ފަތިހު ފުރި ލޯންޗު ނައިނާމެންނާއި އެކު އުނގޫފާރަށް ޖެއްސީ 9 ޖަހަނިކޮށެވެ. އަމާން ދަތުރަކަށްފަހު ނައިނާ ލޯންޗުން ފައިބާ އަމިއްލަ ރަށުގައި ފައިޖައްސާލުމާއި އެކު ކުރީ ތަފާތު އިހްސާސްއެކެވެ. ރައްކާތެރިކަން ލިބިއްޖެކަމަށް ހީކުރެވުނެވެ. ނައިނާ މުޅި ދިމާލަށް ބަލައިލިއެވެ. ބަދަލުތަކެއް ރަށަށް އައިސްފާވާއިރު ފެންނަނީ ތިން ހަތަރު ބުރިއަށް ހިއްލާފައި ހުރި އިމާރާތްތަކެވެ. އެއީ އޮފީސްތަށްކަން އިނގެނީ ނަންބޯޑު ބޮޑުއަކުން ލިޔެފައި ހުރުމުންނެވެ. ލޯންޗުގެ ކައްޕި ގުޅި ކާރު އައިސް އެމީހުންނާއި ކައިރިކޮށްލުމުން މާރިޔާއާއި ނައިނާއަދި އައިނާ ފޮށިތަށް ލާފައި ހަމަޖެހިލިއެވެ. ކާރުގެ ޑްރައިވަރަށް ދާންވީ މަންޒިލް ބުނިއިރު ނައިނާގެ ހިތް ވަނީ ނުތަވަސްވެފައެވެ. ގެ އޮންނާނެ ގޮތެއް އިނގެނީކީ ނޫނެވެ. ޒުހާއާއި އޭނާ ކުރިމަތި ލާނެ ގޮތެއް އިނގެނީކީނޫނެވެ. އަތްފައި ފިނިވާންފެށުމުން ނައިނާ ދެއަތް ދެއަތާއި އުނގުޅަންފެށިއެވެ. އެތަން ފެނި މާރިޔާ ނައިނާގެ އަތުގައި ހިފަހައްޓާ ހުރިހާ ކަމެއް ރަނގަޅުވާނޭ ބުންޏެވެ.
ކާރު ގޭދޮރުމައްޗަށް ހުއްޓުމާއި އެކު ނައިނާ ނިކުތެވެ. ކައިރި ހުރި އަވައްޓެރި ދައްތައަކު ކުނިކަހަން އޮވެފައި ބޯ ހިއްލާލުމާއި އެކު ނައިނާ ފެނި ފުޅާ ހިނިތުންވުމެއް ދެމުން އެދިމާލަށް އައެވެ. އަދި ވާހަކަދައްކާލަފައި އެއްޗެއް ބޭނުންތޯ އަހަންފެށީ ހިތްހެޔޮކަމާއި އެކުގައެވެ. ނައިނާ މުޅިތަނަށް ބަލައިލިއެވެ. ހީވަނީ ކުނިކަހާފައޮތްހެންނެވެ. ގޭ ބޭރުވެސް އޭނާ ހީކުރިވަރަށްވުރެ ރީއްޗެވެ. ” އީއްކޮއާއި މި ގެ.. މީ އަހަރެމެންގެ ގުޅުމުގެ ފަހު ހަނދާންތަށް… އަހަރެން ދިރިއުޅުމަށް އެއްޗެއް ލިބުނިއްޔާ ލިބުނީ އަދި ބީވިއްޔާ ބީވީ މިގެއިން…..” ދެމާނަ އެކުލެވޭފަދައިން ނައިނާ އެހެން ބުނެފައި ބޮޑު ދޮރުކުރިމަތީ ހުއްޓުނެވެ. ކުޑަ ބެކްޕެކެއް އަޅުވާލައިގެން ހުރި އައިނާ މުޅިތަނަށް ބަލަމުންދިޔައިރު އޭނާއަށް މިހުރިހާ ކަމެއްވީ ވަރަށް އާކަންތަށްތަކަށެވެ.
ނައިނާ ކޮރާލާފައި ފެންލައިޓް އިންތަނުގައި އަތް ހާކަންފެށީ އެތާ ތަޅުދަނޑި އިންނާނެކަމުގެ އުއްމީދުގައެވެ. ކަންވީވެސް އެހެންނެވެ. ތަޅުދަނޑި އަތުގައި ޖެހުމާއި އެކު ނައިނަ ހަމަޖެހިލާފައި ތަޅަށް ހެޔޮވަރުކޮށްލިއެވެ. އެތެރެއަށް ވަތް ނައިނާ ގެ ލޮލުކުރިމައްޗަށް ސިފަވެގެން ދިޔައީ އޭނާގެ ކުރިމަތީ މަންމަ ނިޔާވެގެން ދިޔަތަނެވެ. ފާލިހު މަންމައަށް ދިން އަނިޔާއެވެ. ނައިނާ އަށް ކުރި އަނިޔާއެވެ. އެއަށްފަހު ސިފަވަމުން ދިޔައީ އައިޒަން އާއި އޭނާ އުޅުނު ގޮތްތަކުގެ ހަނދާންތަކެވެ. ބޮޑު ބަނޑަކާއި އެކު ނައިނާ ހުރިތަނެވެ. އައިޒަން ނައިނާ އިށީނުމަށް އެހީވާތަނެވެ. ނުވަތަ ކޮޓަރިއަށް ގެންދަން އެހީވާތަނެވެ. ސިޓީންގްރޫމްގައި އިނދެ ނައިނާ އަށް ގެނައި ހަދިޔާތަށް ހުޅުވިތަނެވެ. ސޯފާ މަތީ ނައިނާ އެ އަތުތެރެއަށް ލައިގެން ޓީވީ ބަލަން އިންނަތަނެވެ.
ނައިނާ ސިހުނީ މާރިޔާ ވަހަކަދައްކަންފެށުމުންނެވެ. “އެހާ ކިލައެއްނޫން އެތެރެވެސް ސާފުކޮށްފައި މިހުރީ..” މާރިޔާ ބުންޏެވެ. ނައިނާ ނޭފަތް ދަމާލުމަށްފަހު ލޮލަށް ޖަމާވި ކަރުނަތަށް ހިންދާލިއެވެ. އޭރުވެސް އައިނާ ދިޔައީ ފަރުވާތެރިކަމާއި އެކު ހުރިހާތަނަކަށް ބަލަމުންނެވެ. “މަންމީ މީތަ އީއްކޮ އާއި މަންމިގެ ގެ؟ ބައްޕި ހަދައިދިން ގެ؟” އައިނާ ދެލޮލަށް ގޮތެއް ހަދާލާފައި އެހެން ބުނުމުން ނައިނާ ހީލާފާ ލައްބައޭ ބުންޏެވެ.
