Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 37

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 7, 2025 3 Mins Read
9 Comments

“ހަހަ ކިހިނެތްވީ؟ ޒެވިއަން ދިން އެއްޗަކަށްވީމަތަ؟” ޔަޝްއަލް ހީލިއެވެ. ފަށުފުލުގައި އިން އިސްކުރު ނައްޓާލީ އިރަށް އޭގައި ހުރި ލޭތަށް ޔަޝްއަލްގެ އިނގިއްޔައް އެޅުނެވެ. ޔަޝްއަލް ވިހަގޮތަކަށް ހިނިތުންވެލާފައި އިނގިލީގައި ހުރި ލޭތަށް ލޯޅާލިއެވެ. “ހެހެ ނެކްސްޓް އިޒް ޔޫ!” ޖީބުގައި އޮތް ފޮތިކޮޅު ނަގާ ނުހާ ލޮލުގައި އައްސަމުން ޔަޝްއަލް ބުންޏެވެ.

ނުހާގެ ހަށިގަނޑުގެ ކޮންމެ ތަންކޮޅެއްގައި ޔަޝްއަލް ވަކި އަޅުވަމުން ދިޔައީ އެއީ އޭނާގެ އެއްޗެއް ފަދައިންނެވެ. އިހާނަތި ގޮތުގައި ނުހާގެ އިއްފަތްތެރިކަން ވެއްޔާ މޮޑެވުނު އިރު ސަލާމަތް ވުމަށް ނުހާއަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ކުރާނީ ކީއްހެއްޔެވެ؟ ގަދަ ހެދޭ ވަރަށް ވުރެ ނުހާގެ ހާލަތު މިއަދު ނިކަމެއްޗެވެ.

ޔަޝްއަލް ހިތްފުރުމުން ނުހާގެ ހަށިގަނޑު މަތިން ތެދުވިޔެވެ. ބިންމަތީގައި ހުރި ޔަޝްއަލްގެ އެއްޗެހި ލާންފެށި އަޑުއިވުމުން އެކަން އެނިމުނީއޭ ނުހާ ހިތަށް އެރިއެވެ. ނަމަވެސް އަނެއްކާ ހިތްތެޅިލީ ކެމެރާއެއްގެ އަޑުއިވުމުންނެވެ. ޔަޝްއަލް ނުހާގެ ލޮލުގައި އިން ފޮތިކޮޅު ނެގިއެވެ.

“ވަޓް އިފް އައި ޖަސްޓް ލީކް ދިސް އެވްރީ ވެއާރް؟” ނުހާގެ އެފޮޓޯ ދައްކާލަމުން ޔަޝްއަލް އެއްސެވެ. “ނޫން. ޕްލީޒް ނޫން. ބުނޭ ޔަޝްއަލް ބޭނުން ކަމެއް. އަހަރެން ކޮއްދޭނަން” ނުހާ ތެޅިގަންފައި ބުންޏެވެ. އެއްވެސް ރަހުމެއްނެތި ނުހާގެ އިއްފަތް ތެރިކަންވެސް ވެއްޔާ މޮޑެވިއްޖެއެވެ. ދެން އެފޮޓޯ ލީކްވެއްޖެ ނަމަ….

“ޒެވިއަން ދޫކޮށްލާ.! ނުހާގެ ކައިވެނި މަށާ ކުރޭ” ޖީބަށް އަތް ޖަހާލަމުން ޔަޝްއަލް ބުންޏެވެ. “ވަޓް؟؟” ނުހާ ހައިރާންވެފައި އެއްސެވެ. “އެކަމަކު.. އަހަރެން ޒެވް ދެކެ ވަރަށް ލޯބިވޭ-” ނުހާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޔަޝްއަލް ފެށީ ހޭށެވެ.

