އެދުވަހު މިޝްޔާމެނަށް ރަށަށް އާދެވުނީ އަޞުރު ނަމާދަށް ބަންގި ގޮވަނިކޮށެވެ. މިޝްޔާމެން ގެއަށް އައިއިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. މިޝަލް އަވަސްވެގަތީ ފެންވަރައިގެން ނަމާދަށް ދިއުމަށެވެ. މިޝްޔާ ދިޔައީ ތަށިތައް އަޅާފައިވާ ކޮތަޅު ބަދިގެއަށް ލާށެވެ. ކޮޓަރިއަށްދާން ހިނގައިގަތްވަގުތު މެހެރީންގެ ކޮޓަރިން ކެއްސާ އަޑުއިވުމުން، ކޮޓަރި ދޮރު ހުޅުވާ ބަލާލިއެވެ. ކޮޓަރި ތެރެއިން މެހެރީން ފެންނަން ނެތުމުން، ކުރިއަށްވުރެ ބޮޑަށް ދޮރުހުޅުވާލުމަށްފަހު މިޝްޔާ އެތެރެއަށް ވަނެވެ. ކޮޓަރީގައި ހުރި ބޮޑު އެނދާއި، ހެދުން އަޅުވާ އަލަމާރިއާއި ދެމެދު […]
އަހަރު 2025 – ދެކުނު އެފުރިކާ ޖަންގަލި ޢާދިލް އިނީ ގަދަ ނިދީގައެވެ. މީހަކު ރޯ އަޑަށް އޭނާއަށް ހޭލެވިއްޖެއެވެ. ހޭލާ ދެ ލޯ ހުޅުވާލިއިރު އޭނާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ހާސްވެގެން އިނދެ ޢާދިލަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެހެން ނަމަވެސް ޢާދިލުގެ ލޮލުން ފެންނަނީ ހަމައެކަނި ކަޅު އަނދިރިކަމެވެ. ޢާދިލްގެ ދެ ލޮލުގައި ފޮތިގަނޑެއް އައްސާފައިވާކަން އިހުސާސްކޮށްލެވުނީ އަދި މާ ފަހުންނެވެ. ދެން މަސައްކަތްކުރީ އިށީނދެގެން އިން ގޮނޑިން ތެދުވެވޭތޯއެވެ. ޢާދިލް އިނީ ގޮނޑީގައި […]
“ބައްޕާ ފެންފޮދެއް. ބައްޕާ އުރާލަބާ….” އާއެނކެވެ. މާޒީވެ ގޮސްފައިވާ ދުވަސްތަކުން އެއްދުވަހެއްގައި ވަނީ ހަމަ އެޖުމްލަތައް އިރުފާނަށް އިވިިފައެވެ. އެކަން ހަނދާންވުމާއެކު އިރުފާން ކުރިއަށް ވުރެ ވެސް ބޮޑަށް ބިރުގަތެވެ. އޭނާ ނޭވާ ހޮޅިއަށް އެޅުނީއޭ ހީވެ ދެލޯ މެރެމުން ދިޔައެވެ. “އިރުފާން ތިހެން ނަހަދާ…. އަހަރެން ގެއަށް ފޮނުވާލާ…. މަގޭ ދަރިންކޮޅާއެކު މަ ހިނގައިދާނަން. އަހަރެން ދޫކޮށްލާ… ހެޔޮނުވާނެ………….ބައްޕާ ފެންފޮދެއް…….ބައްޕާ ފެންފޮދެއް…….” ރޮމުން ދިޔަ އަންހެނެއްގެ އަޑާއި އެކުވެގެން އެއިވުނު ކުޑަ ދެކުއްޖެއްގެ މައުސޫމް […]
“ހޭ ރިޒް.. ޝަޙާއަށް ފެނުނޭ ރިޒް ގަޑި ނުފެންނާށޭ ބުނިތަނާ ގަޑި ގެއްލެނިކޮށް.. ޝަޙާ ހުރީ ލޮލުން ފެނުނު ކަންތައް ޤަބޫލު ވެސް ނުކުރެވިފަ.. ދެން ވެސް ދޮގު ނުހަދާ ތެދުތެދަށް ކިޔައިދީބަލަ.. ޔޫ ނޯ ޔޫ ކޭން ޓްރަސްޓް މީ..” ރިޒުވީންގެ އަނގަ މަތިން ޝަޙާ އޭނާގެ އަތް ނެގިއެވެ. “އައި އޭމް ސޮރީ.. ގަޑި ރައްކާތެރިކަން މަތީ ބޭއްވުމަށް ބައްޕަ އެދިފައި ވާތީ އެންމެންނަށް ވެސް ސިއްރުކޮށްގެން އުޅުނީ.. ނަބީއަށް އެކަނި ހުރިހާ ކަމެއް […]
“ކިސްއެއް ދީ.. މިތަނަށް.. އޭރުން އެއްވެސް ބަހަނާއެއް ނުދައްކާ ދާނަން..” ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔޫޝައު ލާނެތް ގޮތަކަށް ހީލާފައި އެހެން ބުނެލުމުން އައިކާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އައިކާ ޔޫޝައުއާ ދިމާއަށް އިލޮށިފަތި މަޅައިގަތުމާއެކު ޔޫޝައު ދުއްވައިގަތެވެ. އައިކާވެސް ޔޫޝައުގެ ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަތެވެ. ދެމީހުން ދުވަމުން ގޮސް ޔޫޝައު އުޅޭ ގެ ހުންނަ މަގަށް ލަނބާލިތަނާ އެމަގުން ނުކުތް މީހެއްގެ ގައިގައި ލައިގެންފައި ޔޫޝައު އެމީހާއާއެކު ވެއްޓުނެވެ. އައިކާވެސް އައި ބާރުމިނުގައި ކޮންޓްރޯލް […]
