Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ހަތާވީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 17, 2017 8 Mins Read
15 Comments

 

ރަޔާހީނަށް ބަލަން ދޮރުމަތީގައި ވިކްޔަން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އިރުކޮޅަކުން ދުރަށް ބަލާލަމުން ވިކްޔަން އޭނާގެ ދެކަންފަތަށް ޖަހާފައި އިން ހެޑްސެޓް ނައްޓުވާލުމުން ރަޔާހީނަށް މޭގައި އަތްއަޅާ ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

“މަރިޔަންދައްތަަ ގޭގައި ހުރިތޯ ބަލާލީ މަންމަ ބުނެގެން” ވިކްޔަން ރަމްލާ އަށް ބަލާލަމުން ބުނެލިއެވެ. އެއަށްފަހު ކުޑަކޮށް ހީލުމަށްފަހު އަލުން ގޭތެރެއަށް ވަދެގެން ދިޔައެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު ރަޔާހީނާއި ރަމްލާ އަލުން އުނދޯލީގައި އިށީނެވެ.

“ދައްތައަށް އެނގޭ ދަރިފުޅުގެ ހިތުގައި އެސޮރާއި މެދު ވަނީ ކީކޭ ކަން. ދަރިފުޅުގެ ތިދެލޮލުން ހުރިހާ އެއްޗެއް ކިޔާދޭ. ދަރިފުޅު އެސޮރަށް ބަލާލާ ގޮތާއި އެސޮރު ފެނުމުން ބައެއްފަހަރު ހީލާގޮތް ދައްތަ އަށް ހުރީ ފެނިފައި. ދައްތަ ބުނާނީ ކެތްކުރާށޭ. މިންވަރުފުޅުގައި ހުރިއްޔާ ދަރިފުޅަށް އެލޯބި ލިބޭނެ” ރަޔާހީންގެ ބުރަކަށީގައި ފިރުމާލަމުން ރަމްލާ ވާހަކަދެއްކިއެވެ. ރަޔާހީނަށް ރަމްލާގެ ކޮނޑުގައި ބޯއަޅާލެވުނީ ހިތަށް ހަމަޖެހުމެއް އެދިއެވެ. ރަމްލާ އަލުން ކުރަން އިން މަސައްކަތަށް ރުޖޫޢަ ވުމުން ރަޔާހީން އެގޮތުގައި ހިމޭންކަމާއެކު ރަމްލާ ފޯށްކޮށާ މަންޒަރު ބަލަން އިނެވެ. ކުއްލިއަކަށް މޫނުމައްޗަށް ގެނައި ހަރަކާތަކާއެކު ރަމްލާގެ އަތުގައި ހިފާލިއެވެ.

“ދައްތަ ބުނީމެއްނު އެއްކަލަ ރޭގައި ދޮންތަ މަރާލި ރޭގައި ވީޑިއޯ ކުރީމޭ ދައްތަގެ ފޯނުން. މިހާރު ކޮބާ އެފޯނު” ރަޔާހީން އަހާލިއެވެ.

 

އެކޮއިއަށް ހީވޭތަ އެފޯނު މަތިން ދައްތަ ހަނދާން ނައްތާލާނެހެން. އެދުވަހު ފީރޯޒާ ދައްތަގެ އަތް ފެލާލުމަށްފަހު ފޯނު އަތުލީ. މިއުޅެނީ އެފޯނު ލާފައި އޮތްތަނެއް ނޭނގިގެން. ދައްތަ ވަރަށް ގިނަ ތަންތަން ބަލައިފިން. އެފޯނެއް ނުފެނުނު. ފަހަރެއްގައި އެއްލާލީ ކަމަށް ވެސް ވެދާނެ. އެކަމަކު ބޮޑަށް ހީވަނީ ރައްކާކުރީހެން. އެއްލާލާނަމަ ފަރުހީންގެ އެއްވެސް އެއްޗެއް ފެންނަން ނުބަހައްޓާނެ” ޔަޤީންކަމާއެކު ވާހަކަދައްކަމުން ދިޔަ ރަމްލާ ފޯށްކޮށާ ނިންމާލުމަށްފަހު ކޮޅަށް ތެދުވެ  އުނގުމަތި ފޮޅާލަމުން ބުންޏެވެ.

“އެފޯނު ލިބިއްޖެއްޔާ އަހަރެމެން ދެން އިތުރު ކަމެއް ކުރާކަށް ނުޖެހޭނެ. ފެންނާނެ ނަމައޭ ހިތަށް އަރާ” ރަޔާހީން ބުނެލިއެވެ.

“ދެރަނުވޭ. މިފަހަރު މޮޅު ލިބޭނީ އަހަރެމެންނަށް. އެކަމެއްގައި ހަޤީޤަތް އެކުލެވޭ ކަމެއްގެ މައްޗަށް ދޮގުތަކެއް އަޅާ މަތިޖެހިޔަސް ކޮންމެސް އެއްދުވަހަކުން ހަޤީޤަތް ފަޅާއަރާނެ. އެދުވަސް އޮތީ ވަރަށް ކައިރީގައި” ރަމްލާ ރަޔާހީންގެ ބުރަކަށީގައި ފިރުމާލިއެވެ.

