ގޭތެރެއަށް ވަދެގެން އައި ރަޔާހީން ފެނުމުން ސޯފާގައި އިރުފާން ފުންމައިގެން ކޮޅަށް ތެދުވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ދެން ބަލާލީ ރަޔާހީންގެ ިމޫނަށެވެ. އޭރު ރަޔާހީން ސޯފާ އާއި ހަމައަށް އައިސް ހުއްޓިލަނީއެވެ. “ހީން ތަނަކަށް ދާއިރު މިހާރު ބުނެލުމެއް ވެސް ނޯވޭތަ؟ ގައިމުން މިހާރު އެގާރަ ޖަހަނީ ވިއްޔާ” ހިތްހަމަނުޖެހިފައި ހުއްޓަސް އިރުފާން ވާހަކަދެއްކީ ވަރަށް މަޑުމައިތިރި ކޮށެވެ.
“އަހަރެން ދާހާ ތަނަކާއި ކުރާހާ ކަމެއް އިރޭ ބަލަން ޖެހޭތަ؟ އަހަރެންނަށް ކުޑަކުޑަ މިނިވަންކަމެއް ވެސް މިގޭތެރޭގައި ނެތީތަ؟” ރަޔާހީން ނުރުުހުންވެ ހުރެ އިރުފާނަށް ލޯ އަޅާލަމުން ބުނެލިއެވެ.
“ނޫނޭ. މިބުނެވުނީ އެހެންތަ. އަހަރެންނަކީ ހީންގެ ފިރިމީހާ ވީމަ މިވަރު ބުނެވިދާނެ ދޯ. ދިޔަތަނެއް އަޅެ ކީއްތަވާނީ ބުނެލިއްޔާ. ބައްޕަ އެއުޅެނީ ނުލާހިކު ބަލިވެ. ހީން ނެތީމަ މަންމަ ކިހާ އެކަނިވާނެ. ވާހަކަދައްކާލާނެ މީހެއް ވެސް ނުހުންނާނެއްނު” އިރުފާން ރަޔާހީން ކައިރީގައި އައިސް ހުއްޓިލަމުން ބުނެލިއެވެ.
“އަހަރެން ނުޖެހޭ ކޮންމެހެން އަބަދު ގޭތެރޭގައި އިންނާކަށް. އަހަރެން ވެސް ބޭރުން ކުރަން ހުންނަ ކަންތައް ހުންނާނެދޯ. އެހެންނޫނަސް އަހަރެން ބޭރަށް ދިޔައީ ނަދޫ އާއި އެކު. ހުޅުމާލެއަށް ނަދޫ މީހަކާއި ބައްދަލުކުރަން ދިޔައީ” ރަޔާހީން ހިތްހަމަނުޖެހިފައި އިރުފާން ހިފަން އުޅުނު އަތް ފޮޅުވާލިއެވެ.
“ހީން ވިސްނަބަ. އަޅެ ތިއައީ ހުޅުމާލެ އަށް ގޮށްސައޭ މަށަށް އަންގާވެސްނުލާ. އަޅެ މަ ކައިރީގައި……” އިރުފާނަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް ރަޔާހީން އަވަސް ފިޔަވަލުތަކެއްގައި ސިޑިން އަރައިގެން ދިޔައެވެ. އިރުފާނު ޤަބޫލުނުކުރެވިފައި އަލުން ސޯފާގައި އިށީނެވެ. ދެއަތްތިލައިން މޫނުމަތީގައި އަތް ހިންގާލީ ހިތުގައި އުފެދުނު ގިލަންވެރިކަމެއްގެ ސަބަބުން ނިތްކުރިމަތިން ހިއްލާލި ދާތައް ފޮހެލުމަށެވެ. ރަޔާހީނަށް އަންނަމުންދާ ބަދަލުތަކާއި މެދު ވިސްނާ ވިިސްނާ މިހާރު އޭނާގެ ބޮލުގައި ރިހެން ފަށައިފިއެވެ. އުމުރުން ސާޅީސް އަހަރުވިފަހުން އިންތިހާ އަށް ލޯބިވެވުނު ފަރާތާއި ކައިވެނިކޮށް ލޯބިން އަނބިމީހާގެ ގައިގާ ބައްދާނުލެވި އުޅެނިކޮށް ކައިވެނި ރޫޅޭކަށް އޭނާ ނޭދޭއެވެ.
ވިކްޔަން އާއި ބައްދަލުކުރަން ރަޔާހީން އިންތިހާ އަށް ބޭނުންވެފައި ވަނިކޮށް އެފުރުޞަތު އޭނާ އަށް ފަހިކޮށްދިނީ ބީހާލް އެވެ. މައިސަރާ ގޭގައި ނޫޅޭ ވަގުތެއް ބަލާފާއި ރަޔާހީން އެބަޔަށް ދިޔައީ ވިކްޔަން ގޭގައި އުޅޭކަން ޔަޤީން ކޮށްފައެވެ. ގޭތެރެއަށް ވަދެގެން ދިޔަ ރަޔާހީން ގޮސް ހުއްޓިލީ ވިކްޔަންގެ ކޮޓަރީ ދޮރުމަތީގައެވެ. ޖެހިލުންވެ މޭގައި އަތް އަޅާލައިގެން އިރުކޮޅަކު ހުރުމަށްފަހު ބިސްމި ކިޔާ ތަޅުގައި ހިފާ އަނބުރާލިއެވެ. ކޮޓަރިތެރެ އޮތީ ހުސްކޮށެވެ. ތަނަވަސް ބޮޑު ކޮޓަރީ މެދުގައި ހުރި ކިންގްސައިޒްގެ ބޮޑު އެނދު ފެނި ރަޔާހީން ހިތް ތެޅިލިއެވެ. ވިކްޔަންގެ އަންބެއްގެ ގޮތުގައި އެ އެނދުގައި އޭނާ ނިދާނެ ދުވަސް ގާތުގައިވާ ކަން އެނގި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފާޚާނާއިގެ ދޮރު ހުޅުވާލާފައި ނިކުތް ވިކްޔަން އަށް އެކޮޓަރިން ރަޔާހީން ފެނުމުން ޚައިރާންވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
އަތުގައި އޮތް ތުވާލި އެނދުމައްޗަށް ޖެހުމަށްފަހު ދަތްކުނޑި ވިކާލަމުން ވިކްޔަން އައީ ރަޔާހީނާއި ދިމާލަށެވެ. ނަމަވެސް ވިކްޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ރަޔާހީން ކުރި ކަމަކުންނެވެ.
