Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ދެގަޑި ތިރީސް 7

Ushaali Level 810 Stories100 Comments100 Stories500 Comments
August 14, 2017 8 Mins Read
11 Comments

“އެފަޅީގައި ދެން އޭނަ ކޮންކަމެއް ކުރަން އޮންނާނީ… އޭރުގައި މިގޭގައި އެހާދިސާއެއް ހިނގިފަހުން އެއްވެސް މީހަކު އެފަޅިއަކަށް ނުދޭ…އަމުދުން މިހާރު ދިޔުމުގެ ބޭނުމަކީ ކޮބާ؟… އެންމެ ނުބައި ވައްތަރުގެ ގަސްތައް ހެދިބޮޑުވެފައި އެހުރީ… ހިރުނދާއި ދިއްގާ އާއި މަގޫ ގަސްތައް… މަ ނުބުނަންތަ އާސިރު ކައިރީގަ އެގަސްތައް ކަނޑާށޭ.. ކޮޓަރީގައި ހުރެ ކުޑަދޮރުން އެދިމާލަށް ނޭނގި ބަލާލެވުނަސް އަހަރެން ބިރުން އަވަދިވާވަރުވޭ… އަނެއްކާ ކަމެއްވީމަ ދޯ އެސޮރަށް ދެކަމު ދެވިފައި އޮންނާނީ…”  މުޅިން ވެސް ފިރޯޒާގެ ޝަކުވާއެވެ. މައިސަރާ ވެސް އަނގަ މަތީގައި އަތް އަޅާލިއެވެ.

“ރޯޒާ ގެ ތީ އަބަދުގެ ވެސް އާދަ…. ވިސްނާނީ އެންމެ ނުބައިކޮށް. ދެން ތިބުނީ މިގޭގައި ރޫހާނީ ކަމެއް އުޅެޔޭ ދޯ….. ރުޤްޔާ ކުރާ މީހެއް ހޯދަންވީ ދޯ… ރޯޒާގެ ތި ޝައްކުތައް ފިލުވަން މަ ބޭނުން” ސޯފާ ގޮނޑީގައި ބުރަކަށި ޖައްސާލާ ހަށިގަނޑު ސީދާކޮށްލަމުން އާސިރު ބުނެލިއެވެ.

“ނޫނޭ ކާފާ… ބައްޕަ ހޭލީމަ އަދި އަހާފަ ތިކަހަލަ ކަމަކާއި އުޅޭނީ” މާކިލް ބުނި އެއްޗާއި އެންމެން އެއްބައިވެލިއެވެ. ފީރޯޒާ ހިތާ ދެކޮޅަށް ނަމަވެސް ބޯ ޖަހާލިއެވެ. އެވަގުތު ކާން ހެދިފައި ހުރި ކަމަށް ރަޔާހީން ބުނުމުން އާސިރު އެދުނީ އިރުފާން ހޭއެރި އިރަކުން ކާން ފެށުމަށެވެ.

މަހާ އަށް ރަޔާހީން ފެނުމާއެކު މައިސަރާގެ އުނގުން ފުންމާލައިގެން ގޮސް ރަޔާހީން ކައިރިއަށް ހުއްޓުނެވެ. އަދި އޭނާގެ އަތުގައި އޮތް ފޯނު ރަޔާހީނަށް ދިއްކޮށްލަމުން ކޮންމެސް އެއްޗެއް ބުނެލިއެވެ. ރަޔާހީން ހީލަމުން މަހާ އާއި އެކުގައި ސެލްފީއެއް ނަގާލިއެވެ. މާކިލް ރަޔާހީނަށް ބަލަން އިނީ ބުޅާ މަސްގަނޑަށް ބަލާ ހެންނެވެ. ކިރިޔާ ފުރުސަތެއް ލިބުނަސް ހީވަނީ ކާލަފާނެ ހެންނެވެ.

“ކޮބާ ވިކީ… ދެތިން ދުވަސްވެއްޖެ ނުފެންނަތާ” ތަނުގެ ހަމަހިމޭންކަން ފިލުވާލަމުން ފީރޯޒާ އަހާލިއެވެ.

“ވިކްޔަން ވީ ދަތުރެއްގައި.. މާދަމާ ހެނދުނު އާދެވޭނީ… މިހާރު ވީ ލަންކާގައި. މިރޭ އަދި ތިން ދަތުރު އެބައިންހެން ހީވަނީ. އަދި މިހަބަރު ނުދީ މިއުޅެނީ އޭނާ އަށް” މައިސަރާ އޮޅުންފިލުވާ ދެމުން ދިޔައެވެ.

އެންމެން ވާހަކައިގާ ތިއްބާ ސިހުނީ އިރުފާން އޮތް ކޮޓަރިން ބާރަށް އެއްޗެއް ވެއްޓި ތެޅުނު އަޑަށެވެ. އެންމެ ފުރަތަމަ ވެސް ދުއްވައިގަތީ އެތަނުގައި އެންމެ އަވަހަށް ދެވޭނެ ފަދަ ގޮތަކަށް އިން މާކިލް އެވެ. ސައިޑްކަބަޑް މަތީގައި ހުރި ބިއްލޫރި ފެންޖަގު ތިރިއަށް ވެއްޓިފައި އޮތްއިރު އިރުފާން ގުދުވެ ޖަގު ނެގޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“ދަރިފުޅާ އަޅެ ގޮވާލިނަމަ…” އިރުފާންގެ ބޯކޮޅުން ފީރޯޒާ އިށީންނަމުން ބުންޏެވެ. އެވަރު ކަމެއް ނޫނޭ ބުނެ ހީލަމުން އިރުފާން ދުރުގައި ހުރި ރަޔާހީނަށް ކައިރިއަށް އަންނަން އަތް ދިއްކޮށްލިއެވެ. ރަޔާހީން ލަދުން ހުރެފައި ވެސް އިރުފާންގެ އަތުގައި ހިފާލިއެވެ. ކޮޓަރި ތެރޭގައި ހުރިހާ މީހުން ތިބިކަން އިރުފާނަށް އެނގުނީ އެއަށްފަހުއެވެ.

