގައި ހިތްދަތިކަމެއް ލިބުނަސް އުފާވެރިކަން މަތިން ހަނދާން ނައްތާނުލާށެވެ. އެއްވެސް މީހަކީ އަބަދު ހިތާމަކުރަން ޖެހޭނެ މީހެއް ނޫނެވެ.

Share Article

Follow Me Written By

Aisha

Level 2100 Comments10 Stories100 Login

Other Articles

Previous

މަލާކް… 8ވަނަބައި

Next

ކެހި

Next
June 13, 2017

ކެހި

Previews
June 13, 2017

މަލާކް… 8ވަނަބައި

84 Comments!

  1. adhu says:
    June 13, 2017 at 9:56 am

    Wow.nice.

  2. adhu says:
    June 13, 2017 at 10:02 am

    This is my first coment of this story. Varah shalhi. Ekam maa avahah thi ninmaaly.❤❤❤❤❤❤

    1. Aisha says:
      June 13, 2017 at 11:17 pm

      Thank u alhey ekamh hama varah bodah thankx ?❤

  3. Khadheeja says:
    June 13, 2017 at 10:17 am

    Vvv salhi

    1. Aisha says:
      June 13, 2017 at 11:19 pm

      Thank u khadheeja ?❤

  4. yaakko says:
    June 13, 2017 at 10:29 am

    nice storyy keep it up aisha.????????

    1. Aisha says:
      June 13, 2017 at 11:24 pm

      Thank u yakko ???❤

  5. §ámå? says:
    June 13, 2017 at 10:40 am

    Maa shaa ALLAH v reethi..

    1. Aisha says:
      June 13, 2017 at 11:26 pm

      Thank u sama ?❤

  6. sem says:
    June 13, 2017 at 10:43 am

    Wow v salhi

    1. Aisha says:
      June 13, 2017 at 11:29 pm

      Thank u sem ?❤

  7. Any says:
    June 13, 2017 at 10:47 am

    V furihama ???aishage ithuru vaahaka eh libeynekama v inthizaru kuranan an I miss you a lot ❤❤❤

    1. Aisha says:
      June 13, 2017 at 11:33 pm

      Thank u any ?In sha allah aishage new storyeh kiyaalan libeyne iraadha kurehvihyaa will miss u too dear ❤

    2. Afoo says:
      June 14, 2017 at 6:21 am

      Salhi

    3. Aisha says:
      June 14, 2017 at 6:51 am

      ?

  8. Unknown says:
    June 13, 2017 at 10:49 am

    Vara reethi ..love it ??

    1. Aisha says:
      June 13, 2017 at 11:38 pm

      Thank u dear ❤

  9. Aisha says:
    June 13, 2017 at 10:52 am

    V reethi story eh

    1. Aisha says:
      June 13, 2017 at 11:39 pm

      Thank u Aisha ❤

  10. Anonymous says:
    June 13, 2017 at 11:03 am

    vaahaka vvv salhi.. kiyaa hithun indha a nimuny..

    1. Aisha says:
      June 13, 2017 at 11:40 pm

      Thank anonymous ❤ varah happy vehje ?

  11. §ámå? says:
    June 13, 2017 at 11:04 am

    V reethi

    1. Aisha says:
      June 13, 2017 at 11:41 pm

      Thank u sama ?

  12. Sama says:
    June 13, 2017 at 11:05 am

    V reethiii

    1. Aisha says:
      June 13, 2017 at 11:43 pm

      Miee mathieega in Samaatha?? Anyway thank u hama ❤

  13. Layaa says:
    June 13, 2017 at 11:11 am

    Ma sha allah .. ♥ mivaahaka varah teethi . Kuriyahoithaangavess mikahala ibraitheri Loabi reethi vaahakaehkiyaalan libeynekamah unmeedhukuran.. ? keepgoin dear..

    1. Aisha says:
      June 13, 2017 at 11:45 pm

      Thank u layaa ? In sha Allah u will see my storys in the future ?

  14. shaxu says:
    June 13, 2017 at 11:25 am

    Varah v reethi

    1. Aisha says:
      June 13, 2017 at 11:45 pm

      Thank u shaxu ?

  15. Hasanu says:
    June 13, 2017 at 11:32 am

    Hahahaha ??? Miothy aata saataa eh hedifa ehnu ??

    1. Aisha says:
      June 13, 2017 at 11:47 pm

      Aisha akah neygunu thibuni ehcheh ekamu hama thank u igey ?

