Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 12

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
July 4, 2017 11 Mins Read
77 Comments

ޒައިނާ ނިދަން ދިޔައިރުވެސް ޒިޔަމްއަށް ވިސްނެމުން ދިޔައީ އެކަހަލަ ކަމެއް ކޮށްފާނެ މީހަކާއި މެދުގައެވެ. އެހެންކަމުން ސިޓިން ރޫމުގައި އޮތް ޒައިނާގެ ދަބަސް ހާވާލީ ޖަވާބު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ޒައިނާގެ ފޯނުގެ ޕިން ކޯޑު ޒިޔަމްއަށް އެނގޭތީ އެއްމެ ފުރަތަމަވެސް ބަލަން ފެއްޓީ ފޯނެވެ. ޒައިނާ ހަމަ ހުރެފައި އެކަހަލަ ތާކަށް ނުދާނެކަން އެނގޭތީއެވެ. ކޯލް ލޮގު ބަލާލިއިރު އެއްމެ ފަހުން ގުޅާފައި އިނީ ސޭވްނުކޮށް އިން ނަންބަރަކަށެވެ. ދެފަހަރު ގުޅާފައި އޮތަސް އެކޮޅުން ފޯނު ނަގާފައެއް ނެތެވެ. ދެން ޒިޔަމް ބެލީ މެސެޖު ބަޔެވެ. ހަމަ އެނަންބަރުން މެސުޖުކޮށްފައި އޮތުމުން އަވަހަށް އެބައި ހުޅުވާލިއެވެ، އެޔާއި އެކު މުޅި މީހާ ހުއްޓިގެން ދިޔައީ އެއްމެ ފުރަތަމަ މެސެޖުގައި ލިޔެފައިވާ ނަން ފެނުމުންނެވެ.

ޒީން!!! ތަކުރާރުކޮށް ކީ ނަމަވެސް އެނަން ބަދަލުކުރެވޭކަށް ނެތެވެ.ޒީން މިކަހަލަ ކަމެއް ނުކުރާނެއޭ ހިތް ބުނަމުން ދިޔަ ނަމަވެސް ކުރިމަތިން ފެންނަމުން މިދާ ހަގީގަތަކީ ބަދަލުކުރެވޭނެ އެއްޗެއް ހެއްޔެވެ؟ ޒިޔަމް އަށް ކޮޅަށް ނުހުރެވިގެން ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި ހާސްވެފައި ހުރިވަރުން އިސްތަށިގަނޑުގައި ހިފައި ބާރަށް ދަމައިގަތެވެ. ނަމަވެސް އެކަމުން ވީ ފައިދާއެއް ނެތެވެ. ވީ ތަދެވެ. ޒީން ދެކެ ރުޅި އަންނަން ބޭނުންވިޔަސް ކޮންމެވެސް އެހެން އިހްސާސެއް އެކަމަށް ހުރަސް އެބައަޅައެވެ. މީ ހަގީގަތަކަށް ނުވާނޭ ހުއްޓުމެއްނެތި ހިތް ބުނަމުން ދިޔައެވެ.

ޒިޔަމް ޝާހު އާއި ސާއިމްއަށް ގުޅައި ގެނައެވެ. މިކަންތަކީ އޭނާއަށް އެކަނި ވިސްނޭވަރަށް ވުރެ ބޮޑުކަމަކަށް ވުމުންނެވެ. އެމީހުން ގޮވައިގެން ޒިޔަމް ދިޔައީ ގޭގެ ޓެރަހަށެވެ، ދައްކަން އުޅޭ ވާހަކައިގެ ބޮޑުކަމާއި އެކު މަންމަމެންނަށް އެގެން ބޭނުން ނުވާ ސިއްރުތައް ހުރުމުންނެވެ.

ޒިޔަމް އެއްޗެކޭ ނުބުނެ އެއްމެ ފުރަތަމަވެސް ދައްކާލީ ޒީންގެ ނަންބަރުން ޒައިނާއަށް އައިސްފައިވާ މެސެޖުތަކެވެ. ޒިޔަމް އަށް ވީވަރު ނުވިއަސް އެމީހުނަށްވެސް ލިބުނީ ހައިރާންކަމެވެ.

“ޒީން… ތި ނުވާނެ” ސާއިމްވެސް ހުރީ ޒިޔަމްހެން އެއީ ޒީން ކުރި ކަމެއް ކަމަށް ގަބޫލުކުރަން ދަތިވެފައެވެ.

“ޒީން އަކީ ކާކުތަ” ޝާހުއަށް ނޭގުމުން އަހާލިއެވެ.

“އެއްކަލަ ކުއްޖާ..ކުރިން ދުވަހު ކިޔާދިނީމެއްނު” ޒިޔަމް މަޑުމަޑުން ބުނެލިއަސް ހިތްވަނީ އަވަސްވެފައެވެ.

“އޭ.. އޭނަ ކިހިނެތް. އަދި ކީއްވެ ޒައިއަށް ގެއްލުމެއް ދޭން ބޭނުންވާނީ” ޝާހުގެ ނަޒަރުން އޭނާ ވާހަކަ ދެއްކިއެވެ. ޒިޔަމް ޝާހުއަށް ބަލައިލި ގޮތުން އޭގައިވާ މާނަ ޝާހު ނަގައިގަތެވެ.

“ކިހިނެތް އޭނައަށް ޒައި އެގެނީ” ފަހަރަކަށް ފަހު ސުވާލެއް ޝާހު ކުރިމަތިކުރަމުން ދިޔައެވެ.

“އެއީ މަގޭ ޕޭޝަންޓެއް. ޒައިގެ ފުރެންޑެއް” ޒިޔަމް ބޯ ކަހާލަމުން ބުނެލިއެވެ. ސާއިމް އިނީ ޒިޔަމްއާއި ޝާހު އާއި ދެމެދު ދެކެވޭ ވާހަކަތައް ނޭގިފައެވެ.

“މަށަށް ނޭނގޭ ކަމެއް އެބައޮތްތަ” ލޯ ކުޑަކޮށްލަމުން ސާއިމް އަހާލިއެވެ.

ޒިޔަމް ޒީންއާއި ދެމީހުންގެ ވާހަކަ ފެށިގެން ނިޔަލަށް ކިޔައިދިނެވެ. ދުވަހަކުވެސް އިތުރު މީހެއް ކައިރީ ދައްކަން ބޭނުން ނުވިއަސް ކޮއްކޮގެ ހައްގުގައި އެނޫން ގޮތެއް ނެތެވެ. ދެމީހުންނަށްވެސް ނޭނގޭ އެތައް ކަމެއް ޒިޔަމްގެ ވާހަކައިން އެގުމުން ޖެހިފައި މިވާ މައްސަލަތަކަށް ދެވަނަ ވިސްނުމަކަށް ދާންޖެހުނެވެ. ޝާހު އެއީ ޒީންގެ ބަދަލު ހިފުމުގެ ކަމަކަށް ވެދާނެއޭ ބުންޏަސް ސާއިމް ހުރީ ވަކިގޮތެއް ނިއްމަން ނޭނގިފައެވެ. އޮޅުންއަރާ ކަންތައްތަކެއް ހުރުމާއި އެކީގައެވެ.

“ތީ ޒީންގެ ކަމަކަށް ވިޔަސް ހާޝިމް އެތަނަށް ދާންވީ ކީއްވެ” ހިތު ތެރޭގައި އޮތް އެއްމެ ބޮޑު ސުވާލު ސާއިމް ކޮށްލިއެވެ.

“ވެދާނެއެއްނު ޒައި އޭނައަށް ގުޅީކަމަށް. ޒިޔަމްއަށް ގުޅިގޮތަށް” ޝާހު އޭނައަށް ވިސްނޭގޮތް ކިޔާދިނެވެ.

“ނޫން ޒައިއެއް ނުގުޅާނެ އޭނައަށް. އެއީ ޔަގީންކަމެއް” ސާއިމްގެ އަޑުގައި ވި ޔަގީންކަން ފާހަގަވެ ޒިޔަމް ބަލާލިއެވެ.

“ކިހިނެތް އެގެނީ” ސާއިމް ކައިރިއަށް ޖެހިލުމަށްފަހު ޒިޔަމް ސުވާލުކޮށްލިއެވެ.

އެހިސާބުން ސާއިމް ހާޝިމްއާއި ޒައިނާގެ ގުޅުން ނިމުނު ގޮތް ކިޔާދިނެވެ. އަދި ޒައިނާއަށް ހާޝިމްގެ ފަރާތުން ލިބުނު އަނިޔާތައްވެސް ކިޔާދިނެވެ. ޒިޔަމް ގާތު ނުބުނަން ވައުދު ވެފައި އޮތަސް އެވައުދު އުވާލިއެވެ. ހާޝިމްގެ ގޮތް އެގުމުން ޒިޔަމްގެ ހިތް ރުޅިވެރިކަމުން ފުރުނެވެ.

އެރޭ ފާއިތުވެގެން ދިޔައީ އެއްމެން ހާސްކަމެއްގެ ތެރޭގައި ބައިތިއްބާފައެވެ. ސާއިމް ޒައިނާގެ ހާލު ބެލުމަށް ދެތިން ފަހަރަކު ގުޅާލަންވެސް އުޅުނެވެ. ނަމަވެސް ނިދާފައި އޮތް ޒައިނާއަށް އުދަގޫ ވެދާނެތީ ކެތްކޮށްގެން ހުރީއެވެ.


