ޒޭން ބޭސްކޮތަޅު ހަވާލު ކުރުމަށް ގާޑް ފަރާތުން ހުއްދަ އަށް އެދުނެވެ. ބޭސް ކޮތަޅު ދިނުމަށްފަހު ނިކުތުމަށް ގާޑް ބުނުމުން ލޫކަސް ބޭސް ހިފައިގެން އެތެރެއަށް ވަންއިރު ޒޭން އިނީ ލަޔާލީ އަތުގައި ހިފަހަށްޓައިގެންނެވެ.. ލަޔާލީ އޮތީ ނިދިފައިކަމުން ލޫކަސް އައިކަމެއްވެސް އޭނާއަކަށް ނޭނގޭނެއެވެ.. ބޭސްކޮތަޅު އެނދާއި ޖެހިގެން ހުރި ކަބަޑް މަތީގައި ބޭއްވުމަށްފަހު ނިކުންނަން ހިނގައިގަތެވެ.. ދޮރާއި އަރާ ހަމަވިތަނާ ޑޮކްޓަރ ފަހަތުން އައިސް ލޫކަސް އަށް ގޮވިއެވެ…****
” ކިހިނެއްތޯ ވީ ޑޮކްޓަރ؟…އަނެއްކާ ކަމެއް ގޯސްވީތޯ…؟” ލޫކަސް ސުވާލުކޮށްލުމުން ޑޮކްޓަރ އިރުކޮޅެއްހާއިރު ލޫކަސް އަށް ބަލަންހުރުމަށްފަ ހު ލޫކަސްގެ ކޮނޑުގައި އަތްއެޅިއެވެ. އަދި އޭނާ އެކީ އައުމަށް ލޫކަސް ކުރެން އެދުނެވެ. މަޑު ހިނގުމެއްގައި ގޮސް ބަލިމީހުން ބަލާ ކޮޓަރިއަށް ލޫކަސް ޑޮކްޓަރ ފަހަތުން ވަންތަން އީމާ އަށް ފެނުމާއިއެކު އީމާ ގޮޑިން ތެދުވެގެން ޑޮކްޓަރ ރޫމް އާއި ދިމާއަށް ހިނގައިގަތްތަނާ ޒޭން އިމަރޖެންސީ ރޫމް އިން ނިކުތްތަން އީމާ އަށް ފެނުނެވެ.
” އީމް ކޮބާ ލޫކަސް؟..”
” ލޫކަސް ޑޮކްޓަރ ކޮޓަރިއަށް ގޮސް ވަދެއްޖެ….”
” އެހެންތަ… ” އިރުކޮޅެއްފަހުން ލޫކަސް ޑޮކްޓަރ ރޫމް އިން ނިކުމެގެން އިމަރޖެންސީ ރޫމް އާއި ދިމާއަށް އަންނަތަން އީމާ އަދި ޒޭން އަށް ފެނުނެވެ. އަތުގައި ނޫކުލައިގެ ފައިލެއްއޮތެއެވެ. މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ…. ޒޭން އަކަށް ނުހުރެވުނެވެ. ބާރަކަށް ލޫކަސް އާއި ދިމާއަށް ހިނގައިގަތެވެ..
” ލޫކަސް.. ކީކޭތަ ޑޮކްޓަރ ބުނީ؟…” ޒޭން ދެތިން ފަހަރުމަތިން ލޫކަސް ކުރެން އަހާލުމުން ލޫކަސްގެ ލޮލުން ކަރުނަތަށް އޮހޮރެން ފެށިއެވެ.. އެމަންޒަރު ބަލަން ހުރި އީމާ ދުވެފައި ކަހަލަގޮތަަކަށް ގޮސް ވަނީ އިމަރޖެންސީ ކޮޓަރިއަށެވެ. ޒޭން ހާސްވާން ފެށިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޒޭން އަށް އިހްސާސް ކުރެވެން ފެށުނެވެ.
