Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް… 19 ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
August 14, 2017 3 Mins Read
14 Comments

އާދުވަހަކަށް އިރުއަރައިގެން އައިރު .. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހިޝާމް ގެ އިތުރުން ޔާސީންގެ ކުޑަކުޑަ އާއިލާވެސް ވަގުތުތަށް ގުނަމުން ދިޔައީ ސަމީހުމެން އަންނަ ބޯޓު އެއާޕޯޓުގައި  ޖައްސާނެ ވަގުތަކަށެވެ. ނަމަވެސް ނޫރާގެ ސަމާލުކަން އެކަމަކަށް ނެތެވެ. އިރު އިރު ކޮޅާ ފޯނަށް ބަލާލާގޮތުން މީހަކު ގުޅާނެ ކަމުގެ އިންތިޒާރުގައި ވާކަން ފެންނަ ކޮންމެ މީހަކަށްވެސް ޔަޤީން ވާނެއެވެ.

ޝަމާލް އާއި ޖަޒްލާން ވެސް ލިބުނު ކުޑަ ޗުއްޓީގައި އަރޫންގެ ހާލުބެލުމަށް ދަތުރުކުރަމުން ދިޔައީ ރާއްޖެ އައުމަށެވެ. ނަމަވެސް ބިންޔާ މިފަހަރުބޭނުންވީ މަލާކްކައިރިއަށް ދާށެވެ. އެހެންވެ ޖަޒްލާން މެންނަށްވުރެ ކުރިން ބިންޔާގެ ދަތުރުނިމި މަލާކްއާއި ބައްދަލްވިއެވެ. ދުވަސްވަރަކީ ބަންދު ދުވަސްވަރަކަށް ވުމުން ދެކުދިން އެކީގައި ހޭދަކުރާނެ ވަގުތު ލިބުން ވެގެން ދިޔައީ ބިންޔާއަށް މަލާކްގެ ހިތުގެ ހާލު ހިއްސާކުރަން ލިބުން ރަނގަޅު ފުރުސަތަކަށެވެ. ބިންްޔާވެސް ޖަޒްލާން އެކޭ އެއްފަދައިން އުފާވީ ލޯބި އެއްފަރާތްކޮށްފައި ކިޔަވަން މަލާކްއެކުރާ ހިތްވަރު އެނގިސާފުވުމުންނެވެ. ހަޤީޤަތުގައި މަލާކް އެވަނީ ވަރަށް ބޮޑު ޤުރުބާނީއެކެވެ.