 

ބޯކޮށް ވެހެމުން ދިޔަ ވާރޭއިން ބިންގަނޑު ތެންމަމުން ވަޅުގަނޑު ހެދެމުން ދިޔައެވެ. ބޫންއަޑު އަލާފައި ޖެހެމުން ދިޔަ ވައިން ދިރޭ މަޚްލޫގެއް ވިއްޔާ އޭއްޗެއްގެ ކަންފަތްތައް ފަޅައިގެންދާހާ ވެއެވެ. އިރުއޮށްސުނުތަނާ ވެހެންފެށި ވާރޭ އަށް އަދި ބަދަލެއް ނާދޭއެވެ. ސޯފާގައި އޮށޯވެގެން އޮވެ ފޯނުން ޗެޓް ކުރަމުންދިޔަ ވިކްޔަންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ބަދިގެއިން ނިކުތް ރަޔާހީނަށް މިމަންޒަރު ފެނުމުން ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ. ރަޔާހީން ވިކްޔަން އަށް ބަލަން ހުރި މަންޒަރު ކޮޓަރިން ނިކުތް މައިސަރާ އަށް ފެނުމުން ރަޔާހީން ދެކެ ހިތްހަމަނުޖެހުނެވެ.

“ވިކީ ދަރިފުޅާ! އިޝާ ނަމާދު ނުކޮށް ދޯ ތިއޮތީ. މިހާ ބޯކޮށް ވާރޭ ވެހޭއިރު މިސްކިތަކަށް ނުވެސް ދެވޭނެ. މޫސުން ވަރަށް ސަކަރާތް. ޔެލޯ އެލާރޓް ނެރެފައި އޮތީ. އެހެންވީމަ ދޭ ކޮޓަރިއަށް އަރަން. އޮފް ދުވަސްވީމަ ގޭގައި އޮންނަން ޖެހުނަސް ވަގުތަށް ނަމާދުކުރަން ވާނެ” ލައްބައޭ ބުނުމަށްފަހު ރަޔާހީން ކުރިމަތިން ފޯނަށް ބަލަމުން ހެމުން ދިޔަ ވިކްޔަން އެންމެ ފަހަރަކު ވެސް ރަޔާހީނަށް ބަލާނުލައެވެ. ރަޔާހީން ހިތުގައި އިންތިހާ އަށް ރިއްސާލިއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އެއްއަތުން ފޮހެލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

“އަހަރެންގެ ކުށެއް ނެތްކަން ވަރަށް އަވަހަށް ކޭވީ އަށް އެނގިގެންދާނެ. އެދުވަސް ވަރަށް އަވަހަށް އަންނާނެ” ރަޔާހީން ހިތާއި ހިތުން ބުނެލިއެވެ.

“ހީން ކިހިނެއްވެފައި ތިތާ ތިހުންނަނީ. އައިސް އިށީނދެބަލަ” ރުންކުރު ގޮތަކަށް ރަޔާހީނަށް ގޮވާލަމުން މައިސަރާ ބުނެލިއެވެ.

ރަޔާހީން މަޑުމަޑުން އައިސް ގޮނޑިގައި އިށީނުމުން މައިސަރާ މޭޒުމަތީގައި އޮތް މެގަޒިންއެއް ހުޅުވާލަމުން އެ ކިޔަންކަމަށް ހެދުނެވެ. މާގަޔާވެގެން ރަޔާހީނާއި ވާހަކަދައްކާހިތެއް އެއްގޮތަކަށް ވެސް މައިސަރާ ނުވޭއެވެ.

“މިހާރު ބޭބެ ގެއަށް ފޮނުވާލީތަ” ރަޔާހީނަށް ބަލާވެސްނުލާ މެގަޒިންއަށް ނަޒަރު ހުއްޓާލައިގެން އިނދެ މައިސަރާ އަހާލިއެވެ.

“ނޫން. އެކަމަކު ވޯރޑަށް ނެރެފި. ވާހަކަ ނުދެއްކެޔޯ. އެއްފަރާތް ޕެރަލައިޒްވީމަ ދެން ގޮނޑީގަޔޯ އަބަދު އިންނަން ޖެހެނީ. ބައްޕަ ދޫކޮށްލީމަ މާކް ގެ ވެޑިންގް ކަންތައް އެކޮޅުން ނިންމާފައި އަންނަ ކަމަށް އިރުފާން ބުނި. ޔޫމީ ގެ މަންމަ އާއި ބައްޕަ ވެސް އެކޮޅުގަ ދިރިއުޅެނީ. އެހެންވެ” ނިޔަފަތި ހަފަމުން ރަޔާހީން މައިސަރާ އަށް އޮޅުން ފިލުވާ ދިނެވެ.

“އެހެންތަ. ރަޔާހީން ކައިފިންތަ” މައިސަރާ އަހާލިއެވެ. ރަޔާހީނަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ކިރުތައްޓެއް ހިފައިގެން އައިސް ރަޔާހީން ކައިރީގައި މަހާ ޖައްސާލިއެވެ.

“ހީންދައްތައަށް އެނގޭތަ؟ މީތި މާއްކޮ އެކަނި ގިރައިގެން މިއައީ. ރަހަ ބަލާލަބަލަ” ކިރުތަށި ރަޔާހީންގެ ތުނބުގައި ޖައްސާލަމުން މަހާ ބުނެލިއެވެ. މަހާ އެހާ ލޯބިކޮށް ވާހަކަދެއްކުމުން ފޮތް ލައްޕާލާފައި ރިމޯޓް ނަގާ ޓީވީ އޮން ކޮށްލަމުން މައިސަރާ ވެސް މަހާ އަށް ބަލާލިއެވެ.

“ދައްތަމެން އެނބުރި އައިމަ ވިކީ އާއި ނިހާ ގެ ކައިވެނީގެ ކަންތައް ހަމަޖައްސާނަން. ވިކީގެ ބައްޕަ ބޭނުމެއްނުވޭ ލަސްކުރާކަށް” ކުއްލިއަކަށް ރަޔާހީން ކިރުތަށިން އެތިފޮދެއް ގޮހޮރަށް ނުދަނީސް މައިސަރާ ފެށި ވާހަކައަކުން ކޮށްއަރައިގަނެގެން ކެއްސައިގަތެވެ. މައިސަރާ ވެސް ރަޔާހީނަށް ބަލާލަމުން ފާޑަކަށް ހީލިއެވެ.