ޒޭން ،ލޫކަސްގެ އަތުގައި ހިފައި ގެންގޮސް ގޮނޑިއެއްގައި އިށީނެވެ. އަދި ލޫކަސްގެ އަތުގައި އޮތް ފައިލް ނަގައި ފަހަރަކު ގަނޑެއް އުކަމުން ދިޔައެވެ. ލޫކަސް ގޮނޑިން ތެދުވެގެންގޮސް ހޮސްޕިޓަލުން ނިކުތުމަށްފަހު އޭނާ އާއި ލަޔާލީ ދިރިއުޅެމުންއައި ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭރުވެސް މޫނުމަތިން ދާތަށް އޮހެރެމުން ދިޔައެވެ. ގެއަށް ވަނުމަށްފަ ފްރިޖުން ފެންފުޅިއެއް ނަގައި ތަށްޓަށް ފެން އަޅައި ފެންތަށީގެ އެއްބައި ބޯލުމަށްފަހު މޭޒުމަތީގައި ތަށިބެހެއްޓިއެވެ. އެވަގުތު ލޫކަސްގެ ނަޒަރު ހުޓުނީ ސިޓިންގ ރޫމް ފާރުގައި ހަރުކޮށްފައި ހުރި ލަޔާލީގެ ފޮޓޯ އަށެވެ. ލޫކަސް އަށް ގޮތްހުސްވިއެވެ. ބިންމަތީގައި ކަކޫޖަހައިން އިނދެ އަޑުން އަޑު ނަގައި ރޯން ފެށިއެވެ. ….. ލޫކަސް އެތައް އިރެއް ވަންދެން އެގޮތަށް ކަރުނަ އޮހޮރުވަން އިނެވެ…..
މިއީ މިހެން އިންނަންވީ ވަގުތެއްނޫން … ލޫކަސް އަށް ހިތާހިތުން ކިޔައިލެވުނެވެ. އަވަހަށް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ އަލަމާރި ކަބަޑް އިން ޑައިރީ އަދި ގަލަމެއްނަގައި އެނދުގައި އިނދެ އެއްޗެހިތަކެއް ލިޔަންފެށިއެވެ….
*** ދެ އަހަރު ފަސް****
ހިތާމައިގައި ދެ އަހަރެއްހާ ދުވަސް ފާއިތުވެދިޔައިރުވެސް ލޫކަސްގެ ޙަބަރެއް ނުވެއެވެ. ނަމަވެސް ލޫކަސްގެ ހަނދާންތައް އަބަދުވެސް ވަރަށް ތާޒާކަމާއި އެކީ ލަޔާލީގެ ހިތުގައި ދެމިހުރެއެވެ.. ލޫކަސް އާއިއެކު ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާނަށް ގެންނަ ކޮންމެ ފަހަރަކު ލަޔާލީގެ ލޮލުން ކަރުނަ ހިލިލައެވެ.
ލަޔާލީ އިނީ ބެލްކަނީގައި އިން ކުޑަ ގޮނޑިއެއްގައި އިށީދެގެންނެވެ… ކުއްލިއަކަށް ދޮރުގައި ބެލް ޖަހާލި އަޑު ލަޔާލީ އަށް އިވުނެވެ. ލަޔާލީ ތެދުވެގެން ގޮސް ދޮރު ހުޅުވައި ބަލައިލި އިރު ދޮރުމަތީގައި ހުރީ އީމާއެވެ. ލަޔާލީ ދިޔައީ ސިއްސައިގެންނެވެ.
” އީމް… ހާދަ ގިނަ ދުވަސް ކޮށްފަ ކޮންތާކު އުޅެ އުޅެފައި ..” ” ހުމް… ލަޔާަ…. ތި ހުރިހާސުވާލު ތަކަށްވެސް ޖަވާބް ދޭނަމޭ .. ދެން އަހަރެން ބޭރުގަ ބަހައްޓައިގެންތަ ތި ހުރިހާ ސުވާލެއް ކުރާނީ…؟”
” ނޫނޭ އަވަހަށް ވަދޭ…” ލަޔާލީ އެހެން ބުނުމުން އީމާ އެތެރެއަށް ވަނެއެވެ.. ލަޔާލީ އަނެއްކާވެސް އީމާ ކުރެން އެހިއެވެ.. ” ދެން ބުނެބަލަ ކޮންތާކުތަ އުޅުނީ މި އޮށް ހުރިހާދުވަހު… ފޯނަށް ގުޅެނީ ކީއެއްވެސް ނޫން..” މިހެން ބުނަމުން ލަޔާލީ ސޯފާގައި އިށީނެވެ.
