“މަންމާ.. ލިއާ ކިހިނެތް ދެން ހަދާނީ؟ ލިއާ ބައިވެރިވީ މަންމަގެ ބަދަލު ހިފުމުގަ. ޒެވްދެކެ ލޯބިވާ ކަމަށް ހެދުނީ. އެކަމަކު. ހަގީގަތުގައިވެސް ލިއާއަށް ޒެވްދެކެ ލޯބިވެވިއްޖެ. ދެން ލިއާ ކިހިނެތް ހަދާނީ؟ މިހާރުވެސް.. ޒެވްގެ ހިތުގައިވީ ނުހާ އެކަނިކަން އެއީ ޝައްކެއްވެސް އޮތް ކަމެއްނޫން..” ޒެވިއަންގެ އެފޮޓޯގައި ފިރުމާލަމުން ލިލިއާ ބުންޏެވެ. އޭރު އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.
ހަމަ އެވަގުތެވެ. ޔަޝްއަލްގެ ސައިކަލު ފަހަތުގައި އިން ނުހާގެ މޫނުމަތީގައިވީ ހިތާމައިގެ ސާލެއް އޮޅާލެވިފައެވެ. މިރެއިން ފެށިގެން ނުހާގެ ހަޔާތް އެކީހެން ބަދަލުވީއެވެ. ނުހާގެއިން ނުކުމެގެން ދިޔައިރު ނިމްރާގެ މޫނުމަތީގައި ހުރި އަސަރަކީ ނުހާ ދުވަހަކުވެސް ހަނދާން ނެތޭނެ އަސަރެއް ނޫންކަން ގައިމެވެ. ނަމަވެސް މިއަދު ނުހާއަށް މިވަނީ މަޖުބޫރުވެފައެވެ. ބޭނުން ނުވިޔަސް މިއަދު އޭނާ ކަން ކުރަން ޖެހޭނީ ޔަޝްއަލްގެ ބަހާއި އެއްގޮތަށެވެ.
ނުހާއާއި ޔަޝްއަލް ގެއަށް ވައިން އިރު އަރޫޝާ ޖޯލިފަތީގައި އިނެވެ. “އަނހާ. ދެކުދިންއައީދޯ؟ އަވަހަށް ވަދޭ” ހިނިތުންވުމަކާއި އެކު ނުހާގެ ކޮނޑުގައި ފިރުމާލަމުން އަރޫޝާ ބުންޏެވެ. ނުހާ ހިނިތުންވެލިއެވެ.
“އަހަރެން އަންނާނަން ދެން ހުރި ފޮށިތައް ހިފައިގެން. މިތާ މައިތިރިވެގެން އިނދޭ” ޔަޝްއަލްގެ ކޮޓަރިއަށް ނުހާ ވައްދާފައި ޔަޝްއަލް ބުންޏެވެ. ނުހާ ބޯޖަހާލާފައި އެނދުގައި އޮށޯވެލިއެވެ. އެއާއި އެކު ނުހާގެ ކުޑަދެލޯ ކަރުނުން ފޯވެގެން ދިޔައެވެ.
ދެއާއިލާ އެކުގައި މަޖާކޮއްލުމަށް ފަހު އަލާޔާ ގެއަށްއައި ވަގުތުގައި އައިޒިންވެސް އައެވެ. އަލާޔާއާއި އެކުގައި އައިޒިން ވަނީ ޒެވިއަންގެ ކޮޓަރިއަށްވެ. “ކޮބާ ކިހިނެތް؟” ޒެވިއަން ގާތުގައި އިށީންނަމުން އައިޒިން އެއްސެވެ. “ދެން.. އެކަހަލަ ގޮތެއް. މަރުހަބާ އިނގޭ ދެކުދިން..” ޒެވިއަން ހިނިތުންވެލިއެވެ.
“ކޮން އިރަކުންތަ ދެން ކައިވެނި ކުރާނީ؟” ޒެވިއަން އެއްސެވެ. “އަންނަ މަހު 29 ގައި” އައިޒިން ހީލާފައި ބުންޏެވެ.
“ނޫވެސް މެރީ ކުރީދޯ؟ ދެން ކައިލްވެސް އެހެން އުޅިފަ އަހާނެ ކަންނޭނގެ މާވީ ގާތުގައި ރައްޓެހިވާން. ދެން ލީންއާއި ނައުހާން. ދެން ހުރީ ނިލީއާއި މިކީ. ކޮން އިރަކުންތަ މިކީ ކުއްޖަކާ ރައްޓެހިވާނީ؟” އަތިރިމަތީގައި އިން މެހެކް ގާތުގައި އިން މިކިޔަލް ގާތުގައި އެއްސެވެ.
