Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ނޭނގުމެއްގެތެރޭގައި..(2)

Kooji Level 210 Stories100 Comments
June 14, 2017 5 Mins Read
34 Comments

އަދި ފަހުން އަންނާނެ ކަމަށްބުނެ ބޮޑުދައިތަ ނުކުމެގެން ދިއުމުން އައިނީ އަވަސް އަވަހަށް އެ ކޮތަޅު މޮހާލިއެވެ. އެއީ ޑައިރީއެއް ކަން އިނގުމުން އައިނީ ކުރިއަށްވުރެވެސް ޝައުގުވެރިކަމާއެކު އެފޮތް ހުޅުވާލިއެވެ. ފުރަތަމަވެސް އޮތީ މަންމައާއި ބައްޕަގެ ޒުވާންއިރުގެ ފޮޓޯއެކެވެ. އެ ފޮޓޯއަށް ވަރަށް ފަރުވާތެރިކަމާއެކު އައިނީ ބަލާލިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އައިނީ އެ ޑައިރީ ކިޔަންފެށިއެވެ…

** *** ****

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް މި ޑައިރީ ލިބޭއިރު ބައްޕަ ވާނީ ދަރިފުޅު ދުކޮށް މާދުރަށް ގޮސްފައެވެ. އެނބުރިއައުމެއްނުވާ އާލަމެއްގައެވެ. ބައްޕަ ދަރިފުޅަށް އެއްވެސް ކަމެއް ސިއްރުކުރަން ނޭދޭތީ މި ޑައިރީ ލިޔަމެވެ. ބައްޕަގެ އަމިއްލަދުލުން މިވާހަކަތައް ކިޔައިދޭނެހާ ހިއްވަރެއް މިހާރު މި ބައްޕަގެއެއް ނެތެވެ. ގަލަމުގެ އެހީގައި ބަޔާންކޮއްދޭން ޖެހުނު ސަބަބަކީ އެއީއެވެ.
ބައްޕަގެ ބަލީގެ ވާހަކަ ދަރިފުޅަށް ސިއްރުކުރަން މަޖުބޫރުވީ އެކަމުގެ ސަބަބުން ދަރިފުޅުގެ ކިޔެވުމަށް ބުރޫ އަރާފާނޭކަން ވިސްނި އެގޮތަށް އެކަންވާން ނޭދޭތީއެވެ. މިވާހަކަތަކަކީ ދަރިފުޅަށް ގަބޫލުކުރަން ދަތި ވާހަކަތަކަކަށް ވެދާނެއެވެ. ނަމަވެސް ހަގީގަތަކީ މިއީއެވެ. އެހެންކަމުން ދަރިފުޅު ބައްޕައަށް މާފުކުރާނެކަމަށް އުންމީދުކުރަމެވެ.
………. އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ.
އަހަންނަށް އެންމެ ފުރަތަމަ ސީމާ ފެނުނު ދުވަހުއްސުރެ އަހަރެންގެ ހިތް ސީމާ އަށްޓަކައި ވިންދު ޖަހަންފެށިއެވެ. ފުރަތަމަ ނަޒަރުން ލޯބިވާ ވާހަކަ އޭގެ ކުރިއަކުން އަހަރެން ގަބޫލެއް ނުކުރަމެވެ.
އަހަންނަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅެމުން އައި ހަރުދަނާ މީހެކެވެ. އޭރު އަހަރެންގެ އުމުރުން ފަންސަވީސް އަހަރެވެ. އަހަންނާ ސީމާއާ ދިމާވީވެސް އޮފީހުންނެވެ. މާކަ ގިނަ ދުވަސްތަކެއް ނުވަނީސް އަހަރުމެން ދެމީހުންގެ ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވިއެވެ. އަހަރެން އެންމެ ކުރީއްސުރެވެސް ސީމާ ދެކެ ލޯބިވަމެވެ. އެކަމަކު އެކަން އަހަރެން ސިއްރުކުރީ ސީމާ ނުރުހިދާނެ ކަމުގެ ބިރުއޮތުމުންނެވެ. ނަމަވެސް ސީމާ ވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އެނގުން ވެގެން ދިޔައީ އަހަރެންގެ ހަޔާތަށް ބަޚާރު މޫސުން އައުން ކަހަލަ ކަމަކަށެވެ.
