Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -3

azzadhil Level 210 Stories100 Comments
August 15, 2017 6 Mins Read
18 Comments

ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ފަހަތަށް އެނބުރި ދުވަމުންގޮސް ތިޝާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. މިކަންވީ ބައްރާ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. އަކްޝަމަށް ހޭވެރިކަމެއްވީ ދެނެވެ. ލޯރެން ގަޔާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ. ލޯރެން ހައިރާންވެފައި އަކްޝަމަށް ބަލާލި އެވެ. ނަމަވެސް އަކްޝަމް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކުރިން އިން ގޮތަށް ގޮނޑީގައި އިށީނެވެ. ލޯރެންވެސް ތުން އަނބުރާލަމުން އަކްޝަމްގެ ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ.

“ތިޝާ ކީއްވެބާ އެގޮތަށް އެ ދިޔައީ. އަނެއްކާ ދަރިފުޅު ތިޝާ ދަންނަންތަ” ޝައްކުވެގެން އަހާލާ ފަދަ ގޮތަކަށް ބައްރާ އަހާލި އެވެ. ބައްރާގެ ސުވާލުން އަކްޝަމް އިތުރަށް ކަންބޮޑުވި އެވެ.

“ނޫން.. ނުދަންނަން. ވެދާނެ ލަދުގަތީ ކަމަށްވެސް” ހާސްކަން ފޮރުވާލަމުން އަކްޝަމް ވާހަކަދެއްކި އެވެ.

“މަންމާ އެއީތަ ކޮޓަރި ކުއްޔައް ހިފައިގެން އުޅޭ ކުއްޖަކީ” އަކްޝަމް އިތުރަށް އޮޅުން ފިލުވަން ބޭނުންވި އެވެ.

“އާނ! އޭރު ދަރިފުޅު ކައިރީ ބުނީމެއްނު މަންމަ. މަންމައަކަށްވެސް އެކުއްޖާއާ ބެހޭގޮތުން މާބޮޑު މައުލޫމާތެއް ނޭނގޭ. ތިޝާ ކައިރީ އޭނަގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލެއް ކުރިއަސް އޭނަ ހިޔާރުކުރަނީ ހަމަހިމޭންކަން. ﷲ ދެނެވޮޑިގެންވާނީ އެކުއްޖާގެ ހަޔާތުގައި ދިމާވެފައިވާ ކަމެއް” ބައްރާ ބުނި އެއްޗަކާ މެދު އަކްޝަމް ވިސްނާލަން ޖެހުނެވެ.

އަކްޝަމް ދެކޭގޮތުންނަމަ މިއަދު ތިޝާ އުޅެން ޖެހޭނީ ވަރަށް އުފަލުގަ އެވެ. ތިޝާގެ ހަޔާތުގައި ދިމާވެފައިވާ ކަމެއް އޮޅުންފިލުވަން އަކްޝަމް ބޭނުންވި އެވެ. އަދި ތިޝާއާ ބައްދަލުކޮށް ވާހަކަ ދައްކަން ނިންމި އެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަ ހިނގާހުރި ތިޝާ ވަނީ ބޯހާސް ވެފަ އެވެ. ތަގުދީރު މިކުޅެނީ ކޮން ކުޅިގަނޑެއް ބާއޭ ތިޝާގެ ހިތަށް އަރަމުން ދިޔަ އެވެ. ލޮލުން އަންނަމުންދާ ކަރުނައަކަށް ނިމުމެއް ނާދެ އެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް އެބުރޭހެން ހީވާން ފެށުމުން ތިޝާ އެނދުގައި އުއްޑުން އޮށޯވެލި އެވެ. ނަމަވެސް އެގޮތުންވެސް ތިޝާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަނެއްކާވެސް ތެދުވެ ދެކޮޅުދެކޮޅަށް ހިންގެން ފެށުނެވެ. ހިނގަމުން ދިޔަ ވަގުތު ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ލޯގަނޑު ކުރިމަތީގައި ހުއްޓެވުނެވެ. އެއަށްފަު އަމިއްލަ މީހާއާއި ސުވާލުކޮށްލެވުވުނެވެ. ހަމަޖެހުމެއް ނުލިބިގެން އުޅެނީ ކީއްވެ ހެއްޔެވެ. ތިޝާއަށް އުޅެވުނީ އެންމެ ރަނގަޅަށް ހެއްޔެވެ. ތިޝާއަށް އުޅެމުން ދިޔައީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ހެއެްޔެވެ. އަދި މިހާރުވެސް އުޅެވެމުން މިއަންނަނީ ރަނގަޅަށް ހެއްޔެވެ. ނަމާދުކުރީމައި ނިމުނީކީ ނޫނެވެ. އަންހެނުންނަކީ ވަރަށް އިއްފަތްތެރިކޮށް އުޅެންޖެހޭ ބައެކެވެ. ތިޝާއަށް އުޅެވެމުން އައީ އެހެނެއް ނޫނެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން ނޭޅުނު ތާނގައި ހަޔާތުގެ ބޮޑުބައެއް ހޭދަކުރެވުނީ ހިލޭ ފިރިހެނަކާ އެކީގައެވެ.

