Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (އަށާރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
July 5, 2017 4 Mins Read
20 Comments

ހަޅޭއް ލަވައިގަތުމަށް ފަހު ރުއާ ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. އޭރު އަލާނިޔާ އިނީ ދެންމެ ރުއާގެ ފޯނުން ފެނުނު ނަންބަރާ މެދު ވިސްނާށެވެ. އެގޮތަށް ރުއާ ފުންމާލުމުން ލައިތްމެންނަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާން ކަމެކެވެ. އެމީހުން ތިރިއަށްވެސް ފޭބިއެވެ. ނަމަވެސް އެކަކުގެ ހިލަމެއްވެސް ނުވިއެވެ. މާވަރަކުން ދެން ހޯދަން ނޫޅުނީ އެމީހުންގެ ހަގީގީ މަގްސަދު ހާސަލި ކުރަން ހަމަޖެހިފައިވަނީ ދެން އަންނަ ހުކުރު ދުވަހުގެ ރޭކަމަށް ވާތީއެވެ. ތިން މީހުން މައްޗަށް އެރިވަގުތު ނޯޓެއް ފެނުނެވެ.

“ތިކުރި ކަމުގެ ބަދަލު ވަރަށް ހިތިވާނެ”

“ކޮބާ ލަންކާ ނަންބާރ ކޯރޑް އަކީ؟” ވިސްނުމެއްގެ ތެރޭގައި އިން އަލާނިޔާ އަހާލިއެވެ.. “94..ކިހިނެއްވީ؟” އަލާނިޔާގެ ސުވާލަށް ޖަވާބު ދިނެވެ. އެހާތަނުން އެމީހުންގެ ހޯދުމަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔައެވެ. އަދި އާ ރޭވުންތަކެއް ރާވާލިއެވެ.

“ޚީކޭ ތިބުނަނީ…ތީ ހަމަ އަލާނިޔާތ؟ މަންމަ ހާދަހާ ހަނދާނެއް ވެޔޭ ދަރިފުޅު މަތިން. އެކަމަކު މަންމަ ލަންކާޔަށް ފުރަންވީއޭ… އަދި އެވެސް މިހާރު؟ ދަރިފުޅާ ކޮބާތަ ލައިތް… ކިހިނެއްތަ މިވަނި..ދެން އެންމެ ރަނގަޅު. މަންމަ ތިކުދިންނަށް އިތުބާރު ކުރަން. މިދަނީ އެއާރޕޯޓަށް.” މަޒީނާ ފޯނޫ ބޭއްވުމުން އަލާނިޔާ ސަކްސަސްފުލް އޭ ކިޔާ ހަޅޭއްލަވައިގަތެވެ. ޓިކެޓުގެ ކަންތަށް ހީނުކުރާހާ އަވަހަށް ހަމަޖެހިގެން ދިޔުމާއެކު މަޒީނާއަށް އެޔާޕޯޓަށް ދެވުނީ ޗެކިންވާން ގާތްވެފައި ވަނިކޮށެވެ. ލަންކާއަކީ އޭނާއަށް އެހާ އާ ތަނެއް ނޫނަސް މާ ކަމުދާ ތަނެއް ނޫނެވެ. ނަމަވެސް އެކޮޅުން ބަލާވެސް ފޮނުވާނެކަމަށް އަލާނިޔާ ބުނެފައި ވުމާއެކު މަޒީނާ އެއްބަސްވީއެވެ.

އާދުވަހަކަށް އިރު އަރައިގެން އައި އިރު ކޮންމެ މީހަކަށްވވެސް އިންތިޒާރު ކުރެވެމުންދިޔައީ ނުވައެއްޖަހާނެ އިރަކަށެވެ.  ފަތިސްވުމުން ނަމާދުކޮށްލައިގެން ފިލްމެއް ބަލަން ޖައްސާލި ކުދިންނަށް ހަމަހޭވެރިކަންވީ އަލާނިޔާގެ ދޯނަށް ރުއާ ގުޅުމުންނެވެ. އަދި މިއަދު ށޮޕިންއަށް ދާންވީ ނޫންތޯ އެހިއެވެ. ނަމަވެސް އަލާނިޔާ ވަރަށް ކަންތަށް ބޮޑުކޮށްލާފައި އަވަހަށް އައިސްދީބަލާށޭ ކިޔާ ރޮއެގަންނަމުން ފޯނުކަނޑާލިއެވެ. އަދި ޔުސްރާމެންނަށް ބަލާަމުން ހީލިއެވެ.

