Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 18

seym Level 310 Stories100 Login100 Comments
September 24, 2017 5 Mins Read
9 Comments

ހުކުރު ދުވަހެއް ކަމަކު ކޮޓަރީގައި ތިބި ތިން އަންހެންކުދިންވެސްެ ބޭރަށް ނުކުންނަ ހިޔާލެއްނެތެވެ. އީރަމްގެ ސަބަބަކަށް ވީ ހުކުރު ދުވަހު އާދަޔާ ހިލާފަށް ބޭރުގަޔާއި މީހުން ހިތްހަމަޖައްސާލަން ދާ ތަންތަނުގައި މީހުން ގިނަވުމެވެ. އެކަމާއި ހަނާ އާއި ހައިފާ ވެސް އެއްބަސްވިއެވެ. އެނދުމަތީގައި ހުރި ބާލިސްތަށް ފާރުގައި ޖައްސާލައިން އިން ހައިފާގެ ދެފަރާތުގައި އީރަމް އާއި ހަނާ ތިއްބެވެ. ހައިފާގެ އުނގުމަތީ އިން ލެޕްޓޮޕުން ތިން ކުދިންވެސް އެކި އެކި ވެޑިންގް ޑްރެސްގެ ފޮޓޯ ބަލަމުންދިޔަ އިރު ކަމުދާ ކަހަލަ ހެދުމެއް ފެނިއްޖެނަަމަ އެ ހެދުމެއްގެ ފޮޓޯ ވަކި ފޯލްޑާއަކަށް ލަމުން ހައިފާ ގެންދިޔައެވެ. “ދެން މިހާރު ޑޭޓެއް ފައިންލް ކުރީތަ..” އީރަމް ހައިފާގެ މޫނަށް ބަލާލަމުން އަހާލިއެވެ. “ވަކި ޑޭޓެއް އަދި ހަމައެއް ނުޖައްސަން..އެކަަމަކު ރޯދަ ނިމިގެން އީދަށް ފަހު މެރީ ކުރާނީ..މިފަހަރު އީދަށް ރަށަށް ދާ ވާހަކަ މަންމަ މެން އެބަދައްކާ..” ހައިފާ ޖަވާބުދިނެވެ. “އީމް ވެސް މިފަހަރު ދާންވާނެ..” ހަނާ ޖޯޝާއެކު ބުނެލިއެވެ. “އެ ތެދެއް..ރަށައް ގޮސް މަޖާކޮއްލާފަ އަންނާނީ…” ހައިފާ ވެސް އީރަމް ގެންދިޔުމަށް އިތުރު ބާރަކަށް ވެގެންދިޔައެވެ. ފޯނާއި ކުޅެން އިން މަޑު މަޑުން ހޫމް ލައްވާލިއެވެ. އެ މީހުންގެ ވާހަކައަށް ނުވަަތަ ހައިފާ ދައްކަމުން ދިޔަ ހެދުންތަކަކަށް އީރަމް އަށް ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. އިއްޔެ ލާމިހް ދެއްކި ވާހަކަތަށް އެ ސިކުނޑީގައި ހަރުލާފައި ހުރުމުން އުނދަގޫވަނީއެވެ. އެ ވާހަކަ މީހަކާ ހިއްސާ ނުކޮށް އީރަމް އަކަށް އިތުރަކަށް ނުހުރެވޭނެއެވެ. ފޯނު އެނދުމަތީ ބާއްވަމުން ޖެހިގެން ތިބި ހައިފާ އާއި ހަނާގެ މޫނަށް ބަލާލިއެވެ. އެ ދެމީހުން ދޭނެ ޖަވާބު އީރަމްއަށް މިހާރުވެސް އިނގޭ ކަހަލައެވެ. “ލާމީ..