Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ……11

Noor💙 Level 710 Stories100 Comments100 Login500 Comments
July 3, 2017 5 Mins Read
131 Comments

ސީމާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ހަނީފު އާއިއެވެ.އޭރު ހަނީފް އިނީ މާލެ އަންނަން ފެރީއަށް އަރައެވެ.ފްލައިޓް ޑިލޭ ވެގެން ނުފުރިގެން އުޅެނިކޮށް ޔޫލް ގުޅާފައި ފަލަކު ފެނުން ވާހަކައާއި،އެކޮޅުގައި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ބުނުމުން ދަތުރު ކެންސަލް ކުރީއެވެ.

****************

“ސަރ…. ހަލާކުވެފައި ހުރި ތަންތަނުގަ ބޭސްއަޅާނެ އެއްޗިހި ލިބޭނެ ގޮތް ހައްދަވާދީ…އަޅުގަނޑަކީވެސް ޑޮކްޓަރެއް….ހޮސްޕިޓަލަށް ނުދިޔަޔަސް އަޅުގަނޑު މެންނަށް މެނޭޖް ކުރެވޭނެ” ޖިޕު ތެރޭގައިވި ހަމަ ހިމޭންކަން ފޫއަޅުވާލަމުން ފަލަކު ވާހަކަ ދެއްކިއެވެ.ފަލަކުގެ ހަށިގަނޑު ނިވައި ކުރަން ހަދައިގެން ޔޫލް އިނީ ހުސްގަޔާއެވެ.އެހާލުގައި ޔޫލް ގޮވައިގެން ހޮސްޕިޓަލަށް ދާން ފަލަކުގެ ހިތް ނުރުހުނީއެވެ.

ބޭރަށް ބަލަހައްޓައިގެން އިން ޔޫލް އެނބުރި ފަލަކުއަށް ބަލައިލީ ޔޫލްއަށްޓަކައި ފަލަކުގެ ދުލުން ބަހެއް ބޭރުކުރީތީ އެ ހިތަށް ފިނިކަން ލިބިގެންދިޔަ ވަރުންނެވެ.

**************

“އަފީފާ…..އަފީފާަ….”ޒުހޭރުގެ އަޑަށް ކޮޓަރީގައި އިސްތިރި ކުރަން ހުރި އަފީފާ އިސްތިރި ބަހައްޓާފައި ނިކުމެ ބޭރު ބަލައިލިއެވެ.އެވަގުތު ޒުހޭރުގެ މޫނުމަތީގައި ހުރި އުފާވެރިކަން ފެނިފައި ޔަޤީނޭ އެ ފަލަކު ފެނުނިއްޔޭ އަފީފާ ހިތާއި ހިތުން ކިޔައިލިއެވެ.

ު” އެ މަންޖެ ފެނިއްޖެ…ފުލުހުން ކިރިޔާ ލަސްވީ ނަމަވެސް ނޭނގެ އެ ދެ ކުދިންނަށް އެ ނުލަފާ މީހާ ހަދާލާނެ ގޮތެއްވެސް….”އުފަލުން ގޮސް ފެންކަޅި ވެފައިވާ ޙާލު ޒުހޭރު ވާހަކަ ދެއްކިއެވެ.އަފީފާ ވީ ފޫއްސަކުން ނަސީބެއް ނޫންހޭ ކިޔައި ކޮޓަރިއަށް ވަދެ އަނެއްކާވެސް އިސްތިރި ކުރަން ފެށިއެވެ.

************

ޔޫލް ރޫމްގެ ދޮރު ތަޅުލުމަށްފަހު ފަލަކުގެ ފަހަތުން އެތެރެއަށް ވަދެގެން އައިސް އެނދުގައި އޮށޯވެ ދެލޯ މަރައިލިއެވެ.އެވަގުތު ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ޔޫލްގެ ގާތުގައި ފަލަކު އިށީން އިޙްސާސް ކުރެވިގެން ޔޫލް ދެލޯ ހުޅުވައި ފަލަކުއަށް ބަލައިލިއެވެ.ޔޫލްގެ ނިތްކުރީގައި ހުރިތަން ރަނގަޅަށް ސާފު ކޮށްލުމަށްފަހު ފަލަކު ބޭސް އަޅައިލަ ދީފައި ތެދުވަން އުޅެނިކޮށް ޔޫލްގެ ބަނޑުގައި މެށިފައި ހުރި ތަން ފެނުނެވެ.ފަލަކުއަށް އެވަގުތު ޔޫލްއަށް އަވަސް ނަޒަރެއް ރައްދު ކޮށްލެވުނެވެ.އަދި އެތަނުގައި ބޭސް ްެއަޅަން ސާފު ކޮށްލުމަށް ކަފަކޮޅެއްގައި ޑިޓޯލް ކޮޅެއް ލާފައި ޖައްސާލިއެވެ.އެވަގުތު ނަގައިގަތް ދިލައިން ޔޫލްގެ އަނގައިން މަޑު އާހެއް ނިކުމެގެން ދިޔައެވެ.

ބޭސް އަޅައިލަ ދިނުމަށްފަހު ފަސްޓްއެއިޑް ބޮކްސް ހިފައިގެން ފަލަކު ތެދުވެ ފުރަގަސްދިން ތަނާ ޔޫލް އެނދުން ތެދުވެގެން އައިސް ފަލަކުގެ ފުރަގަހުން ބައްދާލާ، ކަނާތުއަތް ކުރިމަތިން ގެންގޮސް ފަލަކުގެ ކޮނޑުގައި އަޅުވާލުމަށްފަހު ބުނެލި އެއްޗަކުން ފަލަކުގެ ހިތް ތެޅިގަތީ ކުއްލިއަކަށެވެ.

“ހަލާކުވެފައި ހުރި ހުރިހާ ތަނެއްގައި ބޭސް އަޅައިދިންއިރު، މިހިތަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާއެއް ނެތްތަ؟؟؟؟”ފަލަކު ހުރީ ދުލުން ބަހެއް ބޭރު ނުވިތާ ހުރި ފިޔަވަޅުމަތީގައި ގަނޑުވެފައެވެ.

“އަހަރެންގެ ފަރާތުން ފަލަކުއަށް ކޮންކަމެއް އުނިވީ….ލޯބި ނުވާނަމަ އަހަރެންގެ ހިތާއި އެފަދަ ގޮތަކަށް ކުޅެލިއިރު ތި ހިތަށް ހަމަ އެއްވެސް އެއްޗެއް ނޭރިތަ؟އަހަރެން ފަލަކު ދެކެ ކިހާ ލޯތްބެއް ވީ؟؟؟؟ހޫމްމްމް….”

