Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޢެދެމޭ އުފާ….(18)

Dhippi Level 4100 Comments10 Stories
September 23, 2017 6 Mins Read
16 Comments

“ހަލޯވް ވަހީދާ!” ވަހީދާ ފޯނުނެގުމުން އަފީފާ ހަލޯއޭ ބުނެލިއެވެ. “މިހާރު ކީއްކުރަން ތިގުޅީ؟!” އަފީފާ ގުޅީތީ ވަހީދާ އިނީ ހިތްހަމަ ނުޖެހިއެވެ. “އަހަރެން މިގުޅީ ރޭގަ ވީކަންތަކަށް މާފަށް އެދެންވެގެން އަހަރެން އުއްމީދު ކުރަން ވަހީދާ މާފު ކޮއްދޭނެކަމަށް، އަހަރެން މިހިރީ ރޭގަ ވީ ކަންތަކާ ވަރަށް ދެރަވެފައި އަހަރެން ހިތަށް ވެސް ނާރާ ވިނާންއަށް އެފަދަ ނިންމުމެއް ނިންމަން ކެރިދާނެ ކަމަކައްވެސް!!” އަފީފާ އިންތިހާޔަށް ދެރަވެފަ ވަހީދާއާ ްވާހަކަ ދައްކަމުން ދިޔައެވެ. “އެކަން އެއޮތީ ނިމިފަ އަހަރުން ނެތިން އިތުރަކަށް ތިވާހަކަ ދައްކާކަށް މަށަށް ރަނގަޅީ އިތުރަށް ތިވާހަކަ ނުދެއްކިއްޔާ!” ވަހީދާ ފޫހީ ގޮތަކަށް ބުނެލިއެވެ. “އަހަރެން ގަބޫލް ކުރަން ވަހީދާމެން ދެރަ ވާނެކަން، އެކަމަކު އަހަރެން އުންމީދު ކުރަން މިދެ ޢާއިލާ ދެމެދު ކުރިން ވެސް އޮތް ގުޅުން ހީނަރު ކަމެއް ނެތި އޮންނާނެ ކަމަށް!” އަފީފާ ދެރަވެފަ ބުނެލިއެވެ. ހަގީގަތުގައި ވެސް އަފީފާ ހުރީ އެކަންތަކާ ވަރަށް ދެރަވެ ލަދު ގަނެފައެވެ. އެކަމަކު ވެސް ކުރާނެ ކަމެއް ނެތެވެ. ވިނާންގެ ނިންމުން އެއޮތީ ނިއްމާފައެވެ. ކޮންމެ ގޮތެއް ވިޔަސް އެ ނިންމުމަކީ ދެން އަފީފާއަށް ވެސް ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. “އާއިލީ ގުޅުމަކީ ކެނޑޭނެ ގުޅުމެއް ނޫން، އެގުޅުން ކުރިން ވެސް އޮއްވަރަކަށް އޮންނާނެ!” ވަހީދާ ފޫހި ގޮތަކަށް ބުނެލިއެވެ. ވަހީދާ ވާ ރުޅި މަޑުތާއެވެ. އޭނާގެ ހުރި ހަމަ އެކަނި ދަރިއަކީ އުޝާއެވެ. އެ ދަރިފުޅުގެ ލޮލުން މިއަދު ފައިބަމުން އެދާ ކަރުނައަކީ ވަހީދާއަށް ބަލަން ކެތް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އަނެއް ކޮޅުން އައިސް އަފީފާ ވެސް މި ކަމަށް މިހާ ދުވަހަށް ކިހާ ޔަގީން ކަމަކާ އިތުބާރެއް ދިން ހެއްޔެވެ؟. އެންމެ ފަހު ވަގުތު ހުސް އަތާ ގެއަށް އަންނަން ޖެހުމަކީ ވަހީދާއަށް ރުޅި ނައިސް ހުރެވޭނެ ކަމެއް ނޫނެވެ. “މިހާރު ކޮބާތަ އެމަންޖެ؟ ރަނގަޅުތަ؟” ވަހީދާ ހުރީ ހިތްހަމަ ނުޖެހިކަން އެގި ހުރެވެސް އަފީފާ އަހައިލިއެވެ. “ވެއްޖެ އެތެރޭގަ، އޭ މިވަގުތު ދެން ބޭއްވީއޭ!” އެވަގުތު އެގެއަށް މީހަކު އައުމުން ބާއްވަނީ ކަމަށް ބުނެ އަފީފާ ފޯނު ބޭއްވިއެވެ. “އެންމެ ރަނގަޅު، އެކަމަކު އެމަންޖެ ކައިރީގަ ބުނެ ބަލަ މަށަށް ގުޅާބަލާށޭ!” އަފީފާ އެހެން ބުނުމުން އިތުރު އެއްޗެއް ނުބުނެ ވަހީދާ ފޯނު ކަޑައިލިއެވެ.

