Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިރީން…(8)

Aufyy <3 Level 1100 Comments10 Stories
July 5, 2017 4 Mins Read
22 Comments

ސަހީމް ބަލަން ހުރީ ޝައްކުގެ ނަޒަރަކުންނެވެ. އަހަރެން ބޯދެފަރާތައް ހޫރުވާލީ ސަހީމް ހިތަށް އެރި އެއްޗެއް އެނގޭ ހާލުއެވެ. ދެން ފެނުނީ ސަހީމް އަހަރެން ގޮސް އެނދުމަތީ ބަހައްޓާލި ތަނެވެ.”އައިމް ސޮރީ…އިނގޭ އެގޮތަށް ރިއެކްޓް ކިރެވުނީމަ ނަމާ ތިހުރީ ހާޓް ވެފަ ކަން…އެކަމް ނަމާ ނަމަވެސް އެހެން ވާނެ އެއްނު ދޯ…އަންޑަސްޓޭންޑްވޭ ދޯ…އެކަމް ވާނެ ޑޮކަށް ދައްކަން…މިގުޅަނީ ފެމިލީ ޑޮކަށް…” ސަހީމް އަޑުގައިވީ އޯގާތެރިކަމެވެ. އަހަރެންވެސް އެއީ މާބޮޑު ކަމެއްނޫނޭ ބުނެ ސަހީމް ހަމައަކަށް އަޅުވާލީމެވެ.ނަމަވެސް އޭނަ ޑޮކަޓަރަށް ގުޅިއެވެ.

ޑޮކްޓަރު ބަލާފައި ބުނީ އަހަރެން ހައިބަނޑާ ހުރުމުގެ ސަބަބުން ބަނޑުގައި ވައި ހެދި އޭގެ އަސަރު ބޮލަށް ކުރުމުން ވީ ގޮތެއް ކަމަށެވެ. އަހަރެންވެސް ހަނދާންވީ ދެނެވެ. ކައިވެނީގެ ފޯރީގައި އަހަރެންނަށް އުޅެވުނީ ހެދުނު ކޮފީއެއް ބޯލި ގޮތަށެވެ.

ނަމަވެސް އަހަރެންގެ ހިތަށް ނޭނގޭ އުނދަގޫ ތަކެއް ވަމުން ދިޔައެވެ. ސަހީމް މޫނުމައްޗަށް އެރި ކުލަވަރު އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެން އަސްލުވެސް ބަނޑުބޮޑުވި ނަމަ ސަހީމް އަހަރެން ދޫކޮށްލާފަ ދާނެކަމެވެ. އެހެން ވެއްޖެޔާ އަހަރެން މޮޔަވެސް ވެދާނެއެވެ. އެހެނަސް އަހަރެން ސުވާލު ނުކުރީ ސަހީމް ހިތަށް އަރުވާފާނެ އެއްޗަކާމެދު ބިރުންނެވެ.

ކޮންމެއަކަސް ސަހީމްގެ އާއިލާ އަހަރެންނަށް ވަރަށް ހެވެވެ. ސަހީމް ބައްޕަ ނެތްކަމަކު އޭނަގެ މަންމަ އަހަރެން ބަލަނީ އުފަން ދަރިއަކު ފަދައިން ލޯބިދީގެންނެވެ. އެގޭގައި ސަހީމް މަންމަ އާއި ދައްތަގެ އިތުރުން ސަހީމްގެ ބޭބެ އަދި ޅިޔަނުވެސް އުޅެއެވެ. ސަހީމް ބޭބެ ފެނުމުން އަހަރެންނަށް ދަންނަ ވައްތަރެއް ޖެހިނަމަވެސް ފެނުނީ ކޮންތާކުން ކަމެއް ނޭނގުނެވެ. އެއަޑު އިވުމުން އަހަރެން ގައިން ހީބިހި ނަގައިން ދިޔައީ އެރޭ އަހަރެންގެ އިއްފަތް ފޭރިގަތް މީހާގެ އަޑާ ވައްތަރު ވުމުންނެވެ.