މި..” އީރަމް ލާމިހް ގެ ނަން ބުނުމާއެކު ހަނާ އާއި ހައިފާގެ ނަޒަރު ހުއްޓުނީ އީރަމްގެ މޫނަށެވެ. އެ މީހުންގެ ނަޒަރު ހުއްޓުމާއެކު އީރަމްގެ މޫނަށް ހޫނުކަމެއް އިހްސާސްވެގެންދިޔައެވެ. އެ ވާހަކަ ބުނަން ލަދު ގަންނަންވީ ކީއްވެ ކަމެއް ނޭނގުނަސް ބުނަން ޖެހިލުންވިއެވެ. “ލާމީ އޭ.. ކިހިނެއްވީ ލާމީ އަށް..” އީރަމް ލާމީހް ގެ ނަން ބުނަންވީ ސަބަބެއް ނޭނގުމުން ހައިފާ އަހާލިއެވެ. “އިއްޔެ ލާމީ ފާޑެއްގެ ވާހަކަ އެއް ދައްކައިގެން މިއުޅެނީ..” އީރަމް މަޑު މަޑުން އެހެން ބުނުމާއެކު ހަނާ އަށް ނީނދެވިގެން އީރަމްގެ ގާތަށް ޖެހިލިއެވެ. “ފާޑެއްގެ ކޮން ވާހަކައެއް…” ހަނާ ޝައުގުވެރިކަމާއެކު އަހާލިއެވެ. “ލައިކް ވެޔޯ..ކައިރީ ހުންނަން ބޭނުމޯ..ވިސްނާފަ ފަހުން ޖަވާބެއް ދިނަސް އޯކޭއޭ ވެސް ބުނި..” އީރަމް ހަނާގެ މޫނަށް ބަލަހައްޓައިން އިނދެ އެހެން ބުނުމާއެކު ލިބުނު ސިހުމާއެކު ހައިފާގެ އަނގަ ކުޑަކޮށް ހުޅުވިގެން ދިޔައެވެ. “އީމް ދެކެ ލައިކް ވާ ވާހަކަތަ ހަމަ ބުނީ..” ހަނާ ގަބޫލު ނުކުރެވިފައި އިންހެން އަހާލިއެވެ. “ހޫމް..ކިހިނެއް ހަދާނީ ދެން..” އީރަމް އެހީ އަށް އެދުނެވެ. ލާމިހް ކެރިގެން އީރަމް ކައިރީ އެ ވާހަކަ ދައްކަފާނެކަމަކަށް ހައިފާ އާއި ހަނާ ކުޑަކޮށް ވެސް ހިޔެއް ނުކުރެއެވެ. ލާމިހްގެ މިޒާޖުގައި މަޑުމައިތިރިކަން ހުރުމުން ހަނާ އަށް ވެސް ހީކުރެވިފައި އޮތީ ލާމިހް އެވާހަަކަ އީރަމް އަށް ސިއްރުކުރާނެ ކަމަށެވެ. ނަމަވެސް ލާމިހް އީރަމް ކައިރީ ހިތުގެ ހާލު ބަޔާން ކުރުމުން ހަނާ ގެ ހިތް އުފަލުން ނަށާލިއެވެ. އީރަމް އަށް ލާމިހް އަށް ވުރެ ރަނގަޅު ޒުވާނެއް ކޮބާ ހެއްޔެވެ. “އީމް ލައިކް ވޭތަ ލާމީ ދެކެ..” ހަނާ ހިނިތުންވެލަމުން އަހާލިއެވެ. “ނޭނގެ. ބަޓް ހީ އިޒް އަ ގުޑް ގާއި..ވަރަށް ކެއަރ ކުރޭ..” އީރަމް ޖަވާބުދިނީ ވަރަށް ވިސްނައިގެންނެވެ. “ލާމީ އަކީ ރަނގަޅު ކުއްޖެއް.. އީމް އާއި މެދު ކަންތައް ބަހައްޓާ ގޮތުން އިނގޭ ކަމުދާކަން.. އާނއެކޭ ބުނަންވީނު.. އެކީ އުޅެން ފެށީމަ ޔޫ ވިލް ފޯލް ފޮ ހިމް..” ހައިފާ ދިމާ ކުރާ ފާޑަކަށް ބުނެލިއެވެ. ހައިފާ އާއި ހަނާ ގެ ހިޔާލަކީވެސް ލާމިހް އާއި ގުޅުމެވެ. އެކަމަކު އެކަމާއި އީރަގެ ހިތް ދިޔައީ ދެކޮޅު ހަދަމުންނެވެ. ފަސްޖެހެވެނީ ލާމިހް ވެސް ފަހުން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީއެވެ. ފިރިހެނަކަށް އިތުބާރު ކުރާނީ ކިހިނެއްހެއްޔެވެ.