ނައިނާ އެތެރެއަށް ވަދެފައި އައިނާ ކޮޓަރިއަށް ވެއްދިއެވެ. އަދި މީ އައިނާ ކުޑައިރު އުޅުނު ކޮޓަރިއޭ ބުނެފައި އޭނާވެސް މުޅިތަނަށް ބަލައިލީ ކުރީގެ އެތަށް ހަނދާނެއް މިކުޑަކުޑަ ކޮޓަރީގައި ގައިދުވެފައިވާތީއެވެ. ބަލާލި ކޮންމެތާކުންވެސް ފެންނަނީ އައިޒަންއެވެ. ކޮޓަރިވެސް އޮތީ ވަރަށް ރީއްޗަށް ސާފުކޮށްފައެވެ. ޒުހާ ބާ އޭ ހިތާ ނައިނާ ބޭރަށް ނިކުމެފައި މާރިޔާއަށް ކޮޓަރިއެއް ދައްކާލިއެވެ. ބަދިގެއަށް ގޮސް ވަނީ ކާ އެއްޗެހި ހަދަން އެއްވެސް އެއްޗެއް ނުހުންނާނޭ ބުނެފައެވެ. ގޭގެ ކޮންމެ ތަނަކަށް ނައިނާ ބަލަމުންދިޔައިރު އޭނާ މިގޭގައި އުޅުނުގޮތް ހަނދާނަށް އަންނަމުންދިޔައެވެ. އެހަނދާންތަކާއި އެކު އެހިތަށް ލިބެނީ ވޭނީ ޒަހަމެވެ. މަންމަ ހަނދާނަށް އަންނައިރު މަންމަ ނެތްކަން ހަނދާންވެއެވެ. އައިޒަން ހަނދާނަށް އަންނައިރު އައިޒަންވެސް ނެތޭ ހިތަށްއަރައެވެ. ކޮންމެއަކަސް ނައިނާ މަންމަ ނައިނާއާއި ވަކިވީ އައިޒަން ވެސް އޭނާ އާއި ވަކިވި ދުވަހުގައެވެ. އެދުވަހަކީ އޭނާގެ ހިތުން ފިލައިގެން ނުދާނޭ ދުވަހެކެވެ.
ނައިނާ ކޮޓަރިއަށް ވަތްއިރު އައިނާ މުޅިތަނަށް ބަލަމުންދިޔައެވެ. ފާރުގައި ހަރުކޮށްފައި ހުރި ކޮންމެ ފޮޓޯ ފްރޭމްއަކަށް ބަލަމުންދިޔައިރު އެއީ ބައްޕަހޭ ނައިނާއާއި ސުވާލުކުރިއެވެ. ނައިނާ އައިނާ އުރާލާފައި ފޮޓޯ ފްރޭމްތަކާއި ކައިރިކޮށްލިއެވެ. އަދި އެއީ ބައްޕިއޭ ބުނެދީފައި އައިނާ ކުޑައިރުގެ ފޮޓޯތަށްވެސް ދައްކާލިއެވެ. “އަދިވެސް ހުންނާނެ ބައްޕިގެ ގަމިސް އަލަމާރީގައި..” ނައިނާ ހީލާފައި އެހެން ބުނެ އަލަމާރި ހުޅުވާލިއެވެ. އަޅުވާފައި ހުރި ގަމިސްތަކުގެ ބަދަލުގައި އޭނާއަށް ފެނުނީ ރީތިގޮތަކަށް ފަތްޖަހާލާފައި ކިލާނުވާނެހެން ފޮރުވާފައި ހުރި އައިޒަންގެ ގަމިސްތަކެވެ. އެއިންކޮންމެ އެއްޗެއް ވަކިން ނަގާފައި މެއާއިލާ ކައިރިކޮށްލިއެވެ. “މަންމީ ބައްޕި އަންނާނެ ދޯ އީއްކޮއާއި އެކު އުޅެން އަދި؟” އައިނާ ކޮށްލި ސުވާލުގެ ޖަވާބެއް ހުދު ނައިނާއަސްވެސް ނޭނގެއެވެ. އޭނާވެސް އެ ސުވާލުގެ ޖަވާބު ބޭނުންވެއެވެ. އޭނާވެސް އެ ސުވާލު އެހެން މީހަކާއި ކޮށްލަން ބޭނުންވިއެވެ.
ނައިނާ ބޭރަށް ނިކުތީ މީހަކު ގޮވާއަޑަށެވެ. އެއީ ގޭ ކައިރި އުޅޭ ދައްތައެވެ. އޭނާ ކާ އެއްޗެހި ގެނެސްދިނީކަމަށް ބުނެ ކާގެއަށް އެ އެއްޗެހި ވެއްދިއެވެ. “އިނގޭ ނުހުންނާނެކަން ކާ އެއްޗެއް އެހެންވެ މިގެނެސްދިނީ… ހަމަޖެހެންދެން ދައްތަގެ ގެއިން ކާންވާނީ…..” ހީލާފައި ދައްތަ އެހެން ބުނެ ހިނގައިގަތުމުން ނައިނާ ޝުކުރުއަދާކުރިއެވެ. ނައިނާ އައިނާ ގެ އަތުގައި ހިފަހައްޓައިގެން ބޭރަށް ނިކުތުމާއި އެކު ސިހިފައި އައިނާ އެތެރެއަށް ދަމައިގަނެވުނީ ސައިކަލެއް ކުއްލިއަކަށް ދޮރުމައްޗަށް ހުއްޓުމާއި އެކުގައެވެ. އައިނާ އަށް ކަމެއްވީތޯ ބަލާލާފައި ރުޅިވެރިކަމާއި އެކު ސައިކަލުގައި އިނީ ކާކުތޯ ބަލާލިއެވެ. އެއާއި އެކު އެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ސައިކަލުގައި އިން ޒުހާ އާއި އަކުރަމްއަށްވެސް ވީއެވަރެވެ. ސައިކަލުން ޒުހާއަށް ފޭބުނު ގޮތެއްވެސް ނޭނގުނެވެ. ނައިނާގެ ގައިގާ ބައްދައިގަނެފައި ރޯންފެށިއެވެ. ނައިނާ ހީލާފައި ޒުހާގެ ބުރަކަށީގައި ފިރުމާލާފައި ސައިކަލުން ފޭބި އަކުރަމްއަށް ބަލައިލިއެވެ. “އަހަރެންނަށް އިނގޭ ނައިނާ އެއްދުވަހުން އަންނާނެކަން.. އަކޫ އަހަރެން ބުނީމެއްނު ނައިނާ އަންނާނޭ… އަހަރެމެންގެ ނާ އަންނާނެޔޭ..” ރޮއެރޮއެފައި ޒުހާ އެހެން ބުނުމުން ނައިނާގެ ހިތަށްވެސް އަސަރުކުރިއެވެ. އެކުވެރިންނާއި ދުރުގައި އުޅެންޖެހުނީ އަމިއްލަ މޮޔަވިސްނުމެއްގެ ސަބަބުންނެވެ.
