Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ރޯޒްވެލް 01

layaal Level 310 Stories100 Comments
October 13, 2017 9 Mins Read
46 Comments

ވިދާލި ގަދަ ވިދުވަރާއިއެކު އުޑުމަތި އެކީ އެކައްޗަކަށް އަލިވެގެން ދިޔަ ވަގުތު ބޯވިލާތަކުގެ ނިވަލުން ކެރިގަނޑު އޮއްސާލީ އެއްފަހަރާއެވެ. ގަސްތަކުގެ ފަތްތަށް ގަދަވަޔާއި އެކު ވިއްސިގެން ދާއިރު ގުގުރީގެ ބާރު އަޑުފަށްގަނޑުން މުޅި ފަޒާ ގުގުމާލައެވެ. މާހައުލަށް ގަދަ ފިންޏެއް ވެރިވެފައި ވާއިރު ކަނު އަނދިރީގެ ތެރޭގައި ‘ރޯޒްވެލް’ ފެންނަނީ ބޮޑު ނާމާން ގަނޑުވަރެއް ސިފައިގައެވެ. ދަގަނޑުން ފަރުމާކޮށްފައި ހުރި ބޮޑު ގޭޓުގައި ފިނިފެންމަލެއްގެ ނިޝާން ވީއިރު އެތެރޭގައި ވަނީ ފުރިހަމައަށް އިމާރާތް ކުރެވިފައި ހުރި ގެއެކެވެ. އެތަށް ބައިވަރު މާ ގަސްތަކުން އެތަން ފުރާލެވިފައި ވާއިރު މުޅި ހިސާބުން ދުވަނީ ވެހެމުން ދިޔަ ވާރޭއާއި އެކުވި މާމެލާ މެލީގެ ވަހެވެ.

ގޭގެ މައިދޮރުގެ ދެފަރާތުގައި ފިނިފެންމަލުގެ ނިޝާން ކަނޑައި ނެގިފައި ވާއިރު އެތަނުގައި ދިއްލާފައި ހުރި މަޑު އޮރެންޖު އަލިން ނޫނީ އެހިސާބަށް އަލި ކަމެއް ނުވެއެވެ. އެ ބޮޑު ގޭގެ ކުޑަދޮރު ތަކުން ވެސް ފެންނަނީ ފަނޑު އަލިކަމެވެ. ވަންނަ ދޮރާށިން ބޭރުގައި ހުދުކުލައިގެ ޕެބަލް ފަތުރާފައި ވާއިރު ވަކި ހިސާބަކުން ވަނީ ފެހި ވިނަ ފެތުރިފައެވެ. ދޭތެރެއަކުން ވިދާލާ ވިދުވަރުން ‘ރޯޒްވެލް’ އެއްކޮށް ދަޅައަޅާލާ ވަގުތު އަނދިރީގައި އެފެންނަ މަންޒަރުން ހިތްތަކަށް ބިރުވެރިކަން ގެނުވާނެއެވެ.

ބޯ ކުރަމުން ދިޔަ ކެރިގަނޑުގެ އަޑު މެދުކެނޑުމެއް ނެތި މުޅި ގޭތެރެއަށް އިވެމުން ދާއިރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ބިންމަތީގައި ގަދަ ރަތް ކުލައަކަށް ދާ ކާޕެޓެއް އަޅާފައި ވާއިރު މަތީގައި ކުދި ޖަވާހިރުތަކުން ޖަރީކުރެވިފައިވާ ޗާންދަލިޔާގެ ފަނޑު އަލިން ގޭތެރެ ފަޅުފިލުވާލަދެއެވެ. ޗާންދަލިޔާއާއި ދިމާ ތިރީގައި ބަހައްޓާފައި ހުރި ބޮޑު ވަށް މޭޒުގެ މެދުގައި ރަތާއި ހުދުގެ ފިނިފެންމާ އެއްކޮށްފައި ހުރި މާޓުކުރިއެއް ވާއިރު ވިދުވަރުގެ އަލިން އެމާތަކުގެ ތާޒާކަން ފެނިގެން ދެއެވެ.

ކުރިމަތީގައި ދެފަރާތަށް ބޮޑު ދެ ސިޑި ލާފައި ހުރިއިރު މަތީ ބައިން ފަނޑު އަލިކަމެއް ފާޅުވާން ހުއްޓެވެ. އެ ފަނޑު އަލިކަމުގެ ތެރެއިން ދުރުގައި ހުޅުވާފައި ހުރި ކުޑަދޮރުން ވާރޭ ކަނީގެ އަސަރު ކުރަމުން ދިޔައެވެ. ވިހުރެމުން ދިޔަ ދޮރު ފޮތިގަނޑު ކައިރީގައި ހުއްޓިލައިގެން ހުރި އާހިލްގެ ނަޒަރު ވަނީ ބޭރަށް ހުއްޓިފައެވެ.