“ކުއްޖަކުދެކެ ލޯބިވޭ ގައިމުވެސް” ދޮން ކިރުފޮދެއް ފަދަ ވެލިގަނޑުގައި އަތް ހާކާލަމުން މިކިޔަލް ބުންޏެވެ. “އަސްލުތަ؟ ކޮބާތަ އެލަކީ ކުއްޖަކީ؟” މެހެކް އެއްސެވެ. ހީލާފައި އެހިނަމަވެސް އޭނާގެ ހިތަށް ދިޔައީ ނޭނގޭ އުނދަގުލެއް ވަމުންނެވެ. “ތީނުން އެކުއްޖާއަކީ؟” މިކިޔަލް ހީލިއެވެ. “ޝަޓް އަޕް” މެހެކް ރުޅިއަންނަ ކަމަށް ހެދިފައި ބުންޏެވެ.
“ހަމަ ސީރިޔަސްކޮއް. މިމީ. އެންމެ ފުރަތަމަ މިމީއާއި މީޓްވީ ދުވަހު މިކީވީ ފާޑެއްގެ ފޫއްސެއް. ދުވަހަކުވެސް ހީނުކުރަން ތިކަހަލަ ބޮޑު އަނގައެއްދެކެ ލޯބިވެވިދާނެއެކޭ. އެކަމަކުދޯ؟ މިކީގެ މޮޔަހިތަށް ތިނޫން ކުއްޖެއްދެކެ ހަމަ ލޯބިނުވެވުނީ. ޖޯކްއަކަށް ނޫން މިކިޔަނީ. އަސްލުވެސް މިކީ ވަރަށް ލޯބިވޭ. މިކީގެ ހަޔާތުގެ ބައިވެރިޔާއަށް ވެދީފާނަންތަ؟” މިކިޔަލް އަތް ދިއްކޮއްލަމުން އެއްސެވެ.
މެހެކްގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. މެހެކްއަށް އިސްޖަހާލެވުނީ ލަދުންނެވެ. ނަމަވެސް މެހެކް މިކިޔަލްގެ އަތުގައި ހިފާލިއެވެ. “އައި ލަވް ޔޫ ޓޫ، އިޑިއެޓް” ވަރަށް މަޑުމަޑުން މެހެކް ބުންޏެވެ. “ޔޭ! އަލްހަމްދުލިއްލާހި” މެހެކްގެ ހަށިގަނޑުގައި ބައްދާލަމުން މިކިޔަލް ބުންޏެވެ.
“އެކަމަކު މިކީ 10 ނިމެންދެން ހުންނަން އެނގޭ ޖެހޭނީ؟ މަންމަމެންނަކަށް ކަމަކު ނުދޭ އޭގެ ކުރިން ރިލޭޝަންޝިޕްސްއަށް ދާކަށް. އެހެންވެ ލީންއާއި ނައުހާންވެސް އެމަޑުކުރަނީ” މިކިޔަލް ބުންޏެވެ. “ހަހަ އޯކޭ ލިލް ބޭބީ. އުމުރު ދުހުވެސް މަޑުކޮއްފާނަން ހެހެ” މެހެކް ހީލާފައި ބުންޏެވެ.
ހެނދުނުގެ ވަގުތެވެ. ނުހާ ހުރީ އަރޫޝާއާއި އެކު ބަދިގޭގައެވެ. އަރޫޝާ ތަފާތު ވާހަކަ ދައްކަމުން ދިޔަނަމަވެސް ހިނިތުންވެލުމެއް ނޫންކަމެއް ނުހާއަކަށް ނުކުރެވެއެވެ. “އަސްތާ. އިނގުރު ހުސްވެފަ މިހުރީ. ދަރިފުޅާ ދޭބަލަ އިނގުރުކޮޅެއް ގަނެލަން” ނުހާއަތަށް ރުފިޔާ ދެމުން އަރޫޝާ ބުންޏެވެ.
