ހިތް އެދެ ޔާރާ ތިއޭ – 13
މެންދުރުގެ އަވިބާރު ވަގުތެވެ. މާލޭގެ މަގުތަކުން އިވެމުން ދިޔައީ އެކިއެކި އުޅަނދުފަހަރުގެ އަޑުތަކެވެ. ދުންޔާ ބޭރަށް ދާން ތައްޔާރުވެގެން ހުއްޓާ ޔާދިން މީޓިން ނިންމާފައި ގެއަށް އައިސް ވަދުނެވެ. އޭރު ދުންޔާ އިނީ ޔާދިންގެ އިންތިޒާރުގައި ސޯފާގައި އިށީނދެގެންނެވެ. “އަހަރެން އެބަ އަންނަން ކުޑަކޮށް ފެންވަރައިލާގެން.. އަހަރެންގެ ގަމީހެއް އިސްތިރިކޮށްދެވިދާނެތަ؟..” ޔާދިން މަޑުމައިތިރިކަމާއިއެކު އަހައިލިއެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ދޫނިގެ ބަނޑަށް އަދިވެސް ތަދުވޭތަ؟ ތަދުވަންޏާ އޯކޭ ނުކޮށްދިނަސް.” ޔާދިން ބުންޏެވެ. “މިހާރު އޯކޭ..” ދުންޔާ އަވަސް އަވަހަށް ބުންޏެވެ. ފިރިމީހާ އަލަށް ކަމަކު ބުނުމުން އެކަން ނުކޮށްދީ ހުންނާކަށް ދުންޔާގެ ހިތެއް ނުރުހުނެވެ. ޔާދިން ކޮޓަރިއަށް ދިޔުމުން ދުންޔާވެސް ޔާދިންގެ ފަހަތުން ވަދުނެވެ. ޔާދިން އޭނަ ލައިގެން ހުރި ގަމީސް ބާލައި އުނަގަނޑުގައި ތުވާލި އައްސައިލާގެން ފާހަނައަށް ވަދުނެވެ. ޔާދިންއާއި ދިމާލަށް ނުބަލާން ނަދުރު ބުނެގެން ހުރި ފަދައިން ދުންޔާ ހުރީ ޔާދިންގެ ރަތްކުލަޔާއި ކަޅުކުލައިގެ ރޮގުދެމި ގަމީސް އިސްތިރިކުރަންށެވެ.
***ޕާޓް 13***
ކުއްލިއަކަށް ދުންޔާ ސިހިގެން ދިޔައީ މީހެއްގެ އަތެއް އޭނަގެ ބަނޑު ވަށައިލިކަމުގެ އިހްސާސެއްވުމުންނެވެ. ދުންޔާއަށް ސިހިފައި ތެޅިގަނެވުނެވެ. “ހަމަ އަހަރެންނަށް ނުބަލާންތަ ތި ހުންނަނީ” ދުންޔާގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލަމުން ޔާދިން ބުނެލިއެވެ. ދުންޔާގެ ނޭވާ އޭނަގެ ކަރުތެރޭގައި ތާށިވިފަދައެވެ. ހަށިގަނޑަށް ހަރަކާތެއް ގެންނަން ނުކެރިފައި ދުންޔާ ހުއްޓެވެ. ދުންޔާގެ ކޮނޑުގައި ހިފާ ޔާދިން އޭނަޔާއި ދިމާލަށް ދުންޔާ އަބުރައިލިއެވެ. ޔާދިން ހުރިގޮތުން ދުންޔާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. ޔާދިން ހުރީ ތިރިން މަޑު ނޫކުލައިގެ ޖިންސެއްލައިގެންނެވެ. އޭނަގެ މަތީހަށި ހުރީ ހާމައަށްށެވެ. “އިސްތިރިކޮށް ނިމުނީތަ؟” ދުންޔާއާއި ހަތަރުކަޅި ހަމަކޮށްލަމުން ޔާދިން އަހައިލިއެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “އެހެންވިއްޔާ ތި ގަމީސް އަހަރެންނަށް ލައްވައިދޭންވިނުން؟” ޔާދިންގެ ލޮލުގައި ލާނެތްކަމުގެ ވިދުމެއް ހުއްޓެވެ.