 

އޭގެ އަނެއް ދުވަހެވެ. ޒައިނާގެ ހޭލައިގެން އަންނަ އިރެއްގެ އިންތިޒާރުގައި އެއްމެން ސިޓިންރޫމުގައި ތިއްބެވެ. ޝާހިދު ކައިރީގައި އިން އަމީރާ ދެއަތް މޮޑެލަ މޮޑެލައި އިނީ ހާސްވެފައެވެ. ލޮލުގެ ކޮއި ފަދަ ދަރިފުޅަށް ގެއްލުމެއް ލިބުމަކީ އެމައި ލަގޮނޑިއަށް ކެތްވާނެ ވަރުގެ ކަމެއް ނޫނެވެ. ޒައިނާ ބޭރަށް ނުކުންނަލެއް ލަސްވާތީ ޒިޔަމް އިސްނަގައިގެން ގޮސް އެކޮޓަރީގައި ދެތިން ފަހަރު ޓަކި ޖަހާލިއެވެ.

“ޒައި.. ބޭބެ އޭ މީ.. ދޮރު ހުޅުވާލަބަ” ޒައިނާއަށް އަޑު އިވޭ ވަރަށް ޒިޔަމް ގޮވާލިއެވެ. ދެތިން މިނިޓު ފަހުން ޒައިނާ ދޮރު ހުޅުވާލިއެވެ. އަދި ޒިޔަމްގެ އަތުގައި ހިފައި އެތެރެއަށް ގެނައެވެ.

“ބޭބޭ.. ޒީން އަކީ އެހާ ގޯސް މީހެއްތަ.. އަޅުގަނޑަށް ކުރިން އެގުނު ނަމަ” ޒައިނާ ޒިޔަމް ގޮވައިގެން ގޮސް އެދުގައި އިށީނެވެ. އުފާވެރި ކަމެއް ނެތް އެމޫނު ވަނީ މިލާފައެވެ.

“ނޭނގެ ބޭބެއަކަށް. ޒީންގެ ނަން އޮތީ މެސެޖުގަ..ބޭބެ މިއުޅެނީ ޒީންއާއި ދިމާނުވެގެން. އޮފީހަށް ނުގޮސް މިމަޑު ކުރަނީ ކޮއްކޮ ހޭލާނެ އިރަކަށް.. ބޭބެއަށް ކިޔާ ދީބަ އިއްޔެ ވީ ހުރިހާ ކަމެއް” ޒިޔަމް އައިސް ޒައިނާ ކައިރީގައި އިށީނެވެ. އަދި ހިތްވަރު ދިނުމުގެ ގޮތުން ކޮނޑުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ.

ޒައިނާ ފަސްޖެހުމެއް ނެތި ހުރިހާ ކަމެއް ކިޔާދިނެވެ. ސާއިމް ރޭގައި ބުނިހެން ޒައިނާ ހާޝިމްއަށް ނުގުޅައެވެ. އެހެން ވެއްޖެނަމަ ހާޝިމް އެވަގުތު އެތާ ކުރީ ކީއް ހެއްޔެވެ؟ އަދި ޒައިނާ ހާލުގައި އޮތްކަން އެގުނީ ކިހިނެތް ހެއްޔެވެ؟

ޒިޔަމް ޒައިނާގެ މެސެޖުތައް އަދި އެއްފަހަރު ބަލައިލީ ޒީންގެ މެސެޖު އައިސްފައިވާ ގަޑިއަކީ ޒީން އޭނާއާއި އެއްތަނެއްގައި ހުރި ވަގުތު ކަމުންނެވެ. ހިތުގައި އުފެދުނީ އިތުރު ސުވާލުތަކެވެ. އަނެއްކާ ޒީން ހާޝިމްއާއި އެއްބައިވެގެން ކުރިކަމެއް ބާވައެވެ؟ ޒިޔަމް އެވާހަކަ ހާއްސަކޮށް ޒީންގެ މެސެޖުގެ ވާހަކަ އިތުރު މީހެއް ގާތު ނުބުނުމަށް އެދުނެވެ. ހަގީގަތް ބަލާފައި ނޫނީ ޒީންއަށް އިގިލި ދިއްކުރާކަށް ބޭނުމެއް ނޫނެވެ.

ޒިޔަމް ޒައިނާއާއި ވާހަކަ ދައްކަން ހުއްޓާ ސާޢިމް އެގަޔަށް އައެވެ. ޒައިނާގެ ހާލު ބަލާލުމަށެވެ. ދުރުގައި ހުންނަން އުގަދޫވާތީއެވެ. ސާއިމް ޒައިނާ ހޯދުމުގެ ބަދަލުގައި އެދުނީ ޒިޔަމްއާއި ބައްދަލުކޮށްލުމަށެވެ. ޒިޔަމްއަށް ސާއިމް އެއައީ ޒައިނާ ކައިރިއަށްކަން އެގުމުން އެކޮޓަރިއަށް ސާއިމް ގެންދިޔައެވެ.

ސާއިމް ކޮޓަރިން ވަދެގެން އައިސް ހުއްޓުނީ ކިޔަވާ މޭޒު ކައިރީގައި ކޮޅަށްހުރި ޒައިނާގެ ކުރިމަތީގައެވެ.

“ކިހިނެތް މިހާރު ، ރަގަޅުތަ” ސާއިމް މަޑުމަޑުން އަހާލިއެވެ. ޒައިނާ ބޯޖަހާލިއެވެ.

“ކީއްވެ ހާޝިމްއަށް ގުޅީ”

“ޒައި ނުގުޅަން ހާޝިމްއަކަށް”

“ދެން ކިހިނެތް އޭނަ އެތަނަށް ދިޔައީ” ސާއިމް ހިތުތެރޭގައި އުފެދިފައިވާ ސުވާލުތައް ކުރަމުން ދިޔައީ ސީރިއަސްވެފައެވެ.

“ނޭނގެ….”ރޭގައި ލިބުނު ޝޮކުގެ ސަބަބުން ޒައިނާއަށް ހާޝިމްއާއި ދޭތެރޭ ވިސްނާލާނެ ފުރުސަތެއް ނުލިބެއެވެ.  ސާއިމް ޒިޔަމްއަށް ބަލާލިއެވެ.

“ބުނީމެއްނު. ދެން ބުނޭ އެއީ އިއްތިފާގެކޭ..ޒައިނާ.. މީގެ ފަހުން އޭނައާއި ވާހަކަ ދައްކައިގެންނުވާނެ” ސާއިމްގެ އަޑުގައި ވީ ހަރުކަށިކަމެވެ. އެއީ އޯގާތެރިކަން އެގުމުން ޒައިނާއަށް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. ޒައިނާ އެއްޗެކޭ ނުބުނެ ހުރުމުން ސާއިމްއަށް އުދަގޫ ވާ ގޮތް ވިއެވެ، އެހެންކަމުން ލޯބިން ނުހަނު އޯގާތެރިކަމާއި އެކީ ޒައިނާ ގަޔާލާއި ބޮޑިކޮށްލިއެވެ.

“ހަނދާން ކުރާތި މީގެ ފަހުން އެއްވެސް ތާކަށް އެކަނި ގޮސްގެން ނުވާނެ. ސޭމްއަށް ކެތްނުކުރެވޭނެ ދެން އިތުރަށް މިހެން ވާތަން ދެކޭކަށް. ކިރިއާ ހިތް ނުހުއްޓުނީ.. މޮޔަ ކުއްޖެއްދޯ ތީ މީހަކު ބުނެލާ އިރަށް ދާން.. އައި ލަވް ޔޫ ޒައި.. ދެން އެހެން ނުހަދައްޗޭ އާދޭސްކުރަން” ޒައިނާގެ ބޮލުގައި ފިރުމާލަމުން ސާއިމް ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ. ޒައިނާ ކިޔަމަންތެރިވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ޒިޔަމް އޮފީހަށް ދާން އުޅުނު ވަގުތަކީ އަމީރާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތެވެ. ބައްދާލައިގެން ތިބި ސާއިމް އާއި ޒައިނާއަށް އެކަކު އަނެކެއްގެ ގައިން ދޫކޮށްލެވުނީ ކުއްލިއަކަށެވެ. ދެމީހުން ދެފަރާތަށް އެބުރުނީ ލަދުންނެވެ. އަމީރާއަށް އެތަން ނުފެންނާނެ ކަމުގެ އުއްމީދުގައެވެ.

“ޑރ. ސާއިމް، ޒައި ދެކުދިން އާދޭ ސައިބޯން. ޒިޔަމްވެސް އާދޭ” އަމީރާ ހީލާފައި އެހެން ބުނެލި ގޮތުން އެމަންޒަރު ފެނުނުކަން އެގުނެވެ.


 

ޒިޔަމް ސައިބޯން މަޑު ނުކޮށް ދިޔައީ އޮފީހަށެވެ. އެޔަށް ވުރެ މުހިއްމު ކަންތައްތަކެއް ހުރުމުންނެވެ. ޒިޔަމް އޮފީހަށް ދިޔައިރު ޒީން ކެބިންގައި މަސައްކަތުގައި އުޅުނެވެ. އިއްޔެ އަވަސް އަރުވާލައިފައި ދިޔުމުން ޒިޔަމްއަށް ދެވުނީ ކެބިން ތަޅުވެސް ނުލައެވެ. ޒީން ފެނުމާއި އެކު ފުރަތަމަ ކުރަންވީ ކޮން ސުވާލެއްކަން ނޭނގި ޒިޔަމް އިރުކޮޅެއް ވަންދެން ހުއްޓެވެ.