” އަހަރެން ދިޔައީ ލަންޑަނަށް ކިޔަވަންވެގެން… އަހަންނާއި އެކު ނާހިލް ވެސް ދިޔަ..” ނާހިލް އޭ އެއީ ކާކު؟…؟” ” އެއީ އަހަރެންގެ ފިރިމީހާ.. ”
” ކީކޭ ފިރިމީހާ އޭ؟ ކޮންއިރަކު ކައިވެނި ކުރީ؟ ކީއްވެ ނުބުނީ…”
” ލަޔާ ހޮސްޕިޓަލުގައި އޮށްވާ އަހަންނަށް ލިބުނު ސްކޮލާޝިޕެއް ލަންޑަން އިން ދެން އޭރު ނާހިލް ވެސް ހުރީ މިކޮޅުގައި އެހެންވެ އަހަންނާއެކު ނާހިލް ވެސް ދިޔައީ… ކިޔަވާ ނިންމާފައި ކައިވެނި ކުރަން ހުރީ އެކަމަކު ނާހިލް ކިޔާވަރުން ކައިވެނި ކުރީ…”
” ދެން ކޮބާ ޒޭން؟ އަހަރެން ހީކުރީ ޒޭން އާކަމަށް އީމް ރައްޓެހި ވެގެން އުޅުނީ…”
” އާން… އެކަމަކު އެއީ ދުވަސްކޮޅެއްގެ ހުވަފެނެއް… އެހެން ނޫނަސް އެހެން މީހެއްގެ ހުވަފެނެއް އަހަންނަށް އޮތީ ބެލުމުގެ ކޮން ޙައްގެއް..!”
އީމާ އެހެން ބުނުމުން ލަޔާލީ އަކަށް އީމާބުނީ ކީކޭކަމެއް ނޭނގުނެވެ.. ” ކާކުގެ ހުވަފެނެއް އަހަންނަކަށް ނޭނގުނު…”
” ލަޔާ އަށް އިނގޭނީ ކޮންއިރަކު … އިނގެން ބޭނުން ނުވާ މީހަކަށް ނޭގޭނެ ކިތަށްމެ ގިނަދުވަހެއްވިޔަސް…. އަހަންނާ ޒޭން އާއި ވަކިވެއްޖެ ލަޔާލީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން.. އެހެން ނޫނަސް އަހަރެން ޒޭން ދެކެ ވީ އަސްލު ޙަގީގީ ލޮތްބެއް ނޫން ކަން އަހަންނަށް އެނގުނީ ނާހިލް އަނބުރާ އަހަރެންގެ ދިރިއުޅުމަށް އައިފަހުން… އަހަންނާ ޒޭން އާއި ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ނުހިގާ… ޒޭންގެ ހިތުގައި ވަނީ އެހެންމީހެއްގެ ނަމެއް… އަހަންނެއް ނޫން… އެމީހަކަށްޓަކައި ޒޭން އަބަދުވެސް އިންތިޒާރު ކުރަމުންދާ ޒޭން އެންމެ ލޯބިވާ ލޯބިވެރިޔާ….. އާން… ލަޔާ ޒޭން ލޯބިވަނީ ލަޔާ ދެކެ ކުރިންވެސް މިހާރުވެސް އަބަދުވެސް … ޒޭން އަކީ ހަމައެކަނި ލަޔާގެ ހައްގެއް..”
އީމާ ލަޔާލީގެ ކޮނޑުގައި އަތްއަޅައިލަމުން އެހެން ބުންޏެވެ.. ނަމަވެސް ލަޔާލީ ގާތަށް އައީ ރުޅިއެވެ. ” ކީކޭ ތިކިޔަނީ… ތި ކަހަލަ ޖެއްސުން ނުކުރޭ … އަހަރެންގެ ހިތުގައި ޒޭން އާއި ދޭތެރޭ ތި ހީކުރާކަހަލަ އެއްވެސް އެއްޗެއް ނެތް .. އަދި ޒޭން ދުވަހަކުވެސް ތިޔަކަހަލަ ވާހަކައެއް ނުބުނޭ… ކޮންމެ ދުވަހަކުވެސް އާދޭ އެކަމަކު ތިޔަކަހަލަ އެއްވެސް ވާހަކައެއް ނުބުނޭ…” ” ލަޔާ…. ބައެއް ފަހަރު އެއްޗެކޭ ނުބުނިނަމަވެސް އެބުނެވެނީ ވަރަށް ބޮޑު އެއްޗެއް….”