 

ދުވަހެއް ފެށި ނިމިގެން ދާއިރުވެސް ލާމިހް އެދޭ ޖަވާބު އީރަމްގެ ފަރާތުން ލިބޭ ގޮތެއް ނުވިއެވެ. ކުރެވޭ ފޮނި އުއްމީދު ފަނޑުވަމުން ދިޔަ ނަމަވެސް އެ ވާހަކަ އީރަމް ކައިރީ ދެވަނަ ފަހަރަށް ބުނާކަށް ލާމިހް ބޭނުމެއް ނުވިއެވެ. ހުރިހާ ކަމެއް ފޮރުވާލައިން މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރުވައިން އުޅުނު ނަމަވެސް ކެތްތެރިވީ އީރަމް އާނއެކޭ ބުނެފި ނަމަ އެ ހުރިހާ ކަމަށް ވުރެ ލިބޭ އުފާ ބޮޑު ވާނެކަން އިނގޭތީއެވެ. އާދައިގެ މަތިން ލާމިހް އީރަމްގެ ހާލު ބަލައި މަދު މަދުން ބައްދަލުކޮއް ހަދައެވެ.

ރައްޓެހި ކުއްޖަކާއެކު ފިހާރައަކަށް ދާން ނުކުތް ޖަނާ ގޭ ދޮރުމައްޗަށް ނުކުމެ މަޑުކޮއްލިއެވެ. ހަވީރެއް ކަމަކު ދީފައިވާ އަވީގެ ސަބަބުން ހިނގާފައި ދިޔުން ބޮޑު ކަމަކަށް ވީ ކަންނޭނގެއެވެ. އެހެން ހުއްޓާ މަގުގެ އަނެއް ފަރާތަށް އައިސް މަޑުކޮއްލި ސައިކަލު ފަހަތުގައި އިން އީރަމް ޖަނާގެ ލޮލުގައި އަޅައިގަތެވެ. ހަމަ އެއާ އެކު ދެން ބަލާލީ ސައިކަލު ދުއްވަން އިން ޒުވާނާއަށެވެ. އޮފީސް އެއްޗެހީގައި އިން އިރު އެ ފިރިހެން ވަންތަ ސޫރަ ފެނުމާއެކު ޖަނާގެ ހިތަށް އެނގުންވެލައިން ދިޔައެވެ. އެއީ އީރަމް ގެ ކާކު ބާވައެވެ. މީގެ ކުރިން އެ ޒުވާނާ ފެނުނު ނަމަ ޖަނާ އަށް ނޭނގިއެއް ނުހުންނާނެއެވެ. އެއީ ކާކުކަން ހޯދުމުގެ ޝައުގުވެރިކަން ޖަނާގެ ހިތުގައި އުތުރި އަރައިގަތުމާއެކު ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ލޮލުގައި ވާ އައިނު ހިއްލާލަމުން އެ ޒުވާނާ ބުނި އެއްޗަކަށް ސައިކަލުން ފޭބި އީރަމް ހީލި ތަން ޖަނާ އަށް ފެނުނެވެ. މަންމަ ބުނިހެން އީރަމް ކުއްޖަކާ ރައްޓެހި ވީހެއްޔެވެ. ލާމިހް ދިއުމާއެކު އީރަމް ގެއަށް ވަންނަން ހިނގައިގަތް އިރު ދޮރު މަތީ ބަލަހައްޓައިން ހުރި ޖަނާ ފެނުނެވެ. ލާމިހް އާއި ބެހޭ ގޮތުން ސުވާލު ކުރާނެކަން އީރަމް އަށް އެނގުނެވެ. “ކޮންތާކަށް ދާން ނުކުމެ ތިހިރީ..” އީރަމް ޖަނާ އާއި އަރާ ހަމަކޮއްލަމުން އަހާލިއެވެ. “ޝޮޕިން އަށް..ފްރެންޑް އަކާ އެކީ..ބައި ދަ ވޭ.. ކާކު އީމް ގެއަށް ލާން އެއައީ..” ޖަނާ އެހެން އަހާލަމުން ނޭވާ ހިފަހައްޓާލީ އީރަމް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. “އެއީ ހަމަ ކްލޯޒް ރައްޓެއްސެއް..” އީރަމް އެހެން ބުނުމާއެކު ޖަނާ ގެ މޫނު އުޖާލާވެެގެން ދިޔައެވެ. “އެހެންދޯ.. އޯކޭ ދަނީ..” އީރަމްގެ ކޮލަށް ފިތާލަމުން ޖަނާާ ދިޔުމާއެކު އީރަމް ގެއަށް ވަދެ ދޮރު ލައްޕާލިއެވެ.