ހަޔާތުގައި ދިމާވި އެތަކެއް މުސީބާތަކަށްފަހުވެސް ތިޝާއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ. މިހާރު ދެން ވަގުތު އައިސް ޖެހުނީއެވެ. ލަސް ކުރާކަށްވެސް ބޭނުމެއް ނޫނެވެ. ހެޔޮކަމެއް ކުރަން ލަސްކުރަންވީ ކީއްވެ ހެއްޔެވެ. ތިޝާއަށް ހަމަޖެހުމެއް ލިބި އުފާވެރި ދިރިއުޅުމެއް ލިބެން އޮތީ މާތްﷲ ހަނދުމަކޮށްގެންނެވެ. އިންޝާﷲ މީގެ ފަހުން ދެން ފެނިގެން ދާނީ މުޅިން އެހެން ތިޝާއެކެވެ. ފޯނު ނަގާ ހެޔޮލަފާ އެކުވެރިޔާ ޖަނާއަށް ގުޅާލުމަށްފަހު ކަންތައްކުރަންވީ ގޮތް ކިޔާދިނެވެ.

 

މެންދުރު ފަހުގެ ވަގުތެކެވެ. ކައްކާ ނިންމާލުމަށްފަހު ކާންހަދާފައި ނަމާދުކޮށްގެން އައިސް ބައްރާ ސޯފާގަައި ހަތިމު ހިފައިގެން ގުރުއާން ކިޔަވަންއިނެވެ. އިރުކޮޅަކުން ގޭގެ ދޮރު މީހަކު ހުޅުވިހެން ހީވެގެން އާޔަތް ކިޔާ ނިންމާލުމަށްފަހު ބަލާލިއެވެ. ފެނުނު މަންޒަރު ބައްރާގެ ލޮލަކަށް ޔަގީނެއް ނުކުރެވުނެވެ. ކަޅުބޮޑު ހެދުމުގެ ފަހަތުގައި ފޮރިވިގެން އެހެރީ ހަމަ ތިޝާ ހެއްޔެވެ. ކަޅު ރަތް ކުލައިގެ ޝޯލްގެ ތެރެއިން އެފެންނަނީ ހަމަ ތިޝާގެ ހަނދެއް ދަފަ މޫނު ހެއްޔެވެ.

” މާޝާﷲ… މަގޭ ދަރިފުޅު ހާދަ ރީއްޗޭ.. ” ހަތިމު މޭޒުމަތީގައި ރީތިކޮށް ބާއްވާލުމަށްފަހު ބައްރާއައިސް ތިޝާ ގައިގާ ބައްދާލިއެވެ.

“މީ އަހަރެންގެ ހަޔާތުގައި އެޅުނު އަހަރެން އެންމެ އުފާވި އެއްފިޔަވަޅު… އިރާދަކުރެއްވިއްޔާ މިއަދުގެ ފަހުން އުޅެވޭތީޯ ބަލާނީ ދީނުގައި އަންގަވާފައިވާ ގޮތަށް.. ” ތިޝާ މިހެން ބުނެލިއިރު އެލޮލުން ވަނީ އުފާވެރިކަމެގެ ކަރުނަ އައިސްފައެވެ.  އެވަގުތު ކޮޓަރިން ނިކުތް އަކްޝަމަށްވެސް ތިޝާ ފެނުމާއެކު ހުއްޓުން އެރިއެވެ. މިކަހަލަ ހެދުން ލުމުން ތިޝާގެ ރީތިކަން އެތައް ގުނައަކަށްވަނީ އިތުރުވެފައެވެ. ތިޝާ އަކްޝަމަށް ދިމާއަށް ބަލާލުމުން އަކްޝަމް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ބަދަލުގައި ތިޝާ އަނެއްފަރާތަށް މޫނު އަނބުރާލުމުން އަކްޝަމް ހިތުގައި ޖެހުނެވެ. އަދި ބައްރާ ކައިރީގައި ރަހުމަތްތެރިއަކާ ބައްދަލުކޮށްލަން ދަނީ ކަމަށްބުނެ ތިޝާއަށް ބަލާވެސް ނުލާ ގެއިން ނިކުތެވެ.

