Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ވޭނީ ކަރުނަ -4

Shiya Level 110 Stories100 Login
September 23, 2017 5 Mins Read
5 Comments

ހައިރާން ވެފައި އެތަށް އިރެއް ވަންދެން ރާޔާ ހުއްޓެއެވެ. ” ކަލޭ ކޮންތަނެއްތަ ތިބަލަނީ؟..” ޒުބޭދާ ރުޅިއައިސްފައިވާ ރާގަކަށް ރާޔާއާ ދިމާއަށް ބުނުމުން ރާޔާ ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ…. މީހަކާއި އިނދެގެންހުރެ އަހަންނަާ އިނުމުގެ ބޭނުމަކީ ކޮބާ؟އެދުގައި އިށީދެގެން އިން ރާޔާ ހިތާހިތުން ބުނެލެެވުނެވެ. ރާޔާ ކޮޓަރިން ނުނިކުމެ އިންދާ ރޭނގަޑު ގަޑިން ނުވައެއް ޖެހީއެވެ…

” ރާޔާ…..ރާޔާ…؟ ” ޒުބޭދާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ދޮރުގައި ޖެހިލެއް ބާރު ކަމުން ހީވަނީ ހަމަ ދެންމެ ދެންމެ ހެން ދޮރު ވެޓިދާނެހެންނެވެ. ރާޔާ ދޮރު ހުޅުވައި ލުމާއިއެކު ޒުބޭދާ ރާޔާގެ އިސްތަށިގަނޑުގައި ހިފައި ތަޅުންގަނޑު މައްޗަށް ކޮށްޕާލިއެވެ.

ވައްޓާލުމުގެ ސަބަބުން ކަކުލުން ތަންގަނޑެއް މަށައިގެން ދިޔައެވެ. އަދި ކައިރީ ހުރި ގޮނޑިއެއްގައި ޖެހި، ނިތްކުރިން ތަންކޮޅެއް ވަނީ ފެޅިފައެވެ. ލޭވެސް އައެވެ. ރާޔާ އަށް ވީ ތަދުން ތެދުނުވެވި އެތައް އިރަކު އުޅެފައި، ކޮރުޖަހަމުން ކަހަލަ ގޮތަކަށް ގޮސް އެނދުމަތީގައި އޮތް ބާމް ފުޅިނަގައި ބާމުކޮޅެއް އުނގުޅާލިއެވެ. ” ކޮންމެހެން މާ ގޮތް ދައްކަން އުޅޭނެ ކަމެއް ނެތް ހަމަ މިހާރު ބަދިގެއަށް ވަދެ ކުރަން ހުރި ހުރިހާ ކަމެެއް ކޮށް ނިންމަން ދޭ… އަދި ބުނަން ފިހާރަ ބަންދު ކުރުމުގެ ކުރިން އިސްމާއިލް އަށް ޖޫސް ފުޅިއެއް ގަންނާތި..” ޒުބޭދާ އެހެން ބުނެފައި ދިޔައީއެވެ.

ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު އެއްފައި ބިންމަތީ ކާތަމުން ކަހަލަ ގޮތަކަށް ބަދިގެއަށް ދިޔައެވެ. ބަދިގެއަށް ވަދެވުނުތަނާ އިސްމާއީލް އައި އަޑުއިވުނެވެ. ރާޔާ ނުކުންނަން އުޅެނިކޮށް ބަދިގެއަށް ވަނެވެ.

” ފެން ކޮޅެއް ދީބަލަ”

އިސްމާއީލް ފެން ފޮދަކަށް އެދުމުން ރާޔާ ފެން ތަށްޓެއް އިސްމާއީލް އަތަށް ދިނުމުން އިސްމާއިލް އެތަނުން ނިކުމެގެން ދިޔައެވެ.

