Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 21)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
June 3, 2025 3 Mins Read
0 Comments

’އޯކޭ… ވެއިޓިން…‘ޝާއީ ހީލަމުން ބުނެލިއެވެ.އިތުރު ވާހަކައެއް ނުދައްކާ އަހަރެމެން ކެއުމައިގެން ކުރިއަށް ދާން ފެށި ވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައެވެ.ލަޔާލީގެ މެސެޖެކެވެ.ޝާއީގެ ޖަވާބަކަށް އޭނާވެސް ކެތްމަދުވެފައި ހުރި ވާހަކައާއި ސެޓަޕާއި މެދު ހިތްހަމަ ޖެހޭނެކަމަށް އުންމީދު ކުރާ ވާހަކަ ބުނެފައެވެ.އަހަރެން ރިޕްލައި ދޭން ނުހަދައި އަހަރެންގެ ހުރިހާ ސަމާލުކަމެއް ޝާއީއަށް ހުސްކޮށް ލީމެވެ. އޭރު އޭނާ ދައްކަނީ ކާ އެއްޗެހި މީރު ވާހަކައެވެ.

****

ކައި ނިމުމުން ތަށިތައް ނަގައި މޭޒުމަތި ހުސްވުމުން ދެން ބުނެބަލާށޭ ބުނާ ފަދައަކުން ޝާއީ އަހަންނަށް ނަޒަރެއް ދިނެވެ.އެވަގުތު އަހަރެން އަތް ދަމާލައި ޝާއީގެ އަތް ތިލައިގައި މަޑުމަޑުން ހިފައިލީމެވެ.ޝާއީ ވަގުތުން އަހަންނާ ހަތަރު ކަޅި ހަމަކޮށްލީ ހައިރާންވެފައި އިން މީހަކު ފަދައިންނެވެ.

****

’ޝާއީ… މިވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ…ދެން ބޭނުމެއް ނޫން ވާހަކަ ދިގު ދަންމާކަށްވެސް…ޝާއީ…އައި…އައި…ހޭވް ފޯލެން ފޮރ ޔޫ…‘ ޝާއީއާއި ހަތަރުކަޅި ހަމަކޮށްގެން އިނދެ އަހަރެން ބުނެލީމެވެ.އޭރު ޝާއީގެ އަތްތިލަ ފިނިކަމުން އޭނާ ހިތް އަވަސްވެފައި އިން ވަރު އަހަންނަށް އަންދާޒާ ކޮށްލެވުނެވެ.

****

’ވަޓް!‘ ޝާއީގެ އަޑުގައި ހައިރާންކަން އެކުލެވުނު ނަމަވެސް އެ މޫނުން  ހިތްހަމަ ނުޖެހުމުގެ އަސަރެއް ފާޅެއް ނުވިއެވެ.އެއީވެސް ފެހި ސިގުނަލެއް ކަމުގައި އަހަރެން ނިންމީމެވެ.

****

’ޔާ ޔޫ ހާރޑް އިޓް ރައިޓް ޝާއީ…‘ޝާއީ ބަލަން  އިން ގޮތުން އުނދަގޫވެގެން އަހަރެން ތަކުރާރުކޮށްލީމެވެ.އެވަގުތު ހިނިތުންވުމެއްގެ އަސަރު އެ ތުންފަތުން ފާޅުވެލިއެވެ.

****

’ ހިނގާބަލަ އަހަންނާއެކީ…‘.އަހަރެން ޝާއީގެ އަތަށް މަޑު ލަތްކެއް ޖަހައިލަމުން ބުނެލީމެވެ.ޝާއީ އެއްވެސް އެއްޗެކޭ ބުނުމެއް ނެތި ތެދުވެގެން އަހަރެންްގެ ފަހަތުން އައެވެ.އަހަރެން ފިޔަވަޅުތައް މަޑު ޖައްސާލައިފައި ޝާއީ އާއި މަގަތަށް އެނބުރި އޭނައާއި ހަތަރުކަޅި ހަމަކޮށް ލީމެވެ.ސުވާލުގެ ނަޒަރަކުން ޝާއީ އަނެއްކާވެސް އަހަންނަށް ބަލައިލި އެވެ.އަހަރެން ފުން ނޭވާއެއް ދޫކޮށްލައިފައި އަހަރެންގެ ހިތުގެ މުރާދު ޝާއީއަށް ހާމަކޮށްދޭން ފެށީމެވެ.

****

’ޝާއީ… އަހަރެން ބޭނުމެއް ނޫން ވަގުތުތަކެއް ބޭކާރު ކޮށްލާކަށް…އައި ޑޯންޓް ވޯންޓް ޓު ޑޭޓް ޔޫ ޝާއީ… އަހަރެން ބޭނުމީ އުމުރަށްވެސް ތިއީ އަހަރެންގެ މީހަކަށް ހަދަން…ޝާއީ…ވިލް ޔޫ މެރީ މީ؟‘ އެއް ކަކޫ މައްޗަށް ތިރިވެ އަހަަރެންގެ ޖީބުން ނެގި ރަތްކުލައިގެ މަޚުމާ އަނގޮޓި ފޮށި ހުޅުވައިތަން ފެނި ޝާއީގެ ދެލޯ ބޮޑުވިއެވެ.