“އިއްޔެ ހަވީރު ޒީންގެ ފޯނު އޮތީ ކޮންތާކު” ޒިޔަމް ގޮސް ޒީންގެ ކުރިމަތީ ހުއްޓިލަމުން އަހާލިއެވެ.

“ޒީން އަތުގަ އޮތީ..މިތާ. ކިހިނެތްވީ” ޒިޔަމް ހުރެފައި ކޮށްލި ސުވާލުން ޒީން ހައިރާންވިއެވެ.

“ޒީންއަށް ފެންނަ ހިސާބުގަތަ އޮތީ” ޒިޔަމް ސުވާލުކޮށްލިއެވެ. ޒީން ލޯ ކުޑަކޮށްލަމުން ބޯ ޖަހާލިއެވެ.

“ސާރ.. މީޓިން ފެށެނީ” ޒިޔަމްއަށް އިތުރު ސުވާލެއް ނުކުރެވިގެން އުޅެނިކޮށް ސެކެޓުރީ މީޓިންއަށް އައުމަށް އެދުނެވެ. މިއީ ވަރަށް މުހިއްމު މީޓިންއެއް ކަމުން ސުވާލުތައް މިވަގުތަށް މެދުކަނޑާލުމަށްފަހު ޒިޔަމް މީޓިންއަށް ދާން ތައްޔާރުވިއެވެ. ޒިޔަމްއާއި އެއްކޮށް ޒީންވެސް އެމީޓިންއަށް ދިޔައެވެ.


 

ސައިބޯން އިން ޒައިނާއަށް ތަށީގައި ހިފަން އުދަގޫވަމުން ދިޔައީ އިއްޔެ ވީ ކަންތަކަށްފަހު އަތްތިލާއިގެ އެކި ތަންތަން ދުޅަވެ ފިއްނަގައިފައި ހުރުމުންނެވެ.  ކައިރީގައި އިން ސާއިމްއަށް މިތަން ފެނި އެހީ ވެދޭން އުޅުނެވެ. ނަމަވެސް ޒައިނާ އެކަމާ ދެކޮޅު ހެދީ މަންމަމެން ކުރިމަތީގައި ތިބުމުންނެވެ. ޒައިނާ އަޅާފައިވާ ހޫނު ސައިތަށި އުފުލާލި ވަގުތު އަތުން ކައްސާލައިގެން ގޮސް ވެރުނީ ސާއިމްގެ ގަޔަށެވެ.

“ސޮރީ” ހާސްވެފައި ހުރެ ސާއިމް ބުނެލިއެވެ.

“އެއީ އެވަރު ކަމެއް ނޫން” ސާއިމް ސިންކު ކައިރިއަށް ގޮސް އެތަން ދޮންނަން އުޅުނެވެ. އަމީރާ ތެދުވެގެން ގޮސް ސާއިމްއަށް އެހީ ވެދޭން އުޅުނެވެ.

“ގަމީސް ބާލާފަ ދޭންވީނު. ވަރަށް ބޮޑަށް ވެރިފަ މިހިރީ” އަމީރާ އެދުނު ނަމަވެސް ސާއިމް ދެކޮޅު ހެދީ ކުރާ އިހްތިރާމެއްގެ ބޮޑުކަމުންނެވެ. ސާއިމް ގަމީހުގެ މަތިން ދެތިން ގޮށް ނައްޓާލުމަށްފަހު އެތަން ދޮންނަން އުޅުނެވެ.

“މީ ކިހިނެތް ވެފައި” ސާއިމްގެ މޭމަތީގައި ހުރި ލަކުނި ފެނިފައި އަމީރާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ.

“މީ އަޅުގަނޑު އެއްމެ ކުޑައިރުއްސުރެ ހުންނަތަނެއް. ނޭނގެ ކިހިނެތް ވެފަ ކަމެއް” ސާއިމް ޖަވާބު ދިނެވެ.

“ކަނައަތު ކަކޫ ކައިރީވެސް މިކަހަލަ ލަކުނެއް ހުރޭތަ” އަމީރާ ބުނެލި ވާހަކައިން ސާއިމް ދިޔައީ ހައިރާންވެގެންނެވެ. އަމީރާއަށް އެކަން އެގުނީ ކިހިނެތް ހެއްޔެވެ؟ ސާއިމް މަޑުމަޑުން ބޯ ޖަހާލިއެވެ. އެޔާއި އެކު ފެނުނީ ޝާހިދު ތެދުވެގެން އައިސް ސާއިމްގެ މޭމަތީގައި ހުރި ލަކުނު ބަލާލިތަނެވެ. ދެމަފިރިންނަށް އެކަކު އަނެކަކަށް ބަލައި ލެވުނީ ހިނިތުންވެ ހުރެއެވެ.

“މަގޭ ދަރިފުޅާ” އަމީރާ ސާއިމްގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ.

“ކިހިނެތްވީތަ މަންމާ” މަންޒަރު ބަލަން ނުހުރެވިގެން ޒައިނާ އަހާލިއެވެ.

އަމީރާ ސާއިމްއަށް ބަލާލިއެވެ. އެދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.

“ޒައިން” ދެމަފިރިންނަށް އެކީ އެކަކަށް ބުނެވުނެވެ.

“މަންމަގެ ލޭ ތިހަށިގަނޑުގައި ނެތަސް ތީ މަންމަގެ ދަރިއެއް. މަންމައަކަށް ނޭނގެ ދަރިފުޅު ގެއްލިގެން މަންމަ ހޯދިވަރު، މަންމަ ހީކުރީ ދުވަހަކުވެސް ދަރިފުޅު ނުފެންނާނެކަމަށް.” އަމީރާއަށް ބުނެވުނީ އެހާ ވަރަށެވެ. ލޮލުން ފޭބި ކަރުނަ އާއި އެކު އަޑު ބެދިއްޖެއެވެ.

“ކީކޭތަ މަންމަ ތިކިޔަނީ” ޒައިނާ ތެދުވެގެން އައިސް ސާޢިމް ކައިރިއަށްއައެވެ.

“ދަރިފުޅާ” އަމީރާ ސާއިމްގެ މޫނުގައި ދެއަތުން ހިފައި ފިރުމާލިއެވެ. ސާޢިމް ހުރީ މިވަމުންދާ ކަންތައް ނޭގޭ ހާލު ދެލޯ ބޮޑުކޮށްގެންނެވެ.

“ހިނގާ މަންމައާއި އެކީ. އޭރުން ހުރިހާ ވާހަކައެއް ކިޔައިދޭނަން” އަމީރާ ސާޢިމްގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. އެމީހުންގެ ފަހަތުން ޝާހިދުއާއި ޒައިނާވެސް ދިޔައެވެ. އަމީރާ ނިކަން އަވަހަށް އަންނަމޭ ބުނެ ކޮޓަރިއަށް ވަދެ ކުޑަ ފޮއްޓަކާއި ސިޓީ އުރައެއް ހިފައިގެން އައެވެ.

“މަންމައަށް ދަރިފުޅު ލިބުނީ ދަރިފުޅަށް އެއްމެ އަށް މަހުގަ. އޭރުވެސް ވަރަށް ހަލަނިވާނެ. ފުރޮޅި ފުރޮޅި އޮންނާނީ..ބޮޑުވަމުން ދިޔަ ވަރަކަށް އެކަންވެސް އިތުރުވީ. އެއްތާކު މަޑަކުން ނުހުރެވޭނެ. ދޯ ޝާހިދު”  ރުއިމުގެ ތެރެއިން އަމީރާ އުފަލުން ހީލިއެވެ.

“އަޅުގަނޑަށް ނޭނގެ ތިކިޔާ އެއްވެސް އެއްޗެއް” ޝާހިދުއާއި އަމީރާއަށް ބަލާލުމަށްފަހު ސާއިމް ބުނެލިއެވެ. ކުޑަ އިރުގެ އެއްވެސް ވާހަކައެއް މީހަކު އޭނާ ގާތުގައި ދައްކައިފައި ނެތެވެ.

“ދަރިފުޅުގެ އަސްލު މައިންބަފައިން ދަރިފުޅު ބަލަން ހަވާލު ކުރީ އަހަރަމެންނާ. ދަރިފުޅު ލިބުނުތާ ދެތިން މަސްތެރޭ މަންމަ ޒިޔަމްއަށް ބަނޑުބޮޑުވީ..ދަރިފުޅުގެ ހަލަނި ކަމާއި އެކީ ބަލަން ޖެހުނީ ވަރަށް އުދަގުލުން. ބައްޕަ އުޅުނީ ހަތަރު ދަމު އޮފީހުގަ. މަންމައަށް ކިރިއާ ދަރިފުޅު ބެލެނީ. އެއްދުވަހަކު ދަރިފުޅު ގޮވައިގެން ބައްޕަ ދިޔައީ ހިގާލަން. އެއީ ހުކުރު ދުވަހަށް ވުމުން ބައިވަރު ކުދިންވެސް އުޅުނު ސަލްޓަން ޕާކުގަ. ދަރިފުޅު…” އަމީރާ ހުއްޓާލިއެވެ. ހިތްވަރު އެލުނީއެވެ.

