ވީރާނާވެފައިވާ އެ އިމާރާތުގެ ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ ކަޅުއަނދިރިކަމެވެ. އިމާރާތުގެ އެކި ތަންތަން ހިރަފުސްވެފައިވާއިރު ކުޑަދޮރުތައްވެސްވަނީ ބިމާހަމަވެފައެވެ. ހާމައަށް ހުރި އެ އިމާރާތުގެ އެންމެމަތީބައިގައި، ޒުވާނުންތަކެއްތިއްބެވެ. އޭގެން ކޮންމެ މީހެއްވެސްހުރީ ކަޅު ހޫޑީއަކާއި، ހަމައެކުލައިގެ ޖިންސެއްލައި މޫނު ނިވާކޮށްގެންނެވެ. “އަހަރެން ކަލޭމެން މިތަނަށް ގެނައި ވަރަށްބޮޑު ކަމަކު ކިޔަންވެގެން، އެއްވެސް މީހަކު މިކަމުގައި ބައިވެރިވާން ބޭނުންނުވާނަމަ އަނބުރާ ދިޔުމަށް ފުރުސަތުދެން”. އެތަނުން އެކަކު، މޫނުގައި އަޅާފައިވާ މާސްކު ނިގާލަމުން ބުނެލިއެވެ. “ބައްލަވާ ބޮސް، އަޅުގަނޑުމެންނަށް ތި ކުރަންއުޅޭކަމުގެ އިތުރު ތަފްސީލް ދެއްވީމައެއްނޫންތޯ ކުރިއަށްދާން ބޭނުންނޫނަސް އެނގޭނީ”. އެތަނުން އެކަކު ބުންޏެވެ. “ކުރުކޮށް ފޮނިކޮށް ބުނަންޏާ، އަހަރެން ކަލޭމެނާ ހަވާލުކުރަން މިއުޅެނީ ބައެއްގެ ދުވަސްދުއްވާލަން. އައި ނޯ ދެޓްސް ނޮޓް އަ ޑިފިކަލްޓް ޓާސްކް ފޯ ޔޫ”. ނުރައްކާތެރި ހިނިގަނޑެއްޖަހާލަމުން އެ ޒުވާނާ، ކުރިމަތީގައި ތިބި މީހުންކައިރި ބުނެލިއެވެ. “ސަބަބަކީ؟”. އެޒުވާނާ ނުތަނަވަސްވެފައިވާ ރާގަކަށް ބުނެލިއެވެ. “ބަދަލް…. އަހަންނާ ބެހުމަކީ ކިހާ ނުރައްކާކަމެއް ނޭނގޭ މީހުންނަށް އެކަމުގެ ރަނގަޅު ފިލާވަޅެއް ނަގައިދިނީމަ މައިތިރިވާނީ، ޑޯންޓް ވޮރީ އަހަރެން ކަލޭމެން ހަތަރު މީހުންނަށް ދޭނަން ރަނގަޅު މުސާރައެއްވެސް. އެހެންމަ އެއްބަސް ދޯ؟”. އެ ޒުވާނާ އެހެންބުނުމުން އެ ހަތަރު މީހުންވެސް މާސްކުތައްނަގާ ބޯޖަހާލިއެވެ. އެމިހުން އެއްބަސްވުމުން ‘ބޮސް’ ގެ ތުންފަތުގައި ކުރެހިގެންދިޔައީ ނުރައްކާތެރި ހިނިތުންވުމެކެވެ.
މެންދުރުގެ ރޯ އަވިން މަގުތައް ހޫނުކުރަމުންދިޔަ ވަގުތު ރަޔަންއާއި ޒައިޝާން ތިބީ މަޝްހޫރު ސްލޯވިއަން ކެފޭގައެވެ. ހުދުކުލައިގެ ޓީޝާޓެއްލައިގެން ކަޅުކުލައިގެ ކާގޯޕޭންޓްސްލައިގެން ރަޔަންއިންއިރު، ޒައިޝާންއިނީ ކަޅު ޓީޝާޓަކާއި ނޫކުލައިގެ ޖިންސު ސޯޓެއްލައިގެންނެވެ. ރޭބަން އަވިއައިނު ބޯމައްޗަށް ޖަހައިގެން އިން ރަޔަން ފެނި އަންހެންކުދިންގެ ހިތްތަކަށް އެނގުންވެލައިގެންދާނެކަން ގައިމެވެ. “ބްރޯ، ހިނގާބަ މަށާއެކީ ބޭރަށް ޖައްސާލަން”. ރަޔަން، ޖެހިގެންއިން ބިއްލޫރިގަނޑުން ހަލަބޮލިވެފައިވާ މަގުތަކަށް ނަޒަރު ހިނގާލަމުން ރަޔަން ބުނެލިއެވެ. “ކައެ ބޭރަށްވެސް ދާންޖެހެނީ މި މާލޭގަ ތިބިހާ އެންމެން ގޮވައިގެންތަ؟”