ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ފަހަތަށް އެނބުރި ދުވަމުންގޮސް ތިޝާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. މިކަންވީ ބައްރާ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. އަކްޝަމަށް ހޭވެރިކަމެއްވީ ދެނެވެ. ލޯރެން ގަޔާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ. ލޯރެން ހައިރާންވެފައި އަކްޝަމަށް ބަލާލި އެވެ. ނަމަވެސް އަކްޝަމް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކުރިން އިން ގޮތަށް ގޮނޑީގައި އިށީނެވެ. ލޯރެންވެސް ތުން އަނބުރާލަމުން އަކްޝަމްގެ ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. “ތިޝާ ކީއްވެބާ އެގޮތަށް […]
ފީރޯޒާ އޭނާ އަށް ކަމެއް ސިއްރު ކުރާ ކަމުގައި އޭނާ އަށް ހީވި ހީވުން ޔަޤީންވީއެވެ. އޭނާ އަށް އެކަން އިތުރަށް ޔަޤީންކުރަން ބޭނުންވިއެވެ. އެހީ ހޯދަން ބޭނުންވި ފަރާތުގެ ޚަބަރެއް ވެސް ނުވާތާ މިހާރު ދެހަފްތާވަނީއެވެ. އޭނާ ކުއްލިއަކަށް ބީ މަތިން ހަނދާންވާން ފެށިއެވެ. ރައްޓެހިންތަކަކާއި އެކު މާކިލް ވެސް ރަށުން ބޭރުގައި މިދުވަސްކޮޅު ވީކަން އެއީ އޭނާގެ ނަސީބެވެ. ނޫންނަމަ އޭނާ އުޅެންޖެހޭނެ ހާލެއް ޚިޔާލުކޮށްލަން ވެސް ދަތިވާނެއެވެ. މާމަގެއަށް ދިޔުމަށް ކޮޓަރި ތެރޭގައި […]
މައިރާގެ އަޑާއެކު ޒިވާން ސިހިފައި އަރުޝީ ގައިން ދޫކޮށްލިއިރު އަރުޝީވެސް އަވަހަށް ޒިވާންގެ އުނގުމަތިން ތެދުވެ ހަމަޖެހެވޭތޯ މަސައްކަތް ކުރިއެވެ. ” ސޮރީ ޑިސްޓަރބް ކޮށްލެވުނީމަ..” މައިރާ މާފަށް އެދުމުން އަރުޝީ އެއީ ކަމެއް ނޫން ކަމަށް ބުނެ ސައި ބޯން އައުމަށް މައިރާ އަށް ދައުވަތު ދިނެވެ. ” ޒިވާން މުސާރަ ކަންތަކާ ވާހަކަ ދައްކާލަންވެގެން އައީ” އަރުޝީއަށް ވަކި ޖަވާބެއް ނުދީ މައިރާ ޒިވާން އަށް ބުންޏެވެ. ” އާނ… މުސާރަ ދޯ… މިއަދު […]
2025/2026ވަނަ އަހަރު 2025ވަނަ އަހަރުގެ ބޮޑު ތިލަދުންމަތީގެ ‘އެންމެ ޒުވާން އުފެއްދުންތެރިޔާ’ ގެ އިނާމު ލިބުނު ފަރާތުގެ ގޮތުގައި ރިޒުވީންގެ ނަން ދިރާގު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގޮވުމުން އިނާމު ބަލާ ރިޒުވީން ސުޓޭޖު މައްޗަށް އަރައި އޭނާއާ ސަލާމްކުރިއެވެ. ދެން ސުޓޭޖްމަތީގައި ހުރި ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ނުޢުމާނާ ސަލާމްކުރިއެވެ. ނުޢުމާން، ރިޒުވީންގެ އަތަށް އިނާމު ‘ޓްރޮފީ’ ދިނެވެ. ‘ޓްރޮފީ’ ގައި ހިފުމަށް ފަހު ޙަފުލާއަށް އައިސް ތިބި މީހުންނާ ދިމާލަށް ރިޒުވީން ބަލާލިއެވެ. އެ […]
