“އަހަރެންވެސް މި އުޅެނީ ކައިވެނި ކުރަން…..” ވަކިވަކިން ތިން ކުދިންނަށް ބަލައިލަމުން ޝިއުރީ ބުނެލިއެވެ. ޤަބޫލުކުރަން ދަތިވެފައި ޔަލްވީމެންނަށް ބަލަން ތިބެވުނީއެވެ.
“މި ވީހާ ދުވަހު ދޮންބެ ތަޅުވާލައިފަ، އެންމެ ފަހުން ކައިވެނިކުރަން ދޯ ތި އެއްބަސްވީ….. އަހަރެން ވަރަށް އުފާވެއްޖެ….” ޝިއުރީގެ ގައިގައި ކުޑަކޮށް ބައްދާލަމުން މިޝްޔާ ބުނެލިއެވެ.
_________________________________
ހިނިތުންވެފައި އިން މިޝްޔާ އެހެން ބުނުމުން ޝިއުރީގެ ހަނދާނަށް އައީ އިއްޔެ، ހިނގި ހާދިސާއެވެ.
—————————————-
{ ގެއާއި ހަމައަށް ދެވުމުން ޝިއުރީ ފަސް އެނބުރި ބަލައިލިއެވެ. އޭރުވެސް މިޝަލް ހުރީ އެ ދިމާއަށް ބަލާށެވެ. ޝިއުރީ ބަލައިލުމުން އަތުން ހަނާ އަޅާލުމަށްފަހު، ގެއަށް ވަންނަން ހިނގައިގަތީ، ފޯނަށް ބަލަން ހުރެއެވެ. ޝިއުރީ ހިނިތުންވެލީ، މިޝަލްގެ ހުށަހެޅުމަށް އާނބަސް ބުނުމަށް ހިތުއަޅައިގެން ހުރެއެވެ. މިޝަލަށް ސަޕްރައިޒެއް ދޭން ހިތުތެރޭ ރާވާލަމުން އޭނާ އުޅުނީ ގެއަށް ވަންނާށެވެ. އެހެނަސް، ގެއަށް ނުވަދެވި އުޅެނިކޮށް، އައި ނައި ތަނެއް ނޭނގި މީހަކު އައިސް އޭނާގެ އަނގަމަތީ އަތް އަޅާ، އަނގަބަންދުކޮށްލަމުން، ކުރިމަތީގައި ހުރި ފަޅު ގޭތެރެއަށް ވެއްދިއެވެ.
ޝިއުރީ، އެ ގޭތެރެއިން ނުކުތީ ގަޑިއެއްހާއިރު ވީ ފަހުންނެވެ. ނެގިމަޑުވެފައި ހުރެ، ދިރުން ގެއްލިފައިވާ މީހެއް ފަދައިން ހިނގަމުން ދިޔައިރު، އޭނާގެ މިސްރާބަކަށް ވެފައިވަނީ އަތިރިމައްޗެވެ. ރުއިމުގެ ސަބަބުން ދެ ލޯ ރަތްވެފައިވާއިރު، މިހާރުވެސް އެ ދެ ލޮލުން ތާޒާ ކަރުނައިގެ އަސަރު ފެންނާން ހުއްޓެވެ. އަތާއި ފައިގައި މަޑު ތުރުތުރެއް އެކުލެވިފައި ވެއެވެ. އަތިރިއަށް ދެވުމާއިއެކި ބިންމައްޗަށް ތިރިވީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. އަޑުން އަޑު ނަގާ ރޯން ފެށީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. }
————————————–
“ޝިއު….” ޚިޔާލަށް ގެއްލިފައި އިން ޝިއުރީ، ސިހިގެން ދިޔައީ، މިޝްޔާ އޭނާގެ އަތުގައި ހިފައި ތަޅުވާލުމުންނެވެ. އޭރު ޔަލްވީމެންވެސް ތިބީ އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ތިން ކުދިންގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ.
“އަޅޭ….. ޝިއު، އެންމެފަހުން މިޝަލްގެ ހުށަހެޅުން ހަމަ ޤަބޫލުކުރީތަ…؟؟؟ އޭނަ ހާދަ އުފާވާނޭ……” ޝިއުރީގެ އަތުގައި ހިފާލަމުން ޔަލްވީވެސް ބުނެލިއެވެ. މިޝަލް ޝިއުރީދެކެ ލޯބިވާވަރު، އެ އެންމެންނަށްވެސް މިހާރު ވަނީ ވަރަށް ރަނަގަޅަށް އެނގިފައެވެ.
“ޖަޒްލާން…. އަހަރެން ކައިވެނިކުރަން މި އުޅެނީ ޖަޒްލާންއާ….. މިޝަލްއަކާ ނޫން…..” އިސްޖަހާލައިގެން އިނދެ ޝިއުރީ ބުނެލީ، ބުރުގަލުގެ ކަނާއި ކުޅެލަމުންނެވެ. އެކުވެރިންނާއި ނަޒަރު ސީދާކޮށްލަން ނުކެރުނީ، އެއީ ދައްކަން މާ ފަސޭހަ ވާހަކައަކަށް ނުވުމުންނެވެ. ކަންފަތަށް އިވުނު އިވުމާއިމެދު ޝައްކުވެފައި، ތިން ކުދިންނަށްވެސް ތިބެވުނީ ޝިއުރީއާއި ދިމާއަށް ބަލާށެވެ.
“ޖަޒްލާން އޭ….؟؟؟ ޑްރަގްސް މައްސަލައިގައި ޖަލަށް ލީ ޖަޒްލާންތަ….؟؟؟؟” ދެ ލޯ ބޮޑުކޮށްލަމުން އަޔާނީއަށް އަހައިލެވުނީ އެ ވާހަކަ ޤަބޫލުކުރަން އުނދަގޫވުމުންނެވެ. އެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ޝިއުރީ ބޯ ޖަހާލިއެވެ. އަޔާނީއަށް އިތުރަށް ދެ ލޯ ބޮޑުކޮށްލެވުނުއިރު، ޔަލްވީއާއި މިޝްޔާއަށް، އެކަކު އަނެކަކާއި ދިމާއަށް ބަލައިލެވުނީ، ހައިރާންވީވަރުންނެވެ.
“ހެހެހެ…. ދެން ތި ނޫން ޖޯކެއް ކިޔަން ޝިއުއަށް ހަމަ ނޭނގުނީތަ…..؟؟؟ އަހަންނަށް އެނގޭ ތި އުޅެނީ އަހަރެމެން ހައްދަންކަން…..” އިރުކޮޅަކު ހައިރާންވެފައި އިންނަމަވެސް، މިޝްޔާ، ހޭންފެށީ އެއީ އެ މީހުން ހައްދަން ޝިއުރީ ދެއްކި ވާހަކައެއްކަމަށް ހީ ކޮށްފައެވެ. މިޝްޔާ ހޭންފެށުމުން ޝިއުރީއަށް އިސްއުފުލާ ބަލައިލެވުނެވެ.
“މީ ޖޯކެއް ނޫން….. ސަމާސާއެއްވެސް ނޫން….. އަދި ތި މީހުން ހައްދަން ދައްކާ ވާހަކައެއްވެސް ނޫން….. މީ ޙަޤީގަތް…. އަހަރެން މި އުޅެނީ ހަމަ އަސްލަށްވެސް ޖަޒްލާންއާއި ކައިވެނިކުރަން…..” އިންތަނުން ތެދުވަމުން ފުރަގަހަށް އެނބުރިހުރެ ޝިއުރީ މިހެން ބުނުމުން ތިން މީހުންނަށް، އެކުއެކީހެން ކޮޅަށް ތެދުވެވުނެވެ. އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލެވުނީ، ހައިރާންވެފައި ތިބެއެވެ. ވާނީވެސް އެހެންތާއެވެ. އެ ޖަޒްލާނަކީ ޑްރަގްގެ މައްސަލަތަކުގައި އެކި ފަހަރުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މީހެކެވެ. ރަށުގެ އެތައް ބަޔަކު ނަފްރަތު ކުރާ މީހެކެވެ. އޭގެ ތެރެއިން އެކަކީ ޝިއުރީއެވެ. އެ ގޮތަށް އެކަން އޮތްއިރު، ޖަޒްލާނާއި ކައިވެނިކުރާން އުޅޭ ވާހަކަ ޝިއުރީގެ ދުލުން ބުނުމުން ހައިރާންވާނެތާއެވެ. ޝިއުރީގެ އަޑުންނާއި ރާގުން އޭނާ ސަމާސާ ކުރަނީ ނޫންކަން އެ ކުދިންނަށް ޔަޤީންވިއެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި އަޔާނީ ގޮސް މަޑުކޮށްލީ، ޝިއުރީގެ ކުރިމަތީގައެވެ. މެރިފައިވާ ޝިއުރީގެ ދެ ލޯ ފެނި، އޭނާއަށް ޖެހުނީ އެ ވާހަކަތައް ޤަބޫލުކުރަން ބޭނުން ނުވިކަމުގައިވިޔަސް، ޤަބޫލުކުރާށެވެ.
