Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ސޯޅަވަނަ ބައި)

azzadhil Level 210 Stories100 Comments
August 14, 2017 4 Mins Read
35 Comments

މައިރާގެ އަޑާއެކު ޒިވާން ސިހިފައި އަރުޝީ ގައިން ދޫކޮށްލިއިރު އަރުޝީވެސް އަވަހަށް ޒިވާންގެ އުނގުމަތިން ތެދުވެ ހަމަޖެހެވޭތޯ މަސައްކަތް ކުރިއެވެ.
” ސޮރީ ޑިސްޓަރބް ކޮށްލެވުނީމަ..” މައިރާ މާފަށް އެދުމުން އަރުޝީ އެއީ ކަމެއް ނޫން ކަމަށް ބުނެ ސައި ބޯން އައުމަށް މައިރާ އަށް ދައުވަތު ދިނެވެ.
” ޒިވާން މުސާރަ ކަންތަކާ ވާހަކަ ދައްކާލަންވެގެން އައީ” އަރުޝީއަށް ވަކި ޖަވާބެއް ނުދީ މައިރާ ޒިވާން އަށް ބުންޏެވެ.
” އާނ… މުސާރަ ދޯ… މިއަދު މެންދުރު އޮފީހަށް އައިމަ ހަމަޖެހޭނެ އެނގޭ.. ” މިހެން ޒިވާން ދާން ތެދުވިއެވެ. އަދި އަރުޝީގެ ކޮލުގައި ފިރުމާލުމަށްފަހު ހީލަމުން ދަބަސް ހިފައިގެން ގެއިން ނިކުންނާން ދިޔައެވެ.
” މައިރާ.. ސައިބ….” އަރުޝީއަށް ޖުމްލަ ފުރިހަމަ ނުކެރެވެނީސް މައިރާ ތުން އަނބުރާލުމަށްފަހު ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އަރުޝީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހާދަ ހިތްމޮޅު އަންހެނެކޭ ހިތަށް އެރުމުން އަރުޝީއަށްވެސް ތުން އަނބުރާލެވުނެވެ.

ދުވަހަކަށް ފަހު ދުވަހެއް ހަފްތާއަކަށް ފަހު ހަފްތާއެއް މިހެން ގޮސް އަރުޝީގެ ކައިވެންޏަށް ފުރިހަމަ ހަމަސް ދުވަސް ވެގެން ދިޔައިރުވެސް އެދެމީހުންގެ ގުޅުމަކަށް އިތުރު ކުރިއެރުމެއް ނުލިބެެއެވެ. ގިނަ ދުވަސް ދުވަހު ޒިވާން ގެއަށް އަންނާނީ މެންދަމުން އަނބުރާ ދޭއްވެސް ޖަހާ ފަހުންނެވެ. ގިނަ ރޭރޭ އަރުޝީއަށް ނިދިފައި އޮންނައިރު ހޭލާ ހުންނަ ރެއެއް ފަހުން ޒިވާން ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރިން ބޭރުގައެވެ. ކައިވެނީގެ ފުރަތަމަ ދުވަހު ކައިރިވާން މަސައްކަތް ކުރިއެއް ކަމަކު އެފަހުން ދުވަހަކުވެސް އަރުޝީ ގައިގާ އިނގިލީ ކުރިވެސް ޖައްސާނުލައެވެ. މިކަމުގައިވެސް އަރުޝީ ކުށްވެރި ކުރަމުން ދިޔައީ އަމިއްލަ ނަފްސެވެ. އަރުޝީ ދެކޭ ގޮތުގައި ޒިވާން އަށް އަރުޝީގެ ފަރާތުން ދޭންވާ ލޯތްބާ އަޅާލުން ނުދެވެނީއެވެ. އެކަމަކު ސަބަބުން ޒިވާން އަރުޝީ ދެކެ ފޫހިވަނީއެވެ.
މިކަމާ ބެހޭގޮތުން ޒިވާން އާއި ވާހަކަ ދައްކަން އަރުޝީ ވަރަށް މަސައްކަތް ކުރެއެެވެ. ނަމަވެސް ވަގުތުނެތް ކަމަށް ބުނެ ޒިވާން ކޮންމެވެސް އެހެން މަސައްކަތައިގެން އުޅެއެވެ. ވޭތުވެދިޔަ ހަމަސް ދުވަސް ތެރޭގައި ރައިހާނާގެ ކުރިމަތީގައި ހަމަޖެހޭ ދެމަފިރިން ކަމަށް ދައްކައިގެން އުޅުނަސް ހަގީގަތުގައި އެދެމަފިރިންނަށް ވާހަކަ ދެއްކިފައި ހުންނާނީވެސް ވަރަށް މަދުންނެވެ. ނަމަވެސް ރައިހާނާ އަށް ހަގީގަތް އެނގެއެވެ. އަރުޝީ ކިތަންމެ ފޮރުވަން އުޅުނަސް ކަންހުރި ގޮތް ރައިހާނާއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