“މަންމި ކީއްކުރަން ދޮންބެގެ ކައިވެނި ނިހާދައްތަ އާއި ކުރުވަނީ. މާއްކޮ ބޭނުމީ ދޮންބެ……” މަހާ ބުނަން އުޅުނު ބަސް ކެއްސަމުން ދިޔަ ރަޔާހީން ހުއްޓުވިއެވެ. ކޮޓަރިން ނިކުތް ވިކްޔަން އަށް އެވާހަތައް އަޑު އިވުމުން ހިތަށް އުނދަގޫތަކެއްވިއެވެ. އަނބުރާލާފައި ކޮޓަރިއަށް ވަން މަންޒަރު ބަދިގެއިން ނިކުތް ރަމްލާ އަށް ފެނުނެވެ.

“ހީންދައްތަ މިހާރު އޯކޭތަ؟ ހިނގާބާ މާއްކޮ ކޮޓަރިއަށް ދާން” ރަޔާހީން އަތުގައި ހިފާ ދަމަމުން ވިކްޔަންގެ ކޮޓަރި ހުރަސްކޮށް އެކޮޓަރިއާއި ޖެހިގެން އެއްކޮޓަރި ދޫކޮށް ހުރި ކޮޓަރިއަށް ވަނެވެ. ރަނގަޅަށް ދޮރު ނުލެއްޕި ހުރި ދޮރު ދޭތެރެއިން އެނދުގައި ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިން ވިކްޔަން ރަޔާހީނަށް ފެނުނެވެ. އެވަގުތު ރަޔާހީނުގެ މޫނު މައްޗަށް އެރި ކުލަވަރު ވެސް ބަދިގޭ ދޮރުމަތީގައި ހުރި ރަމްލާ ކިޔަވާލިއެވެ.

“ހީންދައްތާ ހިނގާބާ ފިލާ ކުޅެން. ވިއްސާރަ ދުވަސްތަކުގައި ގޭގައި ތިބެ މިގޮތަށް ކުޅެން ވަރަށް މަޖާވާނެ. މާއްކޮ ދާނަން ކޮޓަރިން ބޭރަށް. ހީންދައްތަ އެނދުމަތީގައި ބާލީސް އަތުރާފަ ރަޖާ އަޅަންވީ. ދެން ކޮޓަރީގެ ކޮންމެސް ތަނެއްގައި ހީންދައްތަ ފިލާނީ. މާއްކޮ ބޭރުން އަންނައިރު ނޭނގޭނެ ދޯ އެތާ އޮތީ ހީންދައްތަ ކަމެއް ނޫނީ ބާލީސްތައް ކަމެއް. އެއްވެސް ހަރަކާތެއް ނުކޮށް އޮޮންނާނީ. މާއްކޮ ދިމާކުރެވުނިއްޔާ މާއްކޮ އަށް ޕޮއިންޓެއް. ނުކުރެވުނިއްޔާ ހީންދައްތަ އަށް. އޯކޭދޯ” ރަޔާހީން ހީލަމުން އެކަމަށް އެއްބަސްވިއެވެ. ގުރުއަތުން ނަގައިގެން އެންމެ ފުރަތަމަ ޖެހުނީ މަހާ ބޭރަށް ނިކުންށެވެ.

މަހާ ނިކުތުމުން ރަޔާހީން އެނދު ހުސްކޮށްލުމަށްފަހު ބާލީސްތައް ވަށާ ޖަހާލީ މެދު ހުސްވާ ގޮތަށެވެ. އެއަށްފަހު ކުޑަކުއްޖަކަށް ވެގެން ވީހާވެސް ކުޑަވެގެން ބާލީސްތަކުގެ މެދުގައި ރަޔާހީން ސަޖިދައަށް ކަހަލަ ގޮތަކަށް އޮތެވެ. އެއަށްފަހު ގައިމަތީގައި ދެ ބާލީސް ބޭއްވުމަށްފަހު ބާލީސް މަތިން ރަޖާ އަޅާލިއެވެ.

ބޭރުގައި ހުރި މަހާ އިނގިލީގައި ދަތް އަޅާލަމުން ޖީބުން މައިސަރާގެ ފޯނު ނަގާ ވިކްޔަން އަށް ގުޅާލިއެވެ.

“ދޮންބޭ. މާއްކޮ ފިލާކުޅެނީ މި” މަހާ ކޮޓަރިން ބޭރުގައި ހުރެ ވިކްޔަން ފޯނު ނެގުމުން ބުނެލިއެވެ.

“އައްދެ. ދޮންބެއަކަށް ނުވެސް އެނގޭ. ކާކާ އެކުގައި ތިކުޅެނީ” ލޯތްބާއެކު ވިކްޔަން މަހާ އާއި ވާހަކަދެއްކިއެވެ.

“ޖެހިގެން ހުރި ގޭ ބަކުރުބެ އާއެކު. ކަމޯން ދޮންބޭ. ދޮންބެއަށް ވެސް އެނގޭނު މާއްކޮ ފިލާކުޅެނީ ދޮންބެއާއި އެކުގަކަން. އަވަހަށް އާދޭ ހޯދަން މާއްކޮ ކޮޓަރިއަށް” މަހާ ޝަކުވާގެ ރާގަކަށްް ބުނެލިއެވެ.