އީމާ ދެއްކި އެއްވެސް ވާހަކަ އަކުން ލަޔާލީ އަކަށް އެއްވެސް އަސަރެއް ނުކުރިއެވެ….
” މިހާރު 2 އަހަރު ވީ އަދިވެސް ލޫކަސް އަށް ވީ ގޮތެއް ނޭނގޭ… އަހަންނަށް ކޮންކުށެއް ކުރެވުނީ …. ލޫކަސް އަހަރެންގެ ހާލުވެސް ބަލައި ނުލަނީ…” ލަޔާލީ އެހެން ބުނުމުން އީމާ ހަލުއިކަމާއެކު ސޯފާއިން ތެދުވެގެން ގޮސް ބެލްކަނި އަށް ނިކުތެވެ. ލަޔާލީވެސް އީމާގެ ފަހަތުން ބެލްކަނި އަށް ނިކުތެވެ…. ” އަހަންނަށް ކީއްވެތަ ހީވަނީ އީމް އަހަންނަށް އެއްޗެއް ސިއްރު ކުރާހެން…. ޒޭން ގާތުވެސް އަހަރެން ލޫކަސް ގެ ވާހަކަ ދެއްކީމަ ޖަވާބެއް ނުދިން… ” އީމާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އަދި ލޫކަސް އާއި ބެހޭ ގޮތުން ސުވާލު ނުކުރުމަށްވެސް ލަޔާލީ ކައިރިން އެދުނެވެ…
އީމާ އަށް އިތުރަށް ދައްކާނެ ވާހަކައެއް ބޮލަކަށް ނައެވެ.
” ލަޔާ އަހަރެން ދެން ދަނީ….. މިރޭ މިއުޅެނީ ފުރަންވެގެން އިރާދަ ކުރެއްވިޔާ ވަރަށް އަވަހަށް އަނެއްކާވެސް ދިމާވާނެ..” އެހެން ބުނެފައި އީމާ އެގެއިން ނިކުމެގެން ދިޔައެވެ…. އީމާ ދިއުމުން ލަޔާލީ އަކަށް ހިންހަމަޖެހުމެއް ނުލިބުނެވެ…. ލޫކަސް މަތިން ލަޔާލީ ރެއާއި ދުވާލު އިންތިޒާރު ކުރެއެވެ.. ލަޔާލީ އަށް އަބަދުވެސް ހުރެވެނީ ދޮރަށް ބަލާލަ ބަލާލަ އެވެ. ހަމަ ދެންމެ ދެންމެ އައިސް ދަނެހެން ލަޔާލީ އަށް ހީވަނީއެވެ. ލޫކަސް އާއި ދޭތެރޭގައި ފިކުރު ހިންގެނީއެވެ. ސަބަބުތަކެއް ނެތީކީވެސް ނޫނެވެ… ނޭގިނަމަވެސް ލަޔާލީގެ ހިތުން ޖާގައެއް ލޫކަސް އަށް ދެވިއްޖެއެވެ..
ލަޔާލީ ފެންވަރަން ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވުމަށް ފަހު ހެދުން ތަށް ހާވަމުން ދަނިކޮށް އޭނާ އަށް ފެނުނީ ލޫކަސް ގެ ޑައިރީއެވެ… ލަޔާލީ ވަރަށް އުފަލުން ހުރެ ޑައިރީ ނަގައި ޑައިރީގައި އަތް ހާކާލިއެވެ. އަދި ޑައިރީ ހުޅުވާލިއެވެ…
ފުރަތަމަ ދެ ފޮޅުވަތް ކިޔާލުމާއި އެކު ލަޔާލީގެ ލޮލުން ކަރުނަ އޮހޮރިގަތެވެ.
