Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ދެވަނަ ބައި)

azzadhil Level 210 Stories100 Comments
July 5, 2017 4 Mins Read
9 Comments

” ނޫން.. އައިދަން ގެންގޮސް ދޭނެ..” ރުންކުރު ގޮތަކަށް އަރުޝީ ބުނެލިއެވެ.  އެވަގުތު ޒިވާން ކޮއްލި ކަމަކުން އަރުޝީ ސިހިގެން ގޮސް ދެލޯބޮޑުވިއެވެ. އަދި ބަލާކަށް ނުހުރެ ޒިވާން ކޯމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. އަދި އަރުޝީގެ ކޮންޑުމަތީގައި އޮތް ޒިވާންގެ އަތް ފޮޅުވާލިއެވެ.

” ހަބަރުދާރު.. އަދި އަހަރެންގެ ފިރިމީހާ ނިޔާވިތާ ބާރަ ގަޑިއިރުވެސް ނުވޭ ކަލޭ ތިއުޅެނީ އެކަމުގެ ފައިދާ ނަގަންދޯ.. އަހަންނަށް މާކުރިންވެސް އެނގޭ ކަލޭގެ ހިތް ނިޔަތް ހުރިގޮތް.. ” އަރުޝީ ޒިވާންއާއި ދިމާއަށް ހަޅޭލަވައިގަތީ މަގުމަތިންދާ މީހުންގެ ބެލުމަށް ފަރުވާލެއް ނުބަހައްޓައެވެ. ފަހަތުން އައިސް އައިސް ހުރި އައިދަންވެސް ދިޔައީ ސިހިގެންނެވެ. އަރުޝީއަށް އެވަރުކަމެއް ކުރަން ކެރުނު ކަމާމެދު ހައިރާންވިއެވެ. ޒިވާންއަކީ މޭލޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ކުރީގައި ހިމެނިފައިވާ މީހެއްގެ އިތުރުން މީހުންގެ އިއްޒަތާއި ގަދަރުވެސް ލިބިފައިވާ މީހެކެވެ. ޒިވާންގެ މުޅިއާއިލާއަކީވެސް ގަދަރުވެރި އާއިލާއެކެވެ. ޒިވާންއާއި އެއްހަމައެއްގައި ހިނގާން ނުކެރިފައި މީހުން ތިބިއިރު އަރުޝީގެ ފަރާތުން މިފެނުނު ކަމަކީ ވަރަށްވެސް ދަށު ދަރަޖައިގެ ކަމެއް ކަމަށް އައިދަންއަށް ޤަބޫލުކުރެވުނެވެ.

” މާފުކުރޭ.. އަހަންނަކީ ތިހީކުރާކަހަލަ މީހެއް ނޫން.. އަރުޝީއަށް އަށް ދިމާވި ދެރަ ގޮތް ހިތަށް އަރާފަ ދެރަވިވަރުން ކޮނޑުމަތީގައި އަތް އަޅާލެވުނީ ހިތްވަރުގެ ބަސްކޮޅެއް ބުނެވޭތޯ.. ހިޔެއް ނުކުރަން އަރުޝީ ތިގޮތަށް ހީކޮށްފާނެ ކަމަކަށް” ކޯމަތީގައި އަތުން ފިރުމަމުން ޒިވާން ވާހަކަ ދެއްކިއެވެ.

“ބުނާތީ އަޑުއަހަން ތިބޭފުޅާގެ އާއިލާ އަކީ ވަރަށް ދީންވެރި އާއިލާއެކޭ.. އަދި ހުދު ތިބޭފުޅާއަކީވެސް ވަރަށް ދީނަށް ލޯބިކުރާ މީހެކޭ ބުނާއަޑުއަހަން.. ހުދު ކައި ވެސް ދައްކާނެ ތިބޭފުޅާގެ ދީންވެރި ވާހަކަ.. އެކަމަކު އަހަންނަކަށް ނުފެނޭ އެކަހަލަ އެއްވެސް ކަމެއް.. އެހެންނޫނަމަ ހިިލޭ އަންހެނެއް ގައިގާ އަތްލުމުގެ ކުރިން ވިސްނާނެ.. ރައްރިތުންނަށް ދެއްކެވެން ވެގެން ދޯ ދީންވެރިކަމަށް ހެދިގެން އުޅެނީ.. ހަހް..” މިހެން ބުނެ އަރުޝީ މަޑުނުކޮށް އައިދަންގެ ކާރާ ދިމާއަށް ހިނގައިގަތެވެ.