“ބައްޕަ އަށް ދަރިފުޅު ގެއްލުނީ.. ހޯދާ ހޯދާ ނުފެނުނު. ބިރުން ހުރެ ޕޮލިހުންނަށް ގުޅައިގެން ދަރިފުޅު ފެންނަވަރުވީ. އެކަމަކު ދަރިފުޅަކީ ބައްޕަމެންގެ ކުއްޖެއްކަން ސާބިތުކޮށް ނުދެވުމުން ސަރުކާރުން ދަރިފުޅު ހަވާލެއް ނުކުރި. ދަރިފުޅުގެ އަސްލު މައިންބަފައިންނަކީ ކޮން ބައެއްކަން ބައްޕަމެންނަކަށް ނޭނގޭ. ދަރިފުޅު ގެނައި މީހާ ކުރެން އަހަން އޭނާގެ ހަބަރެއް ނުވެ އަހަރުތައް ފާއިތުވެގެން ދިޔައީ. ދަރިފުޅު ހޯދަން ވަރަށް ފަހުންވެސް ތަންތަނާއި ގުޅައި މައުލޫމާތު ހޯދަން އުޅުނިން. އެކަމަކު އެކަންވެސް ނަސީބުގަ ނެތި ދަރިފުޅު ނުފެނުނީ. ބައްޕަމެންނަށް މާފުކޮށްދީ ދަރިފުޅާ” ޝާހިދު ދައްކަމުން ދިޔަ ވާހަކަތައް ފަރުވާތެރިކަމާއި އެކީ އަހަން ސާއިމް އިނެވެ.

“ކޮބާ އަޅުގަނޑުގެ އަސްލު މައިންބަފައިންނަކީ” އަމީރާއާއި ޝާހިދުގެ ވާހަކަތައް އަޑު އިވުމަށްފަހު ސާއިމްގެ ލޮލުން ކަރުނަ ހިލާލިއެވެ. އެތައް އަހަރަކަށްފަހު މައިންބަފައިންގެ ހަގީގަތް އެގެމާއި ގާތަށް ދާތީއެވެ.

“މިއޮތީ އަހަރުތަކެއް ކުރިން ދަރިފުޅަށް އައި ސިޓީއެއް. އަށް އަހަރު ކުރިން. އޭރު ދަރިފުޅުގެ އުމުރުން ވާނީ އަށާރަ އަހަރު. މިސިޓީ މަންމަމެންނާއި ހަމައަށް ގެނެސްދިނީ ދަރިފުޅު ހަވާލުކުރަން އައިމީހާ.. މަންމަމެންނަށް ނުކެރުނު ބުނާކަށް އެހެން މީހެއްގެ އަމާނަތަށް ހިޔާނަތްތެރިވި ވާހަކަ” ސާއިމް އަތަށް އަމީރާ ސިޓީ އުރަ ދިނެވެ. ސާއިމް އެއަތުލައި އަވަސް އަވަހަށް ކަޑާލިއެވެ. ނަމަވެސް ހުޅުވައި ކިޔަން ފަސްޖެހުނެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި ވާ އިރު ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ.

ސާއިމް ތެދެވުގެން ގޮސް ބެލްކަންޏަށް ނުކުތެވެ. މިވަގުތު ބޭނުންވީ އެކަނިވެލާށެވެ. މަޑުމަޑުން ފައްޖަހާފައިވާ އެގަނޑު ހުޅުވާލިއެވެ. އަދި ފަރުވާތެރިކަމާއި އެކު އޭގައިވާ އެއްޗެއް ކިޔަން ފެށިއެވެ.

ބައްޕައާއި މަންމަގެ ދެލޮލުގެ ކޮއި ފަދަ ދަރިފުޅާއެވެ.

ބައްޕަމެންނަށް މާފުކުރާށެވެ. ދަރިފުޅު ތިވަނީ މައިންބަފައިންގެ ލޯބިން މަހުރޫމް ކުރެވިފައެވެ. ދަރިފުޅާއެވެ. އެއީ މަންމަމެން ގަސްދުގައި ކުރި ކަމެއް ނޫނެވެ. މަޖުބޫރުވީއެވެ.  ހާލަތާއި ވަގުތު އެކަމަށް ތަންނުދިނީއެވެ. ކެހިވެރިއެއްގެ ދަލުގައި ދަރިފުޅު ޖައްސަން ބޭނުން ނުވީއެވެ.

ދަރިފުޅުގެ ބައްޕަ ފަރާތުގެ  މަންމައަކީ ސިހުރުވެރިއެކެވެ. ބައްޕަ އާއި މަންމަގެ ކައިވެނި މާމަގެ ނުގަބޫލުގައި ކުރެވުމުން އެކަމުގެ ބަދަލު މާމަ ހިފަން ބޭނުންވީ ދަރިފުޅުގެ ކިބައިންނެވެ. ދަރިފުޅު މިދުނިޔެއަށް ލި ފުރަތަމަ ނޭވައާއި އެކު ރޯލި އަޑު އިވުމުން ބައްޕަމެންގެ ހިތް އުފަލުން ބަންޑުންވިއެވެ. އެކަމަކު އޭގެ ދެތިން މަސް ފަހުން ދަރިފުޅު ރޯލާ އަޑަކީ މިދެހިތަށް ކެތްކުރަން ކުޅަދާން އަޑަކަށް ނުވިއެވެ. ދުވާލާއި ރޭގަޑު ނިދި މަހުރޫމްކޮށް އެތައް މަހެއް ހޭދަކުރީ ދަރިފުޅު ހޭހަން ކުރުމުގައެވެ. ބޭސްފަރުވާއަށް މާލެ އައިސް އެތައް ލާރިއެއް ހަރަދުވެގެން ދިޔައިރުވެސް ދަރިފުޅުގެ ރުއިމަށް ލުއެއް ލިބޭ ގޮތެއް ނުވިއެވެ. މިއިން އެއްވެސް ކަމަކީ މިއަދު ވިޔަސް މާދަމާ ވިޔަސް ކުރާނެ ޝަކުވާއެއް ނޫނެވެ. ލޯބިވާވަރު ބުނެދެނީއެވެ.

ފަސްމަސް ފާއިތުވެގެން ދިޔައީ އެހާލެއްގައި އުޅެމުންނެވެ. ދަރިފުޅުގެ ގައިން އެތަން މިތަން ހުންނަނީ ރަތްވެ އަދި ބައެއް ފަހަރު ކަޅު ކުލައަށްވެސް ބަދަލުވެފައެވެ. ދެން ބައްޕަމެން ދިޔައީ ފަންޑިތަވެރިއެއް ކައިރިއަށެވެ. އޭނާ ފަރުވާ އަށް ބުނި ކަންތަކުން މިހިތުގައި އެޅިވޭން ދެނެވޮޑިންވަނީ އެކަލާނގެއެވެ. މަންމަ ކައިރީގައި ހުރިހައި ދުވަހަކު ދަރިފުޅަށް އޭގެ އަސަރު ކުރާނެ ކަމަށް ބުނުމުންނެވެ. ސިހުރު ބާތިލް ކުރެވޭނެ އެއްވެސް ގޮތެއް ނެތި އެއްމެ ފަހުގެ ނިއްމުމަކަށް އެވޭން މޭތެރޭގައި ފޮރުވަމުން ބައްޕަމެން ދަރިފުޅު ބަލަން ހަވާލުކުރީ އެހެން އާއިލާ އަކާއިއެވެ.

މަންމަ ދަރިފުޅު ހޯދަން އުޅެފާނެތީ ބައްޕަ އެއާއިލާ އަކީ ކޮން އާއިލާއެއްކަން އެގެން ބޭނުންނުވިއެވެ. ދެމައިންގެ ރައްކަލަކަށްޓަކައެވެ.

ދަރިފުޅާއެވެ. ދަރިފުޅުގެ މަންމައަކީ ވަރަށް ބަލި މީހެކެވެ. އެލޮލުން އޮހެރުނު ކަރުނައިގެ މިންވަރު ވަޒަން ނުކުރެވޭނެ އެވެ. ދެއަތް މައްޗަށް ނަގައި ދަރިފުޅު ހެޔޮ ހާލުގައި ލެއްވުމަށް ކުރި ދުއާގެ އަދަދު ނުކުރެވޭހާ ގިނައެވެ.

ދަރިފުޅާއެވެ. ދަރިފުޅުގެ ކުޑަ އަންހެން ކޮއްކޮއެއް ހުންނާނެއެވެ. ދެކުދިން އެއްކޮށް މަޖާކޮށްލައި ލޯބިން އުޅޭތަން ވަރަށް ދެކޭ ހިތްވެއެވެ. އިން ޝާ ﷲ ބައްޕަމެންނަށް އެދުވަސް ދައްކަވާށީއެވެ.

މިހިތުގެ ފުރާނަ ފަދަ ދަރިފުޅާއެވެ. ބަސް އަހާށެވެ. ގަވައިދުން ނަމާދަށް އަރައި ދުއާ ކުރާށެވެ. ރަގަޅު ކާނާ ކައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުންނާށެވެ. ހަސަދަވެރި ނުވާށެވެ. ކެތްތެރިވާށެވެ. އޭރުން އެކަލާނގެ ރަހުމަތް ލިބޭނެއެވެ. ގިނަގިނައިން މާފު ކުރާ މީހަކަށް ވާށެވެ، އޭރުން އެއްމެންގެ ލޯބި ލިބޭނެއެވެ.