ރައިހާނާ މިކަމާ ވިސްނަ ވިސްނާވަނީ ބޯހަލާކުވާން ކައިރިވެފައެވެ. އެހެން މީހެއް ކައިރީވެސް މިވާހަކަ ނުދައްކަނީ އާއިލާ ތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވި އަރުޝީއާއި ޒިވާންގެ ގުޅުމަށް ބުރޫއެއް އަރާފާނެތީއެވެ.

 

ހުކުރު ދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. ހުކުރު ނަމާދުން އައިސް ގެއިން ކައިގެން ޒިވާން ދިޔައީ ރަހުމަތްތެރިއަކާ އެކު ކޮފީއަށެވެ. މެންދުރު ކުރީގައި އަރުޝީ ރައިހާނާއާއި އެކު އަވަދިނެތި ކެއްކުމުގައި އުޅުމަށްފަހު މެންދުރު ނަމާދުކޮށްގެން އެއްޗެހި ދޮންނަވެގެން ދާއެއްޗެހި އަޅާ ވަށިގަނޑުން ހެދުންތައް ނަގާ ނުބައި ފުށައް ފުރޮޅަމުން ދިޔައެވެ. ވަށިގަނޑު ތެރޭގައި އޮތް ކަޅުކުލައިގެ ގަމީސް ނަގާ ފުރޮޅަން އުޅުނު ވަގުތު އޭގައި އިން ރަތް ކުލައިގެ ގޮއް ފެނުމުން އެދުވަހު މައިރާ ކައިރިން އެނދުމަތިން ފެނުނު ގޮށް އަރުޝީގެ ހަނދާނަށް އައެެވެ. އަވަސް އަވަހަށް އެގޮށް އަރުޝީ ބާއްވާފައި އޮތް ވަތްގަނޑުން ނަގާ ގަމީހުގައި އިން ގޮށައް އެއްފަހަރު އެގޮށައް އަނެއް ފަހަރު ބަލާލިއެވެ. ދެލޯބޮޑުވެގެން ދިޔައީ ދެގޮށްވެސް އެއްވައްތަރު ވީމައެވެ. އަނގަމަތީގައި އަތް އަޅާލެވުނީ ހިތަށް އެރި އެއްޗަކުންނެވެ. މައިރާ އާއި ޒިވާންގެ މެދުގައި ނޯންނަންވީ ވަރުގެ ގުޅުމެއް އޮންނަނީ ބާއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މީހާ ހަމައަކަށް އަޅުވާލީ ކުށްހީއަކަށް ވެދާނޭ ހިތަށް އެރުމުންނެވެ. އެހެނީ ފިރިމީހާއާއި ދޭތެރޭ ޝައްކު ކުރުމުގެ ފާފާ ބޮލުގައި އަޅާކަށް އަރުޝީ ބޭނުމެއް ނުވެއެވެ. އޮތްތަނަށް ގޮށް ލުމަށްފަހު ގަމީހާއި އަދި އެހެނިހެން ހެދުންތައް ހިފައިގެން ފާހަނައަށް ވަނެވެ.

