Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 33

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 4, 2025 3 Mins Read
10 Comments

ނުހާމެންގޭ ދޮރާށިހުޅުވާލާފައި ވައިން ޒެވިއަންގެ ފިޔަވަޅުތައް މަޑުޖެހުނީ މީހަކު ވާޙަކަދައްކާ އަޑަށެވެ. ނަމަވެސް ޒެވިއަން ކުރިއަށް ޖެހިލިއެވެ. އެއާއި އެކު ޒެވިއަންގެ ހިތް ހުއްޓުނު ފަދަ އިހްސާސްއެއް ކުރެވުނީ ކައިވެނީގެ ހެދުމުގައި އިން ނުހާ ފެނިފައެވެ. ޒެވިއަން އަކަށް ނުހާ ގާތުގައި އިނީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް އެމީހުން ފަހަތުގައި ޖަހާފައި އިން ބޯޑުން ޒެވިއަންއަށް ހުރިހާއެއްޗެއް ސާފުވެގެން ދިޔައެވެ. “ޔަޝްއަލް…؟” ޒެވިއަންގެ އަޑު ނިކުތީ ވޭނުން ފުރިގެން ވާރާގެއްގައެވެ.

“އަނބި ގަބޫލު ކޮއްފިންތަ؟” ގާޒީގެ ސުވާލާއި އެކު ޔަޝްއަލް ފުންނޭވާއެއް ދޫކޮލެވުނެވެ. “އަނބިގަބޫލު ކޮއްފިން..” ޔަޝްއަލް މަޑުމަޑުން ބުންޏެވެ. އެމަންޒަރު ފެނި ޒެވިއަން ހިނގައިގަތީ ކުރިއަށެވެ. ނަމަވެސް ފަހަތުން އައި ލުބާން އޭނާ އެތަނުން ނެރުނެވެ.

“ކީއްވެ؟ މަންމައަށްވެސް އެނގޭދޯ މިކަން؟ ކީއްވެ ނުބުނީ؟ އެހެންވެދޯ ނޫ ޒެވް ދޫކޮށްލީ؟” ޒެވިއަންގެ އަޑުގައި ހުރި ވޭން އިވި ލުބައިނާއަށް އިސްޖަހާލެވުނެވެ. ލުބައިނާގެ އެހަރަކާތުން ޒެވިއަންއަށް ޖަވާބު ލިބުނު ފަދައެވެ.

ލުބާންގެ އަތުން މިނިވަންވެ، ބަރުފިޔަވަޅުތަކެއްގައި އެތަނުން އޭނާ ދިޔައެވެ. “ޒެވް..” ލުބައިނާ ހިނގައިގަތީ ޒެވިއަން ފަހަތުންނެވެ. ނަމަވެސް އަލަކާ ލުބައިނާ ހުއްޓުވިއެވެ. “އިހަށް ބަހައްޓާ. ޒެވް ބޭނުންވާނީ މިވަގުތު އެކަނި ވެލަން” އަލަކާ ބުންޏެވެ.

ޒެވިއަން ދިޔައީ އެހިސާބާއި މާދުރުނޫން ހިސާބެއްގައި ހުރި އަތިރި މައްޗަށެވެ. ލަސް ހިނގުމުގައި ރާޅު ޖަހާ ހިސާބުގައި ހުއްޓުނެވެ. އެއީ ނުހާ ގާތުގައި ޒެވިއަން ރައްޓެހިވާން އެހި، އަދި އިންނަންވެސް އެހި އަތިރިއެވެ. ކޮންމެ ދިމާލަކުން ޒެވިއަންއަށް ދިޔައީ ނުހާގެ ހަނދާންތަށް އައުވަމުންނެވެ.