. ޒައިޝާން އޭނާ އަބަދުވެސް ރަޔަން އެއްޗެކޭ ބުނުމުން ސަމާސާކުރާ ރާގަށް ބުނެލިއެވެ. “ތިތާ ބޭރަކަށް ނޫނޭ، މިބުނީ ރާއްޖެއިން ބޭރަށް ވާހަކަ.” ރަޔަން މޫނުމައްޗަށް ސީރިއަސްކަން ގެނުވަމުން ބުނެލިއެވެ. “އެކީއްކުރަން ކުއްލިއަކަށް ބޭރަށްދަނީ، ރިޔާނައްތައާ ރިޔާދުބެވެސް އައިއްސިއެންނު”. ޒައިޝާންވެސް މިފަހަރު ސީރިއަސްވެލިއެވެ. “މަންމަމެން އައިއްސި، އަދި އަހަންނަށް ވަރަށް ބޮޑު ހަޤީޤަތެއްވެސް އޮޅުންފިލައިފި”. ރަޔަން ދުރުބަލާލަމުން އެހެން ބުނުމުން ޒައިޝާންއަށް ރަޔަން އެ ދައްކަން އުޅެނީ ވަރަށް ބޮޑުވާހަކައެއްކަން ނަގައިގަނެވުނެވެ. “އެއީ އަނެއްކާ ކޮން ހަޤީޤަތެއް. ހުރިހާ ކަމެއްވެސް ރަނގަޅުތަ؟ އަނެއްކާ ރިޔާނައްތަމެން ރަނގަޅުތަ؟”. ޒައިޝާން ކެތްމަދުވެފައިއިން މީހެއްފަދައިން ފަހަރަކު ސުވާލެއް ކުރަމުންދިޔައެވެ. ރަޔަންވެސް ޒައިޝާން އިތުރަށް ނުތަޅުވާ ރިޔާދު ކިޔައިދިން ހުރިހާ ވާހަކައެއް ކިޔައިިނެވެ. ރަޔަން އެހުރިހާވާހަކައެއް ކިޔައިދީ ނިމުންއިރު ޒައިޝާންއިނީ އަންތަރީސްވެފައެވެ. އެންމެ ކުޑައިރުންސުރެ އަމިއްލަ މައިންބަފައިން ފަދައިން ދެކިގެން އުޅުނު މީހުންނަށް އެވަރުކަމެއްދިމާވުމުން މާޔޫސްވިއެވެ. ބަދަލުހިފުމުގެ ރޫޙު ޒައިޝާންގެ އެތެރެހައްޓަށް ވެރިވެގެންދިޔައެވެ. ދެއަތް މުއްކެވި ދެލޯ ރަތްވެގެންދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހަށިފުރާ ނޭވާއެއްލައި ނަފްސު ހަމައަކަށްއަޅުވާލިއެވެ. ޒައިޝާންގެ ރުޅިގަނޑަކީ މިހާތަނަށް އޭނާއަށް ކޮންޓްރޯލްކުރަން އެންމެ އުނދަގޫއެއްޗެވެ. އޭނާއަކީ ކުދިކުދި ކަންކަމަށް ސިނގުރުޅިއަންނަ މީހެއްނޫނެވެ. ނަމަވެސް އޭނާ ރުޅިއަންނަކަމެއް ކޮށްފިނަމަ ހަމައިން ނެއްޓޭވަރަށް ރުޅިގަނޑު އުތުރި އަރައިގަނެއެވެ. މިހާރަކަށް އައިސް ޒައިޝާންވަނީ ރުޅިގަނޑު މައިތިރިކުރަން ދަސްކޮށްފައެވެ. ރަޔަން މިވާހަކަ ދެއްކުމުން ޒައިޝާންއަށް ވީގޮތްފެނި ޚުދު އޭނާވެސް ޖެހިލުންވިއެވެ. ނަމަވެސް ޒައިޝާން ރުޅިގަނޑު ހިނދާލުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ “އާނ ޝާން، ޤަބޫލުކުރަން ދަތިވިޔަސް މިއީ ހަޤީޤަތް. އަހަރެންގެ މައިންބަފައިން އުމުރުދުވަހު އެތައް ޤުރުބާނީއެއްވެގެންކުރި ބުރަ މަސައްކަތާ، ދުށް ހުވަފެންތައް ފެނަށް ދާތަން ބަލަން މަށަކަށް މަޑަކުން ނުހުރެވޭނެ، އަހަރެން ބޭނުން އެކައުންޓްގަތިބި ހުރިހާ ފައިސާއެއްދީގެން ވިޔަސް އެތަން މަންމަމެންނަށް ހޯދައިދޭން…. އެއީ އަސްލު މިހާރު ކޮމްޕެނީގެ މައިގަނޑު ބްރާންޗް. އެބައި ނެތީސް ދެން ކުންފުނި އެއްކޮށް ހުއްޓެމުންދާނީ، ބައްޕަ ނުބުންޏަސް މިހާރުވެސް އެގެ ކޮޅުމަތި ދައްކައިފިކަން މަށަށް އެނގޭ، އެހެންމަ ޝާން އަހަންނާއެކު ދާން ނެތަސް. ވަގުތު ބޭކާރުކުރާކަށް އަހަންނަކަށް