“މީ.. މީ އީއްކޮތަ؟؟” އަކުރަމް އައިނާއަށް އިޝާރާތްކޮށްފައި އެހެން ބުނުމުން ނައިނާ އާއެކޭ ބުންޏެވެ. ޒުހާވެސް ނައިނާ އާއި ދުރަށްޖެހިލާފައި އައިނާއަށް ބަލައިލިއެވެ. އަދި ލޯބިކޮށްލާފައި އެކޮލުގައި ހިފާފައި ސަލާމަތްކޮށްލިއެވެ. ނައިނާ އުފަލުން އެދެމީހުން އެތެރެއަށް ވެއްދިއެވެ. “ޒުހާ އަންނާނެ ތިންދުވަހުން އެއްދުވަހު މިތަން ސާފުކުރަން.. އޭނާއަށް އިނގެޔޭ ނާ އެއްދުވަހުން އަންނާނެކަން…” އަކުރަމް ބުނި އެއްޗަކުން ނައިނާ ޒުހާއަށް ބަލައިލިއެވެ. ޒުހާ ހޭންފެށުމުން ނައިނާ ޝުކުރުއަދާކުރިއެވެ. ޒުހާވެސް ހުރީ ކުރިއަށްވުރެ ކުޑަކޮށް ފަލަވެފައެވެ. ނައިނާ އުއްމީދުން ފުރިގެންވާގޮތަކަށް ކައިވެނިކުރީހޭ އެހުމުން ޒުހާ ބޯޖަހާލިއެވެ. “ކާއިލް ހުންނާނެ… 2 އަހަރު ވީ އެގެން ކާއިލްއަށް…” ޒުހާ އެދެމީހުންގެ ދަރިފުޅު ގެ ވާހަކަ ބުނެދިނެވެ. އައިނާ އެދެމީހުންނަށް ބަލަންހުރީ ބީރައްޓެހިނަޒަރަކުންނެވެ. މާރިޔާވެސް ކޮޓަރިން ނިކުމެ އައުމުން ނައިނާ އެދެމީހުން ކައިރި މި ހުރިހާ ދުވަހު އުޅުނީ މާރިޔާ ކައިރިކަމަށް ބުނެދިނެވެ.
ޒުހާ އުފަލުން ހުރީ ފޮޅިފައެވެ. އިރުއިރުކޮޅާ ނައިނާގެ ގައިގާ ބައްދާލާއިރު އައިނާއާއިވެސް ކުޅެލައެވެ. އަކުރަމް އައިނާ އެ އަތުތެރެއަށް ލައިގެން އިނދެ އެއީ ކޮންބައެއްކަން ބުނެދިނުމުން އައިނާއަށް އިނގި އެމީހުންނާއި ވާހަކަދައްކަންފެށިއެވެ. ނައިނާ ހުރީ އެ އެންމެންގެ ވާހަކަވެސް އެމީހުންނާއި ހިއްސާކޮށްފައެވެ. “އަހަރެންނަށް ގަބޫލެއްވެސް ނުކުރޭ.. ފަސް އަހަރުފަހުން އަހަރެންގެ ނާ އާއި އީއްކޮ ފެނުނީމަ… އީއްކޮ ދިޔައިރު ކިރިޔާ ހިނގަން އުޅޭނީ އެކަމް މިހާރު ބަލާބަ ބޮޑުވެފައި ހުރިވަރު… އައިޒަން އާއިވެސް ވައްތަރު ގޮތެއް ހުރޭ ދޯ؟” ޒުހާ އެހެން ބުނުމުން ނައިނާގެ ހިނިތުންވުން ފަނޑުވިއެވެ. އެކަން ޒުހާއަށް އެނގި ވަގުތުން މައުލޫ ބަދަލުކޮށްލިއެވެ. އަދި އަކުރަމް ފޮނުވީ ގެޔަށް އެއްޗެހި ގަތުމަށް ބުނެފައެވެ.
ނައިނާވެސް ދައްތަ ގެނެސްދިން ކާ އެއްޗެހި މޭޒުމަތީ އަތުރާލާ އެންމެންނަށް ކާންގޮވިއެވެ. އައިނާ އުފަލުން އިށީނދެ ކަމުން ދިޔައިރު ޒުހާ ކައިރި އޭނާއަށް އައިޝަމް އާއި ޖިނާހްއާއި ލަހުފާއާއި ދިމާވި ވާހަކަ ފޯރީގައި ދެއްކިއެވެ. ޒުހާ ހުރީ ކަންތަށް އޮޅުންފިލުވަން ވަރަށް ބޭނުންވެފައެވެ. މާރިޔާ އަކީ ކާކުކަމާއި މިހުރިހާ ދުވަހު އުޅުނީ ކޮންތާކުކަން އިނގެންބޭނުންވެފައެވެ. އެކަން މާރިޔާއަށް ދެނެގަންނަން އުނދަގުލެއްނުވިއެވެ. ކައިގެން އައިނާ ގޮވައިގެން އެތަނުން ނިކުތީ އެއްޗެހިތަށް ދަބަހުން ނަގަން ހިނގާށޭ ކިޔާފައެވެ. ނައިނާވެސް އެވަގުތަށް އިންތިޒާރުކޮށްކޮށް އިންދާ އެކަންވުމުން ޒުހާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި ފާލިހުއަކީ ކިހާވަރެއްގެ މީހެއްކަމާއި އައިޒަން ގެ ވާހަކަވެސްމެއެވެ. ރޭގައި ޝާމިރާ އޭނާއާއި ދެއްކި ވާހަކައާއި އައިޒަން ޖިނާހް ކައިރި ބުނި ވާހަކައެވެ. އެހުރިހާ ވާހަކަތަކެއް އަޑުއަހަން އިން ޒުހާ އިނީ ހަމަ ހައިރާންވެފައެވެ. މަންމައަކަށްވެ ހުރެ އެވަރުގެ ކަމެއް ޝާމިރާ ކުރީތީ އެތަކެއް ފަހަރު ޝާމިރާއަށް އެއްޗެހި ކިޔެވެ. އަދި އައިޒަން ހެޔޮލަފާ ފިރިއަކަށް ނުވީތާނގައި މަންމަކުރިމަތީ ފިނޑި ފިރިހެނަކަށްވެސް ވީއެވެ.
……………………………..
“އަހަރެން މީ ފަހުފަހަރު އަހާ!! ކޮބާހޭ ނައިނާ!” ރުޅިއައިއްސާ ހުރި އައިޒަން އެ ސުވާލުކުރިއިރު ދެމީހުންނަށް ތިބެވުނީ އޮފީހުގެ ކެންޓީންގައި ކަމެއްވެސް އޭނާއަށް ރޭކައިނުލިއެވެ. ބައެއް މީހުންގެ ނަޒަރު އެމީހުންނަށް ދިޔައެއްކަމަކު އައިޒަން ވެސް ޖިނާހްވެސް އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. “އަހަރެންނަކަށް ނޭނގެ.. ގުޅައިފިން ވަރަށް.. ފޯނު އޮންނަނީ ނިއްވާލާފައި… ނައިނާ އެއް ނުބުނެ އަހަރެން ކައިރިއަކު ދާތަނެއް…” ޖިނާހް މަޑުމައިތިރިކަމާއި އެކު އެހެން ބުނިނަމަވެސް އައިޒަން އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. “މަށަށް އިނގެޔޭ އިނގޭނެކަން.. އެކަމް ބުނަން އަހަރެން އޭނާ ހޯދާނަން!!! އަހަރެން މަންމައާއި ދިމާލަށް ބޭނުން އެއްޗެއް ކިޔާފައި އެވައްތަރަށް މަންމަ ކޮށްޕާލާފައި ނުކެރޭނެ އެހެން އުޅޭކަށެއް…” މޭޒުގައި ގޮއްމުށުން ޖަހާލާފައި އައިޒަން އެހެން ބުނިއިރުވެސް އެނާ މަސައްކަތްކުރަމުން ދިޔައީ ރުޅި ކޮންޓްރޯލްކުރެވޭތީއެވެ.