ލަދުން އިސްޖަހާލާ ގޮތެވެ. ތުންކޮޅު އޫކޮށްލާގޮތެވެ. އަތިރިއަށް އަހިސްފިނަމަ ރާޅު ޖަހާހިސާބުގައި ހުންނަގޮތެވެ. އެކަންކަން ޒެވިއަންގެ ހަނދާނުން ނައްތާލާނީ ކިހިނެތް ހެއްޔެވެ؟ ޒެވިއަން ދުވަހަކު ދޫކޮށްނުލަން ކުރި ވައުދާއި އަހުދުތަށް ނުހާ ހަމަ ހަނދާން ނެތުނީ ބާއެވެ؟ ދުވަހަކު ޒެވިއަން ދޫކޮށްނުލަން ބުނެފައި މިއަދި ނުހާ އެހެން މީހަކާއި އެކައިވެނި ކުރީ ޒެވިއަން ކުރިމަތީގައެވެ.

މެއަށް އެރިތަދާއި އެކު ޒެވިއަންއަށް މޭގައި އަތް އަޅާލެވުނެވެ. ހުރި ތަނަށް ތިރިވެފައި ބާރަކަށް ހަޅޭލަވައިގަތެވެ.

ކައިވެނީގެ ކުޑަކުޑަ ހަފްލާއަށްފަހު ނުހާއާއި ޔަޝްއަލް ކޮޓަރިއަށް ވަނެވެ. ފާހާނާއަށް ވަދެ ހެދުން ބަދަލުކޮއްގެން ޔަޝްއަލް އޮށޯއޮތީ ސޯފާގައެވެ. ނުހާ އެއީ ކޮޓަރިތެރޭގައި ހުރި މީހެއްހެންވެސް ހީނުވެއެވެ.

ނުހާ ވަކި އަޅައެއްވެސް ނުލައެވެ. އެއީ ވަކި އޭނާ ބޭނުންވެގެން ކުރި ކައިވެންޏެއްވެސް ނޫނެއްނުން ހެއްޔެވެ؟ ހެދުން ބަދަލުކޮއްލައިގެން ނުހާ ގޮސް އެނދުގައި އޮށޯއޮތެވެ. ދެލޯ މަރާ ބާރުކޮއްލީ އަވަހަށް ނިދޭތޯއެވެ.

“ޒެވިއަން ވާހަކަ ދައްކާތަ އަދިވެސް؟” ޔަޝްއަލް ސުވާލުކޮއްލިއެވެ. “ނޫން..” މަޑުމަޑުން ނުހާ ބުންޏެވެ. އެއާއި އެކު ޔަޝްއަލް ތެދުވެ އިށީނެވެ. “ގެނޭ ފޯނު” ޔަޝްއަލް ބުންޏެވެ. “އެއީ ކީއްކުރަން؟” ނުހާ ހައިރާންވެފައި އެއްސެވެ. ނުހާގެ ސުވާލާއި އެކު އަތުގައި އޮތް ބާލިސް ހޫރުވާލާފައި ޔަޝްއަލް ގޮސް ހިފީ ނުހާގެ ކަރުގައެވެ.

“މިރެއިން މިރެއަށް މަގޭ އަތުން މަރުވަންތަ ބޭނުމީ؟” ނުހާގެ ކަރަށް ވާކޮއްލަމުން ޔަޝްއަލް އެއްސެވެ. އޭރު ޔަޝްއަލްގެ ތޫނު ނިޔަފަތިތައް ނުހާގެ ދޮން ކަރު ތޮރުފަމުން ދިޔައެވެ. ނުހާ އިނގިލި ދިއްކޮއްލީ ސައިޑް ޓޭބަލްއަށެވެ. ނުހާ ކަރުން ދޫކޮށްފައި ޔަޝްއަލް ފޯނު ނެގިއެވެ. ނުހާ ކެއްސާލާފައި ކަރުގައި ފިރުމާލިއެވެ. އޭރު ނުހާގެ ދޮންކަރު ރަތްވެފައިވީ އިރު، ޔަޝްއަލްގެ ނިޔަފަތި އަޅުވާފައި ހުރި ތަންތަނުގައި ލޭގެ އަސަރު ހުއްޓެވެ.

