Skip to content
އެސްފިޔަ

ޒެވިއަން 32

“ބައްޕަގެ… ފޮޓޮއެއް ލިބިދާނެތަ؟” ލިލިއާ އެއްސެވެ. ލިލިއަން ހީލާފައި ލިލިއާއަށް އަލޫކްއާއި އެކު އޭނާ ނަގާފައިވީ ފޮޓޯއެއް ދިނެވެ. “ބައްޕާ… އައި ލަވް ޔޫ ސޯ މަޗް.. އަދި ކިރިޔާ ލިއާއަށް ބައްޕަ މިފެނުނީވެސް” ލިލިއާގެ ދޮންކޯތާފަތުގައި ކަރުނައިގެ ރޮނގެއް ދެމިލީ ބަސްބުނާހާ އަވަހަށެވެ.

***2 ހަފްތާ ފަސް***

ހަވީރުގެ ވަގުތެވެ. ކްލާސް ނިންމާފައި މާވީ ހިނގައިގަތީ ޔަޝާ ބަލައި ނިމްރާމެން ގެއަށެވެ. އެގެއަށް ދިޔަ މަގުމަތީގައި މާވީއަށް ޔަޝްއަލް ފެނުނެވެ. ޔަޝްއަލް އަށް ވެސް މާވީ ފެނުނެވެ. އެދުވަހަށްފަހު ޔަޝްއަލް ފެނުނު ފުރަތަމަ ފަހަރަށް ވުމުން މާވީގެ މުޅި ހަށިގަނޑުން ހީބިހި އަރައިގެން ދިޔައެވެ. “ޔަޝްއަށް ހަމަ ކެއްވޭތަ އެބަ ދަރިފުޅު ދެކިލަން ނާހިސް؟” ޔަޝްއަލް ހިނގައިގަތުމުން މާވީ އެއްސެވެ. އެއާއި އެކު ޔަޝްއަލްގެ ފިޔަވަޅުތައް ހުއްޓުނެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ.

“ޔަޝް ހެޔޮނުވާނެ. ހިނގާބަ ބޭބީ އުރާލަން.. ޔަޝޫ އެބޮޑުވަނީ ބައްޕައަކާ ނުލާ. ވީބޭނުމެއްނޫން ވީއަށް ވީހެން ޔަޝޫއަށްވެސް ވާކަށް. ޕްލީޒް ޔަޝް..” ޔަޝްއަލްގެ މުލައްދަނޑީގައި ހިފާލަމުން މާވީ ބުންޏެވެ.

“ނޯ ތެންކްސް. އެކުއްޖަ ބައްޕައަކާއި ނުލާ ބޮޑުކުރަން ބޭނުންނޫނީ މާވީ މީހަކާ އިންނަންވީނުން؟ އަހަރެން އެކުއްޖާ ބޭނުމެއް ނޫން. އަހަރެން މިއުޅެނީ މީހަކާ އިންނަން. މިހާރު ރަންވެސް ކިޔައިފިން” ޔަޝްއަލް ބުންޏެވެ.

ޔަޝްއަލްގެ ޖަވާބާއި އެކު މާވީ ހައިރާންވިއެވެ. މާވީ އެއީ ޔަޝްއަލްއަށް އެއްވެސް އެއްޗަކަށް ނުވިނަމަވެސް ރަނގަޅެވެ. ނަމަވެސް ޔަޝާއެއީ ޔަޝްއަލްގެ ލެޔެއްނުން ހެއްޔެވެ؟

އެހެން ހެދުމުގެ ކުޅަދާނަ ޔަޝްއަލްއަށް ލިބުނީތީވެސް މާވީ ހުރީ ކޮސްވެފައެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން މާވީއަށް އިސްޖަހާލެވުނެވެ. ވަގުތުގެ ބޭނުން ހިފާފައި ޔަޝްއަލް ހިނގައިގަތީ ހިތްމަތީ ހިލަގަނޑެއް ބާއްވާފައެވެ.