“ތީ ކޮން އިރަކު ކިހިނެއް ވީ ކަމެއް…..؟؟؟؟ ޝިއު ތީ ހިތުން ރުހުމުން އޭނާއަށް ބަލައިލަންވެސް ބޭނުން ނުވާ މީހެއް….. ދެން ކައިވެންޏާ ހަމައަށް ދިޔައީ ކިހިނެއް……؟؟؟؟؟” ޝިއުރީގެ އަތުގައި ހިފހައްޓަލައިގެން ހުރެ އަޔާނީ ވާހަކަ ދެއްކީ، ސިދާ ޝިއުރީގެ ދެ ލޮލަށް ބަލަން ހުރެއެވެ. އެހެނަސް، ޝިއުރީ މަސައްކަތް ކުރަމުން ދިޔައީ، އަޔާނީއާއި ހަތަރުކަޅި ހަމަނުކޮށް ވޭތޯއެވެ.
“ޝިއު، ކީއްވެ ޖަވާބެއް ނުދީ ތި ހުރީ…. ބުނެބަލަ……” ޝިއުރީ ޖަވާބެއް ނުދީ ހުންނަން ފެށުމުން، އޭނާގެ އަތުގައި ހިފައި އަނބުރާލަމުން، ޖަވާބު ބޭނުންވެފައި ހުރި ޔަލްވީވެސް އަހާލިއެވެ. ދެކެވެމުންދިޔަ ވާހަކަތައް އަދިވެސް ޤަބޫލުނުކުރެވިފައި ހުރީ މިޝްޔާއެވެ.
“އަހަންނަކަށް ނޭނގެ…. އަހަންނަކަށް ނޭނގެ ތިއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް….. އެނގޭހާވެސް އެއްޗަކީ އަހަރެން މި އުޅެނީ ޖަޒްލާންއާއި ކައިވެނި ކުރަންކަން…. އަދި އެވެސް ވަރަށް އަވަހަށްކަން…….” ޝިއުރީގެ އަތުގައި ހިފަހައްޓައިގެން ހުރި ޔަލްވީގެ އަތް ނައްޓުވާލަމުން، އޭނާއަށް ޖަވާބުދެވުނީ ރުންކުރުކޮށެވެ. އެކަމާ ހައިރާންވީވަރުން، ޔަލްވީއަށް ބަލައިލެވުނީ އަޔާނީއާއި ދިމާއަށެވެ. އޭރު އަޔާނީވެސް ހުރީ ޝިއުރީއަށް ބަލަހައްޓައިގެންނެވެ. ޝިއުރީގެ ވާހަކަތަކުން އޭނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
“ދެން ދޮންބެ އޯ….. ޝިއު ދޮންބެ ދެކެ ލޯތްބެއް ނުވޭތަ…..؟؟؟ މި ފަހަކަށް އައިސް ޝިއުގެ ވާހަކަތައް ހުންނަ ގޮތުން، ދޮންބެއާއި ގަޔާވާހެން އަހަންނަށް ހީވި…..” ދުރުގައި މަޑުކޮށްލައިގެން ހުރި މިޝްޔާ ޝިއުރީގެ ގާތަށް އަންނަމުން އަހާލިއެވެ.
“މިފަހަރު މިޝްގެ ހީ ތިވީ، ކުށްހީއަކަށް….. އަހަރެން މިޝަލްދެކެ ލޯތްބެއް ނުވޭ….” މިޝްޔާއަށް ފުރަގަސްދެމުން ޝިއުރީ އިއްވާލިއެވެ. އެހިނދު، އޭނާގެ ދެ ލޯ މެރިގެން ދިޔައީ ހިތަށް ކުރި ފުންއަސަރަކުންނެވެ. ކުރިމަތީގައި ހުރި އަޔާނީއަށް، އެ މޫނުމައްޗަށް އަރާ ފޭބި ހުރިހާ ކުލަވަރުތަކެއް ފެނުމުން، ހިތުގައި ޝައްކުގެ ރާޅުބާންޏެއް ދައުރުކޮށްލިއެވެ.
“އެންމެ ރަނގަޅު…. އެއީ ކުށްހީއެއްކަމަށް އަހަރެން ޤަބޫލުކޮށްފިން…. އެކަމަކު، އެހާ ރުޅިއަންނަ، ފޫހިވާ މީހަކާ، ޝިއު ކައިވެނި ކުރަން ތި އުޅެނީ ކީއްވެކަން ބުނެދީބަލަ….. އަހަރެން ބޭނުމެއް ނޫން ޝިއު އޭނައާއި ކައިވެނި ކުރާކަށް….. އެއަށްވުރެ މާ ރަނގަޅު މީހުންވެސް ޝިއުއަށް ވާނެ…..” މިޝްޔާވެސް އައިސް ޝިއުރީއަށް ކުރިމަތިވާގޮތަށް މަޑުކޮށްލިއެވެ. އޭނާއަށް ބަލައިލަމުން، ޝިއުރީ ފާޑަކަށް ހީލިއެވެ.
“ހައް….. ކީއްވެ ސީދާ ސީދަލަށް މިޝަލްއޭ ނުބުނީ….. އަހަންނަށް އެނގޭ ތިބުނާ ރަނގަޅު މީހަކީ މިޝްގެ ލޯބިވާ ދޮންބެކަން…. އަހަރެން މިޝަލްއާއި ގުޅެން އެއްބަސް ނުވީމައެއްނު މިޝްއަށް ކކަމުނުދިޔައީ…. އެހެންވެއެއްނު، އަހަރެން ޖަޒްލާންއާއި ކައިވެނި ކުރަން ބޭނުން ނުވެގެން، ތި އުޅެނީ….. މިޝް، ކޮންއިރަކުތަ ތިހާ އަމިއްލަ އެދުން ބޮޑުވީ…..؟؟؟؟” ޝިއުރީގެ ދުލުން ނުކުތް ކޮންމެ ޖުމްލައެއް ހީވީ މިޝްޔާގެ ހިތަށް ތޫނު ޚަންޖަރެއް ހަރާލިހެންނެވެ. އޭނާއާއިމެދު ޝިއުރީގެ ވިސްނުން ހުރިގޮތުން އޭނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގި ބަސްހުއްޓިފައެވެ. ހިތަށް އަސަރުކުރިވަރުން ވަގުތުން ދެ ލޯ ފެންކަޅިވިއެވެ. ޝިއުރީ އެފަދަ އެއްޗެއް ބުނުމުން، އަޔާނީމެންވެސް ތިބީ ހައިރާންވެފައެވެ. އެއީ ހަމަ ޝިއުރީބާއޭވެސް ހިތަށް އެރިއެވެ. އެހެނީ ޝިއުރީއަކީ މީގެ ކުރިން ދުވަހަކުވެސް މަޖަލަކަށްވެސް އެއިން ކުއްޖަކާ ދިމާއަށް އެފަދަ އެއްޗެއް ބުނި ކުއްޖެއް ނޫނެވެ.
“ޝިއުއަށް ތި ވަނީ ވަރަށް ބޮޑަށް އޮޅުން އަރާފަ…. އަހަންނާ ދޭތެރޭ ޝިއު ތި ގޮތަށް ވިސްނީތީ ވަރަށް ދެރަވެއްޖެ…. އަހަރެން…” ރޮވެން ފެށުމުން މިޝްޔާއަށް އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ދެ ލޮލުން އައި ކަރުނަތައް ފުހެލުމަށްފަހު، އޭނާ ދެ ފަރާތަށް ބޯ ހޫރާލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއް އަޅަމުން އެތަނުން ދިއުމަށް ހިނގައިގަތެވެ. އަޔާނީ ލޮލުން އިޝާރާތް ކޮށްލުމުން، ޝިއުރީގެ ކޮނޑުމަތީ އަތްބާއްވާލުމަށްފަހު، މިޝްޔާގެ ފަހަތުން ޔަލްވީ ދިޔައެވެ.
މިޝްޔާ ދިޔަ ދިމާއަށް ބަލަން ހުރި ޝިއުރީގެ ދެ ލޮލުން ރާސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެހެނަސް، އެ ކަރުނަތައް ފުހޭކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ސިހިގެން ދިޔައީ އޯގާތެރިކަމާއިއެކު، އަޔާނީ، އެ ކަރުނަތައް ފުހެލައިދިނުމުންނެވެ. އޭނާއަށް ކެތްކުރެވުނީ އެހިސާބަށެވެ. އަޔާނީގެ ގައިގައި ބައްދާލައިގެން ހުރެ ބާރު ބާރަށް ރޯންފެށިއެވެ.
“މިޝް ވަރަށް ދެރަވާނެ….. އަހަރެން ދުވަހަކުވެސް ބުނަން ބޭނުންވި ޖުމްލަތަކެއް ނޫން އެއީ….. އަހަރެން ވަރަށް ދެރަވެއްޖެ….. ދެން ނޭނގެ މިޝް އަހަންނާ ވާހަކަ ދައްކާނެކަމެއްވެސް…..” އަޔާނީގެ ގައިގައި ބައްދާލައިގެން ހުރެ ޝިއުރީ ބުނަމުން ދިޔައެވެ. ޝިއުރީ އެހާ ވަރަށް ރޯތީ އަޔާނީވެސް ދެރަވިއެވެ. ޝިއުރީ ދުރުކޮށްލަމުން، އޭނާ ދެ ފަރާތަށް ބޯ ހޫރާލީ އެވަގުތު ދުލުން އެއްޗެއް ބުނަންއުޅެން ހަދައިގެން އޭނާއަށްވެސް ރޮވެދާނެތީއެވެ.