“އޯކޭ އޯކޭ ދޮންބެގެ ޕްރިންސަސް. މިދަނީ މިހާރު” އެހެންފަހަރު ތަކެކޭ ވެސް އެއްފަދައިން މަހާ ގެ ތުއި އަޑުން ވިކްޔަން ކައިރީގައި ކަމަކަށް އެދުމުން ދެކޮޅު ހަދަން ނުކެރި ފޯނު ކަކުލުން މައްޗަށް ހުރި ސޯޓްބުރީގެ ޖީބަށް ކޮށްޕާލަމުން ކޮޓރިން ނިކުމެ މަހާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

“ހޫމމމ…. އަޅެ ކޮބާތަ ދޮންބެގެ ޕްރިންސަސް……” އެނދުގައި އަމިއްލ އަށް ފޮރުވިގެން އޮތް ރަޔާހީންގެ ދެލޯ ވިިދައިގަތީ ދާދި ކައިރިން ވިިކްޔަންގެ އަޑު އިވުމުންނެވެ. އަވަހަށް ތެދުވަން ވެސް ހިތަށް އެރިއެވެ. ނަމަވެސް ވިކްޔަންގެ ރުޅިމޫނު ދެކެން ބޭނުންނުވާތީ ދެލޯ މަރާ ބާރުކޮށްގެން އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަލަމާރި އާއި ކަބަޑާއި ދެމެދުގައި އަނގަމަތީގައި އަތް އަޅައިގެން މަހާ ހީލަހީލަ ހުއްޓެވެ.

“ޔޭ ދޮންބެ މޮޅުވީޔޯ….. އަވަހަށް ތެދުވޭ” ރަޔާހީން ގައި މައްޗަށް ޖެހިގަންނަމުން ވިިކްޔަން ހުރިހާ ބާލީސްތަކާއި ރަޖާގަނޑު ފަހަރަކު އެއްޗެއް ކަމަށް އުކަން ފެށިއެވެ. އެންމެފަހަށް އޮތް ރަޖާ ހިއްލާލުމާއެކު ވިކްޔަން ހުއްޓުން އެރީ ދެލޯ މަރާލައިގެން އޮތް ރަޔާހީން ފެނުމުންނެވެ. ޒަމާންތަކަށްފަހު ރަޔާހީންގެ މޫނު އެހާ ކައިރިން ފެނުމުން ހިނދުކޮޅަކަށް ނަމަވެސް އޭނާ އަމިއްލަ ނަފްސުމަތިން ހަނދާންނެތުނެވެ. މަޑުފިޔާތޮށި ކުލައިގެ ތުންފަތަށް ވިކްޔަންގެ ނަޒަރު ހުއްޓުމާއެކު އެއް އަތް ހިއްލާލެވުނީ އެތުންފަތުގައި ބީހިލުމަށް ހިތް އެދުނު ވަރުންނެވެ. ތުންފަތާއި ވިކްޔަންގެ މޫނު ދާދި ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް ސިހުނީ ކެމެރާއެއްގެ ފްލަޝް ކެނޑިގެން ދިޔަ އަޑުންނާއި މޫނަށް އެޅިގެން ދިޔަ ހުދު އައްޔަކުންނެވެ. އެވަގުތު ވިކްޔަން އާއި ރަޔާހީން އެއްކޮށް އެދިމާލަށް ބަލާލިއެވެ. އޭރު މަހާ ކެމެރާ ހިފައިގެން ދުވެފައި ކޮޓަރި ދޮރު ލައްޕާލަމުން ނިކުންނަނީއެވެ.

ވާރޭގެ އަޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައިރު ވިިކްޔަން ހުރީ  އެނދު ކައިރީގައި ކޮޅަށެވެ. ރަޔާހީން އެނދުގައި އިށީނދެ އިން އިރު އިރުކޮޅަކާ ވިކްޔަން އަށް ބަލާލަނީ އެދުލުން ލޯބިން ބަހެއް  ބުނޭތޯއެވެ. ނަމަވެސް ހަމަހިމޭންކަމުގައި ވަގުތުކޮޅެއް ހޭދަވެގެން ދިޔައިރު ވެސް ދެމީހުން ކުރެން އެކަކު ވެސް އެއްޗެއް ނުބުނެއެވެ. އެންމެފަހުން ވިކްޔަން ކޮޓަރީ ދޮރާއި ހަމައަށް ގޮސް ހުއްޓިލިއެވެ.

“ވީ ކަމެއް ވީ. އެއީ އަހަރެންގެ ކޮއްކޮގެ ލާނެއްކަން. ރަނގަޅަށް ވެސް އަހަރެން ހީކުރީ މާއްކޮ ކަމަށް. އަދި ބުނަން ރަނގަޅު ވާހަކައެއް. އަހަރެންގެ ކުޑަ ކޮއްކޮ މެދުވެރިކޮށް އަހަރެންގެ ދިރިއުޅުމަށް ވަންނަން މަސައްކަތްނުކުރޭ. އަހަރެންގެ ހަޔާތުން ތި ބޭވަފާތެރި ، މުޑުދާރު އަންހެނާ އަށް ޖާގައެއް ނެތް. ސޯ ޕްލީޒް ސްޓޭ އަވޭ ފްރޮމް މީ” ވިކްޔަން ދޮރުހުޅުވާލާފައި ނިކުތުމުން ރަޔާހީން އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެ އަނގަ ލައްޕާލަން ޖެހުނީ ކޮޓަރީ ދޮރުފަތް ލެއްޕިގެން ދިޔަ ބާރު އަޑުފަށްގަނޑުންނެވެ.