* ލަޔާ… އަހަރެންގެ ޑައިރީ ލަޔާ އަށް ފެންނަ އިރު އަހަރެން ވަނީ ލަޔާއާއި ވަރަށް ދުރުގައެވެ… ނަމަވެސް އަބަދުވެސް އަހަރެން ލަޔާ އާއި އެކީ ވާނަމެވެ… ސަބަބަކީ އަހަރެން ލަޔާ ދެކެ ވާ ލޯބިއެވެ… ނަމަވެސް ލޯބި ހާމަ ކުރާނެ ބުނާނެ ހިއްވަރެއް ގަޔަކު ނުހުރެއެވެ…….. ސަބަބަކީ ލަޔާ ލޯބިވަނީ ޒޭންދެކެކަން އިނގޭތއެވެ.. ލަޔާއަށް އިނގޭ ހެއްޔެއެވެ… އަހަންނަށް ފުރަތަމަ ފެނުނު ދުވަހު އަހަންނަށް ލަޔާއަށް ވަރަށް އަހަރެންގެ ހިތުން ވަރަށް ޙާއްސަ މަގާމެއް ދެވުނެވެ… ކީއްކުރާނީ ހެއްޔެވެ… ތަގުދީރުގައި ނެތްކަމެއް ނުވާނެތާއެވެ…. އަހަރެން ބޭނުންވަނީ އަބަދުވެސް ލަޔާ އުފަލުގައި އުޅޭތަން ދެކޭށެވެ…. ނަމަވެސް ޑޮކްޓަރ ލަޔާގެ ހާޓް ފެއިލްވެ އަދި ވީހާވެސް އަވަހަކަށް ޙާޓް ޑޮނޭޓް ކުރާނެ ފަރާތެއް ހޯދުމަށް ބުނުމުން އަހަންނަށް ގޮތް ހުސްވިއެވެ.. އެންމެ ފަހުން އަހަރެން ނިންމީ ލަޔާ އަށް އަހަރެންގެ ހިތް ޑޮނޭޓް ކުރުމަށެވެ… ދުރަށް މިދަނީ ދާހިތަކުން ނެއް ނޫނެވެ.. ނަމަވެސް ކުރާަނެ ކަމެއް ނެތެއެވެ… ލަޔާ މަތިން ވަރަށް ހަނދާން ވާނެއެވެ.. ޙާއްސަކޮށް ލަޔާ ހަދާ މީރު ކެއުންތަކުގެ މަތިން ވަރަށް ހަނދާން ވާނެއެވެ… ހިއްވަރު ކުރާށެވެ. މިއީ އަސްލު ދުނިޔެ އެއް ނޫނެވެ. ހުވަފެނެކެވެ. ދުނިޔެ އަދި އޮތީއެވެ. ކޮންމެވެސް ދުވަހަކުން އަދި ދިމާވާނެއެވެ.. އެދުވަހަކުން ލޯބިހުށަހަޅާކަށް ފަހަތަކަށް ނުޖެހޭނަމެއެވެ. ވެގެން ވަންޏާ އަހަންނަށް މައާފް ކުރާށެވެ. *
ޑައިރީ ކިޔާ ނިމުނުތަނާ ލަޔާލީ ޙަބަރު ހުސްވެގެން ތަޅުންގަނޑު މަށްޗަވެއްޓުނެވެ. ނަސީބު ކަންދިމާކުރި ގޮތުން އެވަގުތަކީ ޒޭން އައިސް ކޮޓަރިއަށް ވަން ވަގުތެެވެ. ލަޔާލީ ވެއްޓިފައި އޮތް ތަން ފެނުމުން ޒޭން ދުވެފައި ގޮސް ލަޔާލީ ނަގައި އެނދުގައި ބޭއްވިއެވެ. އަދި ކޮލުގައި ދެތިން ފަހަރު އަތުން ޖަހާލިއެވެ.. ތެދުވެގެން ސިޓިންގ ރޫމް އަށް ނިކުމެ މޭޒުމަތީގައި ހުރި ފެންތަށި ހިފައިގެން އައިސް ލަޔާލީގެ މޫނަށް ފެން ކޮޅެއް ވިހުރުވައިލިއެވެ.