“ޕްލީޒް އާދޭސްމިކުރީ. އަހަރެން މިދައްކަން އުޅެ ވާހަކަ އަޑުއަހާލަދީ. ކޭވީ ދުވަހަކު ވެސް އަހަރެންދެކެ ލޯބިވިއްޔާ މި އާދޭސް ޤަބޫލުކުރޭ. ކޭވީ އެކައްޗެއްވެސް ނުބުންޏަސް ހަމައެކަނި މި ވާހަަކަ އަޑުއަހާލަން މިތާ މަޑުކޮށްލަދީ” ވިކްޔަންގެ ފައިދަށަށް ތިރިވެ ދެފައިގާ ހިފަހައްޓާލައިގެން ކުރުކަކޫ މައްޗަށް އޮތް ރަޔާހީނަށް ވިކްޔަން ބަލާލީ ރޮބަރޓެއްހެންނެވެ. ވަގުތުން އޭނާގެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. ރަޔާހީން ދައްކަން އެއުޅޭވާހަކައަށް އޭނާ ޝައުޤުވެރިވީ ކީއްވެކަމެއް ނޭނގުނެވެ. ރަޔާހީން ގައިގާ އިނގިލި ވެސް ޖައްސާނުލާ ވިކްޔަން މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އެވަގުތު ރަޔާހީން އިސްއުފުލާ ވިކްޔަން އަށް ބަލާލުމަށްފަހު އިންތަނުން ކޮޅަށް ތެދުވިއެވެ.
“ތެންކިއު ކޭވީ…. ހަނދާންވޭތަ އެދުވަހު އަތިރިމަތިން އަހަރެން ކޭވީގެ ހިތް ރޮށްވާލި ދުވަސް” ރަޔާހީން ރޮވިފައިވާ އަޑަކުން ބުނެލިއެވެ.
“އަހަރެން ކިހިނެއް އެދުވަސް ހަނދާންނެތޭނީ. އެއީ އަހަރެންނަށް ވަރަށް އުފާވެރި ދުވަހެއް. ކެހިވެރި މަކަރުވެރި އަންހެނެއްގެ ލޯބީގާ ބަނދެވިފައި ހުއްޓާ އަހަރެންނަށް ސަލާމަތުގެ އައްސޭރިއަކަށް އާދެވުނު ދުވަސް. ހަޤީޤަތުގައި އަހަރެން ޝުކުރުއަދާކުރަންވީ. އަހަރެން އެކަމުން ސަލާމަތްކޮށްދިނީ ރާޔަން” ވިކްޔަންގެ ޖުލްމަ ނިމުމާއެކު އިސްޖަހާލައިގެން ހުރި ރަޔާހީން ބަލާލީ ފުރަގަސްދީގެން ހުރި ވިކްޔަން އަށެވެ. އެނަމުން ވިކްޔަން އޭނާ އަށް ގޮވާލާތޯ އޭނާ ކިހާ އިންތިޒާރެއް ކޮށްފިހެއްޔެވެ؟
“ނޫން ކޭވީ… އަހަރެ…އަހަރެން މީ މަކަރުވެރިއެއް ނޫން. އެކަން ކޭވީ ޤަބޫލުކުރާނެ އަހަރެން މިބުނަން އުޅޭ އެއްޗެއް އަޑުއަހާފަ. އަހަރެން މިދައްކާ ވާހަކަތައް ކެވީ އަށް އަޑުއަހާކަށް ވެސް އަދި ޤަބޫލުކުރާކަށް ވެސް ފަސޭހައެއް ނުވާނެ. އެކަމު ޔަޤީންކުރޭ އަހަރެން ދޮގެއް ނަހަދާނަން” ދެއަތްތިލަ އެއްކޮށްލައިގެން މޮޑެމުން ދިޔަ ރަޔާހީން ލަސްލަހުން ވާހަކަދައްކަމުން ދިޔައެވެ.
“ތިހާ ވަރަށް ވާހަކަދިގުނުކޮށް ބުނަން ބޭނުން އެއްޗެއް ބުނޭ. ރާޔަން ތިގޮތަށް މިކޮޓަރިން މަންމަމެންގެ މީހަކަށް ފެނިއްޖިއްޔާ މަންޒަރު ރީއްޗެއް ނުވާނެ” ވިކްޔަން ބުނެލިއެވެ.
