Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޞަފަރު 10 (ފަހުބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
July 3, 2017 6 Mins Read
36 Comments

“ތީފް.. އަހަރެން ތީފްއަށް ވަރަށް ބޮޑުކަމެއް ސިއްރުކޮށްފައި ވާނެ..” މައުރީން މަޑުމަޑުން ބުނެލިއެވެ. “އަހަރެން ތީފް މިތަނަށް ގެނައި އިރު މާރިޔާ އިނީ ދެވަނަ ފަހަރަށް ތީފްގެ ދަރިއަކަށް ބަލިވެ..”

މައުރީން އެހެން ބުނުމާއެކު ލަތީފް މައުރީންގެ ކޮނޑުން އަތް ދޫކޮށްލިއެވެ. އެހާ ބޮޑު އޮޅުވާލުމެއް މައުރީން އޭނާއަށް އޮޅުވާލީތީ އެހިތުގައި އެތައް ޝަކުވާއެއް އުފެދިގެން ދިޔައެވެ.

“މައުރީން ކީކޭތަ ތި ކިޔަނީ؟” ލަތީފް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހާލިއެވެ. އޭނާއަށް މާރިޔާ ދޫކޮށްލާފައި އާދެވުނީ މާރިޔާ އޭނާއަށް އެންމެ ބޭނުންވި ދުވަސްވަރު ހެއްޔެވެ؟

“ޒާޔާ..” މައުރީން އެހެން ބުނެލުމުން ލަތީފް އިސްއުފުލާ ބަލާލިއެވެ.

“ތީފްގެ އެ ދަރިފުޅަށް ކިޔަނީ ޒާޔާ..” މައުރީން މަޑުމަޑުން ބުނެލިއެވެ. ލަތީފްއަށް ކުރާނެ އިތުރުކަމެއް އެވަގުތަކު ނުވިސްނުނެވެ. މައުރީންއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

** **

ނިދިފައި އޮތް ޒާންގެ ބޮލުގައި މާރިޔާ މަޑުމަޑުން ފިރުމާލިއެވެ. ވަރުބަލިކަން އިންތިހާއަށް ފާޅުވަމުން ދިޔަ ޒާންގެ ނިތްކުރިއަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތްކޮށްލަމުން މާރިޔާ ޒާންގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެ މޫނުން މާރިޔާއަށް އެވަގުތު ސިފަވެގެން ދިޔައީ ލަތީފްއެވެ. އެއީ ހަމަ ލަތީފްގެ ދެލޮލާއި ބުމައެވެ.

“މާރިޔާ ދަރިފުޅާ.. ބޮޑުބެ އަންނާނަން ކިޔެވެލި ކިޔަވާލަދޭނެ އިތުރު މީހަކު ވޭތޯ ބަލާލާފަ.. މިރޭ ޖެހޭނެ މިކަން އެއްކޮށް ނިންމާލަން..” ހަސަނު އެހެން ބުނުމުން މާރިޔާ ބޯ ޖަހާލިއެވެ. އަސާގަނޑު ބިމުގައި ޖައްސަމުން ހަސަނު އެގޭގެ ދޮރާށި ހުޅުވާލުމަށްފަހު ނިކުމެގެން ދިޔަތަން ބަލަން އޭނާ އިނެވެ.

2 ދުވަސް ކުރި

ދެންމެ ލެފި ލޯންޗުން ފޭބި ހަސަނު ބަނދަރު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ފަތިހުގެ ހިތްގައިމު ވަގުތު ޖެހެމުން ދިޔަ މަޑުމަޑު ރޯޅިތަކުގެ ސަބަބުން އޭނާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ދެ އަހަރަށްފަހު އޭނާގެ އުފަން ރަށަށް އާދެވުމުން އެހިތަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ.

“ކާފާ.. ހިނގާ ދާން..” އެއަޑަށް ހަސަނު އެނބުރެލިއެވެ. އޭރު އޭނާގެ 19 އަހަރުގެ ކާފަ ދަރިފުޅު، ފަޒީލް ހަސަނުގެ ފޮށި ހިފައިގެން ހުއްޓެވެ. އިތުރަށް މަޑުކުރަން ނުހަދާ ހަސަނު ފަޒީލްއާއެކު ހިނގައިގަތީ ގޭދޮށަށް ދިއުމަށެވެ.

