Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 12

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
June 2, 2025 5 Mins Read
6 Comments

މައިރީން އިސްޖަހައިގެން އިނުމުން ޝިހާމާއަށް މައިރީން އިނީ އެވާހަކަތައް ކިޔައިދިނުމަށް އުނދަގޫވެފައިކަން އެނގުނެވެ. “އިޓްސް އޯކޭ. ޓޭކް ޔުއާރ ޓައިމް” މައިރީންއަށް ވާހަކަ ދައްކަން ފަސޭހަވާނެ ފަދައިން ޝިހާމާ ބުންޏެވެ. މައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. “މައި މިހާރު މިއުޅެނީ ކިޔާގެ ކޭސް ނަގައިގެން.. އެކަމަކު ކިޔާގެ ދޮންބެ މައިއަށް އެކަމަށް ވަރަށް ބޮޑަށް ހުރަސް އަޅާ.. ރޭގަ އޭނަ ބުނީ.. އެއީ މައިގެ ސަބަބުންވީ ކަމެކޭ.. މައި އެރޭ އެތަނަށް ނުދިޔަ ނަމަ ކިޔާ ހުންނާނީ ދުނިޔޭގައޭ.. އެއީ ކުރިން މައި ވިސްނިގޮތް.. އެކަމް ޝިހާ ކައިރިއަށް ތެރަޕީ ނަގަން އަންނަން ފެށިފަހުން އެ ވިސްނުން ދޫކޮށްލިން.. އެކަމަކު އަނެއްކާވެސް މައިއަށް ހީވޭ ކައިލް އެދައްކަނީ ތެދުވާހަކައެއްހެން.. އެއީ އޭރު މައި ގަބޫލުކުރިގޮތް.. މައި އެ ކޭސް ކައިލް ބުނިގޮތަށް ދޫކޮށްލަންވީތަ؟” މައިރީން ކަރުނަވީ ލޮލަކުން ޝިހާމާއާއި ދިމާލަށް ބަލައިލުމަށްފަހު ސުވާލުކޮށްލިއެވެ.

***ޕާޓް 12***

ފުލުސް ޔުނީފޯރމްގައި ހުރި ކައިލް ކުރިމަތީގައި ހުރި ކްލިނިކްއަށް ބަލައިލިއެވެ. އޭނަ ބްރޭކްއަށް އެތާ ކައިރީގައި ހުރި ރެސްޓޯރަންޓްއަކަށް ވަދުނު އިރު ޓެކްސީއަކުން ނިކުމެގެން ކްލިނިކްގެ އެތެރެއަށް ވަދުނު މައިރީން ފެނުނެވެ. ކައިލް ކޮންމެވެސް ވަރަކަށް ހައިރާންވީ މައިރީން އެތަނަށް އަންނާނޭ ސަބަބެއް އޭނަގެ ސިކުނޑިއަށް ނުވިސްނުނީމައެވެ. “ތެރަޕީ ކްލިނިކް؟ މި ތަނަށް އަނެއްކާ މައިރީން އައީ ކީއްވެބާ؟” ކައިލް އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ބުންޏެވެ. މީހަކު ކައިލްއަށް ގުޅުމުން ކައިލް އޭނަގެ ކާރުގައި ލެގިލިއެވެ. އެ ކާރަކީ ކައިލްގެ ކާރު ދޮންނަން ގަރާޖްއަށްލާފައި އޮތުމުން ކައިލް ދުއްވަން ނަގާފައިވާ މަޔާންގެ ކާރެކެވެ.