ވިނާން ކައިވެންޏަށް ނޫނެކޭ ބުނިތާ މިއަދަކީ އެއްމަސް ވީދުވަހެވެ. ވޭތުވެދިޔަ އެއްމަސް ދުވަހުވެސް އަފީފާ ހުންނަނީ ވިނާން ދަކެ އަދި ވެސް ރުޅި އައިސްއެވެ. ދަރިއަށް ވީތީ އަނގައިން ބުނެލުމަކީ ވަކި ކަމެއްތާއެވެ. ވަޒުނާގެ އެހީތެރި ކަމާއެކު ވިނާންއާ އަލްޔާ އަކީ މިހާރު އެހެން ޒުވާނުންނެކޭ އެއްފަދައިން މާފޮޅުވުމާ މާފަރި ކުރުމާ އެތައް ވައުދެއް ވުމާ ހުވާތައް ކުރުމުގައި ލާމަސީލް ދެލޯބި ވެރިންނެވެ. އެދެ ލޯބި ވެރިންވެސް ވެސް ދޮންހިޔަލަޔާ އަޅިފުޅަކަށް ވަކި ދުލެއް ނުދެއެވެ. ކޮންމެއަކަސް މިހުރިހާ މަލެއް ފޮޅުވަމުން ދިޔައީ ވަޒުނާ ނޫން އެހެން އެއްމެންނަށް ސިއްރު ވާނެހެން ސިއްރުންނެވެ. ކޮންމެ ރެއެއްގެ ދަންވަރަކީ އެދެލޯބިވެރިން ނައްޓަކާ އަންނަ ރޭތަކެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދެމީހުންގެ ލޯބީގެ މާތައް ފޮޅުވަނީ މުޅި ދުނިޔެވެސް ނިދުމުން އެގޭ ބަގީޗާގަޔާ ޓެރެސް މަތީގަޔާ ބަދިގެއާ ސިޓިންރޫމްގައެވެ. ބައެއް ފަހަރު އަލްޔާ ބިރުން ގުޅުން އިތުރައް ކުރިއަށް ނުގެންދަންވެސް އުޅެއެވެ. ނަމަވެސް ވަޒުނާގެ ނަސޭހަތާ ހިތްވަރުން އަލްޔާއަށް އެކަން ހުއްޓާލަން ނުކެރެނީއެވެ. ވާނީީވެސް އެހެން ތާއެވެ. އަލްޔާ ވެސް ވަނީ ލޯބި ވިއްޔާއެވެ. ބައެއް ފަހަރު ބޮޑާ ހޭކިއަސް ހަގީގަތުގައި އޭނަޔަކަށް ވެސް އެކަން ހުއްޓާލުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