“ދަރިފުޅާ ފަޒީލް.. މި ފިހާރައަށް ވަދެ ކާފައަށް ދެތިން ކިއްލި ގަނެދީގެން އައިސްބަލަ..” ތަންކޮޅަކަށް ގޮސްފައި ފިހާރައެއް ފެނިގެން ހަސަނު ބުނެލިއެވެ. އެއާއެކު ފަޒީލް އެ ފިހާރައިގެ ބޭރުގައި ފޮށި ބަހައްޓާލުމަށްފަހު ފިހާރައަށް ވަންނަން ދިޔައެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރެ ހަސަނު މަގުގެ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔައެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ މާރިޔާމެން ގޭދޮށް ކުނިކަހަން އޮތް ޞިފްރީންއެވެ. އަޅާފައިވާ ނަންބަރު އައިނު ދެލޮލަށް ހެޔޮވަރުކޮށްލަމުން އޭނާ އެދިމާ ބަލާލިއިރު އެ ނިތްކުރިއަށް ރޫތަކެއް ޖަމާވެފައިވިއެވެ.

ކުނިކަހަން އޮތް ޞިފްރީން ތެދުވެ ހިންދެމެލި ވަގުތު އެ މަގުގެ ތަންކޮޅެއް ދުރުގައި ހުރި ހަސަނު ފެނި އޭނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އެ މުސްކުޅި މީހާ އޭނާއާ ދިމާއަށް ލޯ ކުޑަ ކޮށްކޮށްފައި ބަލަމުން ދިޔަ ގޮތުން އޭނާ އިލޮށިފަތި ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަނެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެ މުސްކުޅި މީހާއަށް އޭނާގެ އަސްލު އެނގިއްޖެ ކަމުގައި އެ ސިކުނޑި ކެނޑިނޭޅި ބުނަމުން ދިޔައެވެ.

“ފަޒީލް.. އަހަރެމެންގެ މާރިޔާގެ ގެއަށް ވަދެގެން އެދަނީ ކޮން އަންހެން ކުއްޖެއްތަ؟” ފިހާރައިން ނިކުތް ފަޒީލް ގާތު ހަސަނު އަވަސް އަވަހަށް އަހާލިއެވެ. ފަޒީލް އެދިމާ ބަލާލިއިރު ޞިފްރީން ގޮސް ގެއަށް ވަންނަނީއެވެ.

“އެއީ ޒާންބެ އިނދެގެން އުޅޭ ކުއްޖާއެއްނު؟ ކާފައަށް އިނގެއެއްނު ޒާންބެ މީހަކާ އިންކަން؟” ފަޒީލް ބުނެލިއެވެ. އެއާއެކު ހަސަނަށް އޭނާގެ މޭގައި އަތް އަޅާލެވުނެވެ. އެހެން މީހަކަށް ނޭނގުނަސް އެ ތަޖުރިބާކާރު ސިކުނޑިއަށް ޞިފްރީން އަކީ އިންސިއެއް ނޫންކަން ނަގައިގަނެވުނެވެ. މާރިޔާ އަކީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ވުމާއެކު މާރިޔާގެ ޢާއިލާއަށް އެއްވެސް ދެރައެއް ލިބޭކަށް އޭނާގެ ހިތެއް ނޭދުނެވެ.

“ވަރަށް ރީތި ކުއްޖެއް ދޯ އެއީ..؟ މީހުން އެކުއްޖާއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކަ..” ހަސަނުގެ އަތަށް ގަތް ކިއްލިތައް ލައިދިނުމަށްފަހު ފޮށި ނަގައި ހިނގައިގަންނަމުން ފަޒީލް ބުނެލިއެވެ. ހަސަނުވެސް އެވަގުތު ފަޒީލްގެ ފަހަތުން ގޭދޮށަށް ދިއުމަށްޓަކާ ހިނގައިގަތީ ވިސްނުމެއްގައި ހުރެއެވެ.

އެރޭގެ ވަގުތެއްގައި ހަސަނު މާރިޔާއަށް ގުޅައި އެގެއަށް ގެނައެވެ. އެހާ ކުއްލި ގޮތަކަށް އަންނަން ބުނުމުން މާރިޔާވެސް ހުރީ ކުޑަކޮށް ހައިރާންވެފައެވެ. ހަސަނަކީ މާރިޔާގެ ބޮޑުބޭބެ ކަމުގައި ވިޔަސް އެ ދެޢާއިލާގެ ގުޅުން މިހާރު ވަނީ ވަރަށް ހީނަރުވެފައެވެ.

“ޒާން އިނދެގެން އެއުޅޭ ކުއްޖާގެ މަޢުލޫމާތު މާރިޔާއަށް އެނގެނީ ކިހާވަރަކަށް؟” މާރިޔާގެ ހާލުއަހުވާލު އޮޅުންފިލުވުމަށްފަހު ހަސަނު އަހާލިއެވެ.

“އެއީ މާލޭ ކުއްޖެއް.. އޭނަގެ އާއިލާ އެކަކުވެސް ދުނިޔޭގަ ނެތް..” މާރިޔާ ވިސްނާލުމަށްފަހު ބުނެލިއެވެ. ހަސަނު އެހާ ވަރަކުން ޞިފްރީންގެ މަޢުލޫމާތު އެ ހޯދަނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ.