އައިޒަން ޖެހުމާއި އެކު މޭޒަށް ލޮޅުންގަނޑެއް އަރާ ކޮފީތަށިވެސް ނުވެރުނީ ކިރިޔާއެވެ. “އަހަރެންނަށް މިފެންނަ ނައިނާ އައިޒަންއަށްވެސް ފެންނާނެ، އެންމެ ފަހަރަކު ނަމަވެސްތި ލޮލުގައި އަޅާފައިވާ ފޮތިގަނޑު ނައްޓާފައި ބަލާބަލަ އެ ނައިނާއާއި ދިމާ… މަންމަ އެކަންޏެއްނޫނޭ އެ ޤުރުބާންވަނީ.. ނައިނާވެސް ޤުރުބާންތަކެކޭ އެވަނީ.. މީހެއްގެ އަތްބަކަށްވެ ހުރެ ވެވޭނެ އެންމެ މަތީ ދަރަޖައަށް އޭނާ އެ ޤުރުބާންވަނީ.. ނައިނާ އެކަންޏެއް ނޫން.. ނައިނާ މަންމަވެސް ނައިނާއާއި އީއްކޮއަށްޓަކައި އަމިއްލަ ނަފްސް މަރުގެ ތުންފަތްމައްޗަށް ކޮށްޕާލީ ގައިމުވެސް އެ ހިތުގައި އައިޒަން އެދެމީހުން ބަލާނެކަމުގެ އުއްމީދު އޮންނާނެތީއެއްނު… އެދެމީހުން އައިޒަންއާއި ހަވާލުކުރަމުން އައިޒަންއަށް ބެލޭނެކަން އިނގޭތީ… އައިޒަން އަށް އިނގޭތަ ނައިނާ މަންމަ އައިޒަންއަށް ކުރާ އިތުބާރު..؟؟ އޭނާ މިވަގުތު ދުނިޔޭގައި ހުރިނަމަ އައިޒަންއާއި މެދު ވިސްނާނެ ގޮތް ދެކިބަލަ.. އަހަރެން ކައިރިވެސް ބުނަމެއްނު ނައިނާ މަންމައަކީ ތިމަންމަގެވެސް މަންމައޭ… އެ މަންމަ އައިޒަންއާއި މެދު ދެކޭނެ ގޮތް ދެން ވިސްނަބަލަ.. އެ މަންމައަށްޓަކައި ނަމަވެސް ނައިނާއާއި މެދު ވިސްނަބަލަ…” ޖިނާހް އެއްވެސް ވަރަކަށް ރުޅި އިސްކުރުމެއްނެތި ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. އައިޒަން ހަމަހިމޭންކަން އިހްތިޔާރުކުރިއިރު އެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެވާހަކަތަކެވެ. ޒާހިދާމަތިން ހަނދާންވިއިރު އޭނާގެ ކަންފަތަށް އިވެމުން ދިޔައީ ޒާހިދާ ދައްކާ ވާހަކަތަކެވެ. ޒާހިދާ އޭނާއަށް އިތުބާރު ކުރަމުން ނައިނާ އާއި އޭނާގެ ކައިވެންޏަށް އެއްބަސްވީގޮތެވެ. އައިޒަން އެހެން އިނުމުން ޖިނާހް ދާން ހިނގައިގަތެވެ.
“އައިޒަން.. އީއްކޮ އަކީ އައިޒަންއާއި ނައިނާގެ ދަރިފުޅު.. އެ ދަރިފުޅު ނައިނާ ބަލަނީ ވަރަށް ލޯބިން… އައިޒަންގެ މަންމަ އެ ހަދަނީ ހުސްދޮގު… ހުސް ދޮގު…!” ޖިނާހް ފަހު ޖުމްލަ އިވިފައި އައިޒަން ޖިނާހް މޫނަށްބަލައިލިއެވެ. އެމޫނުމަތިން ފެންނަނީ ޔަޤީންކަމެވެ. އެފަދަ ޔަޤީންކަމެއް އައިޒަންވެސް ނައިނާގެ މަންމައަށް ދިނެވެ. ނައިނާ ދެރަނުކުރާނެކަމަށާއި ދުރުނުކުރުމަށް ބުނީ ހަމައެގޮތަކަށެވެ. ޖިނާހް ދިޔަދިމާ ބަލަހައްޓައިގެން އިން އައިޒަންގެ ހިތުގައި ފުރަތަމަ ފަހަރަށް މަންމަ ދެއްކި ވާހަކައާއި މެދު ސުވާލުއުފެދުނެވެ. ނަމަވެސް މަންމަ ދޮގުހަދަންވީ ސަބަބެއްނެތެވެ. ދޮގުހަދައިގެން ދެވަނަ ފަހަރަށް އައިޒަންގެ ދިރިއުޅުން ހަލާކުކޮށްލަން މަންމަ އުޅެފާނެބާއޭ އައިޒަން ހިތަށްއެރިއެވެ. ދެވަނަ ސިކުންތުގައި މޫޑު ބަދަލުކޮށްލާ ރުޅިވެރިކަމާއި އެކު ޝާމިރާއަށް ގުޅާ ނައިނާ ވީތަނެއް ނޭނގޭ ބުންޏެވެ.
“ކޮންތާކަށް ފިލޭނީ؟ އަހަރެން ނައިނާ ހޯދާފައި ނޫނީ ދުލެއްނުކުރާނަން.. މުޅި ދިރިއުޅުން ހަލާކުކޮށްލާނަން.. އެކަނިވެރިކޮށްލާނަން.. ދުނިޔެއިން ނިމިގެން ދާވަރު ކޮށްލާނަން..” ފޯނު ކަނޑާލި ޝާމިރާ ބާރުބާރަށް އެހެން ކިޔަންފެށިއެވެ. އޭނާ އަށް އައިޒަން އޮޅުވާލަން ޖެހުނީ ނައިނާއާއި ހެދިއެވެ. ލަމްހާއާއި ކައިވެނިކޮށް އެކަމުން ކުންފުންޏަށްވެސް ލިބެން އޮތް ފައިދާއާއި ރޭވިހާ ރޭވުންތަށް ފެނަށްވެގެން ދިޔައީ ނައިނާއާއި ހެދިއެވެ. އައި ރުޅީގައި ޝާމިރާ ނަމްބަރެއް ޑައިލްކޮށްލާފައި ގުޅާލިއެވެ.
“ހަލޯ! އަހަރެންނަށް ނައިނާ ވީ ތަން ހޯދައިދީ.. އިތުރުކަމެއް އަހަރެން ބޭނުމެއްނޫން.. ކޮންމެ ގޮތެއް ހަދާފައިވެސް އެ ނައިނާ އަހަރެން ބޭނުމީ..” ފޯނުނަގާ ޝާމިރާ އެހެން ބުނިއިރު މީހާގެ ގައިން ތުރުތުރުވެސްއަޅައެވެ. “އަހަރެން އަހަރެންނަށް ކުރެވެން ހުރި މަސައްކަތެއް އެބަ ކުރަން… ގައިމުވެސް އޭނާ މާލެއަކު ނެތް… މިތާ އޭނާ އުޅުނީ ކޮންބަޔަކާއި އެކު ތޯ އިނގިގެން ނޫނީ މިކަމެއްނުވާނެ…” އެކޮޅުން ލިބުނު ހަބަރުން ޝާމިރާ އަޑަށް ބާރުލާފައި ހަޅޭލަވައިގަތެވެ. އޭނާއެކޭ ގޮވަންވެފައިހުރި ފަރުބަދައެކޭ ތަފާތެއްނެތެވެ.