އެދުވަހު ހަތަރު ދަމު އަރުޝީ ހޭދަކުރީ ނުތަނަވަސް ކަމެއްގައެވެ. ހިތަށް އަރުވަން ބޭނުންނުވިޔަސް ޒިވާންއާއި މައިރާ އާއި ދޭތެރޭގައި ވިސްނެނީއެވެ. ހަނދާން ކުރާން ބޭނުންނުވިޔަސް އެކިފަހަރުމަތިން އެދެމީހުން އެކުގައި ފެނުނު ދުވަސްތައް މަތިން ހަނދާން ވަނީއެވެ. ބޭނުންނުވިޔަސް ޒިވާން އަށް ޝައްކު ކުރެވެން ފަށައިފިއެވެ.

އެރޭ ޒިވާން ގެއަށް އައީ މެންދަމު އެއްގަޑު ބައިވެ ބޮޑުވިފަހުންނެވެ. ނިދާފައި އޮތް އަރުޝީއަށް ބަލާލުމަށްފަހު ފޫހި ގޮތަކަށް ކަޅި އަރުވާލިއެވެ. އެއަށް ފަހު އަލަމާރިން ޓީޝާޓެއް ހިފައިގެން ފާހާނައަށް ވަނީ އަރުޝީ އޮތީ ހޭލާކަމެއް ނޭނގޭ ހާލުގައެވެ. ދިހަވަރަކަށް ފަހުން ފާހަނައިން ނިކުމެ ތުވާލި އެނދުމައްޗަށް އެއްލާލުމަށްފަހު ޑްރެސިނގް ޓޭބަލް މަތީގައި ހުރި ޑާރެޖް ސެންޓުފުޅި ނަގާ ޖަހާލުމާއެކު މުޅި ކޮޓަރީގައި އޭގެ މީރުވަސް ހިފާލިއެވެ. ލޯމަރާއިގެން ނިދާން ކަމަށް ހެދިގެން އޮތް އަރުޝީއަށްވެސް ނޭފަތް އެތެރެއަށް ދަމާލެވުނީ ދުވި މީރުވަހެއްގެ ސަަބަބުންނެވެ.