ދުންޔާއަށް ލަދުން އިސްޖަހައިލެވުނެވެ. ޔާދިން ލާނެތް ގޮތަކަށް ހީލައިގެން ހުރެ ގަމީސް އޭނާގެ ހަށިގަނޑަށް ހެޔޮވަރުކޮށްލިއެވެ. އެހެންނަމަވެސް ގަމީހުގެ ގޮށްތައް އެޅުވުމެއްނެތި ދޫކޮށްލާފައި ޔާދިން ބެހެއްޓިއެވެ. އޭރު ޔާދިންގެ ބަނޑުގައި ހުރި ‘ސިކްސްޕެކް’ ހުރީ ހާމައަށްށެވެ. “ގޮށްތައް އަޅުވައިލެވިދާނެތަ ދޫނީ..” ދުންޔާގެ މޫނަށް އަރާ ކުލަވަރު ބަލަން މަސައްކަތް ކުރަމުން ބޯއަރިކޮށްލަމުން ޔާދިން ބުންޏެވެ. ދުންޔާ ރަކިވެފައި ހުރި ނަމަވެސް ޔާދިން އެދުނު ގޮތަށް ކަންތައް ކޮށްދޭން ފެށިއެވެ. ޔާދިންގެ މޫނާއި ދުންޔާގެ މޫނު ހުރީ ޖެހޭ ނުޖެހައި ކައިރީގައެވެ. ޔާދިންގެ ހޫނު ނޭވާތައް ދުންޔާގެ ދޮން މޫނަށް އެޅެމުން ދިޔައެވެ. ޔާދިންގެ އާފްޓަރ ޝޭވްގެ އާވި ވަސް ދުންޔާގެ ނޭފަތުގައި ޖެހުމުން ދުންޔާއަށް ފުންނޭވާއެއް އެތެރެއަށް ދަމައިލެވުނެވެ.
ޔާދިންގެ ގަމީހުގެ ގޮށްތައް އަޅުވަމުން ދިޔައިރު ދުންޔާއަށް ދިޔައީ ޔާދިންގެ ފިރެހެންވަންތަ ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ، އޭނަގެ ބަނޑުގެ މަސްތައް އެތުރި ހެދިފައިވާ ހަގޮޅިއަށް ބެލެމުންނެވެ. ގޮށްތައް އަޅުވައި ނިމުމުން ދުންޔާ ދުރުވެލަން އުޅުނެވެ. އެހެންނަމަވެސް ދުންޔާ ދުރުވާން ކުރި މަސައްކަތް ބޭކާރުވެގެން ދިޔައެވެ. ޔާދިންގެ ބޮޑު އަތްތިލަ ދުންޔާގެ ހިމަ އުނަގަނޑުގައި އަޅުވައިލާ ޔާދިންގެ ހަށިގަނޑާއި އިތުރަށް ކައިރިކޮށްލިއެވެ. ޔާދިން މަޑުމަޑުން ދުންޔާގެ ތުންފަތާއި ތުންފަތް ކައިރިކޮށްލިއެވެ. ދުންޔާގެ ފަރާތުން ދައުވަތަކަށް އެދޭ ފަދައަކުން ދުންޔާގެ ދެލޮލަށް ނަޒަރު ހިންގައިލިއެވެ. ޔާދިންގެ ދެލޮލުގައިވީ މަސްތުކަން ފެނި ދުންޔާގެ ދެފައިކޮޅުން ވަރުދިޔައެވެ. ދުންޔާ ލޯ މަރައިލުމުން ޔާދިން ދުންޔާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތު ފޮނިމީރުކަން ހާސިލްކުރިއެވެ.
ދެމަފިރިންގެ ދުރުވެލިއިރު ދެމީހުންނަށްވެސް ދިޔައީ އަވަސް ނޭވާތަކެއް ލެވެމުންނެވެ. އޭރު ދުންޔާގެ ތުންފަތުގެ ކުލަ އިތުރަށް ރަތްވެލިއެވެ. ޔާދިންއަށް ދުންޔާއާއި ދުރުވާން މަޖުބޫރުވީ އޭނަގެ ފޯނު އެލާރމްވާ އަޑުއިވުމުންނެވެ. “ގަޑި ޖެހެނީ.. ހިނގާ އަވަހަށް ދާން.. މިއަދު ބޭރުން ކާގެން އަންނާނީ ދޯ..” އެއްވެސް ކަމެއް ނުވާ ފަދައަކުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ޔާދިން ވާހަކަ ދެއްކިއެވެ. ދުންޔާވެސް މަޑުމަޑުން ހުރެ ބޯޖަހައިލިއެވެ. ޔާދިންގެ ކާރަށް އަރައިގެން ދެމަފިރިން މިސްރާބުޖެހީ ޓްރީޓޮޕް ހޮސްޕިޓަލާއި ދިމާލަށްށެވެ. ކާރުގެ ހަމަހިމޭންކަން ގެއްލުނީ ކާރުގެ ރޭޑިއޯއިން އަންނަމުން ދިޔަ ލަވައިގެ ސަބަބުންނެވެ.