****

’ޒައިފް…!‘ ޝާއީގެ އަޑުގައިވަނީ ސިހުމެވެ.

’ޝާއީ ވިލް ޔޫ މެރީ މީ…؟‘ އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔަ ހިތަކާއިއެކު އަހަރެން އެ ސުވާލު ތަކުރާރުކޮށްލީމެވެ.

’ޔެސް…..‘ ޝާއީ ބުނެލީ ކިރިޔާ އިވޭހާ މަޑު މަޑުން ނަމަވެސް އޭނާގެ ޖަވާބު އިވިފައި އަހަރެން ވީ އުފަލުގެ ކޮޅެއް ނެތެވެ.ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރާލިއެވެ.ޝާއީގެ ކަށި އިނގިލީގައި އަނގޮޓި އަޅުވައިލުމުން ޝާއީ އެ އަނގޮޓީގެ ރީތިކަމަށް ތައުރީފް ކޮށްލިއެވެ.ދެވަނަ ސިކުންތު އޭނާ އަހަންނަށް ބަލައިލީ ލޯބިން ފުރިފައިވާ ނަޒަރަކުންނެވެ.

****

’ޒައިފް އައި ޑިޑިންޓް އެކްސްޕެކްޓް ދިސް…އެޓް އޯލް. ވަރަށް ވަރަށް އުފާވެއްޖެ… ދި ފީލިންގްސް އާރ މިއުޗުއަލް…އައި ވޯޒް ގޮނަ ޓެލް ޔޫ ދެޓް އައި ހޭވް ފޯލެން ފޮރ ޔޫ ޓޫ…އެކަމަކު އަހަންނަށް  އެ ފަދަ ހިތްވަރެއް ނުލިބިފައި ހުއްޓާ ޒައިފް ތި ފަސްޓް މޫވް މޭކް ކުރީ…އަހަންނަކަށް ނޭނގެ މި އިހުސާސްތައް ކިޔައިދޭނޭ ގޮތެއްވެސް..‘ ޝާއީގެ ދެލޮލުގައިވެސް ވަނީ އުފާވެރިކަމުގަ ކަރުނަ އެވެ.އަހަރެން ދެއަތް ހުޅުވައިލުމުން ޝާއީ އައިސް އަހަރެންްގެ މޭގައި ބޮނޑިވެލިއެވެ.

****

’ޝާއީ ޕްލީޒް އަހަންނަށް ވެއިޓް ކުރައްޗޭ… އައިނޯ ޝާއީ މާލޭގައި ދިރިއުޅެން ބޭނުން ނުވާކަން…ބަޓް އިޓްސް އަ ސެކްރިފައިސް ޔޫ ހޭވް ޓު މޭކް…އަމް ސޮރީ އެބައުޓް ދެޓް.. ބަޓް ޔުކެން ވިޒިޓް އިނގޭ..މާލެ ގޮއްސަ އެޕާޓްމަންޓެއް ނަގައިފަ ފެމިލީއަށް އަންގައިފައި އަހަރެން ވީހާވެސް އަވަހަކަށް އަންނާނަން ޝާއީ ބަލައި…‘ އަހަރެން ޝާއީގެ ލޯބި މޫނުކޮޅު އަހަރެންގެ ދެއަތުތެރޭގައި ޖޯޑުކޮށްލަމުން ބުނެލީމެވެ.

****

’އައިލް ވެއިޓް ފޮރ ޔޫ…އައި ނިއު ސޫނަރ އޯރ ލޭޓަރ އަހަރެން މާލެ ބަދަލުވާން ޖެހޭނެކަން…ދޮންތަ ހުރީ މަންމައާއި ބައްޕަވެސް މާލެ ގެންދާގޮތަށް ނިންމައިގެން މިހާރު…ދޮންތައާ ދެކޮޅަށް އެ މީހުން ބަހެއް ނުކިޔާނެ…މިއޮއް ހުރިހާ ދުވަހުވެސް އެ މީހުން ނުގެންދެވިފައި އެ ހުރީ އަހަރެން ގޮތުގައި ހިފެހެއްޓީމައި…އެކަމަކު ތިވީ ގޮތުން އަމް ވިލިން ޓު ޑޫ އިޓް ނައު…މެރީ ކޮށްފައި ޒައިފްއާއި ދުރުގައި ދިރިއުޅޭކަށް އަހަރެންްވެސް ބޭނުމެއް ނޫން.އެންޑް ޑޭޓް ކޮށް ކޮށްފައި ވަގުތު ބޭކާރު ކުރާކަށް މިހާރު އަހަރެންވެސް ބޭނުމެއްނޫން…އޭގެ ހިތި ވެސް ފެނިއްޖެ…ޒައިފް އަހަރެން ބަލައި އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން…‘ ޝާއީ ބުނެލިއެވެ.