ރަޔާ ބަދީގޭގައި ކުރަން ހުރިކަމެއް ވެއްޖެއްޔާ ކޮށް ނިމުނު އިރު ރޭގަނޑު ގަޑިން ދިހައެއް ޖަހަނީއެވެ. ރާޔާ ކޮރު ޖަހަމުން ފިހާރައަށް ދާން ނިކުތެވެ. ވަރުބަލިވެފައި ހުރިވަރުން ތަންކޮޅަކަށް ހިނގައިގަތް ތަނާހެން ދެލޯ ފުސްވެފައި މަގުމަށްޗަށް ވެއްޓުނެވެ…

ފިހާރައިގެ ދޮރުމަތީގައި ހުރި ނިޔާމް އަށް އެ މަންޒަރު ފެނުމުން ދުވެފައި އައިސް ރާޔާގެ އުނަގަނޑުގައި ހިފައި އުރާލައިގެން ގެންގޮސް ކާރަކަށް ލިއެވެ. ކާރުތެރޭގައި އިން އިރުވެސް ނިޔާމް އަށް ބެލެނީ ރާޔާގެ މޫނަށެވެ. ރާޔާ އަދި ނިޔާމް ވަނީ މަދުން ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ފެނި ދިމާވެފައެވެ. ނިޔާމްް އަކީ ރާޔާ ދިރިއުޅޭ ގޭގެ ކުރިމައްޗަށް ވާގޮތަށް އިންނަ ފިހާރަ ބޮޑުމީހާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އެހެންކަމުން ވަރަށް ގިނައިން ނިޔާމް އެ ފިހާރައަށް ގޮސް އުޅެއެވެ.

ނިޔާމް ރާޔާ ގޮވައިގެން ކާރުގަ ދިޔައީ އޭނާގެ ގެއަށެވެ.. އެގޭގައި ދިރިއުޅެނީ އޭނާ އެކަންޏެވެ… އެގެއަކީ ނިޔާމްގެ ބައްޕަ އޭނާ އަށް އުފަންދުވަހުގެ ހަދިޔާ އަކަށް ގަނެދީފައިވާ ގެއެކެވެ..

ނިޔާމް ރާޔާ ގޮވައިގެން ގޮސް އޭނާ ނިދާ ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. އިރު ކޮޅެއްވީތަނާ ރާޔާ އަށް ހޭލެވެން ފެށުނެެވެ.

ނިޔާމް މަޑުމަޑުން ރާޔާގެ ގައިގައި އަތްޖައްސާލިއެވެ. “ތަދުވޭތަ؟” އޯގާތެރިކަމާއެކު އޭނާ އަހާލިއެވެ. ރާޔާ އާނއެކޭ ބުނުމުން ބޭސްފުޅިއެއް ކަބަޑް އިން ނަގައި މަށައިގެން ގޮސްފައިވާ ތަންތަނުގައި އުނގުޅަންފެށިއެވެ. އަދި ބޭސްފުޅި ބޭއްވުމަށްފަހު މަޑުމަޑުން ރާޔާ އާއި ސުވާލު ކުރަންފެށިއެވެ… ” ކޮން ނަމެއްތަ ކިޔަނީ؟.. ”

ރާޔާ އަނގައިންވެސް ނުބުނެ ބަލަން އޮތެވެ.. ” އަހަރެން މިތަނަށް އައީ ކިހިނެއް؟ ތިއީ ކާކު؟ މި ކޮން ގެއެއް؟…؛؛”

” އަހަންނަށް ކިޔަނީ ނިޔާމް…. މަގުމަށްޗަށް ވެއްޓިފައި އޮށްވާ މިގެނައީ…”

ރާޔާ އަށް އެއީ ނިޔާމް ކަން މާކުރިންވެސް އިނގެއެވެ… ނަމަވެސް އިނގޭ ކަމަކަށް ނެހެދީ ސަބަބަު ތަކަކާވެސް ހެދިއެވެ.

ނިޔާމް އޭނާގެ އަތުން ރާޔާގެ ނިތްކުރީގައި ފިރުމާލުމުން އެވަގުތު ރާޔާގެ ގައިގައިވާ ވޭން އިތުރުވިއެވެ.

ރާޔާ އަށް ރޮވުން ފިޔަވައި، އެހެން ކަމެއް ނުކުރެވުނެވެ. އެތައް ފަހަރަކު ކަރުނަ އަޅައި ރޮވުނެވެ.