“މާރިޔާ ދަރިފުޅާ.. ބޮޑުބެ މި ބުނާ ވާހަކަ ކަނުލާ އަޑުއަހާތި.. ޞިފްރީން އަކީ އިންސާނެއް ނޫން.. އެއީ ޒާންއާ އަވަލައިގެން އުޅޭ ޖިންނިއެއް..” ހަސަނު އެ ބުނި އެއްޗެއް ޤަބޫލުކުރަން ދަތިވެފައި މާރިޔާއަށް އިނދެވުނެވެ. ހަސަނަކީ އެރަށުގައި އުޅޭ އެންމެ މޮޅު ފަންޑިއްތަވެރިޔާ ނަމަވެސް އޭނާ ދުވަހަކުވެސް މީހަކަށް ގެއްލުންދޭން ފަންޑިއްތައެއް ނުހަދައެވެ. އޭނާ މަސައްކަތްކުރަނީ ސިހުރުޖެހިފައިވާ މީހުން ރަނގަޅުކުރުމަށެވެ. އެހެންކަމުން ކިތަންމެ ޤަބޫލުކުރަން ދަތިވިޔަސް މާރިޔާއަށް ޖެހުނީ ހަސަނުގެ އެވާހަކަ ޤަބޫލުކުރާށެވެ.

“ބޮޑުބެ ދެންމެ އައި ގޮތަށް ފާލެއް ބަލައިފިން.. ގޮތް ނޭނގޭ އެތަށް ކަމެއް ބޮޑުބެއަށް އެނގިއްޖެ.. ދަރިފުޅާ ލަތީފް މަރެއްނުވެ.. ލަތީފް ދިރިއެބަހުރި..” ހަސަނު އެހެން ބުނުމުން މާރިޔާއަށް މޭގައި އަތް އަޅާލަމުން ކޮޅަށް ތެދުވެވުނެވެ. ހަސަނު ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އޭނާގެ ލޯބިވާ ފިރިމީހާވީ މީގެ އެތަށް އަހަރެއް ކުރިން ކަނޑުވެ، މަރުވެފައެއް ނޫން ހެއްޔެވެ؟

“ކީކޭ؟” މާރިޔާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ހަސަނު އެވަގުތު މާރިޔާ އަތަށް ފެންތައްޓެއް ދިއްކޮށްލިއެވެ. އެއްނޭވައިން މާރިޔާ އެ ފެންތަށި ދަމާލި ނަމަވެސް އެހިތަށް ލިބިފައިވާ ސިހުން ކުޑައެއް ނުވިއެވެ.

“ލަތީފްގެ އާއިލާއާ އަޅައިގަނެގެން އެއުޅެނީ ޞަފަރު ޖިންނިތައް.. އެންމެ ފުރަތަމަ މި ޖިންނިތައް އަޅައިގަތީ ލަތީފްގެ މުނިކާފައާ.. މި ކަންތައްގަނޑު ފެށުނީ އެ ހިސާބުން.. ޞަފަރު ޢާއިލާގެ މި ޖިންނިތަކަކީ ވަރަށް ބާރުގަދަ ބައެއް.. ޖިންނިންގެ ޝާހީ ޢާއިލާއެއް އެއީ.. ލަތީފްއާ މިތަނުން ޖިންނިއެއް އަޅައިގަތީ އޭނާގެ އުމުރުން 16 އަހަރުގަ.. އެ ޖިންނި ވަނީ ލަތީފްއާ ކައިވެނިވެސް ކޮށްފަ.. ނަމަވެސް ލަތީފް ވަނީ މުޅި ދުނިޔެއަށް އެކަން ސިއްރުކޮށްފަ.. ލަތީފް މާރިޔާއާ އިނދެގެން ހުރެވެސް ގެންދިޔައީ އެ ޖިންނިއާ ގުޅުން ބާއްވަމުން.. ނަމަވެސް އެ ޖިންނި މާރިޔާއަށް ޖެއްސުން ކުރަން ފެށުމުން ލަތީފް އެ ޖިންނި ފޮނުވާލީ.. އޭރު އެ ޖިންނި އިނީ ލަތީފްގެ ދަރިއަކަށް ބަލިވެ..” މާރިޔާ އިނީ ހަސަނު ކިޔައިދެމުން ދިޔަ ވާހަކަ ކަނުލާ އަޑު އަހާށެވެ. އޭނާގެ އަނގައިން އެއްވެސް އަޑެއް ބޭރުނުވި ނަމަވެސް އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ފުރާނަ ފަދައިން ލޯބިވި ފިރިމީހާ އޭނާއަށް އެ އޮޅުވާލާފައި ވަނީ ހާދަ ބޮޑަކަށެވެ.