****

’އަދި މަޑުކޮށްބަލަ… އެ އަނޫ ގަނޑު މިރޭ އަހަރެން މެރީ ކުރާނެ މީހެއް އެނގޭނީ އަހަންނަށޭ ކިޔައިގެން މިރޭ އެ އަނގަ ގަދަކުރީ މިކަންތައް އެނގިގެން ދޯ؟އެހެންވިއްޔާ ޔަގީން ލަޔާގެ އަތެއްވެސް ވާނެކަން މިކަމުގަ…‘ޝާއީ ކުއްލިއަކަށް ބުނެލިއެވެ.

’އޮބްވިއަސްލީ…ދިސް ވޯޒް އޯލް ހާރ އައިޑިއާ…‘ ޑިނާރ ސެޓަޕަށް އިޝާރާތް ކޮށްލަމުން އަހަރެން ބުނެލީމެވެ.

’އައި ނިއު އިޓް… އަހަރެން އަބަދުވެސް ލަޔާ ކައިރީ ކިޔަން ބީޗް ޕްރޮޕޯސަލް އަކީ ޑްރީމްއެކޭ…އެންޑް ނައު ޔޫ ބޯތް މޭޑް އިޓް ހެޕަން…އިޓްސް މެޖިކަލް. ޖަސްޓް ފޮރ މީ… އެންޑް އޮފްކޯޒް ތެންކިއު ޒައިފް…ފޮރ މޭކިން މީ ފީލް ސޯ ސްޕެޝަލް.‘ ޝާއީ ބުނެލިއެވެ.

’ދެން އޮތީ ޝާއީގެ ފެމިލީއަށް މިކަން އެންގުން.އައިނޯ ފޮރ އަ ފެކްޓް އަނޫ ދެކޮޅެއް ނުވާނެކަން…ލެޓްސް ސީ ދޯ‘ އަހަރެން ވަރަށް ހިތްހަމަ ޖެހިފައި ބުނެލީމެވެ.

’ހިނގާ ދަމާ…‘ ޝާއީ އަހަރެންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.އަހަރެން ޝާއީއާއި އެއް ހަމަ އެއްގައި ފައި ހެޔޮވަރުކުރަމުން އެއްގަމަށް އަރަން ހިނގައިގަތީ ޝުކުރުން ފުރިފައިވާ ހިތަކާއިއެކުގައެވެ. މިހާރު ޝާއީއަކީ އަހަރެން ހިތުގައި ފޮރުވައިގެން އުޅުނު ލޯތްބެއް ނޫނެވެ.މިހާރު އެއީ އަހަރެންގެ ’ފިއޯންސޭ‘ ނުވަތަ އިންނަން އުޅޭ ކުއްޖާއެވެ.

****

އަހަރެމެން ގެއަށް ދިޔައިރު އަނޫކްއާއި ލަޔާލީ އަދި އައްޒާމްއާއި ނަޔާންވެސް ތިބީ ޖޯލި ފަތީގައި އަހަރެމެންނާއި ދިމާ ކުރަންވެގެން ރެޑީގައެވެ.އަހަރެމެން އަތު ގުޅުވައިގެން ވަތް ތަން ފެނި އެންމެން އޮހޮހޯއޭ ކިޔައި ދިމާކޮށްލިއެވެ.ލަޔާލީ އަވަސްވެގަތީ ޝާއީގެ ކަށި އިނގިލީގައި އޮތް އަނގޮޓި ބަލައިލުމަށެވެ. އޭނާ ޝާއީގެ އަތުގައި ހިފައިގެން އަނގޮޓިއަށް ފާޑު ކިޔައި، ތައުރީފު ކުރަމުން ދިޔައިރު އަނޫކްއާއި އައްޒާމްއާއި ނަޔާން އައިސް ހީވީ އަހަރެން ލަދުން އަވަދި ކޮށްލަން އުޅުނު ހެންނެވެ.

****

އެ ސަކަރާތެއްގައި އުޅެނިކޮށް ލަޔާލީއަށް ފޯނެއް އައިސްގެން އޭނާ އެކަހެރިވެލިިއެވެ. އޭނާ ކުއްލިއަކަށް ’ވަޓްއޭ‘ ކިޔައި ރޮއެގެން އަޑަށް އެންމެން ސިހިފައި އެދިމާލަށް ނަޒަރު ހުއްޓައިލިއެވެ.އަނޫކް ވަގުތުން ލަޔާލީގެ ގާތަށް ލެފިލިއެވެ.ވާނުވާއެއް ނޭނގިފައި ތިއްބާ ދެން ފެނުނީ ލަޔާލީ ހެޔަށް ގޮތް ވެގެން އަރި އަޅައިލި މަންޒަރެވެ.ލަޔާލީ ބިމުގައި ނުޖެހެނީސް އަނޫކްއަށްވެސް އޭނާގެ ގައިގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ.

 

 

ނުނިމޭ.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ފުރަތަމަ ނަޒަރުން 14

Next

ހުއްދަ ދޭނެބާ މަށަށް…

Next
June 3, 2025

ހުއްދަ ދޭނެބާ މަށަށް…

Previews
June 3, 2025

ފުރަތަމަ ނަޒަރުން 14



All Right Reserved!