” އަރުޝީ ޒިވާން ސަރ އާއި މެދު ތިކަންތައް ކުރީ ރަނގަޅަކަށް ނޫން.. އަހަރެން ބުނާ ބަހެއް އަހަންޏާ ޒިވާން ކައިރިން މައާފަށް އެދޭ.. ޒިވާން އަކީ ވަރަށް ރަނގަޅު އިންސާނެއް.. ވަރަށް މާތް އިންސާނެއް.. ވަރަށް ދެރަވެއްޖެ ޒިވާން އާ ދޭތެރެ ކަންތައް ކުރީ ގޮތުން.. ޒިވާން ސަރ އަކީ ކައިސަންވެސް ވަރަށް އިހްތިރާމް ކުރާ މީހެއް.. މިއަދު ކައިސަން ހުރި ނަމަ އޭނަ ކިހާ ދެރަވާނެ” ކާރު ދުއްވަމުން ދިޔައިރު އައިދަން ދައްކަމުން ދިޔަ ވާހަކައިން އަރުޝީއަށް އަރުޝީއަށް ލިބެމުން ދިޔައީ އިތުރު ނުތަނަވަސް ކަމެކެވެ. އެވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ވާހަަކަ ބުނުމުން އައިދަންވެސް އެވާހަކަ ނުދެއްކީ ހާލަތަށް ވިސްނާލާފައެވެ.

އަރުޝީއަށް ގެއަށް އާދެވުމާއެކު އެންމެ ފުރަތަަމަވެސް ބަލާލީ މާމަ ކޮބާތޯއެވެ. މިއަދުގެ ފަހުން މާމަގެ ހުރިހާ ޒިންމާއެއް ނަގަން އަރުޝީ ހުރީ ހިތުއަޅައިގެންނެވެ. ކައިސަން މާމައަށް ދިން ލޯބި ނުދެވުނަސް ހަމަ އެފަދަ ލޯތްބެއް މާމަައަށް ދޭން އަރުޝީ ބޭނުންވިއެވެ.

އެނދުގައި މަރިޔަމް ނިދާލާފައި އޮތްއިރު ކައިރީގައި އަވައްޓެރި ނަދީމާ އިށީނދެލައިގެން އިނެވެ. މަރިޔަމް ކައިސަން ބަލާބޮޑުކުރަމުން ދިޔައިރު އެންމެ ބޮޑު އެހީއެއް ލިބުނީ ނަދީމާގެ ފަރާތުންނެވެ. ނަދީމާއާއި އަރުޝީގެ އާއިލީ ގުޅުމެއް ނެތަސް އެދެމެދުގައި ވަނީ މަންމައާއި ދަރިއެއް ފަދަ ގުޅުމެކެވެ.

” އެކޮއެ ދާންވީނު މޭޒުމަތީގަ ހުރި ތަށިތައް ނަގަން… އޭގެން މިހާރު ނުބައި ވަސްދުވަން ފަށައިފި.. ނަދިއްތަ މަޑުކޮށްލާނަަން މާމަ ކައިރީ.. ރޮއެ ރޮއެފަ ވަރަށް އނދަގުލުން ނިދިފަ އެއޮތީ” ނަދީމާ މިހެން ބުނުމުން އަރުޝީވެސް މަޑުނުކޮށް ހިނގައިގަތީ އެދިމާއަށެެވެ. ކާމޭޒުމަތި ފެނުމާއެކު އަރުޝީއަށް ހުއްޓެވުނެވެ. އެއީ މީގެ ގަޑިއިރުތަކެއް ކުރިން އަރުޝީ ފޮނި އުއްމީދުތަކަކާއެކު ކައިސަންއަށް ޓަކާ ތައްޔާރު ކުރި ކާއެއްޗިއްސެވެ. އެތާނގަ އިދެގެން ކައިސަންއަށް އިންތިޒާރުކުރި ތަނެވެ. ހަނދާނަށް އަންނަމުން ދިޔައީ މިއަދު ހެނދުނު ގެއިން ނުކުންނަމުން ބުނެލި ބަސްތަކެވެ.