“ކަމެއްވީތަ އެންމެން ކޮޓަރީގައި ތިބީ… ކޮބާ ވިކީ؟  ވިކްޔަން އަށް ކަމެއްވީތަ؟ ހަޤީޤަތުގައި ވެސް އިރުފާން އޭރުގައި ވީ ކަމެއް ހަނދާނެއްނެތެވެ. އެވަގުތު އެކޮޓަރި ތެރެއިން ވިކްޔަން އެކަނި މަދުވީމަ އޭނާ ހީކުރީ ވިކްޔަން އަށް ކަމެއްވީ ކަމަށެވެ.

“ދަރިފުޅަށް ކިހިނެއްވީ؟ އަޅެ ބައްޕަމެންނަށް ވީގޮތް ކިޔާދީބަލަ” އާސިރު ކެތްތެރިކަން ކުޑަވެފައި އަހާލިއެވެ. އިރުފާން ހައިރާންވިއެވެ. އަނެއްކާ އެކަހަލަ ކަމެއްވީ ކަންނޭނގެއެވެ. އޭނާ ބޭނުންވީ އޭނާގެ އާއިލާ ހިތްހަމަޖައްސާދޭށެވެ.

“ހެހެހެ… އަސްލު މާބޮޑު ކަމެއް ނުވޭ… މަންމަ އާއި ބައްޕަ މާ ބޮޑަށް ހާސްވަނީތި… ތިއުމުރުގައި މަންމަމެން ކަންތަކާއި ވިސްނަންވިއްޔާ ހުރިހާ އެއްޗެއް އެއްފަހަރާ މައްޗަށްދާނީ… ބަލާބާ ބައްޕަގެ ދަރިފުޅު ވެސް ހާސްވެފައި ހުރިވަރު” ދުރުގައި ހުރި މާކިލް އަށް ނަޒަރެއް ދެމުން އިރުފާން ބުނެލިއެވެ. އޭރު ބޭރުންވަން ނޯކަރު ދެކުދިން އެޅިފައި ހުރި ބިއްލޫރިތަކާއި ފެންތައް ސާފުކުރަމުން ދިޔައެވެ.

“ބައްޕަ އަށް ކަމެއްނުވާ ކަމެއް ނޭނގެ… ބަލާބާ ހަލާކުވެފައި ހުރިހާ ތަންތަން” މާކިލް ބުނި އެއްޗަކުން ހުރިހާ އެންމެން ބަލާލީ އިރުފާނަށެވެ. ޖަވާބެއް ބޭނުންވާ ފަދައިންނެވެ. އިރުފާން ވިސްނާލިއެވެ. އެއްޗެއް ނުބުނެފިއްޔާ މަންމަމެން މާ ކަންތައް ބޮޑުވާނެއެވެ. ވީކަމެއް ހަނދާންނެތޭ ބުނެފިއްޔާ ސުވާލު މަތިން ސުވާލު އަންނާނެއެވެ.

“މަންމާ! ބައްޕާ! ދަރިފުޅާ! ދެން ކީއްކުރާނީ… ކިތަންމެ ކުޑަކަމެއްވިޔަސް ތިބޭނީ ބިރުން. ކީއްކުރާނީ އާއިލާގެ ވައްތަރު…. އޭރުގަ މެންދުރު ކައިގެން ބޭރު ޖޯލީގަ އޮތީ. ވިސްނާލަން އޮށްވާ ޚިޔާލަށް އައި އެއްޗަކުން އެފަޅިއަށް ދިޔައީ. އަސްލު ހިތަށް އެރީ ވެއްޖޭ އަމިއްލަ ކުޑަކުޑަ ބިޒްނަސްއެއް ފަށަން. އެފަޅީގައި ކޮފީ ޝޮޕެއް ހަދާ ބޭރުމަގަށް ދޮރު ކަނޑާގޮތަށް. އެހެންވެ އެތަން ކުޑަކޮށް ބަލާލަން ދިޔައީ. ދެން އެނގެއެއްނު އެތަން އޮތް ގޮތް. ގަސްތައްވެސް އެހުރީ ގާތަކުގެ އަޑިން ހެދިފަ… އެއްޗަކު އަޅައިގަނެފަ ވަރަށް ބާރަށް ވެއްޓުނީ ގާތައް މައްޗަށް. ގޭ މީހުންނަށް ވެސް ގޮވިން. އެއްވެސް މީހަކަށް އަޑެއް ނީވުނު. ދެން ބޮލަށް އެނބުރުން އަރާފާއި އޮތީ…….. ދެން ނޭނގެ ވީގޮތެއް” އެވާހަކަތައް ކިޔަން ފެށުމުން އޭނާގެ ހަނދާނަށް އެހާދިސާ އަންނަން ފެށިއެވެ. އެހެންކަމުން އަނެއްކާ ވެސް އޭނާ ބިރުގަންނަން ފެށިއެވެ. އޭނާ ބޭނުންވީ އެކަންތައް ހިތުން ނެރެ އެއްލާލާށެވެ.