ފަސްވަރަކަށް މިނެޓު ފަހުން ރުއާ ހުރީ އެގޭގައެވެ. އޭރު ލައިތް އަދި ޔުސްރާ ހުރީ ފޮށްޓެއް ހަފައިގެނެވެ. “ރުއާ. އަހަންނަށް ހީވަނީ މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ޝިފާންގެ އަތެއްހެން. އެކަމަކު އެކަން ހޯދޭކަށް ނެތް. ލައިތް މަންމަ އެބޮތް ލަންކާގަ. ވަރަށް ހާޅު ދެރަ. އެހެންވެ އިމާޖެންސީގަ މިދަނީ. ނުރައްކާ ނެތީ ރުއާއަށް. މިކަން ބަލާލަދީ. މާދަމާގެ ޕާޓީއަށޤ އަހަރެމެން އަންނާނަން. ވަރަށް ސަލާން. އަދި ބުނަން. ބަލައިގެން އުޅޭތި. އެއީ ކޮންމެ މީހަކަސް ވަރަށް ނުލަފާ މީހެއް.”

ރުއާ ވެސް ހާސްނުވާށޭ ހޯދާނަމޭ ބުނެލިއެވެ. ނަމަވެސް އެމޫނުމަތީގައި ވީނުތަނަވަސްކަމެވެ. މިހާރު އެއްކަމެއްވެސް އޭނާ ބޭނުން ގޮތަކަށް ނުދާތީ އެކަމާ ނުތަނަވަސް ވަނީއެވެ. ރުއާއަށް ނޭންގުނު ކަމަކީ ރުއާގެ ގޭމު އަލާނިޔާމެން އަނބުރާލައިފައި ވާކަމެވެ. ރުއާގެ ކޮންމެ ނާކާމިޔާބީއެއްގެ ފަހަތުގައިވަނީ އަލާނިޔާކަމެވެ. ރުއާ ދިޔުމާއެކު ތަޅުލުމަށްފަހު އަލާނިޔާމެން ވެސް ނައްޓާލިއެވެ. އެމީހުންނަށް އެކޮޅުގައި ހުރި ގެޔަށް ދެވުނީ މެންދުރެވެ.

މަޒީނާއަށްއަށް ލައިތް އަދި އަލާނިޔާ ފެނުމާއެކު އައިސް އޮޅުލައިގަނެފައި ރޯންފެށިއެވެ. މަޒީނާއަށް މުލައިލްގެ މަރުގެ ހަބަރުވެސް ލިބުނީ އެމީހުންގެ ފަރާތުންނެވެ. އެކަމާ މަޒީނާ ވަރަށް ރުޔެވެ. ނަމަވެސް އަލާނިޔާމެންގެ ހިތްވަރުން ހުއްޓުވުނެވެ. ޔުސްރާ ފެނުނީ އަދި މާ ފަހުންނެވެ. ޔުސްރާފެނުމާއެކު ދަރިފުޅާއޭ ކިޔާ ގޮވާލިއެވެ. އުފާވެރި ވަގުތު ކޮޅަކަށްފަހު މަޒީނާ އަދި ޔުސްރާ ގޭގައި ބޭތިއްބުމަށްފަހު އަލާނިޔާ އަދި ލައިތް ކޮލަންބޯގެ ޕޮލިސްޓޭޝަނަށް ދިޔައެވެ. “ހައި. މީ ރާއްޖޭގެ ޑީ.އޭ. ދެން މިހިރީ ރާއްޖޭގެ ސްޕެޝަލް ފޯސްގެ ޑިރެކްޓާރ. އަޅުގަނޑުމެންނަށް މިއަދު އޮންނާނެ މިކޮޅުގެ ޑިރެކްޓަރާ ބައްދަލު ކުރުމަށް މިއަދު އެޕޮއިންޓްމަންޓެއް.” އެތަނަށް ވަތް ގޮތަށް އަލާނިޔާ އެމީހުންގެ ބަހުރުވައިން ވާހަކަ ދައްކަން ފެށިއެވެ. ލައިތް މަޖާވެފައި ހީލަ ހީލާ ހުރީ ވާނުވާ ނޭންގޭ ހާލުއެވެ.