އެހާ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަކީ ސީމާ އެހާ ހިތްހަމަ ޖެހޭ ކަމަކަށް ނުވުމުން އަހަރެމެން ގަސްދުކުރީ އަވަހަށް ކައިވެނި ކުރާށެވެ. އަހަންނަކީ މާލޭ މީހަކަށް ވުމުން އަހަރެން އުޅެމުން އައީ ބައްޕަގެ ގޭގައެވެ. ބައްޕަ ނިޔާވިއިރު އެގެ ހުރީ އުޅެވޭވަރަށް ހަދާފައެވެ.
ސީމާ އަކީ ރާއްޖެތެރޭގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ސީމާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ ދިރިއުޅެނީ ރަށުގައެވެ. އަހަރެމެންގެ ކައިވެންޏަށް ދެފަރާތުގެ އާއިލާއިންވެސް ވަރަށްބޮޑު ތަރުޚީބެއް ލިބުނެވެ. ޚާއްސަކޮއް މަންމަ ހުރީ އަހަރެން މިހަކާ އިންނާތީ ވަރަށް އުފަލުންނެވެ.
ކޮންމެއަކަސް އަހަރުމެންގެ ކައިވެނި ރޭވިފައިވާ ގޮތަށް ނިމިގެން ދިޔައީ ވަރަށްވެސް އޮމާންކޮށެވެ. އަދި ކައިވެންޏަށްފަހު ސީމާ ވެގެން ދިޔައީ އަހަރެން ހީކުރި ވަރަށް ވުރެވެސް އޯގާތެރި ހިތްހެޔޮ އަދި އެހާމެ ހީވާގި އަތްބަކަށެވެ.
އަހަރުމެންގެ ކައިވެންޏަށް ދެއަހަރު ވީތަނާހެން ސީމާ ބަލިވެއިނެވެ. މިކަމާ އާއިލާގެ އެންމެންވެސް އުފަ ފާޅުކުރިއެވެ. އަދި ސީމާ އަށް ވަރަށް ކަމޭހިތައެވެ. ސީމާ ބަލިވެއިންތާ ކުރީކޮޅު އަހަރެންވެސް ސީމާ ދެކެ ވަރަށް ލޯބިވެއެވެ. އަދި އަންނަން އުޅޭ ކުޑަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވީމެވެ. އެކަން އެގޮތުގައި ދެމިއޮތީ ދުވަސްކޮޅަކަށެވެ.
އަހަރެމެންގެ ހަޔާތުގެ ބަހާރު މޫސުން ނިމި ޙަރީފު މޫސުމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. ބަލިވެއިނުމާއިއެކު ސީމާއަށް ތަފާތު އެކި އުދަގޫތައް ވާން ފެށިއެވެ. އެއާއިއެކު މީހާ ބަލިކަށިވިއެވެ. އަދި ތެދުވެއުޅުންވެސްވީ ސީމާއަށް ބޮޑު ތަކުލީފަކަށެވެ. އެއާއިއެކު އަހަރެން ސީމާމަތިން ފޫހިވާން ފެށިއެވެ. އަހަންނަށް ދޭންޖެހޭ ވަގުތު ނުދެވޭކަމަށް ބުނަމުންނެވެ. އަހަންނަށް ސީމާ އަޅަމުންދިޔައީ ކިހާބޮޑުވޭނެއްކަން އޭރު ވިސްނައިނުލެވުނީއެވެ. އަހަރެން ވިސްނީ ހަމައެކި އަހަންގެ އަމިއްލަ ނަފްސާއި ދޭތެރޭގައެވެ. އޭގެ ނަތީޖާއަކަށްވީ އަހަރެން އަބަދުހެން ބޭރުގައި އުޅެން ފެށުމެވެ. ނަތީޖާއެއްގެ ގޮތުން ވިޔާނުދާ އެތަކެއް ބަޔަކާއި ގުޅުން ބަދަހިކުރަންފެށީމެވެ.