“އަން. މިއަދުން ފެށިގެން ނުހާ ގެންގުޅޭނީ މިފޯނު. މީގެން ގުޅޭނީ މަށަށް އެކަނި. ހަނދާން ކުރާތި. މީގެން ކަލޭ ކުރާ ހުރިހާކަމެއް މަށަށް ފެންނާނެ. އެއްވެސް ގޮތަކުން ޒެވިއަންއަށް ކޮންޓެކްޓް ކުރަން އުޅެފި ނަމަ ނިމުނީ” ކަރާ ދިމާލުން އިނގިލި ހުރަސްކޮއްލަމުން ޔަޝްއަލް ބުންޏެވެ. ނުހާ ބިރުން އިނދެބޯޖަހާލިއެވެ.

ފަތިސްވީއިރުވެސް ނުހާގެ ދެލޮލަކަށް އެއްވެސް ވަރަކަށް ނިންޖެއް ނާދެއެވެ. ނުހާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. މިހާރު ޒެވިއަންއަށް ނުހާ ފެންނާނީ ބޭވަފާތެރިޔެއްގެ ގޮތުގައެވެ. މިހާރު ނުހާ ކައިވެނި ކުރިކަން ޒެވިއަންއަށް ވާނީ އެނގިފައިކަން ގައިމެވެ. އެހާ ހެޔޮހިތެއްގެ ވެރިޔަކަށް ނުހާއަށް އެދެވުނީ ކިހާބޮޑު އަނިޔާއެއް ހެއްޔެވެ؟

އޭރު ދިޔަ ގޮތަށް ޒެވިއަން އެނބުރި ގެއަށް އައީ ޖެހިގެން އައި ދުވަހު މެންދުރުވީ ފަހުންނެވެ. ގެއަށް ވައިން ޒެވިއަންގެ ތުނމުގައި އިން ސިނގިރޭޓު ފެނި ލުބައިނާގެ ހިތަށް ތަދުވިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހައްތަހާވެސް އެއީ ލުބައިނާގެ ކުށެއްހެން ހީވާތީއެވެ.

ޒެވިއަން ކޮޓަރިއަށް ވަނުމުން ލުބައިނާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި އިށީންދެ ސައިޑް ޓޭބަލް މަތީގައި އިން ފޮޓޯ ފްރޭމް ނެގިއެވެ. ފްރޭމްގައި އިނީ ލުބައިނާއާއި ޒެވިއާރްގެ ކައިވެނީގެ ފޮޓޮއެކެވެ. “ޒެވް… އައިމް ސޮރީ.. ލުބާއަކަށް އަހަރެމެންގެ ދަރިފުޅަކަށް އުފާވެރި ހަޔާތެއް ނުދެވުނު…” ފޮޓޯ ފްރޭމް ގެނެސް މޭގައި ޖައްސާލާފައި ލުބައިނާ ރޯން ފެށިއެވެ.

“އެއްޗެހިތައް ޕެކް ކުރަން ފަށާ!” ހޭލި ގޮތަށް ގެއިން ނިކުން ޔަޝްއަލް މެންދުރުވީފަހުން އަހިސް ފުރަތަމަވެސް ނުހާ ގާތުގައި ބުނެލީ އެހެންނެވެ. “އެއީ ކީއްވެ؟ ނޫބޭނުމީ މަންމަމެން ގާތުގައި ހުންނަން..” ނުހާ ވަރަށް މަޑުމަޑުން ބުންޏެވެ.

“އޭ! ބުނަންތަ ރަނގަޅު ވާހަކައެއް؟ މިހާރު ނުހާތީ އަހަރެންގެ މީހެއް. ނުހާ ދިރިއުޅުމުގެ ނިންމުންތައް ނިންމާނީކީ ނިމްރާ އެއްވެސް ނޫން އާކިން އެއްވެސް ނޫން. ނުހާތީނީ 20 ހާސް ރުފިޔާއަށް މަގޭ ގަނެފަ. ދެން ނުހާ ޖެހޭނީ އަހަރެން ބުނާހެން ކަންކުރަން؟ ސާފުވެއްޖެ؟” ނުހާގެ ކޮލަށް ފިއްތާލަމުން ޔަޝްއަލް ބުންޏެވެ.

