Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބާރަވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 14, 2017 6 Mins Read
54 Comments

“މިޝް ބޭނުމީ ހަމައެކަނި ޔާލް، މިޝްގެ ފަހަރިއަކަށް ވާންތަ….؟؟؟  ނޫނީ މިޝްގެ އެހެން ކްލޯޒް ފްރެންޑެއްވިޔަސް މިޝްއަށް އޯކޭ ވާނެތަ…..؟؟؟” މިޝްޔާއަށް ފުން ނަޒަރަކުން ބަލާލަމުން މިޝަލް ސުވާލުކޮށްލިއެވެ. މިޝަލްގެ ސުވާލުން އޭނާ އޮޅުންފިލުވަން ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން ޒިކާނަށް ވަރަށް ރަނަގަޅަށް ވިސްނުނެވެ. އެހެންކަމުން އޭނާވެސް އިނީ މިޝްޔާ ދޭނެ ޖަވާބެއް އަޑުއަހާލާ ހިތުންނެވެ.


 

“އަހަރެންގެ ކްލޯޒް ފްރެންޑަކަށް ތިބޭނީ ތިންކުދިންކަން ދޮންބެއަށްވެސް އެނގޭނު…. އެކަމަކު އެތަނުން ހުސްކޮށް ހުރީ ޔާލް އެކަނި…. އެހެންވެ އަހަރެން އޭނަގެ ވާހަކަ މިބުނީ…. އަނެއް ދެކުދިންވެސް ހުސްކޮށް ހުރިނަމަ މިޝްއަށް ހަމަ ހެޔޮވާނެ އެތަނުން ކޮންމެ ކުއްޖަކަށްވިޔަސް….” މިޝްޔާ މާގިނައިރު ވިސްނަން ނީނދެ އޭނާގެ ޖަވާބު އިއްވާލިއެވެ. މިޝްޔާގެ ޖަވާބު އަޑުއިވުމުން، މިޝަލްގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ.

“އަހަރެން ސިއްރެއް ބުނަންތަ…..؟؟؟؟؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު، މިޝަލް މިހެން ބުނުމުން ޒިކާންގެ ހިތް ތެޅިލިއެވެ.  އޭނާ މިޝްޔާގެ ގާތުގައި ޝިއުރީގެ ވާހަކަ ދައްކަން އުޅޭހެން ހީވުމުންނެވެ. އެހެންވެއްޖެނަމަ މަސްލަހަތު ގޯސްވެދާނެކަން އޭނާގެ ވިސްނުން ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ.

“އަހަރެން މިއުޅެނީ ޔާލް ގާތުގައި ރައްޓެހިވާން އަހަންވެގެން……” މިޝަލްގެ ޖުމްލައިން ޒިކާނަށް ހައިރާންކަން ގެނުވިނަމަވެސް، މިޝްޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އުފާވީވަރުން އޭނާ މިޝަލްގެ ގައިގައި ބައްދާލިއެވެ. މިޝަލް އެއީ ސިއްރެއްގެ ގޮތުގައި ބާއްވާދިނުމަށް އެދުމުން މިޝްޔާ އަވަހަށް ބޯޖަހާލަމުން. އެކަމާ އެއްބަސްވިއެވެ. ޒިކާނަށް އިނދެވުނީ މިޝަލާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މިޝަލްގެ ސިކުނޑީގައި ހިނގަމުންދާ ކަނތައް ދެނެގަންނަން އުޅޭ ކަހަލައެވެ.

އެވަގުތު ގޭގެ މައިދޮރު ހުޅުވުނު އަޑަށް އެމީހުންގެ ވާހަކަ ހުއްޓާލިއެވެ. ގެއަށް ވަދެގެން އައި މާހިރާއި، މެހެރީން ފެނުމުން  މިޝްޔާމެނަށް ހައިރާންކަން ގެނުވީ މާހިރުގެ އަތުގައި އޮތް ބޭސްކޮތަޅު ފެނުމުންނެވެ. މާހިރާއި ސުވާލުކުރުމުން މަންމަ ކުޑަކޮށް ބަލިވެ އުޅޭތީ، ޑޮކްޓަރަށް ދައްކަން ދިޔައީކަމުގައި ބުނެލިއެވެ. މިޝްޔާ މަންމަގެ އަތުގައި ހިފައިގެން ކޮޓަރިއަށް ގެންދިޔައެވެ.

“ކީކޭ ޑޮކްޓަރު ބުނީ…..؟؟؟” މިޝްޔާމެން ދިޔުމުން މިޝަލް އަހާލިއެވެ. ފަހަކަށް އައިސް މެހެރީން ބަލިވެ އުޅޭތީ އޭނާ ހުންނަނީ ކުޑަކޮށް ހާސްވެފައެވެ.

“ޑޮކްޓަރުންނަށްވެސް ވާގޮތް ބުނެދޭކަށް ނޭނގެ….. ބައްޕައަށް ހީވަނީ މަންމަ ޑޮކްޓަރަށް ދައްކާލަން މާލެއަށް ގޮސްލަންވީހެން…..” މިޝަލްގެ ގާތުގައި ސޯފާގައި އިށީންނަމުން މާހިރު ބުނެލިއެވެ. އޭނާވެސް އިނީ މެހެރީންގެ ބަލިޙާލަތާއިމެދު ފިކުރުބޮޑުވެފައެވެ. މިޝަލް މާހިރުގެ ޚިޔާލަށް ތާއީދު ކުރުމުގެ ގޮތުން ބޯޖަހާލިއެވެ.