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގައި ބޯޓުޖެއްސުމާއެކު ޖަޒްލާންއާއި ޝަމާލް އަވަސްވެގަތީ އަރޫންމެން އަންނަންވާއިރަށް ސަޕްރައިޒެއްދޭން ރެޑީކުރުމަށެވެ. އެއްވެސްމީހަކު ކައިރީ ކުރިން ބުނެ ނުލާ އެދެމީހުން އެހާވަރުން އެއައީވެސް ދެމީހުންގެވެސް ގާތްރަޙުމަތްތެރިޔާ ހިތްއުފާކޮށްދޭށެވެ. ބޮޑު މާބޮނޑިއެއް ތައްޔާރުކޮށް ނިންމާލުމަސްފަހު ހިންދަމާލެވުން އިރު އަރޫންމެން އައި ފްލައިޓްވެސް ރަންވޭގައި ޖައްސައިިއެވެ. އެހެންވެ ދެމީހުން ފޮށިތައް ޖަޒްލާންގެ ހާދިމާއި ހަވާލުކޮށްލުމަށްފަހު އަރައިވަލް ގޭޓާދިމާލަށް ދިޔައެވެ. ސަމީހުންމެން ފައިބައިގެން އައިސް އެނމް ފުރަތަމަވެސް ބައްދަލުވީ ޝަމާލްމެންނާއި ކަމުން އަރޫން ގޮވައިގެން އެދެމީހުން އެއްފަރާތްވެލީ “ކުޑައިރުކޮޅަކުން އެބަނިކުންނަމޭ” ބުނެފައެވެ. ސަމީހު ބޭރަށް ނިކުމެވުމާއި އެކުގައި އެންމެ ފުރަތަމަވެސް އައިސް ހިޝާމް ގައި ބައްދާލުމުން ޔާސީންގެ ހިތް ނަފުރަތުން ފުރިގެން ދިޔައެވެ. ނަމަވެސް ވަގުތުގެ ގޮތުން އެއްޗެއް ބުނެވެން ނެތުމުން ހިންދިރުވާލައިގެން ހުރީއެވެ. ނަމަވެސް ބަލްޤިސް ސަމިހުއާއި ހިލާފަށް އެންމެ ފުރަތަމަވެސް ގޮސް ބައްދަލުކުރީ ޔާސީންގެ އާއިލާ އާއި އެވެ. ނޫރާގެ މޫނުމަތިން މަސްނޫވި ހިނިތުންވުމެއް ވެރިކޮށް ގެން ހުރިނަމަވެސް މީހާ ފިނިވެ ދާހިއްލާގޮތް ވާންފެށީ ހީވެސްނުކުރާހާ އަވަހަށެވ ބަލްޤިސް އައިސްނުހަނު ލޯތްބާއެކު ނޫރާ ގައި ބައްދާލުމުން ނޫރާ އަށް ހުރީ ހިންދިރުވާލަންވެސް ނޭންގިފައެވެ. ހުރިހާދުވަހު ނުލިބިގެން އުޅުން މިހާ ލިބޭގޮތް ވުމުން މިއަދު އޭނާއެހުރީ އެހެންމީހެއްގެ ދަލުގައި ބެދި ދީވާނާވެފައެވެ. އެވަގުތު އެތެރެއިން ނިކުމެގެން އައި ތިންޒުވާނުން ނޫރާގެ ލޮލުގައި އަޅައިގަތް ނަމަވެސް އެއިންއެކަކުވެސް އެދިމާއަށް ބަލާވެސް ނުލިއެވެ. އަރޫން އަތުގައި އޮތް މާބޮނޑިފެނުމުން ނޫރާ ހީކުރީ އޭނައަށް ގެނެސްދިން އެއްޗެއްކަމަސެވެ. އެހެން ވެ އަވަހަށް އެދިމާލަށް ދިޔައެވެ. ހަޤީގަތުގައިވެސް މިއަދު ނޫރާމިއަދު އަނެއްކާވެސް ބަދަލްހިފުމުގެ ރޫހުހިތުގައި ހިނގާލައިފިއެވެ. ވޭތުވެ ދިޔަ ދުވަސްތަށް ހިތުގެ އެއްކަނެއްގައި ފޮރުވާލަމުން ތިންޒުވާނުންގެ ކުރިމައްޗަށް އަރާ “ހައެ” ޖަހާލީ އަމިއްލަރީިތިކަމަށް ފަހުރުވެރިވާހަލުގައެވެ. ” އަރޫން ތި ނޫރާއަށް ގެނައި އެއްޗެއްތަ؟ ހާދަ ލޯތްބޭ.. ” “ނޫނޭ އެއީ އަހަރުމެން އަރޫން އަށް ދިން ސަޕްރައިޒް ގިފްޓެއް .. ” ޖަޒްލާން އަސް ކެތްނުވެގެން އެންމެ ފަހުން ބުނެލިއެެވެ. “ދެން އަޅެ ފިރިހެންނުން ފިރިހެނުންނަށް މާބޮނޑިދޭތަ” މަލާމތުގެ ރާގެއްގައި މިފަހަރު ނޫރާ އެހެން ބުނުމުން އެއަށް ޖަވާބުދިނީ އަރޫންއެވެ. ” ބުނަންތަ ރަނގަޅުވާހަކައެއް މީގަ މިހުރީ ތި އަންހެންކުދިން އެމީހުންގެބެސްޓް ފްރެންޑްއަށޭ ކިޔާފަ ދޭހެން ރަތް ފިނިފެން މަލެއްނޫނޭ.. މީ ބްލޫ އޯކިޑް.. މިއިންވެސް ދޭހަވަނީ އަހަރެންގެ ރަހުަތެރިން އަހަރެން ދެކެ ލޯބިވާ މިންވަރު.. އެހެނެކިޔާފަ ނޫރާ އަހަންނަސް ގެނައިކޯއްޗެއް..” މިހެން ބުނުމާއެކު ތިން ޒުވާނުން އެކީގައި ހިޝާމްއާއިސަީހުކައިރީގައި ގޮސް މަޑުކޮށްލިއިރުވެސް ނޫރާއިނީ ޖެހިމުޑިއެއްހެން ގުޑާލަން ނޭންގިފައެވެ. ހަޤީގަތުގައި މިއަދު އޭނާގެ އަތުގައި  އަރޫންއަށް ދޭނެ އެއްޗެއްނެތެވެ.