އިރުފާންގެ ވާހަކަތައް އަޑުއެހުމަށްފަހު ފީރޯޒާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އާސިރުވެސް ޖީބުން ނެގި ރުމާލުން އޭނާގެ ބޮލުގެ ނިތްކުރިއާއި ވީދިމާގެ ދެފަރާތުން ދާހިތްލާފާއި ހުރި ހިސާބު ފޮހެލިއެވެ. އެންމެންނަށް އައި ބަދަލުން އެމީހުން ޝައްކެއްގެ މަތީގައި ހުރިކަން އިރުފާން ދެނެގަތެވެ. މައިސަރާ ވެސް ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލީ އިރުފާން ވާހަކަދައްކާ ނިމުމުންނެވެ.

“އައްދެ! ހީން ވެސް މީނީ ވަރަށް ކަންބޮޑުވެފަ. އެހެންނޭވާނީ މަންމަމެންގެ ގޮތް ދޯ އޭނަ އަށް ވެސް ދަސްވާނީ” ރަޔާހީންގެ ދަތްދޮޅިދަށަށް އިނގިލި ލައްވާލަމުން އިރުފާން ބުންޏެވެ. އެންމެން އެއްފަހަރާ ހީލިއެވެ. މާކިލް އާއި މައިސަރާ ފިޔަވައެވެ. މާކިލް އޭނާގެ ބައްޕަ އޭނާގެ ލޯބިވެރިޔާ އާއި ސަމާސާ ކުރާ މަންޒަރު ބަލާކަށް ބޭނުމެއް ނުވިއެވެ. މައިސަރާ ރަޔާހީނަށް ބަލަން އިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

“މަންމާ! ދެން ކުޑަކުއްޖެއް އޮންނަހެން މިތާ ބޭބީވެފަ ނޯވެވޭނެ. އެންމެން ކެއީތަ؟ ވަރަށް ބަނޑުހައިވެއްޖެ” އިރުފާން އެނދުން ތެދުވެ އިށީންނަމުން ބުންޏެވެ.

“ކާން ހަދާފައި ހުންނާނީ. ބައްޕަ ބުނީ އިރޭ ހޭއެރި އިރަކުން ކަމަށް ކާނީ” ރަޔާހީން ތެދުވެ އިރުފާން އެނދުން ތެދުވަން އެހީވެދިނެވެ.

“އެހެންތަ؟ ކޯއްޗެއް ހުރީ ކާން. މިރޭ ވަރަށް މީރުކޮށް ކާލަން ބޭނުން” ކޮރަމުން ފިޔަވަޅު އަޅަމުން ދިޔަ އިރުފާންގެ އެއް އަތް އޮތީ ރަޔާހީން ކޮނޑުގައެވެ. އޭނާ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައީ ރަޔާހީންގެ އެހީތެރިކަމާއި އެކުގައެވެ.

“ހުރީ ގަރުދިޔަ އާއި ބަތާ ފިހުނު މަސް. ދެން ހުންނާނެ ތަރުކާރީ މަޑުކޮށްފަ. ބައްޕަ އަށް ބަތްޕެނެއްނު ހަދަން ޖެހެނީ” ރަޔާހީން ބުންޏެވެ.

“ތެއްލިފަތް ހުންނާނެ ދޯ” އިރުފާން އަހާލުމުން ރަޔާހީން ހީލަމުން ބޯޖަހާލިއެވެ.

 

 

ހަފްތާއެއް ފަހެވެ. އިރުވީނު މަޑުމަޑުން ރަނގަޅުވަމުން އައިސް މިހާރު މީހެއްގެ އެހީ އާއި ނުލާ އަމިއްލަ އަށް ކަންތައްކުރެވޭ ވަރު ވެއްޖެއެވެ. މިވީ އެއްހަފްތާ ތެރޭގައި ރަޔާހީން ހުންނަނީ ވަރަށް ކަންތައްބޮޑު ވެފައެވެ. މާކިލްގެ އުނދަގޫ ދުވަހެއް ދުވަހަކަށް ދަނީ ބޮޑަވަމުންނެވެ. ހިތާމައަކީ މާކިލް ކައިރިވުމުން އޭނާ އަށް ޙިމާޔަތްދޭ ފަރާތް މިހާރު އެއްވެސް ޚަބަރެއް ނުވުމެވެ. ބީ ކޮބާ ހެއްޔެވެ؟ ކަމެއްވީ ހެއްޔެވެ؟ ބަލިވީ ހެއްޔެވެ؟ ޚަބަރެއް ނުވިޔަސް ހާލު ބަލާލަން ދާނެ ތަނެއް ވެސް އެނގެނީއެއް ނޫނެވެ. އަޅެ އެމީހުން ވެސް ފޯނު ގެންގުޅޭ ނަމައެވެ.