ވަގުތެއްނެތް. ވީހާވެސް އަަވަހަކަށް އެކޮޅަށް ދާން އެބަޖެހޭ”. ވާހަކަދައްކާ ނިމުންއިރު ރަޔަން އިނީ ފެންކަޅިވެފައެވެ. އޭނާ ދުވަހަކު އެ ކުންފުނީގައި މަސައްކަތްނުކުރިޔަސް، އޭނާގެ މައިނަބަފައިން އުފުލި ތަކުލީފުތައް އޭނާއަށްވުރެ ރަނގަޅަށް އެނގޭނެ ދެވަނަމީހަކު ނުވާނެއެވެ. ރެޔާއި ދުވާލު އެތަށް ހަރަދެއްކޮށްގެން ރާއްޖޭގެ އެންމެ ކުރިއަރައިފައިވާ ކުންފުންޏަށް އެ ކުންފުނިވީ އޭނާގެ މަންމައާއި ބައްޕަގެ ބުރަމަސައްކަތުންކަން އޭނާވެސް ދަނެއެވެ. އަދި ބިޒްނަސް ދާއިރާއަށް ލޯ ހުޅުވިފައިވުމުން ކަންކުރަންވީގޮތްވެސް ދެމީހުންނަށް އެނގެއެވެ. “ނޫން ރަޔަން، އަހަންނަށް ރިޔާނައްތައާ ރިޔާދުބެ ކޮށްދިން ކަންތަކާ ބަލަން ތިއީ ކުޑަ މިންވަރެއް. އަހަރެންވެސް ބޭނުން މިއަދު އެމީހުންނަށް މިފަދަ ހާލެއްޖެހުންދުވަހު އެހީވާން. އެހެންމަ ފުރާނެ ދުވަހެއް ހަމަޖައްސާފަ ބުނެލާ، މަ ޓިކެޓު ނަގާފަ، ތިބޭނެ ތަނެއް ހަމަޖައްސާނަން.” ޒައިޝާން އޭނާއަށް ވެވުނު ވަރަކުން އެހީވާން އަތުކުރި އޮޅާލިއެވެ. ޓިކެޓާއި ހުންނަންވީތަނުގެ ހަރަދު އޭނާ ބަލަހައްޓާނެކަމަށް ބުނީ ރަޔަންއަތުންދާ ފައިސާ މަދުކުރުމަށެވެ. “ތޭންކްސް މޭން…އެކަމް އަހަރެންގެވެސް ޝާންގެ ވެސް މަންމަމެންނަކަށް އެނގިގެންނުވާނެ އަހަރުންދަނީ ކީއްކުރަންކަން… އެހެންނޫނީ މަންމަމެން އުޅޭނެ ހުއްޓުވަން… އަދި އެއްވާހަކަ”. ރަޔަން މެދުކަނޑާލަމުން ބުންޏެވެ. “ކޮން ވާހަކައެއް؟”. ޒައިޝާން އެއްސެވެ. “މަ ބޭނުން އެކޮޅުން ޝާން ރަނގަޅު ޑޮކްއަކަށް ދައްކާލަންވެސް، މަށަށް އެނގޭ އެއްކަލަ ދުވަހުގެ ފަހުން އަދި ޝާން ހަމައަކަށް ނޭޅޭކަން. ނޭވާއަށް އުނދަގޫވާކަންވެސް އެނގޭ.” ރަޔަންއަށް އެހުރިހާ އެއްޗެއް އެނގުމުން ޒައިޝާން ހައިރާންވިއެވެ. އެއީ އޭނާގެ މަންމަމެންނަށްވެސް ވަންހަނާވެފައިވާ ކަމެކެވެ. ނަމަވެސް އިތުރަށް ސުވާލުކުރަން ނަހަދާ ރަޔަންގެ އެދުމަށް އެއްބަސްވިއެވެ. ރަޔަންއަކީ އޭނާގެ ނިންމުމެއް ފަސޭހައިން ބަދަލުކުރާނެ މީހެއްނޫންކަން ޒައިޝާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ޒައިޝާން ފުރަތަމަވެސް ގެއަށް އައިސްބެލީ މަންމައާއި ބައްޕަ ގާތުން ރަޔަންއާއެކު ދިޔުމަށް ހުއްދަ ލިބޭތޯއެވެ. އުމުރުން ކިތަންމެ ދޮށްޓަސް މައިންބަފައިންގެ ނުރުހުމުގައި އެއްވެސްކަމެއް ޒައިޝާން ނުކުރެއެވެ. “މޯމް، ޑޭޑް، އެބައޮތޭ ވަރަށްބޮޑު ވާހަކައެއްބުނަންވެފަ”. ޓީވީ ބަލަންއިން ޒީނާއާއި ޒިޔާންގެ މެދުގައި އިށީނދެ ޒައިޝާން ބުނެލިއެވެ. ޒައިޝާންގެ މިއަމަލުން ޒީނާއާއި ޒިޔާން ހަނދާންވީ ޒައިޝާން ކުޑައިރެވެ. ކުޑައިރުވެސް ޒައިޝާން ކޮންމެ ވާހަކައެއްދައްކަންވިޔަސް އައިސް އިށީންނާނީ ޒީނާއާއި ޒިޔާންގެ މެދުގައެވެ. “މަންމަގެ ދަރިފުޅު ތޭވީސްއަހަރުވީއިރުވެސް ބޮޑެއްނުވޭދޯ؟”