“ޝަނޫ.. ޔޫ ކާންޓް ވޯކް އެނީމޯރް..” ކައިލީން އެންމެ ފަހުން ބުންޏެވެ. ވަގުތުން ޝަނުމްގެ ހަރަކާތައް ހުއްޓުނެވެ. “ޝަނޫ ހާސްނުވޭ. އެހެންވިޔަސް ކައިލީ ދުވަހަކުވެސް ޝަނޫ ދޫކޮށެއް ނުލާނަން” ކައިލީން ބުންޏެވެ. ޝަނުމް ކައިލީންއަށް ހިތި ހިނިތުންވުމެއް ދިނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އެދުވަހު ހަވީރަކީ އައިޒިން ރިސޯޓަށް ފުރާދުވަސް ކަމުން އައިޒިން ދިޔައީ އަލާޔާ ގޮވައިގެން އަތިރިއަށެވެ. އިރު އަރާ މަންޒަރު ބެލުމަށެވެ. ސައިބުއިމަށް ޕެކެޓަކާއި ހެދިކާކޮޅެއް ގަނެގެން ދެލޯބިވެރިންގޮސް މޫދާ މާދުރު ނޫން ހިސާބެއްގައި އިށީނެވެ.
“ވަރަށް މިސްވާނެ.. ކޮއްކޮވެސް ނެތް.. ދެން ޒިންވެސް ތިދަނީ. ލާޔާ ވަރަށް އެކަނި ވާނެ” އައިޒިން ކޮނޑުގައި ބޯއަޅާލަމުން އަލާޔާ ބުންޏެވެ. “އިޓްސް އޯކޭ. ޒިން ފްރީވީމަ އެންމެ ފުރަތަމަވެސް ގުޅާނީ ލާޔާއަށް. ޗުއްޓީ ލިބުނީމަ ފުރަތަމަވެސް އަންނާނީ ލާޔާ ގާތަށް” އަލާޔާ އަތުގައި ފިރުމާލަމުން އައިޒިން ބުންޏެވެ.
“ޒިން.. ލާޔާ މަތިން ހަނދާން ނައްތާނުލައްޗޭ..” ކަރުނަވީ ދެލޮލާއި އެކު އަލާޔާ ބުންޏެވެ. “ޔެސް. ނެވާރް” އައިޒިން ހީލާފައި ބުންޏެވެ. “ޕްރޮމިސް؟” ކުޑަވައިން އިނގިލި ދައްކާލަމުން އަލާޔާ ބުންޏެވެ. “ޕްރޮމިސް” އަލާޔާގެ ކުޑަކުޑަ އިނގިލީގައި އިނގިލި އަޅުވާލަމުން އައިޒިން ބުންޏެވެ.
“ލާޔާ.. ވާހަކައެއް ބުނަންތަ؟” އައިޒިން ލާނެތް ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ. “ހޫމް ބުނެބަލަ” އަލާޔާ ނިތްހިތްލައިލަމުން އެއްސެވެ. “ބަޔޮލޮޖީ ފެކްޓް އެއް އިނގޭ. ހެހެ. އޭގަ އިންނަނީ އިނގޭ. ވެން ޔޫ ކިސް ސަމްވަން، އެ ކިސް ކުރި މީހެއްގެ ޑީ.އެން.އޭ އެމީހެއްގެ ހަށިގަނޑުގައި ހުންނާނޯ 6 މަސް ދުވަސް ވަންދެން” އަލާޔާގެ ފިޔާތޮށިކުލައިގެ ތުންފަތަށް ނަޒަރު ހުއްޓާލަމުން އައިޒިން ބުންޏެވެ.
“ހެހެހެ ހޫމް. އެކަމަކު ލާޔާ ހަށިގަނޑަކު އަދި ނެތް ޒިންގެ ޑީ.އެން.އޭ އެއް. އެހެންވީމަޔޯ؟” ދެރަވާކަމަށް ހެދިފައި އަލާޔާ ބުނެލިއެވެ. “ހެހެ ދޭންވީތަ؟” އައިޒިން އެއްސެވެ. ވަގުތުން އަލާޔާގެ ދޮން މޫނަށް ޖަންބު ކުލައެރިއެވެ. އައިޒިން ހިނިތުންވެލާފައި އަލާޔާގެ ތުންފަތުގައި ބޮސް ދިނެވެ. އެއާއި އެކު އަލާޔާގެ ހިތްތެޅި ގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އެއުފަލުގައި ގޮނޑުދޮށުގައި ބީހެމުން ދިޔަ ރާޅުތަކުގެ އިތުރުން އަތިރިމަތީގައި އުދުހެމުން ދިޔަ ކާޅުތަށްވެސް ބައިވެރި ވެލި ފަދައެވެ.