“ލޯއިތްބޭ؟ ކަލެއަށް ހީވޭތަ މިހާރު ޒެވިއަން ކަލޭދެކެ ލޯބިވާނޭ؟ ކިތޭވަރަށް ރުޔަސް ދެން ކަލެއަށް ކީއްކުރެވޭނީ؟ ތިމަލުގެ ފޮނިކޮޅު މަގޭ ބޯލީމި. ދެން މިހާރު ތިއީ ކުނިވެފައި އިން މަލެއް. ހަހަ” ޔަޝްއަލް މަލާމާތުގެ ރާގަކަށް ބުންޏެވެ. ނުހާއަށް އިސްޖަހާލެވުނެވެ. އެއީ ތެދެކެވެ. ޒެވިއަންވެސް ދެން އޭނާ ބޭނުމެއް ނުވާނެއެވެ.

“ސޯ؟ އެއްބަސްތަ؟ އޯކޭ އެއްބަސް ނުވިޔަސް. އެކަމަކު އޭރަށް މިފޮޓޯ ލީކް ވާނެ” ޔަޝްއަލް ބުންޏެވެ. “ނޫން ނޫން. އަހަރެން ޔަޝްއަލްއާއި ކައިވެނި ކުރާނަން. އެއްވެސް މީހެއް ގާތުގައި މިވާހަކައެއް ނުވެސް ބުނާނަން..” ނުހާ ބިރުން ހުރެ ބުންޏެވެ. “މްމްމް ގުޑް ގާލް” ނުހާގެ ތުންފަތުގައި ބޮސް ދެމުން ޔަޝްއަލް ބުންޏެވެ. “ޔޫ ކޭން ގޯ ނައު” ނުހާ ލައިގެން ހުރި ހެދުން ދީފައި ޔަޝްއަލް ބުންޏެވެ. އަދި ނުހާގެ ހަތަރިސްފައި މޮހާފައި އޭނާ ނުކުމެގެން ދިޔައެވެ.

***3 ދުވަސް ފަސް***

“ދަރިފުޅާ. ބުނެބަލަ. އަސްލު ކީއްވެތަ ތިހެން ތިހެދީ؟ ޒެވްއާއި ދެކުދިން މައްސަލަ ޖެހުނީތަ؟ އެކަމަކުދޯ؟ ކައިވެނި މިހާ ކައިރިވެފަ އޮއްވާ” ނުހާ ގާތުގައި އިނދެ ނިމްރާ ވާހަކަ ދެއްކިއެވެ. “ނޫ ބޭނުމެއް ނޫން ޒެވްއާއި މެރީ ކުރާކަށް. ނޫ ލޯބިވަނީ ޔަޝްއަލްދެކެ. ނޫ މެރީ ކުރާނީ ޔަޝްއަލްއަށް..” ނުހާ ބުންޏެވެ. އެއާއި އެކު ހައިރާންވީ ނިމްރާ އެކަންޏެއް ނޫނެވެ. ގާތުގައި އިން ކަޔާންއާއި އާކިންވެސްމެއެވެ. “އެކަމަކު ދަރިފުޅާ. ޔަޝްއަލް އަކީ..؟”

“ކިހިނެތްވީ؟ އޭނަ ނަހަލާލަށް ކުއްޖަކު ހުރީމަތަ؟ ދެން ކޮބާތަ މައްސަލައަކީ؟ ބައްޕަވެސް މަންމަ ދޫކޮށްލާފަ މާޝް ދައްތައާއި މެރީ ކުރީނުން މަންމަ ނޫއަށް ބަނޑުބޮޑު އިރު؟ ދެން އަދި މާވީއާއި ޔަޝްއަލް މިހާރު ރުޅިވެސް ވެއްޖެ. ކޮބާތަ ދެން މައްސަލައަކީ؟ އެންމެން އަބަދުވެސް ބުނޭ ނޫ ބޭނުން ކުއްޖަކާ މެރީ ކުރެވޭނޭ. ދެން ކީއްވެ ނޫއަށް ޔަޝްއަލްއަށް މެރީ ނުކުރެވެންވީ؟” އާކިންގެ ވާހަކަ ހުއްޓުވާފައި، ނުހާ ރުޅިއަހިސްފައި ބުންޏެވެ. “އެންމެ ރަނގަޅު. ނުހާ ބޭނުން ކުއްޖަކާ މެރީ ކުރަންވީ. ބައްޕަ ވަލީ ދޭނަން” އާކިން ގޮތްދޫކޮށްފައި ބުންޏެވެ. “އެކަމަކު. ނޫމެރީ ކުރަން އުޅޭ ވާޙަކަ ޒެވްއަށް ނާންގާތި” ނުހާ ބުންޏެވެ.