“ގަދަ ނިދީގައި އޮތް އަފީފާއަށް ހޭލެވުނީ ވަރަށް ބޮޑަށް ކަރު ހިއްކާގެން ކަމުން ތެދުވެ ބަލާލި އިރު ފުޅީގައި ފެން ނެތުމުން ނިންޖާގެން އޭނާ ނިކުތީ ފެން ފުޅިއެއް ބަލާ ބަދިގެއަށް ދިއުމަށްޓަކައެވެ. އޭރު އަލްޔާއާ ވިނާން އާ ދެމީހުން ތިބީ ބަދިގޭގަ ކޮފީއެއް ގިރާގެން ލޯބީގެ ބާބައް އާ ބޮޅުތަކެއް ގުޅުވާށެވެ. “އަލް އަސްލުވެސް ވިނާން ދެކެ ވަރަށް ބޮޑަށް ލޯބިވޭތަ؟ އަޅެ ތި ލޯބި ލޯބި އަނގައިން ބުނެބަލަ، ހަމަ ޔަގީން ތި ނިޔަނެތި އަޑުން އެހެން ބުނާ އަޑު އިވުނީމަ އެހެރަ ހަނދުވެސް ނަގާފަ ދެވެންޏާ ދޭނެކަން!!” ބަދިގޭގެ ކޮޑަދޮރުން ބޭރަށް އަތް ދިއްކޮއްފަ ފެންނަން ހުރި ސާދަ ވިލޭރޭގެ ހަނދު ދައްކަމުން ވިނާން ބުނެލިއެވެ. “ހެހެ… ދެން އަޅެ ވިނާ ހަނދު ނުދިނަކަސް ހެވޭ އަލް ވަރަށް ލޯބިވޭ ވިނާ ދެކެ!، އެކަމަކު އަލް އަކަށް ނޭގެ ލޯބިވަނީ ކިހާވަރަކަށް ކަމެއް ބުނެދޭން އިނގޭ ހާވެސް ކަމަކީ އަލްގެ ފުރާނަޔަށް ވުރެ ބޮޑަށް ލޯބިވާކަން އެކަމަކު އަލް ކިތަންމެ ލޯބި ވިޔަކަސް ވިނާ އަކަށް އެހަނދެއް ނުދެވޭނެއްނޫން؟” ސީރިއަސްކަމާ މަޖަލާއެކު އަލްޔާ ބުނެލިއެވެ. “އަލްއަށް އިނގޭތަ؟ އަސްލު ވިނާއަށް ވެސް އިނގެޔޭ އެ ހަނދެއް ނުދެވޭނެކަން އެކަމަކު ބުނަން މިއުޅޭ އެއްޗަކީ އެ ހަނދު ދެވޭނެ ނަމަ ދޭ ވަރަށް ވެސް އަލް ދެކެ ލޯބިވެޔޭ!!” އަލްޔާގެ ކޯތާފަތަށް ބޮސް ދެމުން ވިނާން ބުނެލިއެވެ.

“ހުރި ލަދުހަޔާތް ކުޑަކަން ނިކަން ދެކިބަލަ! މަހިތަށް ވެސް އަރައޭ މި އަންހެނާ މިނަށްވުރެ ފެންމަތިވެގެން އުޅޭތީވެސް ޔަގީނޭ ކޮންމެވެސް ގަޑެއް އެބަގަނެޔޭ!!” އަފީފާ ދުރުގައި ހުރެ އެމަންޒަރު ބަލަމުން ހިތާހިތާ ކިޔަމުން ދިޔައެވެ. އެދެމީހުން ދެއްކި ވާހަކަ ނުލާހިކު ރީއްޗަށް ވެސް އަފީފާއަށް އަޑު އިވިއްޖެއެވެ. އަފީފާ ހުރީ ރުޅިއައިސް ދެލޯ އަނގުރު ގަޑެއްހެން ހަދައިގެންނެވެ. އަފީފާ އައިސް ހުރި ރުޅީގައި ރުޅިއަށްވުރެ ބުއްދި އިސް ކޮއްލައިގެން އެބުރި ކޮޓަރިއަށް ހިނގައްޖެއެވެ. އަފީފާއަށް ކުރިން ވެސް ރުޅިއަށް ވުރެ ބުއްދި އިސްކުރުމަކީ އެންމެ ރަނގަޅު ގޮތްކަން އިނގެއެވެ. އެކަމަކު މިފަހަރު ނޫނީ ބުއްދީގެ ބޭނުން އޭގެ ގޮތުގައި ހިފިފައެއް ނެތެވެ. ކޮންމެއަކަސް އެވަގުތުން ވަގުތަށް އަފީފާގެ ސިކުނޑިއަށް ރަނގަޅު ހިޔާލެއް އައީތީ އެތަނުން ދިޔައެވެ.