ނުހާ ބޯޖަހާލާފައި ގެއިން ނުކުތެވެ. ވިއްސާރަ ނުވެހުނަސް ކޮންމެވެސް ވަރަކަށް ބަނަ ދުވަސްކޮޅެއް ކަމުން ފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ޖެހެމުން ދިޔަ ވައިރޯޅިން ނުހާއަށް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުން ލިބުނެވެ. ނަމަވެސް ނުހާގެ ހިތަށް ވަނީ ބަރުވެފައެވެ.
ގެއާއި އެންމެ ގާތުގައި ހުރި ފިހާރަޔާ ހަމަޔަށް ފޯރިތަނާހެން ފެނުނު މަންޒަރުން ނުހާގެ ހަރަކާތައް މަޑުވިއެވެ. ގަބޫލު ކުރަން ދަތިވިއެވެ. ފިހާރައިން ނިކުން ޒެވިއަންގެ ތުމުގައި އިން ސިނގިރޭޓު ރޯކޮއްލީ ނުހާ ކުރިމަތީގައެވެ. ޒެވިއަންއަށް އެއައި ބަދަލުގެ ހަގީގަތަކީ ނުހާ ހެއްޔެވެ؟
އެމަންޒަރު ބަލަން ކެއްނުވުމުން ނުހާ ދުވެފައި ގޮސް ޒެވިއަންގެ ތުމުގައި އިން ސިނގިރޭޓު ނަގާ ބިމައް ވައްޓާލިއެވެ. “ވައި ޔޫ!..” ރުޅިއަހިސް ހަޅޭ ލަވައިގަންނަން އުޅުނު ޒެވިއަންގެ އަޑު ކަރުގައި ތާށިވީ ގާތުގައި ތުން ކޮޅު އޫކޮށްގެން ހުރި ނުހާ ފެނުމުންނެވެ. “ޒެވް މޮޔަވީތަ؟ ވައި ޔޫ ސްމޯކިންގް؟” ނުހާ ރުޅި އަހިސްފައި އެއްސެވެ.
ޒެވިއަން ހިނިތުންވެލިއެވެ. ޖީބަށް އަތް ޖަހާލަމުން ނުހާ އާއި ގާތްވެލިއެވެ. “ވައި؟ ނުހާގެ ތިހިތައް އަސަރު ކުރީތަ؟ ދުވަހަކު ދުރުނުވާން ކުރި ވައުދުތައް އުވާލި އިރު ހިތައް ނޭރި އެއްޗެއް ކީއްވެ މިހާރު އަރަންވީ؟” ޒެވިއަން ބުމަ ހިއްލާލަމުން އެއްސެވެ.
ބުނާނޭ އެއްޗެއް ނޭނގުމުން ނުހާ އެނބުރުނީ އަވަހަށް އެތަނުން ދާށެވެ. ނަމަވެސް ޒެވިއަން ހުރީ ނުހާގެ އެހަރަކާތައް ތައްޔާރު ވެގެންނެވެ. ހުނަރުވެރި ކަމާއި އެކު ނުހާގެ އަތުގައި ހިފާ ގެނެސް ފާރުގައި ތަތް ކޮއްލިއެވެ. “ޒެވް މޮޔަވީތަ؟ އަހަރެންމީ މީހެއްގެ އަންބެކޭ!” ރުޅި އަހިސްފައި ކަމަށް ހެދެމުން ނުހާ ބުންޏެވެ.
“ހަހަ. މީހެއްގެ އަންބެކޭ؟ އެހެންވިއްޔާ ކީއްވެ އަހަރެން ގާތު ސިނގިރޭޓު ނުބޯން ތިބުނީ؟ އެއިން؟ ޔަޝްއަލްވެސް އެއީ ސިނގިރޭޓު ބޯ މީހެކޭ. އޭނަ ހުއްޓުވަން ނޫޅި ކީއްވެ މަގޭ ގާތަށް ތިއައީ؟” ނުހާގެ މޫނާއި ގާތްވެލަމުން ޒެވިއަން އެއްސެވެ. އެހާ ގާތުން ޒެވިއަންގެ މޫނު ފެނުމުން ނުހާގެ ހިތް ތެޅިގަތެވެ. އެދެލޮލުގައިވީ ވޭން ފެނި ނުހާގެ ހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ.
“ދޫކޮށްލާ. އެހެން ނޫނީ ހަޅޭ ލަވައިގަންނާނަން” އިންޒާރެއް ފަދައިން ނުހާ ބުންޏެވެ. ޒެވިއަން ހީލިއެވެ. ނުހާގެ މަޑު އަތުގައި ހިފާލަމުން އެއަތް ގެނެސް ޒެވިއަންގެ މޭމަތީގައި ބާއްވާލިއެވެ. “ޒެވް މޮޔަވީތަ؟” ނުހާގެ އަތް ދުރުކުރަން މަސައްކަތް ކުރަމުން ޒެވިއަން އެއްސެވެ.