***********************************

އާމިލްގެ އަތްމަތީގައި އޮތް ތިޝާއަށް ބެލެމުންދަނީ ސީދާ އާމިލްގެ މޫނަށެވެ. އާމިލްގެ މިސްރާބު ހުރީ ސަލްޓަން ޕާކް ތެރޭގައި ހުރި ހިލަގޮނޑި އަށެވެ.

“އާމިލް އަސްލުވެސް އަހަރެންދެކެ ވަރަށް ލޯބިވޭތަ؟” ތިޝާ އާމިލްގެ މޫނުގައި ފިރުމާލަމުން ލޯބި ގޮތަކަށް ސުވާލުކޮށްލި އެވެ.

ނަމަވެސް ތިޝާގެ މިސުވާލުން އާމިލްގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔަ އެވެ. އެހުރި ހިސާބުން ހުއްޓި ތިޝާގެ ގައިން އަތް ދޫކޮށްލީ އެއްވެސް ވަރަކަށް ވިސްްނާލުމެއް ނެތި އެވެ. ތިޝާ ބިންމަތީގައި ޖެހުމާއެކު މަންމާއޭ ކިޔާ ބާރަށް ހަޅޭއްލަވާ ގަނެވުނެވެ. އާމިލް ތިޝާގެ ހަޅޭކަށް ފަރުވާލެއް ނުބަހައްޓާ ތިޝާގެ އަތުކުރީ ހިފާފައި ނެގި އެވެ.

“ދުވަހަކުވެސް އަހަރެންގެ ލޯތްބަށް ޝައްކު ނުކުރައްޗެ” ދަތްކުނޑި ވިކާލާފައި އާމިލް ބުންޏެވެ.

“އާމިލް އަހަރެން އެހެން އަހާލީ ޝައްކު ކުރާތީކީ ނޫނޭ. އެހެންނޫނަސް ކޮން ލޯތްބެއް. ލޯބިވާނަމަ މިވަރުގެ ބޮޑު އަނިޔާއެއް ނުދޭނެ” ތިޝާއަށް ބާރަށް ވާހަކަދެއްކުނީ ވެފައިހުރި ތަދުންނާއި އައިސްފައިހުރި ރުޅިއެއްގެ ބޮޑުކަމުންނެވެ. އެވަގުތު ތިޝާގެ ކޯމައްޗަށް އެރި ހޫނު އެތިފަހަރުން ތިޝާގެ ބޮލަށް އެނބުރުން އަރާ ލޯމައްޗައް އަނދިރިވާ ގޮތްވި އެވެ.

ނިދިފައި ތިޝާއަށް ފުންމައިގެން ތެދުވެވުނެވެ. އޭސީ ފުލްކޮށްލާފައި ހުރިއިރުވެސް ތިޝާވަނީ ދާހިއްލާ ފޯވެފަ އެވެ. އަވަސް އަވަހަށް ސައިޑް ކަބަޑްމަތީގައި ހުރި ފެންފުޅިނަގާ ކޯވަރެއް ބޯލި އެވެ. ގަޑި ބަލާލިއިރު އިރުއޮއްސެން ކައިރިވަނީ އެވެ. ބަނޑުހައިވެފައި ހުރިވަރު އިހްސާސް ވުމާއެކު ބަނޑުގައި އަތްހާކާލެވުނެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާފައި ބޭރުގައި މީހަކު ހުރިތޯ ބަލާލި އެވެ. މީހަކު ނެތްކަން ޔަގީންވުމުން މަޑު މަޑުން ފިޔަވަޅު އަޅަމުންގޮސް ބަދިގެއަށް ވަނެވެ.

އެދުވަހުގެ ފަހުން ތިޝާ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ކޮޓަރި އަކުން ނުނިކުމެ އެވެ. ކާންވެސް ނިކުންނަނީ އެންމެން ކައިގެންދާ ފަހުންނެވެ.