“ހަލޯ..!” އަފީފާގެ ފޯނަށް ފޯނެއް އައުމުން އަފީފާ ހަލޯއޭ ބުނެލިއެވެ. “މީ އުޝާއޭ، ކިހިނެއްތަ ދައްތާ؟” އަފީފާ ފޯނު ނެގުމުން އުޝާ ބުނެލިއެވެ. “ހެހެ… ރަނގަޅޭ، ކޮބާ ދައްތަ ބުނި ކަންތައް ބަލައިފިންތަ؟ އެކަން ކުރިއަށް ދޭތަ؟” އަވަސް އަވަހަށް އެއް ނޭވާއިން އަފީފާ އަހައިލިއެވެ. “އާނ… އެކަން ބަރާބަރަށް ކުރިއަށް އެބަދޭ އަޅުގަނޑު ސީދާ އެމީހުންނާ ވެސް މީޓު ކޮއްފިން އެމީހުން އޯކޭ އޭ ބުނީ ވީހާވެސް އަވަހަށް ކުރާށޯ ދައްތާ ދެން އޮތީ އަހަރުމެންގެ ހިތްވަރެއް!” އުޝާ އަފީފާއަށް އޮޅުން ފިލުވައި ދިނެވެ. “އެހެންތަ؟! އޯކޭ ފަހުން ގުޅާނަން” އިތުރު ވާހަކައެއް ނުދައްކާ ސައުދު އައުމުން އަފީފާ ގުޅާނެކަމަށް ބުނެ ފޯނު ބޭއްވިއެވެ.

“އަފީ ކޮބާތަ ވިނާން؟ އޮފީހަށް ދިޔައިރު އެތާކު ނެތް ކުދިން ކައިރި އެހީމަ ބުނީ ބޭރަށޯ ދިޔައީ…” ވިނާން ވީތަނެއް ނޭނގިގެން ސައުދު އަހައިލިއެވެ. “ހެހެ… އެހެންތަ؟! އެސޮރު ވެއްޖެ އެތެރޭގަ ކިހިނެތްވީތަ އަނެއްކާ؟” ވިނާން އެތެރޭގައި ކަމަށް ބުނެ ވާނުވާ އޮޅުން ފިލުވަން ވެގެން އަފީފާ އަހައިލިއެވެ. “އެސޮރު ބުނީ ވަރަށް މުހިންމު މީޓިންއަކަށް ރިސޯޓަށް ދާން ޖެހޭ ވާހަކަ އެހެންވެ. ބުނި ހަތަރު ފަސް ވަރަކަށް ދުވަސް ވާނެޔޭ އެކޮޅުގައި، މާދަމާއަކީ ފުރާ ދުވަސް ވިއްޔާ އެހެންވީމަ ފުރާ ގަޑިއަކާ އެއްޗެހި އޮޅުން ނުފިލާ އޮތީމަ ބަލާލީ!” ވިނާން ހޯދާ ސަބަބު ސައުދު އޮޅުންފިލުވައި ދިނެވެ. ސައުދު އެހެން ބުނުމުން އެވަގުތު އަފީފީގެ ތުންފަތަށް އައީ ވިހަ ހިނިތުން ވުމެކެވެ. ސައުދު އަކަށް އެކަމެއް ނުފެންނާނެއެވެ. “ހާދަ ގިނަ ދުވަހަކަށޭ! ހާދަ ވަރުގަދަ މީޓިންގް އެކޭ!” އިތުރަށް ކަށި ފިލުވަން ވެގެން އަފީފީ އަހައިލިއެވެ. “ހެހެ… އާނ އޭ ވަރަށް ވަރުގަދަ މުހިންމު މީޓިންގްއެއް، ދުބާއިން ވެސް ބަޔަކު އެބައާދޭ އެމީޓިންގްއަށް އަދި އެހެން ގައުމު ބަޔަކު ވެސް އަންނަ ވާހަކަ ބުނި…” ހުރިހާ އެއްޗެއް ހެން ސައުދު އޮޅުން ފިލުވައި ދިނެވެ. “ހެހެ… އެހެންދޯ ވަނީ، ސައުދު މަޑުކުރޭ އެބަ އަންނަން އެސޮރަށް ގޮވައިފަ…” އެހެން ކިޔާފަ އަފީފާ ދުވެ ދިޔައީ މައްޗަށެވެ. އަފީފާ ދިޔަތަނާ އިރު ކޮޅެއް ނުވަނީސް އެބުރި އައެވެ. އަދި އަފީފާގެ ފަހަތުން ކަހަލަ ގޮތަކަށް ވިނާން އައިސް ސޯފާގައި އިށީނދެއްޖެއެވެ.