***

ޙިޔާލުތަކުން ނުހާއަށް ނުކުމެވުނީ ޔަޝްއަލް ދޮރުގައި ތަޅަންފެށި އަޑަށެވެ. “ކިހާ ދެރަކަމެއް މިދެން އަޅެ ނުކުންނާށޭ” ޔަޝްއަލް ހަޅޭ ލަވައިގަތެވެ. ނުހާ އަވަސްކޮއްލައިގެން ނުކުތެވެ.

“ކޯއްޗެއް ކާން ހެދީ؟” ނުހާ ނުކުތުމުން ދަތް އުނގުޅާލައިގެން ނުކުމެ ޔަޝްއަލް އެއްސެވެ. “ބަތާ ރިހަޔާ. ދެން ހުންނާނެ ބަޖިޔާވެސް..” ނުހާ މަޑުމަޑުން ބުންޏެވެ. “ހިނގާ މަށަށް ކާން ހަދަން..” ޔަޝްއަލް ބުންޏެވެ. ނުހާ ބޯޖަހާލާފައި ދިޔައެވެ.

ހަމައެވަގުތެވެ. ކޮޓަރިތެރޭގައި ޔަޝާ ތައްޔާރު ކުރަން އިން މާވީގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ދުވަހަކީ ޔަޝާއަށް 6 މަސް ފުރުނު ދުވަސްކަމުންނެވެ. އެވަގުތު މާވީއަށް ކައިލްގެ ކޯލެއްއައެވެ. “ކޮބާ؟ ދޮރު ހުޅުވަން އަންނަގަ” ކައިލް ބުންޏެވެ. މިދަނީ ކަމަށް ބުނެ މާވީ ފޯނު ބޭއްވިއެވެ.

“މާޝާ ﷲ ޔަޝޫ ހާދަ ލޯއިތްބޭދޯ؟” ޔަޝާ އުރާލަމުން ކައިލް ބުންޏެވެ. ކަޅު ކުލައިގެ ކުޑަ ހެދުންކޮޅެއް ލާފައިވީއިރު، ހެދުމުގެ މޭމަތީގައި ކުދިކުދި ޑޭޒީ މާތަކެއް ހުރި އިރު ބޮލުގައިވެސް ޑޭޒީމަލެއް އިން ބޭންޑްއެއް އިނެވެ. ޔަޝާއާއި ގުޅުވައިގެން މާވީ ލާފައި ހުރި ދޫ އަބާޔާގައިވެސް ޑޭޒީ މާތަކެއް ހުއްޓެވެ. ޔަޝާއަށް 6 މަސްވީ ދުވަހުގެ އިތުރުން ދުވަހަކީ މާވީ ބުރުގާވެސް އެޅިދުވަހެވެ.

“ވީ ވެސް ވަރަށް ރީތި” މާވީއަށް ބަލައިލަމުން ކައިލް ބުންޏެވެ. “ތޭންކްސް” ހިނިތުންވެލާފައި މާވީ ބުންޏެވެ. “ހިނގާ އަވަހަށް ދަމާ ޓެކްސީ ބަހައްޓާފައި މިއައީ” ކައިލް ބުންޏެވެ. މާވީ ބޯޖަހާލާފައި ކައިލް ފަހަތުން ދިޔައެވެ.

ކިރާ ނިމުމުން 3 މީހުން ގެއަށް އައެވެ. ޔަޝާ ގޮވައިގެން ކައިލް ކުޅެން އިށީނުމުން މާވީ މަސައްކަތްފެށީ ޔަޝާއަށް ކާންދޭނެ އެއްޗެއް ހެދުމަށެވެ. ފިހާރަތަކުގައި ހުންނަ “ބޭބީ ފުޑް” ދޭން މާވީ ބޭނުން ނުވާތީ، މާވީ ތައްޔާރު ކޮއްލީ މޭވާއިންނެވެ. 2 ދޮންކެޔޮ ޗަސްކޮއްލާފައި ޔަޝާއަށް ކެވޭހެން ތައްޔާރުކޮއްލިއެވެ.