ފަލަކުގެ އިސްތަށިގަނޑުގެ ތެރެއަށް މޫނު ލައިގެންހުރެ ޔޫލް ވާހަކަ ދައްކަމުން ދިޔައީ އަސަރާއި އެކުގައެވެ.އޭރު ފަލަކުގެ ކަނދުރާއަށް އެޅެމުން ދިޔަ ޔޫލްގެ ހޫނު ނޭވާތަކުން އަސަރު ނުކުރާ ހަމަ އެންމެ ނާރެއްވެސް ފަލަކުގެ ހަށިގަނޑުގައި ނުވެއެވެ.

ފަލަކު ޔޫލްގެ އަތުތެރެއިން ނިކުތުމަށް މަސައްކަތް ކުރަން ފެށުމުން ޔޫލް އޭނާގެ އަތުތެރޭގައި ފަލަކު އިތުރަށް ހައްޔަރު ކޮށްލާ ފަލަކުގެ ކޮނޑު މައްޗަށް އެޅިފައިވާ އިސްތަށިކޮޅު ނަގައި އެއްފަރާތް ކޮށްލުމަށްފަހު ފަލަކުގެ ދޮން ކަނދުރާގައި ބޮސްދޭން ފެށިއެވެ.އަދި މަޑުމަޑުން ޔޫލްއަށް ފަލަކުގެ މޫނު ފެންނާނެހެން ފަލަކުގެ ދެކޮނޑުގައި ހިފައި އަނބުރާލިއެވެ.ޔޫލް ފަލަކުއަށް ބަލަމުން ދިޔަ އިޝްޤީ ބެލުންތަކުން ސަލާމަތް ވުމަށްޓަކައި ފަލަކުއަށް ލަދުން ގޮސް މޫނުގައި ދެއަތް އަޅައި ލެވުނެވެ.އެވަގުތު ޔޫލްގެ މޫނު މައްޗަށް މަޑު ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.ފަލަކު ޔޫލްއާއި އިތުރަށް ދުރަށް ދާން ނުއުޅުނީތީ ޔޫލްގެ ހިތް އުފާކުރަމުން ދިޔައެވެ.

**************

“އަހަރެން ވަރަށް ހާސްވޭ އެބަ…..މިހާރު ޔޫލްއަށްވެސް ހުންނާނީ ފަލަކުގެ ކުށެއް ނެތްކަން އެނގިފަ…ކޮންމެ ގޮތެއްވިޔަސް އެ ފޮޓޯތަކުގެ ފެންނަން އެ ހުރީ އަހަރެން….ހިތަށް އަރާ ޔޫލް މިކޮޅަށް އަންނަން ވާއިރަށް އެހެން ތަނަކަށް ޖޮބް ބަދަލު ކުރަން ވިއްޔޭ”ޒީލްގެ ވާހަކަ އަޑުއަހަން ހޮސްޕިޓަލް ބޭރުގައި މަޑު ކޮށްލައިގެން ހުރި ޝައިބާގެ މޫނުމަތިންވެސް ދާތިކިތައް ފައުޅު ވަމުން ދިޔައެވެ.ފަލަކުމެންގެ ކައިވެންޏަށްފަހު ޝައިބާއަށްވެސް ބިރުންގޮސް ހަމަ ނިދި ނުލިބެއެވެ.އެމީހުން ކުރި ކަންތައް މިހާރުވެސް ބޭޒާރުވެފައިވާ ޙާލު އެކަމާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނެތީއެވެ.

“އަހަންނަށްވެސް ހީވަނީ ޒީލް އެހެން ތަނަކަށް ޖޮބް ބަދަލު ކުރިއްޔާހެން ރަނގަޅުވާނީ…އެއީ ކޮންމެ ގޮތެއް ވިޔަސް ޔޫލް އެންމެ ފުރަތަމަވެސް އަންނާނީ ޒީލްއާއި ދިމާއަށް…..އެހެންނޫނަސް މިޒަމާނަކީ މީ އެމީހަކު އެ މީހެއްގެ ސަލާމަތް ހޯދާ ޒަމާން…”ޝައިބާގެ ވާހަކަތައް އަޑުއަހަން ހުރި ޒީލް ހުރީ ހަމަ ހައިރާން އަންތަރީސް ވެފައެވެ.ހުރިހާ ޕްލޭނެއް ކުރީ ޝައިބާއެވެ.އެކަމަކު އެންމެ ފަހުވަގުތު ޝައިބާ ކަމުން ރެކިގަނެފައި ޒީލް ހުރިހާ ކޮޅަކުން ބައްދާލީއެވެ.

ޒީލްއަށް އަނގައިން ބުނާނެ ފުރުސަތެއްވެސް ނުދީ ޓެކްސީއެއް މަޑު ކުރުވައިގެން ޝައިބާ އެއަށް އަރައިގެން ހިނގައްޖެއެވެ.ޖީބުގައި އޮތް ޓިޝޫއެއް ނަގައި ޒީލްގެ ނިތްކުރިން ފައިބަމުން ދިޔަ ދާ ތިކިތައް ފޮހެލައި ޒީލްވެސް ސައިކަލަށް އަރައި ދުއްވާލިއެވެ.ޝައިބާގެ މަކަރު ވެރި ކަމުގައި ޖެހި އޭނާގެ ދިރިއުޅުން ޒަހަރަށް ވެއްޖެއެވެ.ޔޫލް އެވަނީ ފިރިހެނަކަށްވެ ހުރެ އެފަދަ ލަދުވެތި ޢަމަލެއް ހިންގުނީތީ އަމިއްލަ ނަފުސަށްވެސް ލަދުވެތި ވެފައެވެ.