ކާރު ދުއްވަން އިން ކައިލް މައިރީންގެ ޖުމުލައިން ސިހިގެން ދިޔައެވެ. “ވަޓް؟؟؟” ކައިލްއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. މައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. “ކިހިނެތްވީ؟ އެއީ ކައިލް ބޭނުންވާ ގޮތެއް ނޫންތަ؟ އަހަރެން މި ކޭސް ދޫކޮށްލީމަ ކައިލްއަށް މާ ރަނގަޅުވާނެ..” މައިރީން މަޑުމަޑުން ބުންޏެވެ. މައިރީންގެ އަޑުގައިވަނީ ހިތާމައިގެ އަސަރުތަކެވެ. ކައިލް ފުންނޭވާއެއް ދޫކޮށްލާ ހަމަޖެހިލިއެވެ. “އަހަރެން އެރޭ ބުނީ ބުނެގެން ވާނެ އެއްޗެއްނޫން.. އަހަރެން ހީކުރީ ކިޔާގެ ޑެތްގެ ސަބަބުން އެންމެ ހާޓްވީ އަހަރެންނާއި މަންމައަށްށޭ.. އަހަރެން އޭރު ހިޔެއް ނުކުރަން މައިރީންއަކަށް އެކަމުގެ ސަބަބުން އެހާ ބޮޑު ހިތާމައެއް ލިބޭނެކަމަށް-” ކައިލް ދައްކަމުން ދިޔަ ވާހަކަ މައިރީން މެދު ކަނޑައިލިއެވެ.
އޭރު މައިރީންގެ ދެލޯ ފެންކަޅިވެއްޖެއެވެ. “ކައިލް އައި ސޯ ކިޔާ.. މައިއަށް ފެނުނޭ އެއެންމެން ކިޔާ ރޭޕް ކުރިތަން.. މައިއަށް އޭރު އެންމެ ތޭރަ އަހަރޭ.. މައި ހާދަވަރަކަށް ރުއީމޭ.. ހާދަ ވަރަކަށް އާދޭސް ކުރީމޭ ކިޔާއަށް އެހެން ނަހަދާ މައިއަށް އެ އަނިޔާ ދޭން.. ކިޔާގެ ރުއިން.. އެމީހުންގެ ނުލަފާ ހުނުން.. މައިގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުއްޓޭ އެތައް އަހަރެއްވީ އިރުވެސް.. މިހާރުވެސް މައިއަށް ނިދާއިރު ހުވަފެނުންވެސް ފެނޭ އެރޭ ވީ ކަންތައް.. މައި އަމިއްލަ ނަފްސު ހާދަ ވަރަަކަށް ކުއްވެރި ކުރީމޭ..” މައިރީންއަށް އެހެން ބުނެވުނުއިރު އޭނައަށް ގިސްލަގިސްލާފައި ރޯން ފެށުނެވެ. މައިރީންގެ ވާހަކަތަކުން ކައިލްގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. މައިރީންގެ ރުއިން އަޑުއިވި ކައިލްގެ ހިތް ފިތޭ ފަދަ އިހްސާސެއް ކުރެވުނެވެ.
ކައިލް އަވަސް އަވަހަށް ކާރު ޕާކިން އޭރިއާއެއްގައި ޕާކް ކުރުމަށްފަހު ޑްރައިވަރު ސީޓްއިން ނިކުމެ މައިރީން އިން ފަހަތު ސީޓްގެ ދޮރު ހުޅުވައިލާފައި ވަދުނެވެ. އޭރުވެސް މައިރީންއަށް ދިޔައީ ގިސްލަ ގިސްލާފައި ރޮވެމުންނެވެ. މައިރީންގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. މައިރީންގެ ހަށިގަނޑުގައި ހިފާ ކައިލް، މައިރީން އޭނަގެ މޭގެތެރޭ ފޮރުވައިލިއެވެ. އެއާއެކު މައިރީންގެ ހޫނު ކަރުނަތަކުން ކައިލް ލައިގެން ހުރި ޕޮލިސް ޔުނީފޯރމް ތެންމަމުން ދިޔައެވެ. އެހެންނަމަވެސް ކައިލް އެކަމަކަށް އެއްވެސް ވަރަކަށް އިސްކަމެއް ނުދިނެވެ. މައިރީން ރޯނެ ވަރަކަށް ރޯން ފުރުސަތު ދީގެން ކައިލް ހުއްޓެވެ.