“ކޭވީ! ޕްލީޒް….. އެންމެފަހަރަކު ވެސް ލޯބިން ބަހެއް ކިޔާބަލަ. އަހަރެން ނުބުނަމޭ މާއްކޮ ކައިރީގައި މިކަހަލަ ކަަމެއް ކުރާކަށް. އަހަރެން ނުވަމޭ ބޭވަފާތެރި. އަހަރެންނަށް މުޑުދާރު ކަމެއް ކުރީ ހަމައެކަނި ކޭވީ އާއެކު. އެކަން ކޭވީ އަށް ވެސް އެނގެއެއްނު. ދެން؟ މިހުރިހާ ބަސްތަކެއްވީ ރަޔާހީން ހިތު ތެރޭގައެވެ. ދެލޮލުން ވެއްޓުނުކަރުނަތިކި ފޮހެލުމަށްފަހު ރަޔާހީން އެކޮޓރިން ނިކުމެ ހިނގައިގަތީ ބިތްދޮށު ފަރާތުގައި މައިސަރާގެ މަސައްކަތުން ހައްދާފައިވާ ބަގީޗާ އަށް ދިޔުމަށެވެ. އެތަނުގައި ދެތިން ހިލަ ގޮނޑި ހުރި އިރު ރަޔާހީން އިށީނީ ހިޔަލުގައި ހުރި ގޮނޑީގައެވެ. ބަގީޗާ ތެރޭގައި ހެދިފައި ހުރި އެކި ވައްތަރުގެ މާ ގަސްތަކުން ދުވަމުން ދިޔަ ވަހާއި މަޑުމަޑުން އެއްރާގަށް ވެހެމުންދިޔަ ވާރޭ ފެނާއި އެކުވަމުން ސަރަހައްދުގައި ހިފާލާފައި ހުރި ކަޅުވެލީގެ ވަހުން ކުޑަކޮށް މޭނުބައި ކުރާ ކަހަލަ ގޮތެއް ވިޔަސް އެތަނުން ތެދުވެގެން ދާކަށް ރަޔާހީން ިގަސްދެއް ނުކުރިއެވެ. ދެކަކުލުގައި އަތް އަޅުވާލައިގެން ދެފައި ގަޔާ ކައިރިކޮށްލައިގެން އިން އިރު ބޯ ފާރުގައި ޖައްސާލައިގެން އިނީ މޫނު މައްޗަށް ވާ ގޮތަށެވެ. ދާދި ދެންމެއަކު ކަންތައް ހިނގާ ދިޔަ ގޮތް ހިތަށް އެރުމުން ދެލޯ ފެންކަޅިވެ ރޮވޭގޮތްވިިއެވެ. ކުއްލިއަކަށް ސިހުނީ އޭނާގެ ކޮތާފަތުގައި މީހަކު އަތް ޖައްސާލިހެން ހީވުމުންނެވެ. ސިހިފައި ދެލޯ ހުޅުވާ ބަލާލިއިރު ދާދި ކައިރީގައި އިން ބީހާލް ރަޔާހީންގެ ކަރުނަތައް ފޮހެދިނީއެވެ.

“އަބަދުވެސް ހީންގެ ކަރުނަތައް ފޮހެދެން ކައިރީގައި އިންނާނަން. ހީން އަހަރެންނަށް މާފް ކުރޭ” ބީހާލް ދެރަވެލާފައި ބުނެލިއެވެ.

“ބީ ކޮންކަމަކާއި މާފަށް ތިއެދެނީ. އަހަރެން ކައިރީގައި ދޮންތަ އަށް ވީގޮތްތައް ކިޔާދިނީ ބީ އެއްނު. ގޮތެއް ނިންމަން ބީ އަހަރެންނަށް ދޫކޮށްލީނުން. މިގޮތަށް މިކަންތައް ކުރާށޭ ބުނެ ބީ މަށަށް މަޖުބޫރު ކުރިންތަ؟ ނުކުރަމެއްނު. މިގޮތަށް ކަންތައްކުރަން ލަފާ ދިނީ ވެސް އަހަރެން. ވީއިރު ބީ ކީއްވެ މާފަށް ތިއެދެނީ” ރަޔާހީން ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

“ހީން ތިގޮތަށް ހިތާމަ ކުރާ މަންޒަރު ބަލަން ވަރަށް އުނދަގުވޭ. ވަރަށް ދެރަވެސްވޭ. ހިތަށް އަރާ އަހަރެން ވިކްޔަން އާއި ބައްދަލުކޮށް ހުރިހާ ހަޤީޤަތެއް ކިޔާދޭންވީއޭ. އޭރުން މިހާރު ހީން ގެ މޫނުމަތިން ތިފެންނަ މާޔޫސްކަން ފިލާ ބަދަަލުގައި އުފާވެރިކަން ފެންނާނެ” ބީހާލް ބުނެލިއެވެ.

“ނޫން….ނޫން ބީ… އެހެން ކަންތައް ނުކުރާތި. މިހުރިހާ ދުވަހު ވެސް ކެތްކުރީނު. އަދި މިހާރު މިވަނީ އަހަރެމެންގެ މަންޒިލާ  ހަމައަށް ވާސިލްވުމާއި ދާދި ކައިރިވެފަ. ކުށްވެރިންނަށް އޭގެ އަދަބު ލިބެން ގިނަ ވަގުތެއް ނެތް. އެހެންވީމަ އެގޮތަށް އެކަން ވަން ދެން މަޑުކުރޭ. އަހަރެން ކޭވީ އަށް ހުރިހާ އެއްޗެއް ކިޔާދޭނަން. އަހަރެންގެ ބަހަށް ކޭވީ އިތުބާރު ނުކޮށްފިއްޔާ އަހަރެން ފުރައިގެން ދާނީ މާމަމެން ކައިރިއަށް” ރަޔާހީން އޭނާ ރާވާފައިވާ ގޮތް ބީހާލް އާއި ޙިއްސާ ކުރަމުން ވާހަކަދެއްކިއެވެ.

“އެންމެރަނގަޅު. އެކަމު ހީން ދާނީ ވިކްޔަންގެ އަނބެއްގެ ގޮތުގައި. އެ ޔަޤީންކަން އަހަރެން މިދެނީ” ބީހާލް ހީލަމުންިބުނެލިއެވެ. ރަޔާހީން ވެސް ހީލިއެވެ.

