ކާރު އައިސް ގޭގެ ދޮރުމައްޗަށް މަޑުކޮއްލުމާއެކު އެއިން ފޭބި ޖަނާ ހުރީ ފުސް މޫނު ހަދައިންނެވެ. ޑްރައިވަރު އަތަށް ރުފިޔާ ދިނުމަށްފަހު އީރަމް ފޭބުމާއެކު އެމީހުންގެ ފޮށިތަށް ޑްރައިވަރު ދޮރުމަތީ ބަހައްޓާލަދިނެވެ.ޖަނާ އޭނާގެ ފޮށި ހިފައިން އެތެރެއަށް ވަންނަން ހިނގައިގަތެވެ. “ޖަނާ.. މަޑުކޮއްބަލަ..” އީރަމް ބުނި އެއްޗެއް އަޑު ނީވޭ ކަމަށް ހަދަމުން ގޮސް ޖަނާ ގޭގެ ތެރެއަށް ވަނެވެ. އީރަމް ދައްކާ ބޭކާރު ވާހަކަ އަޑުއަހާ ހިތެއް އޭނާ ނެތެވެ. ޖަނާ ގެ ފަހަތުން އަވަސް […]
ޝައިމް އާއި މަލަކާއާއި ދޭތެރޭ ލެވެމުން ދިޔަ ފާރު އިސާހިތަކު ބިމާއި ހަމަވެއްޖެއެވެ. ޝައިމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. މަލަކާއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލީ ނުހަނު ލޯބީގެ ނަޒަރަކުންނެވެ. އެތައް ވާހަކަތަކެއް އެބެލުމުން ހިއްސާކުރަމުންނެވެ. “ޝައިމް ގަބޫލުތަ” ޝައިމް ބަހެއް ނުބުނުމުން ފާއިޒު އަހާލިއެވެ. ޝައިމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަގީގަތުގައިވެސް އޭނާއަށް އެލޯބި ލިބެނީ ހެއްޔެވެ؟ އަނައްކާ މީ އޭނާއަށް ފެންނަ ހުވަފެނެއް ނޫންބާވައެވެ. “ޝައިމް ކިހިނެތްވީ” ކާއިން އައިސް ޝައިމްގެ […]
އަނެއްދުވަހު ޝާމިރާ މާލެ ދޫކޮށްފައި ދިޔައީ އޮފީސް ދަތުރެއްގައި ރިސޯޓަކަށް ދަނީއޭ ބުނެފައެވެ. އައިޒަންއަށް އެކަމުން ޝައްކުނުވީ ޝާމިރާގެ މޮޅު ރޭވުންގަނޑުގެ ސަބަބުންނެވެ. ޝާމިރާ ދަމުން ދިޔައީ އިނާ އާއި އައިޝަމް އުޅޭލެއް ދުރުކަމުން ދެރަވާވަހަކަ ބުނެފައެވެ. އަދި އެކަމުންވެސް ހަމަޖެހުމެއްލިބޭނީ މާލޭ ބޭރުގައި އުޅެލީމައޭ ބުނުމުން އައިޒަން ފަސޭހައިން އެކަން ގަބޫލުކުރިއެވެ. މަންމަ ފުރުވާލާފައި އައިސް އޭނާ ގޭތެރެއަށް ވަނީ ހިތާހިތުން އައިޝަމްއަށް ކުދިކިޔަމުންނެވެ. ގޭތެރެއަށް ވަތްގޮތަށް އަޑަށް ބާރުލާފައި އައިޝަމްއަށް ގޮވުމުން އައިޝަމް ބޭރަށް […]
ދަރިފުޅުގެ އުމުރުން އަހަރަކަށް ވުރެ ބޮޑުވެފައިވާއިރު އެ ވިޔާނުދާ ޢަމަލުތައް ދެނެގަންނަން ނޭނގުނަސް ދަރިފުޅުގެ ލޮލަށް އެ ކަންކަން ފެންނާނެ ކަންކަށަވަރެވެ. އެއްވެސް ވަންހަނާކަމެއް ނެތި ދަރިފުޅުގެ ކުރިމަތީގައި ނަހަމަ އެތައް ކަމެއް ކުރާއިރު އެކަމުގެ ނުބައި އަސަރު އެއްވެސް ގޮތަކަށް ދަރިފުޅަށް ކުރުމަށް ޖާގަ ނުދިނުމަކީ އަހަރެންގެ ޒިންމާއެއް ކަމުން އެ ޒިންމާ އަދާ ކުރުމަކީ އަހަރެން ކުރަންޖެހޭނެ ކަމެއް ކަމުގައި އަހަރެން ގަބޫލް ކުރީމެވެ. އަދި އެޒިންމާ އަދާކުރުމުގައި ކިތަންމެ ބޮޑު އުނދަގުލެއް އުފުލަން […]