“އަހަރެންގެ ދޮންތަ ފަރުހީންގެ މަރުގެ ފަހަތުގައި ވަނީ ކޭވީގެ ދޮންބެ އިރުފާން. ދެކުދިންނާއެކު އަހަރެންގެ ދޮންތަ މަތިން ވައްޓާލި އިރުފާން. އިރުފާން އެކަންކުރީ އަހަރެންގެ ފޮޓޯއެއްދެކެ ލޯބިވެވިގެން. އަހަރެން ކޭވީގެ ލޯބީގައި ކޮޅުފައިން ޖަހާފައި އިރުފާނާއި ކައިވެނިކުރީ މިހަޤީޤަތް ހޯދަންވެގެން. އަހަރެންނަށް މިކަން ކާމިޔާބުވަމުން މިދަނީ. އަހަރެން އަތުގައި ހެކިވެސް އެބަހުރި. ވަރަށް އަވަހަށް މުޅި ރާއްޖެއަށް މިކަން އެނގިގެންދާނެ” ރަޔާހީން ހުރިހާ ވާހަކައެއް ވިކްޔަން އަށް ކިޔާދީ ނިންމާލިއިރު ވެސް ވިކްޔަން އެއްވެސް ޖަވާބެއް ނުދީ ދެލޯބޮޑުކޮށްގެން ހުރީ ރަޔާހީނަށް ބަލާށެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ހުރިހާ ޙިއްސެއް މަސައްކަތްކުރަން ފެށުމުން އޭނާގެ ހިތާއި ސިކުނޑި ރަޔާހީން ދެއްކި ވާހަކަތަކާއި ދެކޮޅު ހެދިއެވެ. ހަޤީޤަތުގައި އޭނާ އަށް ޤަބޫލުކުރަން އުނދަގުވީއެވެ.
ކުއްލިއަކަށް މުޅި ކޮޓަރި ފަޅައިގެންދާވަރަށް ވިކްޔަން ދެއަތް ޖަހަންފެށީ މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެއެވެ.
“އަހަރެން އެންމެ ސުވާލެއް ކުރަން ބޭނުމީ. ކަލޭ ތިހުރިހާ ދޮގު ވާހަކަތައް އަހަރެންގެ ދޮންބެއޭ ކިޔައިގެން ތިކިއީ ހަމަ އަހަރެންގެ ލޯބި ހޯދަންތަ؟؟ އެހެންކަމަށްވާނަމަ ބުނެވޭނީ ސޮރީއޭ. އަހަރެން ރަޔާހީންގެ މީހަކަށް ދެނެއް ނުވާނޭ. އެހެންވީމާ ދެންމެ ތިދެއްކި ވާހަކަތައް ދެން އެހެންމީހަކަށް ކިޔާނުދެއްޗެ. ދެން ރަޔާހީންގެ ދުލުން ތިފަދަ ވާހަކައެއް އަޑުއިވިއްޖިއްޔާ އަހަރެން މަޑަކުން ނުހުންނާނަންކަން ހަނދާންކުރައްޗެ. އެހެންވީމަ މިތަނުން އަވަހަށް ދޭ” ރަޔާހީންގެ ހިކިފައިވާ ދެތުންފަތް ލަސްލަހުން ހަރާކާތްކޮށްލިއެވެ. ފަނޑު ހިނތުންވުމެއް ވެރިވީ ކުރިން ވެސް އެވާހަކަތައް ވިކްޔަން ޤަބޫލުނުކުރާނޭކަން އެނގުމުންނެވެ.
“އަހަރެން ދެން ކޭވީގެ ލޯތްބަށް އެދިގެން ނާންނާނަން. އަހަރެން ކިތަންމެ ދޮގު ހެދިޔަސް ދެންމެ މިހާމަކުރިވަރުގެ ބޮޑު ހަޤީޤަތެއް އަހަރެންގެ އުމުރުގެ ބާކީ މިއޮތް ދުވަސްކޮޅުގައި ހިއެއް ނުވޭ ހާމަކުރެވޭނެހެން. އަހަރެން މިދަނީ. ކެވީ ބޭނުންވާގޮތަށް މުޅި އުމުރަށް ގުޑްބާއި ކިޔާފަ. ވަރަށް އަވަހަށް އަހަރެން މިނިވަންވާނެ. އެދުވަހަކުން ކޭވީ އަހަރެން ކައިރިއަށް އަންނާނެ. ނަމަވެސް އެދުވަހުން ކޭވީ ދާންޖެހޭނީ ހުސްއަތާ… އަހަރެން އަދިވެސް މިހާރުވެސް އޭރުވެސް އަބަދުވެސް ލޯބިވަނީ ހަމައެކަނި ކޭވީ ދެކެ” ރަޔާހީން ދެލޯ ފޮހެމުން އެކޮޓަރިން ނިކުމެގެން ދުއްވައިގަތެވެ.