އެނދުމަތީގައި އޮތް ޒެވިއަންގެ ދެލޮލުން ހޫނު ކަރުނަތިއްކެއް ވެއްޓުނެވެ. އެއްވެސް ރަހުމެއް ނެތި ޒެވިއަންގެ ކޯތާފަތުގައި ބީހިލާފައި އެކަރުނަ ތިކިވެއްޓުނެވެ. އެދުވަހަށް ފަހު 2 ހަފްތާވެގެން ދިޔައިރުވެސް ޒެވިއަންގެ ހާލަކީ މިއީއެވެ.

އެންމެ ހިނދުކޮޅަކަށްވެސް ދެލޮލުން ކަރުނަ ނުހިނދެއެވެ. ޒެވިއަން އެޕްލައި ކުރި ކޯހަށް ވަދެވުމުންވެސް އޭތިވެސް ކެންސަލްކޮއްފައި ޒެވިއަން އަބަދުހެން އެއޮންނަނީ ގޭގައެވެ. މިމަންޒަރު ވެގެން ދަނީ ލުބައިނާގެ ހިތްފިސްފިސް ވެގެންދާ މަންޒަރަކަށެވެ.

“ދަރިފުޅާ.. އެއްޗެއް ކާލަންވީނުން؟ މިހުރީ މަންމަ ދަރިފުޅަށް އެންމެ މީރު ކަޓްލަސް ހަދާދީފަ. ތެދުވެބަ ޕްލީސް” ލުބައިނާ ބުންޏެވެ. “ނުވޭ އެއްވެސް އެއްޗެއް ކާހިތެއް މަންމާ… ހަމަ މިހެން އޮންނަ ހިތްވަނީ” ޒެވިއަން ބުންޏެވެ.

“އެކަމަކު ދަރިފުޅާ. ތިހެން އެއްޗެއް ނުކައި އަޅެ ހުސް ފެނުންނޭ ދަރިފުޅު ދިރިތިއޮތީ މިއޮށް ހާދުވަހު. މިހާރުވެސް ތިހުރީ ދަރިފުޅު ހިކިފަ ހުރިވަރު.. ޕްލީޒް ދަރިފުޅާ ތިހެން ނަހަދާ…” ކަރުނަވީ ދެލޮލާއި އެކު ލުބައިނާ ބުންޏެވެ.

“މަންމާ.. ޒެވް ވަރަށް ލޯބިވޭ ނޫދެކެ. ނޫ އެހެން ނެހެދި ނަމަ މިހާރު އަހަރެމެން ތިބޭނީ ކައިވެނި ކޮއްގެން… އެކަމަކު… ނޫކީއްވެ އެހާ ގޯހީ؟” ތުންފިއްތާލާފައި ޒެވިއަން ޝަކުވާ ކޮއްލީ ކުޑަކުއްޖެއް ފަދައިންނެވެ.

“ހުއްޓާލާ ދަރިފުޅާ. އިންޝާ ﷲ އަދި ރަނގަޅުވާނެ. އެކަމަކުވެސް ޕްލީޒް. ކާލަބަ. މަންމަ މޮޔަވެދާނެ އެހެން ނޫނީ..” ލުބައިނާގެ ރުއިމުގެ އަޑު އަހަން ކެއްނުވެގެން އެންމެ ފަހުން ޒެވިއަން ތެދުވިއެވެ. ހިތްވަރުކޮއްލާފައި މަންމަ އަތުން ކާލިއެވެ. ނަމަވެސް މެޔަށް ބަރުވެފައި ހުރުމުގެ ސަބަބުން ކެވުނީ އެންމެ ތިނެއްޗެވެ.