***************************

 

ޢަޞްރު ނަމާދުކޮށްގެން މިސްކިތުން ފޭބި، ޒިކާނާއި މިޝަލް މިސްރާބު ޖަހާފައިވަނީ މިސްކިތާއި މާދުރުނޫން ހިސާބެއްގައި ހުރި ކެފޭއާއި ދިމާއަށެވެ.

“މިޝަލް…. ކީއްވެ ކުއްލިއަކަށް ޔާލް ގާތު ރައްޓެހިވާން އަހަން ތި ނިންމީ….؟؟؟ އަހަންނަކަށް ހިއެއްނުވެ އަދި ތީ ރަނގަޅު ނިންމުމެއްހެނެއް……؟؟؟؟؟؟؟” މެންދުރު މިޝަލް ޔަލްވީގެ ވާހަކަ ދެއްކީއްސުރެ ޒިކާނަށް އެކަމާ ދޭތެރޭ ވިސްނެނީއެވެ. މިޝަލް ޔަލްވީދެކެ ކުޑަކޮށްވެސް ލޯބި ނުވާކަން އޭނާއަށް ޔަޤީންވެއެވެ. ނުވިސްނެނީ މިޝަލް އެފަދަ ބޮޑު ނިންމުމެއް އެހާއަވަހަށް ނިންމި ސަބަބެވެ.

“އަހަންނަށް ހީވަނީ ލިބެން ނެތް މީހެއްގެ އިންތިޒާރުގައި ދުވަސްތައް ބޭކާރުކޮށްނުލާ، އަހަރެންވެސް ދެން ދިރިއުޅުމާއިގެން ކުރިއަށް ދާންވީހެން….. ދަތުރު ދިޔަ ދުވަހު އެންމެން އެވާހަކަ ދެއްކީމަ، ޒީކްވެސް އެމީހުންނާ އެއްބައިވެގެން ބުނީމެއްނު، އަބަދު ހުހަކަށް ނުހުރެވޭނެއެއް ނޫންހޭ… އަހަރެންގެ ޙަޔާތަށްވެސް ބައިވެރިއަކު ބޭނުންވާނޭ…… އެހެންވެ އެގޮތަށް ކަންތައް ކުރަން އަހަރެން މި ނިންމީ….” މިޝަލް އޮޅުން ފިލުވައިދިނެވެ.

“ރަނގަޅު ވާހަކައެއް…. އެދުވަހު އަހަރެން އެހެން ބުނިން…. އެކަމަކު އޭގެ މާނައަކީ އެހާ އަވަސް އަރުވާލާފައި އެކަމައިގެން އުޅުމެއް ނޫން ދޯ….. އަހަނަންނަށް އެނގޭ މިޝަލް ޔާލް ދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަން….. އަނެއްކޮޅުން ޔާލް، މިޝަލް އާއި ދޭތެރޭ ދެކޭގޮތެއްވެސް ނޭނގެއެއްނު….. ޔާލްއަކީ ވަރަށް މައުސޫމް ކުއްޖެއް….. މިޝަލްއަށް އެޅޭ އެންމެ ކަތި ފިޔަވަޅަކުންވެސް ޔާލްގެ ހިތަށް އަނިޔާ ލިބިދާނެ….. އެއީ މިޝަލް ބޭނުންވާ ގޮތެއް ނޫނެއްނު…… އަހަންނަށް ފެންނަނީ އިހަށް ޔާލްއާއި ދެމެދު އޮތް ގުޅުން ބަދަހިކުރަން….. ޔާލް، މިޝަލްއާއި ދޭތެރޭ ދެކެނީ ކޮން ގޮތަކަށްތޯ ބަލަން……” ޒިކާންގެ ވާހަކަ ކަނުލާ އަޑުއަހަން ހުރި މިޝަލް، އެ ވާހަކަތައް ޤަބޫލުކުރުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ޔަލްވީދެކެ ލޯބި ނުވިކަމުގައިވިޔަސް، ޔަލްވީ އޭނާއާއި ގުޅެން އެއްބަސްވެއްޖެނަމަ، އޭނާއަށް ފުރިހަމަ ލޯބިދޭނެކަމުގައިވެސް ބުނެލިއެވެ. ޒިކާން ބުނި ފަދައިން މިޝަލް ވިސްނީ ޔަލްވީގެ ގާތުގައި ރައްޓެހިވާން އެހުމުގެ ކުރިން އެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރާށެވެ.