ރެއާއި ދުވާލު އަހަރެން އުޅުނީ އުފާކުޅައުމާއި މަޖަލުގައެވެ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމުގައެވެ. މަސްތުވާތަކެތީގެ އަވައިގައި ހަމަރަނގަޅަށްވެސް އަހަންނަށް ޖެހެވުނެވެ. އެދަޑިވަޅަކީ އަހަރެންގެ ލޯތްބާއި އަޅައިލުން ސީމާއަށް އިންތިހާއަށް ބޭނުވާނޭ ވަގުތެއްކަން އަހަންނަށް ކުޑަކޮއްވެސް ވިސްނައިނުލެވުނެވެ. ވަނީވެސް އެހެންނެވެ. އަހަރެން އުޅެމުން ދިޔައީ އަހަރެންގެ އަމިއްލަ ދުނިޔެއެއްގައެވެ.
އަހަރެންގެ އުޅުން ހުރިގޮތުން މަންމަ އަދި ސީމާގެ އާއިލާއިން ކަންބޮޑުވުން ފާޅުކުރިއެވެ. ސީމާއަށް އެފަދަ މާހައުލެއްގައި އުޅުން ރައްކާތެރިނޫން ކަމަށް ބުނަމުންނެވެ. ނަމަވެސް އެމީހުންގެ އާދޭހަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. މަންމަމެން ބޭނޫންވީ ސީމާ އެހެންތާކަށް ބަދަލުކުރާށެވެ. އެތައްފަހަރަކު ބުނުމުންވެސް ސީމާއެކަމަކާއި އެއްބަހެއް ނުވިއެވެ. ކޮންމެވެސް ދުވަހަކުން އަހަރެންނަށް ވިސްނިގެން އެނބުރި އަންނާނެ ކަމަށް ސީމާ ބުނަމުންދިޔައެވެ. އެންމެފަހުން އެމީހުންނަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
އަހަރެންގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ސީމާ ވިހާ ދުވަސްވެސް އައިސް ޖެހުނެވެ. އަހަރެންގެ ދަރިފުޅު މިދުނިޔެއަށް ފުރަތަމަ ނޭވާލިއިރުވެސް އަހަރެން އޮތީ މަސްތުގެ ދުނިޔެއެއްގައި ހޭބުއްދިފިލާގޮސްފައެވެ. އަހަރެން އެދުވަހު ގެއަށް އައުމުން ސީމާ ވިހެއިކަން އަހަންނަށް އެނގުނެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި މިހާ ބޮޑު ކަމެއް ވެދިޔައިރުވެސް އަހަރެން ހުރީ އެހެންކަމަކަށް ގޮސް ހުސްވެފައެވެ. އަހަރެންވީ ޢާފިލުކަމުގެ ތެރޭގައެވެ.
ދަރިޔަކު ލިބުން އެއީ ކިހާ ބޮޑު ނިއުމަތެއްކަން އަދި ކިހާ ބޮޑު އުފަލެއްކަން ވިސްނާލާނެހާ ހެޔެއްވެސް އަހަރެންގެ ނެތެވެ. އެންމެ ކުޑަމިނުން އެ ދަރިފުޅު ދެކިލާކަށްވެސް އަހަރެން ބޭނުމެއްނުވިއެވެ. އެންމެ ފަހަރަކު އެ މައުސޫމު މޫނަށް ބަލާލިނަމަވެސް އަހަރެންނަށް އެނބުރި ހަމަބިމަށް އާދެވުނީސްކަން ޔަގީނެވެ.
