Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 34

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 5, 2025 3 Mins Read
4 Comments

ޔަޝްއަލްގެ ވާހަކަތަކުން ނުހާ އިނީ ހައިރާންވެފައެވެ. ނުހާއާއި މެދު ޔަޝްއަލް އެހެން ކަން ކުރާނެނަމަ ނުހާއަށް ކައިވެނި ކުރަން ޔަޝްއަލް އުޅެންވީ ކީއްވެގެން ހެއްޔެވެ؟ ނުހާގެ މައިންބަފައިންނަށް ނަމުން މުޙާތަބު ކުރުމުންވެސް ޔަޝްއަލްގެ ހިތުގައި އެއްވެސް ރަހުމެއްނެއްކަން ނުހާއަށް އެނގި ޔަގީންވިއެވެ. ނަމަވެސް މިއަދު އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. އެހެން ކަމުން ބަސް އަހާ ކުޑަކުއްޖެއް ފަދައިން ގޮސް ޕެކް ކުރަން ފެށިއެވެ.

ހަވީރުގެ ވަގުތެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗު މަޑުކޮއްލީ ހދ ނޭކުރެންދޫ ބަނދަރަށެވެ. ކަންފަތުގައި އިން އިއާރްޕޮޑްސް ނައްޓާލާފައި ދަބަސް އަޅުވައިގެން އައިޒިން ލާންޗުން ފޭބިއެވެ. އޭރު އައިޒިންގެ އިންތިޒާރުގައި ލުބާންއަދި އައިޒިންގެ ބައްޕަ އަޒީޒް ހުއްޓެވެ.

“ވެލްކަމް ބެކް” އައިޒިންގެ ހަށިގަނޑުގައި ބައްދާލަމުން އަޒީޒް ބުންޏެވެ. އައިޒިން ހީލިއެވެ. ލުބާންއާއި ސަލާމް ކޮއްލާފައި 3 މީހުން ހިނގައިގަތީ އައިޒިންމެން ގެއަށެވެ.

“އަސްތާ ދަރިފުޅާ. އަވަހަށް އާދޭ. މަންމަ ހުންނާނެ ދަރިފުޅަށް އެންމެ މީރު ފަތް މަސްހުނި ހަދާފަ. އާދޭ އަވަހަށް ތާޒާވެލައިގެން ކާން..” އައިޒިންގެ މަންމަ ފަރީޝާ ބުންޏެވެ. އައިޒިން ހީލާފައި ވަނީ ކޮޓަރިއަށެވެ. ތާޒާ ވެލައިގެން 10 ވަރަކަށް މިނިޓް ތެރޭގައި ނުކުތެވެ.

“ލާޔާއަށް އެނގޭތަ ދަރިފުޅު އަންނަކަން؟” އައިޒިން އަހިސް އިށީނުމުން އަޒީޒް އެއްސެވެ. “ހެހެ ނޫން. ނުބުނަން. ބޭނުންވަނީ ހަމަ ސީދާއެތަނުން ލާޔާއަށް ސަޕްރައިޒްދޭން” އައިޒިން ބުންޏެވެ. “އެހެންވެ ކޮން އިރަކުންތަ ލާޔާ ގެންދަންވީ؟” ލުބާން އެއްސެވެ.

“މިއަދު ހަވީރު ލައިކް 30 4 ހާއިރު ރަނގަޅުވާނެ” ކުޑަކޮށް ވިސްނާލާފައި އައިޒިން ބުންޏެވެ. “އެހެންތަ؟ އެހެންވެ ހިނގާދެން ސައިބޮއެގެން ތައްޔާރީތަށް ވާން އުޅެމާ؟” އަޒީޒް ބުންޏެވެ.

“ޓޮއް ޓޮއް” ދޮރުގައި ޓަކި ދިން އަޑަށް ފުނާއަޅަން ހުރި އަލާޔާ ގޮސް ދޮރު ހުޅުވިއެވެ. ދޮރު ކުރިމަތީގައި ހުރި ލުބާން ފެނި އަލާޔާ ހީލިއެވެ. “ބިޒީތަ މިއަދު ހަވީރު؟” ލުބާންއެއްސެވެ. “ނޫން.. ކިހިނެތްވީ؟” އަލާޔާ އަހާލިއެވެ. “ހިނގާބަ ބައްޕައާއި އެކު ބޭރަށް ގޮސްލަން” ލުބާން ބުންޏެވެ. އަލާޔާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.