ކުއްލިއަކަށް ރާޔާ ހަނދާންވީ ޒުބޭދާގެ މަތިން ނެވެ. އެދުން ފުންމައިގެން ތެދުވިއެވެ. ނަމަވެސް ފައިގައި ރިއްސާ ވަރުން ހިނގެނީ ވެސް ވަރަށް އުނދަގުލުންނެވެ. ކެރޭވަރު ބަލައިގެން ނަމަވެސް ބުނާކަމެއް ކުރެވޭތޯ ބަލާނަމޭ ރާޔާ ހިތަށް އެރިއެވެ. އެހެންކަމުން މަޑުމަޑުން ހިނގަމުން ގޮސް ނިކުންނަން ދޮރާ އަރާ ހަމަވީތަނާ ނިޔާމް އައިސް ރާޔާގެ އަތުގައި ހިފިއެވެ… އަދި މިރޭ މަޑުކޮށްފަ މާދަން ދާށޭ ބުންޏެވެ…. ވަރުބަލިކަމާއި ޒުބޭދާގެ އަނިޔާތަކުން ލިބިފައިވާ އަނިޔާތަކުން ލުއެއް ހޯދުމަށްޓަކައި ނިޔާމްގެ ބަސް ގަބޫލު ކޮށް އެގޭގައި މަޑުކޮލިއެވެ.

ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އަމިއްލަ ހާލާމެދު ވިސްނަން އޮވެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. ސިއްސައިގެން ދިޔައީ ނިޔާމް ކޮޓަރީގެ ދޮރުހުޅުވިއަޑަށެވެ. ” ކާން އަންނަންވީނުން ޕިއްޒާ ހުންނާނެ ގެނެސްފައި ނިޔާ މިދަނީ ސިޓިންގ ރޫމް އަށް އާދޭ އިނގޭ….” އެހެން ބުނެފައި ނިޔާމް ހިނގައްޖެއެވެ. އޭރު ބަނޑުހައިވެގެން ހާންތިވަނީއެވެ. ނަމަވެސް ކާހިތެއް ނުވެއެވެ. އެހެންކަމުން ރާޔާ އަނެއް ފަރާތަށް އެނބުރިގެން އޮތީއެވެ.

“މަންމާ! އަހަ…އަހަރެން ސަލާމަތް ކުރޭ! މަ…މަންމާ…” ޖެހި ބާރު ގުގުރިއަކާއެކު ރާޔާ އަށް ހުފަނުން ހޭލެވުނެވެ. ފުންމައިގެން ތެދުވެ ފައި ވަށްކޮށްގެން އެނދުގައި އިށީނެވެ. ކިތެންމެ ފިނި ރެއެއް ނަމަވެސް މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ދެލޯ ބޮޑުކޮށްގެން އިނދެ ނިތްކުރީގައި ހިއްލާފައިވާ ދާތައް، އަތުގެ ނުފުށުން ފުހެލަމުން ގަޑިބަލައިލިއެވެ. މެންދަމުން އަލިވެ ތިންގަޑި ބައިވެއްޖެއެވެ. ރާޔާ އިނީ ހާސްވެފައެވެ. ފެނުނު ހުވަފެނުން އަސަރުކޮށްފައެވެ.

“އަނެއްކާ ކިހިނެއްވީބާ؟ އިސްމާއީލް އަށް ކަމެއް ވީބާ؟ ނޫން. ނޫން . ހުވަފެނުގައި ކޮންމެ އެއްޗެއް ވެސް ފެނިދާނެ. ” ރާޔާ ހިތްހަމަ ޖައްސާލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެހިތަށް ހަމައެއް ނުޖެހެވުނެވެ. އެހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. އިސްމާއީލް އަށް ކަމެއް ވެއްޖެ ކަމަށް ހިތްބުނަމުން ދިޔައެވެ. ރާޔާ މަޑުމަޑުން ތެދުވިއެވެ. އަދި ފާހާނާ އަށް ވަދެ މޫނުގައި ފެންކޮޅެއް ވިހުރުވައިލިއެވެ. އަދި ނިކުމެ އެދުގައި އޮށޯތެވެ.