އެހެން ކަމުން އަހަރެންގެ ޝައްކު ޔަގީނަށް ބަދަލު ކުރުމަށްޓަކައި އަހަރެން ސަހީމް ކައިރި އޭނައާއި ބެހޭގޮތުން އޮޅުން ފިލުވީމެވެ. ނަމަވެސް ސަހީމް ބުނިގޮތުގައި ބޭބެ މާލޭގަ އުޅެފަ މިކޮޅަށް އެނބުރި އައީ ވަރަށް ފަހުން ކަމުގައެވެ. ވީއިރު އެދެމީހުން އެކަކަށް ވެދާނެ ހެއްޔެވެ؟

ހާޝިދުވެސް އޭގެ ހަފްތާއެއް ފަހުން ސަމީރާ އާއި ކައިވެނި ކުރިއެވެ. އަހަރުންގެ ކައިވެންޏައް ދެމަސް ފުރުނު ފަހުން އަހަރެންނަށް ބަލިވެ އިން ކަމުގެ ޙަބަރު ޑޮކްޓަރު ދިނެވެ. ކާކުގެ ދަރިއަކަށްތޯއެވެ؟ ސަހީމްގެ ދަރިއަކަށެވެ.

އެޙަބަރު ލިބުމުން އުފަލުން ސަހީމްގެ ހައްޓަކު ހެއެއް ނެތެވެ. އޭނާ އުޅުނު ގޮތުން ހީވީ ބަނޑުބޮޑުވީ އޭނަހެންނެވެ. މުޅިދުވަސް އެއްކޮށް ދަތްތައް ފެންނަ ވަރަށް ހީލައިގެން އުޅުނެވެ. ހާޝިދު އަދި ސަމީރާވެސް އެވަރެވެ. އަހަރެން ބަލިވެއިންކަން އެނގުނު ފަހުން ގެއަށް ހީވީ ޢީދެއް އައިސްގެން އުޅުނު ހެންނެވެ. ގެއިން މީހުން މަދުވަނީ ނިދާ ގަޑި ޖެހުމުން އެކަންޏެވެ.

އުފަލާއި މަޖަލުގައި ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ބަނޑަށް 8 މަސް ފުރުނެވެ. ސަމީރާގެ ބަނޑަށްވެސް 5 މަސް ފުރުނެވެ. އަހަރެމެން ދެމީހުން އެއްތަން ވެއްޖެޔާ އަބަދުވެސް ސަމީރާގެ ބަނޑު ކުޑައޭ ކިޔާފަ ދެމީހުން އެތަކެއް ސަކަރާތެއް ޖަހަމެވެ. އަދި ހަތަރުމީހުން އެކުގައި ބޭރަށްގޮސް ތަފާތު ފޮޓޯތައް ނަގާ ހަދަމެވެ.

އެއްރެއެއްގެ ދަންވަރެވެ.އަހަރެންނަށް ހޭލެވުނީ ބަނޑަށް ތަދުވާވަރުންނެވެ. އަހަރެން ކަރުހިއްކާއިގަނެގެން ފެންބޯން ބެލިއިރު ފެންޖަގު ހުރީ ހުސްވެފައެވެ. ވަރަށް ހިތްވަރު ކޮށްފައި އަމިއްލައަށް ތެދުވެގެން ބަދިގެއަށް ދިޔައީ ސަހީމަށް އުނދަގޫ ނުކުރުމަށެވެ. އެހެންނަމަވެސް ބަދިގެއާއި ހަމައަށް ދެވުމާއެކު ބަނޑަށް އެރި ކުއްލި ތަދަކާއެކު އަހަރެންގެ އަތުން ޖަގު ދޫވެގެން ވެއްޓުނެވެ. ބަނޑުގައި އަތްއަޅާ ހުރިތަނަށް ތިރިވީ ތަދު ކުޑަވޭތޯއެވެ. ނަމަވެސް ހިނދެއް ހިނދަކަށް ތަދު ގަދަވަމުން ދިޔައެވެ. އަހަރެން ބިރުގަތެވެ. ސަހީމަށް ގޮވަން ފެށީމެވެ. މަންމައަށްވެސް ގޮވީމެވެ. ހަމައެވަގުތު ދިޔާއެއްޗެއް ފައިބައިގެން ދިޔަ ކަމުގެ އިހުސާސް އަހަރެންނަށް ވިއެވެ.