**********************

 

ދުވަސްތައް ފާއިތުވަމުންގޮސް ޒިކާންގެ ޗުއްޓީ ނިމުމަކަށް އަންނަނީއެވެ. އޭނާ ދާންޖެހޭ ދުވަސް އައިސް ޖެހެނީއެވެ. ޒިކާންގެ އެދުމަށް އޭނާގެ ހުރިހާ އެކުވެރިން ހަވީރުގެ ހިތްފަސޭހަވަގުތު، ރަށުގެ އިރުމަތި ފަރާތުން ހިއްކާފައިވާ “ބާބެކިއު” ސަރަޙައްދަށް ދިޔައީ، އެކުވެރިންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އޭނާ ބޭނުންވާތީއެވެ. އެތާނގައިހުރި، ދިގު ގޮނޑިތަކުން ގޮނޑިއެއްގައި ހީ ސަމާސާ ކުރަން މިޝްޔާމެން ތިއްބެވެ. ކުކުޅު ފައިތަކާއި، ސޮސެޖުތަކުގައި ހަވާދުލުމަށްފަހު ފިހަންލުމުގައި މިޝަލްމެން ހަރަކާތްތެރިވަމުން ދެއެވެ. އެތަނާ މާދުރުނޫން ހިސާބެއްގައި ޒުވާން ފިރިހެންކުދިންތަކެއް ފުޓްބޯޅަ ކުޅެން ތިއްބެވެ. ދުރުދުރުން، އެކި ޢުމުރުފުރައިގެ މީހުން، ބައިހަދާލާފައި ހަވީރު ފިންޏަށް ހިނގާލަން ނުކުމެ އުޅޭތަން ފެނެއެވެ.

އެކުވެރިންނާއިއެކު ވާހަކަ ދައްކަން އިން ޝިއުރީ ފަހަތް ބަލައިލީ މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ފަހަތުގައި ހުރި ނަހީކް ފެނުމުން ޝިއުރީއަށް ހައިރާންކަން ލިބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ނަހީކް…. މިއަދު ހާދަ އަވަހަކަށް ތިއައީ……” އާންމުކޮށް ރިސޯޓުން އަންނަ ގަޑި ނޫން، އެހެން ގަޑިއެއްގައި ނަހީކް އައުމުން ޝިއުރީއަށް އަހާލެވުނެވެ. އޭރު އެތާ ތިބި އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެދެމީހުންނަށެވެ.

“ރައްޓެހި ކުއްޖަކާ ވާހަކަ ދައްކައިގެން ޑިއުޓީ ބަދަލުކޮށްލީ…. އެކުވެރިޔާ މާދަން ފުރާއިރު ކޮންމެހެންވެސް ބައްދަލުކުރަން ވާނެއެއްނު….. ދެން އަހަރެންގެ ލޯބި ލޯބި ޝިއުވެސް ދެކިލާހިތް އޮތްލެއް ބޮޑުކަމުން…..” ޒިކާންގެ ކޮނޑަށް އެއް އަތް ލައިގެންހުރެ، އަނެއް އަތުން ކުޑަކޮށް ބޯކަހާލަމުން، ނަހީކް މިހެން ބުނުމުން އެންމެން އެއްއަޑަކުން “އޯވވ” އޭ ބުނެލިއެވެ. ހަމައެހިނދުމެ މިޝްޔާމެން ޝިއުރީއާއި ދިމާކޮށްލުމުން ލަދުގަތްވަރުން ޝިއުރީގެ ދޮންމޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަންނަން ފަޅި ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ދަތުރުގެ ފަހުން ނަހީކަށް އައިސްފައިވާ ބަދަލު، ޝިއުރީއަށްވަނީ ފާހަގަ ކުރެވިފައެވެ. ކުރިން ދުވާލަކު އެއްފަހަރު ފޯނުކުރާ ނަހީކް މިހާރު އޭނާއަށް ރޭދުވާ ނިމިގެންދާއިރު، އެތައް ފަހަރަކު ގުޅައެވެ. އެތައް މެސެޖެއް ފޮނުވައެވެ. ނަހީކްގެ ފަރާތުން އޭނާ ބޭނުންވާ ލޯތްބާއި، އަޅާލުން ލިބޭތީ ޝިއުރީ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ.

 

“ހެޕީ އެނިވާރސަރީ ޝިއު…..” އެންމެންތައް އެހެންކަމަކަށް ސަމާލުވުމުން، ނަހީކް ޝިއުރީގެ ގާތުގައި އިށީންނަމުން އޭނާ ފުރަގަހަށްލާ ފޮރުވައިގެން ގެންގުޅުން ރަތް ފިނިފެންމާ ޝިއުރީއަށް ދިއްކޮށްލިއެވެ. ލިބުނު ހައިރާންކަމުން ޝިއުރީގެ ދެލޯ ފެންކަޅިވީ އިޚުތިޔާރަކާ ނުލައެވެ. އޭނާ ނިންމައިގެން އެހުރީ ނަހީކް އެދުވަސް ހަނދާން ނެތުނީކަމަށެވެ. އުފާވީވަރުން އޭނާގެ ކުޑަ ދެލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވެގަތެވެ. ފައިބަން ތައްޔާރުގައި ހުރި ކަރުނަތައް، ފުހެލަމުން ޝިއުރީ ހިނިތުންވެލިއެވެ. އަދި ނަހީކް ދިން މަލުން ވަސްބަލާލަމުން، ނަހީކަށްވެސް އެދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. ނަހީކް ޝިއުރީގެ އަތަށް ބޮސްދިނުމަށްފަހު، ޒިކާނާއި ވާހަކަ ދައްކާލަން ދަނީކަމަށް ބުނުމުން، ރީތި ހިނިތުންވުމަކާއިއެކު، ޝިއުރީ ބޯޖަހާލިއެވެ.