” މިއަދު ކައި އެންމެ ބޭނުންވަނީ އާރޫ އަތުން ހަދާފަ ހުރި ކަނޑު ކުކުޅާއި ބަތާ ކާން.. ” މިހެން ބުނެ ކައިސަން އަރުޝީގެ ދެއަތްތިލައަށް ބޮސްދިނެވެ. އަދި ނޭފަތް އެތެރެއަށް ދާމާލިއެވެ.

” އެއްވެސް އެއްޗެއް ނުހާކާ އިންނައިރުވެސް ހާދަ މީރުވަހެކޭ މިއަރަނީ.. އާރޫގެ އަތުން މީރު ތިކި ތިކި ޖަހާ ކަންނޭނގެ.. އެހެންވެގެން ކަންނޭނގެ އާރޫ ކައްކާ އެއްޗެހި އެހާ މީރީ..” ކައިސަން ބުނެލި ވާހަކައިން  އަރުޝީ އަށް ހެވުނެވެ. ކައިސަންގެ ބޮލުގައި މަޑުމަޑުން ޖަހާލީ މޮޔަގަނޑޭ ބުނެލަމުންނެވެ. އެއަށް ފަހު ކައިސަން ތައްޔާރުވެގެން ގެއިން ނިކުތީ އަރުޝީގެ ކޮލަށް ބޮސްދިނުމަށްފަހު އައިދަން ގޮވައިގެން މެންދުރު ކާން އަންނާނަން ކަމަށް ބުނަމުންނެވެ.

………………………………

ކާމޭޒު ކައިރީއިން އަރުޝީއަށް ބޭއިޙްތިޔާރުގައި އޭނާގެ ކޮލުގައި ފިރުމާލެވުނެވެ. މަޑު އާހަކާއި އެކު ދެލޯމަރާލިވަގުތު ލޮލަށް ޖަމާވެފައި ހުރިހާ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ރޮނގަކަށް ފައިބާންފެށިއެވެ. އެއަށްފަހު ތަނަށްވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ އަރުޝީގެ މަޑުމަޑު ގިސްލުމުގެ އަޑުންނެވެ. އަރުޝީއަށް ކައިސަންއެއް ދެން ދުވަހަކުވެސް ނުފެންނާނެއެވެ. ކައިސަންގެ ބީހުންތަކެއް ވެސް އިހްސާސެއް ނުކެރެވޭނެއެވެ. އަދި އަރުޝީއަށް އެންމެ ރީތި ފިރިހެންވަންތަ އެ އަޑުވެސް ނީވޭނެއެވެ. ނަމަވެސް އަރުޝީގެ ހިތާއި ސިކުނޑީގައި ކައިސަން އަބަދުވެސް ދިރި ހުންނާނެއެވެ. ކައިސަން މަތިން ހަނދާން ނައްތާލުމަކީ ދިރިހުރިހާ ދުވަހަކު ނުކުރެވޭނެ ކަމެކެވެ. އަނދިރިވެފައިވާ އަރުޝީގެ ހަޔާތަށް އަލިކަމެއް ގެނެސްދިން ފަރާތް އަނެއްކާވެސް އަނދިރިކޮށްލުމަށްފަހު ދުނިޔޭންވަކިވުމަކީ އަރުޝީއަށް ލިބުނު އެންމެ ބޮޑު އެއް ހިތާމައެވެ.

މޭޒުމަތި ސާފުކޮށްލުމަށްފަހު އަރުޝީ ކޮޓަރިއަށް ދިޔައީ ފެންވަރާ ނަމާދުކޮށްލުމަށެވެ. ނަމާދަށް ހުރިއިރުވެސް އަރުޝީއަށް އިރުކޮޅުކޮޅުން ރޮވެމުން ދިޔައެވެ. ކެތްތެރިކަމާއި ހިތްވަރުދެއްވުމަށް އެދި މާތްﷲގެ ހަޒްރަތަށް ދުއާ ދެންނެވީ ވެސް ރޮވޭހާލުގައެވެ. އަދި ކައިސަންއަށް ކުރެވިފައިވާ ކުދިބޮޑު އެންމެހާ ފާފަތައް ފުއްސަވާ ސުވަރުގެ ގޭގެ އެންމެ މަތީ ދަރަޖަ ދެއްވާތޯވެސް ދުއާ ކުރިއެވެ.