  16. Aishath says:
    June 13, 2017 at 11:38 am

    Varah salhi

    1. Aisha says:
      June 13, 2017 at 11:48 pm

      Thank u aishath ??

  17. cya says:
    June 13, 2017 at 11:51 am

    Story ge nimun v reethi

    1. Aisha says:
      June 13, 2017 at 11:50 pm

      Thank u cya ??

  18. Anonymous says:
    June 13, 2017 at 11:53 am

    Dhen hayaah ah vy kihineh???

    1. Dhimra says:
      June 13, 2017 at 1:11 pm

      Ebunaahen

    2. Aisha says:
      June 13, 2017 at 11:53 pm

      Hayaage part Aisha fahun nugenai cox I thought u guys won’t need that much conclusion about her

  19. Ssss? says:
    June 13, 2017 at 12:01 pm

    Mi story v rythi ??…

    1. Aisha says:
      June 13, 2017 at 11:54 pm

      Thank u dear ?❤

  20. nonns says:
    June 13, 2017 at 12:13 pm

    Wow. Story varah furihama. Ekam haadha avahakashey thinimmaaly. I’ll miss u a lot. Aisha ge ehem stry eh fennaanetha adhi?

    1. Aisha says:
      June 13, 2017 at 11:55 pm

      Thank u nonns ❤ will miss u too dear.. In sha Allah u will see my stories ?

    2. Aisha says:
      June 13, 2017 at 11:57 pm

      Sorry dear wrong enmjoy eh ?..

  21. Sama says:
    June 13, 2017 at 12:20 pm

    Vaahaka ah alhugadu kuraa coment eh numeh feney?

    1. Aisha says:
      June 13, 2017 at 11:58 pm

      Mathieega ebain sama ge namuga comment eh.. Thank u dear ?

  22. Aphy says:
    June 13, 2017 at 12:31 pm

    Wow…v nice..loved the story..feshigen nimendhn ves v reethi..thnkx for the story nd hoping for another one?

    1. Aisha says:
      June 14, 2017 at 12:01 am

      Thank u aphy ?varah happy vehje kamudhaa gothah story genesdhevunieema?

  23. Chum handi says:
    June 13, 2017 at 12:34 pm

    awwwwwww… haadha loabi eyy… speechless vejje….. aisha mathin vrh miss vaane…. hoping to see another bootiful story…

    1. Aisha says:
      June 14, 2017 at 12:03 am

      Awww.. Thank u chum handi ? will miss u too dear.. In sha Allah

  24. Adha? says:
    June 13, 2017 at 12:34 pm

    Aawn..? haadha lobi loabi koshey thi ninmaaly ves aisha..❤ varah furihama ingey.. maan nd afoo ah baahjaveri dhiriulhumakah edhen.. hehehe.. varah dheravey nimunyma.. ?will miss you aisha.. mikahala loabi loabi story eh adhi genesdhehchey plz… love you?

    1. Adha? says:
      June 13, 2017 at 12:37 pm

      Nd genesdheyn buni dhuvahahvure kurin genaamaves thank u..??

    2. Aisha says:
      June 14, 2017 at 12:05 am

      Thank u so much adha ? will miss u too dear ? In sha Allah ? ly❤

    3. Aisha says:
      June 14, 2017 at 12:06 am

      And welcome igey hama ?

  25. Some one says:
    June 13, 2017 at 12:43 pm

    V v v v v v v v v v v v riithi!!! U ge nxt stry akh inthixaaru kuran!!

    1. Aisha says:
      June 14, 2017 at 12:08 am

      Thank youuuu..❤❤❤ Hehe.. In sha Allah.. C u soon ?

  26. sam♥ says:
    June 13, 2017 at 12:55 pm

    wow wow wow…Aisha ge stry v lobii igey ♥♥♥.afoo n maan v lovely♥♥♥ … thankx aisha mihaareethi stry eh genes dhinythyy … next stry akah inthixaar kuran … heheheh lovely storyy ….♥♥♥♥ …thankx …

    1. Aisha says:
      June 14, 2017 at 12:11 am

      Sam♡ thank u thihaa loabi comment eh kohlieema❤❤❤.. In Sha Allah.. Welcome hama ?