ނޭވާ ފުންކޮށްލަމުންދިޔައިރު ދެދަތްޕިލަ ހުރީ ޖައްސާ ބާރުކޮށްލެވިފައެވެ. އަތްމުއްކަވާލެވިފައި ހުރިއިރު މިވަގުތު ނައިނާ ކުރިމަތީ ހުރިނަމަ އެއަތުންޖަހާ އޭނާގެ ސޫރަވެސް ފާހަގަނުވާވަރު ކުރީހެވެ. “ކަލޭ ކައިރި އަހަރެން ބުނީ ނައިނާ ހޯދަން.. އަހަރެން ބޭނުމެއްނޫން އޭނާ އުޅެނީ ކާކުކައިރިތޯ ބަލާކަށް… އަހަރެންނަށް ހަމައެކަނި އަންގަންވީ ނައިނާ ކޮބައިތޯ.. އިތުރު ހާސަރެއް ނުދަމާ ތިކަން ނިންމާ އަދި ފާލިހު ނައިނާ އާއި ދެމެދު އޮތް ކަންތަށްގަނޑު އަހަރެންނަށް ރީއްޗަށް އިނގޭނެހެން ހޯދާ!” އަމުރުވެރިރާގަކަށް އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އެނދުމައްޗަށް ފޯނު ހޫރާލާފައި ދެފަރާތަށް ހިނގަމުން ދިޔައިރު އެ ސިކުނޑި ހީވަނީ ގޮވާފާނެހެންނެވެ. ނައިނާ ނުފެނިއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. ބަދަލުހިފުމުގެ ރޫހު އަށަގަނެފައި ހުރުމުން އޭނާ އެކަން ނުކޮށް ދޫދޭކަށް ބޭނުމެއްނުވެއެވެ. ނައިނާ ކުޅެލީ އޭނާގެ ދިރިއުޅުމުގައި އެންމެ ހާއްސަ އެކައްޗާއެވެ. އޭގެ އިތުރަށް ނައިނާގެ ސަބަބުން ކުންފުނީގެ ނަމުގައި ހާސިލްކުރަން އުޅުނު ލާރިގަނޑު އަތުނުވެ އެކަމުންވެސް އުއްމީދުކަނޑާލަންޖެހުނީއެވެ. ނައިނާއަށް އޭގެ އަދަބު ނުލިބެނީހެއް ޝާމިރާ ދުލެއްނުކުރާނެއެވެ.
……………………
އަނދިރިވެފައިވާ ދުނިޔެމަތީގައި ފިޔަޖަހަމުން ދިޔަ ވިލާތަށް ހަނދުގެ އަލި އެޅިފައިވާތީ ދާ މިޝްރާބު ރީއްޗަށްއިނގެއެވެ. އެމަންޒަރު ބަލަންއޮތް ނައިނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދިޔައީ އައިޒަންއެވެ. އޭނާ ދާނެ މިޝްރާބެއް މިއަދަކު ނޭނގުނެވެ. މިޝްރާބު ހޯދަން އެ އަނދިރިގަނޑުތެރެއަށް އަލިކޮށްދޭނެ ހަނދެއް ނެތެވެ. އޭނާ ދެން ކުރާނީ ކީއްހެއްޔެވެ؟ “ދެން މިގެއިން ނުވެސް ދާން ނިންމައިގެންތަ ތިއޮތީ؟” ހިޔާލީ ދުނިޔެއިން ބޭރުވެފައި ނައިނާ ސުވާލުކޮށްލީ އޭނާ ކައިރި އުނދޯލީގައި އޮތް ޒުހާއާއެވެ. ޒުހާ އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ނައިނާ އެހެން ބުނުމުން ފޯނު ނިއްވާލާފައި ނައިނާއަށް ބަލައިލިއެވެ. “ހީވަނީ ދެންވެސް ނައިނާ ގެއްލޭނީއޭ… އަހަރެން ދެން ބޭނުމެއްނޫން ނައިނާ ގެއްލޭކަށް.” ޒުހާ އެހެން ބުނުމުން ނައިނާ ހީލާފައި ޒުހާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ދެން ނުގެއްލޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިނެވެ. އެ މައުލޫއަށް ވާހަކަދައްކަން ނޭދޭތީއާއި ހިޔާލުތަކުން ބޭރުވާންވެގެން ނައިނާ ފެށީ ޒުހާގެ ދަރިފުޅުގެ ވާހަކައެވެ. އެއަށްފަހު ނައިނާ އާއި އައިނާ ފެނިގެން ޒުހާ މަންމަ ބައްދަ ބައްދާފައި އުޅުނު ގޮތުގެ ވާހަކައެވެ.
“ހިތަށް އަރާ މަންމަ ހުއްޓަސް ހަމަ ޒުހާ މަންމަ ގޮތަށް އީއްކޮ ގޮވައިގެންނޭ އުޅުނީހީ.. އަބަދު ކައިރި ބަހައްޓައިގެން ހުރިހާ ކަމެއް ކުރާނެޔޭ.. އީއްކޮ އެހާ ބޮޑުވެފައި ހުރިތަން ފެނި މަންމަ ވަރަށް އުފާވާނޭ… އެކަމް ދެން ހިތަށް އަރަނީ ކޮންމެކަމެއްވެސް ވާނީ އެންމެ ރަނގަޅަށޭ… މަންމަ ދުނިޔޭގައި ހުރިނަމަ އަހަރެންނާއި އީއްކޮ މިހާލުގައި އުޅޭތަން ފެނި އެތަށް މަރަކުން މަރުވީސް.. އެހިތަށް ވަރަށް ތަދުވާނެ.. މަންމަ އައިޒަން އަށް ކުރާ އިތުބާރު އަހަރެންނަށް އިނގޭ… ބައެއްފަހަރު ހިތަށްއަރާ މަންމަ ފަހުނޭވައި އެ ދޫކޮށްލީ އަހަރެންނާއި އީއްކޮ އައިޒަންއާއި ހަވާލުކޮށްފައޭ.. މަންމަ ނެތަސް އަހަރެން ދިރިއުޅުމުގައި އައިޒަން ހުންނާނެކަމާއި މަންމަ ފަދައިން މި ދިރުއުޅުން ލޯތްބާއި އުފަލުން ފުރާނެކަމުގެ ޔަޤީންކަން އޮތީމައޭ.. އެކަމް……” ނައިނާ އިތުރަށް ފުރިހަމަ ކުރާކަށް ބޭނުމެއްނުވިއެވެ. ލޮލުން ވެއްޓެން ދިޔަ ކަރުނަތަށް ފޮހެލާފައި މީހާ ހަމަޔަކަށް އަޅާލިއެވެ. ޒާހިދާގެ ހަނދާންވާ ކޮންމެފަހަރަކު ހަނދާނަށް އަންނަނީ ޒާހިދާ އައިޒަންއޭ ކިޔައިގެން ކިޔާ އެއްޗެއްސެވެ. އައިޒަންއަށް ހުރިހާ ކަމެއް ދޫކޮށްލާ ގޮތާ އައިޒަން އަށް އިތުބާރުކުރާވަރެވެ. މިއަދު މަންމަހުރިނަމަ އެ ހިތަށް ކުޅަދާނަވެސްނުވީހެވެ.