30 4 ވާން 5 މިނިޓް ހުއްޓައި އަލާޔާ ތައްޔާރުވެލައިގެން ނުކުތެވެ. ފެހި ކުލައިގެ އަބާޔާއަކާއި އެކު މުށި ކުލައިގެ ޝޯލްއެއް ރީތި ގޮތުގައި އަޅާލާފައި ހުރި އިރު އަލާޔާ ވަރަށްވެސް ލޯއިތްބެވެ. މިހާރު އަލާޔާ ބުރުގާ އަޅާފައި ވުމުން ވަރަށް ރީތިހެން ހީވެއެވެ.

“މާޝާ ﷲ ބައްޕަގެ ޕްރިންސެސް ހާދަ ރީއްޗޭ” އަލާޔާ ބޮލުގައި ފިރުމާލަމުން ލުބާން ބުންޏެވެ. “ޕްރިންސެސްއޭ؟ ލާޔާ މިމިހާރު 18 ވެފަ ހުރި ކުއްޖެކޭ ދެން މިހާރު ނުވާނެއްނުން ޕްރިންސެސްއަކަށް؟ ލާޔާމި ބޮޑު ކުއްޖެކޭ މިހާރު” ފޮނިވެލާފައި އަލާޔާ ބުންޏެވެ.

“ހަހަ އޯކޭ އޯކޭ. މިހާރުދެން ތިއީ ބައްޕަގެ ޕްރިންސެސްއެއްނޫން ހޫމް. މިހާރު ތިއީ ދެން އައިޒިންގް ޕްރިންސެސްދޯ؟ ހެހެ” ލުބާން ދިމާކޮއްލިއެވެ. އެއާއި އެކު އަލާޔާގެ ދޮން މޫނު ރަތްވެގެން ދިޔައެވެ. “ހަހަ ހިނގާ ދަމާ”

“ދަރިފުޅު ލޯމަރާލަބަ” އަތިރިއަށް އާދެވުމުން ލުބާން ބުންޏެވެ. ހައިރާންވި ނަމަވެސް އަލާޔާދެލޯ މަރާލިއެވެ. އަލާޔާ އަތުގައި ހިފައިގެން ލުބާން ހިނގައިގަތީ ހުރިހާ ކަމެއް ހަމަޖައްސާފައިވީ މަންޒިލަށެވެ.

އޭރު އެދެމީހުންގެ އިންތިޒާރުގައި އަލަކާ، އައިޒިން، ފަރީޝާ އަދި އަޒީޒް ހުއްޓެވެ. އަލާޔާ ގެނެސް އައިޒިން ކުރިމަތީގައި ބެހެއްޓުމުން އަލާޔާ އުފާވާނެވަރު ހިތަށް އަރާފައި އައިޒިންއަށް ހިނިތުންވެވުނެވެ.

ލުބާން އައިޒިންއާއި ދިމާލަށް ބަލާލާފައި އަލާޔާ ބަހައްޓާފައި ދުރަށް ޖެހިލީ އަހަރެންގެ ދަރިފުޅު ދީފީމޭ ބުނާފަދައިންނެވެ. “ދެން ދެލޯ ހުޅުވާލަބާ” ލުބާން ބުންޏެވެ. އަލާޔާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އައިޒިން ފެނި އަލާޔާ އުފަލުން އައިޒިންގެ ހަށިގަނޑުގައި ބައްދާލިއެވެ. “އައި މިސްޑް ޔޫ ސޯ މަޗް” އައިޒިންގެ މޭމަތީގައި މޫނު ފޮރުވާލަމުން އަލާޔާ ބުންޏެވެ. “އައި މިސްޑް ޔޫ މޯރް” އަލާޔާގެ ބޮލުގައި ބޮސް ދެމުން އައިޒިން ބުންޏެވެ.

އެވަގުތު އަލާޔާގެ ލޮލުގައި ގާތުގައި އިން “ވިލް ޔޫ މެރީ މީ” ޖަހާފައި އިންތަން ފެނުނެވެ. “ޒިން..؟” އަލާޔާ އައިޒިންގެ މޫނަށް ބަލައިލީ ޔަގީން ކޮއްލާފަދައިންނެވެ. އައިޒިން ހީލާފައި އެއްފައި މައްޗަށް ތިރިވެލިއެވެ.