މިވީ ދުވަސްތަކުގައި މާކިލް ގެ އުނދަގޫތަކުން ސަލާމަތްވުމަށް އޭނާ ކުރި މަސައްކަތް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. މާކިލް ދެން ޖަހާނެ އެތިފަހަރެއް އެނގެނީއެއް ވެސް ނޫނެވެ. ރަޔާހީން ވިސްނުމެއްގައި އިނީ ބޭރު ޖޯލީގައެވެ. ވަގުތަކީ ހަވީރުގެ ވަގުތަށް ވުމުން ގޭގައި އެއްވެސް މީހަކު ނޫޅޭއެވެ. އިރުފާން އޭނާގެ ދެތިން ރައްޓެހިންނާއެކު ބޭރަށް ދިޔައީ ރަޔާހީން ހުއްދަ ދިނީމައެވެ. ހަވީރުގެ ވަގުތަކީ މާކިލް ވެސް އޭނާގެ ޕާރޓޭންތަކާއި އެކު ބޯޅަ ކުޅެން ދާ ވަގުތެވެ. ފީރޯޒާ މައިސަރާ އާއި އެކު ބާޒާރަށް ދަމުން އެކުގައި ރަޔާހީން ކައިރީގައި ވެސް ދިޔުމަށް ބުންޏެވެ. ނަމަވެސް މިހާރަކަށް އައިސް މައިސަރާ އޭނާ އާއި މެދު ކަންތައްކުރާ ގޮތުން އެމީހުންނާއި އެކުގައި ދާން ނުކެރުނީއެވެ.

ރަޔާހީން ސިހުނީ އޭނާގެ ކުރިމަތިން ހިނގާލާފައި އަންނަ ޒުވާނާ ފެނިފައެވެ. އެއީ އޭނާ އަށް މިދުނިޔޭން ކަމުދާ އެންމެ ފިރިހެންވަންތަ ހިނގުމެވެ. އެ ހިނގުން އޭނާ އަށް ދުވަހަކު ވެސް ނޯޅޭނެއެވެ. ދެޖީބަށް އަތް ޖަހާލައިގެން އައި ވިކްޔަން ވެސް ޖޯލީގައި އޭނާ އަށް ބަލަހައްޓައިގެން އޮތް ރަޔާހީން ފެނުމުން މަޑުކޮށްލިއެވެ. މިއަދު ރަޔާހީން ލައިގެން އެހުރި ހެދުމަކީ ވިކްޔަން އަށް އެންމެ ރީތި ކުލަ ރަތް ކުލައިގެ ހެދުމެކެވެ. ރަޔާހީނަށް ވެސް ކޮޅަށް ތެދުވުނެވެ. ދެމީހުން ދެމީހުންނަށް ބަލަން އިރުކޮޅަކު ތިބެވުނެވެ. ނަޒަރު ވަކިކޮށްލީ ވިކްޔަން އެވެ. އޭނާ އަޅާނުލާ ގޭތެރެއަށް ވަންނަން ދިމާ ކޮށްލިއެވެ.

“ނެތް އެއްވެސް މީހަކު. އަހަރެން އެކަނި” ވިކްޔަން ހުއްޓުނީ ރަޔާހީންގެ އަޑު ކަންފަތުގައި ޖެހުނީމައެވެ. ބަހެއް ނުބުނެ ވިކްޔަން އެނބުރި އެބައިން ނިކުންނަން ހިނގައިގަތްތަނާ އަނެއްކާ ހުއްޓުނީ ރަޔާހީންގެ އަޑަށެވެ.

“ކޭވީ! ފަސްވަރަކަށް މިނިޓް ދެވިދާނެތަ؟” މިކަހަލަ ފުރުުސަތަކަށް ރަޔާހީން ބަލާތާ ކިހާ ދުވަހެއް ހެއްޔެވެ؟

” އަހަރެންގެ ނަމަކީ ވިކްޔަން. އެނަމުން ނުގޮވެންޏާ އެހެންނަމަކުން ނުގޮވާ މައިތިރިވެގެން ހުރޭ……ބުނޭ” އެންމެފުރަތަމަ ވިކްޔަން ބުނި ޖުމްލައިގަ ވެސް ވަނީ ހަރުކަށި ކަމެވެ. އެއަށްވުރެ ރީތިކޮށް ވެސް ވިކްޔަން އަށް ބުނެވުނީސް ނޫން ހެއްޔޭ ރަޔާހީން ހިތަށް އެރިއެވެ. އަދިވެސް އޭނާ ހުރީ ރަޔާހީނަށް ފުރަގަސްދީގެންނެވެ. ރަޔާހީން އިސްޖަހާލއިގެން ހުރެ ކުރިއަށް ފިޔަވަޅެއް އެޅީ އޭނާ ދައްކަން ބޭނުންވާ ވާހަކަ މިވަގުތު ވިކްޔަންގެ ކަންފަތަށް އިއްވުމަށެވެ. ދެން މިކަހަލަ ފުރުސަތެއް އޭނާ އަށް ނުލިބޭނެތީއެވެ. ރަޔާހީން މަޑުމަޑުން ގޮސް ވިކްޔަންގެ ކުރިމައްޗަށް ހުއްޓުނެވެ. ވިކްޔަން ނަޒަރު އެހެންދިމާލަށް ބަދަލުކޮށްލީ ރަޔާހީނަށް ނުބަލަން ވެގެންނެވެ.

“ސޮރީ… ވިކްޔަން އަހަރެންނަށް މާފު ނުކުރިޔަސް ވާހަކަނުދައްކާ ނުހުރެފާނަންތަ” ފެންކަޅިވެފައިވާ ދެލޮލަކުން ރަޔާހީން ވިކްޔަންގެ މޫނަށް ބަލަން ހުއްޓެވެ. މިނޫނީ އަދި މިފަހުން އޭނަ އަށް އެގޮތަށް ވިކްޔަން އަށް ބަލާފައެއް ނެތެވެ.

“މާފޭ… ހެހެހެހެ…. ކޮން މާފެއް…. އަހަރެން ދޮންބެދައްތަ ދެކެ ރުޅިއައްސައެއް ނެތިން” ވިކްޔަންގެ ބަސްމަގު ހުރިގޮތުން ރަޔާހީން ލަދުން އިސްޖަހާލިއެވެ. ވިކްޔަން އޭނާ އަށް އެފަދަ ނަމަކުން މުޙާތަބް ކޮށްފާނޭ އޭނާގެ ހިތަށް ވެސް ނާރައެވެ. ވިކްޔަން ވަގު ލޮލުން ރަޔާހީނަށް ބަލާލިއެވެ. އިސްޖަހާލައިގެން ހުރި ރަޔާހީން ފެނުމުން ވިކްޔަންގެ ހިތް މަޑުކަފަކޮޅަކަށް ވެގެން ދިޔައެވެ.

އެވަގުތު އޭނާގެ ހިތުގައި އުފެދުނު ރަޙްމާއި ޙަމްދަރުދީގެ މައްޗަށް ބާރުފޯރުވާ ރުޅިއާއި ނަފްރަތު އިސްކުރިއެވެ. އޭނާގެ އިޙްޞާސް ތަކަށް ޤަދަރު ނުކުރި މީހަކަށް އޭނާ ޙަމްދަރުދީ ވަނީ ކީއްކުރަން ހެއްޔެވެ؟

“އަހަރެން މިގެއަށް އަޔަސް ކަލޭ  މަށާއި ވާހަކަދެއްކުމަކީ އަހަރެން ރުހޭ ކަމެއް ނޫން. ކަލޭ އަހަރެންގެ ދޮންބެ އާއި އިނދެގެން މިގެއަށް ތިއައީ ލޯތްބަކުން ނޫން. ފައިސާގެ ދަހިވެތި ކަމުގައި. ފައިސާއަށްޓަކައި ކަލޭ އަހަރެންގެ ލޯބީގާ ކޮޅުފައިން ޖެހީ. އަހަރެންގެ ކުށަކީ ކޮބާ؟ ކަލެއަށް އަތުއަޅުވާލަން ފެނުނީ މަގޭ ދޮންބެތަ؟ ތިމާ އާއި އެއްއުމުރުގެ މީހަކު ހޯދިނަމަވެސް ރަނގަޅުތާ…. މިހާރު ލައްކަ ބައިވަރު ދޮންބެގެ ޖީބުން ކަލޭ ހުންނާނީ ފޭރިގަނެފައި. އަހަރެން ހިތަށްއަރާ ކަލެއަށް ދޮންބެ އާއި އިންނަން ކެރުނުކަމޭ… ޤައިމުން ބާއޮޑިޔަކަށް އަރަން ކާކު ބޭނުންވާނީ. ޔަޤީން ދޮންބެ ސުވާލުކުރާނެކަން. ދޮންބެ ކައިރީގައި ހަދާފައި ހުރި ދޮގުތައް ވެސް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް. ދޮގުވެރިޔާ… ނަޞޭހަތެއް ދެންތަ؟ މަކަރާއި ޙީލަތުން އެއްވެސް ކަމެއްގެ ކުރި ހޯދަން މަސައްކަތްނުކުރޭ. އެއީ މީހާ ފާފައަށް ވެއްޓޭ ކަމެއް. ދޮގާއި މަކަރާއި ޙީލަތަކީ މުނާފިޤުންގެ ގައިގައިވާ  ސިފަތަކެއް. އެކަހަލަ ސިފަތަކަކީ މާތް ރަސްކަލާނގެ އާއި އެކަލާނގެ ރަސޫލާ ނުރުއްސަވާ ސިފަތައް…….”

 

ވިކްޔަން އެބައިން ނިކުންނަން ދިޔައީ ރަޔާހީންގެ ކަރުނަތައް ނޯށަށް އަރާވަރު ކޮށްލާފައެވެ. ދުވަހަކު ވެސް ރަޔާހީން އެހާ ހިތުގައިޖެހި ރޮވުނު ދުވަހެއް ނާދޭއެވެ. އޭނާގެ ކުރިމަތީގައި އޭނާގެ މަންމަ އާއި ބައްޕަ އަދި ދައްތަ ވެސް ނިޔާވެގެން ދިޔަ ދުވަސްތަކެއް އައެވެ. މިހާ ހިތުގައި އޭރު ނުޖެހުނީ ކީއްވެހެއްޔެވެ؟ ވިކްޔަން އެގޮތަށް އެއްޗެހި ކިޔާލީރު ހިތަށް ހަމަ އެއްވެސް އެއްޗެއް ނޭރި ހެއްޔެވެ؟ އެންމެ ފަހަރަކު މީވެސް އިންސާނެކޭ ހީކޮށްލި ނަމައެވެ.