ތިޝާގެ މިއުޅުމާއި މެދު ބައްރާ ހުންނަނީ ވަރަށް ކަންތައް ބޮޑުވެފަ އެވެ. ކިތަންމެ ފަހަރަކު ތިޝާ ކައިރީ ސުވާލުވެސް ކުރި އެވެ. ނަމަވެސް ތިޝާގެ ފަރާތުން އެދެވޭ ޖަވާބެއެ ނުލިބެ އެވެ.

އަކްޝަމް ހުންނަނީ ތިޝާއާ ވާހަކަ ދައްކާލެވޭނެ ފުރުސަތަކަށް ބަލަބަލަ އެވެ. ނަމަވެސް ތިޝާއަށް އެކަން އެނގިގެން އަކްޝަމްއަށް އެފުރުސަތު ނުދޭން އުޅޭ ކަހަލަ އެވެ. އަކްޝަމްއާ ދިމާއަަށް ބަލައި ނުލާތާންގައި އަކްޝަމް ހުރި ހިސާބަކަށްވެސް ނާދެ އެވެ.

ލޯރެން އަބަދު ފަހަތުން ނުނެއްޓި އުޅޭތީ އަކްޝަމް ހުންނަނީ އެކަމާވެސް ފޫހިވެފަ އެވެ. ދެތިން ފަހަރަކު އަކްޝަމް ލޯރެން އަށް ވިސްނައިވެސް ދިނެވެ. މަންމަ ކުރިމަތީ އަބަދު އެގޮތަށް އުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ބުނަމުންނެވެ. ނަމަވެސް ލޯރެން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ލޯރެންގެ ކަމަކީ އަކްޝަމް ކައިރީ އަބަދު ޝަކުވާކުރުމެވެ. ބައްރާގެ ކޮޓަރީ ނިދަން ޖެހޭތީ އެކަމާ އެވެ. އެހެންނޫނީ އަކްޝަމްގެ ކޮޓަރިއަށް ނުވައްދާތީ އެކަމާ އެވެ. އެހެންނޫނީ ބޭނުންވާ ގޮތަށް ހެދުން ނޭޅޭތީ އެވެ. މިކަންތައްތަކާއި ހެދި އަކްޝަމް ބަލަނީ ލޯރެންއާ ވީހާވެސް ދުރުން އުޅެވޭތޯ އެވެ. މިކަން ލޯރެން އަށް ފާހަގަ ކުރެވުނީ ކަންނޭނގެ އެވެ.

އެދުވަހު އަކްޝަމް އިނީ ބޭރު ޖޯލީގައި ފޯނުން ގޭމް ކުޅޭށެވެ. ލޯރެން އައިސް ކައިރީ އިށީނދެ އަކްޝަމް އަތުން ފޯނު އަތުލިި އެވެ. އަކްޝަމް ލޯރެން އާ ދިމާއަށް ބަލާލައި ނިތަށް ރޫ އަރުވާލި އެވެ.

“އަކޫ މިހާރު ލޯރެންދެކެ ފޫހިވަނީދޯ؟” ވަރަށް ކޮށިކޮށް ދިވެހި ބަހުން ލޯރެން އަހާލި އެވެ. ލޯރެންގެ މިސުވާލަށް އަކްޝަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ބަަދަލުގައި އަކްޝަމް އިސްޖަހާލައި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް މޫނު އަނބުރާލި އެވެ.

“ދެން ކީއްވެ ލޯރެންއާ ދުރުވަނީ” އަނެއްކާވެސް ލޯރެން ސުވާލު ކޮށްލި އެވެ. އަކްޝަމް ލޯރެން އަށް ބަލާލި އެވެ. ލޯރެން މާޔޫސްވެފައިވާ ތަން ފެނުމުން އަކްޝަމް ދެރަވި އެވެ. އަކްޝަމްއަށް ލޯރެންއާ ދޭތެރޭ ކަންތައް ކުރެވެނީ ރަނގަޅަށް ނޫން ކަމުގައި އިހްސާސް ކުރެވުނެވެ.

