އައު ދުވަހެއްގެ ހެނދުނެވެ. އުމުރުން 17 އަހަރު އަންހެން ކުއްޖެއް ގަދަ ނިދީގައި އޮތެވެ. އެ ޒުވާނާ ނިދީގައި ކުޑަ ކުޑަކޮށް ގިސްލަމުން ދިޔައެވެ. އިރުގަނޑެއް ފަހުން މީހަކު ކޮޓަރީގައި ޓަކި ޖަހާ އަޑު އިވުނެވެ.
”ދަރިފުޅާ އާރާ…….. އަވަހަށް ތެދުވޭ.“އައިސާ ނިކަން ލޯބިން ބުނެލިއެވެ.”ލައްބަ ދޮންތާ… މި ތެދުވަނީ.“ އާރާ ދެލޯ އުގުޅަމުން ބުންޏެވެ. އާރާ އެނދުން ތެދުވެފައި ފަހާނަ އަށް ވަދުނެވެ. މޫނު ދޮވެލައިގެން އައިސާ އަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދެން އެހީތެރިވިއެވެ.
ހެނދުނުގެ ނާސްތާ ކުރަމުންދިޔަ އިރު އާއިލާ ތެރޭގައި ވަރަށް ގިނަ ވާހަކަތައް ދެއްކިގެން ދިޔައެވެ.”އާރާ މިހާރު ތިހުރީ ސުކޫލު ވެސް ނިމިފައެއް ނުން…… ކޮން ދާއިރާ އަކުން ކިޔަވާނީ.“އައިސާ އަހާލިއެވެ. އައިސާ އަކީ އާރާގެ މަންމަ ނޫންނަސް އާރާ ބެލީ އަމިއްލަ ދަރިއެއް ގޮތުގައިއެވެ.”އާރު ބޭނުމީ ޑޮކްޓަރަކަށް ވާން.“ އާރާ އަނގަޔަށް ރޮށިކޮޅެއް ލަމުން ބުނެލިއެވެ.”އެހެން ތަ.“އަލީ ބުނެލިއެވެ.”ނޮންނި ބިޓެއް ހުރޭތަ؟“ ލައިސާ ވަރަށް ލާނެތް ގޮތަކަށް ބުނެލިއެވެ.”ހުރިހާ އެންމެނަކީ ލައި އެއް ނޫން ވީޔަ މަ ނޫޅެން ބިޓެއް ހޯދައިކަށް.“އާރާ ލައިސާއަށް ލޯ އަޅާލިއެވެ. ލައިސާގެ ހިނިގަނޑު ދިޔައީ ފަޅައިގެނެވެ.
ސައި ބޮއެ ނިމިގެން އާރާ ގޯތިތެރޭގައި އިންނަ އުނދޯލީގައި އަށީނިއެވެ.ހުރިހާ ކުދިންތައް ސުކޫލުގައިވުމުން އާރާ އިނީ ވަރަށް ފޫހިވެފައެވެ.”އާރާ ދޫނީ …… މަންމަމެން މިއަދު އަންނާނެއޯ.“އައިސާ ފަންގި ވިންނަން އިށީންނަމުން ބުނެލިއެވެ. އާރާގެ މަންމަ އާއި ބައްޕަ އާރާގެ އުމުރުން 14 އަހަރު ވަނީ ޖަރުމަނަށް ބަދަލުވެފައެވެ. އޭރުން ސުރެއް އާރާ ބަލައި ބޮޑު ކުރީ އާރާ މަންމަގެ ދޮންތައެވެ. އާރާ ހޫމް ލައްވާފައި ފޯނާއި ކުޅެން ފެށިއެވެ. އާރާގެ މަންމަމެން އަންނާތީވެ ވަރަށް ގަދަޔަށް އައިސާމެން ކައްކަމުން ދިޔައެވެ.”ދަރިފުޅުމެން ދޭ އަވަހަށް ފެންވަރައިގެން އަންނަން.“އައިސާ ހުރިހާ ކުދިން ކައިރީގައި ބުންޏެވެ.
**********************
އާރާ މަންމަމެން އަންނަ ތަނަށް ދިޔަ އިރު މޫނުމަތިން ފުރިހަމަ ހިނިތުންވުމެއް އިނެވެ. ނަމަވެސް މަންމަމެންނާއި އެކު ލޯންޗުން ފޭބި މީހާ ފެނި އާރާގެ ހިނިތުންވުން އެއްކޮށް ފިލިއެވެ. އާއެކެވެ. އޭނާ މި ދުނިޔޭން އެންމެ ނުދެކެން ބެނުންވި އެކަކެވެ.”ހެއި ނޮންނީ ވަޓްސް ރޯންގް.“ ލައިސާ އަށް އާރާގެ މޫނަށް އެރި ކުލަވަރު ފެނިފައި އަހާލިއެވެ. ”ނޮތިންގް …… ހިނގާ ދާން.“ އާރާ ބޯ ހޫރާލަމުން ބުނެލިއެވެ. އާރާ އެ ފެނުނު މަންޒަރަކީ ހުވަފެނަކަށް ހަދާލިއެވެ. އާރާޔަށް ނޭނގުނު ނަމަވެސް މިއީ އޭނާގެ ދިރިއުޅުމަށް އަންނަ ވަރަށް ބޮޑު ތޫފާނެކެވެ.
އާރަާމެން މުޅި ދުވަސް އެއްކޮށް މަޖާ ކުރިއެވެ. އާރަާ ރާމެން ކާން ބޭނުންވެގެން ރާމެން ޕެކެޓް އެއް ގަންނަން ވެގެން ދިއައެވެ. ފިހާރަޔަށް ދިޔަ މަގުގައި މީހަކު ފަހަތުގައި އުޅޭ އިހުސާސް ކުރެވުނެވެ.”ކާ…ކު.“ އާރާ ތުރުތުރު އަޅަމުން ބުނެލިއެވެ. ކުށްލިޔަކަށް އާރާގެ އަނގަ ގައި މީހަކު ފޮތިގަނޑެއް އެޅިއެވެ. އިރު ކޮޅެއް ވެސް ނުވެއެ އާރާ ހޭނެތުނު އިރުއެވެ.
އިރުކޮޅެއް ފަހުން އާރާ ހޭއެރިއެވެ. އާރާ ހޭއެރި އިރު ކޮން ތާކު ކަމެއްގައި ވެސް ނޭނގެއެވެ. އިރެއް ނުވެއެއި ކަޅު ކުލައިގެ މާސްކެއް އަޅައިގެން ހުރި މީހަކު އައެވެ. ދެން މުޅި ތަނުން ގުގުމާލީ އާރާގެ ހަޅާކުގެ އަޑެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