އޭގެ ފަހުން ތިންމަސް ވީއިރުވެސް އަހަރެންނަށް އެދަރިފުޅު ރީއްޗަކަށް ނުފެނެއެވެ. ގެއަށް އާދެވޭއިރަށް އަހަރެން ހުންނަނީ ގެއިން ނުކުންނަން ބޭނުންވެފައެވެ. ގެއަށް ވަންނައިރަށް ސީމާ ފަށާނީ އަހަރެންގެ އުޅުމަށް ފާޑުކިޔާށެވެ. އެވާހަކަ ނުދެއްކުމަށް އެތައްފަހަރަކު ބުނުމުންވެސް އެކަމަކަށް ނިމުމެއް ނައެވެ. އަހަރެން އުޅޭނެގޮތް އެނގެނީ އަހަންނަށް ކަމާއި އެކަމަށް ފަޑުކިޔުމުގެ ހައްގު ސީމާއަށް ނޯންނާނެކަމަށް އަހަރެން ބުނީމެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެން އެއްރޭ ގެއަށް އައިއިރު ސީމާ ހުރީ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. އަހަރެން ކޮޓަރީގައި އިންނަތާ ދިހަވަރަކަށް މިނެޓުވީއިރުވެސް ސީމާއެއް ނައެވެ. އަހަރެން ރުޅިއަންނަން ފެށިއެވެ. އަހަރެން ކޮޓަރިން ނުކުމެ ބަލާލިއިރު ކުރިންވެސް ހުރިތަނުގައި ފޯނު ކަންފަތުގައި ޖައްސައިގެން ސީމާ ހުއްޓެވެ.އަހަރެން އެދިޔަގޮތަށްގޮސް ސީމާ އަތުން ފޯނުޖަހައިގަނެފައި ހޫރާލީމެވެ. ފޯނު ގޮސް ޖެހުނީ ކޮޓަރި ދޮރުގައެވެ. އެއާއިއެކު އައިނީގެ ރުއިމުގެ އަޑު ކޮޓަރިތެރޭގައި ގުގުމައިލިއެވެ. ސީމާ އެދިމާއަށް ދާން ފެށުމުން އަހަރެން ސީމާގެ އިސްތަށިގަޑުގައި ހިފާ ލުތްކެއްޖަހާލީމެވެ. އަދި އަހަރެން ނޫޅޭ ގަޑީގައި ގަންނަ ގަޑަކީ ތީދޯއޭ ކިޔާ ސީމާ ކޮއްޕާލީމެވެ. އަހަރެން ފުރަތަމަ ފަހަރަށް އަތް އިސްކުރީ އެރެއެވެ. އަހަރެން އެކަމަކާ ހިތާމައެއްވެސް ނުކުރަމެވެ. އޭގެފަހުން އެކަންތައް އާދައަކަށް ވިއެވެ. އެކަމުން އަހަންނަށް ހިތްހަމަޖެހުން ލިބޭ ކަހަލައެވެ.
އޭގެ ފަހުންވެސް އަހަންނަށް ސީމާ ފޯނުގައި ހުންނަތަން ފެނެއެވެ. އަދި އެއްދުވަހަކު އަހަރެން ގެއަށްއައި އިރު ކޮންމެވެސް ފިރިހެނަކު ގެއިން ނުކުންނަނިކޮށް ފެނުނެވެ. އެދުވަހު އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އެރޭ އަހަރެން ސީމާއަށް ވަރަށް އަނިޔާ ކުރީމެވެ. ސީމާ އެތަށް އާދޭހެއް ކުރިއެވެ. އެއީ އަހަރެން ހީކުރި ކަހަލަ ކަމެއް ނޫންކަމާއި އެއީ ސީމާ ވިހެއުމާއި ގުޅިގެން ނަފްސާނީ ގޮތުން އަންނަމުންދިޔަ ބަދަލު ތަކާއި ބެހޭގޮތުން ލަފާދޭން އަނަނަ ނަފްސާނީ ޑޮކްޓަރެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އަހަރެން ހުރީ އެވާހަކަތައް ގަބޫލުކުރެވޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ.