“ޝިއުއަށް އެކަން އެނގިހުރެ، ކީއްވެ އެ ކަހަލަ އެއްޗެއް ތި ބުނީ… ޝިއުއަށްވެސް ހަމަ ރަނގަޅަށް އެނގެއެއްނު، މިޝް އެހެންބުނީ ޝިއުއާއި ދޭތެރޭ ވިސްނާފަކަން….” އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ޝިއުރީ އެގޮތަށް ވާހަކަ ދެއްކި ސަބަބެއް އެނގެން ބޭނުންވެފައިހުރި އަޔާނީ، އަހައިލިއެވެ.
“އަހަންނަށް އެނގޭ އަހަރެން އެކަހަލަ އެއްޗެއް ބުނީމަކަން މިޝްގެ ސުވާލުތައް ހުއްޓޭނީ…. އަހަރެން އެހެން ބުނީ މިޝްގެ އަނގަ ބަންދުކޮށްލަން…. އޭނާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތް…. އެހެންވެ އެހެން ބުނެވުނީ…..” ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަމުން ޝިއުރީ ބުނެލިއެވެ.
“ޝިއު…. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ޝިއު، ތި ކައިވެންޏެއް ކުރަން ތި އުޅެނީ މަޖުބޫރުވެގެންކަން….. މިޝަލް ދެކެ ލޯތްބެއް ނުވޭ ބުނިއިރު، ތި މޫނުމައްޗަށް ވެރިވި އަސަރުތައް އަހަންނަށް ވަރަށް ރަނގަޅަށް ފެނުނު…. ބުނެބަލަ…. ކޮންކަހަލަ މަޖުބޫރެއް ވެގެންތަ ޝިއު، ޖަޒްލާންއާއި ކައިވެނިކުރަން ތި އުޅެނީ….؟؟؟ ކާކު މަޖުބޫރުކޮށްގެންތަ….؟؟؟” އަޔާނީ ދެއްކި ވާހަކަތުން ޝިއުރީގެ ދެ ލޯ އަނެއްކާވެސް ކަރުނައިން ފުރި ބަންޑުންވާންފެށީ އޭނާގެ މަޖުބޫރީ ޙާލަތު ހިތަށް އެރުމުންނެވެ.
“ޔާނީ، ޕްލީޒް…. އަހަންނާ ތި ސުވާލުތައް ނުކުރޭ….. ތީގެއިން އެއްވެސް ސުވާލަކަށް އަހަންނަކަށް ޖަވާބެއް ނުދެވޭނެ…. މިވަގުތަށް އަހަރެންގެ ނިންމުންތަކުގައި އަހަންނާއިއެކު ހުރެދީ…. މިކަން އެހެންމީހުންނަށް ސިއްރުކޮށްދީ…..” ރުއިމުގެ ތެރެއިން ޝިއުރީ ބުނެލިއެވެ.
“ޝިއު ނުރޮއެ…. އަހަރެން އަބަދުވެސް ޝިއުއާއިއެކު ވާނަން…. އިން ޝާ ﷲ……. ދެން ނުރޮއެ ހުއްޓާލާ….” ޝިއުރީގެ ބުރަކަށީގައި ލޯތްބާއިއެކު، ފިރުމާލަމުން އަޔާނީ ބުނެލިއެވެ. ޝިއުރީ އެ ގޮތަށް ކަންތައް އެ ކުރަނީ ވަރަށް ބޮޑު މަޖުބޫރީއެއް އޮވެގެންކަމާއިމެދު، އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކު ޔަޤީނަށް ބަދަލުވީ، ޝިއުރީގެ ވާހަކަތަކުންނެވެ. އެއީ ކޮންކަހަލަ މަޖުބޫރީއެއްކަން އެނގެން ކިތަންމެ ބޭނުންވީނަމަވެސް، އިތުރަށް ސުވާލުކުރާކަށް އޭނާއަކަށް ނުކެރުނެވެ.
********************
ގެއަށް ވަދެވުމާއިއެކު، މިޝްޔާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ. އެއްވެސް މީހަކަށް ނުފެނި ކޮޓަރިއަށް ވަދެވުނުކަން ނަސީބޭ އޭނަގެ ހިތަށް އެރީ، ދެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެހެން މީހަކަށް ފެންނަން ބޭނުން ނުވާތީއެވެ. ޚާއްސަކޮށް މިޝަލަށެވެ. ޝިއުރީގެ ކައިވެނީގެ ޚަބަރު މިޝަލަށް ލިބިއްޖެނަމަ، އޭނާއަށް ވާނެގޮތްވެސް ނޭނގެއެވެ. ހަމަގައިމުވެސް އެ ހިތަށް ފުންއަސަރުތަކެއް ކުރާނޭކަން ގައިމެވެ. މިޝްޔާގެ ހިތަށް އެހެން އެރުމުންވެސް ގައިން ހީބިހި ނަގައިގެން ދިޔައެވެ.
ދޮރުހުޅުވުނު އަޑަށް ސިހިގެން ދިޔަ މިޝްޔާ، އަވަސް އަވަހަށް ކަރުނަތައް ފުހެލީ، ދޮރު ހުޅުވީ މިޝަލް ކަމަށް ހީކޮށްށެވެ. އެހެނަސް، އެތެރެއަށް ވަން ޔަލްވީ ފެނުމުން، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، ޔަލްވީ އައިސް މިޝްޔާގެ ގާތުގައި އިށީނެވެ.
“އަހަރެން ހިތަކަށް ނާރަ، ދުވަހަކުވެސް ޝިއު، އަހަންނާ ދޭތެރޭ އެ ގޮތަށް ވިސްނާފާނެކަމަކަށް….. އަހަރެންވެސް ބޭނުމެއް ނޫން ދޮންބެ ނޫން އެހެން މީހަކަށް ޝިއު ލިބޭކަށް….. އަހަންނަށް އެނގޭ ދޮންބެ ޝިއު އަށް ލޯބިދޭ ވަރަށް އެހެން އެއްވެސް މީހަކަށް ލޯބި ނުދެވޭނެކަން….. އެކަމަކު، އަހަރެން މީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން…. ދޮންބެގެ އުފަލަށްޓަކައި، ޝިއު ބޭނުން ނުވާ ކަމެއް ކުރުވާކަށް އަހަރެން ބޭނުމެއް ނޫން…. ދޮންބެ ޝިއުދެކެ އެހާ ލޯބިވާކަން އެނގޭއިރުވެސް، ޝިއުގާތު ދޮންބެއާއި ގުޅޭށެކޭ އަހަރެން ދުވަހަކުވެސް ނުބުނަން…. އެހާ ދުވަސްވީއިރުވެސް ދޮންބެއާއި ރައްޓެހި ނުވާން ތި އުޅެނީ ކީއްވެތޯވެސް އަހާނުލަން…. ޖަޒްލާންއާ ކައިވެނިކުރަން ހިތްހަމައެއް ނުޖެހެއޭ ބުނީ ހަމަ ޝިއުއަށް ރަނގަޅަކަށް…. ޝިއުއާއި ދޭތެރޭ ވިސްނާފައި….. ދޮންބެ އާއި ދޭތެރޭ ވިސްނާފައެއް ނޫން…… ޖަޒްލާންއާއި ކައިވެނިކޮށްގެން ޝިއުގެ ދިރިއުޅުން ބަރުބާދުވާނެކަން އަހަންނަށް ވިސްނޭތީ އެހެން ބުނީ….” ޔަލްވީގެ ދެ އަތުގައި ހިފައިގެން އިނދެ، ރޮއެރޮއެފައި މިޝްޔާ ބުނަމުން ދިޔައެވެ.