އިރުކޮޅަކުން އެތަނަށް ވަނީ ކަޅުކޮށް ވަރުގަދަކޮށްހުރި އިސްކޮޅުންދިގު ބިޔަ މީހެވެ. އެމީހާ ވަނުމާއެކު އެންމެން ކޮޅަށްތެދުވިއެވެ. އެޔާއެކު ފެނުނީ އަލާނިޔާ ބައްޕާއޭ ކިޔާ ހަޅޭއްލަވައިގަނެފައި ގޮސް އެމީހާގެ ގައިގައި ބައްދާލިތަނެވެ. އެމީހާވެސް ވަރަށް ލޯބިން އެއްޗެކޭ ބުނެލުމުން އަލާނިޔާ ލަދުން އިސްޖަހާލިތަން ލައިތްއަށް ފެނުނެވެ. ނަމަވެސް އެމީހަކު ބުނީ ކީކޭ ކަމެއް ނޭންގުނެވެ. އެހެން ހުއްޓާ އަލާނިޔާ އަތުން ހަނާ އަޅާލުމަށް ފަހު އަންނާށޭ ބުންޏެވެ. ލައިތް އެމީހުންގެ ފަހަތުން ބޭރަށް ނިކުތް އިރު ކާރެއްއޮތެވެ. ތިންމީހުންވެސް އެރީ އެ ކާރަށޭވެ. ހިއްގައިމު ފުރިހަމަ ކާރެކެވެ.

“ހާއި. ޑިރެކްޓާރ ލައިތް. ކިހިނެއްތޯ؟ އަޅުގަނޑަކީ ޝިނިހާރިން.” ސަލާމަށް އަތް ދިއްކޮށްލަމުން އެމީހާ ވާހަކަދެއްކީ ސާފު ދިވެހި ބަހުންނެވެ. ލައިތް ހައިރާންވެފައި އިންދާ އަލާނިޔާ ވާހަކަދައްކަން ފެށިއެވެ. “ބައްޕަ އުޅުނީ މާލޭގަ. އިނގޭ ދޯ އަހަރެން ކުޑައިރު ކޮންމެސް ފެމިލީއަކުން ބެލީކަން. ވެލް އެއީ ބައްޕަމެން. އެކޮޅު ގެޔަކީ މަންމަގެ ގެ. އެކަމު މަންމަ ވީ ކޮންމެސް ވިލެޖަކަށް ގޮސް. ” އެޔާ އެކު ލައިތްވެސް ހީލިއެވެ. އަދި އެސަލާމުގެ ޖަވާބު ދެމުން ރަނގަޅޭ ބުނެލިއެވެ.

ފަސްވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ގެއަށް އާދެވުނެވެ. މަޒީނާއަށް ޝިނިހާރިން ފެނުމާއެކު ހުރީ ނުހަނު އުފާވެފައެވެ. އޭރު މަޒީނާ ވަނީ ޔުސްރާއަށް ވެސް ކިޔައިދީފައި ކަމުން އޭނާ ވެސް ހުރީ ފުޅާ ހިނިތުންވުމެއް ވެރިކޮށްލައިގެނެވެ. ދެން އެތަނަށް ވަނީ ރާއްޖޭގެ ސިފައިންގޭގެ ބޮޑުމީހާއެވެ. އެޔާއެކު އެންމެންވެގެން މަޝްވަރާ ކުރަންފެށިއެވެ. “ޖޮނަތަން.. އެ ނަންބަރުގެ ވެރިފަރާތަކީ ޖޮނަތަން. އެއީ މިގައުމުގެ ވަރަށް ފުންނާބު އުސް ވިޔަފާރިވެރިޔެއް. އެހެން އޭނަހައްޔަރެއް ނުކުރެވޭނެ” ޝިންގެ ޖަވާބުން އެންމެން މާޔޫސްވިއެވެ. ނަމަވެސް ދެންވެސް ވާހަކަދެއްކީ ޝިންއެވެ. “އެކަމަކު ލާނީ ދަރިފުޅު ގޮސް އޭނަޔާ ވާހަކަ ދައްކަން ފެނޭ. އެއީ ވަރަށް ވިސްނޭ މީހެއް. މިދުވަސްކޮޅު މާގިނައިންނޭ ރާއްޖެ ދަނީވެސް. ކޮންމެސް ވަރަކަށް އިނގެނީ ކަންނޭންގެ ވާނުވާ.. ހަމަ މިހާރުން މިހާރށް އެކަން ހަމަޖައްސާލަ ދީފާނަން.” އެޔާއެކު ރާއްޖޭގެ ސްޕެޝަލްފޯސްތަކުގެ ވެރިޔާ ތިހާމް ހީލިއެވެ. އަދި ދިވެހި ގައުމަށްޓަކާ ކޮށްދޭކަންކަމަށް ޝުކުރު އަދާކުރިއެވެ.

އަލާނިޔާ ޖޮނަތަން އާ ބައްދަލު ކުރަން ދިޔައީ އެދުވަހު އެތާ ގަޑިން ހަތަރެއްޖަހަނިކޮށެވެ. އަލާނިޔާ އެ ބޮޑު ގޭގެ ރީތިކަމަށް ހާސް ފަހަރު ތައުރީފު ކުރިއެވެ. އޭނާ އެގޭ މަގަށް އެޅީއްސުރެ ފާރަވެރިން ތިބީ މިހާ އަގުބޮޑު ތަކެތި ހުރުމުންކަން އަލާނިޔާއަށް އެނގުނީ ގޭތެރެއަށް ވަދެވުމުންނެވެ. ގޭތެރެއިން ޖޮނަތަން އޭނާއަށް މަރުހަބާ ކީއިރު ޖޮނަތަން ވީ ވަރަށް ވެސް އެކުވެރި މީހަކަށެވެ.

“އަސްލު އެހާ ކުއްލިގޮތަކަށް ބައްދަލު ކޮށްލަން ބޭނުންވީމަ ވަރަށް ހައިރާންވި. އެކަމަކު ރުއާގެ އެކުވެރިޔެއްކަން އެނގުނީމަ ވަރަށް އުފާވެއްޖެ. ކިހިނެއް ހަދާލަ ދޭންވީ؟” އަލާނިޔާ ޖޮނަތަންގެ ސުވާލުން ފަސް ޖެހިގެން ދިޔައެވެ. “ބޭބޭ.. އެއްވެސް ކަމެއް ސިއްރު ނުކުރޭ ދެން އަހަންނަށް ކިޔައިދީ.. ރޫ ބޭނުމީ އަހަރެމެން މަރާލަން. ޕްލީޒް.. މިހާރު މުލްވެސް.. ހާޝިރްވެސް. އަދި އެތަށް ކުށެއްނެތް ބަޔެއް. ބޭބޭ.. އަހަންނަށް އިނގޭ ބޭބޭއަށް އަހަރެމެންގެ މާޒީ އިނގޭކަން. ބޭބޭ. ހެޔޮނުވާނެ. އަހަރެމެންނާ ހުރިހާ ދިވެހިން ސަލާމަތްކޮށްދީ. ރޫއަށް އެހެން ނުހަދާ..”

“އަހަންނަށް މާފު ކުރޭ..”