 

ޖަނާ ގެ ހިތުގައި ލާމިހް ސޫރަ ފެވިފައި ވާ އިރު އީރަމްގެ ފަރާތުން އެއީ ކާކުކަން ހޯދުމަށް ޖަނާ އެކި ގޮތް ގޮތަށް ވިސްނަމުން ދިޔައެވެ. އެއްޗެއް ނުވަތަ ކަމެއް ބޭނުންވެއްޖެނަމަ އެ ކަމެއް ކުރުން އެއީ ޖަނާ ގެ ކަށީގައި ހަރުލާފައިވާ ސިފައެކެވެ.

 

އެންމެން އެއްްކޮށް ބައްދަލުވާ އުސޫލުން މިރެޔަކީ ވެސް އެކަހަލަ ރެއެކެވެ. ހައިފާ ގެ ކައިވެނި ޕާޓީގެ ކަންތަގައި މަޝްވަރާ ކުރުމުގެ ގޮތުން އެންމެން ވެސް ބައްދަލުވާން ގަޑިއެއް ކިޔުމުން އީރަމް ރީތިވެލައިން ނުކުތް އިރު ސިޓިންގް ރޫމްގައި ސަލްމާ އާއި ޖަނާގެ އިތުރުން ޒާހިރުވެސް އިނެވެ. “މިހާރު އަބަދު ބޭރުގަ ދޯ އުޅެވޭ ކަމަށް ވަނީ..” ސަލްމާ ސަމާސާ ރާގުގައި އެހެން ބުނި ކަމުގައި ވިޔަސް އެ ދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. “މި..މި..ކަމަކު..ހަނާ އާއި އެކު..” އީރަމް ޒާހިރު އަށް ބަލަމުން އެހެން ބުނިއިރު ހަނާ އާއި އެކު ދާނަމަ ބައްޕަ ބޭރަށް ދިއުން މަނާ ނުކުރާނެކަން އިނގެއެވެ. ސުކޫލް ގައި އުޅުނު އިރު އީރަމް ރައްޓެހިންގެ ތެރެއިން ގެއަށް ގެނެސް އުޅުނީ ހަނާ އެކަންޏެވެ. “އަޅޭ..ޖާން ގޮވައިން ދޭބަ..” ޖަނާ ބޮޑާހަކަމުން އެހެން ބުނުމާއެކު އީރަމް ޖަނާގެ މޫނަށް ބަލާލިއެވެ. ޖަނާ ގޮސްފިނަމަ ހައިފާމެން ރުހޭނެކަމެއްވެސް ނޭނގެއެވެ. “އީރަމް ދާ އިރު ހަނާ ވެސް ގޮވައިގެން ދޭ..” ޒާހިރު ގެ އެދުމަށް އީރަމް އަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އުފަލުން އެބަ އަންނަން ކަމުގައި ބުނެ ޖަނާ ގޮސް ކޮޓަރިއަށް ވަނުމާއެކު އީރަމް ސޯފާގައި އިށީނީ ޖަނާ ތައްޔާރު ވެ ނިމެންދެންނެވެ.