“އޯކޭ ތިވަރުވެސް. ދެން ފަހުން ކާލާނީދޯ އަނެއްކާ؟” ލުބައިނާ ވަރަށް ލޯބިން ބުންޏެވެ. ޒެވިއަން ހިތިހިނިތުންވުމަކާއި އެކު ބޯޖަހާލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލޯގަނޑު ކުރިމަތީގައި އިން ނުހާ ހީވަނީ މަރުމައްޔިތެއް ހެންނެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތްއިރު، ދެލޯ ވަނީ ވަޅުވަދެފައި. ރީތިވާ މޭޒު މަތީގައި އިން ފައުންޑޭޝަން ފުޅި ނަގާ އެހުރިހާ ކުލައެއް ނުހާ ދިޔައީ ވަންހަނާ ކުރަމުންނެވެ. ނުހާއަކީ ދުވަހަކު މޭކްއަޕް ނުކުރާ ކުއްޖަކަށް ވީނަމަވެސް މިއަދު އޭނާއަށް އޭގެ ބޭނުން ޖެހިއްޖެއެވެ. ނޫނީ ހުރިހާ ހަގީގަތެއް ފަޅާއަރަން ހިނދުކޮޅެއްވެސް ނުނަގާނެކަން ގައިމެވެ.

ހަށިގަނޑުގައި އެއްވެސް ވަރެއް ނެތްނަމަވެސް ޒެވިއަން ތެދުވިއެވެ. ނުހާ ދެކިލަން ދިޔުމަށެވެ. ފައިބުޑައް ވެއްޓި ނުހާއަށް އާދޭސް ކުރުމަށެވެ. އޭނާގެ ކުށަކީ ކޮބާތޯ އެހުމަށެވެ. ކަޅު ކުލައިގެ ކުރު ސޯޓު ކޮޅަކާއި އެކު، ކަޅު ޓީޝާޓްއެއް ލާފައި ޒެވިއަން ގެއިން ނުކުމެގެން ދިޔައީ ލުބައިނާއަށްވެސް ނޭނގިއެވެ. ލަސް ހިނގުމުގައި ޒެވިއަން ދިޔައިރު އޭނާގެ މަންޒިލަކަށްވީ ނުހާމެން ދިރިއުޅެމުންދާ ގެޔެވެ.

ނިދިނިދި އޮތް އަލާޔާއަށް ހޭލެވުނީ ލުބައިނާ ދޮރު ހުޅުވާފައި ވައިން އަޑަށެވެ. ލުބައިނާގެ މޫނުމަތީގައިވީ ހާސްކަމުން އަލާޔާގެ ނިދިގަނޑުގޮސް ވަނީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. “ކިހިނެތްވީ ދޮންތާ؟؟” އަލާޔާ ހާސްވެފައި އެއްސެވެ. “ޒެވް ކޮބާތަ؟ ކޮޓަރިއަކު ނެތް..” ހާސްވެފައި ހުރެ ލުބައިނާ އެއްސެވެ. އަލާޔާވެސް ހާސްވިއެވެ. ލުބާން ގޮވައިގެން އަލަކާއާއި އެކު އަލާޔާއަދި ލުބައިނާ ހިނގައިގަތީ ނުހާމެން ގެއަށެވެ.

ކުޑަކުޑަ ޔަޝާ ނިންދަވަން އޮތް މާވީގެ ދެލޮލުން ކަރުނައަންނަމުން ދިޔައެވެ. މިރޭ އޭނާގެ ހިތަށް ވަރަށް ތަދުވެއްޖެއެވެ. ދެން ދުވަސްކޮޅަކުން ޔަޝްއަލް އަކީ އެހެން މީހެއްގެ ހައްގެކެވެ. މީހެއްގެ ފިރިއެކެވެ. އެކަން ވެގެން ދިޔައީ މާވީއަށް ގަބޫލުކުރަން އުނދަގޫވީ ޙަބަރަކަށެވެ.

މާވީ އުންމީދުކޮއްގެން ހުރީ ކޮންމެވެސް ދުވަހަކުން ޔަޝްއަލްއަށް ވިސްނި އޭނާއާއި ޔަޝާ ގާތަށް އަންނާނެކަމަށެވެ. ނަމަވެސް މިއަދު މާވީއަދި ޔަޝާވެސް ޔަޝްއަލްގެ ހިތުން ނެރެލައިފިކަން ޝައްކެއްނެތް މިންވަރަށް މާވީއަށް ޔަގީން ވެއްޖެއެވެ.