“މަގޭ ސުވާލަށް ޖަވާބުދީ. މަގޭ ހިތުގެ ވިންދުގެ އަޑުއިވޭތަ އެބަ؟ އިހުސާސްވޭތަ އެބަ؟” ޒެވިއަން ސުވާލު ކޮއްލިއެވެ. ފާޑަކަށް ބިރުންހުރެ ނުހާ ބޯޖަހާލިއެވެ. “މީ ނޫގެ އެއްޗެކޭ. މިހިތުގައި ވިންދު ޖަހަނީ ނޫއަށް ޓަަކާއޭ. މިހިތުގައި ޖަހާ ކޮންމެ ވިންދެއްގައި ވަނީ ނޫގެ ނަމޭ. މިހިތުގެ އަދި މިހިތުގެ ވިންދުގެ ވެރިޔަކީ ތިއީއޭ. ކިހިނެތް ޒެވް ނޫއާއި ނުލާ އުޅޭނީ؟” ޒެވިއަންގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. ނުހާއަށް އިސްޖަހާލެވުނީ ކުއްވެރިޔެއްގެ އިހްސާސް ކުރެވުމުންނެވެ.
(36 ވަނަ ބައި)
“ދޫކޮށްލާ މަގޭ އަތުން” ޒެވިއަން ބަލިކަށިވީ ވަގުތު ބަލާފައި ޒެވިއަން އަތްފޮޅުވާލާފައި ނުހާ އަވަހަށް ދިޔައެވެ. ފިހާރައަށް ވަދެ އިނގުރުކޮޅެއް ގަނެގެން ނުހާ ނިކުތީ އަދި އެއްފަހަރު ޒެވިއަން ފެންނާނޭ ކަމުގެ އުންމީދުގައެވެ. ނަމަވެސް އޭރު ޒެވިއަންއެއް އެތާކު ނެތެވެ.
“ހާދަ ފާޑަކަށް ތިހުރީ އަނެއްކާ ކިހިނެތްވީތަ؟” ނުހާގެއަށް ވައިން އިރު ހުރި ގޮތުން އަރޫޝާ އެއްސެވެ. “ކަމެއް ނުވޭ” ނުހާ ހިތި ހިނިތުންވުމަކާއި އެކު ބުންޏެވެ. މެނދުރުގެ ކެއުމަށްވެސް ކައްކާފައި ނުހާ ވަނީ ކޮޓަރިއަށެވެ. އޭރުވެސް ޔަޝްއަލް އޮތީ ނިދާފައެވެ.
ތުވާލި ހިފައިގެން ނުހާ ވަނީ ފާހާނާއަށެވެ. ހަށިގަނޑާއި ހެދުން ވަކިކޮއްލާފައި ނުހާ ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ނުހާގެ އުނަގަނޑު މަތީގައާއި މޭމަތީގައިވެސް ވަކި އަޅުވާފައި ހުރި ކަހަލަ ނިޝާންތައް ހުއްޓެވެ. ފަލަމަސްގަނޑުގަޔާއި ފުރަގަސްފަރާތުގައި ނޫފައިގަންފައި ހުރި އިރު، ނުހާގެ ބަނޑުގައި ދަތްއަޅާފައި އިންކަހަލަ ނިޝާންއެއް އިނެވެ.
ދެލޯ ކަރުނުން ފުރުން އިރު، ހަށިގަނޑުގައި ނުހާއަށް އަތް ހާކާލެވުނެވެ. ފެންމާގަނޑުން ނުހާގެ ހަށިގަނޑުގައި އަތް އުނގުޅަން ފެށީ މުޑުދާރު އެއްޗެއް ހަށިގަނޑުގައި ހޭކިފައިވީހެންނެވެ. ނުހާއަށް މަންޒަރު ފުސްވެފައިވީ ދެލޯ ފުރިފައިވީ ކަރުނައިންނެވެ. އެހެންވިޔަސް މީގެ 2 ހަފްތާ ކުރީގެ އެހާދިސާ ނުހާގެ ލޯކުރިމަތީގައި ފެންނަމުން ދިޔައީ ނުހަނު ސާފުކޮށެވެ.