” ލަޔާ …. ލަޔާ… ކިހިނެއްވީ..؟
” ލޫކަސް ….. ލޫ… ކަސް….. އަހަރެން… އަހަރެން… ދޫކޮށްފަ ނުދޭ!!.. އަހަރެން ވަރަށް ލޯބިވޭ ލޫކަސް ދެކެ… ” ޒޭން ލަޔާލީ އަށް ގޮވާލުމުން ލަޔާލީގެ އަގައިން ބޭރުވި ބަސްތަކުން ޒޭންގެ ހިތް ކުދި ކުދިވި ކަހަލައެވެ. ޒޭން ކުރަމުން އައި ފޮނި އުއްމީދުތަށް ފުނޑުފުނޑު ވެގެން ދިޔައިހެން ހީކުރެވެން ފެށުނެވެ. ޒޭން އެދުން ތެދުވެ ކުރިއަށް ފިޔަވަޅެއް އަޅައިލި ތަނާ ޒޭންގެ ނަޒަރު ހުއްޓުނީ ބިން މަތީގައި އޮތް ޑައިރީ އަށެވެ…. ޑައިރީ ކިޔާ ނިމުނު އިރު ޒޭން ހުރީ އަޖައިބު ވެފައެވެ.. މީހަކު ދެކެ މިހާވަރަށް ލޯބިވާ މީހުންވެސް ދުނިޔޭގައި އުޅޭބާވައެވެ.. ޒޭން ހިތައް އަރިއެވެ… ލޫކަސް އަށް ވީ ކީއްކަމެއް ޙުދު ޒޭން އަކަށް ވެސް ނޭނގި ހުއްޓާ ކުއްލިއަކަށް ހަގީގަތް އެނގުމުން ޒޭން އަށް ވަރަށް އަސަރު ކުރިއެވެ. ލޫކަސް އާއި ޒޭން އަކީ ގާތް ދެކުރިން ކަމުގައިވާތީ ވެސް މެއެވެ. ޒޭން އަށް ރޮވެން ފެށުނެވެ…
ލަޔާލީ އަށް މަޑުމަޑުން ހޭވެރިކަން އަންނަތަން ޒޭން އަށް ފެނުމުން ޒޭން ބޭނުންވީ ލަޔާލީ އަށް ވަގުތު ކޮޅެއް ދޭށެވެ… ހިތުގައި ހުރި އުދާސްތަށް ބޭރުކޮށްލުމަށް އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަދިނުމަށެވެ. އެހެންކަމުން ޒޭން ކޮޓަރިން ނިކުމެގެން ދިޔައެވެ..
ލަޔާލީ ތެދުވެެ ޓިޝޫފޮށިން ދެތިން ޓިޝޫ ހިފައިގެން ވަނީ ފާޚާނާއަށެވެ. ފާޚާނާގެ ދޮރު ލައްޕައި ބާރަކަށް ރޯންފެށިއެވެ. ލަޔާލީގެ ހިތް މަޑުމަޑުން ވިރެމުން ދިޔައެވެ. ވެގެން ދިޔަ ކަންކަމުން އޭނާގެ ހިތަށް ތަދުވަނީއެވެ. ހިތްދަތިވަނީއެވެ. އެޔާއެކު އޭނާގެ ލޮލުން ކަރުނަތައް ހިފުހެއްޓުމެއްނެތި ރަތްކުލަ އަރައަރައި ހުރި ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. ދިރިއުޅުމަށް ކުރެވުނު އުއްމީދުތައް ފުނޑު ފުނޑުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
*** ދެމަސް ފަސް***
އެހެން ދުވަހެކޭވެސް އެއްފަދައިން ލަޔާލީ އިރު އޮއްސޭ ގަޑިއަށް ބޭރަށް ނިކުމެލިއެވެ… ދެމަސް ފާއިތުވެގެން ދިޔަ ނަމަވެސް ލަޔާލީގެ ހިތުން ލޫކަސްގެ ހަނދާންތަށް ފިލައިގެން ނުދެއެވެ.