 

އެތަނަށް ދިޔައީއްސުރެ މިޝަލް ހުރީ ޝިއުރީގެ ޙަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލާށެވެ. ނަހީކް ޒިކާންގެ ގާތަށް ދިއުމުން، އޭނާ ޝިއުރީގެ ގާތުގައި އިށީނދެ ކަރުކެހިލިއެވެ. ޝިއުރީ މިޝަލަށް ބަލާލަމުން ހިނިތުންވެލިއެވެ.

“ހާދަ އުފާވެފައި… މިހާރު ދެމީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ހައްލުވީތަ….؟؟؟؟” އާދައިގެ ގޮތަކަށް މިޝަލް އަހާލީ ހަމަޖެހޭގޮތް ދައްކަމުންނެވެ. ހިނިތުންވެލައިގެން އިން ޝިއުރީ، މިޝަލްގެ ބަހަށް ބޯޖަހާލަމުން، އަތުގައި އޮތް މަލާ ކުޅެލިއެވެ.

“ނަހީކް ވަރަށް ރަނގަޅު ދޯ މިހާރު…..” މިޝަލްގެ ސުވާލާއިއެކު ޝިއުރީ އަނެއްކާވެސް ބޯޖަހާލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮށްލަމުން ދުރުގައި ހުރި ނަހީކަށް ބަލާލިއެވެ.

“އެދުވަހުގެ ދަތުރަށްފަހު، ނަހީކް ވަރަށް ބަދަލު ވެއްޖެ…. ކުރިއާއި ވަރަށް ތަފާތު…. އަހަންނަށް ވަރަށް އަޅާލާ….. ވަރަށް ވަގުތުދޭ……” ޝިއުރީ ވާހަކަ ދައްކަމުންދިޔައިރު އޭނާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ހާމަޔަށް ދޫކޮށްލާފައިވާ ބުޅި އިސްތަށިގަނޑު ވަޔާ ވިހުރޭތީ އިރުއިރުކޮޅާ ރަނގަޅު ކޮށްލައެވެ. ހުރިހާ ވާހަކައެއް ދެއްކުމަށްފަހު ޝިއުރީ މިޝަލަށް ބަލާލިއެވެ. މިޝަލްވެސް އިނީ އޭރު ކަޅި ޖަހާނުލާ ޝިއުރީއަށް ބަލަހައްޓައިގެންނެވެ. ޝިއުރީ ބަލާލުމުން ސިހިފައި ދެފަހަރަކު އެސްފިޔަތައް ތަޅުވާލިނަމަވެސް، ޝިއުރީއަކަށް މިކަމެއް ފާހަގައެއް ނުކުރެވުނެވެ.

“އަހަރެން ހިތަށް އަރަނީ ކީއްވެބާއޭ އަހަރެންގެ ވާހަކަތައް މިޝަލްއާއި ޚިއްސާ ކުރެވެނީ….. ދަތުރުދިޔަ ދުވަހުވެސް ހިތުގައި އޮތިއްޔާ އޮތްހާއެއްޗެއް މިޝަލްގެ ކުރިމަތީ ބަންޑުންކޮށްލި….. އަދި ހައިރާންވީ ކަމަކީ އެހާ ފަސޭހައިން އެވާހަކަތައް ކިޔައިދެވުނީމަ…. މިޝްމެންނާއި ކިތަންމެ ގާތްކޮށް އުޅުނަސް އެއީ މިވީހާތަނަށް އަހަރެން އެއިން މީހަކާވެސް ޙިއްސާ ކުރި ވާހަކަތަކެއް ނޫން…. އިތުބާރު ނުކުރާތީކީ ނޫން….. އަހަންނަށް ކިޔައިދޭން ނޭނގެނީ…. ހިތުގައި އޮންނަ އެއްޗެހި ދުލާހަމައަށް ނާންނަނީ…. އެކަމަކު މިޝަލް އަހަރެންގެ ކުރިމައްޗަށް އެރީމަ އަހަންނަކަށް ނޭނގެ ވީގޮތެއް….. ހިތުގައި ރައްކާކޮށްފައިހުރި ވާހަކަތައް އެހާ ފަސޭހައިން ކިޔައިދެވުނީމަ، އަހަރެންވެސް ހައިރާންވި…. މިޝަލް ހިތަށް އަރާނެ ދޯ އަހަރެން މީ ކޮންކަހަލަ ކުއްޖެއްބާއޭ……” ވާހަކަ ދައްކަމުން ދިޔައިރު ޝިއުރީގެ އަނގަޔަށާއި ދެލޮލަށް ހަދާލާ ގޮތްތަކަށް ބަލަން، މިޝަލަށް އިނދެވުނެވެ. ޝިއުރީގެ މައުސޫމްކަމުން މިޝަލްގެ ހިތް އިތުރަށް އޭނާއަށް އެދެވެނީއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ.؟ މިވަގުތު ކިތަންމެ ގާތުގައި އިން ނަމަވެސް ޝިއުރީ އެވަނީ އޭނާއާއި މާދުރުގައެވެ. އޭނާގެ އެކުވެރިޔާގެ ޙައްޤެއްގެ ގޮތުގައެވެ.

“މިޝަލް ކީއްވެ އެއްޗެއް ނުބުނީ…..” މިޝަލް އަނގައިން ނުބުނެ އިނުމުން ޝިއުރީ އަހާލިއެވެ. މިޝަލްގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލުމަށްޓަކައި ދުރަށް ނަޒަރު ހިންގާލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެއަށްފަހު، އިށީނދެގެން އިން ގޮނޑީގައި ފުރަގަހުން ދެއަތް ވިއްދާލަމުން މަތި ބަލާލިއެވެ.