“އަހަންނަށް އެނގޭ ޝިއުއާއި ދޭތެރޭ ވިސްނާފަކަން މިޝް އެހެން ބުނީ…. ޝިއުއަށްވެސް އެކަން އެނގޭނެ…. އޭނާ ގަސްތަކު ނޫން ކަންނޭނގެ އެހެން އެ ބުނީ…. އަހަންނަށްވުރެ ބޮޑަށް ޝިއު އެނގޭނީ މިޝްއަށް…. މިޝް ތީ، އެންމެ ކުޑައިރުއްސުރެ އޭނާއާއިއެކު އުޅެ ބޮޑުވި މީހަކީ….. އަހަންނަށް ހީވަނީ އޭނާ އަހަރެމެންނަށް ކަމެއް ސިއްރު ކުރަން އުޅޭހެން…. އެކަމަކު، ޝިއުއާއި ސުވާލުކޮށްގެން އެ ޙަޤީގަތެއް ނުހޯދޭނެކަން އަހަންނަށް ޔަޤީން… އަހަންނަށް ހީވަނީ އެކަމާ ބެހޭ ގޮތުން، މިޝް ސުވާލުކުރީމަ ހިތްހަމަ ނުޖެހިގެންހެން، އެހެން އެ ބުނެވުނީ…..” ޔަލްވީގެ ވާހަކަތައް އަޑުއަހަން އިން މިޝްޔާއަށް ބޯ ޖަހައިލެވުނީ އެ ވާހަކަތަކުގައި ޙަޤީގަތެއް އެކުލެވިގެންވާކަމަށް އޭނާއަށްވެސް ޤަބޫލު ކުރެވޭތީއެވެ. އެހެން ނޫންނަމަ، ޝިއުރީ އެފަދަ އެއްޗެއް ނުބުނާނެކަން އޭނާއަށްވެސް ޔަޤީންވެއެވެ. އޭނާއާއި ދޭތެރޭ ޝިއުރީ، ކަންތައްކުރަމުން އައީ އެއްބަނޑުއެއްބަފާ ދައްތައަކުވެސް ކަންތައް ނުކުރާނެހާ ރަނގަޅަށެވެ. އެކަމާއި ދޭތެރޭ ވިސްނާލަން، މިޝްޔާއަށް މަޖުބޫރުވީ އެހެންވެއެވެ.
********************
އަޔާނީ ގެއަށް ދާން ބުނުމުންވެސް ޝިއުރީ އެތާ މަޑުކޮށްލައިގެން އިނީ، އެކަނިވެލަން ބޭނުންވެފައި އިނުމުންނެވެ. ޝިއުރީގެ މިޒާޖް، ރަނގަޅަށް އެނގޭތީ، އިތުރަށް އެތާ މަޑުނުކޮށް އަޔާނީ ދިޔައީ ގެއަށެވެ.
އެވަގުތު، އެ މަގުން ސައިކަލްގައި ދިޔަ މިޝަލަށް ޖޯލީގައި އިށީނދެލައިގެން އިން ޝިއުރީ ފެނުމުން އޭނާގެ ޚިޔާލް ބަދަލުވިއެވެ. އެއްފަރާތެއްގައި ސައިކަލް ބެހެއްޓުމަށްފަހު، އޭނާ މިސްރާބުޖެހި ޝިއުރީއާއި ދިމާއަށެވެ.
“އަދިވެސް އަހަންނަކަށް ޖަވާބެއް ނުދެމެއްނު…..” ޝިއުރީގެ ފަހަތުގައި މަޑުކޮށްލަމުން މިޝަލް ބުނެލިއެވެ. އެ އަޑަށް ޝިއުރީ ދިޔައީ ސިހިގެންނެވެ. އެތަނަށް މިޝަލް އައިކަންވެސް އޭނާއަށް އެނގުނީ މިޝަލް ވާހަކަދެއްކުމުންނެވެ. ލިބުނު ސިހުމުގައި އަވަސް އަވަހަށް ދެ ލޯ ފުހެލުމަށްފަހު، އިންތަނުން ތެދުވިއެވެ. އެހެނަސް، އޭނާ ފަސްއެނބުރި ބަލައިނުލިތާ، ޖަވާބެއްވެސް ނުދެއެވެ. ޖޯލީގެ އެއްފަރާތުންލާފައި ގޮސް މިޝަލްވެސް ޝިއުރީއާއި އެއްހަމައެއްގައި މަޑުކޮށްލިއެވެ. މިޝަލް، އެހާ ގާތުގައި މަޑުކޮށްލުމުން، ބޭއިޚްތިޔާރުގައި ޝިއުރީއަށް އޭނާއާއި ދިމާއަށް ބަލައިލެވުނެވެ. ރުއިމުގެ ސަބަބުން ޝިއުރީގެ ރަތްވެފައިވާ ދެ ލޮލާއި، ހިތާމައިގެ އަސަރު އެކުލެވިފައިވާ މޫނު ފެނުމުން މިޝަލްގެ ގައިން ހީބިހި ނަގައިގެން ދިއައެވެ. އިސާހިތަކު އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެ، އެ މޫނުމައްޗަށް ހާސްކަން ވެރިވެގަތެވެ. ޝިއުރީ، މިޝަލަށް ފުރަގަސްދިނީ އޭނާއަށް ވީ ގޮތް ފެނުމުންނެވެ.
“ޝިއު ރޮނީތަ….؟؟؟ ކިހިނެއްވީ….؟؟؟؟” ޝިއުރީގެ އަތުގައި ހިފައި މިޝަލާއި ދިމާއަށް އަނބުރާލަމުން ހާސްވެފައި ހުރެ އޭނާއަށް އަހައިލެވުނެވެ. މިޝަލްގެ އަޑުންނާއި ރާގުންވެސް، ޝިއުރީއާއިމެދު ވިސްނާވަރު އޭނާއަށް، ހާމަވީހިނދު ހިތުގައި ރިއްސާލިއެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާ މީހަކު ހުރެމެ، އެ ލޯބި ހާޞިލްވާނެކަމުގެ އަލި މަގެއް ފެންނަން ނެތުމުން، އެ ހިތަށް އިތުރު ތަކްލީފްތަކެއް ލިބިގެން ދިޔައެވެ.
“ކިހާ ދެރަކަމެއް…. އަހަރެން ރޯން ބޭނުންވީމަ ރޯނަން…. އެހެނޭ ކިޔާފަ އައިސް ގަޔަށް ބޮލަށް އަރަން ޖެހޭތަ…..؟؟؟؟” ކުއްލިއަކަށް މިޝަލްގެ އަތް ފޮޅުވާލަމުން ރުޅިވެރިކަމާއިއެކު، ޝިއުރީ ބުނެލިއެވެ. ޝިއުރީއަށް މި އައި ކުއްލި ބަދަލުން މިޝަލަށް ބަލަން ހުރެވުނީ ހައިރާންވެފައެވެ.
“އޯކޭ އަހަރެން އަތެއް ނުލާނަން…. އެކަމަކު، ތި ރޮނީ ކީއްވެކަން ބުނެބަލަ……” އިރުކޮޅަކު ޝިއުރީއަށް ބަލަން ހުރެފައި އަމާން ދީފައިވާ މީހެއް ފަދައިން ދެ އަތް އުފުލާލަމުން، އޯގާތެރިކަމާއިއެކު މިޝަލް އަހާލިއެވެ. ޝިއުރީ ހިތާމަ ކުރާ ސަބަބެއް އެނގެން އޭނާ ހުރީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.
“މިޝަލްއަށް ކީއް….؟؟؟؟ އަހަރެންގެ ދިރިއުޅުމުގެ ކަންތަކާ ނުބެހި ހުންނާނީ ކޮން ދުވަހަކުންތަ….؟؟ މިނިވަންކަމާއެކީ ރުއިމުގެ ޙައްގުވެސް އަހަންނަށް ނެތީތަ….؟؟؟؟ ކީއްވެތަ އަހަންނާ ދުރުގައި ހުންނާށޭ ބުނީމަ، ދުރުގައި ނުހުރެވިގެން ތި އުޅެނީ……” ހިތާއި ދެކޮޅަށް ވާހަކަ ދައްކަން ޖެހުމުން ޝިއުރީގެ ހިތް ހީވީ އޮބިނޯވެގެންގޮސް ނުކުމެގެން ހިނގައިދާނެހެންނެވެ. ކިތަންމެ ފަހަރަކު ކުރިމަތީގައިހުރި މިޝަލްގެ އަތުގެ ހިމާޔަތްތެރިކަން ހޯދަން އޭނާގެ ހިތަށް އެރިއެވެ. އެހެނަސް، އޭނާގެ މަޖުބޫރީ ޙާލަތު، އެކަމަށް ހުރަސް އަޅަނީއެވެ. ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ.؟
“ޝިއު އަށްވެސް އެނގެއެއްނު ކީއްވެކަން…. އެއީ އަހަރެން ޝިއު ދެކެ އިންތިހާއަށް ލޯބިވާތީ….. ޕްލީޒް، ނުރޮއެބަ…. ވެގެން އުޅޭ ގޮތެއް ނުބުންޏަސް އަހަންނަށް ހެޔޮ… އެކަމަކު، ރުއިން ހުއްޓާލަބަ…..” ކަރުނައިން ހައްޔަރުވެފައިވާ ޝިއުރީގެ ދެ ލޮލަށް ބަލަން ހުރެ އަސަރާއިއެކު މިޝަލް ބުނެލިއެވެ.