“ސޮރީ ލޯރެން” އަކްޝަމްއަށް ބުނެވުނީ އެވަރަށެވެ. އަދި ލޯރެންގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލި އެވެ. ކޮންމެ ގޮތެއް ވިޔަސް ލޯރެން މިރަށައް އައީ އަކްޝަމްގެ އެދުމުގެ މަތިންނެވެ. އަކްޝަމް ކައިރީ އެންމެ ފުރަތަ،ަ ރައްޓެހިވާން އެހީ ލޯރެން ކަމުގައިވިޔަސް އެކަމަށް އަކްޝަމްވެސް އެއްބަސްވީ ނޫންހެއްޔެވެ. ވީއިރު ލޯރެން އާއި އެގޮތަށް ކަންތައް ކުރުމުގެ އެއްވެސް ހައްގެއް އަކްޝަމަކަށް ލިބިފައެއް ނުވެއެވެ.

ނިދަން ތައްޔާރުވަމުން ދިޔަ ތިޝާއަށް ފުޅީގައި ފެން ނެތްކަން އެނގުނީ ފެން ބޯންވެގެން ފުޅި ބަލާލުމުންނެވެ. ފެންފުޅިއެއް ބަލައި ފްރިޖް ކައިރިއަށް ދިޔައިރު ފްރިޖްގައި ފެނެއް ނެތެވެ. އެހެންކަމުން ތިޝާ ދިޔައީ ގޯތި ތެރޭގައި ހުރި ތާންގީ ކައިރި އަށެވެ. ގޯތި ތެރެއަށް ހުންނަ ހޮޅިބުރި އަނދާފައި ހުރުމުން ބޭރުތެރެ ފެންނަނީ ފުދޭ ވަރަކަށް އަނދިރިކޮށެވެެ. އިސްކުރުން ފެން އަޅާން އިންއިރުވެސް ތިޝާ އިނީ ބިރުގަނެފަ އެވެ. ފެންއަޅާ ނިމިގެން ދާން އެނބުރުނު ވަގުތު މީހެއްގެ ފިޔަވަޅުގެ އަޑުއިވުމުން ތިޝާ އެދިމާއަށް އެނބުރުނެވެ. ރަނގަޅަށް މޫނު ނުފެނުނަސް ކާކުކަން ތިޝާއަށް ރަނގަޅަށް އެނގުނެވެ. މަޑުނުކޮށް ދާން އެނބުރުނުތަނާހެން އެމީހަކު އައިސް ތިޝާގެ އަތުގައި ހިފާ ކައިރިއަށް ގެނަ އެވެ.

“ކިހާ ދުވަހަކުތަ ތިގޮތަށް ފިލައިގެން އުޅޭނީ” އަކްޝަމްގެ ސުވާލުން ތިޝާ ސިހިފައި އަކްޝަމަށް ބަލާލި އެވެ. އަދި އަކްޝަމްގެ އަތްފޮޅުވާލީ ބިރެއްފެނިގެން ފޮޅުވާލާގޮތަށެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ތިޝާގެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ.

“އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުލިބެނީސް މިތަނުން ދިޔަކަ ނުދޭނަން” އަކްޝަމް ހީވަނީ ވަރުގަދަ އަޒުމެއްގައި ހުރިހެންނެވެ.

“އަކްމަލްއަށް… އޯވހް… ސޮރީ… އަކްޝަމަށް ކޮން ހައްގެއް އޮތީ އަހަންނާ ސުވާލު ކުރުމުގެ..” މަލާމާތުގެ ރާގަކަށް ތިޝާ އަހާލިއެވެ.

“ސުވާލުކުރުމުގެ ހައްގު އޮތީ އަހަންނަށް.. އޮޅުވާލެވުނީ އަހަންނަށް… ފުރަތަމަ ސުވާލަކީ އަކްމަލްތޯ ނޫނީ އަކްޝަމްތޯ ކިޔަންވީ..” މަލާމާތުގެ ރާގަކަށް އަނެއްކާވެސް ތިޝާ ބުންޏެވެ.

“އަހަރެން ތިޝާއަށް…..” އަކްޝަމް ބުނަން އުޅުނު ބަސް ތިޝާ އަތުގެ އިޝާރާތުން ހުއްޓުމަށް ބުންޏެވެ.

“ދެވަނަ ސުވާލަކީ އަހަންނަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެތޯ…؟ ޖަވާބު ދީބަލަ ކީއްވެގެންހޭ އަހަންނަށް އެހާ ބޮޑަށް އޮޅުވާލީ..؟” ތިޝާއަށް އަހާލެވުނީ ފުދޭވަރަކަށް ބާރަށެވެ.