“ކީކޭ ދޯ ބުނާނީ….. އަހަންނަށްވެސް ތިކަމުގައި ބުނާނެ އެއްޗެއް ނޭނގެ….. ވެދާނެ ދޯ އަހަރެމެން ދެމީހުންގެ ޚިޔާލު އެއްގޮތްވީމަ ކިޔައިދޭން ފަސޭހަވީކަމަށްވެސް….” މިޝަލްގެ ދުލާ ހަމައަށް ފޯރީ އޭނާގެ ހިތުގައި އޮތް ބަސްތަކެއް ނޫނެވެ. ހިތް ބުނަމުން ދިޔައީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ އެދެހިތުގައިވާ ގުޅުމެވެ. ނަމަވެސް މިއަދު މިޝަލް، އެފަދަ އެއްޗެއް ބުނެފިނަމަ ޝިއުރީ ގޯސް މާނައެއް ނަގާފާނެއެވެ. އެކަމުގެ ސަބަބުން މިހާރު ޝިއުރީއާއިއެކު އުފެދިފައިވާ ގާތްގުޅުން ކެނޑޭކަށް، އޭނާ ފަހަރެއްގައިވެސް ނޭދެއެވެ. އެހެންކަމުން އެބަސްތައް ހިތުގައި ފޮރުވާލީއެވެ.

“އަހަންނަށް ވާހަކަތައް ކިޔައިދޭން ފަސޭހަވެފައި، އެކަމުން ޝިއުގެ ހިތަށް ހަމަޖެހުން ލިބޭ ކަމުގައިވަންޏާ، އަހަރެން މިހުރީ އަބަދުވެސް ޝިއުގެ ވާހަކަތައް އަޑުއަހަން ތައްޔާރަށް… ކޮންމެ ވަގުތެއްގައިވެސް، ކޮންމެ ޙާލަތެއްގައިވިޔަސް އަދި ކޮންމެ ތަނެއްގައި ވިޔަސް….” މިޝަލް ހަށިގަނދު ތެދުކޮށްލަމުން ޝިއުރީއަށް ބަލާލަމުން ބުނެލިއެވެ. ޝިއުރީ ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެވަގުތު މިޝްޔާ، މިޝަލަށް ގޮވާލުމުން ދެމީހުން އެއްފަހަރާ އޭނާއަށް ބަލާލިއެވެ. ކަރުގައި އޮޅާފައި އޮތް ދޯޕައްޓާ ވަޔާ އުދުހޭތީ، އޭނާ ހުރީ އެއް އަތުން އޭގައި ހިފަހައްޓާލައިގެންނެވެ. ލައިގެން ހުރި ފުޅާ “ސްކާޓް” ގައި ފައި އެޅިގެން ވެއްޓިދާނެތީ، އަނެއް އަތުން ކުޑަކޮށް ސްކާޓް ހިއްލާލައިގެންހުރެ، ހަލުވިކޮށް ހިނގާލާފައި މިޝްޔާ އެމީހުންގެ ގާތަށް ދިޔައެވެ.

“ތަނެއްގަ ރޯވީތަ މާ ބާރަށް ތިގޮވަނީ….” މިޝްޔާ އައިސް މަޑުކޮށްލުމާއިއެކު މިޝަލް އާދައިގެމަތިން މިޝްޔާ ރުޅިއަރުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް، މިފަހަރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ މިޝަލްގެ އަތުގައި ހިފާލަމުން މިޝްޔާ، އޭނާއާއިއެކު ދިޔުމަށް އެދުނެވެ. މިޝަލް ތެދުވަމުން ޝިއުރީއަށް ބަލާލިއެވެ. އޭނާ އިނީ ހެވިފައި އެދެމީހުންގެ ޙަރަކާތްތަކަށް ބަލާށެވެ. މިޝްޔާ ކުއްލިއަކަށް ޝިއުރީގެ އަތުގައި އޮތް ފިނިފެންމާ ޖަހައިގަންނަމުން، އިރުކޮޅެއްގެ ފަހުން ދޭނަމޭ ބުނެ، މިޝަލްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މިޝްޔާގެ ޙަރަކާތްތައް ހުރި ގޮތުން ހިނިތުންވެ އިނދެ ޝިއުރީއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

 

ތަންކޮޅެއް ދުރުން ހިނގާފައި އައި ޝަހްނާމެން ދައްކާލަމުން މިޝްޔާ މިޝަލްގެ ގާތުގައި ސިއްރު ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު، ދެމީހުން މިސްރާބުޖެހީ ޔަލްވީމެންނާއި ދިމާއަށެވެ.