“ލޯބި، ލޯބި، ލޯބި…. ތި ލޯބި ފަސްއަޅާ ވަޅުލާ….. އަހަރެންގެ ލޯތްބެއް މިޝަލްއަކަށް ޙާޞިލެއް ނުވާނެ….. އަހަރެން މި އުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން….. ޖަޒްލާންއާ….. ދެން އަހަރެންގެ ފަހަތުން އުޅުން ދޫކޮށްލާ…. އެހެން ނޫނީ ނުކުންނާނެ ނަތީޖާ އަހަރެން ނުބުންޏަސް، މިޝަލްއަށްވެސް އެނގޭނެ……” ޝިއުރީ ދައްކަން ބޭނުންވި ވާހަކަތައް ދެއްކުމަށްފަހު، މިޝަލަށް ވާހަކަ ދައްކާނެ ފުރުޞަތެއްވެސް ނުދީ ގެއާއި ދިމާއަށް ދުއްވައިގަތެވެ. ޝިއުރީގެ ދުލުން ނުކުތް ކޮންމެ ލަފްޒަކުންވެސް މިޝަލްގެ ހިތަށް އެތައް އަނިޔާތަކެއް ލިބިގެން ދިޔައެވެ. ކަންފަތަށް އިވުނު ބަސްތައް ޤަބޫލުނުކުރެވި އެތައް އިރަކު ހުރި ފިޔަވަޅުމަތީ ގަބުއަރާފައި ހުރެވުނެވެ. ހިތް ޒަޚަމްވެ ކުދިކުދިވެފައިވާއިރު، އޭނާ ހުރީ ރޯންވެސް ނޭނގިފައިކަހަލައެވެ.
*******************
ގޭގެ ބޮޑުކޮޓަރީގައި ހުރި ސޯފާގައި އިށީނދެގެން އިން މިޝްޔާއަށް ކޮޅަށް ތެދުވެވުނީ، އެތެރެއަށް ވަން މިޝަލް ފެނުމުންނެވެ. އެއްވެސް ޙަރަކާތެއްނެތް މީހެއްފަދައިން އެތެރެއަށް ވަދެގެން ދިޔައިރު، މިޝްޔާވެސް އޭނާއަށް ނުފެންނަކަހަލައެވެ. މިޝްޔާ ދެ ފަހަރަކު ގޮވާލުމުންވެސް އަޅައިނުލައެވެ. މިޝަލަށް އައިސްފައިވާ ބަދަލުފެނި، މިޝްޔާގެ ހަވަނަ ހިއްސު އޭނާއަށް ބުނެދެމުންދިޔައީ، ޝިއުރީގެ ކައިވެނީގެ ޚަބަރު މިޝަލަށް ލިބުނީކަމުގައެވެ. މިޝްޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުވީ، އޭނާ ދެރަވާނެވަރު އަންދާޒާކޮށްލެވުމުންނެވެ.
ލަސް ފިޔަވަޅުތަކެއް އަޅަމުން ހިނގާލާފައި ގޮސް ހުޅުވާލެވިފައިވާ ދޮރުކައިރީގައި މިޝްޔާ މަޑުކޮށްލިއެވެ. އެނދުމަތީ އިށީނދެލައިގެން އިން މިޝަލް، އަދިވެސް އިނީ ހުއްޓުން އަރާފައެވެ. މިޝަލަށް ވެފައި އިންގޮތް ފެނުމުން، އިސާހިތަކު މިޝްޔާގެ ދެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެހެނަސް، ލޯބިވާ ދޮންބެއަށްޓަކައި ހިތްވަރުކުރަމުން އޭނާ އެތެރެއަށް ވަނެވެ.
މިޝަލްގެ ކޮނޑުމަތީގައި މިޝްޔާ އަތް ބާއްވާލަމުން، ގެނައި ކުއްލި ޙަރަކާތަކާއިއެކު، އޭނާގެ ގައިގައި ބައްދާލައިގެން އިނދެ އަސަރާއިއެކު މިޝަލް ރޯންފެށިއެވެ. މިޝްޔާއަށްވެސް ކެތްކުރެވުނީ އެހިސާބަށެވެ. ލޯބިވާ ދޮންބެ، ހިތްދަތިވެގެން ރޯ މަންޒަރު ބަލަން އޭނާއަށް ކެތްވާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ؟
“މިޝް….. ޝިއު ….. ދޮންބެއަށް ޝިއު ގެއްލިއްޖެ……” ރުއިމުގެ ތެރެއިން މިޝަލް ބުނެލިއެވެ.
“ދޮންބޭ ހިތްވަރުކުރޭ…..” މިޝަލްގެ ބޮލުގައި ފިރުމާލަމުން މިޝްޔާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. އިތުރަށް ބުނާނެއް އެއްޗެއް ދައްކާނެ ވާހަކައެއް އޭނާގެ ވިސްނުމަކަށް ނައެވެ. މިޝަލް ހަމައަކަށް އެޅެންދެން މިޝްޔާ އެ ގޮތުގައި މަޑުކޮށްލައިގެން ހުރީއެވެ.
********************
މިޝްޔާއާއި ރާހިލް ތިބީ ގޭގެ ބޮޑުކޮޓަރީގައެވެ. ދައްކަމުން ދިޔައީ ކައިވެނީގެ ވާހަކައެވެ. ޝިއުރީގެ ކައިވެނީގެ ޚަބަރު ލިބުނުފަހުން މިޝަލް ދެރެވެގެން އުޅޭތީ، މިޝްޔާ ބޭނުންވީ، ކައިވެނި ފަސްކޮށްލާށެވެ. މިޝަލް ހަމައަކަށް އެޅެންދެނެވެ. ގޭތެރެއަށް ވަދެގެން އައި މިޝަލަސް އެ ވާހަކަތައް އަޑު އިވުނެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އެ މީހުންގެ ގާތަށް ދިއައީ އެހެންވެއެވެ.
“މިޝްމެންގެ ކައިވެނި ފަސްކުރާނެކަމެއް ނެތް…. ދޮންބެ މިހާރު ހަމަ އޯކޭ އޭ…. މިޝްމެން ބޭނުންވާ ތާރީޚަށް ކައިވެނީގެ ކަންތައް ހަމަޖައްސާ…… ހުރިހާ ތައްޔާރީއެއްގައިވެސް އެންމެ ފުރިހަމައަށް ދޮންބެ ބައިވެރިވާނަން……” ކައިވެންޏަށް އިންކާރު ނުކުރުމަށް މިޝަލް، ތަކުރާރުކޮށް ބުނުމުން މިޝްޔާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ކައިވެނި ފަސްނުކުރުމަށް މިޝްޔާ އެއްބަސްވުމުން މިޝަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ސަބަބުން ލޯބިވާ ކޮއްކޮ، އަމިއްލަ އުފާތަކުން މަހްރޫމްވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާއަށް ލޯބި ޙާޞިލް ނުވިކަމުގައިވިޔަސް މިޝްޔާގެ ދިރިއުޅުމަށް ބަހާރު މޫސުމް އައީތީ މިޝަލް އުފާކުރިއެވެ.
މިޝްޔާ، ހިނިތުންވެލިނަމަވެސް، މިޝަލް އެހާ ދެރަވެފައި ހުއްޓާ ކައިވެނިކުރަން ޖެހުމުން އޭނާ ހުރީ ކަންބޮޑުވެފައެވެ.
********************
އަޔާނީއާއި ޝިއުރީ މިސްރާބުޖަހާފައިވަނީ ޔަލްވީމެންގެއާއި ދިމާއަށެވެ. ޔަލްވީގެ ކައިވެނިވާ ދުވަސް ގާތްވެފައިވާތީ، ވާން ޖެހޭ އެކިއެކި ތައްޔާރީތައް ވުމުގައި އޭނާއަށައި ޢާއިލާއަށް އެހީވެދިނުމަށެވެ.
ފޯން ކޯލެއް ނިންމާލުމަށްފަހު، ކޮޓަރިއަށް ވަންނަން ދިޔަ ޔަލްވީއަށް ޝިއުރީމެން ފެނުމުން އެމީހުންގެ ގާތަށް ދިއައެވެ.
“ހިނގާ އެތެރެއަށް….. ވަރަށް ބައިވަރު ތައްޔާރީތައް ވާން އެބަހުރި…..” ދެމީހުންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ދަމުން ޔަލްވީ ބުނެލިއެވެ. ޔަލްވީގެ ކޮޓަރިއަށް ވަން ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެތެރޭގައި އިން މިޝްޔާ ފެނުމުންނެވެ. އޭރު މިޝްޔާއަށްވެސް އިނދެވުނީ ޝިއުރީއަށް ބަލަހައްޓައިގެންނެވެ.
ޝިއުރީއަށް މަޑުމަޑުން މިޝްޔާގެ ނަން ކިޔާލެވުނެވެ. ދެން ފެނުނީ މިޝްޔާ އައިސް އޭނާގެ ގައިގައި ބައްދާލިތަނެވެ. ވާނުވާ ރޭކާލުމުން ޝިއުރީވެސް މިޝްޔާގެ ގައިގައި ހިފަހައްޓާލިއެވެ. މި މަންޒަރު ބަލަން ތިބި ޔަލްވީމެން ހިނިތުންވެލިއެވެ. އިރުކޮޅަކު އެގޮތުގައި ތިބުމަށްފަހު، މިޝްޔާ ޝިއުރީއާއި ދުރަށް ޖެހިލިއެވެ.
“މިޝް، އެ ދުވަހު ކިޔުނު އެއްޗިއްސަށް އަހަރެން މާފަށް އެދެން….. އަހަރެން ވަރަށް…..” ޝިއުރީ ވާހަކަ ދައްކަ ދައްކާ ހުއްޓާ މިޝްޔާ އޭނާގެ އަނގަމަތީ އަތްއަޅާ ހުއްޓުވިއެވެ.