ފަތިހުގެ ހާ ގޮވަންފެށިއެވެ. … ރާޔާ އެދުން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. މީހުންތައް ހޭލިމޭލިވާން ފަށައިފިއެވެ. ރޭ ކުރި ވިއްސާރައިގެ އަސަރުން މުޅި ޖައްވު ވަނީ ފިނިވެފައެވެ. އަތްވެއް ނުދެއެވެ. ވާރޭ ނުވެހުނު ނަމަވެސް އުޑުމަތި އޮތީ ބަނަކޮށެވެ. ގޭ ދޮރުމަތި ކުނިކަހައި އޮމާން ކުރުމުގައި އެއްބަޔަކު އުޅެއެެވެ.

ހޭވިފައިވާ ފަން އިސްތަށިގަނޑުގައި ހުޅިއެއްޖަހަމުން، އާފުރެމުން ރާޔާ ސިޓިންގ ރޫމް އަށް ނިކުމެ އެތާގައި އިން ސޯފާގައި އިށީނެވެ..

“ކިހިނެތްވެފަ ތި އިނީ؟” ރާޔާގެ ކޮނޑުގައި ކޮއްޓާލަމުން ނިޔާމް އެހިއެވެ.

ރާޔާ ސޯފާ އިން ތެދުވިއެވެ. ހަގީގަތުގައި ރާޔާ ރޭގައި ފެނުނު ހުވަފެނާމެދު ވިސްނަނީއެވެ. ހިތް ނުތަނަވަސްވެ ހިތްބިރުގަންނަނީއެވެ. ވައްތަރު ވައްތަރުގެ ވަހުމުތައް ސިކުނޑި ޚަރާބުކުރަނީއެވެ.

“ޒުބޭދާ. ޒުބޭދާ” އިސްމާއިލް ދުވެފައި އައިސް ގެއަށް ވަނެވެ. މީހާ ވަނީ ދާހިއްލައި ފޯވެފައެވެ. މާނޭވާލެވިފައެވެ. އިސްމާއިލް ގޮވާ އަޑަށް އެވަގުތު ހަފީޒާ ވެސް އެތަނަށް އައެވެ. ގޭ ދޮރުމަތީ ހުރި ޕިއޯނު ފެނުމުން ހުއްޓުން އެރިއެވެ. އެންމެން ހައިރާންވެ އެކަކު އަނެކަކަށް ބަލަން ފެށިއެވެ.

“ކިހިނެތްވީ؟ ކިހިނެތްވީ މަގޭ ފިރިމީހާއަށް؟”

ޕިއޯނު ހުރީ އިސްމާއީލް ގައިގައި ނިކަން ބާރަށް ހިފަހަށްޓައިގެންނެވެ. ހީވާގޮތުން އިސްމާއީލްގެ ހޭވެރިކަމެއްވެސް ނެތެއެވެ. ރާޔާ އިސްމާއިލް އާ ދިމާއަށް ދާން ފެށުމުން ޒުބޭދާ ރާޔާ ދުރަށް ލިއެވެ، އަދި އިސްމާއިލްގެ އަތުަގައި ހިފަިއި ނަގައި ޕިއޯނުގެ އެހީއާއި އެކު ކޮޓަރިއަށް ވެއްްދިއެވެ. އަދި ޑޮކްޓަރަށް ގުޅިއެވެ…. ކަންބޮޑުވެފައި ހުރި ރާޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަނެވެ.

ގަޑިން އިރު އޮއްސި ހަގަޑި ބައި ވަނީއެވެ. ކުއްލިއަކަށް ވިއްސާރަވެ ވައިބާރުވާން ފެށުމުން ޓެރަސް މަތީގައި ހިއްކަން އަޅާފައިހުރި އެއްޗެހިތަށް ނެގުމަށް ރާޔާ ދިމާއަށް ވަރަށް ރުޅިވެރި ރާގަކަށް ބުނުމުން ރާޔާ ޓެރަހަށް އެއްޗެހިތަށް ނެގުމަށްޓަކައި ދިޔައެވެ.. ރޯނުގައި އަޅާހުރި އެއްޗެހި ނަގަމުން ދިޔައިރު މަޑު މަޑުން ވާރޭގެ ކަނިތަކުން ރާޔާ ތެންމަމުން ދިޔެވެ.