ޒިވާން އިސްތަށިގަނޑުގައި ޖެލް ހާކާލުމަށްފަހު އަތްފުނާއަޅާލައި ރީތިގޮތަކަށް އިސްތަށިގަނޑު ހަދާލިއެވެ. އެއަށްފަހު މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެ މަޑު މަޑުން ދޮރުލައްޕާލިއެވެ. ޒިވާން ނިކުތުމާއެކު ލޯމަރާއިގެން އޮތް އަރުޝީ ތެދުވެ ޒިވާން ދިޔަ ދޮރާ ދިމާއަށް ބަލާލިއެވެ. މެންދަމުގެ މިވަގުތު ރީތިވެ ސެންޓު ބުރުވަލާއިގެން އެދިޔައީ ކޮންތަނަކަށް ބާއޭ އަރުޝީގެ ހިތަށް އެރިއެވެ. އަނެއްކާ އަރުޝީއަށް ކުރެވުނު ހީއަކީ ރަނގަޅު ހީއެއް ހެއްޔެވެ. މައިރާ އާއި ޒިވާންގެ މަދުގައި އެފަދަ ނަހަލާލު ގުޅުމެއް އޮތީހެއްޔެވެ. ޔަގީން ކުރަން އޮތީ އެންމެ ގޮތެކެވެ.
ޒިވާން ދިޔަތާ ފަނަރަވަރަކަށް މިނެޓް ފަހުން އަރުޝީ އެނދުން ތެދުވިއެވެ. އެއަށް ފަހު ކޮޓަރިން ނިކުމެ މަރިޔަމް ގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް މަޑުމަޑުން މަރިޔަމްގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުގައި މައިރާ ނެތުމުން އަރުޝީއަށް ކުރެވެމުން ދިޔަ ހީ އިތުރަށް ވަރުގަދަވިއެވެ. އެއަށް ފަހު އަނބުރާ ކޮޓަރިއަށް ދާން އުޅުނު ވަގުތު ގެސްޓް ރޫމްގެ ދޮރުދަށުން އަލިކަން ފެންނަން ފެށުމުން އެކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ މިވަގުތު އެކޮޓަރީގައި އުޅޭނީ ކާކުބާއޭ ހިތަށް އެރުމުންނެވެ. ބާރަށް ހނގާފައިގޮސް ހުޅުވަންވެގެން ތަޅުގައި ހިފާލިއިރު އެތެރޭން ހުރީ ތަޅުލާފައެވެ. ކާކުހޭ އަހާލަމުން ދެފަހަރަކު ޓަކި ޖަހާލުމާއެކު އެތެރޭން ދޮރުހުޅުވީ މައިރާއެވެ. ބާތްރޯބް ލައިގެން ހުރިއިރު ދާހިއްލާފައި ހުރުމުން ފެންވަރައިގެން ނިކުތް ހެނެއް ހިއެއް ނުވިއެވެ.
” މައިރާ ކީއްކުރަނީ މިކޮޓަރީގައި” އަރުޝީ ހައިރާންވެފައި އަހާލިއެވެ.
” އަރުޝީގެ މާމަ ގުގުރި ދަމާވަރުން މިކޮޓަރިއަށް އައީ” މައިރާ ހަދާލި ސާފު ދޮގު އަރުޝީއަށް އެނގޭކަށް މާގިނައިރެއް ނުވިއެވެ. ދެންމެ ޒިވާން ޖަހައިގެން ނިކުތް ޑާރެޖްގެ މީރުވަސް އަރުޝީގެ ނޭފަތުގައި ޖެހުނީ އެހާ އަވަހަށެވެ.
” ފުރަތަމަ ކަމަކީ މާމައަކީ ގުގުރި ދުވަހަކު ދެމި މީހެއް ނޫން.. ދެވަނަ ކަމަކީ މައިރާ ތިހަދަނީ ހުސްދޮގު” ރުޅިވެރި ރާގަކަށް އަރުޝީ ބުންޏެވެ.
” ކޮބާ ޒިވާން” އަރުޝީގެ ސުވާލުން މައިރާ ދިޔައީ ސިހިގެންނެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުގައި މޫނުމައްޗަށް ވިހަ ހިނިތުންވުމެއް ވެރިކުރުވިއެވެ. އެވަގުތު ގަމީހުގެ ގޮށް އަޅުވަމުން ޒިވާންވެސް މައިރާގެ ފަހަތުން ބޯދިއްކޮށްލިއެވެ. އަދި ފަހަތުން މައިރާގެ ގައިގާ ބައްދާލަމުން އަރުޝީއަށް އެއްލޯ މަރާލިއެވެ.
އަރުޝީއަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. ކިޔާނެ ބަހެއް ނޭނގި އެދެމީހުުންނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
” އަދިވެސް ބަލަހައްޓައިގެން ހުރީތަ.. މިހާރު އެނގިއްޖެއްނު ޒިވާން ހުރިތަން.. ނައު ގެޓްއައުޓް..” ފޮނިގޮތަކަށް ބުނަމުން މައިރާ ދޮރު ލައްޕަން އުޅުނު ވަގުތު އަރުޝީ އެއްއަތުން ދޮރުގައި ހިފާ ރުޅިވެރި ނަޒަރަކުން މައިރާއާއި ޒިވާން އަށް ބަލާލިއެވެ.
” ކީއްވެ ޒިވާން.. ކީއްވެ އަހަންނަށް އޮޅުވާލީ… ކީއްވެ އަހަންނާ ކައިވެނި ކުރީ… ކޮބާ ބޭނުމަކީ.. ނިކަމެތި އަހަރެން އިތުރަށް ނިކަމެތިކޮށްލީ އަހަރެންގެ ކޮންކުށެއް އޮވެގެން..” ފެންކަޅިވެފައި ހުރެ އަރުޝީ ވާހަކަ ދެއްކިއިރު އެއަޑުގައި ތުރުތުރެއްވިއެވެ.
” ބޭކާރު ވާހަކަ ނުދައްކާ ކޮޓަރިއަށް ދޭ… މިހާރުވެސް އަހަރުމެންނަށް ލަސްވެއްޖެ” ޒިވާން އަނގައިން މިޖުމްލަ ބުނެލިއިރު ލަދުގެ ކަންފުޅެއްވެސް ނެތެވެ.
“ޗީ.. އަހަރެން ހިއެއް ނުކުރަން ޒިވާން ތީ ތިހާ ދަށުދަރަޖައިގެ މީހެއް ކަމަކަށް.. ހީނުކުރާތި އަހަރެން މަޑުން ހުންނާނެ ކަމަށް.. މިހާރު މިވަގުތު މިދަނީ މަންމަ ކައިރީ ބުނަން” ފަޔަށް ބާރުލާފައި އަރުޝީ ދާން ހިނގައިގަތް ވަގުތު ޒިވާން އަރުޝީގެ އަތުގައި ހިފެހެއްޓިއެެވެ. އަދި އަރުޝީގެ އަނގަމަތީގައި އަތް އަޅަމުން ފަހަތަށް ކޮއްޕާލާފައި ފާރުގައި ޖެއްސިއެެވެ.
” މައި މިރޭ ދެން ނިދާލާ.. އެބަ ޖެހޭ މީތިގަނޑު މައިތިރިކޮށްލަން ” މިހެން ބުނެ ޒިވާން އަރުޝީގެ އަތުގައި ހިފާ ދަމަމުން ކޮޓަރިއާއި ދިމާއަށް ގެންދަން ފެށުމުން މައިރާ ވިހަ ގޮތަކަށް ހީލަމުން އެތެރަށްވަދެ ކޮޓަރީގެ ދޮރުލައްޕާލިއެވެ.