“ބޯޑު އަޑިއަށް ދިޔަ ވަގުތު ލަތީފް ސަލާމަތްކުރީ އެ ޖިންނި.. އަހަންނަށް އެނގުނު ގޮތުގައި އެ ޖިންނިއަށް ކިޔަނީ މައުރީން.. މައުރީން ލަތީފް ގޮވައިގެން ދިޔައީ އެމީހުންގެ ދުނިޔެއަށް.. ލަތީފްވެސް އެ ދުނިޔެއިން އަންނާކަށް ބޭނުމެއްނުވި.. އޭނާ ބޭނުންވީ މައުރީންއާ މައުރީންއަށް ލިބިފައިވާ އޭނާގެ ދަރިފުޅާއެކީ އުޅެން.. އެކަމަކު އޭރު ވެސް މިހާރުވެސް އޭނާއަކަށް ނޭނގޭ މާރިޔާއަށް ޒާރާ ލިބުނުކަމެއް..” ހަސަނު ކިޔައިދިނެވެ. މާރިޔާ ރޮމުންދާ މަންޒަރު ފެނުމުން ހަސަނު ދެރަވި ނަމަވެސް އޭނާ އެ ވާހަކަތައް ކިޔައިދެމުން ދިޔައީ އެއީ ކޮންމެހެން މާރިޔާއަށް އެނގެންޖެހޭ ވާހަކަތަކަށް ވާތީއެވެ. ޒާން އާއި ލަތީފް އެ ޖިންނިތަކުގެ ކިބައިން ސަލާމަތްކުރަން އޭނާ ބޭނުންވިއެވެ.

“ދެން ޒާންއާ އަވަލައިގެން މިއުޅެނީ މައުރީންއަށް ބޮޑުދައިތަ ކިޔާ ޖިންނިއެއް.. ޒާން ވަރަށް ކުޑައިރު ޞިފްރީން އޭނައާ އަވަލައިފި.. އެކަމަކު ޒާން ޞިފްރީންއާ އެއިނީ އޭނާގެ ރުހުމުގަ.. ޞިފްރީންއަކީ ޖިންނިއެއްކަން އެނގޭ ހާލު..” ހަސަނު ބުނެލިއެވެ. މާރިޔާ އަތުގެ ނުފުށުން އޭނާގެ ދެލޯ ފުހެލީ ހިތްދަތިކަމާއެކުގައެވެ.

“ބޮޑުބޭ.. އާދޭސްކުރަން.. އަހަރެންގެ ދަރިފުޅާ ފިރިމީހާ މިކަމުން ސަލާމަތްކޮށްދީ..” މާރިޔާ ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. ހަސަނު ބޯ ޖަހާލިއެވެ. ވީހާވެސް އަވަހަށް މަސައްކަތް ފައްޓަން އޭނާ ބޭނުންވިއެވެ.

މިހާރު

“ހަމަ މިހާރު އަހަރެން އަހަރެންގެ އަންހެނުންނާ ކުދިންގެ ގާތަށް ގެންގޮސްދީ..” ލަފީތް މައުރީންއަށް ބަލާލަމުން ބުނެލީ ހަރުކަށި ގޮތަކަށެވެ. އެ މޫނުމަތިންވެސް އޭނާ ނުރުހިފައި ހުރިވަރު ހާމަވެއެވެ.

“ތީފް ޕްލީސް.. އަހަންނަށް މާފުކުރޭ.. ތީފް އަހަރެންގެ ގާތުގައި ބަހައްޓަން ބޭނުންވި ވަރުން އެވަގުތު ދޮގުހެދުނީ..” މައުރީން ލަތީފްގެ އަތުގައި ހިފާލަމުން ބުނެލީ ހިތްދަތި ގޮތަކަށެވެ. ނަމަވެސް ލަތީފް މައުރީންގެ އެއަތް ފޮޅުވާލިއެވެ. މައުރީންގެ އެ ބީހިލުމުންވެސް މިޔަދު އޭނާއަށް އުނދަގޫ ވެއްޖެއެވެ.

** **

ގޯތިތެރޭގައިވާ ފަތްޖެހި އެނދުގައި ޒާން އޮތް އިރު އޭނާގެ ދެއަތާ ދެފައިގައި ހަތަރު މީހުން ހިފަހައްޓާލައިގެން ތިއްބެވެ. ގަދަހަދާފައި ޒާން ތެޅެމުން ދިއުމުގެ ސަބަބުން އެމީހުންނަށް އޭނާ ހިފަހައްޓާލެވެނީ ކިރިޔާއެވެ. އޭރުވެސް އޭނާ ދިޔައީ ކެނޑިނޭޅި ޞިފްރީންގެ ނަމުން ގޮވަމުންނެވެ.

