ރަފިޔާގެ އެދުމުގެ މަތިން އީލާމް ގެއްލިގެން އުޅޭ ކަމުގެ ރިޕޯރޓް ރަށު އޮފީހަށާއި ރ. އަތޮޅު ޕްލިސް ސްޓޭޝަންއަށް އެންގިއެވެ. އެ ރަށު އެންމެންވެސް އަވަސްވެގަތީ އީލާމް ހޯދުމަށެވެ. ޝާމް ހަވީރު ލޯންޗްއިން މާލެ ދިޔައީ ދެން އުމުރަށްވެސް އެ ފަސްގަނޑަށް ނާންނަށް ނިޔަތް ގަނެގެންނެވެ.
އަބީ! ކޮންއިރަކުތަ އެސްއޭއަށް އަންނަނީ ” އިނގިރޭސިން އެލީޒާ އަހާލީ ، މިފަހަރު ޔޮޓް ޑެލިވަރީއަށް ދިޔަފަހުން އަބީ ނައިސް މަހެއްވުމުންނެވެ. އަބީ ޖަވާބުގައި އަދި އެއްމަސްވަރު ވެދާނޭ ކަމަށް ބުނެ ފޯނު ބޭއްވީ ހުޅުމާލޭ ފަޅުން އޭނާގެ ޔޮޓަށް އަރާ ހަމަޖެހިލަމުންނެވެ. އެރީތީ ހިތް ގައިމު މާހައުލުން އަބީ ދާން ބޭނުން ނުވިޔަސް އޭނާއަށް މިހާރު މުހިއްމީ އޭނާ ސައުތު އެފްރިކާގައި ކުރަމުންގެންދާ ވިޔަފާރިއެވެ. މި އަހަރުގެ ޗުއްޓީ ދިގުކޮށްލީ ރާއްޖެއަށް ގެންނަން ޖެހޭ ޔޮޓެއް ހިފައިގެން އަންނަން ޖެހުނީމައެވެ. ހުޅުމާލޭ ފަޅުން ތެޔޮ އެޅުމަށްފަހު ދަތުރަށް ފުރީ އިންޑިއާއަށް މަޑުކުރުމަށްފަހު އެއް ހަފްތާ ފަހުން ސައުތު އެފްރިކާއަށް ދާން ޕްލޭން ކޮށްގެންނެވެ. އަބީއަކީ އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ މީހެކެވެ . އޭނާ ސައުތު އެފްރިކާގައި ކިޔެވުން ނިންމުމަށްފަހު އެތާގައި ވިޔަފާރި ފެށީ އިންޑިއާގައި ތިބި އޭނާގެ އާއިލާ ސައުތް އެފްރިކާއަށް ބަދަލުކޮށް ތަންކޮޅެއް ހަމަޖެހިލައިގެން ދިރިއުޅުމުގެ ބޭނުމުގައެވެ. ޔޮޓް ބަނދެ ، މަރާމަތުކުރުމުގެ މަސަތްކަތަކީ ސައުތު އެފްރިކާގައި ވަރަށް ފުޅާކޮށް ކުރާ މަސަތްކަތެއް ކަމުން އަބީވެސް މިކަން ފަށައިގެން ހަތަރު ވަރަކަށް އަހަރު ތެރޭ ނަން ހިނގާ ވިޔަފާރިވެރިއަކަށް ވިޔެވެ. ކައިވެނި ނުކޮށް އުޅުން ކަމުގައިވިޔަސް އޭނާގެ ޒަމާނީ އުޅުމުގެ ތެރޭގައި އަލީޒާވެސް ވަނީ އޭނާގެ ގޭގައި ދިރިއުޅެން ފަށާފައެވެ. މިކަމާ އަބީގެ އާއިލާ ކިތަންމެ ހިތްހަމަ ނުޖެހުނަސް އަބީ ހުރިހާ އާއިލީ ހަރަދެއް ބަލަހައްޓާތީ އެއްވެސް މީހަކު އެކަމާ ބެހޭކަށް ބޭނުމެއް ނުވެއެވެ. އަބީގެ މިލްކިއްޔާތުގައި ދެ ގެ ވާއިރު އެއްގެއަކީ އޭނާ ވަރަށް ސިއްރުން ވަރަށް ވަރުގަދަ ސެކިއުރިޓީއަކާއި އެކު ގެންގުޅޭ ގެއެކެވެ. އަނެއް ގޭގައި އޭނާގެ އާއިލާއާއި އަލީޒާ ދިރިއުޅޭއިރު