“އަހަންނަށް މިވަނީ ކީއްބާއެވެ؟ އަހަންނަށް އެޒުވާނާއާއި ދޭތެރޭ ވިސްނެނީ ކީއްވެބާއެވެ. ކޮންމެއަކަސް އެއީ އަހަންނާއި އެކަށީވެގެންވާ މީހެއްނޫނެވެ…” ރާޔާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. ހެދުންތަށް ބޮނޑި ކޮށްލުމަށްފަހު އެނބުރުނުތަނާ ރާޔާގެ ނަޒަރު ހުއްޓުނީ ފިހާރަ ދުރުމަތީގައި ހުރި ނިޔާމް އަށެވެ.. އެވަގުތު ރާޔާގެ ހިތް ތެޅެން ފެށުނެވެ. އަވަހަށް ދުވެފައި ގޮސް ހެދުންތަށް ޒުބޭދާގެ އެދުމަށްޗަށް އުކާލުމަށް ފަހު އަނެއްކާވެސް ޓެރަހަށް ނިކުތެވެ. އަދި ބޭރު ބަލައިލިއެވެ. ނަމަވެސް ނިޔާމް ފެންނާކަށް ނެތެވެ. މާޔޫސް ވެފައި ހުރެ އެތެރެއަށް ވަނެވެ. ކަމަކުދާކަށް ނެތެވެ. ޒުބޭދާގެ ރުޅިގަނޑު ހީވަނީ ގެ ބަންޑުން ޖަހާލާފާނެ ހެންނެވެ.

” ރާޔާ!! ކަލޭ ގާތު އަހަރެން ހިއްކަން އަޅާފައި ހުރި އެއްޗެހި ނަގާށޭ ބުނީމަ ހުރިހާއެއްޗެއްވެސް މިހުރީ ތެންމާފައެއްނު.. މަށަށް ޖެއްސުން ކުރަންވެގެންތަ ތިއުޅެނީ.. ؟”

” ނޫން ދައްތާ އަހަރެން ޓެރަހަށް ނިކުތް އިރުވެސް ވާރޭ ވެހޭ… ”

” ބުނަން ކޮންމެހެން މާ ގޮތް ދައްކަން އުޅޭނެ ކަމެއްނެތް އިރު އަރަންދެން ބޭރުގަ ވާރޭގައި ބަހަށްޓާނީ… އޭރުން ދެވަނަ ދުވަހު ޖެއްސުން ކުރަން ހިތަށްވެސް ނާރުވާނެއްނު..” މިހެން ބުނުމަށް ފަހު ރާޔާގެ އަތުގައި ހިފައި ދަމަމުން ދިޔައެވެ. އޭރުވެސް ރާޔާ ރޮމުން ޒުބޭދާ ގާތު އޭނާއަށް އެހެން ނެހެދުމަށް އާދޭސް ކުރަމުން ދިޔައެވެ.. ނަމަވެސް ޒުބެދާ ދިނީ ރާޔާއަށް ބީރު ކަންފަތެކެވެ. ރާޔާ ބޭރަށް ނެރުމަށްފަހު ދޮރު ދަޅުލިޔެއެވެ. އެވަރުގަދަ ތޫފާނީ ވާރޭގެ ތެރޭގައި ރާޔާ ހުންނަތާ ފަސްވަރަކަށް ގަޑި އިރުވީއެވެ. ރާޔާ ހިޔާ ކޮޅެއްލިބޭތޯ ހިނގަމުން ދަނިކޮށް ފެނުނީ ގެއެއްގެ އަސް ކަނިކޮޅެކެވެ. އަވަހަށް ދުވެފައި ގޮސް އަސްކަންޏަށް ވަނެވެ. މުޅިމީހާ ހުރީ ހީކަރުވައިގަނެގެން ގޮސް ތުރުތުރު އަޅަ އަޅައެވެ. އެވަގުތު ރާޔާ އަށް ރޮވެން ފެށުނެވެ. އަދި ބޭއިޙްތިޔާރުގައި ބުނެވުނެވެ. “މައިން ބަފައިން ނެތް ކޮންމެ މީހަކުވެސް އުޅެންޖެހެނީ ހަމަ މިހާލުގައި ބާވައެވެ؟ އެހެން މީހުންނެކޭ އެއްފަދައިން އަހަންނަށް ވެސް އަޅާލާނެ މީހަކު ހަމަ މި ބޮޑު ދުނިޔޭގައި ހަމަ ނޫޅެނީ ބާއެވެ. ” ދެއަތުން މޫނު ފޮހެލުމަށްފަހު އެތާގައި ކުޑަވަރެއްގެ ގޮޑިއެއްގައި ރާޔާ އިށީނެވެ.