ފަތްޖެހި އެނދު ކައިރީގައި އަޅާފައިވާ ކުނާ މަތީގައި ދެފައި ވަށްކޮށްލައިގެން ހަސަނު އިނެވެ. އޭނާގެ ކުރިމަތީގައި ދުން އަރަމުންދާ ދަޅެއް ހުރިއިރު އިރުއިރުކޮޅާ އޭނާ އެއްޗެއް ކިޔަވާފައި އެ ދަޅަށް ފުމެލައެވެ. އޭނާގެ ކައިރީގައި ފަޒީލް އިނީ ހަސަނު ބުނެދިން ތަން ކިޔަވާށެވެ. އެންމެ ހިނދުކޮޅަކަށްވެސް ކިޔެވެލި މަޑުކޮށްނުލުމަށް އޭނާ ގާތު ހަސަނު ބުނެލިއެވެ.

ލޯވައްޓަކަށް އެއްޗެހިތަކެއް ކިޔެވުމަށްފަހު ހަސަނު އެ ދުންދަޅުގެ ތެރެއަށް ފެންކޮޅެއް ބުރުވާލިއެވެ. އެއާއެކު މުޅި ބިންގަނޑަށް ލޮޅުމެއް އަރައިގެން ދިޔައެވެ. ބާރު އަޑުފަށްގަނޑަކާއެކު ދެން އިވެންފެށީ އަންހެނެއްގެ ވޭނީ ރުއިމުގެ އަޑެވެ. ތަންކޮޅެއް ދުރުގައި މަންޒަރު ބަލަން ހުރި މާރިޔާ ވެސް އިނީ ބިރުން ފިތްކަނޑައިގެން ދާވަރުވެފައެވެ. ކުއްލިއަކަށް ޒާންގެ ހަރަކާތްތަކަށް ހުއްޓުން އެރީ އޭނާއާ ދާދި ގާތުގައި ހުއްޓިގެން ހުރި ޞިފްރީން ފެނުމުންނެވެ. ޞިފްރީންގެ ރީތި މޫނުމަތި މިލާފައިވީއިރު އެދެލޮލުން ލޭކަރުނަ ފައިބަމުން ދިޔައެވެ.

“ޒާން.. ޕްލީސް.. މި މީހުން ހުއްޓުވާ..” ޞިފްރީން ގިސްލަމުން ބުނެލިއެވެ. އެއާއެކު ޒާން ހަޅޭއްލަވަން ފެށިއެވެ.

“އަހަރެންގެ ރީން މަރާނުލާތި! އަހަރެންގެ ރީން!” ޒާން ގަދަހަދަމުން އެހެން ގޮވަމުން ދިޔަ ގޮތުން މާރިޔާ ދެރަވިއެވެ. ޒާން ޞިފްރީންދެކެ ވާލޯބި އެންމެ ގާތުން ދެކިފައިވަނީ އޭނާއެވެ. ނަމަވެސް ދެނަސްލެއްގެ މީހުން އެގޮތަށް އެކީގައި އުޅޭނީވެސް ކިހިނަކުން ހެއްޔެވެ؟

ހަސަނުގެ ލޯ ކުރިމައްޗަށް ޞިފްރީން ފާޅުވީ އޭގެ އިރުކޮޅެއް ފަހުގައެވެ. އިސްޖަހައިގެން ހުރިއިރު އެއްވެސް ގަދައެއް ހަދާކަށް ޞިފްރީން މަސައްކަތެއް ނުކުރިއެވެ. ހަސަނު އޭނާގެ ކިޔެވެލި އިހުނަށްވުރެވެސް ބާރުކޮށްލިއެވެ. ޞިފްރީންއަށްފަހު ދެން ފާޅުވީ މައުރީންއެވެ. އޭގެ ފަހުގައި ޞަފޫރާ އާއި މައުވާންއެވެ. ހަތަރު މީހުން ހަސަނުގެ ކުރިމަތީގައި ސަފަކަށް އެތުރިލައިގެން ހުއްޓެވެ.

ހަސަނު ބަލާކަށް ނުހުރެ އޭނާގެ ލޯވަށީގައިވާ ފެންތައް އެ ދުންދަޅުގެ ތެރެއަށް އެއްކޮށް އޮއްސާލިއެވެ. އެއާއެކު ޞިފްރީންގެ ގައިން ފާޑެއްގެ ދިލައެއް ނަގައިގެން ދިޔައެވެ. މިއީ އޭނާގެ ފަހުވަގުތުކަން އެނގޭ ހާލު އޭނާ ފެންކަޅިވެފައިވާ ދެލޮލުން ޒާންއަށް ބަލާލިއެވެ. އަދިވެސް ގަދަހަދަމުން ދިޔަ ޒާންގެ އަނގައިން ޞިފްރީންގެ ނަން ބޭރުނުވާ ހިނދުކޮޅެއް ނުދެއެވެ.