ކުޑައިރުކޮޅަކު ރޯލުމަށްފަހު މައިރީން ދުރުވެލިއެވެ. “ސޮރީ” މަޑުމަޑުން މައިރީން ބުންޏެވެ. “ނޯ ނީޑް.. އަހަރެން ސޮރީ ބުނަންޖެހޭނީ މައިރީންއެއްނޫން… އައިމް ސޯ ސޮރީ މައި.. އަހަރެން މައިރީންއާ ދިމާލަށް ކިޔުނު ހުރިހާ އެއްޗަކަށް މާފަށް އެދެން.. އިޓް ވޯސް ނެވާރ ޔުއާރ ފޯލްޓް.. އެކަމުގެ ބްލޭމް އަޅުވަން އަހަރެން ބޭނުންވީ ކޮންމެސް މީހެއްގެ ބޮލުގަ.. އެކަމް ޔޫ ވާރ އޯލްސޯ އަ ވިކްޓިމް.. ހޫ ސަރވައިވްޑް.. އެންޑް ހޫ އިޒް ސޯ ސޯ ސްޓްރޯންގް.. ކިޔާގެ ކުއްވެރިންނަކީ އެ ގޭންގް މީހުން.. އަހަރެމެން އެކަކުވެސް ނޫން.. އަންޑަރސްޓެންޑް؟” މައިރީންގެ މޫނުގައި އޭނަގެ ދެއަތުން ހިފައްޓަމުން ކައިލް މައިރީންއަށް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. މައިރީން މަޑުމަޑުން ބޯޖަހައިލިއެވެ. “ކިޔާގެ ކޭސްވެގެންދާނީ ވަރަށް އުނދަގޫ ކޭސްއަކަށް.. އަހަރެން އެކޭސްއަށް ބޭނުންވާނެ.. ވަރަށް ހިތްވަރުގަދަ، އިންސާފަށް ލޯބިކުރާ ތަންކޮޅެއް މޮޔަ ލޯޔަރެއް.. އަހަރެންނަށް އެކަހަލަ ކުއްޖެއް ހޯދިދާނެ ތަނެއް އެނގޭތަ؟” މައިރީން ހެއްވައިލުމުގެ ގޮތުން ކުޑަކޮށް ކައިލްގެ ބޯތިރިކޮށްލަމުން މައިރީންއަށް ބަލައިލަމުން އަހައިލިއެވެ.
ކައިލްގެ ވާހަކައިން މައިރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޔޫ ވޯންޓް މީ؟” މައިރީން ހައިރާންވެ ހުރެ އޭނަގެ މޭގައި އަތް ޖައްސާލަމުން ބުންޏެވެ. ކައިލް ބޯޖަހައިލިއެވެ. “އެކަމަކު ކައިލް ބުނީމެއްނުން މައިއާއެކު މަސައްކަތް ކުރަން އުނދަގޫވާނެއޭ..” މައިރީން މަޑުމަޑުން ބުންޏެވެ. “އަހަރެން މީ ދެން އެހާ ރައްޓެހިން ގެންގުޅޭ މީހެއްނޫން.. ނޭނގެ އެހާ ގިނަ ލޯޔަރުންނެއްވެސް.. އެނގޭ ލޯޔަރަކަށް ހުރީ ބޯހަމަ ނުޖެހޭ ނިޔަފަތި ކަޑާ ދައްޗަކުން އަމިއްލަ ނަފްސް ދިފާއު ކުރަން އެނގޭ، އަހަރެންނަށް އެހާ އަނިޔާ ކުރާ ލޯޔަރުގަނޑެއް.. ދެން ކޮންމެސް ވަރެއްވާނެތާ ލޯޔަރެއް ކައިރީގަ ހުރިއްޔާ ނޫންތަ؟” ކައިލް ހިނިއައިސްފަ ހުރެ ބުންޏެވެ.