“ބައްޕަ މިއައީ އޮފީހަށް ވެސް ގޮސްފަ، ކީއްވެ ގޭގަ ތިއޮތީ؟!..” ވިނާން އިށީނނުމުން ސައުދް އަހައިލިއެވެ. “ކުޑަކަމެއްގަ އުޅޭތީ ގެއަށް އައީ، ކިހިނެއްތޯވީ ބައްޕާ؟…” ވިނާން ހައިރާންވެފަ އަހައިލިއެވެ. ކަމެއް ނުވޭ ބައްޕަ ހަމަ އަހައިލީ ކޮންއިރަކުންތަ ފުރުން އޮތީ؟..” ސައުދު އަހައިލިއެވެ. “މާދަން ހެނދުނު ދިހައެއް ޖަހާއިރު…” ސޯފާގައި ހަމަޖެހެމުން ވިނާން އަހައިލިއެވެ. “ބައްޕަޔަށް ފުރާ ގަޑި ނޭނގޭތީ އަހައިލީ… ވަކި ކަމެއް ނުވޭ” ސައުދު ބުނެލިއެވެ. “ދަރިފުޅަށް ހުރެވޭނެތަ ހަތަރު ފަސް ދުވަސް ވަންދެން..؟” އަފީފާއަށް ޝައްކުވާތީ އަދިވެސް އިތުރަށް ޔަގީން ކުރަން ވެގެން އަައިލިއެވެ. “ލައްބަ… ކީއްވެތޯ ނުހުރެވެންވީ؟ ކީއްވެ މަންމަ ތިހެން ތިއެހީ؟!” ވިނާން ހައިރާން ވެފަ އަހައިލިއެވެ. “ކަމެއް ނުވޭ ހަމަ އަހާލީ، ދަރިފުޅު އަކީ އެހެންޏާ އެހާ ގިނަދުވަހު ހުންނަން ވީމަ ރުޅިގަަދަވާ ކުއްޖެއްވިއްޔާ! އެހެންވީމަ އަހާލީ…” އަފީފާ ހެމުން ބުނެލިއެވެ. އެވަގުތަކީ ވަޒުނާޔާ އަލްޔާއާ ދެމީހުން އައިސް ހުއްޓުނު ވަގުތު ކަމުން އެންމެން ވެސް އެދިމާލަށް ލޯ ހުއްޓާލެވުނެވެ. “ހާދަ ވަރުބަލިވެފަ؟ ދަރިފުޅުމެން ތިއައީ ކޮންތާކުންތަ؟…” ވަޒުނާ ދިގުނޭވަޔަކާ އެއްކޮށް ސޯފާމައްޗަށް ވެއްޓި ގަތުމުން ސައުދު އަހައިލިއެވެ. އެވަގުތު މަޑުވެސް ކޮއްނުލާ އަލްޔާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. “ބައްޕާ އަޅުގަނޑު މިއައީ ކުޑަކޮށް ޝޮޕިން ކޮއްލައިގެން! އަލްގެ ހެދުންތައް ވެސް ހުރީ ވަރަށް ބާވެފަ އެހެންވެ އޭނަޔަށް ހެދުން ކޮޅަކާ އެއްޗެހިވެސް ގަނެލައިގެން މިއައީ” ހެވިދިލިފަ ހުރެ ވަޒުނާ ބުނެލިއެވެ. އަފީފާ ހުރީ ތުން ފިއްތާގެން ކުނިމޫނު ހަދައިގެންނެވެ. އެކަމަކު ޗުޕުއޭ ވެސް ބުނެނުލައެވެ. ނުމޮށޭ ގުރާ ބާރަށް ދާގަނެޔޭ ބުނާ އުސޫލުން އަފީފާ ދާގަންނަން އުޅެނީތޯއްޗެކެވެ. ހަތަރު ބަފައިން ވެގެން އެތަށް އިރަކު ވާހަކަ ދައްކަން ތިބެފަ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަނދެފަ ތަނެއްގައި ފޫކޮޅުވެސް ޖައްސާނުލާ ވިނާން ދިޔައީ ވަޒުނާގެ ކޮޓަރިއަށެވެ.