ލަޔާލީ ހިނގަމުން ހިނގަމުން ގޮސް ވަދެވުނީ ރަސްފަންނަށެވެ… ވަރުބަލި ފިލުވުމަށްޓަކައި އެތާނގައި ބަހަށްޓާފައިވާ އުނދޯއްޔެއްގައި ލަޔާލީ އިށީނެވެ. ކުއްލިއަކަށް ލަޔާލީ އަށް ފެނުނީ ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު އައިސް ޖޯލީގައި އިށީން ތަނެވެ. ލަޔާލީ ވަރަށް ވިސްނުންތެރި ކަމާއި އެކު އެޒުވާނާ އަށް ބަލައިލިއެވެ. ކޮންމެވެސް ވަރަކަށް އަނދިރިކަން އެތަނަށް އޮތީ ވެރިވެފައިކަމުން އެއީ ކާކުކަމެއް ލަޔާލީ އަކަށް އިނގޭ ވަރެއް ނުވިއެވެ.. ނަމަވެސް އިރުކޮޅެއްފަހުން އެ ޒުވާނާ ލަޔާލީ އާއި ދިމާއަށް އަންނަތަން ލަޔާލީއަށް ފެނުމާއި އެކު ލަޔާލީ ޖޯލިން ތެދުވިއެވެ… ކައިރިއަށް އައިސް ހުއްޓުމުން ލަޔާލީ އަށް އެނގުނީ އެއީ ޒޭން ކަމެވެ.
” ޒޭން…. މިތާ ކީއްތިކުރަނީ…”
” ކަމެއް ނުކުރަން ކޮންމެދުވަހަކުވެސް އަންނަން ….. މިތަނަކީ ވަރަށް ހަނދާނުން ފިލައިގެން ނުދާނެ ތަނެއް..”
” އާން … މީގެ އަހަރު ތަކެއް ކުރިން މިތަނުން އަހަންނާ ލޫކަސް އާއި ފުރަތަމަ ބައްދަލު ވީ …. ކިހިނެއް ހަނދާން ނެތޭނީ….” ލަޔާލީ ދެރަވެފައިވާ ރާގަކަށް ބުނެލިއެވެ..
” ލަޔާ… މުޅި އުމުރު ތިގޮތުގައި ހޭދަކުރަންތަ ގަސްތުކުރަނީ…؟ ވެގެން ދިޔަ ގޮތް ހަނދާނުން ފޮހެލާފައި ކުރިއަށް ވިސްނަންވީނުން … ލަޔާ އަށް އިނގޭނެ އަހަރެން އަބަދުވެސް ލަޔާދެކެ ލޯބިވާ ކަން އަދި ލަޔާވެސް އަހަރެން ދެކެ ލޯބި ވީމެއްނުން …އަދި ތި ލޮތްބަށް އަބަދުވެސް އިންތިޒާރުގައި ހުންނާނެކަން….”
” ނޫން… ޒޭން… އަހަންނަށްޓަކައި ޒޭންގެ ހަޔާތް ބަރުބާދު ކޮށްލުމަކީ ބުއްދިވެރި ގޮތެއްނޫން…. ތެދެއް އަހަރެން ކުރިން ޒޭންދެކެ އިންތިހާ އަށް ލޯބިވިން…. ވަފާތެރިވިން…. ނަމަވެސް އަހަރެން ޒޭން ގެ ލޯބި އެންމެ ބޭނުންވި ދުވަހު އަހަންނަށް އަޅާލީ ލޫކަސް…. އަހަރެން ވަރަށް ފަޙުރުވެރިވޭ ލޫކަސް ދެކެ އަހަރެން ލޯބިވާތީ…. މުޅި އުރު މިގޮތަށް ހޭދަ ކޮށްލަންޖެހުނަސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް….”
” ލަޔާ އެކަނި ތި ގޮތުގައި ކިހިނެއް މުޅިދިރިއުޅުން ހޭދަ ކުރާނީ..؟
” ޒޭން… ކާކު ބުނީ އަހަރެން އެކަންޏޭ… އަހަންނާ އެކީ އަބަދުވެސް ލޫކަސްގެ ހަނދާންތަށް ވޭ،…. އަދި އަހަރެންގެ ހިތުގައި ވިންދުޖަހަނީ ހަމައެކަނި ލޫކަސް އަށް … ލޫކަސްގެ ހަށިގަނޑުގެ އެއްބައި ވަނީ އަހަންނާއި ގުޅިފައި…. މިހިތް އަހަންނާއެކީ ވާ ހިނދަކު އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް..” އެހެން ބުނެފައި ލަޔާލީ ގެއަށް ދާން ހިނގައިގަތެވެ.
* ނިމުނީ*
5 Comments
Comments are closed.
Nice
?
Thanks pinkish
nice……..
Thanks shafu