މިހިސާބުން ސިޓީ ކުރުކޮށްލަމެވެ. ހުރިހާ ހެޔޮ ކަމެއް ދަރިފުޅާއި އެކީ ލެއްވުން އެދި ދުއާ ކުރަމުންނެވެ. މި ދުނިޔެއިން ބައްދަލު ނުވެއްޖެނަމަ ޖަންނަތުގައި އެކުގައި ލެއްވުން އެދެމުންނެވެ.

ކުށެއް ކުރެވިފައިވާނަމަ މާފުކޮށްދޭށެވެ. ކޮންމެވެސް ދުވަހަކުން ބައްދަލުކޮށްލަން ބޭނުންވެއްޖެނަމަ ތިރީގައި މިވާ އެޑުރެހަށް އަންނާށެވެ.

ދެލޯ އަބަދަށް މެރެންދެން އިންތިޒާރުގައި ތިބޭނަމެވެ.

– ޒައިން – ބައްޕަގެ ހިތުގެ ޖާން

ސިޓީ ދެފަހަރެއްގެ މަތިން ސާއިމް ކިޔާލިއެވެ. އެސްފިތަށް ފޫދުއްވާފައި ވެރުނު ކަރުނައިގެ ތިކިތަކުން ގަނޑު ތެއްމަމުންދިޔައެވެ. ހިތުގައި ރިއްސާލީ މައިންބަފައިންގެ ހަގީގަތް އެތައް އަހަރަކަށްފަހު އެގުމުންނެވެ. މާޒީގެ ކުރިން ނޭނގޭ ބާބެއް ކިޔާ ލެވިއްޖެއެވެ. ލޮލުން ފައިބަމުން ދިޔައީ ވޭނީ ކަރުނައެވެ. މިއޮތްހާ ދުވަހު މައިންބަފައިންނާއި ދޭތެރޭ މިކުރެވުނީ ކުށް ހީއެކެވެ. އެމީހުން އެވީ ގުރުބާނީގެ އަގު ދުވަހަކުވެސް އަދާކުރެވޭނެ ހެއްޔެވެ؟

ސާއިމް ބެލްކަނީގެ ރޭލުގައ ހިފައި ބާރަށް ދަމައިގަތެވެ. ހިތުގައި އުފެދިފައިވާ އުދާސްތައް ބޭރުވެވޭތޯއެވެ. މަންޒަރު ބަލަން ދުރުގައި ހުރި ޒައިނާއަށް ސާއިމްގެ މޫނުމަތިން ފެންނަމުން ދިޔައީ ތަހައްމަލް ކުރަމުންދާ ވޭނެއެވެ. ސާއިމްގެ ހިތުގައި ލެވިފައިވާ ޒަހަމްތަކުން ހޯސްލާފައި ލޭ އޮހެރޭތަން ބަލަން ކެތްނުކުރެވިގެން ޒައިނާގެ ގޮސް ސާއިމްގެ އަތުގައި ހިފައި ފިތާލިއެވެ.

“ސޭމް.. ޕުލީސް ނުރޮއި” ޒައިނާ ދެއަތުން ސާއިމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަ ދިނެވެ.

“ޒައި” ޒައިނާގެ ފެންކަޅިވެފައިވާ ދެލޮލަށް ސާއިމް ބަލާލިއެވެ.

ސާއިމް ހަމަޖެހެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ، ލޮލުން ވެރުނު ކަރުނަތައް ހުއްޓާލިއަސް ހިތާމައިގެ އަސަރު ފާޅުވެވޭ ހުއްޓެވެ. އަމީރާމެންނާއި ވާހަކަ ދައްކަން އިދެފައި ސާއިމް ޒައިނާ ގޮވައިގެން ކްލިނިކަށް ދިޔައީ ޒައިނާގެ އަތުގެ ދުޅަ ތިރިނުވާތީއެވެ. އަދި މީގެ އިތުރުން އެހެން ގެއްލުމެއް ލިބިފައިވާތޯ ބެލުމަށް ޓެސްޓުތަކެއް ކުރުމަށެވެ.

ޒައިނާ ކޮޓަރީގައި ބޭންދުމަށްފަހު ސާއިމް ބޭރަށް ނިކުތީ ޒައިނާ އައީ ރަގަޅަށް ސައިނުބޮއެ ކަމުން ކާނެ އެއްޗެއް ގަތުމަށެވެ. ފިހާރައައިން ނުކުމެގެން ކްލިނިކަށް ދިޔަ މަގުމަތީގައި ސާއިމްގެ ލޮލުގައި އަޅައިގަތީ ހާޝިމް އަންހެން ކުއްޖެއް ސައިކަލުގެ ފަހަތަށް އަރުވައިގެން އެދިމާލަށް މަޑުކޮށްލިތަނެވެ. ސާއިމް ފަހަތުގައި އިން އަންހެން ކުއްޖާއަށް ރަގަޅަށް ބަލައިލި އިރު ސިހުމެއް ލިބިގެން ދިޔައީ އެއީ ޝަމްހާކަން އެގުމުންނެވެ. ސާއިމް އަވަސް ހިގުމެއްގައި އެދިމާލަށް ދިޔައެވެ. ހާޝިމްއާއި އެއްކޮށް ޝަމްހާ އެކުރަނީ ކީއްތޯ ބެލުމަށެވެ. ނަމަވެސް ސާއިމްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެދެމީހުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުމުންނެވެ.

“ދެން އަހަރެންގެ ބައި މިނިމުނީއެއްނު.. ޝިމް އުޅޭ ޒައި ހައްލާލެވޭތޯ. ހެލްޕެއް ބޭނުމިއްޔާ ގުޅާލާތި އިނގޭ” ސާއިމް ހުރީ އިވެމުން މިދާ އަޑަކީ ތެދުކަން ގަބޫލްނުކުރެވިފައެވެ. ހާޝިމް އެފަދަ ކަމެއް ކޮށްފާނެއެވެ. ނަމަވެސް ޝަމްހާގެ އަތެއް މިކަމުގައި އޮވެދާނެ ކަމަށް ސާއިމް އުއްމީދެއް ނުކުރެއެވެ. ސާއިމް އެމީހުން ދެއްކި ހުރިހާ ވާހަކައެއް ކަނުލައި އަޑުއަހަން ހުއްޓެވެ. އެމީހުން ތިބީ ސާއިމްއަށް ފުރަގަސްދީގެން ކަމުން ސާއިމް އެތާގައި ހުރިކަމެއް ނޭނގޭނެއެވެ.


 

މީޓިންގައި އިންކަމުގައި ވިޔަސް ޒިޔަމްއަށް ވިސްނެމުން ދަނީ ޒީންއާއި ދޭތެރޭގައެވެ. ހިޔާލީ އޮއިވަރުގައި ޖެހި ބެހެމުން ދިޔައިރު ސިކުޑީގައި ވަނީ ޝައްކުގެ ތޫފާނެއް އުފެދިފައެވެ. މީޓިންގެ ގިނަ ވަގުތު ޒީން ނަޒަރު ހުއްޓިފައިވަނީ ޒިޔަމްއަށެވެ. ޒިޔަމްގެ މޫނުމަތިން އެއްވެސް ކުލަވަރެއް ނުފެންނަ އިރު ބަހެއް ބުނާ އަޑުވެސް ނީވެއެވެ. ފިކުރުތަކުގައި އިން ޒިޔަމްގެ ސިކުޑީގައި އެބުރެމުން ދަނީ ކޮންފަދަ ހިޔާލްތަކެއް ކަން ޒީން އަކަށް ނޭނގެއެވެ.

ޒިޔަމްގެ ޖީބުގައި އޮތް ފޯނު ވައިބުރޭޓު ވުމާއި އެކީ ޖީބުން ނަގާއި ބަލާލިއެވެ. ޒިޔަމްގެ ޖީބުގައި އޮތީ ޒައިނާގެ ފޯނެވެ. ޒީންއަށް އެމެސެޖުތައް ދައްކަން ފޯނު އޮފީހަށް ގެނައީއެވެ. ޒައިނާގެ ފޯނަށް ދެންމެ އައި މެސެޖު ޒިޔަމް ހިތުން ކިޔާލިއެވެ. އެޔަށްފަހު ޒީންއަށް ހޯދާލި އިރު ޒީން ހުރީ ޕުރެސެންޓު ކުރުމަށް އޭނާ ކުރިމަތީގައެވެ. ޒީންގެ އަތުގައި އޮތް ރިމޯޓު ފިޔަވައި އިތުރު އެއްޗެއް ނެތުމުން ޒިޔަމް ޒީންގެ ކައިރި ބަލައިލީ ފޯނު ފެންނަ ހިސާބުގައި އޮތްތޯއެވެ. ނުފެނުނެވެ. ޒީންގެ ދަބަސް އޮތީ ޒީން އާއި ޖެހިގެން ހަތަރު މީހުންގެ ދުރުގައެވެ. ޒީންއަށް އެހާ އަވަހަށް މެސެޖުކޮށްފައި ނުދެވޭނެއެވެ. ދެން އެހެން ވެއްޖެއްޔާ ޒީންގެ ނަންބަރުން މެސެޖު ކުރަނީ ކާކު ހެއްޔެވެ؟ ޒިޔަމްގެ ސަމާލުކަން އެހިސާބުން ފެށިގެން ޒީންގެ ހަރަކާތް ތަކަށް ދިނެވެ. ޕުރެސެންޓޭޝަން ނިއްމާލުމަށްފަހު ޒީން ދަބަސް ތެރެއިން ފޯނު ނެގިތަން ޒިޔަމްއަށް ފެނުނެވެ. އެހެން ކަމުން އެފޯނުގައި އެވަނީ ޒީންގެ ސިމްތޯ ޗެކުކޮށްލުމަށް ޒިޔަމް ޒީންއަށް އޭނާގެ ފޯނުން މެސެޖެއް ކޮށްލިއެވެ.