“ބަފާކަލޭގެ ހުންނާނީ ހެއަރާފަ. އެމީހުންނަށް އުފާވެރި ދުވަހެއް އަންނާކަށް ލާހިކެއް ނޫން” ބީހާލް އެހެން ބުނުމުން ރަޔާހީން ސިހިފައި ބަލާލީ ބީހާލް އަށެވެ.

“އެއީ ބީ ކުރިކަމެއްދޯ އެހެންވީމަ” ރަޔާހީން ހައިރާންވެފައި އަހާލިއެވެ.

ބީހާލް ބޯޖަހާލުމުން ރަޔާހީން ވަކި އެއްޗެއް ނުބުނެއެވެ.

“ބީ ކީއްވެތަ ދޮންތަ އެހާލުގައި އުޅުނުއިރު ނުގެންދިޔައީ. ދޮންތަ އާއި ބޭބީސް ގޮވައިގެން ދިޔަނަމަ. ނޫނީ އެހެން ރަށެއްގައި ބެހެއްޓިނަމަ…” ރަޔާހީން ޚިޔާލަކަށް ގެއްލެމުން ބުނެލިއެވެ.

“ހީން ވިސްނަބަ. އަހަރެން ކިހިނެއް ފަރޫ ގޮވައިގެން ދާނީ. އަހަރެންނަށް ހީކުރެވުނު ކޮންމެސް ދުވަހަކުން އެ އިންސާނާ ރަނގަޅުވާނެ ކަމަށް. އަހަރެން އޭނަ ފޮނުވާލާ ކޮންމެ ތީރަކުން ފަރޫ އާއި ކުދިން ސަލާމަތްކުރިން. ފަރޫ ގެންދެވެން ވެސް އޮތް. އެކަމު އެގޮތަށް ކަންތައްކުރީމަ ދެން އަރާ އަޑު މާހަޑިވާނެ. ފަރޫގެ މާމަމެން ކިހާ ދެރަވާނެ. އެކަމަކު އަހަރެން ފަހުން ވިސްނިން އެއާއިލާގެ ދުވަސް ދުއްވާލަން. އެކަމަކު ރަހާ އާއި އިރާގެ ބައްޕަ ދޯ އެއީ” ބީހާލް ރަޔާހީނަށް ކިޔާދެމުން ދިޔައިރު އެ އަޑުގައި އެކުލެވިގެން ވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ.

“ކީތްކުރާނީ…. އެގޮތަށް އެކަން ނުވިނަމަ…. އިރުފާން ގެ އެހަމަލާ ނާކާމިޔާބުވިނަމަ….. ވަގުތަށް ބީ އަށް އާދެވުނުނަމަ…. ދޮންތަ އަށް ބޭބީސް ގޮވައިގެން ސަލާމަތްވާނެ ފުރުޞަތު ލިބުނުނަމަ….. ރަޔާހީނަށް ރޮވުނެވެ. ފަރުހީންގެ މަރުގެ ވާހަކަދައްކާ ވަރަކަށް ރަޔާހީންގެ ރުއިން ވީ އިތުރެވެ.

“ތިހުރިހާ އެއްޗެއް އަހަރެންގެ ހިތަށް ވެސް އަރާ. އަހަރެންގެ ބައްޕަގެ އެކުވެރިޔާ އަހަރެންނަށް ފާރަލީ. މިހުރިހާ އެއްޗެއް އަހަރެން ހީން އަށް ކުރިން ވެސް ކިޔާދިނީމެއްނު. ދެން މިވާހަކަ ނުދައްކަމާ. މިހާރު ހީން އާއި ރަމްލާއްތަ ވެގެން އެފޯނު ހޯދަން އުޅެންވީ. އޭރުން ވަގުތުން ހެކި ވެސް ލިބުނީނު. ނޫނީ ހީން ބުނޭ ބޭނުމީ އަނިޔާވެރިކޮށް އެ އާއިލާ ދުއްވާލަންތަ. ހީން އާއެނކޭ ބުނިއްޔާ އަހަރެން މިހުރީ ތައްޔާރަށް” ބީހާލް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ.

“ނޫން ނޫން… މީހަކު މަރައިގެން ކޮން ފައިދާއެއް ވާނީ. ޔަޤީން ދޮންތަ ވެސް ބޭނުމެއްނުވާނެ ބީ އެކަހަލަ ކަމެއް ކުރާކަށް” ރަޔާހީން ބުނެލިއެވެ.

“ރަނގަޅަށް ތިބުނީ. ފަރޫ މިކަމަށް އޭރު އެއްބަސް ވިނަމަ އަހަރެން އެމީހުން މިދުނިޔޭން ނެތިކޮށްލާނެތާ ކިތަންމެ ދުވަހެއް” ބީހާލް ވެސް ބުނެލިއެވެ.

“ހީން ދެން ދޭ އެތެރެއަށް. ވިކްޔަން މަންމަ ހީން އެބަ ހޯދާ. ވާރޭ ތެރޭގަ ތިގޮތަށް އިންނަންޏާ ރޯގާ ޖެހޭނީ” ރަޔާހީން މަޑުމަޑުން ގޭތެރެއަށް ވަންނަންދެން ބީހާލް ބަލަހައްޓައިގެން ހުއްޓެވެ. އެއާއެކު ވިދާލި ވިދުވަރާއެކު އޭނާ ގެއްލުނެވެ.