މެންދުރުގެ ވަގުތެވެ. ޒެވިއަންއާއި އެކު ނުހާ ދިޔައީ އައިސް ކޯން ގަނެގެން އަތިރިމައްޗަށެވެ. ތަފާތު އެކު ވާހަކަތައް ޒެވިއަންއާއި ދައްކަމުން ނުހާ ދިޔައީ ޔަލާން ދިޔަފަހުން ޒެވިއަން އަދިވެސް މާމަޑުމަޑުން ހުންނާތީއެވެ.
“ހިނގާބާ މޫދަށް އެރެން. ވަރަށް ދުވަސް ވެއްޖެ މޫދަށް ނޭރޭތާވެސް އެންޑް ނޫއާއި އެކު ޒެވް އަދި ނުވެސް އެރެމެއްނުން މޫދަކަށް؟” ނުހާ ބުންޏެވެ. “ހެހެ ފުރަތަމަ ތި އައިސްކޯން ބޯލަބަލަ، ނޫނީދެން ތިއަށް އިނގޭ ދިމާކުރާނީ” ޒެވިއަން ހީލިއެވެ.
“ނޫއަކަށް އަސްލު ކޯން ކަމަކު ނުދޭ. އެހެންވެ މިއިންނަނީ” ބޯކަހާލާފައި ނުހާ ބުންޏެވެ. “އެހެން ވިއްޔާ ދީ ޒެވްއަށް” ޒެވިއަން ނުހާ އަތުގައި އިން ކޯން ނަގަމުން ބުންޏެވެ. “މުޅި ތީގަ ދޫލާފަ ތިހުރީ ހެހެ. އޯކޭތަ؟” ނުހާ އެއްސެވެ. “ކޮބާތަ މައްސަލައަކީ؟ ވެން އައި ހޭވް ލިކްޑް ޔުއާރް ޓަންގް؟” ޒެވިއަންގެ ސުވާލާއި އެކު ނުހާގެ ހަށިގަނޑުގައި ހުރި ހުރިހާ ލޭތަށް މޫނުމައްޗަށް އެރިފަދައެވެ. ގަންނާކުރެއްވީ ލަދުން ނުހާ އަނެއް ފަރާތަށް އެބުރުނެވެ.
ޒެވިއަން ހީލިއެވެ. އަތުގައި އޮތް ކޯން ކާލާފައި ނުހާ ބަނޑުގައި ހިފާ ޒެވިއަންގެ ހަށިގަނޑާ ތަތްކޮއްލިއެވެ. “ހިނގާ؟ މޫދަށް ދާން؟” ނުހާކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ޒެވިއަން އެއްސެވެ. ނުހާ ލަދުން އިނދެ ބޯޖަހާލިއެވެ.
ކޮޓަރިދޮރު ހުޅުވާލާފައި ވައިން ޔަޝްއަލް ހީވަނީ މަރު މައްޔިތެއް ހެންނެވެ. ދެލޯ ވަޅުވަދެފައި ހުރި އިރު ކޯތާފަތްވަނީ ނޫފައިގަންފައެވެ. ދޮރު ތަޅުލާފައި ޔަޝްއަލް އޭނާ ލައިގެން ހުރި ފޭރާމުން މިނިވަންވިއެވެ. ހުރި ސީދަލަށް ގޮސް ޔަޝްއަލް ވަނީ ފާހާނާއަށެވެ.
މާގަނޑުން ފައިބަމުން ދިޔަ ފިނިފިނި ފެން ޔަޝްއަލްގެ ހަށިގަނޑުގައި ބޮސްދޭން ފެށުމާއި އެކު، ތާޒާކަންމަތީ ޔަޝްއަލްގެ ހަށިގަނޑުގައި ހުރި ލަކުނުތަކުން އަރައިގެން ދިލައާއި އެކު ޔަޝްއަލްއަށް މަޑު “އާހް” އެއްލައްވާލެވުނެވެ.
ނަމަވެސް އޭނާ ރޮއެ ހޭރުނު ނަމަވެސް އެއަޑު އަހާނޭ މީހަކު އެބަ ހުރިހެއްޔެވެ؟ ނޫނެކެވެ. ޔަޝްއަލްއަކީ އެކަނިވެރިޔެކެވެ. ހަށިގަނޑު އެކުގައި ތެންމާލާފައި ގާތުގައި ހުރި ސައިބޯނި ފުޅިން އަތަށް ސައިބޯނި އަޅާފައި ޔަޝްއަލް ގައި އުނގުޅަން ފެށީ މުޑުދާރު އެއްޗެއް ގައިން ފުހެލަން އުޅޭހެންނެވެ. “ކޮބާތަ އަހަރެންގެ ކުށަކީ؟ ކީއްވެތަ އަބަދު މިހެންމިވަނީ؟” ޔަޝްއަލްއަށް ހިތާހިތުން ސުވާލުކޮއްލެވުނެވެ.