އޭގެ ފަހުން ހަމަސް ފާއިތުވެގެން ދިޔައިރު އަރުޝީ ހަމައަކަށް އެޅުނު ނަމަވެސް މަރިޔަމްގެ ހާލު ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ދެރަވަމުންނެވެ. އެއްގޮތަކަށްވެސް ތެދުވެވޭވަރު ނުވާތާ ދެމަސް ވެދާނެއެވެ. މަރިޔަމްގެ ފަރުވާގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން ދިޔައީ އާރްވާން ކުންފުނީގެ ފަރާތުންނެެވެ. ނަމަވެސް ގޭގެ ބިލުތަކާއި ކުލި ދައްކަން ޖެހިފައިވުމުން އަރުޝީ ވަޒީފާއަކަށް ނިކުންނަން މަޖުބޫރުވިއެވެ. އާދައިގެ އަމިއްލަ އޮފީހެއްގައި މަސައްކަތްކުރާ އަރުޝީ އަށް ލިބޭ މަދު މުސާރައިން ދެކޮޅުޖެހެނީ ހަމަކިރިޔާއެވެ. ގިނަ ދުވަސް ދުވަހު ގޭގައި ކާނެ އެއްޗެއް ނުވެސް ހުރެއެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ނަދީމާއާއި އައިދަންގެ ފަރާތުންނެވެ. ކޮންމެ މަހަކުވެސް އައިދަން އެގެއަށް ކެއުމަށް ބޭނުންވާ ތަކެތި ގެނެސްދޭނެއެވެ. އައިދަންގެ މިއެހީތެރިކަމަށްޓަކައި އަރުޝީ ހުންނަނީ ޝުކުރު އަދާކުރާނެ ގޮތެއް ނޭނގިފައެވެ. ކައިސަންގެ އެވަރުގެ ރަހުމަތްތެރިއަކު ހުރީތީ މާތްﷲއަށް ހަމްދުކުރިއެވެ.

އެއްރެއެއްގެ ވަގުތެކެވެ. އޮފީހުން އައިސް މަރިޔަމްއަށް ކާންދީ ބޭސްދިނުމަށްފަހު އަރުޝީ ކޮޓަރިއަށް ދިޔައީ އަރާމުކޮށްލުމަށެވެ. މުޅި ދުވަހު އުޅެވުނުލެއް ބުރަކަމުން އަރުޝީ ހުރީ ފާޑަކަށް ލޮޑުވެފައެވެ. އެނދުގައި ޖައްސާލުމަސްފަހު ލޯމަރާލީ ނިދޭތޯއެވެ. ލޯމަރާލުމާއެކު ސިފަވެގެން ދިޔައީ ކައިސަންގެ ހިނިތުންވެފައިވާ މޫނެވެ. އަރުޝީއަށް ހިނިތުންވެވުނީ ބޭއިހްތިރާރުގައެވެ. އެހެނީ އަރުޝީއަށް ހިތްހަމަޖެހުން ލިބެނީ މިފަދަ ހިޔާލުތަކުންނެވެ. ފުން ނިންޖެއްގެ ތެރެއަށް ގެބިގެން ދިޔައީވެސް މިފަދަ ހިޔާލުތަކެއްގައި ވަނިކޮށެވެ.