ޔަޝްއަލްގެ ވާހަކަތަކުން ނުހާ އިނީ ހައިރާންވެފައެވެ. ނުހާއާއި މެދު ޔަޝްއަލް އެހެން ކަން ކުރާނެނަމަ ނުހާއަށް ކައިވެނި ކުރަން ޔަޝްއަލް އުޅެންވީ ކީއްވެގެން ހެއްޔެވެ؟ ނުހާގެ މައިންބަފައިންނަށް ނަމުން މުޙާތަބު ކުރުމުންވެސް ޔަޝްއަލްގެ ހިތުގައި އެއްވެސް ރަހުމެއްނެއްކަން ނުހާއަށް އެނގި ޔަގީންވިއެވެ. ނަމަވެސް މިއަދު އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. އެހެން ކަމުން ބަސް އަހާ ކުޑަކުއްޖެއް ފަދައިން ގޮސް ޕެކް ކުރަން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހުއްދަ ދޭނެބާ މަށަށް…

Next

ތެލެސީމިއާ: އެކުވެރިކަމާއި އެހީތެރިކަމުގެ ނަމޫނާ

Next
June 5, 2025

ތެލެސީމިއާ: އެކުވެރިކަމާއި އެހީތެރިކަމުގެ ނަމޫނާ

Previews
June 3, 2025

ހުއްދަ ދޭނެބާ މަށަށް…

10 Comments!

  1. aanaa says:
    June 4, 2025 at 4:07 pm

    Masha allah mi partt vss vrhh reethiii
    Vrh vrhhh curious….when nextt???
    tcc lyy❤

    1. shihaamaa ali shihaamaa ali says:
      June 5, 2025 at 11:25 am

      Jazaakallah khairan, in sha allah soon❤️

  2. Shaf_maan says:
    June 4, 2025 at 6:09 pm

    Maasha Allah mi prt vx vrh reethi
    Yash’al vx dhw
    I feel so bad for Xevv and nu too
    I would be so happy if xev and nu get married instead of Yash’al and nu
    Lubaa vx Xev beynunva gothah ulhen dhoo nukohla advice dhiniyya xevv vx kudakoh good vane kahneynge
    Can’t wait for the next prt
    Whn nxt
    Curiously waiting
    Tc
    Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      June 5, 2025 at 11:26 am

      Jazaakallah khairan❤️
      Hehe ikrrr😭😭stay tuned in sha allah soon

  3. Shaf_maan says:
    June 4, 2025 at 6:10 pm

    In addition, cover pic vrh loabi😍. Maasha Allah 💜

    1. shihaamaa ali shihaamaa ali says:
      June 5, 2025 at 11:26 am

      🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻

  4. Your fav bab Your fav bab says:
    June 4, 2025 at 6:38 pm

    Alhey story mi inee haadha varakah change vena ey! Made me cry 😢 😭
    Why yashal??
    I feel so bad for zev n noo 😢
    Adhi haassa koh zev, like evves echeh neyngi vaanuvaa.com ga
    I men school trip akah laamah gossa mi aee😄
    Hurihaa parts eh dhenme kiyaa mi ninmalee.
    My curiosity in the finest level
    Keep it up
    Lysssm❤️❤️❤️

    1. shihaamaa ali shihaamaa ali says:
      June 5, 2025 at 11:27 am

      Hehe awlheyyy sorry rovvaalevunyyma😢😢😢
      Hehe its okay happy to see ur back
      Stay tuned for the next eppp

  5. Your fav bab Your fav bab says:
    June 4, 2025 at 9:26 pm

    Apparently the cover pic made me go delululu
    I was in vaanuvaa.com coz like nuha n yashal?
    BTW when next?
    Tc❤️

    1. shihaamaa ali shihaamaa ali says:
      June 5, 2025 at 11:27 am

      🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻
      Soon in sha allah

Comments are closed.

Next Episodeޒެވިއަން 34←


All Right Reserved!