ޝިހާމާ ފުންނޭވާއެއްލުމަށްފަހު މައިރީންއާއި ހަތަރުކަޅި ހަމަކުރަމުން ވާހަކަ ދައްކަން ފެށިއެވެ. “މިހާރުދޯ؟ ކިޔާގެ ކޭސް.. އެއީ އަސްލު މައިއަށް ބެލިޔަސް ކިޔާގެ ބޭބެއަށް ބެލިޔަސްވެސް ވަރަށް ބޮޑު ކޭސްއެއް… އެއީ މައިއަށް އެ ގެއްލުނީ މައިގެ ގާތް ރަހްމަތްތެރިޔެއް.. ކިޔާގެ ބޭބެއަށް އެގެއްލުނީ އެ ބޭބެގެ ހުރި ހަމައެކަނި ކޮއްކޮ.. ގްރެއިޓް ލޮސް އެއް ދެކޮޅަށް ބެލިޔަސްވެސްދޯ؟ މައިގެ ދޮންބެވެސް އަސްލުގަ އެކަން ކުރީ ރަނގަޅަށް.. ކޮންމެ މީހަކު ނަމަވެސް ފުރަތަމަ ސަލާމަތް ކުރާނީ އެމީހެއްގެ ކޮއްކޮ… އެދުވަހު ކިޔާގެ ބަދަލުގައި އެތާ އޮތީ މައިއަށް ވެފައި، އެތަނަށް ފުރަތަމަ އާދެވުނީ ކިޔާގެ ބޭބެއަށް ނަމަވެސް ކިޔާގެ ބޭބެ ފުރަތަމަ ސަލާމަތް ކުރާނީ ކިޔާ. ނޫންތަ؟” ޝިހާމާ ސުވާލުކޮއްލިއެވެ. މައިރީން ބޯޖަހާލިއެވެ. “ދެން އެކޭސްގެ ވާހަކަ.. އޯކޭ މައި ބޭނުންވޭ ކިޔާއަށް އިންސާފު ހޯދަދޭން.. އެކަމަކު ކިޔާގެ ބޭބެ ބޭނުމެއް ނުވޭ މައި އެކޭސްގައި ހަރަކާތްތެރިވާކަށް.. އެހެންކަމަށްވަންޏާމުން ދެން މައި ވިސްނަންވީ އެންމެ ރަނގަޅީ ކޮންގޮތެއްތޯ؟ މައި އެކޭސްގައި ހަރަކާތްތެރި ވާތީ ކިޔާގެ ބޭބެއަށް މައްސަލައަކަށްވުމުން މައި އެ ކޭސް ދޫކޮށްލުންތޯ ނޫނީ ކިޔާއަށް އަވަހަށް އިންސާފު ހޯދައިދޭން މަސައްކަތްކޮށް، ކިޔާގެ ބޭބެގެ ނުރުހުމާ ކެރިގެން ކުރިމަތިލުންތޯ؟” ޝިހާމާ ބުންޏެވެ.

މައިރީން ޝިހާމާގެ ވާހަކައަށް ފުންކޮށް ވިސްނައިލިއެވެ. ޝިހާމާ އެދައްކަނީ ހުސް ތެދު ވާހަކައެއްކަން އޭނައަށް އެނގެއެވެ. އިސްޖަހައިގެން ވިސްނަން އިންދާ ތެރަޕީ ސެޝަންއަށް ދެވިފައިވާ ވަގުތުކޮޅު ހަމަވިއެވެ. “މައި ނަގާ ޑިސިޝަންއެއް ދެ ސައިޑްއަށް ވިސްނާފަ ނަގައްޗޭ.. ބިލީވްއިން ޔުއާރ ސެލްފް.. ޑޯންޓް އޮވާރ ތިންކް އިނގޭ..” ޝިހާމާ ތެދުވެލަމުން ބުންޏެވެ. މައިރީން މަޑުމަޑުން ބޯޖަހައިލިއެވެ. “ތެންކްސް ޝިހާ..” މައިރީން ހިނިތުންވުމެއް އޭނަގެ ތުންފަތަށް ވެރިކޮށްލަމުން ބުންޏެވެ. މައިރީންއަށް އޭނަގެ ހިތުގައިވި އުދާސްތައް މީހަކަށް ކިޔައިދެވުމުން އޭނަގެ ހިތަށް ލުއިވި ފަދަ އިހްސާސްވިއެވެ. “މެންޝަން ނޮޓް.. ކުރިންހެން ސެޝަންސް ނަގަން ބޭނުންވިއްޔާ ހަމަ އަންނަންވީ.. މައި މިތާ ދައްކާ ވާހަކަތައް ހަމައެކަނި އެނގޭނީ ޝިހާއަށް އެހެން މީހެއްގެ ކަންފަތަކަށް މި ވާހަކަތައް ނުދާނެ ކަމުގެ ޔަގީންކަންދެން..” މައިރީން ނިކުންނަން ދޮރާއި ދިމާލަށް ދިޔުމުން ޝިހާމާ ހިނިތުންވެލަމުން ބުންޏެވެ. “އައި ނޯ ޑޮކް.. ދެޓްސް ވައި ޔުއާރ ދި ބެސްޓް..” ހީލަމުން މައިރީން ޝިހާމާއާއި ދިމާލަށް ބުންޏެވެ.