“ކޮބާ ހުރިހާ އެއްޗެއް ހަމަ ވެއްޖެތަ؟!…” ވަޒުނާގެ ކޮޓަރިއަށް ވަނދެވުނު ކަމެއް ނޭނގި ހިތް އަވަސް ވެފައި ވިނާން އަހައިލިއެވެ. “ޔެސް ޑަން..!! އެކަމަކު ކުޑަބެއަށް އިނގޭތަ؟ އޭނަ ކުޑަކޮށް ވެސް ހަނދާނެއް ނެތް މީ އޭނަގެ އުފަން ދުވަސް ކަމެއް!” ޕަކަ ޕަކަ ލާފަ ހެމުން އަލްޔާ ބުނެލިއެވެ. “ހުވާތަ؟ ދެން ތިހުރިހާ އެއްޗެއް ގަތް އިރުވެސް އޭނަޔަކަށް ނޭނގޭތަ؟!” ވިނާން ހައިރާންވެގެން އަހައިލިއެވެ. “އާއެކޭ ނޭނގެޔޭ…! އިނގޭތަ މަބުނީ ކީކޭކަން؟ ހެހެ…، މަބުނީ ވަޒޫގެ ވަރަށް ކުލޯޒް ފުރެންޑެއްގެ އުފަން ދުވަސް އޭ މިރެއަކީ އެހެންވެ އޭނަޔަށް ސަޕުރައިޒު ޕާރޓީއެއް ބާއްވަންށޭ މިއުޅެނީ..!، ހައްހައްހާ…! އަދި މީ މަޖާ ވާހަކައެއް އިނގޭ ޕާރޓީ ޑްރެސް އެއް ނަނގާފަ މަބުނިން އަލްއަށް ހެޔޮވަރުތޯ ބަލާބަލާށޭ އަލް ހުންނަ ގޮތަށޭ އެކުއްޖާ ހުންނަނީ އަލްއަށް ހެޔޮވަރިއްޔާ އޭނަޔަށް ހެޔޮވަރު ވާނޭ..!! މަ އެހެން ބުނިތަނާ ހެދުން ލައިފި ލީއިރު ވަރަށް ލޯބި، ދެން މަބުނިން އުހު ގިފްޓަކަށް ހެދުމެއް ކަމަކު ނުދާނެޔޭ އެހެން އެއްޗެކޭ ހޯދަނީ، މިރޭ ޕާރޓީއަށް އަލްވެސް ދާން ޖެހޭނެޔޭ އަލް ތިހެދުން ލާށޭ! މިރޭ ދެން މަ އެހެން ބުނީމަ ފާޑަކަށް ރަކިވެފަ ހުރެހުރެފަ ބުނީ އޯކޭޔޯ! އޭރުވެސް މަށަށް ހެވެނީ..! ހުވާ ހީހީ ހަލާކު!!!” ހީހީ ބިިނދެމުން މިއަދުގައި ހިގި ކަންތައްތައް ވިނާންއަށް ކިޔާދެމުން ވަޒުނާ ދިޔައެވެ. ވިނާން ވެސް ހުރީ ވަޒުނާ އެވާހަކަ ކިޔާދިނީމަ ހީހީ ހަލާކު ވާވަރު ވެފައެވެ. “އޭ އަދި ހަނދާން ނެތުނީއޭ ހަނދާން ކޮށް ކުޑަބެ ދައްޗޭ ކޭކުބަލާ..! އެމީހުން ބުނީ ދިހައެއްގެ ކުރިން އަންނައްޗޭ..!” ވަޒުނާ ކުއްލިއަކަށް ހަނދާން ވުމުން ބުނެލިއެވެ. “އޯކޭ ޑޯންޓްވޮރީ..! އެކަމަކު ހަނދާން ކޮށް މަންމަ މެންނަށް ވެސް އަލްއަށް ވެސް ޝައްކުވިޔަ ނުދޭތި..! މަންމައަށް ފަޅާ އަރާފިއްޔާ ޒިންދަގީ ހަތަމް!!” ވިނާން ހެމުން ހެމުން ބުނެލިއެވެ. “ހެހެ… ކުޑަބެ މޮޔައެއްތަ؟ ވަޒޫ ތިހާ ގަޅިއެއް ނުވާނޭ، އެހެން ނޫނަސް އެހާ ލޯބި ލޯބި ބަސް އަހާ ބާބީއެއް ލޫޒް ވިޔަކައެއް ނުދޭނަން!!” ހެމުން ހެމުން ވަޒުނާ ބުނެލިއެވެ. “އަދި ކުޑަބެ ހަނދާން ނެތިފައޭ މިއިނީ އަލް ހުރީ ވަރަށް ދެރަވެފަ ކުޑަބެ ފުރާތީ، ވަރަށް ރޯންވެސް ރުއި ރޭގަ! ވަޒޫ ހަނދާން ކޮށް އަލް ހަމަޔަކަށް އަޅުވައްޗޭ އެއީ ކުޑަބެގެ ފުރާނަ އިނގޭ…!” ވިނާން ދެރަވެފައި ބުނެލިއެވެ. “ކަމޯން ކުޑަބޭ..! ވަޒޫ ތިކަން ހަމަ ޖައްސާނަމޭ އެހެން ނޫނަސް އަލް އަކީ އެހާ ކަންތައް ބޮޑު ކުއްޖެއް ނޫނޭ، އަސްލު އެއީ ކުޑަބެއަށް ލިބުނު ޖަވާހިރެއް..!” ވަޒުނާ ސީރިއަސް ކަމާއެކު ބުނެލިއެވެ. “ހޫމް… ދެން ތިވަރަށް ނެހެއްދިޔަކަސް ވެދާނެ އިނގޭ އެކަމަކު ކުޑަބެ އެކޮޅުގައި ފައިވް ޑޭޒް ވަރު ވާނެ ހަނދާން ކޮށް އަލްއަށް ބަލާތި އޭނަޔަށް ކަމެއް ވެއްޖެއްޔާ ކުޑަބެގެ ދުވަސް ދާނެ..!” ވިނާން ދެރަވެފައި ހުރިއެއް ކަމަކު މަޖާކޮށް ބުނެލިއެވެ. އެވަގުތު އަލްޔާ އައިސް އެކޮޓަރިއަށް ވަންނަނީއެވެ.