ކައިލްގެ ވާހަކައިން މައިރީންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. “ހަމަ މައިއަށް މަލާމާތް ނުކޮށްލާ ކައިލްގަނޑަކަށް ނުހުރެވެޔޭ ދޯ..” މައިރީން ކަޅިއަޅައިލަމުން ބުންޏެވެ. ކައިލް ހިނިގަނޑެއް ޖަހައިލިއެވެ. “އެހެންވީމާ.. ޓައިނީ ޕާވް އަހަރެންގެ ލޯޔަރަކަށް ވެދީ ކޮންމެސް ވަރެއްގެ ސުލްހަވެރިކަމާއިއެކު މި ކޭސް ހައްލު ކުރަން އަހަރެންނަށް އެހީތެރިވެދޭނަންތަ؟” ހިނިއައިސްފައިހުރެ މައިރީންގެ އަތުގައި ހިފައިލަމުން ކައިލް އަހައިލިއެވެ. މައިރީން ކަޅި އަނބުރައިލުމަށްފަހު ހޫންއެއް ލައްވައިލިއެވެ. “ގްރޭޓް.. އެހެންވީމަ މާދަމާ ސްޓޭޝަންއަށް އަންނަންވާނެ.. އަހަރެން ދޭނަން ކޭސް ފައިލްތައް.. މިގަޑީ ޓައިނީ ގެއަށް ލާދޭން ދާނީ މާދަމައަށް ރެޑީ ވާތި!..” އަމުރެއް ކުރާ ފަދައިން ކައިލް ބުންޏެވެ. އެއަށްފަހު ކުރީ ސީޓްއަށް އަރައި ކާރުގައި މައިރީންގެ ގެއަށް ދާން މިސްރާބުޖެހިއެވެ.
ހަވީރުއަތައް އެޅިއިރަށް ވިއްސާރަވުމުން އައިނާ ހުރީ ގެޔަށް ދާން ހަދާނެ ގޮތެއް ނޭނގިފައެވެ. ވާރޭވެހޭއިރު މާލެއިން ކާރެއް ހޯދުމަށް މަސައްކަތް ކުރުމަކީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމެކެވެ. އޮފީސް ދޮރުމަތީ މަޑުކޮށްގެން ހުއްޓާ ފަހަރަކު މީހެއް ޑިޔުޓީ ނިންމާފައި ދާންފެށިއެވެ. އައިނާ ސިހުނީ ކުއްލިއަކަށް މުޅިތަން އަލިވާވަރަށް ވިދާލުމަށްފަހު ޖަހައިލި ބާރު ގުގުރީގެ އަޑުންނެވެ. ހަމައެވަގުތު ކަޅުކުލައިގެ ކާރެއް އައިނާގެ ކުރިމަތީ ހުއްޓުނެވެ. އެހާ ވިއްސާރު ދުވަހަކު ކުއްލިއަކަށް ގޮތްނޭނގޭ ކާރެއް ކުރިމަތީގައި ހުއްޓުމުން އައިނާގެ ހިތުގައި އެތަކެއް ވަސްވާހެއް އުތުރިއަރައިގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha allah mi parttt vss vrhhh reeethiii
Awwww…yaadhinn rr dhunyaaa..sooo cuteeee..naseebeh dhwww kail ah visnunukan…mai r kail ulhey goi sifa vaa kahala😭…eii kaakuge car eh???yash’al ge tha???curiously waiting…when next???tcc lyy💜
Thank you sooo muchhh darling.. I’m glad U liked it.. hehe yeshh yaadhin men vrh cutee dhww.. yes emme fahun Kail men eh galakah araafi.. let’s see kaaku ge car eh thw eii dhww.. insha Allah next part fridayga.. tcc love you moreee 💜🦋
Hi maash
Sorry kuree part ah comment nukohlevuneema😭😭😭
3 weeks fahun term test fesheythee vrh busy…..
Avahah vagutheh v ma mi comment kohlee…
Anyways, mi part vx varah varah reethi…..
Karl and mai ge koalhun and yaadhin dunya ge bai vrh vrh reethi…..
I love this story….
Tc
Ly
Heyy pink girl..
Hehe no worries I’m happy to see your comment here.. Eid ah emmenge exams dhww hehe.. Maash ge exams vx mi moth 16 ga fesheyne..
Aww thank you sooo muchhh.. I’m happy U liked itt..
Aww I’m soo happy U like this story..
Tc
Love you moreee 💜🦋
Maasha Allah mi prt vx vrh reethi
Kail n mai ge prt. I think enme fahun mi dhe myhun hn gulheynee😂😂
Sry lst prt ga cmmn eh koh nulevunyma
Yaadhin n Dhunya vxx vrh cute dhw
Who is that aina balaa ais. I meant that car
So curious
Can’t wait for the next prt
Whn nxt??
Tc… Lysm Marsh 💜💜💜
Awww thank you sooo much.. I’m happy u like this part.. Hehe let’s see kail and mai gulhey thw dhww.. no worries darlll I’m happy to see Ur comment here..
Yeshhh yaahdin and dhunya are cuteee… Let’s see kaaku thw aina balaa aee dhww..
Next part insha Allah Friday ga..
Tc
Love you moreee💜🦋