“ސޮރީ ޒާން.. ގުޑް ބާއި..” ޞިފްރީން އޭނާގެ އެންމެ ފަހު ބަސްތައް ބުނެލުމާއެކު އޭނާގެ މުޅި ގައިގައި ހުޅުހިފައގެން ދިޔައެވެ. ޞިފްރީންއާ އޭނާގެ އާއިލާގެ އެންމެން އަނދާ އަޅިއަށް ވެގެން ދިޔަ މަންޒަރު ފެނުމުން ޒާންގެ ހެއަށް ގޮތް ވެގެން ދިޔައެވެ. ޚަބަރު ހުސްވެ މުޅި މީހާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

** **

ހޮސްޕިޓަލު ވާޑުގައި ބާއްވާފައި އޮތް ޒާންއަށް މާރިޔާ ބަލާލީ ދެލޯ ފެންކަޅިވެފައިވާ ހާލުއެވެ. ޒާންގެ އެއްއަތަށް އައިވީ ގުޅާފައިވީއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ހޭނޭރުމުން މާރިޔާއަށް ޒާން ހޮސްޕިޓަލަށް ގެންނަން ޖެހުނީއެވެ. ޑޮކްޓަރު ވަރަށް އަވަހަށް ރަނގަޅުވާނޭ ކަމުގައި ބުނި ނަމަވެސް މާރިޔާގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ.

“މާރިޔައްތާ! މާރިޔައްތާ!” މާރިޔާ ސިހިގެން ދިޔައީ ކުއްލިއަކަށް ވާޑު ތެރެއަށް ވަދެގެން އައި ފަޒީލް ފެނިފައެވެ. އޭނާގެ މުޅި މޫނުމަތި ވަނީ ދާހިއްލާ ފޯވެފައެވެ. މައިނޭވާ ލަމުން ގެންދިޔައިރު ނޭވާ ހަމައަކަށް އެޅުވުމަށްޓަކާ އޭނާ ކުޑަކޮށް ގުދުވެލިއެވެ.

“ލަތީފްބެ.. ލަތީފްބެ.. އެބޮތް ގޮނޑުދޮށަށް ލައްގާފަ.. އެންބިއުލޭންސްގަ އެބަ.. އެބަ ގެނޭ..” ފަޒީލް ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ބުނެލިއެވެ. އެއާއެކު މާރިޔާއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ގޮސް ހޮސްޕިޓަލު ދޮރުމައްޗަށް އެރިއިރު ސްޓްރެޗަރ އެއްގެ އެހީގައި އެމީހުން ލަތީފް ހޮސްޕިޓަލުތެރެއަށް ވައްދަނީއެވެ. ލަތީފްގެ މޫނު ފެނުމުން މާރިޔާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

7 އަހަރު ފަސް

ކާގެ ތެރޭގައި ވަނީ ބުރުހަމަކުރަމުން ދިޔަ ފަންކާގެ އަޑު ހިފާލާފައެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން ލަތީފްގެ ބޯ އެއްފަރާތަކަށް އަރިވެފައިވިއެވެ. ކުރިމަތީގައިވާ ގޮނޑީގައި މާރިޔާ އިންއިރު އަތުގައިވާ ތަށިން ފަހަރަކު ސަމުސަލެއް އޭނާ ލަތީފްގެ އަނގައަށް ލަވައިދެމުން ދިޔައެވެ. މޮޑެފައިވާ ރޮށިތަށި ހުސްވުމާއެކު މާރިޔާ ތައްޓަކަށް ފެންއެޅުމަށްފަހު ސަމުސަލަކުން ފަހަރަކު ފެންފޮދެއް ލަތީފްގެ އަނގައަށް ލަވައިދެމުން ދިޔައެވެ. ލަތީފްގެ ކަޅި އެކިދިމަދިމާއަށް ހަރަކާތްކުރި ނަމަވެސް އަނގަ ހުޅުވައި ވާހަކަދެއްކުމުގެ ހިތްވަރެއް އޭނާއަށް ލިބިފަކާ ނެތެވެ.

“މަންމާ!” ކާގެތެރެއަށް ވަދެގެން އައި 14 އަހަރުގެ ޒާޔާ މާރިޔާއަށް ގޮވާލީ ކަންބޮޑުވެފައި ހުރެއެވެ. މާރިޔާވެސް އަވަސް އަވަހަށް އެދިމާ ބަލާލިއެވެ.

“ދޮންބެ އަނެއްކާ މޮޔަ ގޮވަމުން ދުވަނީ..އަހަރެން ބުނެބުނެ ވެސް ނައި..” ޒާޔާ އެހެން ބުނުމާއެކު އަތުގައިވާ ތަށިތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު މާރިޔާ ދުވެފައި ކަހަލަ ގޮތަކަށް ގެއިން ބޭރަށް ނިކުތެވެ. އެގޭގެ ފާރުކައިރީގައި އިން ޒާން ދިޔައީ އެމަގުގައި ކުޅެން ހުރި ކުދިންތަކެއް ގަޔަށް ވެލިޖަހަމުންނެވެ.