ލޮލުން ކަރުނަ އަންނަމުން ދިޔައިރު ބަލަހައްޓައިގެން ހުރީ ސީދާ އަކްޝަމްގެ ލޮލަށެވެ. އަކްޝަމްގެ އަތް މަޑުމަޑުން ހަރަކާތް ކުރީ ތިޝާ ލޮލުން އައިސްފައިހުރި ކަރުނަތައް ފޮހެލަ ދިނުމަށެވެ. ނަމަވެސް ތިޝާއަށް އެކަން އެނގިގެން އަކްޝަމްގެ އަތް ފޮޅުވާލި އެވެ.

އަކްޝަމް އިރުކޮޅަކު ބަހެއް ނުކިޔާ ހުރުމަށްފަހު ތިޝާގެ އަތުގައި ހިފައިގެން ޖޯލިތަކާއި ދިމާއަށް ހިނގައިގަތެވެ. ތިޝާ ނުދާން ގަދަހެދި ނަމަވެސް އަކްޝަމް އަކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އަކްޝަމް ތިޝާ ގަދަކަމުން ޖޯލީގައި ބޭންދި އެވެ. ތިޝާ ތެދުވަން އުޅުމުންވެސް އަނެއްކާވެސް ގަދަކަމުން ބޭންދި އެވެ. އަދި ތިޝާ ދިޔަ ނުދިނުމަށްޓަކައި ތިޝާގެ އެއް އަތުގައި ހިފަހައްޓައިގެން ޖެހިގެން އިން ޖޯލީގައި އިށީނެވެ.

“އަކްޝަމް ޕްލީޒް.. އަހަންނަކީ އަކްޝަމަށް ހިލޭ އަންހެނެއް… އަހަރެން އަތުން ދޫކޮށްލާ.. ”

“އަހަރެން މިކިޔާ އެއްޗެއް އަޑުއަހާފައި ނޫނީ ތިޝާއަކަށް ނުދެވޭނެ” އަކްޝަމް ދަތްކުޑިވިކާލާފައި ބުނުމުން ތިޝާއާ ޖެހުނީ އަކްޝަމްގެ ކުރިމަތީ ހަތިޔާރު ބަހައްޓާށެވެ. އަކްޝަމް ތިޝާ އަތުން ދޫކޮށްލީ އަކްޝަމް ދައްކާ ވާހަކަ އަޑުއަހަން އެއްބަސްވީމައެވެ.

“އަހަންނަށް ތިޝާއަށް ހަގީގަތް އޮޅުވާލަން މަޖުބޫރުވީ. އަހަންނާ ތިޝާއާ ދިމާވިއިރު އަހަންނަކީ ޕޮލިސް ސާވިސްގައި މަސައްކަތް ކުރަމުންދިޔަ އިންޓެލް އޮފިސަރެއް. އެހެންވެ އަހަރެން ތިޝާއަށް ހަގީގަތް އޮޅުވާލީ. އޭރު އަހަންނަށް މުހިއްމުވީ އަހަރެންގެ ވަޒީފާ. ފަހުން އަހަރެން ތިޝާއަށް ހުރިހާ އެއްޗެއް ކިޔައިދޭން ބޭނުންވި. އެކަމަކު އޭރު ވަގުތު ފާއިތުވެއްޖެ” އަކްޝަމް މަޑުމައިތިރި ކަމާއެކު ކިޔައިދެމުން ގެންދިޔަ އެވެ.

“މިހާރުދެން ތިވާހަކަތައް ދެއްކުމުގެ މާނައެއްް ނެތް. ދެން ރަނގަޅު ވާނީ މިއުޅޭހެން ނުދަންނަ ދެ މީހުންގެ ގޮތުގައި އުޅުނިއްޔާ” މިހެން ބުނެ ތިޝާ ތެދުވެގެން ދާން އުޅުނު ވަގުތު އަކްޝަމް ތިޝާގެ ކުރިމައްޗަށް އެރިއެވެ.

“ތިޝާ ހެޔޮނުވާނެ. އަހަރެންގެ ސުވާލުތަކަށް ޖަވާބުދީ އަހަރެންގެ ސިކުނޑިއަށް ލުއި ކޮށްދީފާނަންތަ؟” އަކްޝަމް އާދޭހުގެ ރާގަކަށް ބުންޏެވެ.

“ނުދަންނަ މީހުންނާ އަހަރެންގެ ލައިފްސްޓޯރީ ހިއްސާއެއް ނުކުރަން” ތިޝާގެ މި ޖާވާބުން އަކްޝަމް މުޅިން މާޔޫސްވި އެވެ.

ތިޝާ ދާން މަގުދައްކަމުން އެއްކައިރިއަށް ޖެހިލެވުނީ ހަދާނެ ގޮތް ހުސްވެ ހުރެއެވެ.ފުރުސަތެއް ލިބުމާއި އެކު ތިޝާ ދުވެފައި ގޮސް ގޭތެރެއަށް ވަނެެވެ. އެވަގުތު ގޭތެރެއަށް ވަންނަން އައިސް އައިސް ހުރި ލޯރެން ގައިގާ ނުޖެހުނީ ހަމަ ކިރިޔާ އެވެ. ތިޝާ ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން ލޯރެން ފާޑަކަށް ބަލަން ހުރުމަށްފަހު ގޯތި ތެރެއަށް ނިކުތެވެ. އޭރު ބޭރު ޖޯލީގައި އިން އަކްޝަމް ފެނުމުން ލޯރެން އަށްވީ ނުބައި ގޮތެކެވެ.
-ނުނިމޭ-

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

2:30 އަށްވަނަ ބައި

Next

ދިހައެއް ( ފަނަރަވަނަ ބައި )

Next
August 15, 2017

ދިހައެއް ( ފަނަރަވަނަ ބައި )

Previews
August 15, 2017

2:30 އަށްވަނަ ބައި

18 Comments!

  1. Aishath Lewsher says:
    August 15, 2017 at 2:16 pm

    Dhandu beynun jehijje….
    Vahaka hama habeys…..????????????????❤?????????????❤????????????????????????

    1. azzadhil says:
      August 15, 2017 at 2:26 pm

      hhahaaah.. lol.. bodukameh

  2. Sidhu says:
    August 15, 2017 at 2:47 pm

    Ethanuga thishaa ge name inthanuga arushi jehifa ebain. ..aee vedhaane Ehfaharaa 2 story liyaathy kamah. ..Vaahaka v salhi. ..

    1. azzadhil says:
      August 15, 2017 at 2:54 pm

      jazakallah khair sidhu.. mistake mihaaru innaany rangalhu kohlaafa 🙂

  3. Anonymous says:
    August 15, 2017 at 3:17 pm

    mi vaahaka kee handhaaneh vey…..

  4. neem says:
    August 15, 2017 at 3:24 pm

    V reethi

  5. aloo says:
    August 15, 2017 at 3:55 pm

    v loabi…..v kiyaahiyh eba vey… 🙂 🙂

  6. Xxxx says:
    August 15, 2017 at 5:02 pm

    Nice????

  7. Shaii says:
    August 15, 2017 at 8:59 pm

    Koniraku dhn enna part nikunnaanee….

  8. Anuu says:
    August 15, 2017 at 10:10 pm

    Habeyyyyys

  9. khajja says:
    August 15, 2017 at 11:52 pm

    Masha allah stry v rythi v furihama ?? miulhey loaren ves myvaregge myheththaa dhw abadhu aksham fahathuga vidhdhaafa ehunnany ehennuvaanyves faranjy evvyma dhw stry v v v super when nxt prt keep it up ly??❤❤❤????????

  10. aloo says:
    August 16, 2017 at 5:06 pm

    v reethi masha Allah

  11. Shaee says:
    August 18, 2017 at 12:27 pm

    Varah Rythi❤
    Next part kon Irakuntha ahnnany?

  12. Shaaya says:
    August 21, 2017 at 10:37 pm

    Varah reethi mi vaahaka… Knirakun next part up vany…. Haadha inthizaareh kuramey next part upveytho

  13. meehun says:
    August 25, 2017 at 12:13 pm

    when next part up vany

  14. Malaayaa says:
    August 25, 2017 at 4:47 pm

    So when is the next part

  15. bluebell says:
    August 26, 2017 at 8:51 pm

    Mi vaaahaka up kohdhybr plxxxx
    hope v avahah up kohdheyne kamah??

  16. mary says:
    September 13, 2017 at 2:42 pm

    Next part up kohdheeba. Vvv kiyaahihvey mi vaahaka…..

Comments are closed.



All Right Reserved!