ޔަލްވީއާއި އަޔާނީ ތިބީ ދިގު ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އަޔާނީ އިނީ ފޯނުން އަފްލާކާއި ވާހަކަ ދައްކާށެވެ. ޔަލްވީގެ ނަޒަރު ސީދާވެފައިވަނީ ދުރުގައި ފުޓްބޯޅަ ކުޅެން ތިބި މީހުންތަކުގެ ތެރޭގައި ހުރި ޝައުނަށެވެ. ޔަލްވީއަށް ސިހިފައި ބަލާލެވުނީ މިޝްޔާ ގޮވާލުމުންނެވެ. އެވަގުތުވީ އަޔާނީވެސް ފޯންކޯލް ނިންމާލި ވަގުތަށެވެ. މިޝްޔާ، ދުރުގައި ތިބި ޝަހްނާމެން ޔަލްވީއަށް ދައްކާލިއެވެ. އަދި މިޝަލް، ޔަލްވީގެ ގާތުގައި ބައިންދަމުން ކަންތައް ކުރަންވީގޮތް ދެމީހުންނަށް ކިޔައިދީފައި، އަޔާނީގެ އަތުގައި ހިފައިގެން އޭނާ ދިޔައީ ޝިއުރީގެ ގާތަށެވެ.

ޝަހްނާއާއިއެކު، އޮލަ ވާހަކައެއް ދައްކަމުންދިޔަ، އީޝާއަށް ގޮނޑީގައި ތިބި ޔަލްވީއާއި، މިޝަލް ފެނުމުން، ޝަހްނާއަށް އެމަންޒަރު ދައްކާލިއެވެ. ޝަހްނާ ބަލާލުމުން، މިޝްޔާގެ އިޝާރާތަށް މިޝަލް، އޭނާގެ އަތުގައި އޮތް ފިނިފެންމާ ޔަލްވީއަށް ދިއްކޮށްލިއެވެ. ޖެހިލުންވެފައި އިންނަމަވެސް، މިޝްޔާމެންގެ ރޭވުމުގައި ބައިވެރިވުމުގެ ގޮތުން ޔަލްވީ މަލުގައި ހިފާލިއެވެ. ފެނުނު މަންޒަރުން ޝަހްނާގެ ރުޅިގަނޑު ކެކިގަތެވެ. އެތެރެހަށީގައި ނަފްރަތުގެ ހުޅުރޯވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭނާއަށް ނުލިބުނު ލޯތްބެއް ޔަލްވީއަށް ލިބޭތަން ފެނުމުން ހިތުގައި ހަސަދަވެރިކަން ރަސްކަން ކުރަން ފެށީ އިންތިހާއަށެވެ. ދުރުގައި ކުޅިބަލަން ތިބި މިޝްޔާމެން، ޝަހްނާއަށް ވަމުންދާގޮތްފެނި ހޭންފެށިއެވެ. އެއީ ޝަހްނާ ރުޅިއަރުވާލުމަށްޓަކައި އެމީހުން މަޖަލަކަށް ކުރިކަމެއްނަމަވެސް، އެކަމުން ނުކުމެދާނެ ނަތީޖާއަކާއިމެދު އެމީހުން ވިސްނާނުލައެވެ. ޝަހްނާ، އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް، ނަރުނަގާފައި ދިއުމުން، އީޝާވެސް އޭނާގެ ފަހަތުން ދިޔައެވެ.

 

ކައި ނިމިގެން އެންމެން ތިބީ މަޖާވާހަކައެއްގައެވެ. އޭރު ގަޑިން ފަސްގަޑި ބަޔަށްވުރެ ބޮޑު ވެއްޖެއެވެ. އުޑުމަތިން ރަތްވިލާގެ ނިޝާންތައްވެސް ފެންނަމުންދިޔައެވެ. ހިނގާލަން އައިސް އުޅޭ މީހުންތައްވެސް ގެޔަށް ދިއުމަށް މިސްރާބުޖަހާފައިވާތީ ފެނެއެވެ. ފުޓްބޯޅަ ކުޅެން ތިބި ބައިގަނޑުވެސް، ނިންމާލާފައި އެތަނުން ހިނގައްޖެއެވެ. ޝައުންވެސް ކުޅެ ނިމުމުން ޒިކާންމެންނާއި ބައިވެރިވިއެވެ. އެވަގުތު އިޔާޒް ކިޔައިދިން ޖޯކަކުން އެންމެނަށްވެސް ނުހީއެއް ނުތިބެވުނެވެ. ހެމުން އުނގުގައި ބޯއަޅާލި ޔަލްވީ، އެންމެން ހުނުން ހުއްޓާލުމުންވެސް އެގޮތަށް ބޯއަޅައިގެން އިނެވެ. ކައިރީގައި އިން އަޔާނީ އޭނާގެ ގައިގައި ކޮއްޓާލަމުން، އަދިވެސް ހެނީތޯ އަހާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދީ ޔަލްވީ އިންގޮތަށް އިނީއެވެ. ގިނައިރުވާން ފެށުމުން ކަމެއް ގޯސްވެއްޖެކަން އެންމެނަށްވެސް ނަގައިގަނެވުނެވެ. މިޝްޔާއާއި، ޝިއުރީ، ޔަލްވީގެ ދެކޮނޑުގައި ހިފާ އުފުލާލިވަގުތު، އަޔާނީއަށް ހަޅޭލަވައިގަނެވުނީ ޔަލްވީގެ މޫނާއި، އަނގަމަތި ފެނުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ދެގަޑި ތިރީސް 7

Next

މަލާކް… 19 ވަނަބައި

Next
August 14, 2017

މަލާކް… 19 ވަނަބައި

Previews
August 14, 2017

ދެގަޑި ތިރީސް 7

54 Comments!

  1. Eemyaa says:
    August 14, 2017 at 10:36 am

    kiyuntherinnah mi part ves kamudhaane kamah ummeedhukuran 🙂
    kiyamun dhaairu faahaga kurevey kuhthah bunelaidhinumaky eem ge v bodu edhumeh
    hurihaa kudhinnah ves baaja veri dhuvahakah edhen 🙂 🙂 🙂

  2. Anonymous says:
    August 14, 2017 at 10:38 am

    me first dhw

    1. Anonymous says:
      August 14, 2017 at 10:42 am

      yey first mi libuny adhi alah. and miee mi story ah alhugadu comment kura first time. comment nukuriyas mistory ge hurihaa baehves gavaidhun kiyan. and bunelan othy mi story hama v reethi ey. adhi mi part nuves kiyaa mi comment kohly.