“ކޮބާ މަގޭ ޞިފްރީން؟ މަގޭ ރީން ގެނެސްދީ!” އެހެން ކިޔަމުން ޒާން އެކުދިންނާ ދިމާއަށް ވެލިއުކަމުން ގެންދިޔައެވެ. މާރިޔާއާ ޒާޔާ ގޮސް ޒާންގެ ދެއަތުގައި ހިފައި މައިތިރިކުރަން މަސައްކަތްކުރަމުން ދިޔައެވެ.

“މަ ބުނިންދޯ މޮޔަ ޒާނު ގޭދޮށަށް ކުޅެން އަންނާނެ ކަމެއް ނެތޭ.. ހިނގާ އަވަހަށް ދާން..” ކުޅެން ހުރި ކުދިންތަކުގެ ތެރެއިން ކުއްޖަކު އެހެން ބުނެލި އަޑަށް ޒާޔާ އެކުއްޖާއަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ.

“އޭތް! އަހަރެންގެ ދޮންބެ މޮޔައެއް ނުވާނެ! މޮޔައީ ކަލޭމެން!” ޒާޔާ އެކުއްޖާއާ ދިމާއަށް ބުނެލިއެވެ. އޭނާގެ ދޮންބެއާ ބެހޭގޮތުން މީހަކު އެފަދަ ވާހަކައެއް ދައްކައިފިނަމަ އޭނާއަށް އެއްޗެކޭ ނުބުނެއެއް ނުހުރެވެއެވެ. ނަމަވެސް އެވަގުތު އޭނާ އިތުރުއެއްޗެކޭ ނުބުނީ މާރިޔާ އޭނާއާ ދިމާއަށް ކަޅި އަޅާލުމުންނެވެ. ދެމީހުން ޒާން ގޮވައިގެން އެތެރެއަށް ވަތްއިރު މާރިޔާގެ ސިކުނޑީގައި ބޮޑު ހައިޖާނެއް އުފެދިފަވިއެވެ. ހަތް އަހަރު ކުރިން ހިނގާދިޔަ ހާދިސާ އަދިވެސް ދެންމެ ވީކަމެއްހެން އޭނާގެ ސިކުނޑީގައި ހަރުލާފައިވެއެވެ. އެ ހާދިސާއަށްފަހު ޒާން ދުނިޔެއިން މޮޔަވީއެވެ. ޒާންގެ ކަމަކީ އަބަދު ޞިފްރީންއަށް ގޮވުމެވެ. އެނޫން އެއްވެސް އެއްޗެއް އޭނާގެ އަނގައަކުން ބޭރެއް ނުވެއެވެ. ދެން ހުރީ ލަތީފްއެވެ. އެ ހާދިސާއަށްފަހު ލަތީފްގެ ގައިއެއްކޮށް ވާގިނެތުނީއެވެ. އެ ދެމީހުންނަށް ފަރުވާ ކުރުމަށްޓަކާ މިހާރު މާރިޔާއަށް ތިން ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށްވެސް ދެވިއްޖެއެވެ. ނަމަވެސް ފަރުވާ ލިބޭނެ ގޮތެއް ނުވިއެވެ. ޒާން ކޮޓަރިއަށް ލުމަށްފަހު މާރިޔާ ދެލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. ޒާން އާއި ލަތީފްގެ ނިމުން ކިހާ ހިތްދަތި ހެއްޔެވެ؟

(ނިމުނީ)

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

މަލާކް…16ވަނަބައި

Next

މިލްކު ކޮށްލީ ހިތޭ……11

Next
July 3, 2017

މިލްކު ކޮށްލީ ހިތޭ……11

Previews
July 3, 2017

މަލާކް…16ވަނަބައި

36 Comments!

  1. Liaa says:
    July 3, 2017 at 4:42 pm

    Hey guys… so here’s the last part… if u liked this story, pls do leave a comment.. ☺
    Loves ?

  2. HARLEY quinn says:
    July 3, 2017 at 4:58 pm

    wowww, more interesting.. what will heppens next??? i wanna knowww, cant wait.. more amzing than previous..
    me first yahhhh!!!!

    1. who am i? says:
      July 3, 2017 at 5:14 pm

      this is the last part dear ???