*************

ޔޫލް ފަލަކު ނަގައިގަނެގެން ގެންގޮސް އެނދުގައި މަޑުމަޑުން ބޭއްވިއެވެ.އަދި ފަލަކުގެ ގާތުގައި ބޮލުގައި އެއް އަތުން ވިއްދައިގެން އެއް އަރިއަކަށް ވާގޮތަށް އޮށޯވެ ހަމަ ޖެހިލުމަށްފަހު ފަލަކުގެ ލޯތްބަށް ކެތް މަދުވެފައިވާ ޙާލު ފަލަކުގެ ރީތި މޫނަށް ބަލައިލިއެވެ.އެ ރީތި ދޮން ދޮން މޫނުގައިވާ ނާޒުކު ކަމަކުން ޔޫލްގެ ހިތް ވިރިގެން ދާން އުޅޭ ކަހަލައެވެ.ފަލަކު ލަދުން ދެލޯ މަރާލުމުން ޔޫލްގެ ނަޒަރު ގޮސް ހުއްޓުނީ ތުރުތުރު އަޅަމުން ދިޔަ ފިޔާތޮށި ފިނިފެން މަލެއްގެ ދެފިޔަ ފަދަ ތުންފަތަށެވެ.ޔޫލް އެރީތި ތުނި ތުނި ތުންފަތުގައި ބޮސް ދިނީ ފަލަކުއަކީ މިރޭގެ މިވަގުތުން ފެށިގެން ހަމަ އެކަނި އޭނާގެ ޙައްޤަކަށް ހެދުމަށް ހިތުގައި އަޒުމް ކަނޑައަޅައި ގެންނެވެ.ލޯބީގެ ކަނޑުގައި ދެހިތް ބެހިގެންގޮސް ދެޖިސްމު އެކުވެގެން ދިޔައީ ފިރިއަކަށް އަނބިމީހާގެ ފަރާތުން ލިބޭނެ ހުރިހާ އުފަލަކާއި، ފޮނި ލައްޒަތެއް ލިބިގެންނެވެ.ފަލަކުގެ ކުށެއް ނެތްކަން ޔޫލްގެ ކުރިމަތީގައި ހާމަވާން ފަލަކުގެ އެ މަޢުސޫމް ހަރަކާތްތައް އެކަނިވެސް ހެއްކަކަށް ފުދެއެވެ.ލޯބިވާ ފިރިމީހާގެ އަތުގެ ލޯބިވެތި ބީހުން ތަކުން ލިބެމުން ދިޔަ އުފާވެރި ލައްޒަތުން ފަލަކުގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.ޔޫލް އަތުން އެކަރުނަތައް ފޮހެދެމުން ފަލަކުގެ މުޅި ހަށިގަނޑުގައި ފިރުމަމުން ދިޔައީ މިއޮއް ހުރިހާ ދުވަހު އޭނާގެ ހިތުގައިވީ ގިލަންވެރިކަން ފިލާގޮސް އޭނާ ފަލަކުއަށް ކުރި އިތުބާރު އަނބުރާ ލިބި ޢިއްފަތްތެރި އަންބަކު ލިބުމުން އޭނާގެ އުފާވެރިކަން އިންތިހާއަށް ގޮސްފައި ވާތީއެވެ.

އޭނާގެ ހިތުގެ މަލިކާއާއި އެފަދަ ގޮތަކަށް ކުޅެލީތީ ޒީލްގެ ކިބައިން ޔޫލް އެކަމުގެ ބަދަލު ހިފާނެއެވެ.ފަލަކުއަށްވެސް ނޭނގި ފަލަކުގެ ހަށިގަނޑު ކުޅޭ އެއްޗަކަށް ހެދީތީ ޔޫލް ދުވަހަކުވެސް ޒީލްއަށް މަޢާފެއް ނުކުރާނެއެވެ.ގުޅުމެއް ނުހިންގުނަސް ފަލަކުގެ ހަށިގަނޑުން ފެނިގެން ނުވާނެ އެތައް ތަނެއް ޒީލް އެވަނީ ފަލަކުއަށްވެސް ނޭނގި ބަލާފައެވެ.ހިތަށް އުނދަގޫ ކުރަމުން ދިޔަ ނުބައި ޚިޔާލު ތަކަކުން ޔޫލް ފަލަކު ހަށިގަނޑުގައި ބައްދާލާފައި އޮތް އަތް އިތުރަށް ބާރު ކޮށްލުމަށްފަހު ފަލަކުގެ މޫނުގައި ބޮސްދޭން ފެށިއެވެ.އަދި ފަލަކުއާްއި ދޭތެރޭ އަނިޔާވެރިވީ އެއްވެސް މީހަކަށް ފިލާ ނުހުރެވޭނެ ކަމަށް ވަޢުދު ވިއެވެ.

*************

،މިހާރު ޝައިބާގެ ފޯނަށް ޒީލް އެތަށް ފަހަރަކު ގުޅައިފިއެވެ.ނަމަވެސް ޝައިބާ ހަމަ ކޮންމެ ފަހަރަކުވެސް ޒީލްގެ ކޯލް ބިޒީ ކޮށްލަނީއެވެ.ދެން އިތުރަށް ދައްކާނެ، އަދި ދެއްކޭނެވެސް ވާހަކައެއް ނެތީމައެވެ.މިހާރު އޭނާ ބޭނުންވަނީ ޒީލްއާއި މާ ބޮޑަށް ވާހަކަވެސް ނުދައްކާށެވެ.އެއީ އޭނާގެ އަތެއް އެކަމުގައި ވާކަން އެނގިއްޖިއްޔާ ޔޫލްގެ ކުރިމަތީގައި އޭނާ ބޭޒާރު ވާނެތީއެވެ.ދުނިޔޭގެ ހުރިހާ އެންމެންގެ ނަފްރަތާއި ކުރިމަތި ލިޔަސް ޔޫލް އޭނާއަށް ނަފްރަތު ކުރާ ދުވަހެއް ދެކޭކަށް ޝައިބާ ބޭނުމެއް ނުވެއެވެ.

***************

މަޑުމަޑުން ކަންނެތް ގޮތަކަށް ދެލޯ ހުޅުވައިލި ފަލަކު ލަދުންގޮސް މޭމަތީ ފޮރުވޭނެހެން އަޅާފައިވާ ބޯ ބްލޭންކެޓްގެ ތެރެއަށް ވަދެ ފިލިއެވެ.ފަލަކުއަށް ބަލަހައްޓައިގެން ކަޅިޖަހާލަންވެސް ނޭނގިފައި އޮތް ޔޫލްވެސް ބްލޭންކެޓްގެ ތެރެއަށްވަދެ ފަލަކުގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު މިހިތުގެ ހަމައެކަނި މިލްކު ވެރިއަކީ ތިއޭ ބުނެ ފަލަކުގެ ތުންފަތާއި ލޯބި ކޮށްލިއެވެ.ޔޫލްގެ އޯގާތެރިކަމާއި ލޯބިން ފުރިގެންވި ބީހުން ތަކުން ފަލަކުއަށް ޔޫލްގެ ހިތާއިއެކު މުޅި ދުނިޔެވެސް މިލްކު ވެއްޖެއެވެ.