“އެހާ އަޅައިނުލައްޗޭ… އަހަރެން ދައްކާ ކޮންމެ ވާހަކައެއް އައިޒަން އިން ނިމޭތީ.. އެކަމް ކިއްކުރާނީ.. އަހަރެން ވަރަށްލޯބިވޭ.. އޭނާ އެހެން ހެދީއޭ ކިޔާފައި އެކަކުކައިރިވެސް ޝަކުވާ ކުރާކަށް ނޭދެން.. އަހަރެންނަށް ރަނގަޅަށް އިނގޭ ޒުހާ އައިޒަންދެކެ ހިތްހަމަނުޖެހިފައި ހުރިކަން އަދި އަހަރެންނަށް ކޮންމެ ވާހަކައެއް އައިޒަން އާއި ގުޅުވާލާ ޒުހާ ފޫހިކުރުވޭކަން.. އެކަން އަހަރެންނަށް ވަރަށް އުނދަގޫވެ.. ކިއްވެތަ އައިޒަން އެހެން ހެދީ؟ ކީއްވެތަ…” ނައިނާ އެހެން ބުނެފައިމޫނުގައި އަތް އަޅާލިއެވެ. އެއްވެސް ވަރަކަށް އެ ހަށިގަނޑުތެރޭ އުފެދެމުން އަންނަ ތޫފާންގަނޑު ބޭރުކުރާކަށް އޭނާ ނޭދެއެވެ. ހަލާކުވެފައިވާ ދިރިއުޅުމާއި މެދު ވިސްނާ ފިކުރުކުރުން ނޫންކަމެއް އޭނާއަކަށް ނުކުރެވެއެވެ. ބޭރުފުށުން ހަމަޖެހިފައި ހުއްޓެއްކަމަކު އެތެރެ ހަށި ހީވަނީ އަނދައަނދައިގެން ދާހެންނެވެ.
“ދިރިއުޅުން ބަރުބާދު ވެއްޖޭ ހިތްމަގޭ ފުނޑު ފުނޑު ވުމުން…
ނާރުތަށް ހަށިގަނޑުގެ ހުރިހާ ހީވިޔޭ ކެނޑި ބުރިވިހެން..
އެތެރެ ހަށި ހީވޭ ދަނީހެން ހަމަ އަނދާ އަޅިއަށްވެގެން….”
އިވިގެން ދިޔަ ލަވައިގެ ބައިތުންވެސް ނައިނާ ގެ ހިތް ކުދިކުދިވެއްޖެއެވެ. އެލަވަ ފަހަރަކު ބަޔަކަށް ފަހު ބަޔެއް ނިންމަމުން ދިޔައިރު އެހިތަށް އެއިން ވަރަށް އަސަރުކުރަމުންދިޔައެވެ. ގޭކައިރި ބާރުބާރަށް އެލަވަޖަހަމުން ދިޔައީ ފަހަރުގައި ނައިނާ ފަދައިން ލޯތްބަށްޓަކައި އެދި އެދި ހުރި ދީވާނާވެފައިވާ އެކަނިވެރިއެއްކަންނޭނގެއެވެ. އަނގައިން ނުނެރެވޭ ބަސްތަށް ލަވައިން ނެރެމުންދިޔައީ ކަންނޭނގެއެވެ. ޒުހާ އޭނާގެ އަތުން ނައިނާވަށާލާފައި އޭނާގެ ކައިރައަށް ގެނައެވެ. މަޑުމަޑުން ނައިނާގެ ބޮލުގައި ފިރުމަމުންދިޔައިރު ނައިނާ އެ އިންގޮތަށް ހުއްޓުންއަރާފައި އިނީ އިވެމުންދިޔަ ހިތްދަތިލަވަތަކަށް އެ ހިތާއި ނަފްސް ދޫކޮށްލައިގެންނެވެ.
ޒުހާ އެހެން ވާހަކައެއް ފެށުމުން ނައިނާވެސް އެކަމަށް ވިސްނުން ބަދަލުކުރަން މަޖުބޫރުވިއެވެ. ޒުހާ ބުނީ ނައިނާ އަނެއްކާވެސް ސުކޫލަށް ވަންނަން އުޅޭށޭއެވެ. އޭރުން ވިސްނުން ތަކުން ދުރުވެސްވާނޭ ބުންޏެވެ. ނައިނާ އެކަމާއި އެއްބަސްވީ މިހާރުވެސް އޭނާގެ އާއި އައިނާގެ ހަރަދުތަށް މާރިޔާ ބަލާތީ އެކަމަށް ހައްލެއް ހޯދާށެވެ. އެތަކެއް ވާހަކަތަކެއް ދައްކާފައި ދެމީހުންވެސް ވަކިވީ އަނެއްކާވެސް ބައްދަލުވާނެކަމުގެ އުއްމީދުގައެވެ. ނައިނާ އޭނާގެ އަމިއްލަ ކޮޓަރިތެރެއަށް ވަނެވެ. އެނދުމަތީ އައިނާ ނިދާފައި އޮތްތަން ފެނި ހީލާފައި ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ ފްރޭމްތަށް ކައިރިއަށް ޖެހިލިއެވެ. އައިޒަންއާއި އިންނަން އެއްބަސްވީދުވަހު އަނގޮއްޓި އަޅުވަނިކޮށް ނަގާފައި އިން ފޮޓޯ ފްރޭމް އަށް ނައިނާ ބަލައިލިއެވެ. އެދުވަހުގެ ހަނދާން އޭނާއަށް އާވުމާއި އެކު މުޅި ކޮޓަރީގެ މާހައުލުވެސް ސިފަވެގެންދިޔައީ އެރޭ ފަދައިންނެވެ. ނައިނާ ގެ އިނގިލީގައި އަނގޮއްޓި އަޅުވަނިކޮށް އެދެލޮލަށް ސިފަވެގެންދިޔައެވެ. މިހެން ވާނެކަން އިނގޭނަމަ އޭނާ ދުވަހަކުވެސް އައިޒަންއަށް އާބަސްނުދިނީހެވެ. މިދުވަސް އަންނާނެކަން އިނގޭތީވެ އިންކާރުކުރަމުން ދިޔައެއްކަމަކު އައިޒަންގެ ދެލޮލުން ފެންނަ ޔަޤީންކަމާއި އިތުބާރާއި ލޯތްބެއްގެ ސަބަބުން އޭނާއަށް އާބަސްބުނެވުނީއެވެ. ނައިނާ އެދެމީހުން ހޭދަކުރި ކޮންމެ އުފާވެރި ވަގުތުކޮޅެއް ގައިދުކޮށްފައިވާ ފޮޓޯފްރޭމްތަށް ނަގާ ގަޔާއި ލާ ބޮނޑިކޮށްލައެވެ. އައިޒަންއަށް އެހިތް އެދޭވަރު ދެނެވޮޑިގެންވާނީ މިކާއިނާތުގެ ވެރި ރައްބެވެ.
………………..