މައިރީން ހިނިތުންވެލަމުން ތެރަޕީ ރޫމްއިން ނިކުތުނެވެ. ކްލިނިކްއިން ނުކުންއިރު ކްލިނިކް ކައިރީ ހުރި ކެފޭއެއް ކައިރީ ހުރި އޭނަގެ ދޮންބެގެ ކާރު މައިރީންގެ ލޮލުގައި އަޅައިގަތެވެ. މަޔާން އޭނަ ފަހަތުން އައީ ކަމަށް ހީކޮށް މައިރިން އެ ކާރަށް އެރިއެވެ. “ދޮންބޭ އަނެއްކާ އަހަރެންގެ ފޯނު ޓްރެކް ކުރަން ފެށީތަ؟” މައިރީން ފަހަތު ސީޓަށް އަރައި ހަމަޖެހިލުމަށްފަހު ހަށަން ބަދެލަމުން އަހައިލިއެވެ. ކައިލް އެއްމިޔަކަނުން ހީލިއެވެ. އޭނަ ކާރު ޕާކިން އޭރިއާއިން ނެރެ ދުއްވަން ފެށިއެވެ. ކައިލް ފުލުސް ޔުނީފޯރމްގައި ހުރުމުން މައިރީން ހީކުރީ އެއީ އަސްލުވެސް މަޔާން ކަމަށްށެވެ. “ސިއްރު ސިއްރުން ޓެކްސީތަކަށް އަރައިގެން ތަންތަނަށް ދަންޏާ ޓްރެކް ކުރަންވާނެއެއްނުން” ކައިލް ބުންޏެވެ.

މައިރީންގެ ކަރުގައި ނޭވާ ތާށިވިފަދަ އިހްސާސެއް ކުރެވުނެވެ. ބިރެއް ފެނުނު ފަދައިން މައިރީން ކައިލްއަށް ބަލައިލިއެވެ. “މީ.. މީ ދޮންބެގެ ކާރު؟” ހައިރާންވެފައިވާލެއް ބޮޑުކަމުން އަޅައަޅައިގަންނަމުން ފަދަ ގޮތަކަށް މައިރީން ބުންޏެވެ. ކައިލް އެއްވެސް ކަމެއް ނުވާ ފަދައިން ބޯޖަހައިލިއެވެ. “ކާރު ހުއްޓާ ހަމަމިހާރު!” މައިރީން އަމުރު ކުރިއެވެ. “ނުހުއްޓާފިއްޔާ؟” އެއްބުމަ އަރުވައިލަމުން ކައިލް އަހައިލިއެވެ. ކައިލްއާއި ދިމާލަށް ލޯއަޅައިގެން އިނދެ މައިރީން ދަތްކުނޑިވިކައިލިއެވެ. “ވައި އިޒް އެވްރިވަން ޔޫސިންގް ދި ސޭމް މެތަޑް ޓު ކިޑްނެޕް މީ އާރްރަގްގްގް..” މައިރީން ބޮލުގައި އަތް އަޅަގެންއިދެ އަމިއްލަ ނަފްސަށް ކުދި ކިޔައިލިއެވެ.

މައިރީން ދެބުމަ ގޮށްޖަހައިގެން ކާރުގެ ލޯގަނޑަށް ބަލައިލިއެވެ. އޭރުވެސް ކައިލް އިނީ އެއްމިޔަކަނުން ހެވިފައި ހަމަޖެހިލައިގެންނެވެ. އެއް އަތުން ކާރުގެ ހުންގާނުގައި ހިފައިގެންއިން އިރު އަނެއް އަތްވަނީ ކާރުގެ ކުޑަ ދޮރުގައި ބާއްވާލެވިފައެވެ. ކައިލް އެހެން ހުރި އިރު އޭނަގެ ފިރެހެންވަންތަ ކަމަށް ލޯގަނޑުވެސް ތައުރީފު ކުރަމުންދާ ފަދައެވެ. “އަހަރެންނަށް އެނގޭ އަހަރެން ރީތިކަން.. އަހަރެން އެހި ވާހަކައެއްވެސް ޓައިނީ ޕާވްއަކަށް އަޑެއް ނީވޭ ދޯ އަހަރެންގެ ހޭންޑްސަމް ކަމަށް ހިތުން ކޮމްޕްލިމެންޓް ކުރަން އިނީމަ ހެހެހެ.. އަހަރެން ޓާއިނީ ކައިރީގަ އެހީ އަހަރެން ކާރު ނުހުއްޓާފިނަމަ ޓައިނީ ކުރާނީ ކީއްހޭ؟ މިފަހަރަކު އަހަރެންގެ އެތާކު ނުޖެހޭނެ ހަމަގައިމުވެސް..” ކައިލް ލާނެތް ހިންޏެއް އައިސްފައި ހުރެ ބުންޏެވެ.