 

ދުވަސްތައް ފާއިތުވަމުން ދޭއެވެ. މައިސަރާ ކައިރީގައި ރަޔާހީން އުޅެން ފެށުމުން މައިސަރާގެ ހިތް ރަޔާހީނަށްޓަކައި ހެޔޮވާން ފެށިއެވެ. ރަޔާހީންގެ މަޑުމައިތިރިކަމާއި ހިތްހެޔޮކަމުގެ ސަބަބުން މައިސަރާގެ ހިތުން ރަޔާހީން ޖާގައެއް ކަށަވަރު ކުރިއެވެ. މާކިލް ގެ ކައިވެންޏަށް ދިހަ ދުވަހުގެ ޗުއްޓީއެއް ނަގައިގެން ވިކްޔަން އިންޑިއާ އަށް ފުރުމުން ގޭގައި އުޅުނީ މައިސަރާ އާއި ރަޔާހީން މަހާ އާއި ރަމްލާއެވެ.

“އަންނަ ހަފްތާ ތެރޭގައި ދައްތަމެން އަންނާނެ ދޯ. ނަސީބެއްނު އެހާލުގައި ވެސް ދުނިޔޭގައި އާސިރުބެ އިންކަން. ވާހަކައެއް ނުދެއްކޭ. ހިނގާބިގާވެ ނޫޅެވޭ. އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ. ދައްތަ ހަދަ ދެރަވާނޭ” ގަސްތަކަށް ފެންދޭން އުޅުނު މައިސަރާ ކައިރީގައި އެހީތެރިވާން ހުރި ރަޔާހީނަށް ބުނެލިއެވެ.

“މޮޅު ލިބުމުން ބައެއް މީހުން ވަރަ ފަޅައިގެން ދެބައިދޭތެރެ މެދުގައި އުދުހޭ. ހިތަކަށް ނާރާ ވަރުބަލި ވުމުން ބާރު ކެނޑި ބިންމައްޗަށް ވެއްޓޭނެ ވަގުތެއް ވެސް އައިސްދާނޭ” ރަޔާހީން މަޑުމޑުން ބުނެލިއެވެ.

“ކީކޭ ތިބުނީ… ހީން! ކޮން ވަރައެއްގެ ވާހަކަ ތިބުނީ” ރަޔާހީނަށް ބަލާލަމުން މައިސަރާ އަހާލިއެވެ.

“އަޅާނުލާ ސަރާދައްތައަކަށް ނުވިސްނޭނެ. ވަގުތު ޖެހުނީމަ ހުރިހާ އެއްޗެއް ވެސް އެނގޭނެ. އެދުވަސް ވަރަށް ކައިރިވެއްޖެ” މައިސަރާގެ ކޮނޑުގައި އެއް އަތުން ހިފަހައްޓާލަމުން ރަޔާހީން ބުނެލިއެވެ. އެތަނުން ރަޔާހީން ދިޔައީ މައިސަރާގެ ސިކުނޑި ސުވާލުމާކެއްގެ ތެރެއަށް ވައްޓާލާފައެވެ. ހީން ބުނި އެއްޗެއްގެ މާނަ އާއި ދޭތެރޭގައި ވިސްނަން މައިސަރާ އަށް ހުރެވުނީ ގަބުވެފައެވެ.

ދުވަހަކީ ހުކުރު ދުވަހަށް ވުމާއެކު ގޭތެރެ ފޮޅާ ސާފުކުރުމުގައި މައިސަރާ އަދި ރަޔާހީން އުޅުނެވެ. ރަމްލާ އުޅުނީ މެންދުރަށް ކެއްކުމުގައެވެ. މަހާ އޭނާގެ ޓެބްލެޓް ހިފައިގެން ކާރޓޫން ބަލަން ސޯފާގައި އޮތެވެ.

“ހީން ތިރި ސާފުކުރޭ. ދައްތަ މިއަރަނީ މައްޗަށް. ވިކީގެ ކޮޓަރި ވެސް ސާފުކުރަންޖެހޭ އޭނަ އަންނަން ވާއިރަށް. އެހެންމީހަކު އެކޮޓަރި ސާފުކުރާކަށް ވިކީ ހިތްހަމައެއް ނުޖެހޭނެ” މައިސަރާ އެކޮޓަރިއަށް ވަންއިރު ވެސް ރަޔާހީނަށް ބަލަން ހުރެވުނީ އެތަނަށް ވަދެލަން އޭނާގެ ހިތް އެދި ގޮވާވަރުންނެވެ.

ވިކްޔަންގެ ކޮޓަރި ފޮޅާ ސާފުކޮށް ބެޑްޝީޓް ބަދަލުކުރުމަށްފަހު މައިސަރާ ނުކުތީ ހަޑިވެފައި ހުރި ބެޑްޝީޓާއި ބާލީސް އުރަތައް ހިފައިގެންނެވެ. ނަމަވެސް ޖެހިގެން ހުރި ކޮޓަރި ފެނުމުން އޭނާގެ ހިޔާލު ބަދަލުވިއެވެ. މަހާ އަށް ގޮވާލުމަށްފަހު އަތުގައި ހުރި އެއްޗެހިތައް ދިނުމަށްފަހު މެޝިނަށް އަޅަން ބުނެލިއެވެ. އަދި ތަޅުދަނޑިފަތިން އެކޮޓަރި ހުޅުވާލުމަށް އަވަސް ވެލިއެވެ. އެއީ އަބަދުވެސް ވިކްޔަން ނޫން އެހެން މީހަކު ބޭނުންކުރާ ކޮޓަރިއެއް ނޫނެވެ. އެކޮޓަރިއަށް އެހެން މީހަކު ވަނުމަށް ވެސް ވިކްޔަން އޮންނަނީ މަނާ ކޮށްފައެވެ. ފަހަކަށް އައިސް ވިކްޔަން ވެސް އެކޮޓަރިއަށް ވަންނަ މަންޒަރެއް މައިސަރާ އަށް ފެނިފައެއް ނުވޭއެވެ.