އެ ގެޔަކީ އެހާމެ ފެންވަރުގައި ހަދާފައިވާ ގެއެކެވެ. މަސަތްކަތުގެ ދާއިރާގައި އެހާ ކުރިޔަށް ދެވުމުން އަބީގެ އުޅުމާއި ކަންކަމަށްވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. ކަންކަމާއި މެދު ވިސްނާ ގޮތާއި ، ކަންކަމުގައި އަވަސް އަވަހަށް ރުޅި އައުމަކީ މިހާރު އޭނާ އިނގޭ މީހަކަށް އާ ކަމަކަށް ނުވާނެއެވެ. ދަތުރަށް ފެށިތާ ދެދުވަހެވެ . އަބީ އޭނާ ހިތްހަމަޖެހޭ ހިސާބުތަކަށް މަޑުކުރަމުން މޫދު ކުޅިވަރުގައި ޝާމިލް ވެގެން އުޅުނުއިރު އޭނާގެ މުއައްޒަފުން ތިބީ އޭނާ ކަމަކަށް ބޭނުން ވެދާނެތީވެ ފެންނަ ހިސާބުގައި ބަލަހައްޓައިގެންނެވެ. އަބީ އޭނާގެ ޔޮޓްގެ ފަޅުވެރިއަކަށް ގޮވާލާފައި އޭނާގެ ޖެޓްސްކީ މޫދަށް ތިރިކޮށްލުމަށް އެދުމުން އެކަން އެމީހުން ކޮށްދީފައި އަބީ އަށް ލައިފް ޖެކެޓް ނަގާ ރެޑީ ކޮށްލަ ދިނެވެ. އަބީގެ ޔޮޓް ދަތުރު ކުރަމުން ދިޔައީ އުތުރަށް ކަމުން ރާއްޖޭގެ ކަނޑުން ބޭރުވާން އެހާ ގިނައިރުތަކެއް ނުނަގާނޭ ކަން އޭނާއަށް އިނގެއެވެ. ޖެޓް ސްކީއަށް އަރާ ހަމަޖެހިލުމަށްފަހު ފޮޓޯ އަދި ވީޑިއޯ ކުރުމަށް އޭނާގެ މުއައްޒަފުން ކައިރިން އެދުނެވެ. އަބީ ޖެޓްސްކީ ދުއްވަމުން ފޮޓޯ ނަގަމުން ދިޔައިރު، އެއް މުއައްޒަފަކު އޭނާއަށް ގޮވާލުމަށްފަހު އޭނާގެ ފަހަތަށް އިޝާރާތް ކުރަމުން ދިޔައެވެ. އަބީ ފުސް މޫނު ހަދާލުމަށްފަހު ފަހަތަށް އެނބުރިލީ އޭނާއަށް ފެނުނު މަންޒަރު ގަބޫލު ނުކުރެވިގެންނެވެ. ބިންދައިގެން ގޮސްފައިވާ ސާރފް ބޯޑެއްގެ މަތީގައި ކުއްޖަކު އޮތް އިރު އޭނާގެ ފައިކޮޅު ވަނީ ފެނު އަޑީގައެވެ. އަބީ އޭނާއާއި ކައިރިވެލުމަށްފަހު އަތުން ލައްކެއް ޖަހާލީ މަރުވެފައިވާ ކަމަށް ހީކޮށެވެ. އަބީ އެހިސާބަށް ޔޮޓް ގާތްކުރުމަށް އަތުގެ އިޝާރާތުން ބުނެލިއެވެ. ބޯޓުގެ ފަޅުވެރިން އެ ކުއްޖާ ޔޮޓަށް އެރުވީ ވިންދު ޖަހާތޯ ރަނގަޅަށް ޔަގީން ކޮށްފައެވެ. އަބީ އެ އަންހެން ކުއްޖާ ކޮޓަރިއަށް ގެންދިއުމަށް އެދުނެވެ. އަދި ޔޮޓްގެ ސްޕާގައި މަސަތްކަތް ކުރާ ތައިލޭންޑް ކުއްޖާ “އާނާއަށް” ގޮވައި އޭނާ ހިކި އެއްޗެހި ލައްވައި ކޮޓަރިއެއްގައި ބޭއްވުމަށް އެދުނެވެ. އާނާ އޭނާއާއި ހަވާލު ކުރި މަސަތްކަތް ނިންމާލުމަށް ފަހު އައިސް އަބީއަށް އެ ކުއްޖާގެ ހާލަތު ކިޔާދިނެވެ. އަބީ އަވަސްވެގަތީ އެކުއްޖާ އޮތް ކޮޓަރިއާ ދިމާލަށް ދެވޭތޯއެވެ. ދޮރު ހުޅުވާލުމަށްފަހު އަބީ ކޮޓަރި ތެރެއަށް ވަދެ އެނދުކައިރީ އިށީނދެލައި އެ ކުއްޖާއާއި ދިމާލަށް ރަނގަޅަށް ބަލާލިއެވެ. ހިކި ހެދުމެއް ލައްވާފައިވާ އިރު ފަން ދިގު އިސްތަށިގަނޑު ވަނީ ރީތިކޮށް ގަތާލާފައެވެ. އަބީއަށް އޭނާގެ ނިންކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅުކޮށްލުމަށްފަހު ނިންކުރިމަތީގައި އަތް ބާއްވާލީ އަތަށް ހޫނު އިހުސާސްވުމުންނެވެ. އަބީ ، އާނާއަށް ގޮވާލީ ދެން ކަންތައްކުރަންވީ ގޮތް ކިޔާދިނުމަށެވެ. ފިނި ފެން ތައްޓަކަށް އަޅައިގެން ރުމާ ކޮޅެއް އަތަށް ލައިގެން އާނާއައިސް އެނދު ކައިރީ ހުރި މޭޒުގައި ބެހެއްޓިއެވެ. އަދި ޕެނެޑޯލް ދެގުޅަ ފެނަށް ގިރުވުމަށްފަހު އެކުއްޖާގެ އަނގަޔަށް ސަމްސަލަކުން އަޅަމުންދިޔައެވެ. އަބީ ރުމާކޮޅު ތެއްމާލާ އެކުއްޖާ ނިންކުރިމަތީ ބާއްވާލުމަށްފަހު އޭނާގެ ކަރުގައިވާ ފަށަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. ފަށުފުލުގައި ލިޔެފައި އޮތް އެއްޗެއް ނޭގޭތީ އެ ފަށް ނެގުމަށްފަހު އާނާ ކައިރީ އެކުއްޖާ ކައިރީ މަޑުކުރުމަށް އެދުމަށްފަހު ކޮޓަރިން ނިކުތެވެ. އަބީ ގޮސް އިށީދެލީ ދިރުނބާކޮޅާ ދިމާލުގައިވާ ގޮނޑިއެއްގައެވެ. އަދި ޖީބުން ފަށް ނެގުމަށްފަހު ރަނގަޅަށް ބަލާލިއެވެ. އިނގިރޭސިން އީލާމް ޖަހާފައިވުމުން އޭނާއަށް ކިޔަނީ އީލާމްކަން ލަފާކޮށްލަން އިނގުނެވެ. ފަށު ފުލުގެ ނުފުށުގައި ތާރީހެއް ލިޔެފައި އިނެވެ. އެއީ 29 ސެޕްޓެމްބަރ 1996 ، އަބީ އަށް ހިތާހިތާ ކިޔާލެވުނެވެ. ހާދަ ކުޑަ ކުއްޖެކޭ ކަނޑުވެގެން މިއުޅެނީ، ކިހިނެއްވެގެންބާއެވެ. އޭނާ ފޯނުނަގައި ކަންފަތުގައި ޖަހާލީ ކުރިއަށް އޮތް ބައިގަޑިއިރު ތެރޭ ޓްރިވަންޑްރަމްގެ ޔޮޓް މެރީނާއަށް ވަދެވޭނެތީއެވެ، މި ކުއްޖާގެ ހާލު ދެނެގަންނަން ޑޮކްޓަރަކު އެރުވުމުގެ ބޭނުމުގައެވެ. ” ހަލޯ އަމަރް ، މި އުޅެނީ ކުއްޖެއްގެ ހާލަތު ގޯސްވެގެން، ކުރިއަށް އޮތް ބައިގަޑިއިރުތެރޭ ޔޮޓް މެރީނާއަށް ވަންނާނަން ، އެހެންވީމާ ވީހާވެސް އަވަހަކަށް އެދިމާލަށް އައިސް ދީފާނަން” ޑރ.