ވާނީވެސް އެހެންތާއެވެ. ވިކްޔަންގެ ދުލުން އެފަދަ ބަސްތަކެއް އެއިވުނީ އޭނާ އަށް ހީކުރެވިފައި އޮތް އެއްޗެއް މައްޗަށް ބުރަވެ ހުރެއެވެ. ވިކްޔަން ހުރީ އޮޅުމެއްގެ ތެރޭގައި ކަން އެނގެނީ ހަމައެކަނި ރަޔާހީނަށެވެ. އެއޮޅުންގަނޑު ތެރޭން ވިކްޔަން ނެރެވޭނީ ވެސް ހަމައެކަނި ރަޔާހީނަށެވެ. އެކަމަކު މިއަދު އޭނަ އަށް މަޖުބޫރެވެ. އޭނާގެ މަޤްޞަދު ޙާޞިލް ކުރެވެން އޮތީ ވިކްޔަން ހިތް ފުނޑުފުނޑު ކޮށްލައިގެންނެވެ.

އެކަމަކު ވިކްޔަން އެކީ އެއްޗެހި ހިތުން އޭނާ ނެރެނީ ކިހިނެއް ހެއްޔެވެ؟ ވިކްޔަން ދިޔަ ފަހުން ވެސް ރަޔާހީނުގެ ކަންފަތަށް ހީވަނީ އެއަޑުތައް އިވޭ ހެންނެވެ. މުޅި ޖައްވުގައި ވިކްޔަންގެ އަޑު ހިފާލާފައި ހުރިހެން ހީވާން ފެށުމުން ރަޔާހީނަށް ބާރަށް ރޯން ފެށުނެވެ.

“ހުއްޓާލާ ކޭވީ…. ހުއްޓާލާ… ޕްލީޒް…. އަހަރެން މީ އެހާ ނުބައި މީހެއް ނޫން” ދެކަންފަތުގައި އަތް އަޅައިގެން ރަޔާހީން ހުރި ދިމާލަށް ތިރިވިއެވެ. ޖެހިގެން ހުރި ގެއިން ކޮންމެ ދުވަހަކު ހަވީރަށް ރަންމުތްގޭ ޖަނބުރޯލު ގަސް ދޮށަށް ޖައްސާ ކޮތަރުތައް ވެސް އަޑެއް ލައްވާނުލާ ހިމޭންކަން އިޚްތިޔާރުކޮށްގެން ތިބީއެވެ. ރަޔާހީންގެ ރުއިމުގެ އަޑު އެސޮރުމެންގެ ހިތްތަކާއި ވެސް ކުޅެލީ ކަންނޭނގެއެވެ. ނުވަތަ ވަގުތުގެ ނާޒުކް ކަން އެސޮރުމެންނަށް ވެސް ވިިސްނުނީއެވެ.

މެންދުރު ނަމާދުން ފައިބައިގެން ނަމާދު ދޮޅި ކޮނޑުގައި އަޅުވާލިތަނާ އެނދުމަތީގައި އޮތް ފޯނު ވައިބްރޭޓްވަމުންދާ އަޑު އިވެންފެށިއެވެ. އަވަސް އަވަހަށް ނަމާދު ދޮޅި ކޮނޑެއްގައި އަޅުވާލުމަށްފަހު މުސައްލަ ހިފައިގެން އެނދަށް އެރީ ފަޔަށް މަހާފައި އޮތް އިސްޓާކީނާއި ވެސް އެއްކޮށެވެ. ނަމާދުގެއަށް އެތަކެތި ލާންދާން އުޅެފައި ވެސް އޭނާ ޚިޔާލު ބަދަލުވީ ފޯނަށް އޭނާގެ މާމަ ގެ ނަން އަރާފައި އިނުމުންނެވެެ. އެވަގުތު އޭނާގެ ތުންފަތްމަތިން ފެނިގެން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.  ނަމަވެސް މާމަ އާއި މެދު ޝަކުވާ ވެސް އުފެދުނެވެ. ރަޔާހީން ގެ ކައިވެނިވި ދުވަސް ނޫން އަނެއް ދުވަހު އާބިިދާ ފުރައިގެން ބޭހަކަށް އިންޑިޔާ އަށް ދިޔައީ ރަޔާހީނަށް އެކަން ނާންގައެވެ. ރަޔާހީން އަށް އެހަބަރު ދިނީ ރައިނީއެވެ. އެ ޝަކުވާ ވެސް މިފަހަރު މާމަ އާއި ކުރާނަމޭ އޭނާގެ ހިތް ބުންޏެވެ.

ފޯނު ހިފައިގެން ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުމެ އެތާ ހުރި އަރާމު ގޮނޑީގައި ރަޔާހީން އިށީނދެފައި ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ރަޔާހީންގެ ޝަކުވާތައް އަޑުއަހަން އާބިދާ ހުރީ ފޫހިކަމެއް ނެތިއެވެ. އެއީ ރަޔާހީންގެ އަބަދުގެވެސް އާދައެވެ. އާބިދާގެ މާމަ ކުދިންތަކުގެ ތެރެއިން އަބަދުވެސް އެންމެ ޝަކުވާ ކުރާނީ ރަޔާހީނެވެ.

“ދަރިފުޅު! ފޯނު ސްޕީކަރގަ އެނގޭ” އެއިވުނީ ރައިނީގެ އަޑެވެ. އެވަގުތު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ހީލި އަޑު އިވިގެން ދިޔައެވެ.