ދެމަފިރިން ތެދުވެ ފެން ވަރައިލައިގެން ނިކުމެ އެކުގައި ފަތިސް ނަމާދު ކޮށްލިއެވެ.އަދި ދެ ދުނިޔޭގައިވެސްް ދެމީހުން އެކުގައި ލެއްވުން އެދި މާތް ﷲގެެޙަޟްރަތުގައި ދެންނެވިއެވެ.ދެމީހުންވެސް ބޭނުންވީ ހެނދުނުގެ ނާޝްތާއަށް ބޭރަށް ތަނަކަށް ދިޔުމަށެވެ.އެހެންވެ ޔޫލްގެ ނިތްކުރީގައި ފަލަކު ވަރަށް ލޯބިން ބޭސްއަޅައި ދިނުމުން ދެމީހުން ޓެކްސީއެއް ނަގައިގެން ސީފުޑް ރެސްޓޯރެންޓަކަށް ދިޔައެވެ.

**********

މިސްކިތުން ފައިބައިގެން ގެއަށް ދާން ދިޔަ ޒުހޭރުގެ ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅަން ފެށިއެވެ.ޒުހޭރު ފޯނު ނަގައި ހަލޯ އޭ ބުނެލުމުން އެކޮޅުން ވާހަކަ ދެެއްކި މީހާގެ އަޑު ޖެހުމުން ޒުހޭރުގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ.

“ޙަލޯ……..ހަލޯ……….ހަލޯ…”ޒުހޭރުގެ ޚަބަރެއް ނުވުމުން އެކޮޅުން ދެތިން ފަހަރަކު ރިޕީޓް ކޮށްލިއެވެ.އެވަގުތު ޒުހޭރުވެސް ވާހަކަ ދައްކަން ފެށިއެވެ.

“ރުޝްދާއްތަ ހާދަ ދުވަހެއް ކޮށްލާފަ ތިގުޅާލީ…އަނެއްކާ ހުރިހާ ކަމެއް ރަނގަޅުތަ؟”.ޒުހޭރުގެ އަޑުގައި ހާސްކަން އެކުލެވިގެން ވިއެވެ.އެވަގުތު އެކޮޅުގައި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ރުޝްދާ ބުންޏެވެ.އަދި ފަލަކުއާއި ޝައިބާގެ ޙާލު އޮޅުން ފިލުވާލިއެވެ.މާދަމާ މާލެ އައިސް ކުދިން ދެކިލާށާއި ޒުހޭރު ދެމަފިރިންނާއި ބައްދަލް ކޮށްލަން ބޭނުންކަމަށް ބުނުމުން ޒުހޭރުވެސް ހަމަ ހެޔޮ ހިތުން އެކަމަށް މަރުޙަބާ ކިއެވެ.އެއީ ފަލަކުގެ ބޮޑުދައިތައަށް ވީތީއެވެ. ފަލަކުގެ ކައިވެނި ކުރެވުނު ޚަބަރާއި ފަލަކު މިހާރު މާލޭގައި ނެތް ވާހަކަވެސް ޒުހޭރު ބުންޏެވެ.ނަމަވެސް ފަލަކު ނެތަސް މާދަމާ ގެއަށް އަންނާނެ ވާހަކަ ބުނެފައި ރުޝްދާ ފޯނު ބޭއްވުމުން ޒުހޭރު ހުރީ ހިސާބަކަށް ހައިރާންވެސް ވެފައެވެ.

ފަލަކުގެ ކައިވެނީގެ އުފަލުގައި ބޮޑުދައިތަ ބައިވެރި ނުކުރީމަވެސް ޝަކުވާގެ އެންމެ ބަހެއްވެސް ބޭރު ކޮށް ނުލިތާ ފަލަކުއާއި މިދަތުރުގައި ބައްދަލް ނުވާނެތީވެސް ދެރަވުމުގެ ކަންފުޅެއްވެސް ދައްކައި ނުލީތީއެވެ.

**********

މޯލް ތެރޭގައި ޔޫލް ފަލަކުގެ އަތުން ހަމަ އެންމެ ފަހަރަކުވެސް ދޫކޮށް ނުލައެވެ.ދެން ފަލަކު ގެއްލިއްޖިއްޔާ އޭނާގެ ހިތްވެސް ހުއްޓި ދާނެއެވެ.ދެމަފިރިން ޝޮޕިންގ ކުރުމުގައި މުޅި ދުވަސް ހޭދަ ކުރަމުން ދަނީ އުފަލާއި މަޖަލުގައެވެ.ފަލަކުގެ ޗޮއިސްގެ ރީތި ހެދުންތަކާއި ކޮސްމެޓިކްސް ސާމާނާއި، ރީތި ފައިވާން ތަކުން ފުރާލެވިފައިވާ ބޭގް ތަކުން މިހާރު ދެމަފިރިންގެ އަތްގުޅިވެސް ނުކައެވެ.އެކަމަކު އަދިވެސް ޔޫލްގެ ހިތެއް ނުފުރެއެވެ.ފަލަކު އަނބުރާ ޔޫލްގެ ހިތުގެ ތަޙުތަށް ވެރިވުމުން ޔޫލްއަށް އުފަލުންގޮސް އުޅެފައި ނޫޅޭނެ ގޮތެއްވެސް ނޭނގެއެވެ.ފަލަކުގެ މޫނުަމަތިންވެސް ހިނިތުންވުން ފިލައިގެންުު ނުދެއެވެ.

*************

“އަޢްސަލާމް ޢަލައިކުމް”
“ވަޢަލައިކުން ސަލާމް”ސިޓިން ރޫމުގައި އިން އަފީފާ ސަލާމް ބަލައިގަތުމަށްފަހު ހައިރާން ކަމާއިއެކު ރުޝްދާއަށް ބަލަހައްޓައިގެން ހުރީއެވެ.

“އަހަރެން މިހާ ދުވަސް ކޮށްލާފަ މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން”ރުޝްދާގެ އަޑަށް އަފީފާއަށް ސިހުންވެފައި ސޯފާގައި އިށީނުމަށް ބުންޏެވެ.