. ޒީނާ ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ. ޒައިޝާންއަށްވެސް ޒީނާ އެހެންބުނީ ކީއްވެކަން ރެޔަކާލުމުން ހިނިގަނޑެއްޖަހާލިއެވެ. “ހޫމް ދެން ބުނެބަ، އަނެއްކާ ކޮން ވާހަކައެއްތަ ބުނަންވެފައޮތީ؟”. ޒިޔާން، އެ ވާހަކަ އަޑުއަހަން ބޭނުންވެފައި އިންވަރުން ބުނެލިއެވެ. “އަމްމް….. އޯ…އޯކޭތަ ރަޔަންއާ އެއްކޮށް މެ..މެލޭއަށް ދިޔަސް”. އަޅައަޅައިގަންނަމުން ޒައިޝާން އަހާލިއެވެ. “އެކީއްކުރަން ދަރިފުޅުމެން ކުއްލިއަކަށް މެލޭއަށްދަނީ، އަނެއްކާ ބޮޑުކަމެއް ލައިގަތީތަ؟”. ޒީނާ މިހެން އެހުމުން ޒައިޝާން ނުތަނަވަސްވާންފެށިއެވެ. އޭނާ އަދި މިހާތަނަށް ދުވަހަކުވެސް މައިންބަފައިންގާތު ދޮގެއްހަދާފައެއްނުވެއެވެ. އެކަމަކު މިއަދުގެ ހާލަތު އޭނާއަށް މިކަމަށް މަޖުބޫރުކުރުވައިފިއެވެ. “ނޫން ކަމެއްވީއެއްނޫން ދެން ހަމަ ޖައްސާލަން، ކޮލެޖް ބްރޭކްވެސް ވީމައާއެއްކޮށް”. ޒައިޝާން ހަމަޖެހިލަމުން އެހެންބުނުމުން ޒީނާއާއި ޒިޔާން އެންމެ ރަނގަޅުކަމުގައި ބުންޏެވެ. މަންމައާއި ބައްޕަ، އެހާފަސޭހައިން އެކަމަށް އެއްބަސްވުމުން ޒައިޝާން އަވަހަށް ދިޔައީ މަންމަމެންނަށް ޝުކުރު އަދާކޮށްފައި ރަޔަންއަށް ގުޅާށެވެ.
އެޕާޓްމަންޓަށް އައިސް ޒައިޝާން އަވަސްވެގަތީ ރަޔަންއަށް ގުޅާށެވެ. ސޯފާގައި އިށީނދެ ރަަޔަންގެ ނަމްބަރަށް ގުޅާލިއެވެ. ނަސީބަކުން ދެތިންފަހަރު ރިނގުވީތަނުން ރަޔަން ފޯނުނަގައިފިއެވެ. “އޭ، މަންމަމެން ނަސީބަކުން ވަރަށް ފަސޭހައިން އޯކޭވެއްޖެ އެހިއޭ ކީއްކުރަންހޭ، މަ ބުނިން ވަކި ކަމަކުއެއްނޫނޭ”. ޒައިޝާން ފޯރިއަރާފައި ބުންޏެވެ. “އާނ، މަގޭ މަންމަމެންވެސް އޯކޭ، އެކަމް މަށަށް ދެވެންއޮތީ އަންނަ ހަފްތާ ޒިވްގެ މަންމަމެން ފުރީމަ”. ރަޔަން އެހެންބުނުމުން އެއްބަސްވެފައި ޒައިޝާން ފޯނު ކުރުކޮށްލިއެވެ. ސޯފާއަށް ހަށިގަނޑު ދަމާލާ، ލޯމަރައިގެންއޮތް ޒައިޝާންއަށް ތެދުވަން މަޖުބޫރުވީ ބެލްއަޅާލި އަޑަށެވެ. ނަމަވެސް، ތަޅުނުލައިހުއްޓަ ބެލްއަޅަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ދެފަހަރު ތަކުރާރުކޮށް ބެލްއަޅާލުމުން ޒައިޝާން ތެދުވެގެންގޮސް ދޮރުހުޅުވާލިއެވެ. ދޮރުހުޅުވި ވަގުތު ކުރިމަތީގައިހުރި އަންހެންކުއްޖާ ފެނިފައި ޒައިޝާން ހައިރާންވިއެވެ. އަތްދިގު ކަޅުކުލައިގެ އާދައިގެ ޓޮޕަކާއި، ނޫކުލައިގެ ޖިންސެއްލައިގެން ހުރިއިރު ރާޅުބާނީ އިސްތަށިގަނޑުވަނީ މިނިވަންކޮށްލާފައެވެ. ހެދުންއެޅުމުގެ އާދައިގެ ސްޓައިލެއް ހުއްޓަސް، ހަމުގެ އަލިކަމުންނާއި، ލިބިފައިވާ ގަދައަޅިކުލައިގެ ދެލޮލުން އެ އަންހެންކުއްޖާ ފެންނަމުންދިޔައީ ބޭރުކުއްޖެއްފަދައިން، ނުހަނު ހިތްގައިމުކޮށެވެ. އެކުއްޖާގެ ރީތިކަންފެނި ޒައިޝާންއަށް ހުރެވުނީ ކަޅިވެސްޖަހާނުލާ ބަލަހައްޓައިގެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި، ކަރުކެހިލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. “ޒީ…ޒީނައްތަ ދި….ދިންއެއްޗެއް ހަވާލުކޮށްލަންވެގެން”. އަތުގައިހުރި ތަށިތައް ދައްކާލަމުން އެކުއްޖާ ބުނެލިއެވެ. އެކުއްޖާ އެހެންބުނުމުން ޒައިޝާން އިތުރަށް ދޮރު ހުޅުވާލާ އެކުއްޖާ ވަންނަން ތަންދެއްކިއެވެ. “އަމްމް… ތީ ކޮންކުއްޖެއް؟”. އަހަން ނާހަން ހުރެފައިވެސް ޒައިޝާން ސުވާލުކޮށްލިއެވެ. “އީޝަލް…..ޔޫ އާރ؟”. އީޝަލް ސުވާލުކޮށްލިއެވެ. “ޒައިޝާން…. ނައިސް ޓު މީޓް ޔޫ”. ޒައިޝާން އެހެންބުނުމުން އީޝަލް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ނިކުމެގެންދިޔައެވެ. އީޝަލް ދިޔުމުން ޒައިޝާންއަށް އިނދެވުނީ ބޭއިޚްތިޔާރުގައި އޭނާ ދިޔަކޮޅަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކު އެހެންހުރުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލާ ޚިޔާލުތައް ބޭރުކޮށްލިއެވެ. އޭނާއަށް މިވަނީ ކިހިނެއްހެއްޔެވެ؟. ރަނގަޅަށް ވިއްޔާ އެއީ، އޭނާގެ މަންމަ ސުޒީ ފޮނުވާލާފައި ގެނައިކުއްޖާއެވެ. އެހެންނޫނަސް، އެއީ މަންމަ އެގެއަށް އަންހެންކުއްޖަކު ގެނައި ފުރަތަމަ ފަހަރެއްނޫނެވެ. އަދި ދުވަހަކުވެސް އޭނާއަށް މިފަދަ ގޮތްތަކެއް ނުވެއެވެ. ސިކުންޑިއަށް އަންނަ ޚިޔާލުތަކުން މިންޖުވުމަށްޓަކައި ޒައިޝާން ލެޕްޓޮޕުނަގައިގެން އޭނާ ހަދަންޖެހޭ އެސައިންމެންޓު ހަދަންފެށިއެވެ.
މާލޭގެ ހަލަބޮލިމަގުތަކުން ހިނގަމުންދިޔަ ޒިވިޔަންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ވަގުތަކީ ހަވީރުގަޑިކަމުން މަގުމަތީގައި މީހުންގިނައެވެ. އިރުއިރުކޮޅުން އަތުގައިއޮތް ފޯނަށް ބަލާލަނީ، ނުތަވަސްވެފައިވާވަރު ފޮރުވާލުމަށެވެ. މަގުމަތިން ވަކި ހިސާބަކަށް ދިޔުމަށްފަހު ގޯޅިގަނޑަކަށް އަޅާލީ މީހުންމަދުވެފައި ގެޔަށްދާން ފަސޭހައަކަށެވެ. ނަމަވެސް ޒިވިޔަންއަށް ކުއްލި ސިހުމެއްލިބިގެނދިޔައީ މީހަކު ފަހަތުން އޭނާގެ އަނގަމަތީގައި އަތްއަޅައި ގަދަކަމުން ގެއަކާއި ދިމާލަށް ދަމައިގަތުމުންނެވެ. އެ ބާރުގަދަ އަތުން ރެކިގަންނަން ގަދަހަދަމުންދިޔަ ޒިވިޔަންގެ ހަށިގަނޑުގައި އެމީހަކު ހިފަހައްޓައިގެންހުރީ ހިރިލަންވެސް ނުކެރޭވަރަށެވެ. އިސާހިތަކު ޒިވިޔަންގެ ގައިން ވަރުދޫވާންފެށިއެވެ. އިތުރަށް މަސައްކަތްކުރިއަސް ސަލާމަތްނުވާނެކަން ޔަޤީންވުމުން ޒިވިޔަން ކުރަމުންދިޔަ މަސައްކަތް ހުއްޓާލިއެވެ.
އެމީހާ ޒިވިޔަންގޮވައިގެން ވަނީ މަރާމާތުކުރަން ފަށާފައިވާ އިމާރާތަކަށެވެ. އެތަނަށް ވަތްގޮތަށް އެމީހާ ޒިވިޔަން އެތާހުރި ހަނި ދޭތެރެއަކަށްލައި، ނުދެވޭނެހެން ހައްޔަރުކުރިއެވެ. އޭރުވެސް އެމީހާގެ އަތްއޮތީ ޒިވިޔަންގެ އަނގަމަތީގައި އަޅާފައެވެ. “އިތުރަށް ތަދުވާން ބޭނުންނޫނިއްޔާ ގަދަނުހަދާތި، އެހެންނޫނަސް ޒިވިޔަން ސަލާމަތްކުރާކަށް ޕްރިންސް ޗާމިންގް ހެދިފަ ރަޔަންއެއް ނާންނާނެ….ދެން ދެވޭނީ އަހަރެން ހުއްދަ ދިނީމަ”. ނުރައްކާތެރި ހިނިގަނޑެއްޖަހާލަމުން އެމީހާ ޒިވިޔަންގާތު ބުނެލިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްލައި، ސްކާފަކުން މޫނުފޮރުވައިގެން ހުރުމުން އެއީ ކާކުކަން ޒިވިޔަންއަކަށް ނޭނގުނެވެ. ނަމަވެސް އޭނާގެ ސްކާފު އަޑީގައި ޖަހާފައިއޮތް ނަން ޒިވިޔަންއަށް ރަނގަަޅަށް ފެނުނެވެ. އެޒުވާނާއަށް ފޯނެއް އަންނަންފެށުމުން ޒިވިޔަންގެ އަނގަމަތިން އަތްނަގާލިއެވެ. “އެއްވެސް އަޑެއް ބޭރުކޮށްފިއްޔާ މާ ރީއްޗެއްނުވާނެ”. އަމުރުވެރިގޮތަކަށް އެމީހާ ބުނެލުމުން ޒިވިޔަން ބިރުގަތެވެ. “ޔެސް… ޝީ އިސް ވިތް މީ، ދެން ކިހިނެއްހަދަންވީ؟…..އާނ އޯކޭ”. އެމީހާ ވާހަކަދެއްކި ގޮތުން ޒިވިޔަން ބިރުން ތުރުތުރުއަޅަންފެށިއެވެ. “ޑޯންޓް ބީ ސްކެއާޑް ސްވީޓްހާޓް، އަހަރެން ޒިވިޔަންއަކަށް ކަމެއްނުކުރާނަން މިއަދަކު، މީ ދެން ޓްރެއިލާރ އެއްކަމަށް ދެކިލާ… އެކަމް ދެވޭނީ ފަސްހާސްރުފިޔާ މިވަގުތު ދިނީމަ”. އެމީހާ އެހެންބުނުމުން ޒިވިޔަން ލައިގެންހުރި ޖިންސުގެ ޖީބުން ފަސްހާސްރުފިޔާ ނަގާފައިދިނެވެ. “ހާދަ އަވަހަކަށް…. ދެން ތިވީގޮތުން މިޖެހުނީ އެހާ އަވަހަށް ދޫކޮށްލަންތާ ދޯ”. ޗޮކެއްކަނޑާލަމުން އެމީހާ ޒިވިޔަން ދޫކޮށްލިއެވެ. “އެކަމް، މިވާހަކަ އިތުރުމީހަކަށް އެނގުނިއްޔާ، އަހަންނަށްވުރެ ނުބައިމީހަކުނެތްކަން އަންގާލާނަން”. ޒިވިޔަން ދާންއުޅުމުން އެމީހާ ޒިވިޔަންގެ ކަންފަތްދިށުގައި ބުނެލިއެވެ.
ފައިގަހުރި ބާރެއްލާ އެތަނުން ނިކުތް ޒިވިޔަން ބަޑިފަޅައިގެންދިޔައީ މަގަށް ނިކުމެވުންނެވެ. ދެންމެ ޒިވިޔަންއަށް ދިމާވީ ކަންތައް ހިތަށްއެރުމުން ހިތްނުތަނަވަސްވާންފެށިއެވެ. ރަޔަންއާ ބައްދަލުކުރަންދާން ބަލާއަންނަން އުޅުމުންވެސް އެކަނިދާން ބޭނުންވީ ހިނގާލާފައިދާހިތުންނެވެ. އެވަގުތު އަތުގައި ފައިސާ ހުރިކަންވެސް ނަސީބެކޭ ޒިވިޔަން ހިތަށްއެރިއެވެ. ނޫންނަމަ މިއަދު އޭނާއަށް ވާނެގޮތެއް ހިތަށް އަރުވާލުމުންވެސް ގައިން ހީބިހިނަގައިގެންދެއެވެ. ރަޔަންބުނި ރެސްޓޯރެންޓަށް އަރާހަމަވުމުން ޒިވިޔަން، މޫނުފުހެލާ ހަމައަކަށްއެޅިލިއެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިއްޖެނަމަ ރަޔަންގެ ސުވާލުތައް އަމާޒުވާނެކަން ޒިވިޔަންއަށް އެނގެއެވެ. ރަޔަންއިން މޭޒާދިމާލަށް ދަމުން ޒިވިޔަން ހަށިފުރާ ނޭވާއެއްލިއެވެ. ނަމަވެސް ފޯނަށް ގެއްލި ހުސްވެގެންއިން ރަޔަންއަށް މި މަންޒަރެއްނުފެނެއެވެ. “ހާދަ ލަސްވީ، އަނެއްކާ ކަމެއް ދިމާވީތަ؟”. ރަޔަން އެއްސެވެ. “އާނ… މީ….ފޯނު ގެއްލިގެން ހޯދާހޯދާވެސް ނުފެނުން އެހެންވެ. ސޮރީ”. ޒިވިޔަން ދޮގުހެދިއެވެ. “އެހެންވެގެންދޯ އެވަރަށް ގުޅީމަވެސް ފޯނު ނުނެގީ….. އައިތޯޓް ޑާލިންއަށް ކަމެއްވީކަމަށް”. ރަޔަން އެހެންބުނުމުން ޒިވިޔަން އަތުގައި އޮތް ފޯނު ހުޅުވާލިއެވެ. ތެދެކެވެ. ރަޔަންގެ ވިއްސައްވުރެ ގިނަ މިސްޑްކޯލް ތިއްބެވެ. ރަޔަން އިތުރަށް މަޑުނުކޮށް ވެއިޓަރަށްގޮވާ، އޯޑަރުކުރިއެވެ. “ޒިވް، ކީހިނެއްވެފަތަ ތިހެން ތި އިންނަނީ؟”. “ގޮތަކަށްތަ މި އިންނަނީ”. ޒިވިޔަން ހިނިތުންވެލަމުން ބުންޏެވެ. “އެހެންދުވަސްދުވަހު އަބަދު އަނގަގަދަ ކޮށްލަކޮށްލާ އިންނަނީ، އެކަމް މިއަދު ކުއްލިއަކަށް ނެގިމަޑުވެފަ އިނީމަ”. ރަޔަންކުރި ސުވާލަށްދޭނެ ޖަވާބެއް ޒިވިޔަންއަކަށް ނޭނގުނެވެ. ހަޤީޤަތުގައި މިއަދު ހިނގައިދިޔަ ކަންތަކާމެދު ޒިވިޔަންއިނީ އަދިވެސް އިނީ ބިރުގަނެފައެވެ. “އެއީ…. ދެންމެ ނިދާ ހޭލީމަކަމަށްވާނީ”. ޒިވިޔަންއަށް އެންމެ އަވަހަށް ވިސްނުންޖަވާބެއްދިނެވެ. އޯޑަރުކުރި އެއްޗިހި އައުމުން ޒިވިޔަން ގެނައި އޮރެންޖް ޖޫސްތަށި އެއްނޭވާއިން ދަމާލާ، ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ޒިވިޔަންއަށް ކުއްލިއަކަށް މިއައި ބަދަލާމެދު ރަޔަންއިނީ ވިސްނާނެ ގޮތެއް ނޭނގިފައެވެ. ނަމަވެސް އިތުރަށް ސުވާލުކުރަން ނަހަދާ ޒިވިޔަންގޮވައިގެން ރަސްފަންނަށް ދިޔައެވެ. “ހިނގާބަ ގެއަށްދާން، ވަރަށް ބޮލުގަ އެބަރިއްސާ”. ރަޔަން ސައިކަލު ޕާކްކުރުމުން ޒިވިޔަން ބުނެލިއެވެ. ޒިވިޔަން ބޭނުންވީ ރަޔަންއަށް އިތުރަށް ޝައްކުވުމުގެ ކުރިން، އޭނާގެ ކުރިމަތިން ދާށެވެ. “ދެން އިހަށް އާދެބަ، ޒިވްކައިރި އިނދެގެން އިރުއޮއްސޭ މަންޒަރު ބަލާލާ ހިތުންނޭ މިގެނައީވެސް”. ޒިވިޔަން ގައިގައި ނުހަނު ލޯބިން ބައްދާލަމުން ރަޔަން ބުނެލިއެވެ. “ނޫން، މިހާރަކުއެއްނޫން ޕްލީޒް، ދެން ދޫކޮށްބަ”. ޒިވިޔަން، ރަޔަން ގާތުން ދުރަށްޖެހިލުމުން ރަޔަންއަކަށް އިތުރަށް ކެތެއްނުކުރެވުނެވެ. “އޯލްރައިޓް ދެޓްސް އިޓް، ތި ވެގެންއުޅޭ އެއްޗެއް ބުނެބަ، ބޮލުގަ ރިއްސާތީއެއްނޫން ޒިވް ތިޔުޅެނީއެއް، އެހެންނޫނީ ނިދާހޭލިމައެއްވެސްނޫން. އަހަންނަށް އެނގޭ ޒިވްއަށް ކޮންމެސް ބޮޑުކަމެއްވެއްޖެކަން”. ރަޔަންއަށް ޝައްކުވުމުން ޒިވިޔަންއަށް އިތުރަށް ބުނާނެ އެއްޗެއްނޭނގުނެވެ. ރަޔަންކައިރި ދޮގުހެދުމަކީ ޒިވިޔަން ދުވަހަކުވެސް ކޮށްފައިނުވާކަމެއްކަމުން ޒިވިޔަންއަކަށް އެކަންކުރަން ފަސޭހައެއްވެސް ނޫނެވެ. “މިބުނީއެއްނު ބޮލުގަ ރިއްސާތީއޭ… ދެން ގަބޫލުނުކުރެވެންޏާ ޒިވް ބުނަންވީ ވަކި ކީކޭތަ”. ޒިވިޔަން ވާހަކަައްކަމުންދިޔަގޮތުން އެހަދަނީ ދޮގުކަން ރަޔަންއަށް ރަނގަޅައްވެސް