ވިކްޔަން އަށް ހަޤީޤަތް އަންގަން އޭނާ އެތައް މަސައްކަތެއް ކޮށްފިއެވެ. ބީހާލްގެ ވާހަކަ ވިކްޔަން އަށް ކިޔާދީގެން ވަކި ޤަބޫލުކުރާނޭ ހެއްޔެވެ؟ މިއުޅެނީ އަސްލު ދިރިއުޅުމުގައި ހިނގާފައިވާ ކަމެއްގެ ވާހަކަ ވިކްޔަން ޤަބޫލުނުކޮށްގެންނެވެ. ވީއިރު ޖިންނިއެއްގެ އެހީ ރަޔާހީނަށް ލިބުނޭ ބުނުމުން ވިކްޔަން ކުރާނީ މާލާމާތެއް ނޫން ހެއްޔެވެ؟
ނަމަވެސް ޔަޤީންވާ ކަމަކީ ރަޔާހީން އެކޮޓަރިން ނިކުމެގެން އެދިޔައީ ވިކްޔަން ވިސްނުމެއްގެ ތެރެއަށް ދޫކޮށްލާފައިވާ ކަމެވެ. އޭނާގެ ހިތް ރަޔާހީން އެދެއްކި ބަސްތަކަށް ނުރުހުން ފާޅުކުރިއެއް ކަމަކު އެވާހަކަތައް އޭނާގެ ސިކުނޑި ދުލެއް ނުކުރިއެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާއި ހުރެ ވިކްޔަން އަށް އުނދަގުވަނީއެވެ. އޭނާގެ ސިކުނޑީގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. މައިސަރާ އާއި އެކީގައި ނިހާ އައިސް އެކޮޓަރިއަށް ވަނީ އެވަގުތުއެވެ. ކޮޓަރީ ދެކޮޅަށް ހިނގަން ހުރި ވިކްޔަން ހުއްޓުނީ ހީލައިގެން އޭނާ އަށް ބަލަން ހުރި ނިހާ ފެނިފައެވެ.
“ދަރިފުޅާ! ބަލާބަލަ މަންމަ މަގުމަތިން ފެނިގެން ފަހަތުން އަޅުވާލައިގެން އެންމެފަހަށް ދަރިފުޅާ ބައްދަލުކޮށްފައި ނޫނީ ނުދާނަމޭ ކިޔާފައި އެއައީ. އިރުކޮޅަކުން ތިރިއަށް އަންނައްޗެ ސައިބޯން. މަންމަ މިދަނީ ތައްޔާރުކުރަން” މައިސަރާ ދިޔައީ ނިހާ އާއި ވިކްޔަން އަށް ވަގުތު ދީފައެވެ.
ވިކްޔަން އަށް ބަދަލުތަކެއް އައިސްފައިވާކަން ނިހާ ދެނެގަންނާކަށް ސިކުންތެއް ވެސް ނުނެގިއެވެ. އެހެންޏާ ވިކްޔަން އަކީ އޭނާގެ ކުރިމަތީގައި ދުވަހަކު ވެސް ވާހަކަ ހުސްވާ މީހެއް ނޫނެވެ. މިއަދު އޭނާ މަންމަންވީ ހެއްޔެވެ؟ ނިހާ އަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ނުވިއެވެ.
“ވިކީ!!!” އެންމެފަހަށް ނިހާ ވިކްޔަން އަށް ގޮވާލިއެވެ. ވިކްޔަން އަވަސް އަވަހަށް ނިހާ އަށް ބަލާލުމަށްފަހު ހީލިއެވެ. ނިހާ ކުރިއަށް ޖެހިލާ ވިކްޔަން އަތުގައި ހިފައިގެން ގޮސް އެއްފަރާތުގައި ހުރި ސޯފާގައި އިށީނެވެ.
“ބަލީތަ؟؟” ވިކްޔަންގެ ބަސްމަދުކަން ފެނި ނިހާ ސުވާލުކުރިއެވެ. ވިކްޔަން ނޫނެކޭ ބުނެލީ ދެފަރާތަށް ބޯ ހޫރާލަމުންނެވެ.
“ނިހާ ކީއްވެ ބުނެވެސްނުމާ ތިއައީ. އޮފީސް ކުއްޖަކާއެކު ކޮފީއަކަށް ދާން އުޅެނިކޮށް ތިއައީ. އިރުކޮޅަކުން އޭނަ ގުޅާނެ” އަތުގައި އޮތް ފޯނށް ނަޒަރު ހުއްޓާލަމުން ވިކްޔަން ބުނެލިއެވެ. ހަޤީޤަތުގައި މިވަގުތު އޭނާ އެއްވެސް މީހަކާއި ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ.
“އަޅެ ސޮރީ. މަންމަ ފެނުމުން ފަހަތުން އާދެވުނީ. އެހެންވީމަ ފަހުން އަންނަން ދަނީ” ނިހާ ތެދުވެ ދާން ހިނގައިގަތުމުން ވިކްޔަން ގޮވާލިއެވެ.
“އަހަރެންނަށް ހީވަނީ އަހަރެމެން މިކުޅޭ ކުޅިވަރު ހުއްޓާލަންވީ ވަގުތު ޖެހިއްޖެހެން. ވަރަށް ދުވަހު ނިހާ ގޮވައިގެން އެކްޓް މަށަށް ކުރެވިއްޖެ. އަހަރެންނަށް ވެސް ވިސްނޭ ނިހާ ގެ އަމިއްލަ މިނިވަން ކަމެއް ވެސް އޮންނާނެކަން” ވިކްޔަން ނިހާ ކައިރިއަށް އަންނަން ހިންގައިގަންނަމުން ބުނެލިއެވެ.
“ވިކީ އަށް އެންމެ ރަނގަޅަށް އެނގޭނީ އަހަރެންގެ ބޯއީފްރެންޑެއް ނުހުންނަކަން. ވިކީ އަށް ރަނގަޅަސް އެނގޭނެ އަހަރެން ވިކީ އާއި ލައިކް ވާކަން. މަށަށް ހީވަނީ އަހަރެމެން މީގެ ކުރިން އެކްޓް ކުރިޔަސް މިހާރު ހަޤީޤަތުގައި ވެސް ގުޅުމެއް އުފައްދަން ވެއްޖެހެން. އެއީ ވިކީ މަންމަ ވެސް ބޭނުންވަނީ އަހަރެމެން ދެމީހުން ކައިވެނި ކުރަން. އަހަރެން ވެސް” ނިހާ ލަސްލަހުން އިއްވާލިއެވެ. ވިކްޔަން ވަގުތުން ނިހާ އަށް ފުރަގަސް ދެމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއް އަތުން ބޮލުގައި އަތް ހިންގާލިއެވެ.