************************************************************

“އަހަންނަށް ރުއާ ފެނުނީމަގުމަތިން. ވަރަށް ހާލު ދެރަކޮށްއޮތީ. މޫނުމަތި ވަކި ވެސްނުވޭ. އެންމެ ފަހުން އަހަރެން ޕްލާސްޓިކް ސާޖަރީ ހެދުވީ. އަހަރެމެން ދިޔައީ އޮސްޓްރޭލިޔާއަށް. އަސްލު އެދުވަހު ދިމާވި ހިތްދަތި ހާދިޘާއެއްގަ އަހަރެންގެ ހަމަ އެ އުމުރުގެ އަންހެންދަރި އަދި އަންހެނުން ނިޔާވީ. އެހެންމެ އަހަރެން ރުހާއަށް އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ދިނީ.

އެކަމަކު އެއްރެޔަކު ކަންތައްތައް ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާ ގޮތަށް. އެރޭ ކާސިމު އަތުން އަހަރެން ސަލާމަތްވީ ކިރިޔާ. ދެން އިނގިއްޖެ މި ބަލީގެ ވާހަކަވެސް. އެހެންވެ އަހަރެން ރުއާއަށް ފަރުވާކުރަންފެށިން. އެކަމަކު އޭނަގެ ނަފްސު ބަލިކަށިވެ ބަދަލު ހިފުމުގެ ރޫހު އާލާވީ. އަހަރެން ވަރަށް ދެރަވި. އެކަމުވެސް ﷲ ރަހުމަތުން ދެއްވި ދަރިއެއްގެ އެދުމަށް ފުރަގަސް ނުދެވުނީ. އަލާނިޔާ ދަރިފުޅާ!!.. ރުއާ މިކަމުން ސަލާމަތް ކޮށްދީ. އެ ފަކީރަށް ދެރަ ގޮތެއް ވާތަން ބަލަން އަހަންނަކަށް ކެތެއް ނުވާނެ. އަހަރެން ތި މީހުންނަށް އެހީވާނަން.”

************************************************************

އަލާނިޔާ އުފަލުން ނީންދެވިގެން ޖޮނަތަންގެ ގައިގައި ބައްދާލިއެވެ. ކުރެވުން ކަންތައް ރޭކާލުމުން އަލާނިޔާ ލަދުން އަވސް އަވަހަށް ދުރަށްދާން އުޅުމުން ޖޮނަތަންވެސް އަލާނިޔާގެ ގައިގައި ބައްދާލަމުން އަލާނިޔާގެ ބޮލުގައި ފިރުމާލިއެވެ.

އެންމެން އެކުގައި އަލާނިޔާގެ ގެޔަށް ދިޔައިރު އަލާނިޔާގެ އިންތިޒާރުގައި އެންމެން ވެސް ތިއްބެވެ. ތިހާމްވެސްމެއެވެ. އަލާނިޔާ އާއި އެކު ވަތް ޖޮނަތަން ފެނުމުން އެންމެގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަދި ތިހާމްވެސް ޖޮނަތަންގެ ހިތްވަރަށް ސާބަސް ދިނެވެ.

އަލާނިޔާމެން މާލެ އައީ އެކި މީހުން އެކި ފްލައިޓުންނެވެ. އަލާނިޔާ ޔުސްރާ އަދި ލައިތް އައީ ހުކުރުދުވަހުގެ ހެންދުނުގެ ވަގުތެއްގައެވެ. އޭގެ މާކުރިން ތިހާމް އަދި ޖޮނަތަން އައެވެ. އަލާނިޔާމެންގެ އިސްތިގުބާލުގައި ހުރި ރުއާ ފެނުމުން އަލާނިޔާ ދުވެފައި ގޮސް ރުއާ އަށް ގުވާލަމުން ކޮނޑާ ކޮނޑު ޖައްސާލިއެވެ. އޭރު ލައިތްމެންވެސް އެދިމާއަށް އާދެއެވެ. “މަންމަ އޯކޭ؟ ބައިދަވޭ.. ޝީފާން އާ ބެހޭ މައުލޫމާތެއް ނުލިބުން. ސޮރީ” ރުއާ އެހެން ބުނެލުމުން އަލާނިޔާ ހީލާފާ މަންމަ ރަނގަޅޭ ބުނެލިއެވެ. އަދި އެއީ އެހާ ބޮޑު ކަމެއް ނޫނޭ ބުނެލިއެވެ.