“ދަރިފުޅާ ހީން… އަދިވެސް ރުޅީތަ؟ އާބިދާ ލޯތްބާއެކު އަހާލިއެވެ. ހަޤީޤަތުގައި ވެސް ރަޔާހީން ދެރަވީއެވެ. އާއިލާ މަތިން މާބޮޑަށް ޙަނދާންވީއެވެ. އެމީހުންނާއި އެކުގައި ވާން ބޭނުންވީއެވެ.

“ނޫނޭ މާމާ… މާމަ ރަނގަޅުތަ؟ އެންމެން ވެސް ރަނގަޅު ދޯ… ކޮބާތަ ތިއްތަގެ ބޭބީ ސިސް” ރަޔާހީން އެއްފައްޗަކަށް އަމުނާލިއެވެ.

“މީނީ އަޅުގަނޑު… ތިއްތަ އާދެބަލަ ގެއަށް. މާލޭގަ އުޅުނަސް އަދި މެރީ ކުރި ފަހުން ތިއްތަ ނުފެނޭ” ރަޔާހީންގެ އެންމެ ކުޑަކޮއްކޮ ނައުޝީން ޝަކުވާ ކޮށްލިއެވެ.

“ދަރިފުޅާ ހީން…. މާމަމެން މިގުޅީ ދަރިފުޅަށް ދަޢުވަތެއް ދޭން ވެގެން. މިރޭ ކެއުމަށް އަންނާނަންތަ. އިރުފާން ގޮވައިގެން އަޔަސް މައްސަލައެއް ނެތް” އާބިދާ ބުނެލި އަޑު އިވުނެވެ.

“އިރޭ އަށް ފަހަރެއްގައި ނުދެވިދާނެ. އެކަމު އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން…. ވަރަށް ދެކިލާހިތްވޭ ތިއްތަގެ އެންމެ ލޯބިވާ ދެކޮއްކޮ” ރަޔާހީން ޖޯޝުގާ ވާހަކަދައްކަމުން ދިޔައެވެ.

“ދަރިފުޅަށް އެހެން ސަޕްރައިޒެއް ވެސް އެބައޮތް އެނގޭ” ފޯނު ކަނޑާލި ވަގުތު ރައިނީ ބުނި އަޑު އިވުނެވެ. ރަޔާހީން އެނދުގައި އޮށޯވެލީ ކުޝަނުގައި ބައްދާލަމުންނެވެ. މިހާރުން ފެށިގެން އޭނާ ވަގުތު ގުނަން ފެށިއެވެ. ދުވަސްތަކަށްފަހު ލޯބިވާ އާއިލާ އާއި ބައްދަލުވާތީ އޭނާ އަށް ހެވެނީއެވެ.

އަވަހަށް ފޯނު ހޯދާލުމަށްފަހު އިރުފާނަށް ގުޅާލިއެވެ. ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ހޯދިއެވެ. އެކުގައި ދާން ބުނުމުން އިރުފާން މަސައްކަތެއްގައޭ ބުނެ ރަޔާހީން ގެ މާފް ހޯދިއެވެ. އެންމެފަހުން ކޮޓަރިން ނިކުތީ ނޯކަރު ކުއްޖެއް އައިސް އޭނާ ހޯދާ ވާހަކަ ބުނުމުންނެވެ.

ބަދިގޭގައި ފީރޯޒާ އާއި އެކަނިވި ވަގުތު ރަޔާހީން އޭނާގެ ހިތަށް އުނދަގު ކުރަމުން ދިޔަ ސުވާލެއް ކުރަން ބޭނުންވިއެވެ. ނަމަވެސް ފީރޯޒާ ހީކޮށްފާނެ އެއްޗަކާއި މެދު އޭނާ ކަންބޮޑުވަނީއެވެ.

މަންމާ! މާމަމެން ގުޅި. މިރޭ ގެއަށް އައިސް ބަލާށޯ…. އެންމެ ރަނގަޅުތަ އަޅުގަނޑު ދިޔަސް” ރަޔާހީން އަހާލިއެވެ.

“ހީން ބޭނުންވާނެކަން މަންމަ އަށް އެނގޭ ދާން. ދަރިފުޅުގެ އުފަލަކަށް ހުރަސް އަޅަން މަންމަ މީ ކާކު؟ އިރުފާންގެ ހުއްދަ ލިބުނިއްޔާ ދޭ”  ފަރިތަކަމާއެކު ހިކި މަސްގަނޑެއް ކޮށަން ހުރި ފީރޯޒާ ރަޔާހީންގެ މޫނަށް ބަލާ ވެސް ނުލާ ޖަވާބުދިނެވެ.

“މަންމާ! މިގޭގައި އިތުރު މީހަކު އުޅެނީތަ އެފަޅީގަ. އަޅުގަނޑު ކުރިން ދުވަހަކު ދެކުނިން ރާނޯ އެދިމާލުން ތަށިތަކެއް ހިފައިގެން އަންނަނިކޮށް” ރަޔާހީން ކުރަން ބޭނުންވި ސުވާލު އެންމެފަހުން ދުލާއި ހަމައަށް ގެނައެވެ.