“ނޫން…. ނިހާ އަށް އެނގޭނެ އަހަރެން ލޯބިވަނީ އަހަރެންގެ ރާޔަން ދެކެ ކަން. އަދިވެސް ވަރަށް ލޯބިވޭ. ހިތުން ފިލުވާލަން ވަރަށް މަސައްކަތްކުރިން. މިހުރިހާ ދުވަސް ރާޔަން އާއި ނުލާ އަހަރެން އުޅުނު ގޮތް ހެއްދެވިި ފަރާތް ދެނެވޮޑިގެންވާނީ. އަދި ނިހާ ތީ އަހަރެން ކުރި ހިތާމަ އެންމެ ކައިރިން ފެނުނު އެކަކު” ވިކްޔަން ކުރެހިފައިވާ އަޑަކުން އޭނާގެ ހިތުގެ ހާލު ނިހާ އަށް އަންގަދެމުން ދިޔައެވެ.
“އެހެންވީމަ މީކީ އިންސާފެއް ނޫނެއްނު. ވިކީ ކިތަންމެ ބޭނުމަސް ދެން ރަޔާހީނެއް ނުލިބޭނެ. އެއީ ވިކީގެ ދޮންބެގެ އަނބިމީހާ. ވިކީ ޖެހޭނީ އުމުރު ހުސްވަންދެން ތިގޮތުގައި ހުންނާކަށްނު. އެގޮތަށް ހުންނަން ވިޔަސް މަށަށް ފުރުޞަތެއް ނުދޭނަންތަ؟ ނިހާ ރޮވިފައި އަހާލިއެވެ. ނިހާ އެބުނީ ތެދެއްކަން ވިކްޔަން އަށް ވެސް ޤަބޫކުކުރެވޭއެވެ. ނަމަވެސް ރަޔާހީން ދެއްކި ވާހަކަތައ ވެސް އޭނާ ދޮގު ކުރެވޭކަށް ނެތެވެ. މިފަހަރު ރަޔާހީނަށް އިތުބާރުކުރުމަށް ހިތް ގޮވަނީއެވެ.
“ހެޔޮ މުސްކުޅިވިޔަސް. އަހަރެންނަށް މިހާރު ރާޔަން ކުށެއް ނުކުރާކަން ހީވާން ފަށައިފި. އަހަރެންނަށް ފެނުނު ހުވަފެނާއި އެކިފަހަރު ރޮވިފައި ރާޔަން ދެއްކި ވާހަކަތަކުގެ ހަޤީޤަތެއް އުޅެޔޭ ހީވާން ފަށައިފި. ނިހާ އަހަރެންނަށް މާފްކުރޭ” ވިކްޔަން ނިހާ އަށް ފުރަގަސް ދިނުމާއެކު ރޮވިފައި ހުރެ ނިހާ ދުވަމުން އެކޮޓަރިން ނިކުތެވެ. އެމަންޒަރު ސިޓިންގްރޫމުގައި އިން މައިސަރާ އަށް ފެނުމާއެކު ނިތަށް އެތައް ރޫތަކެއް އަރައިގެން ގޮސް ހިތުގައި ސުވާލު ބޮނޑިތަކެއް އުފެދިގެން ދިޔައެވެ.
އިރުފާން ކައިރީގައި ނިދަން ބޭނުންނުވާތީ ރަޔާހީން ވަކިން ހުރި ސޯފާގައި ނިދާތާ މީ ތިންވަނަ ރެއެވެ. ރަޔާހީންގެ މައްސަލައަކީ ކޮބާތޯ ބަލަން އެތައް ފަހަރަކު އިރުފާން ރަޔާހީނާއި ސުވާލުކޮށްފިއެވެ. ޖަވާބުގައި ރަޔާހީން ބުނީ މިދުވަސްކޮޅު އޭނާ އަށް އުނދަގު ނުކުރުމަށެވެ. ލޯބިވާ އަނބިމީހާ ވަކިވެދާނެ ކަމުގެ ބިރު ހިތުގައި އޮތްލެއް ބޮޑުކަމުން އިރުފާން އެތައް ޝަކުވާތަކާއި އެކުގައި ވެސް ހުންނަނީ މަޑުންނެވެ.
މިރޭ ވެސް ރަޔާހީން ނިދުމުން އިރުފާން އެނދުގައި އޮތީ ވިސްނުންތަކަށް ގެއްލިފައެވެ. ރަޔާހީންގެ ބަދަލުވަމުންދާ މިޒާޖު އޭނާގެ މުޅި ހަމަޖެހުން ނަގާލައިފިއެވެ. ކޮންމެސް ބޮޑުކަމެއް ވާން އުޅެނީއޭ ހިތަށް އަރަނީއެވެ. އެކަމާއި ފަރުހީންގެ މަރާ ގުޅުމެއްވެޔޭ އިރުފާންގެ ހިތަށް އެރުމާއެކު ފުންމައިގެން ތެދުވިއެވެ. އަލަމާރި ހުޅުވުމަށްފަހު ނެގި ފޮޓޯ ފްރޭމެއް ހޫރާލީ އެއްފަރާތު ފާރާއި ދިމާލަށެވެ. ނިދާފައި އޮތް ރަޔާހީން ސިހިފައި ފުންމައިގެން ތެދުވިއެވެ. ކުދިކުދިވެފައިވާ ބިއްލޫރިތައް ފެނުމުން ރަޔާހީން ބާރު ހިނގުމުގައި ގޮސް ތިރީގައި އިށީނދެ ތަޅައިގެން ގޮސްފައިވާ ބިއްލޫރިތަަކުގެ ތެރޭގައި އޮތް ފޮޓޮގަނޑު ނަގާ ބަލާލިއެވެ. އެއީ ފަރުހީނާއި ރަހާ އަދި އިރާގެ ތަސްވީރެކެވެ. ދެން ރަޔާހީން ރުޅިއައިއްސާ ބަލާލީ އަލަމާރި ކައިރީގައި ރަޔާހީނަށް ބަލަން ހުރި އިރުފާނަށެވެ.