“ކޮބާ ޝައިބާ….އެ މަންޖެ ގޭގަ ނެތީތަ؟…އަހަރެން މިއުޅެނީ މާދަމާ ހައްޖައް ދާން ފުރަން…އެފަދަ މާތް ބިމަކަށް ދިޔުމުގެ ކުރިން އަފީފާގެ ކިބައިން މަޢާފަށް އެދެން މިއައީ…”އަފީފާއިނީ ރުޝްދާ އެ ދައްކާ ވާހަކައެއް ހަމަ އެއް ގޮތަކަށްވެސް ނޭނގިފައެވެ.އޭނާ އެންމެ ބޮޑަށް ހައިރާންވީ ފަލަކުގެ ބޮޑުދައިތަ ފަލަކު ވާހަކަ ހަމަ އެންމެ ފަހަރަކުވެސް އަހައި ނުލީމައެވެ.

“އާނ..އަފީފާ…އަހަންނަކީ އަފީފާގެ ކުއްވެރިއެއް….ހަނދާންވޭތަ އަހަރެންގެ ކޮއްކޮ ޒާރާއާއި އަފީފާ އެއްދުވަހެއްގައި ވިހޭ ދުވަސް…އަހަރެން އޭރު މަސައްކަތްކުރަމުން ދިޔައީ އައި ޖީ އެމް އެޗް ގަ ސީނިއަރ ނަރުހެއްގެ ގޮތުގަ….އަހަރެންގެ ކޮއްކޮ ވިހެއުމުގެ ތެރެއިން މިދުނިޔެ ދޫކޮށްފަ ދިޔައީ….ކޮއްކޮގެ އެ ކުޑަކުޑަ ފުރާނައަށް މަންމަައަކާއި ބައްޕަގެ ލޯބި ލިބޭނެ ގޮތް ހެދުމަށް އަހަރެން ޑޮކްޓަރާއި ވާހަކަ ދައްކައިގެން ދެކުދިން ބަދަލު ކުރީ……އަހަންނަށް އިނގޭ ޒުހޭރު އެދަރިފުޅުދެކެ އިނތިހާއަށް ލޯބި ވާނެކަން….އެކަމަކު ފިރިމީހާގެ ދަރިއެއް އެހެން އަންހެނެއްގެ ބަނޑުން އުފަންވީމަ އެކުޑަ ފުރާނައަށް އަފީފާ ކުރާނެ ނަފްރަތު ހިތަށް އަރާފަ އަހަންނަށް އެފަދަ ކަމެއް ކުރެވުނީ……”އިވިގެން އެދިޔަ ވާހަކަ ތަކުން އަފީފާއަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.

“އެހެންވިއްޔާ ފަލަކު އެއީ………”.އަފީފާގެ ދުލުގައި އޮތް ބަސް ފުރިހަމަވެސް ނުވަނީސް ރުޝްދާ އާނ އެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލުމަށްފަހު ކުރެވުނު ކުށަށް އެއްބަސްވާ ޙާލު އިސް ޖަހާލިއެވެ.

“ޒުހޭރުއަށްވެސް ތިކަން އިނގޭތަ؟؟؟؟”އަފީފާ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ވާހަކަ ދެއްކިއެވެ.ރުޝްދާ ނޫނެކޭ ބުނާފަދަ ގޮތަކަށް އިސްދަށަށް ޖަހައިގެން އެ އިންގޮތަށް އިނދެ ބޯ ދެފަރާތަކަށް ހަލުވައިލިއެވެ.އަފީފާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.އޭނާގެ އަމިއްލަ ދަރިފުޅާއި ދޭތެރޭ މިއޮއް ހުރިހާ ދުވަހު ކަންތައް ކުރެވުން ގޮތް ހިތަށް އަރައި އޭނާގެ މައިލަގޮނޑި ހީވަނީ ފަޅައިގެން ދާން އުޅޭ ހެންނެވެ..ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟؟؟؟

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ޞަފަރު 10 (ފަހުބައި)

Next

ވާށެ އޯގާ ހިތާ 11

Next
July 3, 2017

ވާށެ އޯގާ ހިތާ 11

Previews
July 3, 2017

ޞަފަރު 10 (ފަހުބައި)

131 Comments!

  1. Noor says:
    July 3, 2017 at 7:50 pm

    Dear Readers..here is the 11th part of “milku kollee hithey..”& sorry to tell u that bcs im goin to b v.busy coming 2 days…u may have to wait little bit longer for 12th part…❤

    1. Maa says:
      July 3, 2017 at 8:07 pm

      Ehenveeema mirey one more part upkohla dheeba plzzz noor

    2. AKI says:
      July 3, 2017 at 8:35 pm

      aee thedhe adhi one part up kohla dheebaa pls pls.??.. mihaaru kiyaa hithun mihiree kehmadhuvefa ….. ?? v reethi mi part ves

    3. Nisha says:
      July 3, 2017 at 9:19 pm

      Plz mirey up koh dhehchey

    4. Noor says:
      July 3, 2017 at 11:18 pm

      Alhe varah bodah sorry AKI & Maa..aslu mi part mi genesdhinyves varah try kohgen…but next part thankolheh dhigu koh genesdheveytho balaanan..???

    5. AKI says:
      July 3, 2017 at 11:47 pm

      aslu kiyaahithun nuhurevigen bunevenee .. ekamu ves ingey noor ves ulheynee varah busy kohkan … varah ufaavey thihaa busy kon ulhemun ves dhuvaalaku two part up kohla dhey thee ves ???

    6. Noor says:
      July 3, 2017 at 11:58 pm

      ThanQ AKI…& egothah request kuraathyves varah ufaavey…n mi story ah thidhey hiyvaraa supportah varah bodah THANKS

    7. Maa says:
      July 4, 2017 at 7:07 pm

      Aslu understand vvv busy vaaane ekamves story kiayaa hiy vefa hurileh bodu kamun request kurevuneee????????

    8. Noor says:
      July 4, 2017 at 7:16 pm

      Ohhh Maa…plx dnt b sad…will b back soon dear…

  2. Athifa says:
    July 3, 2017 at 7:58 pm

    Thanks Noor??

    1. Noor says:
      July 3, 2017 at 11:18 pm

      WC dear.???

  3. Windy says:
    July 3, 2017 at 7:59 pm

    Me first dhw… varah reethi igey

    1. Noor says:
      July 3, 2017 at 11:20 pm

      ThanQ Windy..???

  4. sheen says:
    July 3, 2017 at 8:03 pm

    Tq noor v nice mipartves

    1. Noor says:
      July 3, 2017 at 11:20 pm

      WC ,& ThanQ sheen.???

  5. Maa says:
    July 3, 2017 at 8:04 pm

    Me first dhoa hehe… story vvvv nice cant wait for next part

    1. Noor says:
      July 3, 2017 at 11:22 pm

      Varah ufaavey mivaahaka ah thihaa inthixaaru kuraathy.. ThanQ Maa.???