    2. HARLEY quinn says:
      July 3, 2017 at 7:22 pm

      ooh haha i was in a hurry to read it so i didnt noticed it, Btw very sad dhwww… story came to the end esfiya seems so quit…
      hopes to read another storyy of u Liaa, this story is fntastic

    3. Liaa says:
      July 3, 2017 at 10:15 pm

      Thanks dear.. ☺

  3. laah says:
    July 3, 2017 at 4:59 pm

    varah habeys… ummedhu kuran mi kahala lowbeege biruweri waahaka liaa ithurah kiyuntherinnah genes dheyne kamah ? wsiting to read liaa ge next story

    1. Liaa says:
      July 3, 2017 at 10:15 pm

      Thanks laah ☺

  4. who am i? says:
    July 3, 2017 at 5:12 pm

    ohh.. liaa haadha sad endin ekey..?????? ekm vhk varah reethi.. konirakun dark side storyge season2 fashaany? v inthizaaru kurevey e vhk ah ???❣

    1. Liaa says:
      July 3, 2017 at 10:16 pm

      Thanks dear… darkside s2 liaa ah veevarakun fashaanan.. ☺

  5. Lucky says:
    July 3, 2017 at 5:16 pm

    Wow varah salhi mi vaahaka. When we will get to read ur new story

    1. Liaa says:
      July 4, 2017 at 1:27 pm

      Thanks lucky☺

  6. Xna says:
    July 3, 2017 at 5:27 pm

    Stry rythi ??. but? maa avahah nimuneema?anyways….✌. Hope will see a nw stry v soon.?. ??

    1. Liaa says:
      July 5, 2017 at 8:56 am

      Thanks dear ☺

  7. sam♥ says:
    July 3, 2017 at 7:00 pm

    … zaan ah v gothun v sad 🙁 . ekm stry v salhii♡

    1. Liaa says:
      July 5, 2017 at 8:56 am

      Thanks sam ☺

  8. Ssss? says:
    July 3, 2017 at 7:17 pm

    Story varaha rythi? but haadha sad ending ekey??

    1. Liaa says:
      July 5, 2017 at 8:57 am

      Thank u dear ☺

  9. Chum handi says:
    July 3, 2017 at 7:30 pm

    alheyyyy…. poor zaan…. sifreen mennah ehen hadhaakah nuvaane ennun….. ekam story vrh salhi….

    1. Liaa says:
      July 5, 2017 at 8:57 am

      Thank u chum handi ☺

  10. Nusy says:
    July 3, 2017 at 7:31 pm

    Vaahaka v salhi

    1. Liaa says:
      July 5, 2017 at 8:57 am

      Thanks Nusy ☺

  11. §ama? says:
    July 3, 2017 at 7:35 pm

    Ending v sad

    1. Liaa says:
      July 5, 2017 at 8:58 am

      Yes sama.. ending was supposed to be like this ☺

  12. Saandy says:
    July 3, 2017 at 7:53 pm

    Alhey.. Haadha avahakah thi ninmaaly.. Ekam sad ending eh aissa othas story hama habeys.. Ummeedhu kuran adhives Liaage mikahala reethi vaahakathah genesdheyne kamah.. Keep it up Liaa 🙂

    1. Liaa says:
      July 5, 2017 at 8:59 am

      Thanks Saandy ☺

  13. blume says:
    July 3, 2017 at 7:56 pm

    Alhey..noo..safryn aai mauryn kyveh maraaly..????

    1. Liaa says:
      July 5, 2017 at 8:59 am

      Alhey blume ? emeehunnah veegothun v dhera dhw

  14. Ilha says:
    July 3, 2017 at 8:13 pm

    Vaahaka hama best ekan maa avahah nimuneema???

  15. Adha? says:
    July 3, 2017 at 8:28 pm

    Hehe.. heeves nukuraa gotheh thi hedhee.. sifreen eynage family andhaaly.. nd zaan ves moya vee haadha sad ending ekey liaa.. but story hama varah reethi… ❤hope to see more storys frm u liaa.. ly. Tvgc..???❣

    1. Adha? says:
      July 3, 2017 at 11:49 pm

      Liaa when “vindhu loabin jehi hithehgai” mivaahaka genesdheynee

  16. khajja says:
    July 3, 2017 at 8:31 pm

    Ohhh wow ???masha allah v rythi akam haadha hiydhathigothakah thi nimmaaly ??? ummydhukuran adhives v avas musthagubalegga liaage stry eh kiyaalan libeyne kamah thank u so much ly liaa????❤❤❤????

  17. Scarlet says:
    July 3, 2017 at 9:54 pm

    Vaahaka reethi?…. But Haadha sad ending ekey.? ?happy ending eh nama varah salhi vees?? dhn OK hama story? thank u 4 the story?❤

  18. Flower princess says:
    July 3, 2017 at 10:03 pm

    Haadha dhera ey.

  19. remoo says:
    July 4, 2017 at 12:59 am

    story v reethi ekam maa avahah thi nimmaaly….nimmun ehaa reecheh noon……

  20. ROMAN REGINS says:
    July 4, 2017 at 3:12 am

    Nice but ekam maa avahah this nimmaaly

  21. SIFREEEN says:
    July 4, 2017 at 2:49 pm

    STORY SALHI EKAM DHERA SAD ENDING EH WEEMA KUSHEH NEIH DHEMYHUNAH WES DHERA GOTHEH DHW WEE

Comments are closed.



All Right Reserved!