“އުހުމް އުހުމް… އެހެރީ ކުޑަބެގެ ދޮން ދޫނި އައިސް..!” އަލް އައިސް ވަނުމުން ވަޒުނާ ބުނެލިއެވެ. “އެއްކަލަ ވަޒޫ ފެށީއޭ!، މަ މިއައީ ވާހަކައެއް އަހަންށޭ ކިހާ އިރަކަށްތަ މިރޭ ޕާރޓީއަށް ރެޑީ ވާން ޖެހެނީ؟..” ވަޒުނާ ދިމާ ކުރީމަ ވެސް މާބޮޑު އެއްޗެކޭ ނުބުނެ ސީދާ އޭނާ އައި މަގުސަދު ބުނެލިއެވެ. “އިލަވަން ތާރޓީ އަށް ރެޑީވާތި… ހަނދާންކޮށް މިއަދު ގަތް ޕާރޓީ ހެދުން ލާތީ..!” ދާންވީ ގަޑިއާ ލާންވީ ހެދުން ވަޒުނާ ހަނދާންކޮށް ދިނެވެ. “ވަޒޫ ކުޑަބެއަށް ގޮތެއްވޭ އެބަވޭ..! ހިތައްކަން ނޭނގި އެތަދު ގަޑު އެރީ..! އެހެން ނޫންތަ ވާނީ؟ މަގޭ ހިތް ނެގިމީހާ މަށަށް ދިނީ ހަލާކުވެފަ އޮތް ހިތެއް ވިއްޔާ ދެން ވާނީ މިހެނެއް ނޫން.!!” އަލްޔާ ނިކުންނަން ފެށުމުން ދިމާ ކުރަން ވެގެން ވިނާން ބުނެލިއެވެ. “ނުއުޅެން ވާހަކަ ދައްކާކަށް…! ވަރަށް ފޫހިވޭ!!” ތުއިކޮށް އެހެން ބުނެލާފަ އަލްޔާ ނިކުމެގެން ހިނގައްޖެއެވެ. އަލްޔާ ދިއުމުން ވަޒުނާޔާ ވިނާންއާ ދިޔައީ ހިނިގަނޑު ފަޅައިގެންނެވެ. އެދެމީހުން ހެނީކީ އަލްޔާއަށް މަލާމާތް ކޮއްފައެއް ނޫނެވެ. މިރޭ އަލްޔާއަށް ވާނެ ގޮތް ހިތަށް އަރާފައެވެ. ވިނާންއާ ވަޒުނާޔާ ވަކިވީ މިރޭގެ ޕާާރޓީ ކުރިއަށް ގެންދާނެ ގޮތާ ހުރިހާ ކަމެއް ރާވާފައެވެ.