ޒިވާން އަރުޝީ ސިޑިމަތިންވެސް ދަމާފައި ގެންދިޔައިރު އަރުޝީއަށް އެކިވަރުގެ އަނިޔާ ލިބެމުން ދިޔައެވެ. ކޮޓަރިއަށް ވެއްދުމަށްފަހު އިސްތަށިގަނޑުގައި ހިފާފައި ތަށުމުށިތައް މައްޗަށް ކޮއްޕާލިވަގުތު ކޮންޓްރޯލް ނުކުރެވި އަރުޝީ ގޮސް ތަށިމުށިތައް މައްޗަށް ވެއްޓުނެވެ. އެނބުރި ޒިވާން އަށް ބަލާލި ލޮލުގައިވަނީ ހިތާމައާއި ރުޅި އެކުލެވިފައެވެ.
” މާފޮނިވެގެން އުޅޭނެ ކަމެއް ނެތް.. އަހަރެން ރުޅިއަރުވަންޏާ ނަތީޖާ މާރީއްޗެއް ނުވާނެ” އަރުޝީ ކުރިމަތީގައި އެއްފައިމައްޗަށް އިށީންނަމުން ޒިވާން ބުންޏެވެ.
” ދުވަހަކުވެސް ހިޔެއް ނުކުރަން ޒިވާންތީ ތިހާ ރަހުމްކުޑަ މުޑުދާރު މީހެއް ކަމަކަށް” އަރުޝީގެ ޖުމްލައިވުމާއެކު ޒިވާންގެ ބާރުގަދަ އަތުން އަރުޝީގެ ދެކޮލުގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު ވީތަދުން އަރުޝީގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަފެށިއެވެ.
” މަށާ ދިމާއަށް ފާޑުފާޑުގެ ބަސް ނުބުނާތި… ހަނދާން އެބަހުރިތަ އެދުވަހު އަހަންނާ ދިމާއަށް ކީއެއްޗެހި.. ހަނދާން އެބަހުރިތަ އެދުވަހު އަހަންނަށް ދިން އަނިޔާ.. ހަނދާން ނުވަންޏާ ހަނދާންކޮށްދެންތަ.. އޭނ…” ފަހު ޖުމްލަ އަޑަށް ބާރުލާފައި ބުނަމުން އަރުޝީގެ އިސްތަށިގަނޑު ހިފާފައި ކޮއްޅަށް ނެގިއެވެ. އަދި ދެވަނަ ސިކުންތުގައި އަދި އަލަމާރީގެ ކަނުގައި އަރުޝީ ބޯ ބާރަކަށް ޖެއްސިއެވެ. ވީތަދުން މަންމާއޭ ކިޔާ އަރުޝީއަށް ހަޅޭއްލަވާ ގަނެވުނެވެ. ހަމަ އެހިނދުގައި ގައިން ބާރުދޫވާންހެން ހީވެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ.
އެއަށްފަހު ޒިވާން އަރުޝީ އެނދުމައްޗަށް ނަގައި އެއްލާލިއެވެ. އަދި އަރުޝީއަށް ބަލާލުމެއްވެސް ނެތި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މިމަންޒަރު އަރުޝީއަށް ފެނުނީ ފުސްކޮށެވެ. އެއަށްފަހު ދެންވީ ގޮތެއް ނޭނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ލޯބިން އަންނާށޭ ކަލާ…