އަހަރެން ބޭނުންވީ އަހަންނަށްވެސް ކަންތައް ކުރެވޭކަން އަންގާލަށެވެ. އެހެންވެ އަހަރެން ގެއަށް އެކިފަހަރު މަތިން އަންހެންކުދިން ގެންނަންފެށީމެވެ. އެހެން ނުހެދުމަށް އެދި ސީމާ އާދޭސްކުރާހާލުވެސް މެއެވެ. އަހަރެންގެ ހިތަށް އޭގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ.
އަހަރެންގެ ފަރާތުން ސީމާ އަށް ލިބެމުންދިޔަ އަނިޔާތައް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަހަރެންގެ އުޅުންވެސް ދުވަހެއްދުވަހަކަށް ދިޔައީ ގޯސްވަމުންނެވެ. ސީމާ އަކީ ފިސާރި ކެތްތެރި އައިންބެކެވެ. އަހަރެންގެ އަނިޔާތަކަށް އޭނާ ކެތްކުރިއެވެ. އައިނީގެ ހައްގުގައެވެ.
އަހަރެންގެ ހަޔާތުން ވެއަތުވަމުންދިޔަ ކޮންމެ ދުވަހަކީ އެތައްބައެއްގެ ފޮނިއުންމީދުތަކެއް ފުނޑުފުނޑު ކޮއްލި ދުވަހެކެވެ. އަހަރެން އެނބުރި އަންނާނޭ ދުވަހެއްގެ އިންތިޒާރުގައި އިން އަހަރެންގެ އަނބިމީހާގެއެވެ. ބައްޕައެއްގެ ލޯތްބަށް އެދި އާދޭސް ކުރަމުންދިޔަ އެ މައުސޫމް ދަރިފުޅުގެއެވެ. އަދި އަހަރެންގެ ދިރިއުޅުމާއިމެދު ނާއުއްމީދުވެފައިއިން މައިމީހާގެވެސްމެވެ.
ނަމަވެސް އަހަރެން ދިރިއުޅެމުން ދިޔައީ މިދުނިޔެއާއި އަދި އަންނަންއޮތް ދުނިޔެއާއި މެދު އެއްވެސް ޚިޔަލެއް ފިކުރެއް ކުރުމެއްނެތިއެވެ. އަހަރެންގެ ފަނާވަމުންދިޔަ ދިރިއުޅުމުގެ ތެރެއިން ދުވަހެކެވެ.
އަހަރެން ގެއަށް އައިއިރު ދެ ފުލުސް އޮފިސަރުން ގޭގައި ތިއްބެވެ. އެމީހުން ތިބީ އަހަރެން އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. އެމީހުން އަތުގައި އަހަރެން ގޭގައި ރައްކާކޮއްފަ ހުރި އެއްޗިހިތައް ހުއްޓެވެ. އަހަރެން ގެއަށް ވަނުމާއިއެކު އަހަރެންގެ ދެއަތް ފުރަނގަހަށް ލެވުނެވެ. އަދި ގެ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހިތަކެއް ފެނިފައި ވާތީ އަހަރެން އެމީހުންނާއި އެކު ދިޔުމަށް އެދުނެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ލޯފޮހެލަ ފޮހެލާ ހުރި ސީމާއަށެވެ. އަހަރެން ކުރިއަށްވުރެ ބޮޑަށް ސީމާއަށް ނަފްރަތު ކުރީމެވެ. އަހަރެން ގަބޫލުކުރީ އެއީ ސީމާގެ ރޭވުމެއް ކަމަށެވެ. އެހެންކަމުން އަހަރެން ސަލާމަތްވި ދުވަހަކުން އެކަމުގެ ބަދަލު ހިފާނަން ކަމަށް ބުނެ އިންޒާރުދިނީމެވެ.