އެވަގުތު ކުރިމަތިން ދިޔަ މީހާ ފެނުމާއެކު ނޫރާ ދެލޯބޮޑުކޮށްލެވުނެވެ. ނޫރާ އަށް ބަލަން އެވަގުތު ހުރި ޖަޒްލާން އަށް މިމަންޒަރު ފެނި ޝަމާލްގައި ކޮށްޓާލުމަށް ފަހުދައްކާލިއެވެ. “އެއީ މާހިލްދޯ.. ” ދެމީހުނަށްވެސް ބުނެވުނީ އެހިސާބަށެވެ. އޭރު އަރޫންއަށް ވެސް އެދިމާ ބަލާލެވުނެވެ. ނޫރާ ކަޅި ޖަހަނުލާ މާހިލް ދިޔަ ދިމާއަށް ބަލަން ހުރިތަން ފެނުމުން ކޮންމެ މީހަކުވެސް ސުވާލްއުފެދުން ނަމަވެސް އެވާހަކަ އެވަގުތު ނުުދައްކައެވެ. އެންމެން އެކީގަހެން ލާންޗާއި ދިމާއަށް ހިނގައި ގަތުމުން ބަލްޤިސް ފާހާނާއަށް ކަމަށް ބުނެ އެދިމާ އަށް ދިޔައެވެ. އޭރު މާހިލް ބަލްޤިސްގެ އިންތިޒާރުގައި ހުއްޓެވެ. “ކިތައްފަހަރު ދެން ބުނާނީ ތިގޮތަށް އެންމެނަށް ފެންނަހެން ނޫޅޭށޭ.. މިއަދު އެފެނުނީ އަރޫން އާއި އޭނަގެ ރަހްމަތް ތެރިންނަށް.. އޭރުން ދެން އަހަރެންގެ ދުވަސް ކަންނޭންގެ ދާނީ.. ” ބަލްޤިސްގެ މޫނުމަތިން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. “ކަލޭބުނިުވަރަކަށް ފައިސާ އެބަދެމެއްނު .. ދެންކީއްވެތަ ބުނާގޮތް ނުހެދެނީ… ތިހެން އުޅެން ހަދައިގެން އެންމެނަށް އަހަރެންގެ ޕްލޭން އިނގޭނީ..މިކައިވެނި ނުވަނީސްއެހެން ވެއްޖެޔާ ކިހާ ދެރަ.. ” ބަލްޤިސް ކިޔާނެ އެއްޗެއް ކިޔާފައި ދިޔައިރުވެސް މާހިލް ހުރިއެވެ. ހަޤީޤަތުގައި މިއަދު އޭނަ އެހެންއުލެން ބޭނުމެއް ނުވެއެވެ. ނަމަވެސް ބަލްޤިސް އާއި ހެދި އެނުން ގޮތެއްވެސް ނެތެވެ. މިހާރު އެއްފަހަރު ބަލްޤިސް އެވަނީ އޭނާގެ ހުރިވަރު ގްރޫޕެއްލައްވާ މާހިލްއަށް ދައްކާލާފައެވެ. ނަމަވެސް ނޫރާ ހާސިލްކުރަން ހެދެން އޮތްހާއެއްޗެއް އޭނަވެސް ހަދާނެއެވެ.