  27. malkoo says:
    June 13, 2017 at 1:05 pm

    Wooow varah reethi vaahaka…ekam nimuneema dheravani
    Thanks mihaa reethi story eh liunii ma…
    Dhn varah miss vaane

    1. Aisha says:
      June 14, 2017 at 12:13 am

      Thank u malkoo ❤❤❤ alhey dhera nuvey iraadha kurehvihyaa Aisha ge storythah fenigendhaane.. Will miss u too ?

  28. Khajja says:
    June 13, 2017 at 1:07 pm

    Wow masha allah v rythi v habeys ekam haadha avahakah thinimmaaly stry kiyaa iru hama sifavey ehaaves rythi?? kon irakun new stry eh kiyaalan libeyny?? thanks 4 the luvly stry n ly???❤❤❤???

    1. Aisha says:
      June 14, 2017 at 12:14 am

      Thank khajja ? dhen my aim is completed.. In Sha Allah soon ? welcome dear

  29. LEE MIN HO says:
    June 13, 2017 at 1:26 pm

    vvv salhi ingeyy.

    1. Aisha says:
      June 14, 2017 at 12:15 am

      Thank u ???

  30. Zyth says:
    June 13, 2017 at 1:33 pm

    rann vx nukiyaa merry kuraa baeh dhw. gina vaahaka thakuga abadhu vx hunnani mihen taslaafa merry kuraani.. haha funny.. bt story nice ingey

    1. Aisha says:
      June 14, 2017 at 12:18 am

      Ehen vaahaka dhakuga nufennathieeve alsu Aisha ves ehen liyuniee.. But u do have a point.. In Sha Allah I will try to improve ? thanks zyth ❤

  31. Ainth says:
    June 13, 2017 at 3:04 pm

    Vvvvvv reethi….next story ah waiting… Aishaa I’ll miss u a lot…

    1. Aisha says:
      June 14, 2017 at 12:19 am

      Thank you ainth ? In sha allah .. Will miss u too ainth ?

  32. aish says:
    June 13, 2017 at 4:08 pm

    Story vvvvvv reethi..aish ge favourite story mii..

    1. Aisha says:
      June 14, 2017 at 12:20 am

      Thank u aish ? glad to hear that really dear ?

  33. Cym says:
    June 13, 2017 at 4:11 pm

    V salhi ??? Thanks

    1. Aisha says:
      June 14, 2017 at 12:21 am

      Thank u cym ? welcome hama ?

  34. Sinaa says:
    June 13, 2017 at 5:40 pm

    Wowww vrh loabi vaahaka vrh reethi i am so happy

    1. Aisha says:
      June 14, 2017 at 12:22 am

      Thank u sinaa ❤❤❤ varah happy vehje sinaa happy kohlevunieema

  35. Shaai says:
    June 13, 2017 at 5:51 pm

    Maasha allah .
    vvvvvvv nice?

    1. Aisha says:
      June 14, 2017 at 12:23 am

      Thank u shaai ?

  36. Aisha says:
    June 14, 2017 at 12:25 am

    Hurihaa kudhinnah varah bodah thanks thidhin support ah.. Aisha varah miss vaane hurihaa kudhin mathin.. In sha Allah new story akaa eku hurihaa kudhinna bahdhalu kohlaanan.. thank u once again ?

  37. sweetie says:
    June 14, 2017 at 1:53 pm

    kobaa hayaa? ehera reethi hayaa ah enmefahunq veegotheh balaalaahivvey.

    1. Aisha says:
      June 15, 2017 at 8:28 pm

      Ehaa hisaabah aishaa liyuniee hayaage part ehaa important part kamah nudhekuniee cox screen and amaan gulhunieema

  38. Mary says:
    June 14, 2017 at 8:08 pm

    Varah reethi ???

    1. Aisha says:
      June 15, 2017 at 8:29 pm

      Thank u Mary ???

  39. Ary says:
    June 15, 2017 at 5:53 am

    V salhi, mee v kiyaahithun kiyaa ninmaali vaahaka ah, n adhi mikahaluge salhi vaahaka ah nere dhehchey, aisha vareh hama neiy, keep it up Aisha ??

    1. Aisha says:
      June 15, 2017 at 8:37 pm

      Thank u so much ary thihaa loabi comment eh kohlieema

  40. umxy says:
    June 15, 2017 at 1:36 pm

    Mom and dad ah maa mixamaaanuge name dhinyma kada……muskulhi name salhi vaaany everinnah hama…..

  41. Pinky says:
    June 16, 2017 at 3:59 pm

    Hayaa ah vygothehves genesdhinnama bodah furihama vaany

Comments are closed.


All Right Reserved!