 

ކެފޭ އަށް ވަދެގެން އައި އީރަމް ކައިރީ ހުރި އަންހެން ކުއްޖާ ފެނުމާއެކު ހަނާ މެންގެ ނަޒަރު އެ ދިމާއަށް ދަތުރު ކުރިއެވެ. ޖަނާ ލައިގެން ހުރި ބާރު ޖީންސާއި ބާރު އަތް ކުރު ޓޮޕުން އެކަނި ވެސް ލާމިހް ގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ގަޔަށް ދޫ އަތް ދިގު ކުރުތާގައި އީރަމް ފެންނައިރު ލާމިހް ގެ ހިތަށް އުފާ ވެރިކަން ގެނެސްދިނެވެ. ހައިފާ އާއި ހަނާ އަށް އެއީ ޖަނާ ކަން ފުރަތަމަ ފެނިލުމުން ވެސް އެނގުނެވެ. އެ މީހުން ކައިރި އަށް ހުއްޓެމުން އީރަމް ޖަނާ އަށް އެންމެން ތައާރަފްކޮއްދިނެވެ. ލާމިހް ގެ ނަން އެނގުމާއެކު ޖަނާ ހިިނިތުންވެލިއެވެ. އީރަމް އާއި އެކު އާދެވުން ވީ ޖަނާ އަށް ލިބުނު ފުރުސަތެއް ގޮތުގައެވެ. އެންމެން ޕާޓީގެ ކަންތައް ނިންމުމުގައި އުޅުނު އިިރުވެސް ޖަނާގެ ނަޒަރު ހުއްޓިފައި ހުރީ ލާމިހް އަށެވެ. އެކަން ފާހަގަ ވުމުން ލާމިހް ޖަނާ އަށް ވެސް ދޭތެރެއަކުން ބަލާލައެވެ.

 

ކެފޭ އިން ނުކުމެ ރަސްފަންނުގައި ހިނގާލަން ދާން ނިންމީ ހައިފާ އެވެ. އެތަން ކައިރި ވުމުން އެންމެންވެސް އެކަމާއި ގަބޫލުވިއެވެ. އެންމެންގެ ފަހަތުގައި ޖަނާ އާއި އީރަމް ހިނގަމުންދިޔައިރު ޖަނާގެ ނަޒަރު ހުއްޓިފައި ހުރި ކުރިމަތިން ހިނގާފައިދާ ލާމިހް އަށެވެ. ޖަނާ ހުރުމުން ލާމިހް އަށް އީރަމް އާއި ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނެވެ. “އީމް.. ލާމީ ސިންގަލް ތަ..” މަޑު މަޑުން ޖަނާ ކޮއްލި ސުވާލުން އީރަމް ދިޔައީ ސިހިގެންނެވެ. ޖަނާ ގެ މޫނަށް ބަލާލަމުން އާނއެކޭ ބުނެލިއެވެ. “ލާމީ ލައިކް ވާ ނޫނީ ލޯބިވާ ކުއްޖެއް ހުރޭތަ..” ޖަނާ ގެ ސުވާލުން މި ފަހަރު އީރަމް ހިނގާފައި ދިޔަ ލާމިހް އަށް ބަލާލިއެވެ. އީރަމް އަށް ލާމިހް އަށް ދެވޭނެ ލޯތްބެއް އޮތް ކަމަކަށް އީރަމް ގަބޫލެއް ނުކުރެއެެވެ. އޭނާ ކަހަލަ އަންހެން ކުއްޖަކަށް ލާމިހް ކަހަލަ އޯގާތެރި ޒުވާނަކަށް ދެވޭނީ ކޮން އުފަލެއް ހެއްޔެވެ. ނާއިލް އީރަމް ދޫކޮއްލި ހިސާބުން އީރަމް ގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވެސް ގެއްލިއްޖެއެވެ. ފުން ނޭވާާ އެއް ލަމުން ޖަނާ ގެ މޫނަށް ބަލާލަމުން އީރަމް ހިނިތުނެވެލިއެވެ. “ނުހުރޭ..” އީރަމް އެ ބުނި ބަހުން ހަލާކު އެކޮއްލެވުނީ އަމިއްލަ ދިރިއުޅުން ކަމެއް އީރަމް އަށް އެ ވަގުތު ނަގައެއް ނުގަނެވުނެވެ. އެ ކަމުގައި ލާމިހް އަށް ދެން ކަންތައް ވެގެން ދާނެ ގޮތެއް ވެސް އީރަމް ވިސްނައެއް ނުލިއެވެ. ލާމިހް އަށް ރަނގަޅަކަށް އީރަމް އަށް އެ ބުނެވުނު ބަހުގެ ގޯސް ކަން އެ ވަގުތު ނަގައެއް ނުގަނެވުނެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ސޮރީ.