ތިން ހަފްތާ ފަސް…
“ނައިނާ ދަރިފުޅާ!! އެޔޮށް ގަޑިޖެހުނީ!! މިއަދު މީ ފުރަތަމަ ދުވަސް ތިހެން ލަސްވެގެން ކަމަކު ނުދާނެ..” އިވިގެން ދިޔައި މާރިޔަތު ގޭގެ އަނެއްފަޅީގައި އޮވެ ބާރަކަށް އެހެން ގޮވާލިއަޑެވެ. “އާނ މަންމާ މި ނިކުތީ!!!!!!!!!!!!!” އެއަށްވުރެ ބާރަށް ނައިނާ އެހެން ގޮވާފައި ކޮޓަރިން ދުވެ ބަޑިބަޑިލާފައި ނިކުތެވެ. މަންމާއޭ ކިޔާ ދެވަނަ ފަހަރަށް ގޮވާލެވުމާއި އެކު ކުރިމައްޗަށް އެރި މާރިޔާ ފެނި ނައިނާގެ ހިނިތުންވުން ފަނޑުވިއެވެ. ހަޤީޤަތާއި ކުރިމަތިލެވިއްޖެއެވެ. އޭނާ ހަމައަކަށް އެޅިލުމުގެ ގޮތުން ލޯމަރާލާ ދެތިން ފަހަރު ނޭވައެއް ދޫކޮށްލިއެވެ. އެ ހާދިސާއަށް ފަސް އަހަރު ވީފަހުން މިގެޔަށް އާދެވި އަދި އެފަދަގޮތަކަށް މާރިޔާ ގޮވާލިއަޑު އިވުމުން އޭނާއަށް ހީވީ އޭނާގެ މަންމަކަމަށެވެ. އެކަމަށް އާދަވެފައި ހުރުމުގެ ސަބަބުން އޭނާއަށް ހަޤީޤަތާއި ކުރިމަތި ނުލެވުނީއެވެ. ހަޤީޤަތަކީ މިއަދު ކުރިމަތީ އެހުރި މާރިޔާ ފިޔަވާ އޭނާ މަންމަ ކިޔާނެ އިތުރުމީހެއް ނެތްކަމެވެ.
މާރިޔާ އަށް ނައިނާގެ އިހްސާސްތަށް ރަނގަޅަށް އިނގެއެވެ. އެހެންކަމުން ހީލާފައި ނައިނާ ކައިރި އަވަހަށް ދިޔުމަށް އެދުނެވެ. އައިނާ ޕްރީސުކޫލަށް ދާތީވެ އެމީހުންގެ ގަޑި އިންނާނީ އަދި ފަހުންނެވެ. ނައިނާ ސުކޫލަށްދާން ހިނގައިގަތީ މާރިޔާއަށް ފަނޑުހިނިތުންވުމެއް ދީފައެވެ.
……………………………………..
ޝާމިރާ ފޯނުން ގުޅައިގެން ހުރިއިރު އެ ހިނިތުންވުމުގައި ވަނީ ނުބައި ގޮތެކެވެ. ވިހަކަމެކެވެ. ރާވަމުން އައި ރޭވުމުގެ ފުރަތަމަ ސިޑި ކާމިޔާބުކުރަން މާ ގިނަ ވަގުތެއް ނެތްކަން އޭނާއަށް އިހްސާސްކުރެވެމުންދިޔައެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ވާހިދު ނައިނާ އުޅޭތަނާއި އުޅެނީ ކާކާއި އެކުކަން ބުނެދިނެވެ. ޝާމިރާ އަށް މާރިޔާގެ ނަން ބުނުމުން ހައިރާނެއްނުވިއެވެ. އެހެނީ މާރިޔާއަކީ ނައިނާގެ ދޮންމަންމަ ވިއްޔާއެވެ. އަދި ފާލިހުގެ ވާހަކަތަށް ހިއްސާކޮށް އެކަން ނިންމާލީ ފާލިހު ސުހުދުއަށް އަދާކުރަން ޖެހޭ ވަރުގަދަ ލާރިގަނޑެއްގެ ބަދަލަށް އުޅުނީ ނައިނާ ވިއްކާލާށޭ ބުނެފައެވެ. އެކަމުން ޝާމިރާގެ ތުންފަތްމަތީ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ކަންތަށް މާފަސޭހަވީއޭ ހިތާ އިތުރަށް ކަންތަށް ރާވަމުންދިޔައެވެ. “ދެން އަހަރެންނަށް ކޮށްދޭންވީ ހަމައެކަނި ކަމަކީ އަހަރެން އެ ނައިނާއެއްގެ ކުރިމައްޗަށް އެރޭވަރު ކޮށްލަންވީ…” ޝާމިރާ ހެމުންހެމުން ބުނެލިއެވެ. އައިޒަން އަށް ނައިނާއާއި ހަމާއަށް ދިޔުމުގެ ކުރިން ފިލުމަކީ ނައިނާގެ ބަދުނަސީބުވެރިކަމެވެ. މިފަހަރު ގޮތް ނިންމާނީ އައިޒަންއެއް ނޫނެވެ. ޝާމިރާއެވެ.
ޝާމިރާ ފޯނު ކަނޑާލާފައި އެނބުރުނު އިރު ދޮރުމަތިން ހުރަސްކަނޑާލި ހިޔަނި ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ވާހަކަ ކޮންމެވެސް މީހަކު އަޑުއަހައިފިކަން ޔަޤީނެވެ. ކާކުބާއެވެ؟ އަނެއްކާ އައިޒަންބާއެވެ؟ އައިޒަންނަމަ އޭނާގެ ކުޅިގަނޑު މިހިސާބުން އެ ނިމުނީއެވެ. ޝާމިރާ ބާރު ހިނގުމެއްގައި ގޮސް މުޅިތަނަށް ބަލާލިއިރު އެމީހެއްގެ ވަސްވެސް ނެތެވެ. ނުތަވަސްވެފައި ހުރެ އޭނާ ކޮޓަރިން ބޭރަށް ނިކުމެ ސޯފާގައި އިނެވެ.
10240 Comments
Comments are closed.
Ryn
October 13, 2017 at 10:23 pmSalaam everyone.
And good night too.
The whole story gonna take a big big turn very soon. And naina too 😉
Tvgc
?
$JK..KOREAN
October 13, 2017 at 10:25 pmme first…
$JK..KOREAN
October 13, 2017 at 10:29 pmv salhi. thiulheny thi shaamiraage dhuvas dhaan kanneynge. haha. rangalhu landeh dheythi ingey ryn.. whn nxt part.. waiting
Nyn
October 13, 2017 at 10:32 pmShamira a kaamiyabu va gotha turn koffiya dhn v foohi vaane
Rapunzel
October 13, 2017 at 10:34 pmDhn aizan ah hageegai angan vjje ennu run. V sad naina ah ehn vaaathy pls shaamira bust kohbah
Rapunzel
October 13, 2017 at 10:35 pmRyn* ❤?
Addu manje
October 13, 2017 at 10:39 pmMi baives varah reethi.. ❤
e vaahaka thah adu ivunee aizan ah dhw..aizan viyya majaa vaane.. waiting for lhaamiraa to get busted..????
Maii
October 13, 2017 at 10:39 pmI hate you aizannnnnnnn
Eshal
October 13, 2017 at 10:40 pmYes, avahah Shamira ge reyvun falhaa aruvaalaa, eyrah hunnaane mudhaaganduga bahdhaigen, boan ulhunu bondi bovuneethi, mi part ves v v v reethi, obiness to the max…….