ޒީން ފޯނަށް އައި ޒިޔަމްގެ މެސެޖު ފެނި ބޯ ޖަހައިލީ އޭގައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އެޔާއި އެކު ފެނުނީ ޒިޔަމް ތެދެވެގެން ދާން ހިގައިގަތް މަންޒަރެވެ. މީޓިން އަދި ނުނިމޭ ކަމުން އެންމެން އެދިމާލަށް ބެލިކަމުގައި ވިޔަސް އެޔަށް އަޅާލުމެއް ނުދީ ޒިޔަމް ނިކުމެގެން ދިޔައެވެ.

ޒިޔަމް ނިކުމެގެން ދިޔަ ވަގުތަކީ ޝަމްހާ ޒިޔަމްއާއި ދިމާލަށް އައިވަގުތެވެ.

“އަދިވެސް ޒީން ވަރެއް ނެތިގެން އުޅޭތި” ޒިޔަމްއާއި އަރައި ހަމަވުމުން ޝަމްހާ ބުނެލިއެވެ. ޒިޔަމް ގޮށްމުއްކަވާފައި ފަހަތް ބަލާލި އިރު ޝަމްހާ އޮފީހުގެ މައި ބަޔަށް ވަދެގެން ދިޔައެވެ.

މޭޒުމަތީ ބޯ ޖަހައިގެން އޮތް ޒިޔަމްއަށް މީހެއްގެ ހިލަމެއް ވީހެން ހީވުމުން ބަލާލިއެވެ. ކުރިމަތީ ހުދު ކުލައިގެ ސިޓީ އުރައެއް ދިއްކޮށްގެން ހުރީ ޒީންއެވެ.

“މީ ކޯއްޗެއް” ޒީން މޭޒުމަތީ ބޭއްވި ސިޓީ އުރަ ފެނުމުން ޒިޔަމް އަހާލިއެވެ.

“އަޅުގަނޑު ވަކިވާތީ. ބައްޕަ ވަރަށް ބަލިކޮށް އުޅެނީ އެހެންވެ އެހީ ވެދޭން ކައިރީގައި ހުންނަން” މަޑުމައިތިރި ކަމާއި އެކީ ޒީން ބުންޏެވެ.

ޒީން ބޭނުންވާ ރިވެންޖު ލިބުނީތަ” ޒިޔަމް ގޮނޑިން ތެދުވަމުން ސީރިއަސް ރާގެއްގައި އަހައިލިއެވެ. ޒީން އެސުވާލަށް ޖަވާބު ނުދީ ހަނު ހުރިއެވެ. ޒިޔަމްއަށް އެކަމުން ވީ އުދަގުލެވެ. އެހެންވެ ގޮސް ޒީންގެ އަތުގެ މުލައްދަޑީގައި ބާރަށް ހިފަހައްޓާލިއެވެ.

“ބުނެބަލަ. ރިވެންޖު ލިބުނީތަ. ހިތް ފުރޭވަރު ވީތަ” ޒިޔަމްގެ އަތުން ދޫވާން ޒީން ކުރި މަސައްކަތް ވީ ބޭކާރެވެ.

“ދޫކޮށްލާ” ހަރުކަށިކޮށް ޒީން ކޮށްލީ އަމުރެކެވެ.

“ނޫން” ޒިޔަމް ޒީން ފާރުގައި ލައްކޮށްލައި ދެއަތް ދޭތެރޭ ގައިދުކޮށްލިއެވެ. އެވަގުތު ޒީންގެ ލޮލުން ހިލާލި ކަރުނަ ފެނުނަސް ޒިޔަމްގެ ހިތަށް ހަމްދަރުދީ ނުވަނީ ކީއްވެ ހެއްޔެވެ؟ އެހިތަށް ލިބިފައިވާ ހިތާމަ މާބޮޑީހެވެ؟

ޒިޔަމްއަށް މިކުރެވެނީ ކުށެއްކަން އެނގި ޒީންގެ އަތުން ދޫކޮށްލިއެވެ.

“ސޮރީ” ޒިޔަމް ބިއްލޫރިން ހަދާފައިވާ ފާރު ކަރިއަށް ދިޔައެވެ. ދެޖީބަށް އަތް ޖަހައިގެން ޒީންއަށް ފުރަގަސްދީގެން ހުރި ލޮލުން ފައިބަމުންދާ ކަރުނަތައް ޒީންއަށް ފޮރުވުމަށެވެ.  ޒީން ހިގާލައިފައި ގޮސް ޒިޔަމް ކައިރީ ފަހަތުގައި މަޑުކޮށްލިއެވެ.

“ޒީންއަށް ލިބުނު ޒިޔަމްގެ ފަރާތުން ރިވެންޖު ހޯދުމަށް ވަގުތު. އަދި ފުރުސަތުވެސް. ޒީން ބޭނުންވީ ޒިޔަމް ރުޅިއަރުވާ އުދަގޫ ކުރަން ޒީންއަށް ވެވުނު ވަރަކުން. ޒީންގެ…”

“ކުރިމަތީ އަހަރެން ބަލިކަށި މީހަކަށް ހަދަން” ޒިޔަމް ޒީންގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ.

“ވެދާނެ ތިހެން ކަމަށްވެސް. އެކަމަކު ޒީން ބޭނުންނުވީ.”އިސްޖަހައިގެން ހުރެ ޒީން ވާހަކަ ދެއްކިއެވެ.

“ހަދާންވޭތަ ޒީން އެހީމެއްނު ޒިޔަމް ސައިކޭޓުރިސްޓަކަށް ވީ ކީއްވެހޭ.. ޒީންއަށް އެގޭތަ އެދުވަހު ބުނި ސަބަބަށް ވުރެ ބޮޑު ސަބަބެއް އެކަމުގައި އޮތްކަން. “ޒިޔަމް ވާހަކަ ދައްކަމުން ދިޔައީ ދުރުބަލައިގެން ހުރެއެވެ.

“ޒީން އެއްމެ ފުރަތަމަ ދުވަހު އަހަރެންގެ ލޮލުގައި އަޅައިގަތީ ޒީންގެ ތި އިސްތަށިގަނޑު. އެހާ ދުރުންވެސް…އެރޭ ވީކަމެއް ހިގައި ދިޔައީ ޒިޔަމްގެ އިހްތިޔާރުން ބޭރުގަ. ހެދުނު ތެދުވެ ހަދާން ކުރަން އުޅެ އުޅެ ހަނދާންނުވި. އޭރުވެސް ޒިޔަމް ދިޔައީ ކޯހަށް ކިޔަވަމުން. އެކަމަކު އެރެއަށް ފަހު ޒިޔަމްގެ ހުރިހާ ކަމެއް ބަދަލު ކުރީ ޒީންއަށް ޓަކައި. ޒީން ހޯދުމަށްޓަކައި. މި ސިކުޑީގައި ފޮރުވިފައިވާ ކަމެއް އޮތްނަމަ އެކަން ހޯދުމަށްޓަކައި. އަށް އަހަރު ޒީން. އަށް އަހަރު ޒިޔަމް ކިޔެވި އެއްވެސް އެއްޗަކުން ޒީން ގެ ނަންވެސް ތިސޫރަވެސް ހިތަކަށް ނައި. ހަމައެކަނި ހަދާން ހުންނަނީ ތި ބުޅި އިސްތަށިގަނޑު. ތި ފައިގަ އަޅާފަ އޮތް ފަށް އެއީ ޒިޔަމް އަތުގައި އޮތް ޒީންގެ ހަދާން” މަޑު ޖެހިލުމަށްފަހު އަނެއްކާވެސް ޒިޔަމް ވާހަކަ ދައްކަން ފެށިއެވެ.

“އައި ލަވް ޔޫ ޒީން. އެދުވަހަށް ފަހު ހަ އަހަރު ފާއިތުވެގެން މިދަނީ ޒީންގެ ހިޔާލުގަ. ޒީން ފެންނާނެ ކަމުގެ އުއްމީދުގަ. ތި ލޯބި ޒިޔަމްއަށް ލިބޭނެކަމަށް ހީކޮށްގެން. އެކަމަކު ޒީން މިއަދު ތިބުނަނީ އެއީ އެއްވެސް އަގެއް ނެތް ހިޔާލު ތަކެކޭތަ؟ އެއުއްމީދުގައި އެއްވެސް އައްޔެއް ނުވެއޭތަ؟ އެއީ ކުށްހީއޭތަ؟” ބޭނުންވާ ވާހަކަތައް ދައްކާ ނިއްމާލުމަށްފަހު ޒިޔަމް މަޑު ޖެހިލީ ޒީން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ނަމަވެސް ޒީން ބަހެއް ނުބުނެ ހުރުމުން އުދަގޫ ވިއެވެ.