    2. Eemyaa says:
      August 14, 2017 at 10:48 am

      Yes dear ?
      V ufaavejje comment kohlyma ?
      Thanks ? heekuran kuriah huri part thah ves rethi vaane kamah ☺

    3. Anonymous says:
      August 14, 2017 at 11:33 am

      mi part ves v v reethi. yal ah dheragotheh nahadhahchey. yal ahky bali kuhjehkamah kurin part ehga mention kohfa in next part ga aee kon bali ehkan ehgeynekamah unmeedhu kuran. but yal ah dhera gotheh nahadhahchey she is one of my favorite character in this story.

    4. Eemyaa says:
      August 14, 2017 at 12:14 pm

      Thanks ☺
      Yaal ah v goi next part ga engeyne ?

  3. zaul says:
    August 14, 2017 at 10:51 am

    \v v reethi mi part ves .waiting for next part. avahah up kohla dhyba plxxxx

    1. Eemyaa says:
      August 14, 2017 at 12:15 pm

      Thanks zaul ?

  4. kiuntheri eh says:
    August 14, 2017 at 11:00 am

    maakuru 🙁

    1. Eemyaa says:
      August 14, 2017 at 12:16 pm

      Alhe kurutha
      Ehn part thaka ehvarah hama iny

  5. Shahoo says:
    August 14, 2017 at 11:18 am

    Wow v salhi. Plx adhi eh part. Can’t wait. V v kiyaa hiyy vefa mi iny

    1. Eemyaa says:
      August 14, 2017 at 12:19 pm

      Thanks Shahoo ?

  6. Sidhu says:
    August 14, 2017 at 11:20 am

    Haadha salhiye. …yal ah kihinenveeba. ..jinni ava leebaa. …….

    1. Eemyaa says:
      August 14, 2017 at 12:20 pm

      Thanks Sidhu ☺
      Vedhaane thikahala kamakah ves hehe ?

  7. Cher says:
    August 14, 2017 at 12:02 pm

    varah salhi..when nxt part??
    cant wait yaal ah v goiy balaalan..
    yaal ge bali kanneynge dhw eii..alhey nikamethi yaal..
    next part avahah up kohdhehche

    1. Eemyaa says:
      August 14, 2017 at 12:24 pm

      Thanks Cher ☺
      Next part on Wednesday ?
      Next part ga yaal ah vee goi engeyne.

  8. click a shot ? says:
    August 14, 2017 at 12:44 pm

    E shahna aa easha rangalha jealous kuruvyma majaly….rangalu filaavalheh emeehunah dheythi emyaa…hehe..btw mi part ves varah reethi??

    1. Eemyaa says:
      August 14, 2017 at 7:42 pm

      Hehe ??
      Thanks click ☺

  9. Aif says:
    August 14, 2017 at 2:23 pm

    Love this part too.. Waiting for next part❤

    1. Eemyaa says:
      August 14, 2017 at 7:43 pm

      Thanks Aif ☺

  10. Yaal says:
    August 14, 2017 at 2:26 pm

    Annehka alhugandah gothey nuhadhahchey next part kon irakun tha

    1. Eemyaa says:
      August 14, 2017 at 7:44 pm

      Hehe ?
      V try kuraanan dhn lets see dw ?
      Next part on Wednesday ?

  11. Chompi says:
    August 14, 2017 at 2:38 pm

    Thankolheh dhigu koh next part genesdheeba, varah reethi mi part ves

    1. Eemyaa says:
      August 14, 2017 at 7:47 pm

      Thanks Chompi ☺
      Aslu life ga kanthah hunna gothun mi kamah v vaguthu nudheve. Ekmves kuraa hiyy vaa kameh v ma mivarah ves mi genesdheny. Eem ge best dheyn v try kuraanan. Heekuran understand vaane kamah??

  12. lyn says:
    August 14, 2017 at 3:38 pm

    Nice mi part ves…keep it up..next part plxxxx..

    1. Eemyaa says:
      August 14, 2017 at 7:48 pm

      Thanks lyn ☺
      Next part on Wednesday ?

  13. Ram says:
    August 14, 2017 at 3:43 pm

    Wow… habbu ????

    1. Eemyaa says:
      August 14, 2017 at 7:49 pm

      Thanks Ram ☺

  14. khajja says:
    August 14, 2017 at 3:57 pm

    Oh wow masha allah v rythi v furihama??? omg anekkaa kihineiybaa e v yalvyge angain ley aiss mulhimoonuga ungulhifa hury kanneynge dhw but ehenvaanyves yalveege bodu bayyenhunnanamathaa dhw? Anyway stry v habeys v rythi when nxt prt avskolladhechchey plx keep it up ly???❤❤❤?????????