މާވީ އުނގުމަތީގައި، ގާތުން ބޯން އޮތް ޔަޝާގެ ބޮޑު ދެލޯ ހުއްޓިފައިވީ މާވީގެ މޫނަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މީގެ ކުރިން ދުވަހަކުވެސް މާވީ ޔަޝާ ކުރިމަތީގައި ރޮއެފައެއް ނުވެއެވެ. ވަމުން ދިޔަގޮތް ޔަޝާއަށް ނޭނގުނު ނަމަވެސް އެކުޑަކުޑަ ސިކުނޑިއަށް މަންމަ އޭނީ ދެރަވެފައިކަން ދެނެގަނެވުނެވެ.

އަތް ހިއްލާލާފައި މާވީ ކޯތާފަތުގައި ފިރުކެމުން ދިޔަ ކަރުނަތައް ޔަޝާ ފުހެލަދިނެވެ. މާވީގެ ނަޒަރު އެވަގުތު ހުއްޓުނީ އުނގުގައި އޮތް ޔަޝާއަށެވެ. މާވީ ބަލައިލުމުން ޔަޝާ މައުސޫމް ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. މާވީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ނޫނެކެވެ. މާވީ އެކަންޏެއް ނުވެއެވެ. މާވީ ގާތުގައި ޔަޝާ ހުންނާނެއެވެ. އަބަދުވެސް ހުންނާނެއެވެ. މާވީއަށް ހިނިތުންވެވުނީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ. “މަންމި ވަރަށް ލޯބިވޭ..” ޔަޝާގެ ހަށިގަނޑު ގަޔާ ގާތްކޮއްލަމުން މާވީ ބުންޏެވެ.

ނުހާމެންގޭ ދޮރާށިހުޅުވާލާފައި ވައިން ޒެވިއަންގެ ފިޔަވަޅުތައް މަޑުޖެހުނީ މީހަކު ވާޙަކަދައްކާ އަޑަށެވެ. ނަމަވެސް ޒެވިއަން ކުރިއަށް ޖެހިލިއެވެ. އެއާއި އެކު ޒެވިއަންގެ ހިތް ހުއްޓުނު ފަދަ އިހްސާސްއެއް ކުރެވުނީ ކައިވެނީގެ ހެދުމުގައި އިން ނުހާ ފެނިފައެވެ. ޒެވިއަން އަކަށް ނުހާ ގާތުގައި އިނީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް އެމީހުން ފަހަތުގައި ޖަހާފައި އިން ބޯޑުން ޒެވިއަންއަށް ހުރިހާއެއްޗެއް ސާފުވެގެން ދިޔައެވެ. “ޔަޝްއަލް…؟” ޒެވިއަންގެ އަޑު ނިކުތީ ވޭނުން ފުރިގެން ވާރާގެއްގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. aanaa

    masha allah mi partt vss vrhh reethiii
    wth nuhaa r yash’al marry kuranyyy😳😭…
    alheyyy noooooo😭…
    yash’al ah vs force kury dhww…nuhaa ahvs…i think eii lilia n lilian ge kmh hn…curiously waiting…when next???tcc lyy❤

    1. shihaamaa ali
      aanaa

      Jazaakallah khairann❤️
      I dont knowww😭👀👀👀
      Hehe shihaa akh neynge balamaa dhw dhn..
      Tc 2 nd lyt❤️

  2. Shaf_maan

    Maasha Allah mi prt vx vrh reethi
    Nooooooooooooo
    What nu and Yash’al are marrying????
    Alhey who was it, kury prt ga nu ah govi??? Was it Lilia
    Xevv 😭😭😭
    Pls shiherr🙏🙏🙏 xevv ah thihn nuhadhaa😭😭😭
    Btw last 2 prt vx vrh reethi
    Sry for not cmmting
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali
      Shaf_maan

      Jazaakallah khairan dear
      Hehe neynge dhww balamaa i think 35 or 36 hisaabuga ingeyne kaaku kan erey nuha ah ehn hedhy hehe..
      Jazaakallah khairan and its okay ehe
      Tc n lytt❤️

Comments are closed.