ނިދުނު ތާ އިރުކޮޅެއްވެސް ނުވަނީސް އަރުޝީއަށް ހޭލެވުނީ މީހަކު ދޮރު ހުޅުވާލި އަޑު އިވިގެންނެވެ. ކޮޓަރިތެރެއަށް އަނދިރިކަން ވެރިވެފައި އޮތުމުން  މީހެއްގެ މޫނެއް ނުފެނެއެވެ. އެމީހާ އަރުޝީއާއި ދިމާއަށް އަންނަހެން ހީވުމުން އަރުޝީ ކުއްލިއަކަށް ތެދުވިއެވެ. އަދި އެނދުން ތެދުވެގެން ލައިޓް ދިއްލަން ދުއްވައިގަތެވެ. ނަމަވެސް އޭގެ ކުރިން އެމީހަކު އަރުޝީގެ ގައިގާ ހިފައިގަތެވެ. އަދި ހަޅޭއްލަވަން އަނގަ ހުޅުވާލުމާއެކު އަނގަމަތީގައި ބާރަށް އަތްއެޅިއެވެ. އެއަށްފަހު ލުއި ފަތްކޮޅެއްހެން އަރުޝީ އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ކައިރިއަށް އަންނަންފެށިއެވެ. ތެޅި ތެޅި އޮތް ހިތަކާ އެކު އަރުޝީ ބެލީ ފޯނު ފެނޭތޯއެވެ. ނަމަވެސް އޭގެ ކުރިން އެމީހާ އައިސް އަރުޝީގެ ދެއަތުގައި ހިފެހެއްޓިއެވެ. އަރުޝީ ހިތްވަރު އެލުވައެއް ނުލައެވެ. އެމީހާގެ ކިބައިން ސަލާމަތް ވުމަށް ކުރެވެން އޮތް ހާ މަސައްކަތެއް ކުރިއެވެ. ނަމަވެސް ދަންވަރުގެ އެވަގުތުގައި އަރުޝީގެ އަޑު އަހާނެ އެއްވެސް ފަރާތެއް ނެތެވެ. އެމީހާގެ އަތްދަށުން ސަލާމަތްވުމަށް ތެޅިފޮޅެމުން ދިޔައީ ރޮއެ އާދޭސްކުރަމުންނެވެ. ސައިޑް ކަބަޑުމަތީގައި ހުރި ބިއްލޫރިތަށި އަތުގައި ޖެހުމާއެކު ބަލާކަށް ނުހުރެ އެތަށިން އެމީހާގެ ބޯމަތީގައި ޖެހިއެވެ. އެއާއެކު އެމީހާގެ ކަރުތެރެއިން ނިކުތީ ވޭނީ އަޑެކެވެ. އެއަށްފަހު އަރުޝީ ގައިން ދޫކޮށްލުމަށްފަހު ބޯމަތީ އަތް އަޅައިގެން ހުރެ ދުވެފައި އެތަނުން ނިކުތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

އައިރީން…(8)

Next

މިލްކު ކޮށްލީ ހިތޭ (ކިޔުންތެރިންގެ ސަމާލުކަމަށް)

Next
July 5, 2017

މިލްކު ކޮށްލީ ހިތޭ (ކިޔުންތެރިންގެ ސަމާލުކަމަށް)

Previews
July 5, 2017

އައިރީން…(8)

9 Comments!

  1. maroon says:
    July 5, 2017 at 4:15 pm

    Wow .. waiting for the next ep ?

  2. yaanaa says:
    July 5, 2017 at 4:25 pm

    Omg kaaku baa n thankoleh avaha upload koh dheeba..by the way nice story:-*:-*:-*:-*:-*(^^)(^^)

  3. Adha? says:
    July 5, 2017 at 4:57 pm

    Its really nice..? knme faharaku thi ninmaalany readers question mark eh therey bahahtaafa dw.. hehe..?? waiting for next ep ?

  4. hayyu says:
    July 5, 2017 at 4:57 pm

    koooo…… kokko epy aaan….. ma……

  5. Xxxx says:
    July 5, 2017 at 5:45 pm

    Mi story v.kiyaahiyvvey..next part thankolheh avahah genesdhehchey ingey dear..v nice?keep it up…

  6. khajja says:
    July 5, 2017 at 6:23 pm

    Oh wow masha allah v rythi v furihama komme faharakuves nimmaathilany mikhala boa govvaalan jehey kahalathsnakah dhw?? aee kaakubaa?? Anekkaa aidhan akah nuvaanebaa!!?? noony zivaanves badhaluhifumuge gothun aissaane dhw ekam bodan hyvany hama aidhan ge kamen hen dhen engidhaanethaa dhw will wait thankolheh avahah up kolla dhechchey ??❤❤❤???????????

  7. Pinkish says:
    July 6, 2017 at 2:57 am

    Amazingly perfect.. hehehe.. waiting for next part.. ??

  8. Anonymous says:
    July 6, 2017 at 11:32 am

    woww vaahaka v salhi.. waiting for another part.. vaahaka thankolheh dhigukohlaane nama.. anehkaa aidhan tha a ulheny?

  9. 7754 says:
    November 14, 2017 at 8:33 pm

    Asluga v rythi vaahaka.. Ehkamu faahaga kohlaan beynun kameh v ma bunehlan… Maruviya eynage ihushaasss kureh veyneh dhunieyga huri my hakah… Sikudyga hunahadhaanakah vx kiyrh dhaaneh ihusaass A’key.

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ތިންވަނަ ބައި)←


All Right Reserved!