Next

ބީހުން….(15)

Next
August 15, 2017

ބީހުން….(15)

Previews
August 14, 2017

ލޯބިން އަންނާށޭ ކަލާ…

35 Comments!

  1. Aki says:
    August 14, 2017 at 8:54 pm

    balabalaa huhta thi up kohla dhinee. thanks

    1. azzadhil says:
      August 14, 2017 at 9:02 pm

      jazakallah khair

    2. Aki says:
      August 14, 2017 at 9:04 pm

      zivaan gadaa v foohi vehje…. writer zivaan maithiri kohlabaa…. vaahaka varah furihama

    3. azzadhil says:
      August 14, 2017 at 9:05 pm

      alhe buneba zivan maithiri kuranvee gotheh

    4. Aki says:
      August 14, 2017 at 9:51 pm

      gey meehun nah bust kolaa .. dhen aarav ah arshee hodhadhee .. ehme fahun zivan ah ves arshee dheke loabi vevey goi hadhaa … maaira akee badi girl akah veema eothee maithiri vefa ???

    5. azzadhil says:
      August 14, 2017 at 10:02 pm

      hmmm visnaanan engey thikama.. hehe 🙂

  2. maroon says:
    August 14, 2017 at 8:58 pm

    Zivan ?
    Koba arvav. Miss him
    Story awesome ekam.v hurt vejje arshyge haalath egi

    1. azzadhil says:
      August 14, 2017 at 9:02 pm

      haadha dhuvaheh kohfaye maroon ge habareh mi vee.. jazakallah khair 🙂

    2. maroon says:
      August 14, 2017 at 9:56 pm

      Comment nukuriyas gavaidhun kiyan.. badhalu hifan dhw zivan arushee aai marry kuree.. ehen hadhaakah nuvaane

    3. azzadhil says:
      August 14, 2017 at 10:02 pm

      asluves dhw 🙁

  3. Anonymous says:
    August 14, 2017 at 9:05 pm

    Dhen thankolheh viyya kury. Partehgga eme peregraph dh v foohi.

    1. azzadhil says:
      August 14, 2017 at 9:14 pm

      nooney alhugandah eba feney ekakah vure gina paragraph.. konme dhuvahakuves 1000 wrds migenesdheny.. next part in sha allah dhigukohladheynan engey ekam foohi nuvaathi 🙂

  4. Aishath Lewsher says:
    August 14, 2017 at 9:10 pm

    Wow……..????????????❤????????❤?????????????????

    1. azzadhil says:
      August 14, 2017 at 9:23 pm

      ?????

  5. aloo says:
    August 14, 2017 at 9:10 pm

    v reethi mi part vs.. 🙂

    1. azzadhil says:
      August 14, 2017 at 9:14 pm

      jazakallah khair aloo

  6. Maree says:
    August 14, 2017 at 9:13 pm

    Varah mistake hurikan faahagavey.. Baeh has has vettifa hury. Vedhaane typing error akahvc..
    Story v reethi. Kiyaahithun indha nimeny…

    1. azzadhil says:
      August 14, 2017 at 9:16 pm

      jazakallah khair mistakes faahaga kohla dhinyma.. aslu avaskuran hadhain kiyaaves nulaa mi up kurevuny.. jazakallah khair maree 🙂

  7. Xxxx says:
    August 14, 2017 at 9:37 pm

    Woooow..?????????story v.nice dear.. waiting 4 next part???keep it up

    1. azzadhil says:
      August 14, 2017 at 9:43 pm

      jazakallah khair Xxxx 🙂

  8. Kamana says:
    August 14, 2017 at 9:53 pm

    Oooh noooo… mi zivaan gandu mee haadha nubai meehekey. Arushee fakeerah hedhi goiy nikan balaabala. Avahah aarav geney. Eyrah arushee ah himaayaiy libeyne..