“ޝައިމް” މަލަކާ ޝައިމް ގައިގައި ބައްދާލިއެވެ. ވަރަށް ބާރަށެވެ. ދެން ދުވަހަކުވެސް ދޫކުރާނެ ހިޔާލެއް ނެތިއެވެ. ޝައިމްގެ މޭގައި މޫނުޖެހުމާއިއެކު މަލަކާގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޮހިގަތެވެ. އެހިތަށް ކެތްނުވީއެވެ. ގޮތެއް ނިންމާފައި އޮތަސް ޝައިމްގެ ފަސްފަހަތުން ދާން ހިތް އޮބި ނޯންނަ ވަރަށް ގޮވަމުން ދެއެވެ. “އޭ މަލާ.. މަލާ ނުރޮއި… އަހަރެން މިއަދުވެސް ބުނީމެއްނު ދެން އެއްމެ ފަހަރަކުވެސް މަލާ ރޯތަން އަހަންނަށް ފެނިގެންނުވާނޭ.. އެހާ އަވަހަށް ހަނދާން ނެތުނީތަ” ޝައިމް މަލަކާގެ ބޮލުގައި […]
އީލާމް އޭނާގެ ދަބަސް ހިފައިގެން ކެބިންއިން ނިކުންނަށް މިސްރާބް ޖެހިއެވެ. ” އަބީ އަހަންނަށް އިނގޭ އެއީ އަބީގެ ވައިފްކަން ، ސްކައި ހައުސްއަށް ދިއުމުން ތިހަބަރު އޮޅުން ފިލާފަ އޮތީ ، ލާހިކެއް ނޫން އަހަރެންގެ ދިރއުޅުން ހަލާކު ކޮށްލާފައި އަބީއަށް ހަމަޖެހިލައިގެން އުޅެން ” އަލީޒާ ގެ ތޫނު ބަސްތަކުން އަބީގެ ރުޅި ގަދަވަމުން ދިޔައެވެ. ” އަހަރެން ވިހަންދެން ހުންނާނީ އަބީ މަންމަމެން ގޭގަ ، ވިހައިގެން ދަރިފުޅަށް ކަންތައްކުރާނެ ގޮތް އިނގޭނީ […]
ފަތިހު ފުރި ލޯންޗު ނައިނާމެންނާއި އެކު އުނގޫފާރަށް ޖެއްސީ 9 ޖަހަނިކޮށެވެ. އަމާން ދަތުރަކަށްފަހު ނައިނާ ލޯންޗުން ފައިބާ އަމިއްލަ ރަށުގައި ފައިޖައްސާލުމާއި އެކު ކުރީ ތަފާތު އިހްސާސްއެކެވެ. ރައްކާތެރިކަން ލިބިއްޖެކަމަށް ހީކުރެވުނެވެ. ނައިނާ މުޅި ދިމާލަށް ބަލައިލިއެވެ. ބަދަލުތަކެއް ރަށަށް އައިސްފާވާއިރު ފެންނަނީ ތިން ހަތަރު ބުރިއަށް ހިއްލާފައި ހުރި އިމާރާތްތަކެވެ. އެއީ އޮފީސްތަށްކަން އިނގެނީ ނަންބޯޑު ބޮޑުއަކުން ލިޔެފައި ހުރުމުންނެވެ. ލޯންޗުގެ ކައްޕި ގުޅި ކާރު އައިސް އެމީހުންނާއި ކައިރިކޮށްލުމުން މާރިޔާއާއި ނައިނާއަދި އައިނާ […]
ވިދާލި ގަދަ ވިދުވަރާއިއެކު އުޑުމަތި އެކީ އެކައްޗަކަށް އަލިވެގެން ދިޔަ ވަގުތު ބޯވިލާތަކުގެ ނިވަލުން ކެރިގަނޑު އޮއްސާލީ އެއްފަހަރާއެވެ. ގަސްތަކުގެ ފަތްތަށް ގަދަވަޔާއި އެކު ވިއްސިގެން ދާއިރު ގުގުރީގެ ބާރު އަޑުފަށްގަނޑުން މުޅި ފަޒާ ގުގުމާލައެވެ. މާހައުލަށް ގަދަ ފިންޏެއް ވެރިވެފައި ވާއިރު ކަނު އަނދިރީގެ ތެރޭގައި ‘ރޯޒްވެލް’ ފެންނަނީ ބޮޑު ނާމާން ގަނޑުވަރެއް ސިފައިގައެވެ. ދަގަނޑުން ފަރުމާކޮށްފައި ހުރި ބޮޑު ގޭޓުގައި ފިނިފެންމަލެއްގެ ނިޝާން ވީއިރު އެތެރޭގައި ވަނީ ފުރިހަމައަށް އިމާރާތް ކުރެވިފައި ހުރި ގެއެކެވެ. […]
“އަހަރެންވެސް މި އުޅެނީ ކައިވެނި ކުރަން…..” ވަކިވަކިން ތިން ކުދިންނަށް ބަލައިލަމުން ޝިއުރީ ބުނެލިއެވެ. ޤަބޫލުކުރަން ދަތިވެފައި ޔަލްވީމެންނަށް ބަލަން ތިބެވުނީއެވެ. “މި ވީހާ ދުވަހު ދޮންބެ ތަޅުވާލައިފަ، އެންމެ ފަހުން ކައިވެނިކުރަން ދޯ ތި އެއްބަސްވީ….. އަހަރެން ވަރަށް އުފާވެއްޖެ….” ޝިއުރީގެ ގައިގައި ކުޑަކޮށް ބައްދާލަމުން މިޝްޔާ ބުނެލިއެވެ. _________________________________ ހިނިތުންވެފައި އިން މިޝްޔާ އެހެން ބުނުމުން ޝިއުރީގެ ހަނދާނަށް އައީ އިއްޔެ، ހިނގި ހާދިސާއެވެ. —————————————- { ގެއާއި ހަމައަށް ދެވުމުން ޝިއުރީ […]