ރޭގަނޑުގެ ވަގުތުކަމުން ގޭތެރެފެންނަނނީ ހަމަހިމޭން ކޮށެވެ. ނޫރާ މަޑުފިޔަވަޅު ތަކާއެކުހެން އަވަހަށް ނިކުތީ މާހިލް އޭނާކައިރީ އަންނަން ބުނި ގަޑިޔަށް ދެވޭތޯއެވެ. މިރޭވެސް އެދެމީހުން ބައްދަލުކުރީ އަބަދުވެސް ބައްދަލްކުރާ ގެސްޓްހައުސް އިންނެވެ. ކޮނޑުގައިވާ ދަބަސް ނަގާ އެއްލާލުމާއެކު ފުރަގަސްދީގެން އިން މާހިލްގައި ނޫރާ ބައްދާލީ އެތަކެއްޝަކުވާއަކާއެކުގައެވެ. ނަމަވެސް މިފަހަރު މާހިލް އިސްކުރީއަމަލެވެ. ނޫރާ ދައްކާ ވާހަކައަކާއި ނޫޅެއެވެ. މާހިލްގެ އެތެރެހަށި އަދަމުން ދިޔައީ ބަލްޤިސްގެ ބަސްތަކުންނނެވެ. އޭނާއަށް ނޫރާ ނުލިބުނީޔާ އެހެން މީހަކަށް ވެސް ލިބުނަ ނުދޭނެއެވެ. ކުދަ ހިނދުކޮޅެއްގެ ތެރޭގައި ނޫރާވެސް މާހިލްއާއި ބައިވެރިވީ ދެމީހުންގެ ހިތުގައިވެސް ޖަހަމުން ދިޔައީ އެއްވިންދެކޭ ބުނަމުންނެވެ. މާހިލް އެންމެފަހުން ނޫރާގެ ކައިރީ ލޯބިވަކަން ވެސް ހާމަކުރީ ދެޖިސްމު އެކުވެފައިވީ ވަގުތު ނުހަނު އޯގާތެރިކަމާއެކުގައެވެ. އެވަގުތު ނޫރާއަށް ވެސް ލިބުނު އުފާ ހުދު އޭނަޔަށް ވެސް ނޭންގުނެވެ. މިވަގުތު އަރޫން އެހެން ބުނި ނަމަވެސް އެހާ އުފާނުވާނެކަން ގައިމެވެ. ހިތްހަަ ޖެހެވަރުވުމުން ދެމީހުން އެކީގައި ފެންވަރާލައިގެން ވާހަކަދައްކާލަން އެތައްއިރަކު ތިބުމަށްފަހު ވަކިވީ މާދަމާރޭވެސް ބައްދަލުވުމަށް އެތަކެއްވައުދާއި އަހުދު ވަމުންނެވެ. އޭރު ބާރަޖަހާ ބޮޑުވެފައިވުމުން ސައިކަލުގައި މާހިލް ނޫރާ ގެ ކައިރިއަށް ގެންގޮސްދިނެވެ.

އެހާދުވަސް ކޮށްފައި ދިމާވުމުން ޖަޒްލާންގެ އެދުމުގެ މަތިން އެގެއަށް ކާންދިޔަ އަރޫން އާއި ޝަމާލްވެސް އެތަކެއްވާހައެއް ދައްކަން ތިބުމަށް ފަހު ސައިކަލްބުރެއްޖަހާލަން ދިޔައީ ވަރަށް މަޖާވެފައި ތިބެއެވެ. ނަމަވެސް އެވަގުތު ކައިރިން ދިޔަ ސައިކަލްގައި ތިބި ދެމީހުން ފެނި އެމީހުނަށް ފޮލޯކުރީ ކަމެއް ޔަޤީންކުރުމަށެވެ. މާހިލް ނޫރާ ގެއަށް ލާފައި ދިޔަ މަގުމަތީގައި ޝަމާލްއާއި އަރޫން އާއި ދިމާވިއެވެ. މާހިލްގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ފެނި ޝަމާލްއަށް ހުރިހާ ކަމެއް އޮޅުން ފިލައިފިއެވެ. އަވަހަށް އަރޫން އާއި ދެމިހުން އައިސް ރަސްފަންނުގައި މަޑުކޮށްލާފައި ޖަޒްލާން އަށް ގުޅާ ގެނެސްގެން މިރޭފެނުން މަންޒަރު ކިޔާދިނެވެ. ހަޤީޤަތުގައި މިހާރު މިތިންމީހުގެ ދެމެދުގައި އެއްވެސް ކަމެއް ސިއްރެއްނުކުރެއެވެ. ” އެހެންވީމަ ނޫރާ އާއި މާހިލްގެ ގުޅުން ކަށަވަރުކުރަމާ ހިނގާ.. އޭރުން ތިކައިވެި ފަނިކޮށްލެވޭނީ.. ” ވަގުތުން ޝަމާލް ބުނެލިއެވެ. “އެކަމކު ކިހިނެއް..” އަރޫން އިނީ ކިޔާނނެ އެއްޗެއްވެސް ނޭންގިފައެވެ. ” އެބައޮތް ގޮތެއް…” އެހެން ބުނުމާއެކު ޖަޒްލާން ފޯނުނެގުމާއެކު ނަންބަރަކަށް ގުޅާ ވާހަކަ ދައްކަމުން ދުރަށް ޖެހިލިއެވެ.