“އެ ދުވަހު ވީ ކަމެއް ވީ….. އަހަރެންގެ ހިތުގައި ޝިއުއަށް އެއްވެސް ބުރަކަމެއް ނެތް…. ކޮންމެ މީހަކާ އެކީ އުޅުނަސް، ޝިއު އުފަލުން ހުރިއްޔާ އެ ވީ…. އަހަރެން ބޭނުންވަނީ އަބަދުވެސް ޝިއު، އުފަލުގައި ހުންނަން….. އެކަމަކު،،،،،،، އަހަރެން ވާހަކައެއް އަހާލަންތަ….؟؟؟؟” ހުރިހަ ވާހަކައެއް ދެއްކުމަށްފަހު، މިޝްޔާ އެންމެ ފަހު ޖުމްލަ ބުނެލީ ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ. ހިނިތުންވެލަމުން ޝިއުރީ ބޯ ޖަހާލިއެވެ.
“ޖަޒްލާންއާއި ކައިވެނި ކުރަން ތި އުޅެނީ، ހަމަ ޝިއު ބޭނުންވެގެންތަ….؟؟؟ ނޫނީ އެއްވެސް މީހަކު މަޖުބޫރުކޮށްގެންތަ…..؟؟؟؟؟” ޝިއުރީގެ އިޒުނަ ލިބުމުން މިޝްޔާ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުކޮށްލިއެވެ. ޝިއުރީގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފަނޑުވިއެވެ. އެހެނަސް، ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ޝިއުރީ ބޯ ޖަހާލީ މިޝްޔާއަށް ބަލައިލަމުންނެވެ. އަދި އެ ކަމުގައި އެއްވެސް މަޖޫބުރުކަމެއް ނެތް ކަމުގައި ބުނެލިއެވެ. މިޝްޔާމެންނަށް، ކުޑަވެސް ޝައްކެއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ހިނިތުންވެލައިގެން ހުރި ޝިއުރީ ފެނުމުން އަޔާނީގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މިޝްޔާމެންނަށް ނޭނގުނުކަމުގައިވިޔަސް، ޖަޒްލާނާއި ކައިވެނި ކުރަން، ޝިއުރީ، އެ އުޅެނީ މަޖުބޫރުވެގެންކަން އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ. ނަމަވެސް ނޭނގެނީ އެއީ ކޮން މަޖުބޫރީއެއްކަމެވެ. އަދި އެ ކައިވެނި ކުރުމަށް ޝިއުރީއަށް މަޖުބޫރު ކުރުވީ ކާކުކަމެވެ. ޝިއުރީގެ ކެތްތެރިކަން ފެނިފައި، އަޔާނީއަށް ހިތާހިތުން އޭނާއަށް ތައުރީފްކޮށްލެވުނެވެ. ހިތް ކުދިކުދި ވެފައިވާއިރުވެސް، ހިނިތުންވެ، ސަކަގޮތްގަނޑެއް ގެންގުޅުމަކީ ޝިއުރީގެ އާދައެއްކަން އޭނާވެސް ދަނެއެވެ. އެހެނަސް، އެއީ ކިހާ އުނދަގޫކަމެއްކަން އޭނާއަށްވެސް މިހާރުވަނީ އަންދާޒާ ކުރެވިފައެވެ. އިޙްސާސްތައް ފޮރުވުމުގައި ޝިއުރީއާއި އެއްފެންވަރަށް އެހެންމީހަކަށް އާދެވޭނެހެން އޭނާއަކަށް ހިއެއް ނުވެއެވެ.
“ޝިއު އަބަދުވެސް އުފަލުގައި ހުރުން އެއި އަހަރެމެން ބޭނުންވާ ގޮތް ދޯ…..” ގާތުގައި ތިބި ދެ އެކުވެރިންނަށް ދޯ އަޅާލަމުން މިޝްޔާ ބުނެލިއެވެ. ދެ ކުދިން އެއްފަހަރާ ބޯ ޖަހާލީ، އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އަދި ހަތަރު ކުދިން އަތްގުޅުވާލީ އެ އެކުވެރިކަން މުޅި އުމުރަށް ލެހެއްޓެވުމަށް އެދި ހިތާ ހިތުން މާތް ﷲ ގެ ޙަޟްރަތަށް ދުޢާ ދަންނަވަމުންނެވެ.
“އޯ…. އަހަރެން މި ހުރީ ހަނދާން ނެތިފައޭ….. ޔާލްއާއި އެކީ އަހަރެންވެސް ކައިވެނި ކުރަން މި އުޅެނީ….. ދެ ކައިވެނި އެއްކޮށް…. ޝިއުވެސް އަހަރެމެންނާ ބައިވެރިވާންވީނު…..” ކުއްލިއަކަށް ހަނދާންވުމުން މިޝްޔާ ބުނެލިއެވެ. ހިނިތުންވެލަމުން ޝިއުރީ އެކަމަށް އިންކާރުކުރީ، އެމީހުން ވަކި ޚާއްސަ ތާރީހެއް ކަނޑައަޅާފައިވާކަމުގެ ބަހަނާދައްކަމުންނެވެ. އިތުރު ސުވާލުތަކެއް ނުކޮށް މިޝްޔާމެންވެސް އެ ވާހަކަ ޤަބޫލުކުރިއެވެ.
********************
ދުވަސްތައް ފާއިތުވަމުންގޮސް ޔަލްވީމެންގެ ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަސް އައިސް ޖެހިއްޖެއެވެ. ކޮންމެ މީހަކުވެސް ހޭބޯނާރާ މަސައްކަތް ކުރަމުންދިޔައީ އެމީހަކަށް ޙަވާލުކުރެވިފައިވާ މަސައްކަތްތައް ވަގުތަށް ނިންމޭތޯއެވެ. އަޔާނީއާއި ޝިއުރީ އުޅުނީ ޔަލްވީމެން ތައްޔާރު ކުރުމުގައެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތަކީ، އެރޭގެ އަށެއް ޖަހާއިރުކަމުން ވަގުތު ކުޑަތަން ވެފައިވާތީއާއިއެކު، އެ ދެ ކުދިންގެ ޙަރަކާތްތައް އަވަސްވެފައިވެއެވެ. ނަޞީބަކުން ކައިވެނީގެ ވަގުތު ޖެހެންވާއިރަށް އެ ދެކުދިންގެ މަސައްކަތްވެސް ނިންމާލެވިއްޖެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
147 Comments!
Comments are closed.







Assalaam Alaikum ☺
Kiyuntherinnah mi part ves kamudhaane kamah ummeedhu kuran ?
Rangalhu kohlan v kameh iniyya faahaga kohlaidhinun edhen. ☺
Baaja veri dhuvahakah edhen ?
TGC Lov u all ❤❤❤
Hey me first.adhi nukiyan kiyaalaafa comment kohlaanan.vv reethi vaanehen heevaneee????
Yes u first ☺
Rythi
So jazlaan is blackmailing shiu, mishya ge photo or video dhakaafa. Hmm interesting
Thanks Boabi ? lets see dw ?
Ehnme fahnn shiu ah dw mi dhehkii e negi photo thah mishal kairii shiu bunebala evaahaka sirru kuriyakas nuvaane ??shiu abadhu thihenn nahadha bala Eemyaa???
Dhn vaa gotheh balaalamaa dw ?
Yes dhn rangalhuvamun dhaany ☺
Kuruhen heevany.. but vrh rythi??
Thanks dear ?
Dhen Aslu Mihaaru varah foohi koh midhany!! Abadhu vez dhera libey myhaa ah dhera. Dhen maa haasaru vez bodukursny vaahaka dhigukuran vegen.
Faalhu kurevvi khiyaalah v bodah shukuriyya ?
Kuriqh huri part thah genesdhey iru thi kankamah visnaanan ☺
Wowww.. nice? readers ge comment keema adhi mi reakaa lee vgn ulheygoi.. hehe.. waiting for the next part
Thanks Mal ?
Hehe ☺
Hw many prts left
Exactly bunaakah neyge dhethin part dhn innaany
vvvvvvvv reethi. hama rovijje. ekam alheyyy mishal ah ehn nuhadhaba. shiu ah kn majoboorehbaa evy??… so curious to see..yageen mish ge photo thah jazlaan athukan hury. eulheny shiu balckmail kohgen. poor shiu..alh dhn hama shiu innanytha that stupid jazlaan aa??.. 🙁 mi part varah habeys kuruviyas..part thah kuruviyas eeem ge writing skill best veema aslu ekan ehaa bodah ihsaaseh nukurevey. storyy hama best.. masha allah i really appreciate ur working.. keep going.. whn nxt part????? waiting as usual for this lovely story.. ly eeem..
Thanks $JK ?
dhn vaa gotheg balaalamaa dw ? next part ga baeh suvaaluge javaabu libeyne ?