  6. §ama? says:
    July 3, 2017 at 8:06 pm

    Reethi kann.. .. in shshaa ALLAH will wait

    1. Noor says:
      July 3, 2017 at 11:22 pm

      ThanQ dear.???

  7. Shaai says:
    July 3, 2017 at 8:22 pm

    Wow…. superb

    1. Noor says:
      July 3, 2017 at 11:23 pm

      ThanQ Shaai.???

  8. zzzzaaaaauuuu says:
    July 3, 2017 at 8:24 pm

    masha allah , v salhi, i love it noor. will wait for the next part.

    1. Noor says:
      July 3, 2017 at 11:24 pm

      ThanQ zzzzaaaaauuuu???

  9. Riffu says:
    July 3, 2017 at 8:26 pm

    Dhe faharu kiyaaleema ves get eh nuvi fahu thankolheh.. Please explain kohdhiba.. Falak ei afeefaa ge dhari akah vee sababu..

    1. Kookie says:
      July 3, 2017 at 8:43 pm

      Noor I also don’t understand the reason.. Can u please explain

    2. Noor says:
      July 3, 2017 at 11:31 pm

      Zaara & Afeefa vihan vedhdhy ekyga..n dr aa eku assist kuran evaguthu hury Shabaa ge bodu dhaitha..so Shaiba ge mom vihaafa maruvumun theatre therein dhe kudhin exchange kollaafa Afeefa ah dhiny Eynaage dharifulhey kiyaafa Zaaraa ge dharifulhu Shaibaa…dhen Falaku ge mom maru viyyey kiyaafa dhogu hedhy..hope u got it dear….Aslu Shaibaa ge bodu dhaitha ehen kanthah kuree Afeefaa Zaaraa dheke anna rulhi Shaibaa ah baalaanethy…?

    3. Noor says:
      July 3, 2017 at 11:35 pm

      Aslu mibai mi ninmaaly evaahakaige kuru khulaasaa akun..sorry that i cudnt make it very clear dear .???

    4. Riffu says:
      July 4, 2017 at 12:04 am

      Ohh okay mihaaru get wejje. Aslu falak aky shaiba ge kokko ey bunefa ovva veema get nuvee.. V v interesting mi story.. Keep it up.. 🙂

    5. Noor says:
      July 4, 2017 at 12:06 am

      ThanQ Riffu..?

  10. Saandy says:
    July 3, 2017 at 8:26 pm

    WHAT!!?? Falak aky Afeefaage kujjehtha?? Surprising in’gey.. Waiting for the next part.. Keep it up Noor 🙂

    1. Noor says:
      July 3, 2017 at 11:33 pm

      Thanx Saandy..???

  11. Aishath aisha says:
    July 3, 2017 at 8:27 pm

    Masha allah noor haadha molhey ❤ will be waiting❤

    1. Noor says:
      July 4, 2017 at 6:59 am

      Thanx dear.???

  12. yaanaa says:
    July 3, 2017 at 8:28 pm

    O my god it so?????

    1. Noor says:
      July 3, 2017 at 11:36 pm

      ThanQ yaanaa .???

  13. HARLEY quinn says:
    July 3, 2017 at 8:30 pm

    wowwww, its becoming more interestinggg.. v v v v nice as allways, Noor ur story keeps me waitinggg.. i love it so much..
    thanks Noor, u r a awsome writer, & i will keep waiting for next episode…

    1. Noor says:
      July 3, 2017 at 11:38 pm

      ThanQ 4 the lovely comment HARLEY quinn…& i feel so happy reading ur each n evry comment dear..thanQ .???

  14. Kaira says:
    July 3, 2017 at 8:31 pm

    V salhi..
    Waiting for the next part..

    1. Noor says:
      July 3, 2017 at 11:39 pm

      ThanQ Kaira ???

  15. zainab says:
    July 3, 2017 at 8:32 pm

    mi meehunge hiteh nufureyne noor den ehfaharaa ninmaleema den thibeynee foohivefa den miha lobi lobi vahaka eh kiyan nulibifa

    1. Noor says:
      July 3, 2017 at 11:40 pm

      So happy to have such a sweeeeeet reader..ThanQ dear???

  16. Rau says:
    July 3, 2017 at 8:33 pm

    wow salhi hama….waiting…

    1. Noor says:
      July 3, 2017 at 11:40 pm

      ThanQ dear???

  17. blume says:
    July 3, 2017 at 8:34 pm

    Noor..omg haadha rychey..plx mirey eh prt up koh dhybw..ly❤❤❤

    1. Noor says:
      July 3, 2017 at 11:41 pm

      ThanQ blume..sorry dear…mirey varah try kohgen mi part ves migenesdhiny..???

  18. nonns says:
    July 3, 2017 at 8:38 pm

    Wow. I have no words to describe how beautiful this story is. Brilliant job dear. And can u pls pls pls up one more part tnight. Im dying to read the next ep. Gud night

    1. Noor says:
      July 3, 2017 at 11:42 pm

      ThanQ nonns..Awwwh..sorry dear…mirey varah try kohgen mi part ves migenesdhiny..???

  19. Pinkish says:
    July 3, 2017 at 8:48 pm

    Woah.. kahaany mey eyk naee twist.. i love it.. ?

    1. Noor says:
      July 3, 2017 at 11:43 pm

      AWWWH .ThanQ Pinkish..???

  20. khajja says:
    July 3, 2017 at 8:53 pm

    What?? falak aee afeefaage dhari eh tha?? I’m impress ?? ehen v ma dhen ulheyny shaibaa ah dheradheyn dho alhe aee konkahala mom eh falaku ah nulibun loabi dheyn eyna masakkaiy kuraanethaa ekam yool dhen falaku ah hithaama eh libuna nudhechchey honeymoon nimmaafa raajje annathanun engeyne dhw shaibaa aa zeel ge kanthah eyrun afeefaa shaibaa dheke rulhifashevvaa annaanethaa dhw anyway stry v habeys masha allah dhen wait kuraanan insha allah keep it up n gud luck ly ????❤?❤????????????

    1. Noor says:
      July 3, 2017 at 11:44 pm

      AWWWWWWWWHHHH…thanQ 4 the lovely comment dear..ThanQ.???

  21. ???? says:
    July 3, 2017 at 9:00 pm

    Wow…..?? waiting. ……. avas kurahche….. n mi stry hama varah salhi. …

    1. Noor says:
      July 3, 2017 at 11:45 pm

      THANKS ???????