ނަމަވެސް މިއަދު މުޅި ގެ ސާފުކުރާ ދުވަހަށް ވުމުން އެކޮޓަރި އަކީ ވެސް އެގޭ ތަނަކަށް ވާތީ އެކޮޓަރި ސާފުކުރަން މައިސަރާ ބޭނުންވިއެވެ. ދޮރު އެތެރެއަށް ހުޅުވާލުމާއެކު މައިސަރާގެ ނޭފަތުގައި އައިސް ޖެހުނީ ލުއިލުއި މީރު ވަހެކެވެ. އަނދިރިކަން ވެރިވެފައިވާ ކޮަޓަރި ތެރެއަށް ވަދެލުމަށްފަހު މައިސަރާ ފާރު ކައިރިއަށް ގޮސް ލައިޓްތައް ޖައްސާލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެ ހުދުކުލައިގެ ގަދަ އައްޔަކުން އަލިވެގެން ދިޔައެވެ. ފެނުނު މަންޒަރުން މައިސަރާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ކޮޓަރީގެ ހަތަރުފާރަށް ވަކިވަކިން ބަލާލެވުނެވެ. އެނދުމަތީގައި އެންމެ ރުލެއް ވެސް ނެތް އިރު ކޮޓަރި ހުރީ ފޮޅާ ސާފުވެސް ކޮށްފައެވެ. ޑްރެސިންގ ޓޭބަލް މަތީގައި އަޅާފައިވާ ހުު ފޮތިގަނޑު މަތީގައި އިނގިއްޔެއް ވަރުގެ ކުޑަ ސެންޓްފުޅި އެއް ހުއްޓާ ފެނުނެވެ. މައިސަރާ ގޮސް އެނަގާ ބަލާލިއެވެ. ‘ލަކިއަރ’ ޖަހާފައިވާ އެސެންޓް ފުޅީގެ މަތި ނަގާލުމަށްފަހު ވަސްބަލާލިއެވެ.  ކޮޓަރިއަށް ހުޅުވާލި ވަގުތު އެދުވީ މި ސެންޓްވަސް ކަން މައިސަރާ ދެނެގަތެވެ. ކޮޓަރިއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އިތުރަށް ސާފުކުރާނެ ތަނެއް ނެތުމުން މައިސަރާ ކޮޓަރިން ނިކުތް އިރު ދޮރުމަތީގައި ހުރި މީހާ ފެނި ސިހުމެއް ލިބުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތިޔަ ދިން އުފާ 15

Next

ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438ގެ ނަތީޖާ!

Next
September 17, 2017

ބާޓާ – އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438ގެ ނަތީޖާ!

Previews
September 16, 2017

ތިޔަ ދިން އުފާ 15

15 Comments!

  1. Ushaali says:
    September 17, 2017 at 8:04 am

    Assalam alikum and alhamdhulillah… mi bai ves huriha kudhinnah kamudhaane kamah heekuran. mihaaru vahaka nimumakah annany mi. 🙂 🙂 🙂
    varah baajjaveri dhuvahakah edhen

  2. Aishath says:
    September 17, 2017 at 8:09 am

    Vaaahaka v reethi…keep it up

  3. khajja says:
    September 17, 2017 at 8:27 am

    Ohh wow masha allah v v loabi mi stry??? v happy vejje B viky n hyn marry kuruvaavaahaka bunyma thank u so much alhe heenmennah phone hoadhaidheynves B help velaadhybala, stry v v v awsome thank u sooo much 4 the luvly stry ushaali thank u whn nxt prt avaskolladhechey plx baajjaveri dhuvahakah edhen ly sooo much ?????❤❤❤???????

  4. Lam says:
    September 17, 2017 at 8:42 am

    Salhi …waiting???

  5. Ashadam says:
    September 17, 2017 at 9:23 am

    Mi vaahaka genes dheni hafthaage kithah dhuvahu

  6. mal-mal says:
    September 17, 2017 at 1:10 pm

    mashaAllah, a beautifully written chapter!????
    I’m deeply in love with this story!!! waiting for an update!! ???????

  7. thahoo says:
    September 17, 2017 at 1:19 pm

    Next part anaany kon dhuvahakun

  8. ??? says:
    September 17, 2017 at 2:57 pm

    I’m feeling so so ? bt wht can we do everything has an end bt this is one of my favorite story n your a great writer I ❤️ u r story’s n mi part ves vrh reeti ?????????????❤❤❤

  9. shaa says:
    September 17, 2017 at 7:12 pm

    v v v v reethi mi vaahaka… when next part? waiting waiting..

  10. remoo says:
    September 18, 2017 at 2:45 am

    mivaahaka fashaigen kiyaalan beynun ekam baeh episode thah madhu kureekolhuge uplode kollaba madhu episode thah….plxx

  11. non says:
    September 18, 2017 at 10:14 am

    varah reethi…….ushaail plx nunime hunna vaahaka thah nimmadheeba..any way thanks u

  12. aish says:
    September 18, 2017 at 10:19 am

    Vrh reethi mi story kuriahdhaa goi. . .❤
    Whn next part ??? Waiting . . Waiting
    plx thankolheh avahah upload kohladhyba

  13. lii says:
    September 18, 2017 at 1:03 pm

    alhey ushaa dhn konirakn story up kohdheyny today up kohdheynah tha??? varah reethi mi story

  14. someone says:
    September 18, 2017 at 5:23 pm

    when next part???? haadha lahey….. waiting……….plx plx up kohladhiibala..

    1. Ushaali says:
      September 18, 2017 at 6:02 pm

      koffin 🙂

Comments are closed.

Next Episode02:30 އަށާވީސްވަނަ ބައި←


All Right Reserved!