އެއް އަހަރާއި ހަމަސްދުވަހުގެ މުއްދަތަކަށް އަހަރެން ޖަލަށް ލެވުނެވެ. އަހަންނަށް އެތަނުން ސަލާމަތް ވުމަކީ އެއްވެސް އުނދަގޫ ކަމަކަށް ނުވާނެކަމުގެ ޔަގީންކަން އޮތެވެ. އެހެނީ ބައްޕަ ފަރާތު އާއިލާ މީހުންނަކީ ސަރުކަރުގެ ނުފޫޒުއޮންނަ ބަޔަކަށް ވީތީއެވެ. ނަމަވެސް މަސްދުވަސް ވެގެން ދިޔަ އިރުވެސް އެއިން މީހެއްގެ ޚަބަރެއް ނުވިތާނގައި އަހަރެންގެ ހާލު ބަލާލަންވެސް އެއިން މީހަކު ނައެވެ. އަހަރެން އެ އެންމެންނަށް ނަފްރަތު ކުރީމެވެ.
ސީމާ މަހަކު ދެތިންފަހަރު އަހަންނާ ބައްދަލުކުރަން އައިސްހަދައެވެ. އަހަރެން އިސްލާހުވެގެން އަންނާނެ ދުވަހަކަށް އިންތިޒާރުކުރާ ވާހަކަ ތަކުރާރުކޮށް ބުނަމުންދިޔައެވެ. ނަމަވެސް އަހަރެންގެ ހިތުގައިވި ނަފްރަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ޖަލުގައި ހުންނަން ޖެހުނަސް އަހަރެން ބޭނުންވާ އެއްޗިހި ރައްޓެހިން ދިޔައީ މެދުނުކެޑި ފޯރުކޮއްދެމުންނެވެ. އަހަންނަކަށް އެކަމަކަށް ދައްޗެއް ނުވެއެވެ. އަހަރެން ގަބޫލުކުރި ގޮތުގައި ގާތްތިމާގެ މީހުންނަށްވުރެ އެމީހުންވެސް މާރަނގަޅެވެ.
އަހަންނަށް އިނގޭހާވެސް ކަމަކީ މިކަމުގައި އެމީހުންގެ އަތެއް ނުވާނޭކަމެވެ. އަހަރެން އެހާވެސް އެމީހުންނަށް އިތުބާރުކުރަމެވެ. އެހެންކަމުން އެމީހުން ކައިރީ އަހަރެން އެދުނީ މިކަން ކުރިމީހަކު ހޯދައިދިނުމަށެވެ. އެދުވަހުއްސުރެ އެމީހުން އެމަސައްކަތްފެށިއެވެ. އޭގެ މަހެއްހާ ދުވަސްފަހުން އެމީހުންގެ ފަރާތުން އަހަންނަށް އިނގުނީ އެދުވަހު ފުލުހުން ގެނައީ ސީމާ ކަމެވެ. އަހަރެންހުރީ ޖަލުން ސަލާމަތްވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. ސީމާއަށް އެކަމުގެ އަދަބުދޭން ހިތުއަޅައިގެންނެވެ.
** **
އަހަންނަށް އައިސްފައިވާ ހުކުމުގެ މުއްދަތު ނިމި ޖަލުން ސަލަމަތްވާ ދުވަސް އައިސް ޖެހުނެވެ. އަހަރެމެން ދަތުރުކުރަމުންދިޔަ ލޯންޗު މާލޭ ބަދަރާއި ގާތްކުރިއިރު އަހަރެންގެ ރައްޓެހިން އިންތިޒާރުގައި ތިއްބެވެ. އެމީހުންގެ ފަރާތުން އަހަންނަށް ލިބުނީ ވަރަށް ހޫނު މަރުހަބާއެކެވެ.
އަހަރެމެން ފުރަތަމަވެސް ދިޔައީ ހެންވޭރުގައި ހަދަންފަށާފައި ހުރި އިމާރާތަށެވެ. އެއީ އަހަރެމެން އަބަދުވެސް ބައްދަލުކުރާ ތަނެވެ.
މުޅި ދުވަސް މަޖަލުގައި ހޭދަކުރުމަށްފަހު އައްޗޫ އާއިއެކު އަހަރެން ގެއަށް ދާން ނިކުތީ އެކެއްވެސް ޖެހިފަހުންނެވެ..
…….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kooji

