” ދަނޑިބުރިއާއި ހިލަ ތިބާގެ ކަށިތައް ބުރިކޮށްފާނެ އެވެ. އެކަމަކު ލަފުޒުތައް ތިބާ އަށް ދުވަހަކު ވެސް ތަދެއް ނުކުރާނެ އެވެ.” މިހެން ބުނި ކޮންމެ މީހަކީ ދޮގުވެރި އެކެވެ. އޭގެ ޒާތުގައި، އަހުރެންގެ އިސްކޫލު ދައުރުގެ ދާއިރާގައި ހިނގާދިޔަ ތަފާތު ހާދިސާތައް، އަހުރެން، މިއަދުގެ އަހުރެންނަށް ބައްޓަން ކޮށްދީފައި ވާއިރު ހީވަނީ މިއީ ވަރަށް ކުޑަ މުހިންމު ނޫން ކަމެއް ހެންނެވެ. ކޮންމެއަކަސް އެ ކަންކަން އެކުކޮށް ލުމުން، އެ ކަންކަން ވެދަނީ އަހުރެންގެ އަދުގެ […]
ރަޔާހީން އަތުން އޭނާގެ އިއްޒަތާއި އަބުރު ގެއްލިގެން ވެސް ދިޔައީ ވިކްޔަން އާއި އެކުގައި މިކަހަލަ ރެއެއްގައި އެކަނި ވަނިކޮށެވެ. އެކަހަލަ ކަމެއް ތަކުރާރު ވާކަށް ވިކްޔަން ބޭނުމެއް ނޫނެވެ. އޭރާއި މިހާރު ހާލަތު ވެސް ތަފާތެވެ. އޭރުގައި ރަޔާހީނަކީ އޭނާގެ މުޅިޖާން ވިޔަސް މިހާރު ރަޔާހީނަކީ އޭނާގެ ދޮންބޭބެގެ އަންހެނުންނެވެ. ކުރެވުނު ކަންތަކުން ވިކްޔަން ލަދުގަތެވެ. އޭނާ ކާރުގެ ކުރިއަށް އެރުމަށްފަހު ކުރިއަށް ދުއްވާލީ ވާރޭ ކުރިއަށް ވުރެ ވެސް ތުނިކޮށް އެހެން އުޅަނދުތައް ވެސް […]
ފަޒާތެރޭގައި ތެތްފިނިކަމެއް ހިފާލާފައި ހުރި އިރު ރިޒުވީން ނިދަންވެގެން އޮށޯވެ އޮތީ އޭނާގެ ގައި މަތީ ރަޖާގަނޑެއް އަޅައިގެންނެވެ. އެ ރޭގެ މޫސުމުގެ ފިނިކަމުގެ ސަބަބުން ރިޒުވީން އޮތީ ހީކަރުވައިގަނެފައެވެ. ޖަލުގެ ގޮޅީގެ ތެރޭގައި ހުރި ލަކުޑި އެނދެއްގައި އޭނާ އޮތް އިރު، ވިދާ، ގުގުރާ، ވާރޭ ވެހެމުންދާ އަޑު އިވެމުން ދިޔައެވެ. އިރުކޮޅެއް ފަހުން ޖަލުގެ ތޭރީގައި މީހަކު ދަގަނޑު ބުރިއަކުން ތަޅާ އަޑު އިވެން ފެށިއެވެ. އެ އަޑު އިވިފައި ރިޒުވީން އެ ފަރާތަށް […]
“އަހަރެންވެސް ޒީކްމަތިން ވަރަށް ހަނދާންވާނެ…. ނޭނގެ ކީއްވެގެންކަމެއް….. މިފަހަރު ޒީކް ދާތީ އަހަރެން މާބޮޑަށް ދެރަވޭ…. ކިތަންމެ ފަހަރަކުވެސް ހިތަށް އެރި ނުދާށޭ ބުނެފާނަމޭ……” ޒިކާންގެ ދެލޮލަށް ބަލަންހުރެ މިޝްޔާ ބުނެލީ ސަމާސާގޮތްގަނޑު ކަނޑުވާލަމުންނެވެ. ޒިކާން ކުޑަކޮށް ގުދުވެލަމުން މިޝްޔާގެ ކަންފަތްދޮށުގައި ބުނެލި އެއްޗަކުން މިޝްޔާގެ ތުންފަތަށް ރަކި ހިނތުންވުމެއް ވެރިވިއެވެ. އިސާހިތަކު އޭނާގެ ދޮންމޫނަށް ފިނިފެންޖަންބުކުލަ ފާއްދާލިއެވެ. ރަކިވީވަރުން މިޝްޔާއަށް އިސްޖަހާލެވުނެވެ. “އޯކޭތަ….؟؟؟؟” މިޝްޔާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން ޒިކާން އަހާލިއެވެ. އުފާވެރި ހިނިތުންވުމަކާއިއެކު […]
އެއަށްފަހު އަރުޝީއަށް ބަލާލުމެއްވެސް ނެތި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މިމަންޒަރު އަރުޝީއަށް ފެނުނީ ފުސްކޮށެވެ. އެއަށްފަހުދެންވީ ގޮތެއް ނޭނގުނެވެ. ދެފަހަރަކު ލޯތަޅުވާލުމަށްފަހު އަރުޝީ ލޯ ހުޅުވާލިއެވެ. މަޑު މަޑު އާހަކާއެކު ބޮލުގައި ހިފަހައްޓާލީ ބޮލުގައި ރިހުމެއް ހުރީމައެވެ. ތެދުވަން މަސައްކަތް ކުރުމަށް އަނެއް އަތް އެނދުގައި ވިއްދާލުމާއެކު އަތުގެ ވާގި ދޫވެ އަނެއްކާވެސް އެނދުމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ލޯމަރާލީ ބޮލަށް ބަރުވެ ރިއްސާލެއް ބޮޑުކަމުންނެވެ. ދެވަނަ ފަހަރަށް ލޯހުޅުވާލުމާއެކު ސިހިގެން ދިޔައީ ކައިރީގައި އިށީނދެގެން އިން ޒިވާން […]