“އިޓްސް ބީން 6 މަންތްސްދޯ ޒިން ލާޔާއަށް ރައްޓެހިވިފަހުން. އެކަމަކު. ޒިންގެ ހަޔާތުގަ ދުވަހަކުވެސް ޒިން މިހާ އުފަލަކު ނޫޅެން ކުރިންނެއް. ލާޔާ ޒިންގެ ހަޔާތަށް އަހިސް ހުރިހާ އެއްޗެއް ބަދަލު ކޮއްލީ ޒިން އުންމީދުވެސް ނުކުރާ ކަހަލަ ގޮތަކަށް. ޒިން ބޭނުން ޒިންގެ ހަޔާތުގެ އުފަލާއި ހިތާމަ ލާޔާއަށް ހިއްސާ ކުރަން. ޒިންގެ ހަޔާތުގެ ބައިވެރިޔާއަށް ވެދީފާނަންތަ؟ ވިލް ޔޫ މެރީ މީ؟”

އައިޒިން ވަރަށް ލޯބިން ބުންޏެވެ. އޭރު އަލާޔާގެ ދެލޮލުން ފޭބި ހޫނު ކަރުނަތައް އަލާޔާގެ ދޮން ކޯތާފަތުގައި ފިރުކިލާފައި ހިނގައްޖެއެވެ. އަލާޔާ ލަދުން ހުރެ ބޯޖަހާލިއެވެ. އެއާއި އެކު އައިޒިން ތެދުވެ އަލާޔާގެ އިނގިލީގައި އަނގޮއްޓި އަޅުވައިދިނެވެ.

އެއާއި އެކު ހޫނު މަރްހަބާއާއި އެކު ދެފަރާތުގެ އާއިލާ އަހިސް ދެމީހުން ކުރިމަތީގައި ހުއްޓުނެވެ. އެއާއި އެކު ގައިން ލަދުން އަލާޔާ މޫނުގައި އަތް އެޅިއެވެ. “ދެން ލަދު ގަންނާނެ ކަމެއް ނެއް އިނގޭ؟ ތިއީ މިހާރު ހަމަ މަންމަގެ ވެސް ދަރިއެއްނުން؟” އަލާޔާގެ ހަށިގަނޑުގައި ބައްދާލަމުން ފަރީޝާ ބުންޏެވެ.

ރޭގަނޑުގެ ވަގުތެވެ. އެނދުގައި އޮށޯވެލައިގެން ސިނގިރޭޓެއް ބޯން އޮތް ލިލިއާގެ ނަޒަރު ހުއްޓިފައިވީ ކުރިމަތީގައި އިން ފާރުގައި އޭނާ ހަދާފައި އިން “އޮބްސެސް ވޯލް” އަށެވެ. އަތުގައި އޮތް ސިނގިރޭޓު ދޫކޮށްލާފައި ލިލިއާ ގޮސް ފާރު ކައިރީގައި ހުއްޓުނެވެ. އަދި އޭގައި އިން ޒެވިއަންގެ ފޮޓޯއެއް ނެގިއެވެ.

“މަންމާ.. ލިއާ ކިހިނެތް ދެން ހަދާނީ؟ ލިއާ ބައިވެރިވީ މަންމަގެ ބަދަލު ހިފުމުގަ. ޒެވްދެކެ ލޯބިވާ ކަމަށް ހެދުނީ. އެކަމަކު… ހަގީގަތުގައިވެސް ލިއާއަށް ޒެވްދެކެ ލޯބިވެވިއްޖެ. ދެން ލިއާ ކިހިނެތް ހަދާނީ؟ މިހާރުވެސް.. ޒެވްގެ ހިތުގައިވީ ނުހާ އެކަނިކަން އެއީ ޝައްކެއްވެސް އޮތް ކަމެއްނޫން..” ޒެވިއަންގެ އެފޮޓޯގައި ފިރުމާލަމުން ލިލިއާ ބުންޏެވެ. އޭރު އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވިހަ ލޯބި 8

Next

ކުށަކީ ކޮބާ؟

Next
June 5, 2025

ކުށަކީ ކޮބާ؟

Previews
June 5, 2025

ވިހަ ލޯބި 8

4 Comments!

  1. aanaa says:
    June 5, 2025 at 6:53 pm

    masha allah mi partt vss vrhh reethiii
    alaayaa n aizin sooo cuteeeee…
    livia kyhkuran anehka e ulheny???i thought kurinvs lilia xev dheke loabi vaakmh…n EYNA engey hthun mihaar hureveny ehvs nun…curiously waiting…when nextt??
    eid mubarak..lyy

    1. shihaamaa ali shihaamaa ali says:
      June 6, 2025 at 4:47 pm

      Jazaakallah khairan🫶🏻

  2. Your fav bab Your fav bab says:
    June 5, 2025 at 9:09 pm

    EID MUBARAK 🥳 🎉 🎊
    This part is epic Maashaa Allah
    Aizin n alaya such a cute couple
    When next??
    Lyssssm❤️❤️❤️❤️

    1. shihaamaa ali shihaamaa ali says:
      June 6, 2025 at 4:47 pm

      Jazaakallah khairan🫶🏻

Comments are closed.

Next Episodeޒެވިއަން 35 & 36←


All Right Reserved!