 

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބާރަވަނަ ބައި)

Next

ދިހައެއް ( ސާދަވަނަ ބައި )

Next
August 14, 2017

ދިހައެއް ( ސާދަވަނަ ބައި )

Previews
August 14, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބާރަވަނަ ބައި)

14 Comments!

  1. Shaaya says:
    August 14, 2017 at 3:10 pm

    Alhey ehaa dhuvas kohfaa haadha kuru koh thi genesdhinee… but varah reethi..m koniraku dhen genesdhey nee
    .. waiting waiting….

  2. Layaa says:
    August 14, 2017 at 3:11 pm

    Unmeedhu kuran kamudhaanekamah.. midhuvasskolhu ginain hama rest kureveythw mibalanee.. and login vess nuvevigen mihaa lassvee. Insha allah next part dhedhuvahehge thereyga Kitano libeyne.. love u all.. ???

    1. Layaa says:
      August 14, 2017 at 3:18 pm

      Kiyaalan *

    2. ??? says:
      August 14, 2017 at 7:56 pm

      Vaaha feshi iru bunii foohi vaavaru avahah baithah nerey namey ekam foohi nuvaane henn thi nerenii mahaku baeh ..ekamuvess vv rythi????

  3. Ram says:
    August 14, 2017 at 3:44 pm

    Haadha dhuvaheh fahun layaa… but storyy habbu ???

  4. Dhona says:
    August 14, 2017 at 3:46 pm

    mibai handhaan netheyhaa v ma tha aneh bai up vaaneee???????????????

  5. khajja says:
    August 14, 2017 at 4:09 pm

    Wow masha allah v rythi v hiygaim ??? lahun genes dhevumugaves reason eh onnaane dhw nxt prt mi avvure dhigukolla dheveytho balachchey layaa keep it up ly???❤❤❤???????????

  6. thuhthi says:
    August 14, 2017 at 4:09 pm

    haadha kureyy dhnn … :/ :/ 🙁

  7. Zeesha says:
    August 14, 2017 at 5:38 pm

    Pretty layaa?

  8. m says:
    August 14, 2017 at 6:05 pm

    Laya preg o… readers understand veba.

  9. Layaa says:
    August 14, 2017 at 8:34 pm

    Its k ingey.. ekuda kudhinge hunnanee ekikahalahiyaaldhw.. ehenve ehenevanee layaa ah understand vey .. insha allah 20 vanabai maadhamaa rey upkohladheynan… btw thank you .. hurihaakudhinnahvess .. ly ??

    1. Layaa says:
      August 14, 2017 at 8:37 pm

      Ekikudhinge *

  10. Robin says:
    August 14, 2017 at 10:37 pm

    Thanks layaa…love this part 2 ??❤

  11. Adha? says:
    August 15, 2017 at 1:03 pm

    Varah reethi mi part ves?..nd..Its ok layaa.. waitingsss❤❤❤❤

Comments are closed.


All Right Reserved!