އަމަރުވެސް އާނއެކޭ ބުނުމަށްފަހު ފޯނު ބޭއްވީ އެވެ. ފަހަތުގައި ހުއްޓިގެން ހުރި ކައްޕި އަށް ދެއްކީ ކޮންވާހަކައެއް ކަމެއް ނޭގުނީ އަބީ ވާހަކަ ދެއްކީ ތަމަޅަ ބަހުން ކަމަށްވުމުންނެވެ. ” ސަރ ޑިޑް ޔޫ އާސްކް މީ ޓު ކަމް” އަބީ ކައްޕި އާއި ދިމާލަށް އެނބުރިލާފައި ” އައި ޑޯންޓް ވޯންޓް އެނީވަން ޓު ނޯ ދެޓް ޝީ އިޒް ހިއަރ، ޓެލް އޯލް ދި އެމްޕްލޯއީސް ދިސް ނެވަރ ހެޕެންޑް، އިފް އެނީވަން ޑިސްކްލޯސް ދިސް ދޭ ވިލް ބީ ފަޔާޑް” . އަބީ އެހެން ބުނެލުމަށްފަހު ފޯނުން މީހަކަށް ޑައިލްކޮށްލިއެވެ. ޓްރިވަންޑްރަމްގެ ޔޮޓް މެރީނާއަށް ވަދެވުނީ 45 މިނެޓް ފަހުންނެވެ. ޑރ.އަމަރް އަބީގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓާ އަބީއައިސް ޑރ.އަމަރް ގެ އަތުގައި ހިފައިގެން ދުވަމުން ކަހަލަ ގޮތަކަށް ޔޮޓަށް އަރާ އީލާމް އޮތް ކޮޓަރިއަށް ވަނުމަށް ދޮރު ހުޅުވާލިއެވެ.ޑރ.އަމަރް އީލާމް ރަނގަޅަށް ޗެކު ކޮށްލުމަށްފަހު އަބީ އާއި ދިމާލަށް ބަލާލީ ނުރުހިފައެވެ.” އަބީ މީ ކާކު؟ މި ކުއްޖާއަށް ކިހިނެތްވީ ؟ ތެދަށް ބުނީމައި އިނގޭނީ އޭނާއަށް ފަރުވާ ކުރަން ” އަބީ ދެލޯ ކުޑަ ކޮށްލުމަށްފަހު ކޮޓަރި ދޮރު ލައްޕާލިއެވެ،އަދި ހަގީގަތަށް ޑރ.އަމަރްއަށް ކަންތައްވީގޮތް ކިޔާދިނެވެ. އަމަރް އީލާމްއަށް ދޭން ޖެހޭ ބޭސް ތަކާއި ކަން ކުރަންވީގޮތް ކިޔާދިނެވެ. ޑރ. އަމަރް ޔޮޓުން ފޭބުމުގެ ކުރިން އަބީ އޭނާ ކައިރީ މިކަން ސިއްރު ކުރުމަށް އެދުނެވެ. އަމަރް އޭނާ އަށް ބަލާލީ ހައިރާންވެ ހުރެއެވެ.” އަބީ ތި ކުއްޖާ ޕޮލިސް އާއި ހަވާލު ކުރޭ އެހެން ނޫނީ ބޮޑު ކަންތައްގަނޑަކަށް ވެދާނެ، ” އަމަރް ސީރިއަސްވެލާފައި ބުންޏެވެ. އަބީ ތިކަމާ ވިސްނާނެކަމަށް ބުނެ އެދެމީހުން ވަކިވީ އަދި ފުރުމުގެ ކުރިން އީލާމްގެ ޗެކްއަޕްއެއް ހަދަން އަންނާނޭ ކަމަށް ބުނަމުންނެވެ. ރޭގަނޑުގެ ނާސްތާއަށް ފަހު އަބީ އީލާމް އޮތް ކޮޓަރިއަށް ވަނީ އޭނާގެ ހާލަށް އިތުރު ކުރިއެރުމެއް އައިތޯ ޗެކް ކޮށްލާށެވެ. ދޮރު ހުޅުވާލުމާއެކު އީލާމް ދޮރު ހުޅުވުނު ދިމާލަށް ހައިރާން ކަމާއެކު ބަލާލިއެވެ.
-ނުނިމޭ-
4 Comments
Comments are closed.
Haadha kurey
oh dear, eelam ge dad ah dhen avas musthagbaleh ga nufennane hen heevani, abhi dhaani govaigen veeya, may be after like yrs they may meet again, waiting for next part
Haadha kuray
varah salhi .. when next part … Abhi