ސަހީމް ދުވެފައި އައިސް އަހަރެން އަތްދަނޑި މައްޗަށްލާ ނެގިއެވެ. މަންމަވެސް ނުކުމެ އަވަހަށް ބުރުގާ އަޅައިން އެންބިއުލާންސަށް ގުޅިއެވެ. މަދު ސިކުންތު ކޮޅެއް ތެރޭ އެންބިއުލާންސް އަތުވިއެވެ. ހޮސްޕިޓަލަށް ވަދެވުނުއިރު އަހަރެންގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅިގަތެވެ. ބަނޑަށްވާ ތަދުން އަހަރެން ބިރުގަތީއެވެ. އަހަރެން އޮޕަރޭޝަން ތިއޭޓަރަށް ވައްދަންދެން ސަހީމް އަހަރެންގެ އަތުގައި ހިފައިގެން ހުއްޓެވެ.

އިރުގަނޑެއް ފަހުން އަހަރެން ކަންފަތުގައި ތުއްތު ދެ ކުދިންގެ އަޑުޖެހުނެވެ. އެއާއެކު އަހަރެންނަށް ދާދި ދެންމެއަކާ ޖެހެންދެން އިހުސާސް ކުރެވުނު ވޭންވެސް ފިލައިގެން ދިޔަކަހަލައެވެ. ނަރުސް ކުއްޖާ އަހަރެންގެ އުނގަށް ދެކުދިން ލިއިރު އަހަރެންގެ ހިތަށް ބަޔާން ކުރަން ދަތި އުފާވެރި ކަމެއް ލިބުނެވެ.

އަހަރެންނަށް ހެވެރިކަން ވީއިރު ކައިރިން ބަޔަކު ހުނުމުގެ އަޑު އިވުނެވެ. ލޯހުޅުވާ ބަލައިލިއިރު ތުއްތު ދެކުދިންނަށް ބަލަބަލާފައި ކޮންމެވެސް ވާހަކައެއްގައި މަންމަ އާއި ސަހީމު ތިއްބެވެ. އަހަރެން މަންމައަށް ގޮވާލީމެވެ. މަންމަ އަހަރެންގެ ކައިރިއަށް އައިސް އިށީނެވެ.”ކޮބާ…ކޮން ނަމެއްތަ ކިޔަނީ ބެބީސްއަށް؟؟” “އައިރީން އާ އަރީން…ލޯބި ދޯ…އައިރީން އޭ ސަހީމަށް ވަރަށް ރީތި ވެގެން އުޅޭ ނަމެއް…ކޮބާ ބައްޕަ؟؟” އަހަރެން ބައްޕަ ނުފެނުމުން އަހާލީމެވެ. “ވަރަށް އިރު ވަންދެން މިތާ ހުރެފަ ދެންމެ އެދިޔައީ…”

އަހަރެން މަންމައާއި ވާހަކަ ދައްކަން އިންދާ ރޫމް ދޮރު ހުޅުވުނު އަޑަށް ބަލައިލި ތަނުން އަހަރެން ދިޔައީ ސިހިގެންނެވެ. ހާޝިދު ހުރި ހާލު ފެނި ކަމެއް ގޯސް ވެއްޖެ ކަން ނަގައިގަނެވުނެވެ “ސަމީރާ…” ސަހީމަށް ބުނެވުނީ އެހިސާބަށެވެ. ހިފަހައްޓާލައިން ހުރި ކަރުނަތައް ބޭރުވީ ކޮށްފައި ހުރި އަސަރެއްގެ ބޮޑުކަމުން ކަން ޔަގީނެވެ.