Thanks a lott dear ❤
Bodu kameh dhimaa nuvanyaa maadhamaa up kohla dheynan In Sha Allah ☺
LY❤
Vrh reethi mi part.. Rovijje.. Shiu haadha hiyyvaru gadhaey dhw..
Thanks Yaanii ?
Yeah ☺
V reethi mi prtves
Thanks Shaa ?
Next part kon iraku? Nice story??
Bodu kameh dhima nuvanyaa Maadhan genesdhrynan In Sha Allah ☺
Thanks dear ?
Varah reethi mi partvess.. Hama rangalhah vss rovijje.. Alhe mishal ah ehnn nuhadhaba.. Waiting for the next part..
Thanks Yaana ?
Dhn rangalhu vaane kamah balamaa dw ☺
Mi vaahakaige haasaru bodukamun v foohi..
Dhevvi khiyaalah shukuriyya ?
Kuriah huri part thah rangalhuvaane kamah balama ☺
alhey mivy kihineh…?mi jazlaan koachekey shiu kairi kiyaa gen miulheny…what will happen to mishal…he’ll be so heart broken..?jazlaan kaneyge mish ge photo or video edhuvahu enegy and he blackmailed shiu..no way please eem don’t let shiu get married to that jazlaan…iI just want to beat him up…mishyaa kairi namaves shiu buneba maju booreh vegeney jazlaan aa innany….mi part hama fabulous…you’re the best..eem.☺️..i wish we were friends in real life..asluves thikahala molhu writer ehge friend akah vaanbeynun nuvaany kaaku..freind ah vureves bodah eem ge best friend akah vaan beynunvany….but it’ll happen in my dreams?Right..Hehe..love you.eem.?
Click, v gina suvaal ge javaab libeyne next part in ?
Dear, we can b frnds ☺
Click ah mail account eh hulhuvunu dhuvahakun thiryga mi in mail ah msg eh kohlaa
[email protected]
LY dear ❤
Eem gosi tha mail eh..?
Hey eem me too ??
Yes click, mail eh libun.. is tht u?
Hehe yes dear, $JK ves mail eh kohlaa.. eyrun eem aa dhimaa vaane.
Eem aa frnd vaan beynun kudhin e mail a msg kohlan v hama ☺
actually, i will send a mail after opening an account. waiting fot that 🙂
Yup eem..ekam mail fonuvaafa inaany my sister eh ge ipad in..reply kohlachey eem..??mail ga innaani hi eem jahaafa..thin mail inaane repeat vesfa hehe.?
Okay $JK ?
Click reply kohlaafa innaany ?
Ebunaahen mioh reethi vaahaka mihaaru kamaku nudhey.. abadhu konmess meehaku falhugeah vahdhaathy.. he he.. eem ekan rangalhu kohlaba
Dhevvi khiyaalah shukuriyya ?
Kuriah huri part thah liyaa iru thi kamah visnaalaanan ☺
Ehgothakah ves kamaku nudhey..
Alhe girl kudhinnah dhas kohdheeba kan kamaa kerigen kurimathilaan..
Meehaku adhi black mail kuran ulhunas kerigen ekamaa kurimathilaan..
Police mndf human rights hunnany kamaku ey..
Pls shiu n mishal gulhuvaba..
Dhen vaavaru vejje mihaaru shiu ah…pls…
Dhevvi khiyaalah shukuriyya ? kuriyah huri part thah rangalhu vaane kamah balamaa dw ?☺
Reethi
Thanks Afaa ?
Varah fuhi e jazlaan aa hedhi.. Mikudhinnah ufaaveri dhuvas thakeh hama nethytha eem
Nun kuriah othy hama ?☺
Mivaahaka feshigen gos mihaa hisaabah airu adhi neiy mishal akah ufaleh libifaeh..
Komme partehves kiyanyy mishal ah ufaa veri habareh libeyne kamah..
Ekam varah foohi..
Mulhin foohi kohfi mihaaru..
Mishal i miss u…pls ..
Mishal sifa kureveny yey rishtha kiyaa kehelaathaage naks aa..
I love naks
Naks akii ves v v loabi beybe eh..
Pls help him…
Reem kuriah huri part thah rangalhuvaane kamah balamaa dw ?☺
Oh poor shiu?i thing jazlaan kameh kahneyge nd mish ge photo or video kohfa shiu ah dhahkaafa buny kahneyge jazlaan aa marry nukohfiyya e photo thah leak kohlan ehnve kahneyge shiu ah e majbooru v jazlaan aa marry kuran..nd mi part ves hama superb?keep it up eem ly.??waiting waiting?
Thanks Nish ?
Lets see thihenves vedhaane dw ?
LY dear ❤
Dhn mihar v foohi vaahaka dhaa goi its being too much dhera libey myhaaa always dhera. Ekm mi site ga emme kiyaa hithun kiyaa vaahaka miee. Eeem dhn shiu life happy kohdhybah
Next part rythi kurahchey ??
Yes ☺ heekuran next part kuraane kamah ? Thanks dear ☺
Ohhh wow masha allah stry v v awsome??? jazlaan dhw eyru mish ge photo nagaa video kury n eychehi shiu ah dhakkaigen eyna blackmailkurany dhw e ? Alhey shiu kihineiy ingeny fahunves eychehi leek nukollaane kameh plx mishal ah thihennuhadhaa eynakairy bunan nukerenyaa raahyl kairyviyas bunebala n raahyl aee polihennu eynayah jazlaan hayyarukoffa phone ves check kureveyne ennu pls kommes gothakun yaany avviyas angabala plx ekam shiu jazlaan aa marry nukurachchey plx whn nxt prt avaskolladhybala plx plx
Thanks khajja ?
Hehe rangalgu gotheh vane kamah balama dw ??
pls pls dhen mishal ah thihen nahadhaa??? eanaa ah siu libey goih hadhaa pls
Rangalhu gotheh vaane kamah balama dw ?
happy friday eem,,, mi part ves hama vvv nice always,,, keep it up. thigothah twist thah jehsyma v interesting, anyways waiting for next part,,,
Happy friday dear ?
Thanks dear ?
Hehe ❤ keep waiting dear ?
Salhii keep it up
Thanks Sinaa ?
Alhe mishal ah ehen nahadhaba eem ?? shiu ves bunaanama mishal kairyga.. story gendhaa goi varah reethi.. ❤️❤️❤️
Mishal ah rangalhu gotheh vaane kamah balama dw Roo ??
Thanks dear ?❤
Omg? annehkaa jazlaan tha mish ge pics or video kury.. nd nw he’s blackmailing shiu.. or annekkaa shiu ah kameh kurytha?… adha mee mishal nama or one of shiu ge frnd eh nama, sahaadeh mi jazlaan gandah rangalhu bondi eh dhinymus..?..
Mishal ah ehen nahadhaba dhen.. varah dheravey?
Varah reethi mi part ves..
Waitingss ❤❤❤❤
Mishal ah rangalhu gotheh vaane kamah balama dw Adha ?☺
Haha Adhaa ves nikan rulhi gadha vejje dw ?
Thanks a lott dear ?❤
i knew it..eyru vx ingun mishal nuun kan..but pic thakeh heneh hieh nuey..hiivany video eh hen… nulafaa kan dhw..mixamaanuga hama ekahala miihun ulheythy kos ves vey…btw eemy this part was awsome and nxt part when up vaany..love yuhh?????
Hehe Cher ah guess kurevuny rangalhah dw ??
Keekuraany dear baeh meehunah nuvisneny nuny visnunas goas kamun ehn ulheny ?
Thanks a lott dear ?❤
In Sha Allah Maadhamaa up kohla dheynan ? LY
Wow . v v v rythi mi part vesss . dhen abadhu mishal ah ehen nahadhaaba . mishal dhen sheru ah dheyn v nu … I love mishal ??❤
Thanks Sheru ?
Hehe mishal gaathu ahaalan jeheynee ?
❤
wow…mi part varah reethi…and i also thought shiu marry kuran eulhenee mishal aa noonkan…i also think jazlaan is black mailing shiu…soo nxt part kon irakun….??? waitin…
Thanks Nashuu ?Hehe genai gothun heevee dw mishal akah nuvaaney ??
In Sha Allah maadhamaa up kohla dheynan ❤?
Story is awsm…. Um really curious to knw wats gonna happn… i really appreciate ur work…. Bt plxx dnt do that to mishal… Bring sm happiness in his life too… Waiting for nxt part!!!!!!!
Thanks Nee ?
Mishal ah rangalhu gotheh vaanekamah balamaa dw ??
Thanks a lot dear ❤?
Maa haasaru body…v foohi vaahakayeh. …
Long story Veema baivaru kankan hingaane. So e nuvaane kanneynge haasarakah.. ?
Dhevvi khiyaalah Shukuriyya binnu ?
$JK bunaahen gina meehun ulhey story eh v ma gina kanthah hama hingaane, nd thibuna gothah gendhan vejja baeh kudhinnah heevedhaane kurugalhuvaalany ey.. eki kudhinge khiyaal thafaath vaane dw. Enmen beynun vaa gothakah story kuriakah ves nudhaane.. ehn v ma eem mi liyany eem ge brain ga story plan kurevifa in gothah. Plus feshi iru ves bunefa innaane mee ekkoh ulhey ekuverithakuge dhiriulhumuga dhimaavaa eki haadhisaa thakah ali alhuvaalaigen genesdhey story ekey.. so ehn v ma gina kanthahthah hama kurimathi vaane dw.. nd real life ga ves dhera goi dhimaa vaa meehakah kithanme baivaru ves dhera goi dhimaa vey..