Next

އަގެއްނެތްލޯބި 28 ވަނަ ބައި

Next
September 24, 2017

އަގެއްނެތްލޯބި 28 ވަނަ ބައި

Previews
September 24, 2017

ސޮރީ.

9 Comments!

  1. Xee says:
    September 24, 2017 at 8:22 pm

    First dhw kiyaa laafa comment kuraanan

    1. seym says:
      September 24, 2017 at 8:27 pm

      yes xee first ???

  2. seym says:
    September 24, 2017 at 8:30 pm

    Salaam loves. ?
    M really loosing the motivation to write these days.. ☹️ bt still here is part 18. Hope u all will enjoy it. Mistakes huriyya plx let me know.. ♥️?

  3. khajja says:
    September 24, 2017 at 8:35 pm

    Ohh god eem kyththikury??? laamee ah thihennuhadhaa eem plx emme firihenakaa jehifa eem thihury firihenun mathin foohivefa dhw haadha findi eh thi v eem thihen ulhey myhunge ihusaas thakaa kulhen firihenun ulheyny b strong eem plx laamy aa gulhebala plx esorah alhaalaa eem ? stry v v habeys whn nxt prt avas kolladhy bala can’t wait dear ly ????❤❤?????

  4. Shau says:
    September 24, 2017 at 8:38 pm

    Alhey eeram moyatha yes ey ey bunan jeheynee… Moya gandu hehehe…. Btw story varah reethi ? Btw please vaahaka nimendhen genesdhehchey ingey

  5. Shin says:
    September 24, 2017 at 8:41 pm

    Haadha kurey. V koyaaa hithun hutttaaaa e nimuny… Mirey adhi one part up kohdhybala… BT v rythi….. Kn irakun next part up kohdheyniii…..

  6. P says:
    September 24, 2017 at 10:59 pm

    Mi dhrn km Jana eh thr mi verivegathhy miharu pis pis.. Jana noon ehn myhaku nama alhe. . mi vy goeh foohi

  7. Papaya says:
    September 25, 2017 at 12:23 am

    Dnt loose ur motivation ? story is really nice varah curious vey ehba dhn vaaane gothe balan

  8. Petite says:
    September 25, 2017 at 1:06 am

    Seym keehvve motivation loose vany??
    Sorry for nt commenting these past days.. i was just nt my self.. bt hurihaa part eh kiyaalaifin.. the stry is getting more and more intresting.. love this story ❤❤❤

Comments are closed.

Next Episodeތިޔަ ދިން އުފާ 19←


All Right Reserved!