  22. merr says:
    July 3, 2017 at 9:15 pm

    just wow. waiting for the next part

    1. Noor says:
      July 3, 2017 at 11:45 pm

      ThanQ merr???

  23. Xxxx says:
    July 3, 2017 at 9:15 pm

    Dear noor,in love with u as a writer 4 bringing such a nice story..??,adhi ehaa avas avahah up kuraa theeves. ???????????Keep it up.. will wait 4 the next episode…???

    1. Noor says:
      July 3, 2017 at 11:46 pm

      & I love ur comment Xxxx???

  24. Aisha says:
    July 3, 2017 at 9:16 pm

    Wow…varan reethi ……

    1. Noor says:
      July 3, 2017 at 11:47 pm

      ThanQ Aisha???

  25. Adha? says:
    July 3, 2017 at 9:30 pm

    Oh noor i love this twist.. nd yool aa falki ves varah cute ulheyleh.. varah reethi mi part.. waiting for the next ep❤????

    1. Noor says:
      July 3, 2017 at 11:47 pm

      ThanQ Adha 4 the very cute comment???

  26. song joong ki..KOREAN says:
    July 3, 2017 at 10:08 pm

    thanks noor. vvv reethi mi part vx. waiting

    1. Noor says:
      July 3, 2017 at 11:50 pm

      ThanQ song joong ki..KOREAN???

  27. sam♥ says:
    July 3, 2017 at 10:16 pm

    nooor hama suprice eh konme faharaku thidhenyy …waiting next part … alhey falak n yoool wow vvvvvv lobiii ulhey goveh dhen dhuru nukurah chey falak n yool …. ehnoony sam v dhera vaaane hehehe…

    1. Noor says:
      July 3, 2017 at 11:51 pm

      Awwhhh..varah ufaavey thihaa interest aa eku mi vaahaka kiyaathy..thanQ sam♥???

  28. Afee says:
    July 3, 2017 at 10:22 pm

    Alheyyyyy?

    1. Noor says:
      July 3, 2017 at 11:52 pm

      Ohhhh..???

  29. Aisha says:
    July 3, 2017 at 10:47 pm

    Vv reethi

    1. Noor says:
      July 3, 2017 at 11:52 pm

      ThanQ Aisha..???

  30. ??? says:
    July 3, 2017 at 10:58 pm

    Omg ur so talented Masha Allah God bless u
    Story hama perfect ❤❤❤❤

    1. Noor says:
      July 3, 2017 at 11:54 pm

      Just love ur comment ???..ThanQ dear.???

  31. nux says:
    July 3, 2017 at 11:50 pm

    alhey ????just amaxing ingey noor well done dear love you???gl noor waiting 4 the next part

    1. Noor says:
      July 3, 2017 at 11:55 pm

      I LOVE UR COMMENT nux..ThanQ.???

  32. zoya says:
    July 4, 2017 at 12:00 am

    greate job dear

    1. Noor says:
      July 4, 2017 at 12:03 am

      ThanQ zoya..???

  33. Rish says:
    July 4, 2017 at 12:24 am

    Kiyaahithun hurevenee eh noon ❤❤❤❤ vrh vrh salhi

    1. Noor says:
      July 4, 2017 at 12:45 am

      Ohhh..thanQ Rish..???

  34. Rish says:
    July 4, 2017 at 12:28 am

    Ehves vaahaka eh mihaaru kiyaahithen nuvey mi vaahaka ah hama inthixaaru kurevenee

    1. Noor says:
      July 4, 2017 at 12:47 am

      Varah ufaavey Rish ah ehaa kamudhaa gothah mivaahaka genes dheveythy..thanQ dear.. .???

  35. Koky says:
    July 4, 2017 at 12:36 am

    Not nice what is this I’m very sorry

    1. Noor says:
      July 4, 2017 at 12:49 am

      Ohh..im sorry…May b this is not what u r searching.

  36. Naana says:
    July 4, 2017 at 12:38 am

    Masha allah….in my view mie mihaar mi site ga ehme tharuheebu libey ehme rythi storyyy……
    eagerlyyy waitingg 4 nxt part…❤❤❤❤

    1. Noor says:
      July 4, 2017 at 12:50 am

      AWWWHH..Thanx 4 the cute comment Naana..???

  37. imagination says:
    July 4, 2017 at 1:16 am

    Well. Afeefaa kadavaane. Lol. Btw this story is a whole new level…. Luv ittt
    ?????

    1. Noor says:
      July 4, 2017 at 7:00 am

      Ohhhh thanks imagintion.???

  38. ???? says:
    July 4, 2017 at 7:46 am

    Adhi alah mi vaahakayah cmt kurymi vvvvvvvvvv rythi hurihaa baithakeh vess ????

    1. Noor says:
      July 4, 2017 at 12:12 pm

      Varah ufaavejje comment kollyma…thanx dear..???

  39. ??? says:
    July 4, 2017 at 7:51 am

    Vvvvv rythi mi vaahaka kuriyah huri baii thah vess rythi vaane kamah hykurann hurihaa baithakeh kiyaafa mi comment kohliii vvv reethi?

    1. Noor says:
      July 4, 2017 at 12:13 pm

      AWWWWHH..VARAH BODAH THANKS DEAR..???

  40. Zee says:
    July 4, 2017 at 9:44 am

    Vvv salhi I love this story kiyaahithun abadhu belenee knirakuntho up kuranee ???

    1. Noor says:
      July 4, 2017 at 9:51 am

      Thanx Zee..In sha Allah Thursday..???

  41. Falak says:
    July 4, 2017 at 10:49 am

    Awlheyy… ehaa gina dhuvass nunagahchey noor.. miwaahaka warahh kiyaahihvey.. mi part vss waraaah habeys ❤❤

    1. Noor says:
      July 4, 2017 at 11:34 am

      Thanx dear..in sha Allah Thursday ga will up 12th part

  42. Anonymous says:
    July 4, 2017 at 11:49 am

    woww.. vaahaka mihar kuriah vureh reethi vehje.. waiting for another part.. n thanks 2 parts up kohdhinyma.. mi vaahaka nimentha miulheny? noor ge vaahaka thah v salhi.. kiyaa hithuun indha nimeny knme faharaku..

    1. Noor says:
      July 4, 2017 at 12:15 pm

      Awwwwwhhh..n i like all ur comments dear…madhuvegen 20 parts genesdheveyne hen heevany…thanx Dear…???

  43. Ny says:
    July 4, 2017 at 12:51 pm

    V v v reethi

    1. Noor says:
      July 4, 2017 at 1:29 pm

      Thanx Ny..???