އެމީހުން އެންމެން އެއްކޮށް ފުރަތަމް ރެންސްޓޯރެންތަކަށް ދިޔައީ ސައި ބޯލާށެވެ. އެޔަށް ފަހު ހަތަރު ކުދިން ވާހަކަ ދައްކަން ތިބުމަށްފަހު އެންމެ ފަހުން ރުއާ ދާނެޖެހިގެން ދިޔައީއެވެ. އެވާނީ ޖޮނަތަންގެ ކަމެއްކަމަށް އަލާނިޔާމެން ނިންމިއެވެ. އެއީ މާކުރިން ވެސް އެމީހުން ރާޥާފައި ވާގޮތަށް ވާތީއެވެ. ލައިތް މަޑުން އިނދޭ ޔުސްރާއަށް މެސެޖެއް ކޮށްލިއެވެ. އެޔާ އެކު ޔުސްރާ  ހަޅޭއްލަވައި ގަނެފައި ނުވާނެއޭ ކިޔާ ހަޅޭއްލަވައިގަތެވެ.

ނުނިމޭ..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ވަފާތެރިމަވިމޭ ( ފަހުބައި)

Next

zeek

Next
July 6, 2017

zeek

Previews
July 5, 2017

ވަފާތެރިމަވިމޭ ( ފަހުބައި)

20 Comments!

  1. imagination ?? says:
    July 5, 2017 at 11:58 pm

    in sha allah dhen oi part fridayga.. good night. though i didnt reply to sommnets.. all of them mwere really nice and loabi ingey.. love all of u <3

  2. reen says:
    July 6, 2017 at 12:26 am

    Wow i love it

    1. reen says:
      July 6, 2017 at 10:29 am

      Yey me 1st dhw

    2. imagination ?? says:
      July 6, 2017 at 8:52 pm

      thank you.. hehe yep first

  3. Xna says:
    July 6, 2017 at 12:32 am

    V salhi mi stry ves…thafaathu stry eh????..

    1. imagination ?? says:
      July 6, 2017 at 8:54 pm

      awwhh.. thaankss ?

  4. Naby says:
    July 6, 2017 at 12:36 am

    Yeyyy… me first…
    Keep it up… .dhen anna part dhigu kollahchey?

    1. imagination ?? says:
      July 8, 2017 at 10:05 am

      next time dhw.. thanks ?

  5. khajja says:
    July 6, 2017 at 2:00 am

    Masha allah v rythi ekam haadha kurey mihaalahun genesdhey irugaves dhen prt dhigukolla dhechchey v interesting stry eh ly gud nyt???❤❤???????

  6. who am i? says:
    July 6, 2017 at 2:11 am

    nyce keep it up! ??

  7. Pinkish says:
    July 6, 2017 at 2:52 am

    V v reethi.. ??

  8. Afoo says:
    July 6, 2017 at 4:50 am

    Ur stry is amazing imagination..waiting for the next part..whn will be the next part?

  9. sam♥ says:
    July 6, 2017 at 5:07 am

    v reethii waiting next part

  10. Jjey:) says:
    July 6, 2017 at 10:02 am

    Waiting❤?

  11. Adha? says:
    July 6, 2017 at 11:01 am

    It’s amazing ?? waiting for the next ep ?❤

  12. Chum handi says:
    July 6, 2017 at 12:03 pm

    Fantastic …. waiting for the next part….

  13. Dhiman says:
    July 6, 2017 at 6:51 pm

    Ey.. Haadha reehchey mi storryyyy… I just love thiss… How do u even get ideasss…. Woow. Need more dhivehi stories like thissss
    ???????

  14. ?❤️?? says:
    July 6, 2017 at 6:54 pm

    S P E E C H L E S S ??

  15. Psenhi says:
    July 6, 2017 at 10:43 pm

    Rythi

  16. luhan says:
    July 8, 2017 at 10:05 am

    Kba?kn irkn stry up vaany?

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (ނަވާރަވަނަބައި)←


All Right Reserved!