“ތީ ބޮޑުވަރު. މިހާރު އަމިއްލަ އަށް ފަޅާއަރަމުން ތިދަނީ” ރަޔާހީން އިރުފާނަށް ދެލޯ އަލާލަމުން ބުނެލިއެވެ.
“ކޮބާތަ ބޮޑުވަރަކީ. ބަލަ ރަޔާހީން ތިއުޅެނީ ކޮންފާޑަކަށް. ބުނަން. މަށަކީ ވަރަށް ރުޅިގަދަ މީހެއް. އަހަރެން އަތުން ފައިން ގޯހެއް ހަދުވަން ނޫޅެއްޗެ” އިރުފާން ރުޅި އައިއްސާ ރަޔާހީނަށް ބުނެލިއެވެ.
“އަހަރެންނަށް ހެޔޮ އިރުފާން ކިތަންމެ ރުޅި އަޔަސް. އަހަރެން ބިރެއް ނުގަނޭ. ހީނުކުރައްޗެ އަހަރެންނަކީ އަހަރެންގެ ދޮންތަހާ ފިނޑި މީހެކޭ. މިހާރު މަށަށް އެނގިއްޖެ ދޮންތަގެ މަރުގެ ފަހަތުގައި ކަލޭގެ އަތެއް ވާކަން. އެހެންނޫންނަމަ މި ފްރޭމަށް ކޮންވަރެއް ތިބާލަނީ” އިރުފާނާއި ކައިރިއަށް ޖެހިލަމުން ރަޔާހީން ރުޅި އައިއްސާ ބުނެލިއެވެ. ތަންކޮޅެއް ދުރުގައި އަލިފާން ކަހަލަ ދެލޮލަކުން އިރުފާނަށް ބަލަން ބީހާލް ހުއްޓެވެ. ރަޔާހީނަށް އެހާ ޖެހިލުންކުޑަކޮށް ވާހަކަދައްކަން ކެރުނީވެސް އެތަނުގައި ބީހާލް ހުރީމައެވެ.
“އަހަރެންނަށް ހެޔޮ ރަޔާހީން ކޮންމެ ގޮތަކަށް ދެކުނަސް. ވަރަށް ދުވަހު އަހަރެން ކެތްކޮށްފިން. ކަމެއް ނުބުނެ ކޮންފާޑަކަށް މިހާރު ތިއުޅެނީ. އަހަރެންނާ އެއް އެނދުގައި ނިދަނީކީ ނޫން. ރަނގަޅަށް ބަހެއް ބުނަނީކީ ނޫން. ރުހިފައި ބަލާލަނީކީ ނޫން. ހީން އަށް އެނގޭތަ އަހަރެން ހީން ދެކެ ލޯބިވާވަރު” އިރުފާން އައިއްސާ ރުޅިފިލާ އިސާހިތަކު ދެލޮލުން ކަރުނަ ފާއްދާލިއެވެ.
“އަހަރެން ނުބުނަންތަ އަހަރެންނަށް ވަގުތު ދޭށޭ. އެހެންނޫނަސް އިރުފާން ތިކުރާ ކަންތަކުން އަހަރެން ހިތުގައި އޮތް ޝައްކު ބޮޑުވާނީ. ދޮންތަ މިހާރު އޮތީ އިރުފާން ތިކުރާހާ ކަމެއް ފެންނާނެ ހިސާބަށް ވުރެ މާދުރުގައި. ދެން ކޮންހާ އެކްޓެއް ތިޖައްސަނީ” ރަޔާހީން ރުޅިއައިސްގެން ކޮޓަރީ ދޮރު ޕަށްކިޔާ ޖެހުމަށްފަހު ނިކުމެގެން ދިޔައެވެ. އެމަންޒަރު ބަދިގެއިން ނިކުތް ފީރޯޒާ އަށް ފެނުމުން އެއްފަހަރު ނިކުމެގެން ދިޔަ ރަޔާހީނަށް އަނެއްފަހަރު ކޮޓަރިއާއި ދިމާލަށް ބަލާލިއެވެ.
ކޮޓަރިތެރޭގައި ވިސްނަން ހުރި އިރުފާން ރަޔާހީނަށް ފާރަލާން ނިންމީ ރަޔާހީން ކަމެއް ސިއްރުކުރާކަން އޭނާ އަށް ހީވާތީއެވެ. ނަމަވެސް ރަޔާހީން އޭނާ އަށް ވުރެ މާ ހުޝިޔާރެވެ. އިރުފާން އޭނާގެ ކަންތައްތައް ހުރި ނެތް ގޮތް ބަލާނޭތީ ރަމްލާ އާއި ގޭތެރެއިން ރަޔާހީން ބައްދަލުކުރަނީ ވަރަށް ވިސްނައިގެންނެވެ.