…..ނިމުނީ…..

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ވޭނީ ކަރުނަ -4

Next

02:30 ތިރީސްވަނަ ބައި

Next
September 23, 2017

02:30 ތިރީސްވަނަ ބައި

Previews
September 23, 2017

ވޭނީ ކަރުނަ -4

16 Comments!

  1. Aki says:
    September 23, 2017 at 1:54 pm

    haadha dhigu inthizaare kohfeemey mivaahaka ah

    1. Aki says:
      September 23, 2017 at 1:54 pm

      yey mi first dho

  2. Ram says:
    September 23, 2017 at 2:04 pm

    Habeys… e afeefa ah ladeh dhybala.. ?

    1. Ram says:
      September 23, 2017 at 2:05 pm

      Eyyy eyyy nimuny eyy?? ?? olhigen dww.. ahahaha… ?

    2. Adam says:
      September 23, 2017 at 2:36 pm

      Hehe landeh. Libeyne adhi olhigen nimunee jehifa inee thanks ram

  3. Mariyam Ubaid says:
    September 23, 2017 at 2:09 pm

    He he nimun reehcheh nooon

    1. Adam says:
      September 23, 2017 at 2:32 pm

      Adhi ninimeyey Mariyam ubaid olhigen nimunee jehunee

  4. Adam says:
    September 23, 2017 at 2:15 pm

    Sorry vaahaka adhi v dhigu vaane olhigen nimunee jehifa in roagaa jehigen humaa fiheythee hey buhdhi filaadhaa varu vefa mihiree mi part liyedhinee ves get kujje heevanee three days varu fahunhen dhen up kurevenee

  5. Rishu says:
    September 23, 2017 at 2:17 pm

    Vrh reethi. Mi vaahaka ehkoh nimuny thr

    1. Adam says:
      September 23, 2017 at 2:30 pm

      Nop rishu adhi nunimey olhigen nimunee jehunee

  6. Hawwa says:
    September 23, 2017 at 2:59 pm

    Adam ah avas shifa yakah edhen .dhethin dhuvas haadha dhigu inthizaarekey dhw???

  7. Addu manje says:
    September 23, 2017 at 3:12 pm

    Mibai ves varah reethi..Afeefa & Usha ah thi kuran ulhey kamakun ragalhu ladeh libuniyya ragalhu..???
    Hope you get well soon Adam 🙂

  8. someone says:
    September 23, 2017 at 3:37 pm

    hi vaahaka kiyaa kudhin. plsss mi site ga huri emme salhi vaahaka thah bunedhyba. vaahaka kiyan fashahn

  9. Shin says:
    September 23, 2017 at 4:33 pm

    Haadha lahun… Next part avavah up kohdhehcheyyy…. V nice… ??

  10. ipher says:
    September 23, 2017 at 5:38 pm

    V v salhi mi partvx…waiting

  11. aishath zeeth says:
    September 23, 2017 at 8:06 pm

    nimunytha varan sakaraai nihman nuve ehnun afeefa ai usha ekuran ulhey kameh egen jehayne nun

Comments are closed.


All Right Reserved!