ފީރޯޒާ އަތުން ވަޅި ދޫވީ ކުއްލިއަކަށެވެ. ރަޔާހީން އަށް އެކަންތައް އެނގޭކަން އޭނާ ބޭނުމެއްނޫނެވެ. އެގޭ ބޮޑު ސިއްރު ސިއްރެއް ގޮތުގައި ބާއްވަން އޭނާ ބޭނުމެވެ. އާއިލާގެ ޤަދަރާއި ޢިއްޒަތަށްޓަކައެވެ. ފިރިމީހާގެ ފަސްބައިގާ ދެވަނަ ފަހަރަށް އެއްލައްގަނޑެއް ޖެހެން ބޭނުންނުވާތީއެވެ.

“ނޫނޭ…. ހީން އަށް ކީއްވެ އެހެންހީވީ…. މި ރާނޯ އާއި އޯލާ ވަރަށް ގިނައިން ނިދަންދާނެ އެބަޔަށް. ބައެއްފަހަރު ކާއެއްޗެހިވެސް ގެންދާނެ. އެކުދިން އެގޮތަށް ކަންތައް ކުރިޔަސް މަންމަ އަޅައެއް ނުލަން. އެމީހުން ވިއްޔާ އެފަޅި ސާފުކޮށްގެން އެ ގެންގުޅެނީ…” ކަންތައްތައް އޮޅުވާލަން ފީރޯޒާ ކިތަންމެހާ ވެސް މޮޅެވެ. މޫނުމައްޗަށް ވެރިވި ބިރުވެރިކަން އޭނާ ފަސްއަޅާ ފޮރުވާލީ ދެވަނަ މީހަކަށް އެނގުންވެސް ނުވާނޭ ފަދަ ގޮތަކަށެވެ. ނަމަވެސް އޭނާ އަށް ނޭނގުނީ އެވަގުތުގައި އޭނާގެ މޫނު މައްޗަށް ވެރިވި ކުލަތައް ރަޔާހީން ވިސްނުންތެރިކަމާއެކު ކިޔަވާލި ކަމެވެ.

ފީރޯޒާ އޭނާ އަށް ކަމެއް ސިއްރު ކުރާ ކަމުގައި އޭނާ އަށް ހީވި ހީވުން ޔަޤީންވީއެވެ. އޭނާ އަށް އެކަން އިތުރަށް ޔަޤީންކުރަން ބޭނުންވިއެވެ.  އެހީ ހޯދަން ބޭނުންވި ފަރާތުގެ ޚަބަރެއް ވެސް ނުވާތާ މިހާރު ދެހަފްތާވަނީއެވެ. އޭނާ ކުއްލިއަކަށް ބީ މަތިން ހަނދާންވާން ފެށިއެވެ. ރައްޓެހިންތަކަކާއި އެކު މާކިލް ވެސް ރަށުން ބޭރުގައި މިދުވަސްކޮޅު ވީކަން އެއީ އޭނާގެ ނަސީބެވެ. ނޫންނަމަ އޭނާ އުޅެންޖެހޭނެ ހާލެއް ޚިޔާލުކޮށްލަން ވެސް ދަތިވާނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޒިޔާ… (3)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބާރަވަނަ ބައި)

Next
August 14, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބާރަވަނަ ބައި)

Previews
August 13, 2017

ޒިޔާ… (3)

11 Comments!

  1. ushaali says:
    August 14, 2017 at 9:18 am

    Assalam alaikum and alhamdhulillah…. mi bai ves huriha kudhinnah kamudhaane kamah heekuran. 8 vana bai maadhama hama mi gadyga up kuraanan. insha allah 🙂 🙂 🙂

  2. warah vaahaka says:
    August 14, 2017 at 9:23 am

    warah reethi alhe <3 next part ah waiting ga

    1. ushaali says:
      August 14, 2017 at 10:41 am

      thankyou warah vaahaka 🙂

  3. warah vaahaka says:
    August 14, 2017 at 9:35 am

    haadha kurey ekam mibai :/

    1. ushaali says:
      August 14, 2017 at 10:42 am

      alhe kurutha… dhn in bai dhigukollaanan engey 🙂

  4. nux says:
    August 14, 2017 at 9:52 am

    interesting mipartvess v furihama supurb?????well done ushaa ??????
    vikoo haadha gohey heen dherakoly ????btw stry dhaagoeh v furihama knmedhuvahakuvess up kohladhehchay ??????????????❤????????????

    1. ushaali says:
      August 14, 2017 at 10:44 am

      insha allah liyevifa in hisaabah dheven dhn konme dhuvahaku bayeh genes dheynan 🙂 and thankyou nux thihaa loabi comment eh kollyma 🙂 🙂 🙂

  5. vikyan says:
    August 14, 2017 at 9:56 am

    heen akah maafeh nukurevayne v gothehvess egunyeh noon ????but adhivess v loabivay ???

    1. ushaali says:
      August 14, 2017 at 10:45 am

      nooney heen e’ee varah rangalhu kuhjjeh. vikyan adhi visneyne huriha ehcheh 🙂

  6. siyaa says:
    August 14, 2017 at 1:02 pm

    v nice mi story

  7. khajja says:
    August 14, 2017 at 1:58 pm

    Wow masha allah v rythi v furihama ??? when nxt prt avas kollachchey rayaaheen ge maama avves bodu kamevvegen majbooruvegen kanneynge dhw heen aa irufaan aa egulhu v dhw v super stry ly??❤❤????????

Comments are closed.

Next Episode2:30 އަށްވަނަ ބައި←


All Right Reserved!