***ނޯޓް*** މި ވާހަކައިގާ ހިމަނާފައިވާ އިރުވީންގެ ނަމާއި ރަޔާހީންގެ ނަން ބައެއް ކިޔުންތެރިންނަށް އޮޅުން އަރަމުންދާތީވެ އަންހެން ފިރިހެން ވަކިކުރަން ނޭނގޭ ކަމަށް ބުނެ ކޮމެންޓް ކޮށްފައިވާތީ މި ޕާރޓުން ފެށިގެން ‘އިރުވީން’ މިނަމުގެ ބަދަލުގައި ބޭނުންކުރާނީ ‘އިރުފާން’ މިނަމެވެ. ވީމާ މިކަން ހުރިހާ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ތަޅުލާފައި ހުރި ދޮރެއް ރަޔާހީން ހުޅުވީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އަދިވެސް ތަޅުދަނޑި އޮތީ އޭނާގެ އިނގިލީގައި އަޅުވާލާފައެވެ. ރަޔާހީން މައިތިރިވީ އަމިއްލަ ކޮޓަރި އަށް […]
“މިޝް ނުރޮއެ ބުނެބަ ވީގޮތެއް…..” ރޮމުން ދިޔަ މިޝްޔާގެ ބުރަކަށީގައި ފިރުމާލަމުން ޒިކާން ބުނެލިއެވެ. މިޝަލްގެ ގައިން ދޫކޮށްލަމުން މިޝްޔާ، ވީގޮތް ކިޔައިދޭން މަސައްކަތްކުރިއެވެ. “އަންނަނީ…. އޭތި…. އޭތި……” ކުއްލިއަކަށް ހުރެފައި އަޔާނީ ގަސްތަކާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަފްލާކްގެ ފުރަގަހަށްވަދެ، އޭނާގެ އަތުގައި ކުރިއަށްވުރެވެސް ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާ ބާރުކޮށްލިއެވެ. އޭރު އޭނާއަށްވެސް ރޮވިއްޖެއެވެ. އަޔާނީގެ އަޑަށް އެންމެން އެދިމާ ބަލާލިއެވެ. ގަސްތަކުގެ ތެރެއިން ނުކުތް ބިރުވެރި ސިފައެއްގައި ހުރި މަހްލޫގު ފެނުމުން އެންމެންވެސް […]
ގެއިން ނިކުމެގެން ދިޔަ ޒިވާންގެ މިސްރާބު ހުރީ އެދިމާލުގައި އޮންނަ ބޯގަސްތަކާ ދިމާއަށެވެ. އެހިސާބާ އަރާ ހަމަވުމަށްފަހު ގަހެއްގެ ނިވަލަށް ވަދެ ދެފަރާތް ހޯދާލިއެވެ. ޒިވާންގެ ފަހަތުން އަންހެން އަތަކުން ޒިވާން މެދު ހަށީގައި ހިފާލުމާއެކު ޒިވާން އެއަތުގައި ހިފާ އެއަންހެން ކުއްޖާ ކުރިމައްޗަށް ގެނެސް ގަޔާ ކައިރިކޮށްލާ ނިތުގައި ބޮސް ދިނެވެ. މާލެ ދެވުމާއެކު ހަލުވި ކަމާއެކު ކައިވެނީގެ ކަންތައް ކުރިއަށް ދާން ފެށިއެވެ. ހަތަަރުދުވަސް ފަހުން އޮތީ ކައިވެންޏެވެ. ދުވަސް ކައިރިވަމުން ދިޔަވަރަކަށް އެހެން […]
ކުރީގެ އަދަދާއި ގުޅޭ: “ދަރިފުޅާ ރޮނީތަ؟” ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުމަތީގައި ޔަޒްދާން ރޯންއިން މަންޒަރު ފެނުމުން ވަފިއްޔާވެސް އަޖައިބުވިއެވެ. ވަފިއްޔާ ފުރަތަމަ ހީކުރީ އެއީ ޝައިހާ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ. ވަފިއްޔާގެ ފިރިމީހާ އާދަމް ނިޔާވިދުވަހު ފިޔަވައި، އެހެންޏާ އެގޮތަށް ޔަޒްދާން ރޯންއިންދައެއް ވަފިއްޔާ ނުދެކެއެވެ. “ޕިސް.. ޕިސް.. ޕިސް.. ބޮޑު ދޮންބެއެއް ހަމަ ރޮނީ..” ވަފިއްޔާގެ ފަހަތުން އައި ޝައިހާއަށް އަނެއްކާވެސް ޔަޒްދާން ރޯންއިންތަން ފެނުމުން، ޕިސްޕިސް ލައްވަމުން ލައްވަމުން، ޝައިހާ ނުކުތީ […]