“ހެޕި ބާތުޑޭ.. ހެޕި ބާތުޑޭ ޓޫ ޔޫ ރިޒުވީ..” ޕާޓީގައި ތިބި އެންމެން އެކުގައި އަތް ޖަހަމުން އެ ލަވަ ކިޔަން ފެށިއެވެ. މުޅި ގޭ ތެރެއަށް ރިޒުވީން ރަނގަޅަށް ބަލައިލިއެވެ. އެ އެންމެން ވެސް ތިބީ ގުރާފެހިކުލައާއި ގަދަފެހިކުލައިން ހެދުން ލައިގެންނެވެ. ފެހިކުލައިގެ ފުއްޕާ ހަންތަކެއް ގޭގެ އެ ތަން މި ތަނުގައި ހަރުކޮށްފައި ހުއްޓެވެ. އެ މީހުންގެ ފުރަގަހުގައި ހުރި ފާރުގައި ގަދަ ފެހި ކުލައިގެ އިނގިރޭސި އަކުރުތަކަކުން ‘ހެޕި އެއިޓީން ރިޒުވީ’ ލިޔެފައިވީއިރު […]
ވާނީވެސް އެހެންތާއެވެ. ރަޔާހީން ވެއްޓެން އައި މަންޒަރު އެތަނުގައި އެވަގުތު ތިބި މީހަކަށް ވިއްޔާ ވަނީ ފެނިފައެވެ. ޔަޤީނުން ވެސް އެއީ މަރުގެ އެތިފަހަރެކެވެ. ވީއިރު މިހާރު ރަޔާހީން ސިޑީމަތީގައި ސަލާމަތުން ކޮޅަށް ހުރިތަން ފެނުމުން ބަލަން ތިބި މީހުން ނުސިހޭނެ ހެއްޔެވެ؟ އެކުޑަވަގުތު ކޮޅުގައި އޭނާ ސަލާމަތްވީ ގޮތެއް ހުދު އޭނައަކަށް ވެސް ނޭނގެއެވެ. ރަޔާހީން ދެފަރާތް ބަލާލީ ފެންނަ ހިސާބުގައި ބީ ފެންނަން ހުރިތޯއެވެ. ނަމަވެސް އެހިސާބުން ބީ ގެ އެއްވެސް ނިޝާނެއް ފެންނަން […]
ކައި ނިމިގެން އެންމެން ތިބީ މަޖާވާހަކައެއްގައެވެ. އޭރު ގަޑިން ފަސްގަޑި ބަޔަށްވުރެ ބޮޑު ވެއްޖެއެވެ. އުޑުމަތިން ރަތްވިލާގެ ނިޝާންތައްވެސް ފެންނަމުންދިޔައެވެ. ހިނގާލަން އައިސް އުޅޭ މީހުންތައްވެސް ގެޔަށް ދިއުމަށް މިސްރާބުޖަހާފައިވާތީ ފެނެއެވެ.ފުޓްބޯޅަ ކުޅެން ތިބި ބައިގަނޑުވެސް، ނިންމާލާފައި އެތަނުން ހިނގައްޖެއެވެ. ޝައުންވެސް ކުޅެ ނިމުމުން ޒިކާންމެންނާއި ބައިވެރިވިއެވެ. އެވަގުތު އިޔާޒް ކިޔައިދިން ޖޯކަކުން އެންމެނަށްވެސް ނުހީއެއް ނުތިބެވުނެވެ. ހެމުން އުނގުގައި ބޯއަޅާލި ޔަލްވީ، އެންމެން ހުނުން ހުއްޓާލުމުންވެސް އެގޮތަށް ބޯއަޅައިގެން އިނެވެ. ކައިރީގައި އިން އަޔާނީ އޭނާގެ […]
ޔޫޝައުއަށް ހޭލެވުނުއިރު އޮތީ ދާހިއްލާ ފޯވެފައެވެ. އެފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟ އެހުވަފެނާއި އޭނާގެ ހިތުގައިވާ އެއްޗަކާއި ދިމަލެއްނުވެއެވެ. ނަމަވެސް އެފެނުނު ހުވަފެނަކުން އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ. އަނެއްކާ އެހުވަފެނާއި އޭނާގެ މުސްތަޤުބަލާއި ގުޅުމެއް ވަނީ ހެއްޔެވެ؟ އެ ފެނުނު ހުވަފެނަކުން އޭނާގެ ނިދިވެސް މުޅިން ފިލައިފިއެވެ. އޭނާ ގަޑި ބަލާލިއިރު އަދި މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ފަތިސް ނަމާދު ވަގުތަށްވެސް އަދި ދޮޅު ގަޑިއިރު އެބައޮތެވެ. އެހެންކަމުން އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް […]