Skip to content
އެސްފިޔަ

ކުށަކީ ކޮބާ؟

އާދައިގެ މަތިން ދުވެހެކެވެ. ރަނާ ތައްޔާރު ވަމުން ދިޔައީ ސްކޫލަށް ދިޔުމަށެވެ. ހުދާއި ނޫ ކުލައިގައި ހުރި އެ ޔުނިފޯމް ލައިގެން އަވަހަށް ތައްޔާރު ވަމުން ދިޔަ ރަނާ ބެލީ ގަޑި ނުޖެހި ސްކޫލަށް ދެވޭތޯ އެވެ.

 

ރަނާގެ ބައްޕަ ރަނާ ގޮވައިގެން ސްކޫލް ގޭޓާ ހަމައަށް ދެވުނު ކަމެއް ނޭނގި ރަނާ ސައިކަލުން ފުންމާއިގެން ސްކޫލް ތެރެއަށް ދެމިގަތެވެ. އެސެމްބްލީ ނިންމާލުމަށް ފަހު ރަނާ އޭނާގެ އެކުވެރިންނާއި ވާހަކަ ދައްކަމުން ކްލާހަށް ވަނެވެ. އެއިރު ކްލާސް ތެރޭގާއި ލަމްހާ ހުއްޓެވެ. ” ދަ މިއުޓް ވަން ” ގެ ނަމުން ލަމްހާ މުޅި ސްކޫލް ތެރެއަށް މަޝްހޫރު ވެފައި ވަނީ އެއްވެސް ކުއްޖަކާ ނުވަތަ ޓީޗަރަކާ ވާހަކަ ނުދައްކާ ކުއްޖަކަށް ވީތީ އެވެ.

 

ހަމަ އެކަނި މުސްކުޅި މާމަ އަކު ބަލަމުން ގެންދާ ލަމްހާ ގިނަ ދުވަހު ސްކޫލަށް އަންނަ އިރު މޫނު ގެ އެކި ތަންތަން ނޫފައިގަނެފައި ހުރެ އެވެ.

 

ކްލާސް ސެޝަން ތައް ނިމެމުން ގޮސް އިންޓަރވަލް ގަޑި ޖެހިއްޖެވެ. އިނޓްރވަލް ކޮށް ނިންމާލުމަށް ފަހު ރަނާ އާއި އޭނާގެ އެކުވެރިޔާ ފާހަނާ އަށް ދިޔައީ އަތް ދޮވެލުމުގެ ބޭނުމުގަ އެވެ. އޭގެ އިރު ކޮޅެއް ފަހުން ލަމްހާ އައިސް ފާހަނަ އަށް ވަދެއްޖެއެެވެ. ފާހަނާ ދޮރު ނުޖެހެނީސް ފާހަނާ ތެރެއަށް ފިރިހެނަކު ދެމިގަތީ ބަސް ބުނާހާ އަވަހަށެވެ.

 

” ވަޓް ދަ..” ރަނާ އަށް ބުނެވުނެވެ. ވާނީވެސް އެހެން ތާއެވެ. އަންހެން ކުދީންގެ ފާހަނާ ތެރެއަށް އެ ދެމިގަތީ ގާތް ގަނޑަކަށް 16 އަހަރުގެ ފިރިހެނަކަށް ވާތީއެވެ. އިރުކޮޅެއް ނުވަނީސް ލަމްހާގެ ހަޅޭކުގެ އަޑުން މުޅި ތަން ގުގުމާލިއެވެ. ރަނާ އާއި އޭނާގެ އެކުވެރިޔާ ބަލާކަށް ނުހުރެ އެލް.ޓީ. ރޫމް އަށް ގޮސް ވީ ގޮތުގެ ކުޑަ ތައާރަފެއް ދިނެވެ. އެލް.ޓީ އާއި އެކު ދެ ތިން އަންހެން ޓީޗަރުން ފާހަނަ އަށް ވަނެވެ.

 

އެއިރު ވެސް ލަމްހާ ގެ ވޭނީ ހަޅޭކުގެ އަޑު މެދު ނުކެޑެއެވެ. ފާހަނާ ދޮރު ވައްޓާލާފައި ޓީޗަރުން އެތެރެ ބެލި އިރު ލަމްހާގެ ހެޔެއް ނެތެވެ. ގަޔަކު ފޭރާމެއް ނެތް އިރު މުޅި ގައި އޮތީ ލެއިން ކަޅިވެފައެވެ. ހަމަ އެއްވެސް ކަމެއް ވީ ހެނެއް ހީނުވެ އެ ފިރިހެން މީހާ ހުރީ ވިހަ ގަދަ ހިނިތުންވުމެއް ދީގެންނެވެ. ޖީބުން ނެގީ ކުޑަ ވަރެއްގެ ވަޅިއެކެވެ. ” އަހަރެން ދާން ޖާގަ ހަދާ، ނޫނީ ” ވަޅި ސީދާ ޓީޗަރުން ދިމާލަށް ދިއްކޮށްގެން ހުރެ އޭނާ އެހެން ބުނެލީ ބަރު އަޑަކުންނެވެ.

 

ޓީޗަރުން އޭނާ އަށް ބަލާލީ ބިރުވެރި ނަޒަރަކުންނެވެ. އަދި އެއް ފަރާތަކަށް ޖެހިލިއެވެ. ނަމަވެސް އެލް.ޓީ. ގެ ބެކްއަޕް ޕްލޭނާ އެކު އޭނާ ހުއްޓުވުނެވެ. ވަގުތުން ފުލުސް ސްޓޭޝަނަށް އޭނާ ގެންދެވުނު އިރު ލަމްހާ ގޮވައިގެން މަރުކަޒަށް ގެންދެވުނެވެ.

 

ފުލުހުންގެ ތަހުގީގުން އެނގުނީ އެއީ ލަމްހާ އާއި އަޅައިގަނެގެން އުޅޭ ފިރިހެނެއް ކަމެވެ. ރައްޓެހި ވާން އެހުމުން ލަމްހާ ނޫނެކޭ ބުނުމުން ހިފި ބަދަލެއް ކަމުގައި އޭނާ ބުންޏެވެ. އަދި އެއީ ފުރަތަމަ ފަހަރު ނޫން ކަމަށް ވެސް އޭނާ ވަނީ އެއްބަސް ވެފައެވެ. ލަމްހާގެ ފަރާތުން އެނގުނު ގޮތުގައި އެ މީހާ އަށް ކިޔަނީ ލަޔާން އެވެ. ރަށުން ބޭރު ފިރިހެނެކެވެ. 15 އަހަރުގެ ޖަލު ހުކުމަކައް އޭނާ އަށް އިއްވުނު ނަމަވެސް މާ ބޮޑު ދެރަ އެއް އޭނާ އަށް ލިބުނު ހެނެއް ހިޔެއް ނުވެއެވެ.

 

ލަމްހާ އެހާ މަޑުން ހުންނަ ސަބަބަކީ އެއީ ކަން އެނގުމުން އެންމެންނަށް ވެސް ހަމްދަރުދީ ވެވުނެވެ. ނަމަވެސް އެ ދުވަހަށް ފަހު ލަމްހާ ސްކޫލަކަށް ނާދެއެވެ. އެހެން ކަމުން ރަނާ އާއި އޭނާގެ އެކުވެރިން ލަމްހާ އާއި ބައްދަލު ކުރަން ދެއެވެ.

 

އޭގެ ދެ ތިން ދުވަސް ފަހެވެ. މުޅި ސޯޝަލް މީޑިއާ އަށް ލަމްހާ ގެ ފޭރާމެއް ނެތި ނަގާފައިވާ އެކިއެކި ފޮޓޯ ތައް ވަނީ ލީކް ކޮށްފައެވެ. އެ ދުވަހު ލަމްހާ މެން ގެއަށް ރަނާ މެން ދިޔަ އިރު ފެނުނީ ލަމްހާ ގެ ފުރާނަ ނެތް މަސްގަނޑެވެ. ” އައި ކާންޓް ޓޮލެރޭޓް ދަ ހިއުމިލިއޭޝަންސް އެނީ މޯ. އައިމް ސޮރީ ރަނާ އެންޑް ޔުއާރ ފްރެންޑްސް. އެންޑް ތޭންކްޔޫ.” މި ނޯޓް ކޮޅު ފެނުމާ އެކު ރަނާ އަށް ބިމަށް ތިރިވެ ރޯން ފެށުނެވެ.

 

– ނިމުނީ –

 

ނޯޓް: މިއީ އަޅުގަނޑު ދިޔަ ސްކޫލް ޓްރިޕް އެއްގައި އަޅުގަނޑު ހުރި ގޭގެ ކުއްޖަކު ކިޔާދިން ހަގީގީ ހާދިސާ އެއްގެ މައްޗައް ބިނާ ކޮށް ލިޔެވިފައިވާ ވާހަކަ އެކެވެ.

 

Comments (6)

  1. UN-KNOWN

    Nice!!
    I think u are very talented!!
    Keep going gurrrl!!
    ❤️❤️❤️

  2. Your fav bab

    Thank you UN-KNOWN
    ❤️❤️❤️

  3. UN-KNOWN

    Nice!
    Ur talented

    1. Your fav bab
      UN-KNOWN

      Thanx

  4. UNKNOWN_07

    Heloooooo
    This story is really intrestinggg and i lovedddd itt.
    You have done a great job bringing it to lifee. But always remember that every story has its charm and space to grow.
    Looking forward to readd moree from youuuuu
    LYYYYY 🙂

    1. Your fav bab
      UNKNOWN_07

      Thank you so much UNKNOWN_07
      Happy to hear that 😊
      LYT

Comments are closed.