“އާދޭ އަވަހަށް ޔަޝޫ ގޮވައިގެން. މިހިރީ ރެޑީ ކޮއްލާފަ” ކޮޓަރި ދޮރު ހުޅުވާލާފައި މާވީ ބުންޏެވެ. ކައިލް ޔަޝާ ގޮވައިގެން ގޮސް ސިޓިންގްރޫމްގައި އިށީނެވެ. ޔަޝާ ލައިގެން އިން ހެދުން ކޮޅު ބާލުވާފައި ޔަޝާއަށް ކާންދިނުމަށް ބައިންދަން ގެނެސްދީފައި އިން ގޮނޑީގައި ޔަޝާ ބޭންދިއެވެ.

ބިސްމިން ކިޔާފައި ފުރަތަމަ އެތިކޮޅު މާވީ ލޯބިން ލަވައިދިނެވެ. ނަސީބަކުން ޔަޝާއަށް އޭތި ކަމުދިޔައެވެ. މައުސޫމްކޮއް ހީލާފައި ޔަޝާ އަތް ޖަހާލިއެވެ. ދެވަނަ ފަހަރަށް އަމިއްލައަށް އަނގަ ހުޅުވާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އަބަދަށް-18

Next

ބަދަލް….10

Next
June 7, 2025

ބަދަލް….10

Previews
June 6, 2025

އަބަދަށް-18

9 Comments!

  1. Your fav bab Your fav bab says:
    June 7, 2025 at 3:19 pm

    Maavi, yashaa n kail, would be such a cute little family🥰
    Mi part ves hama epic>>³ pro max!!!
    Maasha Allah
    When next?
    Lyssm

    1. shihaamaa ali shihaamaa ali says:
      June 7, 2025 at 7:08 pm

      hehe ikrrr
      jazaakallah khairan stay tuned for the next episode lyyy

  2. aanaa says:
    June 7, 2025 at 7:24 pm

    masha allah mi part vss vrhh reethiii…yash’allllll….i hatteeee uuuu…heyonuvaane dhw nuha ah ehn hadhan…..alheyyy yashaa haadha cute eyyyy…uraalaa hihvanyyy😭..curiously waiting..when next??tcc lyy

    1. shihaamaa ali shihaamaa ali says:
      June 7, 2025 at 7:27 pm

      hehe jazaakallah khairan
      ikrrr feel soooo bad for nuu 😔
      aslu vess dhw yashu is soo cutee shihaa vess vrh uraalaa hiyeyy.. stay tuned in sha allah on tuesday lyyy

  3. shihaamaa ali shihaamaa ali says:
    June 7, 2025 at 7:25 pm

    Salaam hurihaa kudhin,
    since its eid, and i am not that well i am taking a little break again.. i am so sorry to say this 🙁
    don’t worry in sha allah i will meet you all with episode 38 and 29 in June 10, Tuesday In sha allah. Stay tuned, once again i hope u all understand💕

  4. Shaf_maan says:
    June 8, 2025 at 1:25 pm

    Maasha Allah mi prt vx vrh reethi
    Nu ah v goi engunyma vrh dheravi😭😭
    Sry kurin prt thakuga cmmt koh nulevunyma
    Tc
    Lysm Shiher
    Eid Mubarak

    1. shihaamaa ali shihaamaa ali says:
      June 10, 2025 at 3:53 pm

      Jazaakallah khairan❤️

  5. Your fav bab Your fav bab says:
    June 9, 2025 at 11:30 am

    Shierroo that’s totally okeyyrr
    Gws ❤️
    I understand 👍

    1. shihaamaa ali shihaamaa ali says:
      June 10, 2025 at 3:53 pm

      Jazaakallah khairan❤️

Comments are closed.

Next Episodeޒެވިއަން 38←


All Right Reserved!