Dhn kuriah huri part thah kamudhaane kamah ummeedhu kuran
Thanks $JK ?
ANYTIME eem 🙂 🙂
V rythi vaahaka..
Thanks Xna ?
Eem kon rasheh..☺
B.Thulhaadhoo ?
I will take care of mishal.. I want to make his life more happy.. ??
Rock ?
nice story..dhen mishal aa shiu aa gulhuvabala thihen nahadhaaa…..wooooow vara reethi story…keeep it up
Mishal ah rangalhu gotheh vaane varah avahah ? keep reading
Thanks a lot dear ?
kurin mee mi site ga in emme reethi vaahhaka but mihaaru mi vaahaka kiyaa hih nu vx vey
varah varah hadi
varah varah varah varah hadi
don’t say that zeynaa…liyuntherinah hihvaru dhinumuge badhaluga thikahahala ehchihi keema kihaa dheravaane..zeynaa ah hadiyaamun misalakah hiyaaleh dhevidhaane dhw ekan rangalhu kohlan…?
Faalhu kurevvi khiyaalah shukuriyya zeynaa ?
click you said it right 🙂 asluvx liyuntheriyaa hiyyvaru eley gothah comment nukurun rangalhy.
Yeah..?
alhey..mi vaahaka kamu nudhaa kudhin mi vaahaka nukiyaba….kee namaves eem ge hiyyvaru eley gothah comment nukurahchey….BINAA KURANIVI FAADU KIYAASHEVE….FANAA KURANIVI AADA NUKIYAASHEVE…. hope all understand….love u eem andmur story
Thanks Nashuu ?
Its k story liyan feshi iru ves eem gabool kuran baeh kudhinnah vaahaka kamu nudhaane kamah
Eki kudhinge hiyaal thafaath vaane kan eem ah ingey
Negetive comment eh libunas eem dhera eh nuvaane ?
Beynun vany aslaa ehgoi thafaath story eh kiyuntherinna hama ah genesdhen
Kiyuntherin expect kuraa gothah kuriah dhaa story akah knme story eh vaakah nujeheyne kamah eem gabool kurany
Thanks a lot dear for being with me ?
LY dear ❤
hadiyya nukiyun rangalhy. n writers ge feelings ah visnaafa commnt kurun aee emme rangalhu goih.. respect others feelings.. u’ll only only realize their pain only the day u face something like that.. 🙂
Thanks dear $JK ?
LY ❤
ANYTIME EEM IF ITS YOU 🙂 ly 2 😀
Nice story!!! Intrstin!! Bt include more lust!! ??
Thanks Dear ?
Vvvv salhi mi part ves….luv u seem ❤❤
Thanks ZARAA ?
LY ❤
Hei all readers
M really really sorry to say this
Eem mi ulheny balikamun doc ah dhakkan Male’ ais
Rashah dhevunyma dhn story up kohleveyny
Heekuran kituntherinnah eemge haalathu understand vaane kamah
TGC lov u all
OHHH.. EEM GET WELL SOON.. ofcourse we understand..varah miss vaane eem n mi story vx.. but will wait ingey. 🙂 🙂 wish u to get a quick recovery 🙂 nd get back soon with this lovely story… TC
Gws eem..
Get well soon..?.we are waiting and we understand what you are going through..hope to see you soon with your story..will miss you..waiting..take good care eem..love you more ?❤️
GET WELL SOON EEM☺I understand nd vara miss vaane eem nd mi story ves..waiting hama..☺tc ly?c yaaa soon?
Get well soon eem.. wish u a speedy recovery ❤
Alhey eemy gws ingey avahah rangalhu vgn story up kollaahchey ingey cant even wait… Lysm
Thanks all ?
Thanks all ?
Comments gina v ma vaki vakin reply nukohlevuny. ☺
Lov you all ❤❤❤
Eeeem avas shifaa akh edhen!!! ??
Alheyyy haadha dhera ey mi story ga vaa goihyy…… Rovihje Eem ???? v v reethi mi part vex…..aww avase shifa akah ae Dhn Eem dear…???
ur welocome eem….i will be there with u insha allah..ohh dhera…eem ah avas shifaa akah edhen…will miss u and ur beautiful story…love u…
Shifa killah eeem☺☺
Avas Shifaa Akah Edhen …… mihaaru Eeym ge haalu kihinehtha? kon dhuvahakun rashah dhaney? vaahaka ah v v v v inthizaaru eba kuran… TGC.. ???
GWS waiting……. vvvv avas shifaa akan adhen
Avass shifa akah edhenn??? avahah vaahaka nere dhehchey mihaaru kiyaa hithunn kehmadhu vefa mihuriii☺☺☺
Kolhehga nujehey Hindhi drama series aka vaththaree. Ehkamakun salaamai vaairah ehen kamakaa kurimathi vaane.
500-1000 series ge drama silsila aka vaththaru vanee. Aa charecter introduce vaane.
I think you are writing a story. Not a drama series
its a long story. so nimeyru kommx kolhehga jeheyne. keep waiting. n varah reethivx vaane nimmun.. 🙂 and drama akaa vahthareh nuun kanneynge dw.. 🙂
Hidhi drama ves knmes kolhehga jassaa ninmaa dw… mi story ves adhi nunimegen ulheyhaa dhigeh noon.. drama ves kulheny story ge mahchakah noontha?
Mi story akee 4 kudhin ge life ga vaa goiy inna story eh veema dhiguvaanu.. so keep waiting dear?
GET WELL SOOOON Eemyaaa…..story vara nice…keep it up…
Get well soon eemyaa ❤
Story varah reethi ?
Up kolli dhuvahu kiyaafa inee mi part ekam eem up nukoh dhuvas kolheh negeema beli iru bali kan mi ingunee ?
Next part ah inthizaaru kuran ??
?
Yarumivaneelobe having 45 nuganas danger kivetha
Eem Bali ey bunefa ebainnehnun… N eem Ava’s shifa akah edhn
Eem Get well Soon.. ?????
Get well soon … waiting
Haadha lahey mi vaahakah up vaaleh ahvas kohla baa
eeem balivegen ulheny.. just wait a little bit 🙂
Eem avas shifaa akah edhen.gws??
Sleem ah Ava’s shifaa akah edhen hope to see the part soon I luv uuu knn irakun eem up kolla dhevvaanee
Eeem.. hws u now???
VArah obi story eh.. varah rythi.. Next part ah inthixaaru kuran..
Mihaaru next part ah inthixaaru kohkoh.. Alhe kyhvetha next part lasvaniii…???
eem balivegen story up nukurevi othy. but keep waiting 🙂
eem.. how r u? get well soon dear… v inthizaaru kurevey Eem ragalhuvegen vaahakaige aneh bai nereyne dhuvahakah… waiting….waiting…. dhen bunelan veynun vany aslu mivaahaka ehves gothakah foohseh nuvey dhen faharu kiyanves… ur the best Eem.. vaahaka akee koacheh kan igey ehves meehaku nubunaane miee hindhi drama ekey…. MISS U EEEM <3
Eem kon dhuvahakun rasah dhanee… mihaaru vaahaka kiyaa hithun hurevey vareh nun ??… Get well Soon dear…???
alhey get well soon.avahah up kohla dhehchey
Get well soon waiting for the next part I love this story
Eem knn irakun rashah dhanee.. Hhadha heeveyey survive nuvevigen ulheyhen.. Alhey meii thedheh the?? Sorry vrh bodah upset kolle vijjehyyaa???? And SHAFAKALLAH…. And miss you sw much
GWS Eamy, waiting for the story 3>
Eemya Dhooni kihineh mihaaru rashah dhevey varu nuveytha adhivess vaahaka nereyne ireh ge inthizaaruga mihuriii ????avass shifa akah edhenn
Eem haadha dhuvahekey.. Adhi ves rashah nudheveytha??? Pls inform kolla bala.. Waiting for the story.. Can’t wait.. Miss you.. Love u and gws.. ❤❤???
eem ..get well soon dear ?
I’m still waiting ?
miss u
good night ?
Get well soon eem….
dhen thankolheh avhah up kohladhybala haadha dhigu inthizarekey anehka vahaka ninmalytha ehn nuhadhahchey plxxxx .. get well soon:)
Eamyaa thankolheh avahah up kolla dhenveenu
Eeem.. dhn avahah rashah dheybala. inthizaaaru maa dhiguvany..
mihaaru kihineh btw?
eem .. how r u nw ?
plx up the story soooooon
get well soon
Gws eem …??
Eem mihaaru kihinehtha…kon irakuntha rashah dhanee…alheyy dhen avahah aneh part up kohladhebala…..cant wait
Thanks all ☺
Comments gina v ma vaki vakin reply nukurevuny
Lov u all ❤❤❤