“ބުނެބަލަ” ޒިޔަމް ފަހަތަށް އެބުރި ޒީންގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ޒިޔަމް ލޯ ފޯވެފައި ހުރި ކަރުނަތައް ފެނުމުން ޒީންގެ ހިތަށް ތަދުވެގެން ދިޔައެވެ. އެކަރުނަތައް ފުހެދޭނަމޭ ހިތަށް އެރިއަސް ފަސްޖެހނީ ކީއްވެ ކަމެއް ނޭނގެއެވެ. ޒިޔަމް އޭނާ ދެކެ ވާ ލޯބި އެގުމުން ހިތް ބިރުން ފިލީ ހެއްޔެވެ؟ ޒީން އިސްޖަހައިލިއެވެ.

“ޒީން ޔޫ ޓުކް ރިވެންޖު ފުރޮމް މީ.  ޒިޔަމް ހާ ރަހުމް ކުޑަކޮށެއް ނޫން. ތީ ސުވީޓު ރިވެންޖެއް. މިއަދުވެސް ތި ދަނީ މިހިތް ރޮއްވާލާފަ. މެހުމާނެއްގެ ގޮތުގަ އައިސް. އެކަމަކު އޭގެ އަސަރު އަބަދުވެސް މި މޭތެރޭ ހުންނާނެ” ޒިޔަމް އަނެއްކާވެސް ޒީންއަށް ފުރަގަސްދިނެވެ.

“ޒިޔަމްއަށް ހައްގެއް ނޫން ޒީން ދެކެ ލޯބިވުމެއް” ޒީން އެހެން ބުނެލުމަށްފަހު ދާން ހިގައިގަތެވެ. ޒީން ދޮރުން ނިކުތް ވަގުތަކީ ސާއިމްއާއި ޒައިނާ އެތެރެއަށް ވަދެގެން އައި ވަގުތެވެ. ޒީން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އިސްޖަހާލުމަށްފަހު ފޮރުވަން އުޅުނަސް އެކަން ކާމިޔާބެއް ނުވިއެވެ. ޒައިނާ ޒީންއަށް ދެތިން ފަހަރު ގޮވުމުން އެއަޑު ނީވޭ ކަމަށް ހަދައިފައި ޒީން ދިޔައީއެވެ.

“ކީކޭ ޒީން ކައިރީ ކީ. އެއީ ޒީން ކުރިކަމެއް ނޫނޭ. މިއޮތީ ޕުރޫފުވެސް” ސާއިމް އޭނާގެ ފޯނު ދިއްކޮށްލިއެވެ. އޭގެ ހިފުމުގެ ބަދަލުގައި ޒިޔަމް އެބުރު ނީ ފަހަތަށެވެ.

“ބޭބެ ކިހިނެތްވީ” ޒިޔަމް މޫނުމަތީގައި ވި މާޔޫސީކަން ފެނި ޒައިނާ ކައިރިއަށް ގޮސް އަހާލިއެވެ. ނަމަވެސް ޒިޔަމް އެޔަށް ޖަވާބެއް ނުދީ ހުއްޓުން އަރާފައި ހުރީއެވެ. ޒިޔަމްގެ ސިކުޑި ބަރު ކުރަމުން ދިޔައީ ޒީންގެ ފިކުރުތަކުންނެވެ. ފުރަތަމަ ފަހަރަށް ލޯބި ހުށެހެޅުމުން ޒީން އެދިޔައީ އޭގައި ކޮޅު ފައިން ޖަހާފައެވެ. އެތައް ބަޔެއްގެ ތުހުމަތުގެ އިގިލިތަކުން ޒިޔަމް ޒީން ހިމާޔަތްކޮށް ދިނީ ޒީންއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ޒީންއަށް ނޭނގި ޒީންގެ ހައްގުގައި ޒިޔަމް ތެދުވިއެވެ.

އެވަގުތު އުޑުމަތި ކަޅުވެފައިވާ ވިލާތަކުން ވާރޭ އޮއްސާލިއެވެ. ޒިޔަމްގެ އެހިތާމައިގައި ބައިވެރިވަމޭ ބުނާ ފަދައަކުންނެވެ. ޒީން ފަހަތުން ދާން ބޭނުން ވިޔަސް ޒިޔަމްގެ ފައިގައި އެވަރު ނެތެވެ. އާދޭސްކޮށް ގޮވާލަން ބޭނުން ވިޔަސް އަޑު ވަނީ ބެދިފައެވެ. ޒީން ދެވަނަ ފަހަރަށް ޒީންގެ ހަޔާތަށް އައިސް ދިޔައީ ހިތް ކުދި ކުދިކޮށްލާފައެވެ. ޒިޔަމް ޒީން އަރިހުގައި އެދެން ބޭނުމީ އެހިތަށް އޯގާތެރި ވެދޭށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އަންވާރު ސީސަން 2 (ހަތަރުވަނަ ބައި)

Next

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

Next
July 5, 2017

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

Previews
July 4, 2017

އަންވާރު ސީސަން 2 (ހަތަރުވަނަ ބައި)

77 Comments!

  1. shafu says:
    July 4, 2017 at 9:09 pm

    v reethi….waiting for next part

    1. maroon says:
      July 4, 2017 at 9:36 pm

      Thanku shafu ??

  2. HARLEY quinn says:
    July 4, 2017 at 9:17 pm

    wowww awsomenesss, waiting waiting…
    cant wait to read another episode… keep it up maroon.

    1. maroon says:
      July 4, 2017 at 9:37 pm

      Harley quinn thanku ???

  3. Some one says:
    July 4, 2017 at 9:23 pm

    Wowww!!!!! V salhi!!!! Haaadha molhey!!! Ma sha allah!!! Thnkyu! Thihaa avahah genesdhiniima!!! U r da bst!! When nxt prt????

    1. maroon says:
      July 4, 2017 at 9:38 pm

      Thanku some one ??
      Next part hopefully thursday ? see you then loves ?

  4. Reen says:
    July 4, 2017 at 9:25 pm

    mi part ves v reethi waiting for next part

    1. maroon says:
      July 4, 2017 at 9:39 pm

      Thanku reen ??

  5. annoying reader says:
    July 4, 2017 at 9:29 pm

    thankyou finally this part is not so annoying. make that shamha pay for wat she did. love this part. i guess sam’s lik sister is zeen. finally they’re going to met right?. love it and tonight i am happy not annoyed? thanks for not hurting zeen again. waiting for next part

    1. maroon says:
      July 4, 2017 at 9:41 pm

      Hehe. Happy to know. ??
      Shamha dhw. I hate her too
      Lets see ?

  6. Naana says:
    July 4, 2017 at 9:30 pm

    Masha allah…..waiting 4 nxt part

    1. maroon says:
      July 4, 2017 at 9:42 pm

      Thanku naana ??

  7. Adha? says:
    July 4, 2017 at 9:31 pm

    Koba hama heevigothah dw shamhaa gandaa haashim gandu ehbaivegen ekan e kury..?… Mifaharu hama rohvaaly thy ingey maroon? dhen thihaavarah zim nurohvabala varah hurt vey? avahah next ep up kohdhehchey ingey I’m waiting ❤❣?

    1. maroon says:
      July 4, 2017 at 9:43 pm

      Adha ??
      Yup ehen mivee… zim ah happy ending eh libeythw balama ?
      Loves tc ?

  8. Azuna says:
    July 4, 2017 at 9:32 pm

    Haadha reehchey one more part pls pls pls?

    1. maroon says:
      July 4, 2017 at 9:43 pm

      Thanku azuna. Hopefully by thursday ngey ?

  9. Aiy says:
    July 4, 2017 at 9:44 pm

    Loved it… ? But thankolheh kuree… kiyaa hithun indhaa nimunee… next part dhigu koh genesdhehchey…

    1. maroon says:
      July 4, 2017 at 10:58 pm

      Thanku aiy ??
      Kuree dhw thankolheh. Sorry ngey ?

  10. Xna says:
    July 4, 2017 at 9:58 pm

    Hahaha swyt revenge?? luv it…ziam ah ehn nahadhaa?ziam ah alhaala?thnx maroon 4 dh lvly stry??

    1. maroon says:
      July 4, 2017 at 11:00 pm

      Xna mifaharu sweet koh? ?
      Thanku ?

  11. ???? says:
    July 4, 2017 at 10:03 pm

    Vvv rythi mivaahaka

    1. maroon says:
      July 5, 2017 at 7:15 am

      Thanku dear ??

  12. ????? says:
    July 4, 2017 at 10:05 pm

    Haadha kurey mibaiiii ekam v rythi☺

    1. maroon says:
      July 5, 2017 at 7:16 am

      Thanku dear ???

  13. Xxxx says:
    July 4, 2017 at 10:27 pm

    Wooow???v.nice dear.. waiting ingey☺keep it up

    1. maroon says:
      July 4, 2017 at 11:01 pm

      Thanku xxxx ???

  14. Anonymous says:
    July 4, 2017 at 10:29 pm

    Miray adhi 1part up kohdhaynvnu vvv reethi vaahaka

    1. maroon says:
      July 4, 2017 at 11:09 pm

      Sorry mireaku noon dhw. Thursdayge kurin liye vijjeyyaa upkoh dheynan . Thanku ??

  15. Blume says:
    July 4, 2017 at 10:31 pm

    Saaim ge sister aky zeen dhw..mi prt v rythi ..cant wait 4 the nxt prt..ly❤❤

    1. maroon says:
      July 4, 2017 at 11:10 pm

      Kiyaalama siblings thw balan ??
      Thanku blume ?