އާދުވަހަކަށް އިރުއަރައިގެން އައިރު .. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހިޝާމް ގެ އިތުރުން ޔާސީންގެ ކުޑަކުޑަ އާއިލާވެސް ވަގުތުތަށް ގުނަމުން ދިޔައީ ސަމީހުމެން އަންނަ ބޯޓު އެއާޕޯޓުގައި ޖައްސާނެ ވަގުތަކަށެވެ. ނަމަވެސް ނޫރާގެ ސަމާލުކަން އެކަމަކަށް ނެތެވެ. އިރު އިރު ކޮޅާ ފޯނަށް ބަލާލާގޮތުން މީހަކު ގުޅާނެ ކަމުގެ އިންތިޒާރުގައި ވާކަން ފެންނަ ކޮންމެ މީހަކަށްވެސް ޔަޤީން ވާނެއެވެ. ޝަމާލް އާއި ޖަޒްލާން ވެސް ލިބުނު ކުޑަ ޗުއްޓީގައި އަރޫންގެ ހާލުބެލުމަށް ދަތުރުކުރަމުން ދިޔައީ ރާއްޖެ އައުމަށެވެ. ނަމަވެސް […]
“މިޝް ބޭނުމީ ހަމައެކަނި ޔާލް، މިޝްގެ ފަހަރިއަކަށް ވާންތަ….؟؟؟ ނޫނީ މިޝްގެ އެހެން ކްލޯޒް ފްރެންޑެއްވިޔަސް މިޝްއަށް އޯކޭ ވާނެތަ…..؟؟؟” މިޝްޔާއަށް ފުން ނަޒަރަކުން ބަލާލަމުން މިޝަލް ސުވާލުކޮށްލިއެވެ. މިޝަލްގެ ސުވާލުން އޭނާ އޮޅުންފިލުވަން ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން ޒިކާނަށް ވަރަށް ރަނަގަޅަށް ވިސްނުނެވެ. އެހެންކަމުން އޭނާވެސް އިނީ މިޝްޔާ ދޭނެ ޖަވާބެއް އަޑުއަހާލާ ހިތުންނެވެ. “އަހަރެންގެ ކްލޯޒް ފްރެންޑަކަށް ތިބޭނީ ތިންކުދިންކަން ދޮންބެއަށްވެސް އެނގޭނު…. އެކަމަކު އެތަނުން ހުސްކޮށް ހުރީ ޔާލް އެކަނި…. އެހެންވެ […]
“އެފަޅީގައި ދެން އޭނަ ކޮންކަމެއް ކުރަން އޮންނާނީ… އޭރުގައި މިގޭގައި އެހާދިސާއެއް ހިނގިފަހުން އެއްވެސް މީހަކު އެފަޅިއަކަށް ނުދޭ…އަމުދުން މިހާރު ދިޔުމުގެ ބޭނުމަކީ ކޮބާ؟… އެންމެ ނުބައި ވައްތަރުގެ ގަސްތައް ހެދިބޮޑުވެފައި އެހުރީ… ހިރުނދާއި ދިއްގާ އާއި މަގޫ ގަސްތައް… މަ ނުބުނަންތަ އާސިރު ކައިރީގަ އެގަސްތައް ކަނޑާށޭ.. ކޮޓަރީގައި ހުރެ ކުޑަދޮރުން އެދިމާލަށް ނޭނގި ބަލާލެވުނަސް އަހަރެން ބިރުން އަވަދިވާވަރުވޭ… އަނެއްކާ ކަމެއްވީމަ ދޯ އެސޮރަށް ދެކަމު ދެވިފައި އޮންނާނީ…” މުޅިން ވެސް ފިރޯޒާގެ ޝަކުވާއެވެ. […]
2025ވަނަ އަހަރު – ދެކުނު އެފުރިކާ އިން މަޑަގަސްކަރައަށް ޢާދިލް ފިލައިގެން ދިޔަކަން އެނގުމާއެކު ޖަލުގައި މަސައްކަތްކުރާ އެތައް ބަޔަކު ޖަންގަލި ތެރެއަށް ނުކުމެގެން އޭނާ ހޯދަން ފެށިއެވެ. ރޭގަނޑުގެ ދަން ވަގުތަށްވުމުން ޖަންގަލި ތެރެއިން އެއްވެސް ތަނެއް ވަކިނުވާހާ އަނދިރިއެވެ. އެހެންވެގެން އެ މީހުން ނުކުމެ އުޅުނީ ޓޯޗުތަކެއް ހިފައިގެންނެވެ. ބަޔަކު ހިނގާފައި އަންނަ އަޑު އިވުމުން އެ ގަސްބޯ ޖަންގަލީގައި ހުރި ގަސްތަކުގެ ތެރެއިން ގަހަކަށް އަރާ ޢާދިލް ފިލީއެވެ. އެބައިމީހުން ޢާދިލް ހޯދަން […]
ތިޝާ ވާހަކަ ދައްކަންވެގެން އަނގަ އަށް ކުޑަހަރަކާތެއް ގެނަ އެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރި އެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ. ހަަމަ އެވަގެތު އެ މީހާގެ ފޯނު ރިންގުވާން ފެށި އެވެ. ފޯނު ނެގުމަށްފަހު “ގިވް މީ އަ ސެކަންޑް” އޭ ބުނެލި އެވެ. އަދި އިސްޖަހާލަމުން ތިޝާއަށް ބަލާލުމެއްނެތި ބޭސް ކޮަތަޅު އެނދުމަތީގައި ބަހައްޓާފައި ބާރަށް ހިނގަމުން ގޮސް އެތަނުން ނިކުތެވެ. ގަބުވެފައި […]