ކާމޭޒު ކައިރީގައި އިން އިރުފާން ކުރިމަތީގައި ކޮފީތަށި ބަހައްޓަމުން ފީރޯޒާ ޖެހިގެން ހުރި ގޮނޑީގައި ޖައްސާލިއެވެ. އިރުފާނަށް ވިސްނުންތަކުން ނިކުމެވުނީ އޭނާގެ އަތުގައި ފީރޯޒާ ކޮށްޓާލުމުންނެވެ.
“ރަޔާހީނާއި ދެކުދިން ކޮން އަރާރުމެއްވީ؟” ފީރޯޒާ ސީދާ ދިޔައީ މައުލޫ އަށެވެ.
“ހީން އަބަދު ފަރުހީންގެ މަރުގެ ވާހަކަދައްކަނީ. ކޮންމެސް ނުބައެއް އެބައުޅެޔޯ. މިހާރަކަށް އައިސް ވަރަށް ފާޑަކަށް އުޅެނީ. ރަނގަޅަކަށް ވާހަކައެއް ވެސް ނުދެއްކާ” އިރުފާންގެ ވާހަކަތަކުން ފީރޯޒާ އަށް މޭގައި އަތްއަޅާލެވުނެވެ. އެކަމަށް ރަޔާހީން ޝައްކު ކުރަންވީ ސަބަބެއް ފީރޯޒާގެ ވިސްނުމަކަށް ނައެވެ.
“ނާހަމަ ތެދެއްތަ؟ ފަހަރެއްގައި މިގެއިން ފިލައިގެން ދިޔަ ރަމްލާ ރަޔާހީނާއި ބައްދަލުކުރީކީ ނޫންބާ؟ މަންމަ އަށް ހަމަ ޔަޤީން” ފީރޯޒާ ޔަޤީން ކަމާއެކު ބުނުމުން އިރުފާނަށް ބަލާލެވުނީ ފީރޯޒާގެ މޫނަށެވެ. ދުލުން ބަހެއް ނުބުންޏަސް އިރުފާން ވެސް އެގޮތަށް ޤަބޫލުކުރިއެވެ.
“މަންމަ ތިބުނީ ރަނގަޅަށް. ހަމަ ޔަޤީން” އިރުފާން ވެސް ޔަޤީން ކަމާއެކު ބުނެލިއެވެ.
“އެހެންވީމަ ތިލޯބި އެއްފަރާތްކޮށް ރަޔާހީނާއި މެދު ފިޔަވަޅެއް އަޅަން ނުފެނޭތަ” އިރުފާން ސިހިފައި ފީރޯޒާ މޫނަށް ބަލާލިއެވެ.
“މިބުނީ ދަރިފުޅު ބޭނުންތަ މަންމަ އާއި ބައްޕަ މުސްކުޅިވި ދުވަހު ޖަލުގައި އޮންނަން. ބައްޕަ އޭނީ އިން ހާލު. ނޫނީ ދަރިފުޅަށް ކެތްވާނެތަ ޖަލުގައި އެކުޑަ ގޮޅީގައި އޮންނަން” ފީރޯޒާ ގެ ވާހަކަތަކަށް އިރުފާނަށް އެއްބަސް ވެވުނެވެ. އިރުފާން ވސްނުމެއްގައި ހުރެ ކޮޓަރި އާއި ދިމާލަށް ދިޔަ މަންޒަރު ބަލަން އިން ފީރޯޒާގެ ހިތުގައި ވެސް ވީ ބިރުވެރިކަމެވެ. ރަޔާހީނާއ މެދު ހިތުގައި ފޫހިކަމެއް އުފެދުނެވެ.
ދެދުވަސް ފަހުން ދަތުރުން އެނބުރި އައި ވިކްޔަން އަށް ސިޓިންގްރޫމުގައި އިން މައިސަރާ ބަލާލީ ވަރަށް ފާޑަކަށެވެ. މައިސަރާގެ މޫނުމަތި ފެނި ކަމެއްވެއްޖެކަން ވިކްޔަން އަށް އެނގުނެވެ. އެހެންކަމުން ކޮނޑުގައި އިން ދަބަސް ސޯފާ އަށް ދޫކޮށްލުމަށްފަހު އައިސް ހުއްޓުނީ މައިސަރާ ކުރިމަތީގައެވެ. މައިސަރާ ހީވެސް ނުލުމުން ވިކްޔަން ކަންބޮޑުވިއެވެ. މައިސަރާ ކަމަކާއި ހިތްހަމަނުޖެހުނަސް އެގޮތަށް ވާހަކަނުދައްކައެއް ނުހުންނާނެއެވެ.
މަންމާ ކަމެއްވީތަ؟” ވިކްޔަން ލަސްލަހުން އަހާލިއެވެ.
“މަންމާއޭ… ނޭނގުނު މީ މަންމަ ކަމެއް” މައިސަރާ ބުނެލިއެވެ.
“މަންމަ ކީކޭ ތިކިޔަނީ. އަޅުގަނޑަށް ކުށެއް ކުރެވިިފައިވާނަމަ މާފްކުރޭ” ވިކްޔަން އަދަބުވެރިކަމާއެކު ދެކަންފަތުގެ ކުޑަފޫޅުގައި ހިފާފައި ބުނެލިއެވެ. މައިސަރާ ކުޑަކޮށް ވިސްނާލުމަށްފަހު ވިކްޔަން އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީނެވެ.