***2 ހަފްތާ ކުރިން***
2 ބޮނޑި ނޫޑްލްސް ޕެކެޓްއާއި ޖޫސްފުޅިއެއް ގަނެގެން ނިކުން ނުހާ ފިޔަވަޅުތައް އަވަސްކޮއްލީ ގެއަށް ދިޔުމަށެވެ. މީހުން ގިނަ މަގުތަކުން ދެވެން އޮއްވާވެސް ނުހާ އެޅީ އެންމެ މީހުން މަދު ގޯޅިއަށެވެ. ސަބަބަކީ އެއީ ގެއަށް ދެވެން އެންމެ އަވަސް ގޯޅިއަށް ވީތީވެއެވެ.
“ނުހާ..” ނުހާގެ ފިޔަވަޅުތައް ހުއްޓުނީ ވައިއަޑުން މީހަކު އޭނާއަށް ގޮވާލިހެން ހީވެގެންނެވެ. “ކަ..ކާކު…؟” ނުހާ ބިރުން ހުރެ އެއްސެވެ. ނަމަވެސް ދެން އެއްވެސް އަޑެއް ނީވުނެވެ. މަގުގައި އެއްވެސް އަލިކަމެއް ނެތުމުން ވަކިން ބިރުވެރިކަމަށް ދައްކައެވެ.
ނުހާގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ފިޔަވަޅުތައް ހަލުވިކޮއްލީ އަވަހަށް ގެއަށް ދިޔުމަށެވެ. ނަމަވެސް ކުޑަތަންކޮޅަކަށް ދެވުނުތަނާހެން މީހަކު އަހިސް ނުހާ އަނގަމަތީގައި ފޮތިކޮޅެއް ޖެއްސިއެވެ. ދެންވީނުވީއެއް ނޭނގި ނުހާ ހުރިތަނަށް ދެމުނެވެ.
ނުހާއަށް ހަމަހޭވެރިކަންވީ އިރު އޭނާ އޮތީ ކުޑަގެގަނޑެއްގެ ތެރޭގައެވެ. އެނދެއްގެ މަތީގައި ނުހާ އޮތް އިރު އޭނާގެ ހަތަރިސްފައި އޮތީ ހިރިނުލެވޭވަރަށް ބަނދެފައެވެ. އެއަށް ވުރެ ބޮޑަށް ނުހާގެ ހިތް ތެޅިގަތީ އޭނާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތުމުންނެވެ.
އެނދު ކުރިމަތީގައި އިން ފާރުގައި “އޮބްސެސް ވޯލް” އެއް ހަދާފައިވީ އިރު އޭގައިހުރީ ހުސް ނުހާގެ ފޮޓޯތަކެވެ. ނުހާއަށް ހަޅޭ ލަވައިގަނެވުނީ ގަންނާ ކުރެއްވީ ބިރުންނެވެ. ނުހާގެ ހަޅޭކުގެ އަޑަށް ނުހާ ހޭއަރަންދެން އިންތިޒާރުގައި އިން އޭނާ ތެދުވެ ކޮޓަރިއަށް ވަނެވެ.
“ކަ..ކާކުތީ؟” ނުހާ ބިރުން ހުރެ އެއްސެވެ. ކަޅު ކުލައިގެ ޖީންސްއަކާއި ހޫޑީއެއް ލާފައިވީއިރު އަޅާފައިވީ މާސްކުން އޭނާގެ މޫނު ވަނީ ވަންހަނާވެފައެވެ. ނުހާގެ ސުވާލާއި އެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިކަން އެނގުނީ އެބިރުވެރި ދެލޯ ކުޑަ ވުމުންނެވެ. ހުރިގޮތަށް ހުރެފައި އޭނާ މޫނުމަތީގައި އިން މާސްކު ނެގިއެވެ. އެއާއި އެކު ނުހާގެ ހިތުގައި ނެގީ ބިރުވެރި ރާޅެކެވެ.