  44. janna says:
    July 4, 2017 at 1:43 pm

    omg.. adhi majaavyhy makarun ulhegn shaiba ge kaiveni yool r kurevun fahun thikan engun nama.. eyrun engeyne dheramidhevuni amilla dhariyah kan..

    1. Noor says:
      July 4, 2017 at 8:31 pm

      Haha..Asluves dhw.thanx 4 the comment dear.???

  45. Xna says:
    July 4, 2017 at 2:20 pm

    Aww??finally they did it??…happy honeymoon falak n yool..enjoy hahaha?.Noor ?????

    1. Noor says:
      July 4, 2017 at 2:23 pm

      Thanx dear..???

  46. Navya says:
    July 4, 2017 at 2:41 pm

    Next part ah v inthizaaru kureveyou eba.. avaskohla dhehchey ? vaahaka vvv habbu❤

    1. Noor says:
      July 4, 2017 at 3:49 pm

      Thanx Navy…hama vagutheh vaairah eba liyan dear

  47. Yooha? says:
    July 4, 2017 at 3:19 pm

    Waaau noor mibai varah reethi ???
    Waiting for next part❤❤❤

    1. Noor says:
      July 4, 2017 at 3:51 pm

      Thanx Yooha..???

  48. Yoo si jin says:
    July 4, 2017 at 3:58 pm

    Vvvvvv rythi

    1. Noor says:
      July 4, 2017 at 5:23 pm

      Thanx dear..???

  49. Princess Yaa says:
    July 4, 2017 at 4:23 pm

    Woww noor. Varah dhuvas kohffa noor ge story eh mikiyaalee. Story is awesome. I like it. Waiting for the next part

    1. Noor says:
      July 4, 2017 at 5:24 pm

      Happy to know that..i think i remember u dear..???

  50. Fary says:
    July 4, 2017 at 6:25 pm

    Wow vara nice miyadu mivaahaka feynuni hurihaa part ves vara nala waiting for next part ??

    1. Noor says:
      July 4, 2017 at 6:46 pm

      ThanQ Fary..???

  51. Shana says:
    July 4, 2017 at 6:48 pm

    Very nice story Noor. Keep shining. Waiting eagerly for the next part…

    1. Noor says:
      July 4, 2017 at 7:21 pm

      Thanx Shana..???

  52. ebaulhey says:
    July 4, 2017 at 6:59 pm

    afihtey kada vaane … vaahaka kiyaahithu dhelolah nidhi ves naadhey reyga mivaahaka ehkoh fahtaagen kee.. aslu hykury miadhu upvaane kamah but comment balaalyma inguny noor 2 days vandhn v busy vaa kan….. vaahaka vvvv rythi .. vaahakaah v inthizaaru kurevey..

    1. Noor says:
      July 4, 2017 at 7:25 pm

      Alhey. ….comment kiyaalaafa varah ufaavejje…in sha Allah tomorrow night 12th part up koh dheynan..thanx alot 4 the comment dear..???

  53. lal says:
    July 4, 2017 at 7:47 pm

    are you a girl or a boy???……story varah salhi….waiting for the next part…

    1. Noor says:
      July 4, 2017 at 7:51 pm

      ThanQ lal…im a Girl..???

    2. lal says:
      July 4, 2017 at 8:32 pm

      i knew it….maybe nooraa ves aslu name ah kiyaafaane viyya dhww…hehe…..waiting for the next part….

    3. Noor says:
      July 4, 2017 at 8:36 pm

      To b honest…Noor is just a user name im using…?

  54. Mona says:
    July 5, 2017 at 11:50 am

    Noor plx miadhu up kohba…kiyaa hithun hama nuhurevey…reyganda v ma maa las …plx dear

    1. Noor says:
      July 5, 2017 at 4:56 pm

      Im really very very sorry dear..massala hallu veehaa avahakah will b back with new parts

  55. Mazuw says:
    July 5, 2017 at 3:35 pm

    Noor…! Alhey varah loabi mi part vs….and one more thing….can uh give the answer for this question?
    *Esfiya chat room akii koancheh? Adhi ey kihineh join kurevey thaneh????
    just asked cuz m a writer of this site and i wanna knw that…

    1. Somebody says:
      July 5, 2017 at 3:45 pm

      Esfiya chat room aky mihaaru beynun kurevey thaneh noon

    2. Noor says:
      July 5, 2017 at 4:55 pm

      ThanQ Somebody…Muzuw i also dnt know…i hav never been in Esfiya chat room

  56. Noor says:
    July 5, 2017 at 4:03 pm

    DEAR READERS..ALHUGANDU 12TH PART TYPE KURAN VARAH TRY KOFFIN..BUT EGGOTHAKAHVES LIYEVEY GOTHEH NUVI..DHIVEHINVES,,
    ENGLUSH inves LETINUN VES….HAMA EH LETTER LIYEFA ANEH LETTER LIYAA IRAH WRITTEN LETTER CHANGE VANY…SO EVAAHAKA VARAH HITHAAMA AAI EKU ENMEHAA KIYUNTHERINNAA HISSAA KOLLAN…mivaahaka vaany admin aa ves hissaa kurevifa…so massala halluveehaa avahakah vaahakaige kuriah huri part thakaai eku badhdhal vaane kamah unmeedhu kuran..heyo edhey writer aku hurinama mi sitah vanna kiyun therinnah fennaane hen mi vaahaka angaala dhinun edhen…ThanQ..

  57. Hud Hud says:
    July 5, 2017 at 4:33 pm

    it’s ok noor. story nihmaane kamah umeedhu kuran…

    1. Noor says:
      July 5, 2017 at 4:53 pm

      ThanQ Hud Hud..actually im v.sad..vaahakaige inthixaaruga kiyun therin thiben jeheythy varah dheravey..?

  58. Xna says:
    July 5, 2017 at 6:03 pm

    B cooool Noor….chilll??readers ah understand vaaneyey

    1. Noor says:
      July 5, 2017 at 6:10 pm

      Happy to have such a reader like u..thanQ Xna

  59. AKI says:
    July 6, 2017 at 1:22 pm

    vvv dheravefa mi huree … mi vaahaka ah varah inthizaaru kurevey … in sha Allah varah avahah thikan rangalhu vaane …. thanks noor ???

    1. Noor says:
      July 6, 2017 at 3:05 pm

      ThanQ AKI..

Comments are closed.

Next Episodeމިލްކު ކޮށްލީ ހިތޭ……12←


All Right Reserved!