    1. azzadhil says:
      August 14, 2017 at 10:01 pm

      dhw… hehe 🙂

  9. Aroo says:
    August 14, 2017 at 10:09 pm

    Arushyge kuryga firimyhaage heart dho aarav ah transplant kury. zivaan arushy kibain badhal hifany . Avaha aarav genesdhy

  10. Nemo says:
    August 14, 2017 at 10:53 pm

    V rythi mi story.. Keep up your good work 🙂

    1. azzadhil says:
      August 14, 2017 at 10:56 pm

      jazakallah khair nemo 🙂

  11. Adam says:
    August 14, 2017 at 11:30 pm

    Wow vrah salhi mi part ves ekamaku hera zivaan ehge varu dhw fahun adhi arushee nulibigen rashuga gan viheyne yageen maira ves dheyne landu reethi viyyaa

  12. Ram says:
    August 15, 2017 at 12:01 am

    Wow.. zivaan dww.. pis pis.. bondi eh alhan v..

  13. lyn says:
    August 15, 2017 at 12:12 am

    Alhey asluves zivaan gandu haadha goahey…aarav n arushy gulhuvaba plx plx.. 🙁

  14. khajja says:
    August 15, 2017 at 1:37 am

    Omg haadhahaa gothevves nethey dhw zivaan thidhen thsnfukebboduvaru badhaluhifiyas ehennoonas aee nikamethi huvafaiyvefa in anhenevviyya ? yageeney thiya mairaa evves zivaan ah landudhyfa filaanekan eyrun dhuvaane arushyge fahathun eyrah nubalaathi zivaan ah arushy aavaakamennoon e zivaange mom ah but kollaa mairaa aa zivaange kanthah zivaan avves neyngi?? hunna nubaikan dhw avahah aaraav kameh dhimaavegenves mithanavviyas aadheveyne nama ennu dhw kobaatha zivaan e kuraa namaadhuthah aee hus dhekkun therikan dhw?? zivaan hey araane thiya mairaa eh eynayah kehidhinyma ahaa loabivanyaa mairaa aa marry kurinsma ennu dhw anyway stry v speechless v cute but arushee ah dheragothennuhadhaathi plx when nxt prt avahah up kolla dhechchey plx gud nyt ly??❤❤????????

  15. Shifu says:
    August 15, 2017 at 9:06 am

    Haadha goahey zivan arushee ah thihen nadha eyna ah divoce dheyn v nun.

  16. Mimmi says:
    August 15, 2017 at 10:35 am

    Daaamnn e zivan gandu v foohi vey?Btw love this story ngey☺️♥️

  17. Sidhu says:
    August 15, 2017 at 12:01 pm

    V salhi konme gotheh viyas Aarav ah arushy libeyni. …Aarav ge heart aee arushyge hux ge eacheh…zivaan adhi dherave arushy faathun dhuvan jeheyni. ….badhalu hifiyaa boduvaru aee…Vaahaka v salhi. .when next part

  18. Adha? says:
    August 15, 2017 at 4:52 pm

    Axxa.. kobaaaaaheyyy.. aaaraaav…… zivan haadha goahey dw.. varah foohi.. ekm mi part ves hama varah reethi..?
    Waitingss ❤❤❤❤

  19. Arushee says:
    August 16, 2017 at 12:31 am

    Arusheege hux ge heart lahvaafa eynee aaraavge. E zivaan n mairaage planeh

  20. Aki says:
    August 17, 2017 at 8:58 pm

    koba tha next part avahah up kohla dheebaa pls pls

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ސަތާރަ ވަނަ ބައި)←


All Right Reserved!