Level 210 Stories100 Comments

Wish to do a lot of things in life, and writing is a part of it❤

Other Articles

Previous

މަލާކް… 9ވަނަބައި

Next

މަރުވެދާނޭ މާދަމާ ގައިމޭ (1)

Next
June 14, 2017

މަރުވެދާނޭ މާދަމާ ގައިމޭ (1)

Previews
June 14, 2017

މަލާކް… 9ވަނަބައި

34 Comments!

  1. Aishath says:
    June 14, 2017 at 10:06 am

    Yeyy me first

    1. Kooji says:
      June 14, 2017 at 2:12 pm

      Yeah, Thanks fo the support?

  2. Aishath says:
    June 14, 2017 at 10:12 am

    Vvv salhi

    1. Kooji says:
      June 14, 2017 at 2:13 pm

      Thanks..?

  3. Greeny says:
    June 14, 2017 at 10:19 am

    Me 2nd dhw varah salhi mi part ves when next part

    1. Kooji says:
      June 14, 2017 at 2:15 pm

      Thanks ? In Sha Allah on Friday!

  4. Addu manje says:
    June 14, 2017 at 10:59 am

    Varah reethi.. waiting for next part.. 🙂

    1. Kooji says:
      June 14, 2017 at 2:16 pm

      Thanks? won’t keep you long ?

  5. Thinking out loud says:
    June 14, 2017 at 12:28 pm

    Alheyy dhigu kolla dheeba

    1. Kooji says:
      June 16, 2017 at 5:16 pm

      Next part thankolheh dhigu kureveytho balaanan In sha Allah?

  6. Maany says:
    June 14, 2017 at 12:54 pm

    Vvv reethi ??☺

    1. Kooji says:
      June 14, 2017 at 2:16 pm

      Vvv thanks?

  7. Khajja says:
    June 14, 2017 at 1:08 pm

    Masha allah rythi mi baives n thanks❤❤??

    1. Kooji says:
      June 14, 2017 at 2:18 pm

      ❤

  8. Adha? says:
    June 14, 2017 at 1:15 pm

    Varah reethi mi part ves..
    Waiting….?

    1. Kooji says:
      June 14, 2017 at 2:18 pm

      Thanks?

  9. Aisha says:
    June 14, 2017 at 1:28 pm

    Varah reethi mi story ah vex
    varah inthixaaru Eba kuran ?

    1. Kooji says:
      June 14, 2017 at 2:19 pm

      Thanks. Keep waiting?

  10. Luv says:
    June 14, 2017 at 4:17 pm

    Sad..
    Raajjey ge gina firihenun ge aadha..
    Anhen meeha badu boduve soora ah badhal aumun firihenun foohi vey..
    E anhen meeha ufulaa bura ihusaas vs nuvey..
    ?

    1. Kooji says:
      June 14, 2017 at 4:38 pm

      True, but not all dho?

  11. Eeny says:
    June 14, 2017 at 5:14 pm

    Varah reethi

    1. Kooji says:
      June 14, 2017 at 7:29 pm

      Thanks?

  12. nonns says:
    June 14, 2017 at 7:26 pm

    Wow. Varah interesting story eh. When next eposide

    1. Kooji says:
      June 14, 2017 at 7:30 pm

      Thanks? Friday In Sha Allah❤

  13. Titania says:
    June 14, 2017 at 9:50 pm

    Varah reethi?

    1. Kooji says:
      June 15, 2017 at 12:02 am

      ?

  14. Some one says:
    June 15, 2017 at 3:27 pm

    Obinex 2 the max

    1. Kooji says:
      June 16, 2017 at 5:11 pm

      Thanks?

  15. Mariyam says:
    June 15, 2017 at 7:27 pm

    Maasha Allah! Varah reethi ❤

    1. Kooji says:
      June 15, 2017 at 7:35 pm

      ❤

  16. Khadheeja says:
    June 16, 2017 at 9:58 am

    Mee Vv hageegee story eh ??

    1. Kooji says:
      June 16, 2017 at 5:12 pm

      Thanks?

  17. yaanaa says:
    June 16, 2017 at 8:28 pm

    Wow wow wow kooojiiiiiiii??????luvv thisss story soo much ekum up avaha kohdheche

    1. Kooji says:
      June 16, 2017 at 9:53 pm

      Thanks..? In sha Allah , tomorrow you’ll get to read the next part!?

Comments are closed.

Next Episodeނޭނގުމެއްގެތެރޭގައި..(3)←


All Right Reserved!