ކައިލްގެ ލާނެތް ޖުމުލަތަކުން މައިރީންއަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. އެއާއެކު މައިރީންގެ ދޮން މޫނު ރަތްވެގެން ދިޔައެވެ. “ހެންޑްސަމް މައި ފުޓް.. ކާރު ނުހުއްޓާފިއްޔާ ޕޮލިހަށް ގުޅާނަން!!” މައިރީން ދަތްކުނޑިވިކައިލަމުން ބުންޏެވެ. “ނޯ ނީޑް ހަނީ.. އަހަރެންވެސް މީ ޕޮލިސް އޮފިސަރެކޭ..” ފޮނިވެފައި އިދެ ކައިލް އޭނަގެ ޔުނީފޯރމްގައި ޖަހާފައިއިން ފުލުސް ބެޖަށް އިޝާރާތްކޮށްލަމުން ބުންޏެވެ. މައިރީން ކަޅި އަބުރައިލިއެވެ. “ކުރިން ރޭ އަހަރެން ދެކެ ރުޅި އައިސްގެން އަހަރެން ސިންކަށް ވައްޓާލާފަ އެހުރިހާ އެއްޗެކޭ ކިޔާފަ މިހާރު އަހަރެންލައިގެން ކާރު ދުއްވަނީ ކީއްވެ؟ ކުރިން ރޭ ކީ އެއްޗެހިން ހީވީ ކައިލް އަހަރެންގެ މޫނުވެސް ދެކެން ބޭނުން ނުވާހެން ވިއްޔަ..” ހިތްހަމަނުޖެހިފައި އިދެ މައިރީން ޝަކުވާކޮށްލިއެވެ.

ކައިލް އެއްވެސް އެއްޗެކޭ ނުބުނެ ހުރެ ކާރު ދުއްވަމުން ދިޔައެވެ. “މައިރީން ކީއްވެ ތެރަޕީ ކްލިނިކަކަށް ދިޔައީ؟” ކައިލް ތަންކޮޅެއް މަޑުމައިތިރި ކަމާއިއެކު އަހައިލިއެވެ. “އެއީ ކައިލްއާ ބެހޭ ކަމެއް ނޫން..” ހިތްހަމަނުޖެހިފައި އިދެ މައިރިން ބުންޏެވެ. ކައިލް ހަމަޖެހިލިއެވެ. “ތިހެންވިއްޔާ އަހަރެންނަށް ޖެހޭނީ ޝިޔާމައްތަ ކައިރީގަޔާ ރިޔާޒްބެ ކައިރީ ބުނަން ޓައިނީ ބޮލުގައި ކޮންމެސް މައްސަލައެއް ހުރެގެން ޓެކްސީގަ ސިއްރު ސިއްރުން ތެރަޕީ ކްލިނިކަކަށް ދެޔޭ..” ހަމަޖެހިލަގެން އިދެ ކައިލް ބުންޏެވެ.

މައިރީންގެ މޫނު މަތިން ހާސްކަމާއި ނުތަނަވަސްކަން ފެނިގެން ދިޔައެވެ. “ކައިލްއާ ނުބެހޭ ކަންކަމުގަ ނުބެހި ހުރެބަލަ..” އަޑަށް ރުޅިވެރިކަން ގެންނަން މަސައްކަތް ކުރަމުން މައިރީން ބުންޏެވެ. “ޝުއާރ އޯކޭ.. އެކަމަކު އެއީ ޓައިނީގެ މައިންބަފައިންނާ ނުބެހޭ ކަމަކަށް ނުވާނެއެއްނުން..” ކޮނޑުއަރުވައިލަމުން ކައިލް ބުންޏެވެ. މައިރީން އޭނަ އަޅައިގެން ހުރި ދަބަހުން އެއްޗެއް ހޯދަން ފެށިއެވެ. ކައިލް ޝައުގުވެރިކަމާއެކު މައިރީން ހޯދަނީ ކޯއްޗެއްތޯ ބެލަން ކޯރުގެ ލޯގަނޑުންއިނެވެ.