ސަމީރާއޭ ބުނުމުން އަހަރެންގެ ހިތްތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. ވަގުތުން އެނދުން ތެދުވެ ހާޝިދު އާއި ދިމާލަށް ދެވުނީ ބޭއިޙްތިޔާރުގައެވެ.”ކޮބާ ސަމީރާ؟؟؟ ކިހިނެއްވީ އޭނައަށް؟؟؟ އޭނ؟؟؟” އަހަރެން ހާސްވެފައި ހުރިވަރުން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ކުޑަ ދެ ކުދިން ކައިރި ހުރި ސަހީމް އައިސް އަހަރެން ހަމައަކަށް އަޅުވަން އުޅުނެވެ.

“ސަމީރާ މިސްކެރިޖް ވީ…ޖެހިގެން އިން ރޫމްގަ އިނީ…އަހަރެންނާ ވާހަކަވެސް ނުދެއްކި…”ވަރަށް ހިތްވަރު ކޮށްފައި ހާޝިދު ބުންޏެވެ.އަހަރެންނަށް ހީވީ އަހަރެންގެ ކަންފަތް ބުޑުން ބޮމެއް ގޮއްވާލި ހެންނެވެ.

އަހަރެން ވަގުތުން ސަމީރާ އެޑުމުޓް ކުރެވިފައިވާ ރޫމާއި ދިމާލަށް ދިޔައިމެވެ. ސަމީރާއަށް އަހަރެންގެ ބޭނުން ވަރަށް ބޮޑުވާނެ ކަމަށް އަހަރެން ދެކުނީމެވެ.އަހަރެން ދޮރު ހުޅުވާލި ތަނުން އިވުނީ ސަމީރާގެ ހުނުމުގެ އަޑެވެ. “ދޮގު ދޯ ތިހަދަނީ؟؟ އަހަރެންގެ ދަރި މަރެއް ނުވާނެ…ގެނޭ އެކުއްޖާ…” ސަމީރާ ހީވީ ބުއްދި ފިލާ ގޮސް ހުރި މީހެއް ހެންނެވެ.

ސަމީރާގެ ހާލަތު ފެނި އަހަރެންނަށް ހުރިތަނަށް ތިރި ވެވުނެވެ. ދެވަނަ ސިކުންތުގައި ފެނުނީ ސަމީރާ މަގޭ ދަރިއޭ ކިޔާއި އަޑުން އަޑު ނަގާ ރޯން ފެށި ތަނެވެ. އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. ސަމީރާ ކައިރިއަށް ގޮސް ހުއްޓުމުން އޭނާ އަހަރެންނަށް ބަލައިލިއެވެ.”ނައީ ބަލާބަ…އަހަރެން ދަރި މަރުވެއްޖެ އޯ…އަޅެ ނައީ…އަހަރެން ދަރި…” ސަމީރާ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

“މީރާ…ހިތްވަރު ކުރޭ…ކެތްތެރި ވާންވާނެ…” އަހަރެން ސަމީރާ ހުއްޓުވުމެގެ ގޮތުން ބުނެލީމެވެ. ނަމަވެސް އޭނަ އަހަރެން ކޮށްޕާލީ ދުރަށެވެ.”ނައީއަކަށް ނޭނގޭނެ އަހަރެންނަށް މިކުރެވޭ އިހުސާސްތަކެއް…ދުރަށްދޭ…”

އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ނުދާން ހުރެފަވެސް މަންމަގެ އެދުމުގެ މަތިން ދިޔައީއެވެ. މަންމަ ފަހުން ބުނި ގޮތުގައި ސަމީރާ ހަމައަކަށް އެޅުނު ކަމުގައި ވިޔަސް އެއްވެސް މީހަކާ ވާހަކަ ނުދައްކައެވެ. ގަބު އަރާފަ އިންނަނީއެވެ.