. އެހާ ބޮޑު ހިތާމައެއްގައި ހުރެފައިވެސް ރާޔާ ހަނދާންވީ ނިޔާމްގެ މަތިންނެވެ. ” މިރޭ އަހަންނަށް ބޭރުގައި ހުޓާ ފެނުނީ ނިޔާމް ބާވައެވެ. އެއީ ނިޔާމް ކަމުގައި ވަނީނަމަ އޭނާ އެތާނގައި އެގަޑީގައި ހުރީ ކީއްވެބާއެވެ… ” ކޮންމެއަކަސް ރާޔާގެ ހިތުން ނޭގިނަމަވެސް ނިޔާމަށް ކޮންމެވެސް ވަރެއްގެ ޖާގައެއް ދެވިއްޖެއެވެ. މިފަދަ ދަނޑިވަޅެއްގައި ނިޔާމް މަތިން ހަދާންކުރާނީ އެހިތުގައި އޭނައަށް ކޮންމެވެސް ކަހަލަ ލޯތްބެއް ނޫނީ އިހުސާސެއްވީމަ ނޫންހެއްޔެވެ؟

ވާރޭ ތުނިކޮށްލުމުން ރާޔާ ހިނގައިގަތީ ނިޔާމް ގެ ގެއާއި ދިމާއަށެވެ. އެ ގެއަށް ދެވުނު އިރުން މެންދަމު ގަޑިން ބާރަޖަހައިފިއެވެ. ގަދަނިދީގައި އޮތް ނިޔާމް އަށް ހޭލެވުނީ މީހަކު އޭނާ ދިރިއުޅޭ ގޭގެ ދޮރުގައި ތަޅާ އަޑުފަށްގަޑަށެވެ. ދެލޯ އުނގުޅަމުން ނިޔާމް ދޮރު ހުޅުވާލި އިރު ކުރިމަތިން ފެނުނީ ތެމިފޯވެފައި ހުރި ރާޔާއެވެ.ވަގުން ނިޔާމްގެ ދެލޯބޮދުވެ ހާސްވިއެވެ.

އިއްޔެލައިގެން ހުރި ހެދުން އަދިވެސް ބަދަލުކޮށެއްނުލައެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ދެލޮލުގައި ރަތްކަމެއް ހުއްޓެވެ. ހިތާމައިގެ ފުރިހަމަ ތަސްވީރެކެވެ. ރާޔާ އާއި ހަތަރުކަޅިހަމަވުމާއިއެކު އެލޮލުން ފެނުނު ރިހުމަކުން ނިޔާމްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ދުވެފައިގޮސް ރާޔާ ނިޔާމް ގައިގައި ބާރަށް ބައްދައިގަތެވެ.

*ނުނިމޭ*

Share Article

Follow Me Written By

Shiya

Level 110 Stories100 Login

Other Articles

Previous

ލޯބި މަވީ ބޭކާރޭވީ (3)

Next

ޢެދެމޭ އުފާ….(18)

Next
September 23, 2017

ޢެދެމޭ އުފާ….(18)

Previews
September 23, 2017

ލޯބި މަވީ ބޭކާރޭވީ (3)

5 Comments!

  1. Anonymous says:
    September 23, 2017 at 9:33 am

    v reethi

  2. Ram says:
    September 23, 2017 at 11:32 am

    Salhi ?

  3. Ninni says:
    September 24, 2017 at 2:01 am

    Wow shiya ..
    Haadha laskohfa konthaaku ulhuni miss u ur beautiful stories… waiting for the next part… ?

  4. Shiya says:
    September 24, 2017 at 12:36 pm

    thanks all

  5. naanu says:
    September 25, 2017 at 12:40 am

    v nice …… waiting waiting

Comments are closed.


All Right Reserved!