މައިރީން ހޯދަމުން ދިޔަ ޕެޕާ ސްޕްރޭ ފުޅި ނުފެނުމުން ނިިޔަފަތި ކަޑާދަތި ނެގުމަށްފަހު އޭގަ އިންނަ ވަޅިއެއްފަދަ އެތި ކައިލްއާއި ދިމާކޮށްލިއެވެ. “މަންމަ ކައިރީ ބުނެގެން ނުވާނެ..” އަޑަށް ހަރުކަށިކަން ވެރިކޮށްލަމުން މައިރީން ބުންޏެވެ. އެއާއެކު ކައިލްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އެ ކުޑަކުޑަ ނިޔަފަތި ކަޑާ ދަތިން މީހަކަށް އަނިޔާއެއް ނުވާނެކަން އެއީ ޔަގީން ކަމެކެވެ. ކައިލް ހެމުން ފަސޭހަ ކަމާއިއެކު މައިރީންއަށް ތަދު ނުވާނެ ފަދައަކުން މައިރީންގެ އަތުން އޭތި އަތުލިއެވެ. “ހެހެ މިއިން ޓައިނީއަށް ކީއްކުރެވޭނީ.. ތީ ލޯޔަރެކޭ.. މައިރީންމެން ބޮޑު މީހަކާ ކުޅެލާފިއްޔާ އެމީހުންގެ ދަށުން ހުންނަ މީހުން އަންނާނެ ހިނިތަކެއްހެން މައިރީންއާ ދިމާކުރަން.. މި ނޫން ސެލްފް ޑިފެންސް ޓޫލްއެއް ގެންގުޅެއް ޖެހޭނެދޯ.. އަހަރެން ހިތައް އަރާ ތި މޮޔަ ކުއްޖާގަނޑު ލޯޔަރަކަށްވެ ހުރެ ދިރި ހުންނަނީ ކިހިނެތްބާއޭ..” ކައިލް ބޯހޫރުވައިލަމުން ބުންޏެވެ. ރުޅިއައިސްހުރެ މައިރީން ތުންދަމާލިއެވެ. “ވަޓްއެވާރ.. އެހެންނޫނީ އަބަދުވެސް ޕެޕާ ސްޕްރޭ ގެންގުޅެމޭ.. ހަމަ މިއަދު އެއަށްވެސް އެނގުނީ ގެއްލެން.. އެވާހަކަ މަންމަމެން ކައިރީ ނުބުނާނީ ކިހިނެތް ހެދީމަ..” ކައިލް ކައިރިން ސަލާމަތް ނުވެވޭނެކަން އެނގުމުން މައިރީން ބަލި ގަބޫލުކުރިއެވެ. ކައިލްގެ މޫނުމަތީ ކާމިޔާބީގެ ހިނިތުންވުމެއް ކުޅެލިއެވެ. “މައިރީން އެތަނަށް ދިޔަ ސަބަބު ކިޔައިދޭންވީ..” ކާރުގައި އިން ލޯގަނޑުން މައިރީންގެ މޫނަށް ބަލައިލަމުން ކައިލް ބުންޏެވެ.

މައިރީންގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. “އެއީ..” މައިރީންއަށް މަޑުމަޑުން ބުނެވުނެވެ. “އެއީ؟” ކައިލް އެއްބުމަ އަރުވައިލިއެވެ. މައިރީން ފުންނޭވާއެއް ދޫކޮށްލަމުން ބޭރުބަލައިލިއެވެ. “އަހަރެން އެތަނަށް ދިޔައީ ކީއްވެކަން ބުނެފިއްޔާ ކައިލް ބުނާނީ އަހަރެން ސިންޕަތީ ހޯދަން އުޅެނިއްޔޭ..” މައިރީން ދުރުބަލައިލަމުން ބުންޏެވެ. “އޮހް ވާއު ޓައިނީއަށް ފިޔުޗާރވެސް ފެންނަނީތަ؟ އަޅެ ބުނެބަލަ ވަނީ ކިހިނެތްތޯ ބަލަން..” ހައިރާންވާ ފަދަ ގޮތަކަށް އެކްޓް ކުރަމުން ކައިލް ދެލޯބޮޑުކޮށްލަމުން ބުންޏެވެ. “ލުކް އަހަރެންނަށް އެނގޭ މެންޓަލް ޑިސްއޯޑާސްއަކީ ސީރިއަސް އެއްޗެއްކަން.. އެރޭ އަހަރެން ބުނި ބަސްތައް.. ޔޫ ޑިޑިންޓް ޑިސާރވް އިޓް.. އަހަރެންވެސް ކޮއްކޮގެ ހާދިސާއަށްފަހު ޑިޕްރެސްވެގެން ކައުންސިލިން ހެދިން..” މައިރީންއަށް އެ ވާހަކަ ދައްކަން އުނދަގޫވާހެން ހީވުމުން ކައިލް އޭނައަށް ދިމާވި ކަންތައް ހިއްސާކޮށްލިއެވެ.

ކައިލްގެ ވާހަކައިން މައިރީން ކުޑަކޮށް ހައިރާންވިއެވެ. ކައިލް އެހެންނޫނީ އަބަދުހެން މައިރީން ފެންނައިރަށް ވާހަކަ ދައްކާނީ ރުޅިއައިސްގެން ނުވަތަ ޒުވާބު ކުރާ ފަދައިންނެވެ. މައިރީންގެ މޫނުމަތި ދުޅަވެފައި ހުރުމުން މައިރީންހުރީ ރޮއެފައިކަން ކައިލްއަށް އެނގެއެވެ. “ކީއްވެގެން މައިރީން އެތަނަށް ދިޔައީ؟ އަދި އެ ވެސް ފެމެލީއާ ފިލައިގެން..” ކައިލް އަނެއްކާ އަހައިލިއެވެ. “މަންމަމެން މައިއާ މެދު ކަންބޮނޑު ކުރާކަށް މައި ބޭނުމެއް ނޫން.. އެކަންތަކަށް ފަހު.. އައި ޑިވެލޮޕްޑް ޕީޓީއެސްޑީ.. ރޭގަ-” މައިރީން އުނދަގުލުން ބުނަން އުޅުނު ޖުމުލަ ކައިލް މެދުކަނޑައިލިއެވެ. “އަހަރެންނާ ހެދި ޓްރިގާރވީ..” ކައިލް މައިރީންގެ ޖުމުލަ ފުރިހަމަކޮށްދިނެވެ. މައިރީން މަޑުމަޑުން ބޯޖަހައިލިއެވެ. “އައިމް ސަޗް އެން އިޑިއަޓް..” ކައިލް އަމިއްލަ އަތުން އޭނަގެ ނިތްކުރީގައި ޖަހައިލަމުން ބުންޏެވެ. މައިރީން އޭނަގެ ހެދުމުގެ އަތާ ކުޅެން މަޑުމަޑުންއިނެވެ. “އައިމް ސޮރީ.. ކައިލް ބުނިހެން މައި އެ ކޭސްއާއި ދުރުވާން ނިންމައިފިން..” ކައިލްއާ ދިމާލަށް ކާރުގައި ހުރި ލޯގަނޑުން ބަލައިލަމުން މައިރީން ބުންޏެވެ.