“ތެދަށް ބުނާތި. މީގެ ކުރިން ވެސް ވިކީ ތީ މަންމަ އަށް ދޮގު ހެދި ކުއްޖެއް ނޫން” މައިސަރާ ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ވިކްޔަން އަށް އެނގޭއެވެ. ނަމަވެސް އެވާހަކަ މައިސަރާ ފާޅުކުރުމުން ނޫނީ އެއްޗެއް ނުބުނަން އިނީއެވެ.
“ކުއްލިއަކަށް ނިހާ ކައިވެންޏަށް ދެކޮޅު ހެދީ ކީއްވެ؟ ދަރިފުޅު އެކުއްޖާ އަށް ތި ދިނީ ކޮންކަހަލަ ދެރައެއް” މައިސަރާ ހަމަޖެހިލަމުން މަޑުމަޑުން ބުނެލިއެވެ.
“އަޅުގަނޑު ދެރައެއް ނުދެން މަންމާ. އަޅުގަނޑު ބުނިން ލޯބިނުވެވުނު ވާހަކަ” ވިކްޔަން އިސްޖަހާލަމުން ބުނެލިއެވެ.
“ކީކޭ! އަހަރެން ހަމަ ޚައިރާންވެއްޖެ. ވިކްޔަން ކޮން ވައްތަރަށް ތިއުޅެނީ. ދެމީހުން ރައްޓެހިވެގެން އުޅެފަ އެގުޅުން ކައިވެންޏާއި ހަމައަށް ދިޔަ ފަހުންތަ ލޯބިނުވާކަން އެނގުނީ. ވިކްޔަން އަށް ތިހެން ބުނެލަން ފަސޭހަޔަސް ވިސްނާލިންތަ އަނކާގެ ހިތް ކަން ހަލާކު އެކުރެވުނީ” މައިސަރާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ. އަޑުގައި ހަރުކަށި ކަމެއް ވިޔަސް ވާހަކަދެއްކީ މަޑުންނެވެ.
“މަންމާ ސޮރީ. އަޅުގަނޑު ނިހާ އާއި ރައްޓެހި ނުވަން. އަޅުގަނޑަށް މަންމަ އަށް މިކަން ސިއްރުކުރެވުނީ. އަޅުގަނޑު ޑްރާމާއެއް ކުޅުނީ ހީން ކުރިމަތީގައި. އަޅުގަނޑަށް މިކުރެވުނީ ގޯސްކަމެއް ކަން އެނގޭ. އެކަމު ނިހާ އަށް ވެސް އެނގޭނެ ފުރަތަމަ ފެށުނު އިރު ވެސް މީ ޑްރާމާއެއްކަން” ވިކްޔަން ދެއްކި ވާހަކަތަކުން މައިސަރާ އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. އޭނާގެ ދަރިފުޅު އެކުރީ އޭނާގެ ހިތަށް ވެސް ނާރާވަރުގެ ކަމެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





assalam likum and alhamdhulillah….. mi bai es huriha kudhinnah kamudhaane kamah heekuran. dhn in bai liyevunuha avahakah up koh dheynan. insha allah 🙂
Mihaaru haadha lahey up vaaaleh..kiyaalaaa hitun abadu beley up vefa tho ihnani
dhedhuvahun eh dhuvahu mi up kohdheny. evaru alhe lastha. sorry Mine. ehn kanthah ves kuran hunna gothun konme dhuvahaku up nukohdheveny
Wow… amazingly superb ??
thankyou ram 🙂
Wow mi part vx v v v habeys ???
thankyou shifu 🙂
Ya varah las up vaaleh nd den iny fahubai dhw mi bai hee vany thankohleh kuruhen vedaane kiyaa hiyy veema kamah and mi bai ves vvvvv v reeti❤❤❤ pls avahah up kobba waiting……
sorry nas 🙁 dhedhuvahun eh dhuvahu mi up kohdheny. varah undhagulun time hoadhany vahaka liyan 🙂
Wow. V furihama.
thankyou shifu 🙂
how many parts more??
maybe 1 or 2.
hey mi site ga huri emme salhi vaahaka thakakee kobaitha? hurihaa vaahaka eh kiyaa kujjaku huriyyaa list eh hadhaala dheeeba pleasssssssssssssssssssssssssssssssssssssssssssssssse
idea eh dheefaanan. vahakaige name thakah balaafa emme like vaa name eh ga in vahaka eh viyya kiyaalabala. ushaali fahaga kurany e gothah. aneh hen mi situn ushaali kiyaa vahakathah varah reethi 🙂
Hello someone….ushaa ge story thah v rythi vaane… N Saandy ge story thah ves v rythi vaane.. N Noor ge milkukohly hitheyves v rythi vaane.. N Eemyaa ge story thah ves v rythi vaane.. N Liaa ge vindhu loabin jehi hithehgai ves v rythi.. Migothah v rythi baivaru vaahakathah ebahuri
Masha Allah…. Haadha furihamaey mi baives.. Aslu ushaa ge story thah v rythi.. Hyvany mihaaru mi vaahakaves nimun annan varah kairi vehje hen dhw ushaa
Hello someone….ushaa ge story thah v rythi vaane… N Saandy ge story thah ves v rythi vaane.. N Noor ge milkukohly hitheyves v rythi vaane.. N Eemyaa ge story thah ves v rythi vaane.. N Liaa ge vindhu loabin jehi hithehgai ves v rythi.. Migothah v rythi baivaru vaahakathah ebahuri
I love this story. Can’t wait to read the next part. vikyan and rayaaheen are finally gonna get together! I’m so excited!
Vaahaka nimainee dhw.. Viki aa heen dhuru nukurah chayy.