ލޯގަނޑު ކުރިމަތީގައި ޝޯލްއަޅަން ހުރި މާޝާގެ މޫނުމަތީގައިވީ ލުއި ހިނިތުންވުމެކެވެ. ގަދަ ދަނބުކުލައިގެ ދިގު އަބާޔާއާއެއް ލާފައިވީއިރު، މަޑު ދަނބުކުލައިގެ ޝޯލްއިން މާޝާގެ ދޮން މޫނު ފެންނަނީ ވަރަށް މައުސޫމްކޮށެވެ. އެންމެ ފަހު ޕިން ޖަހާލުމަށްފަހު އުނަގަނޑުގައި އިން ބަނދު މާޝާ އައްސާލިއެވެ.
އެވަގުތު މާޝާގެ ފޯނު ރިންގުވިއެވެ. އެއާއި އެކު މާޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ގުޅަމުން ދިޔައީ އާކިން އަށް ވުމުންނެވެ. “މާޝް ވަރަށް ބޮޑަށް ސޮރީ.. އައި ކާންޓް ގޯ. މިއުޅެނީ ބެލުމުގެ ދަށުގައި އިންމީހަކު ހިފި ނާރައިގެން” އާކިން ބުންޏެވެ. އޭރުވެސް ކޮންމެވެސް މީހެއްގެ ހަޅޭކުގެ އަޑު ފޯނުން މާޝާއަށް އިވެމުން ދިޔައެވެ. “ހެހެ އިޓްސް އޯކޭއޭ. މާޝް ގުޅާލާފަ ބުނެލާލަން ޑަކްޓަރު ބުނާއެއްޗެއް” މާޝާ ހީލާފައި ބުންޏެވެ.
އާކިން ފޯނު ބޭއްވުމުން އެނދުމަތީގައި ހުރި ފައިލްތަށް ހިފައިގެން މާޝާ ގެއިން ނުކުތެވެ. އަނގައިން މަޑު ރާގެއް ލައްވަމުން ދިޔަ މާޝާގެ މޫނު މަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. ބަނޑަށް ބަލަމުން ލަސް ހިނގުމުގައި ދިޔަ މާޝާ ސިހުނީ ގާތުގައި ހުރި ވަލެއްކަހަލަ ދިމާލުން މީހެއްގެ ހިލަމެއް ވާން ފެށުމުންނެވެ. “ކާކުބާ މިތާ؟” މާޝާއަށް އަމިއްލަ ނަފްސަށް ސުވާލު ކޮއްލެވުނީ އެއީ މީހުން ކާށި ހޮވަންވެސް ދާދިމާލެއް ނޫންވީމައެވެ.
އިވެމުން ދިޔައީ މީހެއްގެ ފިޔަވަޅު ތަކެއްގެ އަޑުކަން ޔަގީންވުމުން މާޝާ މަޑުކޮއްލީ އެއީ ކާކުތޯ ބަލާލުމަށެވެ. ކުޑަހިނދުކޮޅެއް ތެރޭގައި އެތަނުން މީހަކު ނުކުތެވެ. އެމީހާއާއި މާޝާ ހަތަރު ކަޅި ހަމަވުމުން މާޝާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެމީހާއަށްވެސްވީ އެކަހަލަ ގޮތެކެވެ. އޭނާ އެފެނުނީ ފެނިގެން ނުވާނޭ މީހަކަށެވެ. އޭނާ ދެކޮޅު ބަލާލާފައި މާޝާއާއި ދިމާލަށް ހިނގައިގަތެވެ. އަތުގައި އޮތް ފައިލް ދޫކޮށްލާފައި މާޝާ އުޅުނީ ދުއްވައިގަންނަންށެވެ. ނަމަވެސް…
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha allah mi partt va vrhh reeethiii
Aizin ar alaya haadha cute eyyy..xev r nuhaa vss…blush vi😭😭😭
shihaaaa…adhivs nuha ge karuga ebaoitha xev dhin necklace???maasha ah e fenuny kaaku???dhera gotheh nahadhahceyyyy😭😭😭..curiously waiting…when nextt??tcc lyy
jazaakallah khairan dearr ❤️
hehe ikrr shihaa vess vrhhh blush vi ethan liyun iru keke
yesss nuhaa eyge fahun hama alhaigen e ulheny..
maasha ah fenunii kaakubaa…??? shihaa akah neynge lol 😭🙈
tc nd lyttt
Heyyyyyyy shiherrrr.. girl what are u doing to me😭😭😭 mi part vrh vrh reethi maasha allah.. zev and nuhaa are soo cuteee.. laaya and aizen vxx.. can’t wait for the next part… Love you sm 💜🦋
Heyyyyy maashhhh
jazaakallah khairan dearr ❤️
i didnt do anything 😔 ur fine hun hehe
ilyyyyymmmm
Maasha Allah mi prt vx vrh reethi
Alheyy
Anekkaa kaakubaa????????
V v v curious
Can’t wait for the nxt
Sorry for the late comment
Tc
Lysm Shiher 💜💜💜
jazaakallah khairan dearr ❤️
lytttt
kaaku kan engeynee adhi fahun keke