މެންދުރުގެ އަވިބާރު ވަގުތެވެ. މާލޭގެ މަގުތަކުން އިވެމުން ދިޔައީ އެކިއެކި އުޅަނދުފަހަރުގެ އަޑުތަކެވެ. ދުންޔާ ބޭރަށް ދާން ތައްޔާރުވެގެން ހުއްޓާ ޔާދިން މީޓިން ނިންމާފައި ގެއަށް އައިސް ވަދުނެވެ. އޭރު ދުންޔާ އިނީ ޔާދިންގެ އިންތިޒާރުގައި ސޯފާގައި އިށީނދެގެންނެވެ. “އަހަރެން އެބަ އަންނަން ކުޑަކޮށް ފެންވަރައިލާގެން.. އަހަރެންގެ ގަމީހެއް އިސްތިރިކޮށްދެވިދާނެތަ؟..” ޔާދިން މަޑުމައިތިރިކަމާއިއެކު އަހައިލިއެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ދޫނިގެ ބަނޑަށް އަދިވެސް ތަދުވޭތަ؟ ތަދުވަންޏާ އޯކޭ ނުކޮށްދިނަސް.” ޔާދިން ބުންޏެވެ. “މިހާރު އޯކޭ..” ދުންޔާ އަވަސް އަވަހަށް ބުންޏެވެ. ފިރިމީހާ އަލަށް ކަމަކު ބުނުމުން އެކަން ނުކޮށްދީ ހުންނާކަށް ދުންޔާގެ ހިތެއް ނުރުހުނެވެ. ޔާދިން ކޮޓަރިއަށް ދިޔުމުން ދުންޔާވެސް ޔާދިންގެ ފަހަތުން ވަދުނެވެ. ޔާދިން އޭނަ ލައިގެން ހުރި ގަމީސް ބާލައި އުނަގަނޑުގައި ތުވާލި އައްސައިލާގެން ފާހަނައަށް ވަދުނެވެ. ޔާދިންއާއި ދިމާލަށް ނުބަލާން ނަދުރު ބުނެގެން ހުރި ފަދައިން ދުންޔާ ހުރީ ޔާދިންގެ ރަތްކުލަޔާއި ކަޅުކުލައިގެ ރޮގުދެމި ގަމީސް އިސްތިރިކުރަންށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ބަދަލް…9

Next

ޒެވިއަން 30

Next
June 2, 2025

ޒެވިއަން 30

Previews
June 2, 2025

ބަދަލް…9

6 Comments!

  1. aanaa says:
    June 2, 2025 at 1:55 pm

    masha allah vrh reethii mii partt vss
    mai e case r dhuruvyma khnh kail ge reactions huhnaany????kail e hurihaa ehcheh kii iru nuvisnunu dhww mai dhera vaane varu…
    aana beynun yaadhin dhunya ah dhooniii ey kiyaafa govaa adu ahaalanvs…😭..curiously waiting ..when nextt??tcc lyy

    1. Maash Maash says:
      June 2, 2025 at 5:04 pm

      Thank you soooo muchh.. I’m happy u liked ittt. Let’s see dhww.. next part in ingeyne kail ge reaction.. mihaaru kail ah visnifa kanneyge ehury.. hehe next part ga yaadhin vrh lowbin dhunya ah dhooni kiyaafa govaa adu iveyne..hehhehe..😭😭 next part mirey submit kohlaanan insha allah..💜🦋

  2. shihaamaa ali shihaamaa ali says:
    June 2, 2025 at 2:58 pm

    Heyyyy maaashhh
    mi part vess vrh reethi ma sha allah.
    kail and mai dhww 😭
    i kinda expected kail to go to therapy as well that didn’t surprise me but now i am soooo curious is kail going to allow her to be in the case?!?!?? Kail plsssssssss dooooo
    i rllyyyy cant wait for the next epp
    when next? ilyyyyyyyyyssssssssmmmmmmmmm 💕❤️

    1. Maash Maash says:
      June 2, 2025 at 5:08 pm

      Heyyyyyy shiherrrrr..
      Thank you soooo muchhh.. I’m happy u liked itt.. hehe kail and mai ge koalhun mathin kujjaku miss vaa vaahaka buneema genesdhin thankolheh mi hehe..
      Yess kail have to go to therapy asluvx dhw.. mmm let’s see if kail will allow her..
      Next part insha allah tn submit kohlaanan..
      Love you moreee darling 💜🦋

  3. naberr naberr says:
    June 2, 2025 at 8:06 pm

    vrh reethi mi part vs knmme part akah comment nuureveythy sorry vrh boadah but trust me knmme episode ehves kiyaalan its hama waaw superb nabaa vs vhk miliyani vrh time konegen i really appriciate this masha allah keep goig

    1. Maash Maash says:
      June 3, 2025 at 11:53 am

      Thank you sooo muchhh naberrr.. I’m happy U liked it..
      No worries darling.. Maash vx vrh busy hama Eid aa kairi vanya busy vaane ehnun.. awww thank you sooo muchhh.. vrh happy vejje komme part ehvx kiyaakan enguneema.. hehe yes vhk liyumah asluvx vrh time dhaane.. naber ge story kiyaalaafa comment ehkohlaanan 💜 wish U all the best.. I’m sure U have a bright future in story writing.. all the best.. and thank you so much for the lovely comment💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 13←


All Right Reserved!