  16. sam♥ says:
    July 4, 2017 at 10:33 pm

    alhey rooon sam rohvaa thilyy .:-(:-(:-( … ekm story wow wow wow just wow …. lovely n cut ♡.. this stry is perfect ….. love u nooor … waiting next part ….. thankxx a lot … again love u ….♡♡♡♡

    1. sam♥ says:
      July 4, 2017 at 10:47 pm

      oooooopssss …. sorry rooon heheh
      … loves roon … sam ge mail nufeney thaa rooon …. so sad :-(:-(:-(

    2. maroon says:
      July 4, 2017 at 10:56 pm

      Vaahakaiga ulhey sam ruihen nurohchey anekka?
      Thanku sam. Abadhuves sam ge comment kiyaalaafa v ufa vey. Anekkaa ragalhu mail ahtha thifonuvany?
      Loves ???

    3. sam♥ says:
      July 4, 2017 at 11:18 pm

      ehn rovun hama … mihaaa hih dheraa iruvess stry reethii kamun nukiyaa nuhurevenyyy …..
      yeh ragalhuu mail ah send.kuranyyy ….. hama sam n roon prvt kon talk kohleveyne goveh nethythaa ….. 🙁

    4. maroon says:
      July 4, 2017 at 11:24 pm

      [email protected]
      Maroon name akah innaany
      Dhn neyge dhw .. sorry ?

  17. Addu manje says:
    July 4, 2017 at 10:40 pm

    Varah reethi.. Maroon varah molhu.. so zeen and saaim are siblings right?? Cant wait to read nxt part.. upload it soon.. Good luck! 🙂

    1. maroon says:
      July 4, 2017 at 11:10 pm

      Lets see dhw. Thanku addu manje ??

  18. Maa says:
    July 4, 2017 at 10:55 pm

    Vv nice.. eagerly waiting for next part… plzzzz tomorrow upkoh dheveythoa balaathi

    1. maroon says:
      July 4, 2017 at 11:11 pm

      Will try maa ?? thanku ?

  19. Some one says:
    July 4, 2017 at 10:58 pm

    Waiting for thrsdyy!!bt assu xiyam phychastrist akh vi riisn i akh ehaa get nuvi!! Plx plx get khdhiibaa? Alhugaage get vumuge bai v dhah vaane?

    1. maroon says:
      July 4, 2017 at 11:17 pm

      Thanku?
      They study human thoughts emotions and stuff. When he studied this he thought he will be able to recover those memories. And plus m sure he wants to know why he lost those memories in the fisrt place…

  20. Thoo says:
    July 4, 2017 at 11:23 pm

    Saaim ge kohko aky zeen baa ?? ???

    1. maroon says:
      July 4, 2017 at 11:26 pm

      Thoo.. kaaku buny ?
      Btw thanks v bodah kiyaalyma ???

  21. Chum handi says:
    July 4, 2017 at 11:27 pm

    Awwwwwww…. vrh loabi story eh…. I think saaim akee zeen ge beybe henn. Waiting for the next part… gdnyt….

    1. Adha? says:
      July 4, 2017 at 11:47 pm

      Good point.. aslahves varah heevey?

    2. maroon says:
      July 5, 2017 at 7:17 am

      Thanku chum handi… hurihaa kudhinhen eba buney thihen ? vun ekashygenvey ???

  22. Shaa says:
    July 5, 2017 at 12:02 am

    Ma Sha Allah v salhi

    1. maroon says:
      July 5, 2017 at 7:18 am

      Thanku sha ??

  23. Shaai says:
    July 5, 2017 at 12:24 am

    Wow nice… dhen kon dhuvahakun upload vaani. Im whaiting

    1. maroon says:
      July 5, 2017 at 7:19 am

      Thanku shaai. Thursday. Eyge kurin liyeveythw balaanan??

  24. khajja says:
    July 5, 2017 at 1:00 am

    Masha allah ??? v rythi saaim ah libun sityga eynage girl kokko enhunnavaahaka bunefa aee kaakukan nubunyma v dheravejj?? emmefahun zeen vaany saaim ge girl kokko ah dhw, heekurevun gothan mivy samhaa aa haashim ge kulhigandakannu ekan e vy dhw ekam zeen ge phone e number aaeku zeen ge athuga ovva zainaa ge number ah zeen nufonuvanis e number in msg aee kyvve????? Stry v rythi v inthizaaru kurevey vaahaka eh.miee plx tmw nxt prt up kolladhybala plz maroon v hyvey zeen ge dad kairiah ziyam saaim n zainaa dhaane hen ethanun engeyny kanney aee saaimge ves dad kan ??? ohhh!!! Wow maroon ziyam ge life happy koh dhechchey zeen aai ziyam gulhuvaidheythi adhi samhaage kanthah bust v kan samhaa ah naangaa ziyam ge mom n dad ah proof dhakkaa eyrun dhw bodah rangalhuvaany adhi safe ves vaany eyrun hen bodah hyvany anyway stry v v v rythi v interesting thanks 4 the luvly stry maroon???? thank u so much keep it up n gud nyt luv u bodukon????❤❤❤❤????????????????

    1. maroon says:
      July 5, 2017 at 7:23 am

      Khajja ? nunidha reader ehtha my ?
      Ehaa dhigukoh comment kuranyves ??
      Vedhaane kokko kamahves. Neyge dhw adhi..yup kihineibaa e msg dhiyaee ??? eves adhi egeyne ngey.. keep waiting.. have a good day. Tc loves ??

    2. khajja says:
      July 5, 2017 at 6:04 pm

      ???Noon nidhan n fathihu namaadhukuranves thedhuvan?? asluvaagothaky ehaa interestaa eku kiyaalaafa comment kuraavaguthu foaryga liyeveyvaru neyngeny dhw?? ehaaves stry rythiviyya?? ly???❤❤??????

  25. Some one says:
    July 5, 2017 at 8:43 am

    Owhh!!!! Thnkyu so mch!!! Get vejje!?

    1. maroon says:
      July 5, 2017 at 3:29 pm

      ?

  26. lovs says:
    July 5, 2017 at 12:07 pm

    AMAZING !!!!!

    1. maroon says:
      July 5, 2017 at 3:29 pm

      Thanku lovs ?

  27. Smile says:
    July 5, 2017 at 12:30 pm

    Alhey hama rovijje :'( ekam haadha reechey, thank u maroon vvvvv kiyaa hithun dhen anna bai dhigu kohlahchey adhi 🙂

    1. maroon says:
      July 5, 2017 at 3:30 pm

      Thanku .. hehe. Dnt cry ??

  28. chim says:
    July 5, 2017 at 12:42 pm

    Wow wow???.
    Loabi vaahaka eh.
    Mi story ehkoh kiyaalumah konme parteh liyamun midhany…foohi kameh neh??

    1. maroon says:
      July 5, 2017 at 3:31 pm

      Thanku chim ? ur support is the strength. All the readers ??

  29. nonns says:
    July 5, 2017 at 5:12 pm

    Awwwn. Varah lwbi and sweet mi part. Ekam zeen heyo nuvaane zuyam ge hiyy rovvaalan ves. When next ep?

    1. maroon says:
      July 5, 2017 at 5:15 pm

      Hey nonns.thankuu ..hehe. thanku ?? thursday hopefully

  30. Afoo says:
    July 5, 2017 at 6:57 pm

    its sooooo beautiful maroon..waiting for the next part!!

  31. Reader says:
    July 5, 2017 at 8:11 pm

    Alhe Saaim n Zaina ge kaiveni huhdha eh nuvaanennu ehenveema. 2 months veema obviously gaathun kiru beynunkuraane kanneynge

    1. AKI says:
      July 5, 2017 at 8:16 pm

      faharehga buhfulhi dheegen balaafa hure dhaane dho

    2. maroon says:
      July 5, 2017 at 8:24 pm

      Saaim libuny saaim ah 8 monthsga… eyge 2 months fahun ziyam ah pregvy..i am sure after giving birth only she could feed milk..and i havnt mentioned how old saim was when he was lost..and there are other ways too ehnu ?
      Thanku alot for reading ???

  32. AKI says:
    July 5, 2017 at 8:14 pm

    vvv reethi vaahaka … next part ah varah inthizaaru kurevey … avahah up kohla dheebaa pls pls

  33. who am i? says:
    July 6, 2017 at 2:37 am

    wow??? chaalu kann❣❣❣❣

  34. Sifaa says:
    July 6, 2017 at 11:10 am

    Koba Thursday up kuraanamey buneemehnu… can’t wait… Pls avahah vaahaka up kohladheebala…. waiting…

  35. Sifaa says:
    July 6, 2017 at 11:33 am

    Alhe konirakun up ohdheynee… Miadhu mee Thursday eh nu… can’t wait…

  36. Aamin says:
    July 6, 2017 at 7:38 pm

    Anekka shamha a e saaim ge kokko kahneyge dhwr

  37. maroon says:
    July 6, 2017 at 8:24 pm

    Upkohdheynan 10:30ge kurin.. v busy dhuvaheh vyma lasvany

  38. niha says:
    July 6, 2017 at 8:44 pm

    k dear …..
    Waiting ga ?

  39. Curious says:
    July 6, 2017 at 10:07 pm

    It’s 10 ?

  40. zee says:
    July 6, 2017 at 10:28 pm

    its 10;30

  41. niha says:
    July 6, 2017 at 10:29 pm

    where are y maroooon

Comments are closed.

Next Episodeވާށެ އޯގާ ހިތާ 13←


All Right Reserved!