Hus
October 13, 2017 at 10:41 pmWow its awesome waiting for next part
Aki
October 13, 2017 at 10:52 pmpls pls aizaan ah vaanama dho… mi part ves v reethi
Malaa
October 13, 2017 at 10:54 pmRagalhuvaanee Aizan ah adu ivunihyaa…
fazoo
October 13, 2017 at 11:00 pmVvvvvvv reethi thanks next part v reethi vaane hen heevany dhoa
Xxxx
October 13, 2017 at 11:07 pmWaiting.. waiting.. V.nice ???
me
October 13, 2017 at 11:17 pmAizan ah kanneynge e adu ivuny dww, ehen vehjehyaa v rangalhu, bt shamiraa ah kaamiyaab nudheythi plxxxxx
Reem
October 13, 2017 at 11:27 pmHama thedheh reeen..
Dhen saamiraage kolhu balivan v..
Mihaaru vaaaa varah naina rohvijje.
Pls thi turn aki aharemenge hithah finikan libey turn akah hadhaidheeee…
Reen pls
mint
October 13, 2017 at 11:29 pmaizan ah,adu ivigen zameeraa ah adu ivunukan naaga, eynage reyvun naaakamiyaabu kollevijjeyaa v rangalhu… aizan dhen visnen nuvey tha???
?AFNAN?
October 13, 2017 at 11:35 pmWow vv reethi ?? I hate Shaamira gandu avahah bust kohlaba pls ryn eyrun hunnany kada Vefa
Anonymous
October 13, 2017 at 11:38 pmMihaaru ehfaharu shaamiraa ah kaamiyaabu vejjehnun..dhn midaharaku noon. Btw v nice mi story ryn kithah part eboitha adhi..dhn mi story kiyaany ehkon up kureema…
???
October 13, 2017 at 11:45 pmYey yet☺aizan ah adhuivuniii avahah 3kudhinn ehkurey vvvvv rythi mibaiiii??????
Kia
October 14, 2017 at 12:01 amAizan shaamiraa ah shakku kuraakahala gotheh hedhiyyaa varah salhi vaane ryn
aisham
October 14, 2017 at 12:05 amshaamira dhn kaleyge dhuvas dhaan maaa gina dhuvaheh neiyy kamah belevey
lyn
October 14, 2017 at 12:22 amI hate u shaamiraa…dhen aizan ah haqeegaii ingen vejjr nun…aizan ves nainaa ah ehen hedhyma v foohi..
Anonymous
October 14, 2017 at 3:28 amandhirivefaivi dhuniye mathyga fiya jahamun dhiya vilaathah handhuge ali elhifaavaathy dhaa mishraabu reechchah engey eve…… ??????????????????????????????????????????????????
maanakaee????? vilaathah fiya jahaatha?
aslu ethanun ebuni ehcheh neyngunu. ryn plz dont take me wrong. ryn ge ehen vahakathakaai balaafa mi vahaka haas bai fenvaru rangalhu. ekamu ethankolhu alhaigathy kiyamun dhiyairu…. ehen kudhinnah faahaga nuvy kannenge 🙂 🙂 🙂
Ryn
October 14, 2017 at 8:15 amI wanted to write how the clouds r going or dhaurukuran and egothah nujahan fiyajehyey liyuny.. And that’s a word mostly used for stars and that’s why ehaa hamanujeheyhen hyvany or maybe it is really wrong. And it says vilaathakah handhuge ali elhifahuryma e dhaa dhimaa ingeyey reygandu gadyga vilaathah fehnany handhuge alin bodah. And vayaa e dhaa dhimaa ingeyey. Egothah. And thank you ❤
Anonymous
October 14, 2017 at 3:32 amandhirikan verivefaiva dhuniye mathygaa fiya jahamun dhiya vilaathah handhuge ali elhifa vaathy dhaa mishraabu reechah engey eve….
mi bunee keekey??? i mean vilaathah fiya jahaatha?????
dhn korcheh dhaa mishraabu ge vahaka aee?
ehcheh heenukoh meethi olhunfiluva dheeba 🙂
G
October 14, 2017 at 7:04 amShaamiraa dhehki vaahaka aixan ivuniyyaa hunaane raakanimas kevifa. Vvv rythi vaahaka
Xaan
October 14, 2017 at 7:53 amEvaahaka adu ivuny shaam ah dhen ixannah hurihaa vaahaka eh kiyaadheeber plx plx plx……
Shaa
October 14, 2017 at 8:01 amV reethi ekam samira beynun gothakah nainage dhiriulhumaka huriha faharaku nukulheveyn dhow
Ryn
October 14, 2017 at 8:10 amThank you guys but drama adu ehi kudhihnah ingeyne how its gonna end. Who’s gonna die next ?. Anyways thankyu so much. Don’t stop reading the story even tho its not going the way you guys want. Its going drama gothah hama but hisaabakun itll be different. Vrh bodah. And story ehga vaanjehey gothah vgn nimeyny. Shaamira wont give up so easily. See u tonight. So till than tc ?❤
melisa
October 14, 2017 at 8:22 amHeevany eulheny aina nagaafa naina vikaalan hen… aixan ah dhn beynun viyas eyrah naina eh nulibeyne eh nu
Aki
October 14, 2017 at 9:35 amalhey noon ehen nuhadhaathi nainaa ah … dhen nainaa ah kaamiyaabu vaa goi hadhaa bala ryn
Im
October 14, 2017 at 10:12 amAbadhu shaamira milhu nudhybala plz plz
sana
October 14, 2017 at 10:22 amAlhey ehen nuhadhaathi nainaa ah plx bad saamiraa?????
Roo
October 14, 2017 at 10:43 amAlhey e vaahaka thah aizan ah iveyne nama.. shaamira avahah bust vejjeyya majaa vaane.. And naina ehaa dhera nukohba ryn.. but komme gotheh viyas story kiyaanan nimendhen.. ?? cant wait for tonight’s part.. ❤️❤️
My
October 14, 2017 at 11:57 amMivaahakaiga ulhey ungoofaaru meehunna, aslu ungoofaaru meehunnnaa varah thafaathu. Ehgoiy kohlinama v. Reethivys
khajja
October 14, 2017 at 1:27 pmMasha allah stry v v awsome ??? saamiraa ah kasmiyaab viyanudhechchey n aizan ah hagygaiy angaa dhemme huras kolly aizan dhw adu ahanhurafa ehenvejje nama v rythivaane stry n ehenvejje nama aizan fakyru haadha dheravaaneyey dhw eynage mom viyaanudhaakamun ??? whn nxt prt avaskolladhybala plx
Abdulla
October 14, 2017 at 2:47 pmVaahakaegga vaa gothashey bunyma … eba ingey saamira ah kaamiyaabu vaane vaahaka nimen kairi vandhen… ehisaabah vaahaka liyevendhen naina jeheyny thelhi thelhi hunnan… ekm hageegathah v dhuru …
zeynaa
October 14, 2017 at 3:09 pmchih varah hadi
Nice
October 14, 2017 at 5:40 pmNainaaa ehaa faseyhain aixan ah nudheythi!!! N include more romance! So it’ll be more intrstin!