އެރޭ އެންމެން ނިދިއިރުވެސް އަހަރެންނަށް ނިދޭ ވަރެއް ނުވިއެވެ. ސަމީރާގެ ހާލާ ދޭތެރޭ ފިކުރު ކުރެވެނީއެވެ. އެންމެ ފަހުން އަހަރެން އުނގުތެރޭ ލޯބިކޮށް ނިދާލާފަ އޮތް ތުއްތު އަރީނަށް ބަލައިލީމެވެ. އަދި ތެދުވެ ސަމީރާ ކޮޓަރިއާއި ދިމާލަށް ދިޔައިމެވެ. ދޮރު ހުޅުވާ ބަލައިލިއިރު ކުޑަ ދޮރު ކައިރި ހާޝިދު ހުރިއިރު ގަބުއަރާފައި ސަމީރާ ހުއްޓެވެ. އަހަރެން ފެނުމުން ހާޝިދު ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

އަހަރެން ހިނިތުންވެލީމެވެ. އަދި ތުއްތު އަރީން ސަމީރާގެ އުނގު ތެރެއަށް ލީމެވެ. ސަމީރާ އަހަރެންނާ ދިމާލަށް ބަލައިލިއެވެ. އެ މޫނު މަތިން މިހާރު ފެންނަން ހުރީ އުފާވެރި ކަމެވެ.ހީވީ ކުޑަކުއްޖެއް ގެއްލިގެން އުޅުނު ކުޅޭ އެއްޗެއް ލިބިގެން އުޅުނު ހެންނެވެ. “މިއީ އަހަރެންގެ އަމާނާތެއް…ރަނގަޅަށް ބަލާތި…” އަހަރެންގެ އިހުސާސްތައް ފޮރުވަމުން އަހަރެން ބުނީމެވެ. އެދެމަފިރިން އަހަރެންނާ ދިމާލަށް ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.

އަހަރެންގެ ހިޔާލު ބަދަލު ވުމުގެ ކުރިން އަވަހަށް އެތަނުން ނުކުމެ އަހަރެންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ދިޔައިމެވެ. އޭރު ސަހީމް ފާހަނައިން ނުކުންނަނީ އެވެ.”ކޮން އިރަކު އައީ؟؟” ސަހީމް އައި ގަޑިއެއް ބެލުމަށް އަހަރެން އަހާލީމެވެ. “އިރުކޮޅެއްވީ…ކޮބާ އަރީން.؟؟” ސަހީމްގެ ސަވާލަށް އަހަރެން ޖަވަބު ދިނީ އެއްވެސް ކަމެއް ނުފޮރުވައެވެ.

ހީކުރިގޮތާއި ޙިލާފަށް ސަހީމް އަހަރެންނަށް ތަޢުރީފް ކުރީ ތިކަހަލަ އަންބަކު ލިބުނީމަ ނަސީބަ ގަދައޭ ބުނަމުންނެވެ. އަހަރެމެން އަރީން ބޭނުން ނުވީއެއް ނޫނެވެ. އެކުވެރިޔާ އެ ހިތާމަ ތަކުން މިންޖުކުރަން އެނޫން ގޮތެއް ނެތީއެވެ. އަދިހަމައެހެންމެ އަރީނަށް އެ އާއިލާއިން އެއްވެސް އުނިކަމެއް ނެތި ލޯބި ލިބުމާމެދު ޝައްކެއް ނެތެވެ. އެހެން ކަމުން ހިތް މަތީ ގަލެއް ބާއްވައިން އަހަރެން އަރީން ސަމީރާ އާއި ހަވާލު ކުރީމެވެ.