އެނގުނެވެ. ނަމަވެސް ދޮގު ހަދަންވީ ސަބަބެއް ހަމައެއްގޮތަކަށްވެސް ރަޔަންއަކަށް ނުވިސްނުނެވެ. “އެންމެ ރަނގަޅު، އެހެންމަ ޒިވްއަށް ވެގެންއުޅޭ ގޮތެއް ކިޔައިދޭ ހިއްވާ މީހަކަށްގޮސް ކިޔާދީ”. ރަޔަން ސައިކަލު ސްޓާޓްކޮށްލަމުން ބުނެލިއެވެ. ޒިވިޔަން ކަނޑައެޅިގެން އެނގިހުރެވެސް ދޮގުހެދުމުން ރަޔަން ހުރީ ހިތްހަމަނުޖެހޭގޮތް ވެފައެވެ. “އަރާ”. ހަރުކަށިގޮތަކަށް ރަޔަން އަމުރުކޮށްލިއެވެ. ރަޔަން ހިތްހަމަނުޖެހުނުކަން އެނގުމުން ޒިވިޔަން އެވާހަކަތައް ކިޔާދޭންވެސް ހިތަށްއެރިއެވެ. ނަމަވެސް ބޮލުތެރޭގައި އެނބުރެމުންދިޔައީ އެމީހާ ބުނި ވާހަކައެވެ. “އެކަމަކު، މިވާހަކަ އިތުރުމީހަކަށް އެނގުނިއްޔާ، އަހަންނަށްވުރެ ނުބައިމީހަކުނެތްކަން އަންގާލާނަން”. ޚިޔާލުތަކަށް ގެނބެމުންދިޔަ ޒިވިޔަން ކުއްލިއަކަށް ހަމަބިމަށް އާދެވުނީ ރަޔަން ބަރުގޮނު އަޅާލުމުންނެވެ. އެހެންކަމުން، އިތުރަށް ރަޔަން ރުޅިއަރުވަންނަހަދާ ޒިވިޔަން ރަޔަންގެ ސައިކަލު ފަހަތަށް އެރިއެވެ.
ދުއްވާ އެއްޗެހިން ފުރިބާރުވެފައިވާ މާލޭގެ މަގުތަކުން ރަޔަން ސައިކަލު ދުއްވަމުންދިޔައިރު އިރުއިރުކޮޅުން ލޯގަނޑުން ޒިވިޔަންއާ ދިމާލަށްް ބަލާލައެވެ. ނަމަވެސް ގެއާހަމައަށް ދެވެންދެންވެސް އެދެމެދުގައި އެއްވެސް ވާހަކައެއްނުދެއްކެއެވެ. ޒިވިޔަން ގެއާހަމައަށް ފޯރުމުން ސައިކަލުން ފައިބާ ރަޔަންގެ ކުރިމަތީގައި ހުއްޓުނެވެ. ރަޔަންގެ އަތްމަތީގައި ޒިވިޔަންއަތް ބާއްވާލުވުންވެސް އިސްއުފުލާ ބާލާވެސްނުލުމުން، ޒިވިޔަން ގެއަށް ވަންނަން ހިނގައިގަތެވެ. ގެއަށް ވަންނަމުން ފަހަތަށް އެނބުރި ބާލާލިވަގުތު ފެނުނީ ރަޔަން ދިޔަތަނެވެ. ރަޔަން އަޅާނުލާ ދިއުމުން ޒިވިޔަންގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް ޒިވިޔަންއަށް ނޭނގުނުކަމަކީ، އޭނާއާ ރަޔަންގެ މެދުގައި ޖެހުނު މައްސަލައަކީ ބައެއްގެ މަކަރުވެރި ރޭވުންކަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Mi part vx vrh reethi Masha Allah sis 💗
6 mins read araafa ineema i was shocked how do you get that much time?
rayan and zaishaan they know each other so well
mihaaru i am jealous of them
poor ziv dhw
dhn you know ehnu dhw nubunyas loabi vaakan
loabiveyyyy vrb bodukohhh 😘😘😘
THANK YOUUUU LEESHAAA
hehe vaguthakee hoadheema libey ehchekeyy….. mihaaru novey kuraane vaki kamehh
yeahhh they dooo
dont be jealousss hehe
arn dhwww
yepp i knowwww hehe
loabiveyyyy bodukohhhhh toooooo
Haiii dearrr
Mi part vess vrhh reethi ma sha allah.. soo curious to know what happen next.. cant wait for next ep❤️
Ilyyy❤️❤️
heloo shihaaa
Thank youuuu soo muchh
next episode coming out sooon IA
ILYY MOREEE