    1. Eemyaa says:
      August 14, 2017 at 7:51 pm

      Thanks khajja ☺
      Thee ves vedhaane gotheh ? hehe
      Next part on Wednesday ? ly ?

  15. song joong ki..KOREAN says:
    August 14, 2017 at 4:26 pm

    mageyyy YAAAAL! kihinehtha evy yaal ah alheyy. nxt part kiyaa hithun hureveny ehnuun. vv salhi mi part vx. hama obiness. v majaa eesha men jealous kuryma. haha 🙂 😀 good luck, avahah u dhehcheyyy plxx 🙂

    1. Eemyaa says:
      August 14, 2017 at 7:54 pm

      Song alhe guess kohlaba yaal ah v goi ? hehe
      Thanks dear ☺
      Hehe a e abadhuves J vefa thibey baeh ?

    2. Song joong ki... KOREAN says:
      August 14, 2017 at 9:42 pm

      Hmm. Heevany yaal ge sifa badhaluvyhen or moonumathygayaa angamathy ley kanneynge hunnaany. Well, it’s difficult to guess dear. Waiting for the next part 🙂 🙂

    3. Eemyaa says:
      August 14, 2017 at 9:57 pm

      May b thihen ves vedhaane hehe dhn lets wait for next part dw ?
      Eyrun yalvee ah vee goi engeyne ?

    4. Song joong ki... KOREAN says:
      August 14, 2017 at 10:13 pm

      When nxt part??

    5. Eemyaa says:
      August 14, 2017 at 10:21 pm

      Next part on wednesday ☺

  16. Aireen says:
    August 14, 2017 at 5:20 pm

    Alhey yalvi aai shaun ge bai thankolhey ginain genes dheeba coz they are my favorite charecters varah gulhey dhekudhin ey and ishaa rulhi eryma varah majaa ?? waiting for the upcoming episod

    1. Eemyaa says:
      August 14, 2017 at 8:00 pm

      Aireen, kuriah huri part thakuga ves yalvee ge bai annaane hama fudheyvarakah. ?
      4 kudhinge life ge mahchah liyaa story eh v ma 4 kudhinge bai ves gennan vaanu dw. ☺ Dhn ulhey 3 kudhinge bai ves kuriah oiythaa Aireen ah reethi vaane kamah ummeedhu kuran ☺
      Hehe asluves dw ?
      Thanks Aireen ☺

  17. zainab says:
    August 14, 2017 at 7:10 pm

    mi vahakaiga hada gina kudhin ulheye dho

    1. Eemyaa says:
      August 14, 2017 at 8:02 pm

      Yeah dw Zainab.
      Mee 4 kudhinge life ah binaa koh liyefa in story eh v ma ehaa kudhin gina ee aslu ☺
      Zainab ah ves vaahaka kamudhaane kamah heekuran ?

  18. ??? says:
    August 14, 2017 at 9:19 pm

    Alhey yalvy ah saunn ??….kihineh v yalvy ah dhera gotheh nahadhahchey??

    1. Eemyaa says:
      August 14, 2017 at 9:58 pm

      Hehe next part ah wait kohlaa dear ?
      Eyrun yaal ah vee goi engeyne ?

  19. 1997women says:
    August 15, 2017 at 6:42 am

    Dhn mihaaru thi hedhigothun dhn nrynge vaahakaige next episode kiyaafa noony neyvaa eh ves leveyne kameh?

    1. Eemyaa says:
      August 15, 2017 at 5:40 pm

      Ohhh neyvaa nulaa nuhunnahchey anekka ?
      In Sha Allah maadhan next part kiyaalan libeyne

  20. Adha? says:
    August 15, 2017 at 1:00 pm

    Varah reethi dear? yaal dw.. kihinehtha evee.. heevany mouth in white foam kahala ehcheh aissa hen hunnaany. Fit jehunyma vaa gothah?
    Waiting for next part ❤❤

    1. Eemyaa says:
      August 15, 2017 at 5:41 pm

      Thanks Adha ? thihen ves vedhaane dw hama ? hehe

  21. Xidhan says:
    August 16, 2017 at 1:17 am

    Vaahaka salhi… ekam story thankolheh unpredictable kohlaafiyaa ma salhi vaane kanne..??

    1. Eemyaa says:
      August 16, 2017 at 6:13 am

      Thanks Xidhan ☺
      Kuriah oiytha heenukuraa kahala ethah kameh vaane ?
      Dhn mi rangalhah vaahaka fashaiganevuny. Keep reading ??

  22. kitty says:
    August 16, 2017 at 7:47 pm

    koba miadhuge bai

    1. Eemyaa says:
      August 16, 2017 at 9:54 pm

      Nw up kohlaafa innaany ☺

  23. Adha? says:
    August 16, 2017 at 8:25 pm

    Eeeem! kobaatha next part???

    1. Eemyaa says:
      August 16, 2017 at 9:54 pm

      Nw up kohlaafa innaany ☺

  24. Yalaa says:
    August 16, 2017 at 9:18 pm

    Koba tha alhe vaahaka??? ??

    1. Eemyaa says:
      August 16, 2017 at 9:54 pm

      Nw up kohlaafa innaany ☺

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތޭރަވަނަ ބައި)←


All Right Reserved!