–ނުނިމޭ–

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

Next

ހިތުގެ މިލްކުވެރިޔާ (ދެވަނަ ބައި)

Next
July 5, 2017

ހިތުގެ މިލްކުވެރިޔާ (ދެވަނަ ބައި)

Previews
July 5, 2017

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

22 Comments!

  1. maroon says:
    July 5, 2017 at 4:57 am

    V reethi ??
    Twins libunyma v ufaavefa huree. Dhn anekkaa eh baby dhiny ?? i can never do that… v touching… v reethi ?

    1. kiaara says:
      July 5, 2017 at 5:27 pm

      Awwwnn…?
      Thnq maroon thi dhin lwbi comment ahh…?

  2. Psenhi says:
    July 5, 2017 at 5:25 am

    Nice

    1. kiaara says:
      July 5, 2017 at 5:28 pm

      Thnq…?

  3. khajja says:
    July 5, 2017 at 5:26 am

    Oh wow masha allah v rythi v hiyythiri v keiy gadha mayakannoony efadha bodu gurubaany eh nuveveyne frds ah takaa evaru kameh mikahala zamaanegga kuraanyves kaaku? Sameera naseeb rangalhu v ma eynage frd ah twince eh elibuny adhi ehaa caring frd eh libunyves alhamdhulillahi?? v rythi v touchin stry eh keep it up nxt prt kon irakun? Waitin waitin❤❤❤??????????

    1. kiaara says:
      July 7, 2017 at 11:13 am

      Thnx for the lovely comment khajja..?

  4. Xna says:
    July 5, 2017 at 8:29 am

    Sahym ge bro Tha ehn hedhee nama ah??.. kiaara … Stry dhigukoh genes dheveythw try hrd ngey..v rythi stry…wiating 4dh nxt prt.????

    1. kiaara says:
      July 7, 2017 at 11:15 am

      neyge dhw …yea i will try my best hama dhigu kohh genesdheyn…thank youu..?

  5. Adha? says:
    July 5, 2017 at 9:56 am

    Varah dhera gotheh dw e vee… kiaara.. this part kuruhen heevey.. thankolheh dhigukohdhehchey next part.. I’m waiting ?❣❤

    1. kiaara says:
      July 12, 2017 at 11:53 pm

      Thnk yuh…balaaanan…?

  6. HARLEY quinn says:
    July 5, 2017 at 12:05 pm

    woww amazingly wonderful, hope to read another episode soon.. keep it upp..

    1. kiaara says:
      July 12, 2017 at 11:54 pm

      Thnk yuh..?

  7. ayya says:
    July 5, 2017 at 12:35 pm

    kiyaa ge mahsalayakee eh episode hadhaan nethey fahun aneh episode genesdhenee. vaahaka gennan hamajehifaivaa dhuvahah genes dheanama hama thivareh neiy. vaahaka varah reethi. hama habeas. anehbai avahah genesdheane kamah heekuran. keep it up 🙂

    1. kiaara says:
      July 12, 2017 at 11:56 pm

      Awlheyy…m really sorry…kiaa ge situation hunna gothakun assu ehn vany….vr bodahh sorry….but i really appriciate those who support me anyways…? thank you ayya??

  8. sam♥ says:
    July 5, 2017 at 1:04 pm

    wow

    1. kiaara says:
      July 12, 2017 at 11:57 pm

      Thank you…☺

  9. Ssss? says:
    July 5, 2017 at 4:04 pm

    Saheem ge beybe baa nama ah ehen e hedhii… But kihinevve… Twins? wow ??… Varah rythi mi part… Next part kon dhuvahakun??

    1. kiaara says:
      July 12, 2017 at 11:58 pm

      Thank you…☺ insha allah mirey?

  10. who am i? says:
    July 6, 2017 at 2:46 am

    wow❣❣❣❣ salhiey ????

    1. kiaara says:
      July 12, 2017 at 11:58 pm

      Thank you…?

  11. Ish says:
    July 12, 2017 at 1:14 pm

    Koba next part!!!????

    1. kiaara says:
      July 12, 2017 at 11:59 pm

      Insha allah mirey kiyaalan libeyne…?

Comments are closed.


All Right Reserved!