“ޔަޝްއަލް..؟” ނުހާއަށް ގަބޫލު ނުކުރެވިގެން އެހުންނެވެ. “ހަހަ. ކިހިނެތްވީ؟” ޔަޝްއަލް ހީލާފައި އެއްސެވެ. “ކަލޭ.. ކަލޭ ކީއްކުރަން ތިއުޅެނީ؟ ހަމަ މިހާރު އަހަރެން ދޫކޮށްލާ. އެހެންނޫނީ-”
“އެހެންނޫނީ؟ ޒެވިއަންއަށް ގުޅާނީ؟ ކަލޭގެ ބަފާއަށް ގުޅާނީ؟ އޯހް ވެއިޓް އެބުނާހެން. އެއީ އަދި ފުލުހެކޭދޯ؟ ހަހަހަ” ނުހާގެ ވާހަކަ ހުއްޓުވާފައި ޔަޝްއަލް ބުންޏެވެ. “ހޭނެކަމެއް ނެތް. އަހަރެން ދޫކޮށްލާށޭ” ނުހާގެ އަޑު ބާރުވެލިއެވެ. “ބާރަށް ހަޅޭ ލަވާ. ކަލޭގެ ސަލާމަތަށް އެކަކުވެސް ނާންނާނެ” ޔަޝްއަލް ކުއްލިއަކަށް ގޮސް ނުހާ ގައިމައްޗަށް އަރާ ކޮލަށް ފިއްތާލަމުން ބުންޏެވެ.
ބުނާނޭ އެއްޗެއް ނޭނގުމުން ނުހާއަށް ރޮވުނެވެ. އޭނާގެ އިތްފަތްތެރިކަން ވެއްޔާ މޮޑެވޭން މާގިނަ ވަގުތެއް ނެތްކަން އެނގުމުންނެވެ. ނުހާ ރޯން ފެށުމުން ޔަޝްއަލް ހޭން ފެށިއެވެ. ހީވާފަދައެވެ. އެކަމުން އޭނާއަށް އެލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ.
ޔަޝްއަލް ހީލާފައި ބަލައިލީ ނުހާގެ ކަރުގައި އޮތް ފަށަށެވެ. އެއީ ޒެވިއަން ނުހާއަށް ދިން ފަށްކަން ޔަޝްއަލްއަށް ޝައްކެއްނެތް މިންވަރަށް ޔަގީންވިއެވެ. ފަށުގައި ހިފާ ދަމާލުމާއި އެކު ނުހާއަށް ރޮއެގަނެވުނެވެ. “ޕްލީޒް… ނޫން..” ނުހާ މަޑުމަޑުން ބުންޏެވެ.
“ހަހަ ކިހިނެތްވީ؟ ޒެވިއަން ދިން އެއްޗަކަށްވީމަތަ؟” ޔަޝްއަލް ހީލިއެވެ. ޔަޝްއަލް ފަށުފުލުގައި އިން އިސްކުރު ނައްޓާލީ އިރަށް އޭގައި ހުރި ލޭތަށް ޔަޝްއަލްގެ އިނގިއްޔައް އެޅުނެވެ. ޔަޝްއަލް ވިހަގޮތަކަށް ހިނިތުންވެލާފައި އިނގިލީގައި ހުރި ލޭތަށް ލޯޅާލިއެވެ. “ހެހެ ނެކްސްޓް އިޒް ޔޫ!” ޖީބުގައި އޮތް ފޮތިކޮޅު ނަގާ ނުހާ ލޮލުގައި އައްސަމުން ޔަޝްއަލް ބުންޏެވެ.
(ނުނިމޭ)
عيد مبارك🤍
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







masha allah mi partss vrhh reethiii
wthhhhhhh.mioh hurihaha iru hykury yash’al ah vs majboorvgn hn nuha r marry kuryy…ekm i hate him 36 kiyaafa….heyo nuvaane dhww ehn hadhn..yash’al kurinvs ehnvr loabi v nuhaa dheketha??or maavy dheketha???….vrhhh curioussss…n mehek r mikyal cuteeee…curiously waiting…tcc lyyyyy
Jazaakallah khairan 🫶🏻
Hehehehe neynge dhww👀👀👀
Hehe ikr miky and mimi so cute❣️
Stay tuned for the next one lyt
Maashaa Allah varah furihama n reethi
Eid mubarak to u as well 🤍🤍🤍
Mikiyal n Mehek, So cute💖
Why does yashal want nuha, if he wanna hurt her n torture her!!
Oh God, zev save her!!!😭😭😭
I’m so curious 👀
When next??
Lysm
Jazaakallah khairan🫶🏻
Ahaaaa neynge dhww😭😭😭
Xev dosen’t knw that yash’al is doing that to her adhi😕
Letsss see dhw what happens when he knows👀
Stay tuned for the next one
lyt