ހުދު ކުލައިގެ އަތް ކުރު ގަމީސް ގައިގައި ހިފާލެވިފައި ވާއިރު ލައިގެން ހުރީ ދޫ ކޮޓޮން ޖިންސެކެވެ. ހިފައިގެން ހުރި ހޫނު ކޮފީ ތަށިން ދުން އަރައަރަ ހުރިއިރު އޭނާ އެއްވެސް ޖެހިލުމެއް ނެތި ތުންޖެހިގޮތަށް އޭގެން ކޯވަރެއް ބޯލިއެވެ. ދިލަ ހޫނުން ތުންފަތް ރަތްވެގެން ދިޔަ ނަމަވެސް އެލޮލުގައި މުތީ ތަކެއް ފަދައިން ބަބުޅަމުން ދިޔަ ކަރުނައަކީ އެހޫނުން ގެނުވި ކަރުނަތަކެއް ނޫނެވެ.

****

ގޭގެ ބޮޑު ގޭޓު ހުޅުވިގެން ދިޔުމާއި އެކު އެތެރެއަށް ދުވާފައި ވައިން ކަޅު ކާރު މަޑުކޮށްލީ ގޭގެ އެހެން ކާރުތަށް ޕާކު ކޮށްފައި އޮތް ދިމާލުގައެވެ. ހުންގާނުގައި ހިފާއްޓާލައިގެން އިން އައިލީންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އަތު ކުރީގައި އޮތް ގަނޑިން އެންގީ މެންދަމުން އަނބުރައި އެކެއް ޖެހީކަމެވެ.

ފުން ނޭވާއެއްލައި މީހާ ހަމައަކަށް އަޅުވަމުން އައިލީން ދެލޯ މަރާލިއެވެ. ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލަމުން ކާރުގެ ކުޑަ ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. ތުންފަތުގައިވީ ގަދަ ރަތްކުލަ ފޭދެމުން ދިޔައިރުން ދެ ލޮލުން ފާޅުވަނީ ވަރުބަލި ކަމެވެ. ކާރުގެ ސީޓު މަތީގައި އޮތް ފޯނު ރިންގުވަމުން ދިޔަކަން އިނގުން ނަމަވެސް އޭނާ އެކަމަށް ސަމާލުކަމެއް ނުދެއެވެ. އެގުޅަނީ ކާކުކަން ރަނގަޅަށް އިނގޭތީ ފޯނު ނަގައި ބަލައިލުމެއް ވެސް ނެތި ދަބަހަށް ލިއެވެ.

އައިލީން ކާރުން ފޭބި ތަނާ ކައިރީގައި ހުއްޓެލި ސެކިއުރިޓީ ގާޑު ދިއްކޮލި ކުޑަ ދުރަށް ލަމުން އެބޯވާރޭ ތެރޭ އޭނާ ގެއަށް ވަންނަން ހިނގައި ގަތެވެ. ކޯޓާއި ފަޓުލޫނެއް ލައިގެން ހުރިއިރު އެތެރޭން ލައިގެން ހުރި ހުދު ގަމީސް ހާމައަށް ފެންނަށް ހުއްޓެވެ. އަރައިގެން ހުރި ދިގު ހީލްގެ އަޑު އަޅަމުން އައި ކޮންމެ ފިޔަވަޅަކާއި އެކު އިވެއެވެ. އޭނާ އިސް އުފުލާ ގެއާއި ދިމާއަށް ނަޒަރު ހުއްޓާލި ވަގުތު ވިދާލި ވިދުވަރުން ދެވަނަ ފަންގިފިލާގެ ކުޑަދޮރު ކައިރީގައި ހުރި މީހާގެ ސޫރަ ފެނި ދެބުމަ ގޮށްޖެހުނެވެ.

****

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝާން އިރުއިރު ކޮޅުން ފާރުގައި ހުރި ގަޑިއަށް ނަޒަރު ހުއްޓާލައެވެ. ފޯނުން އޭނާ ބޭނުންވި ނަންބަރަށް ގުޅުމުން އަދިވެސް ޖަވާބު ނުދޭ ކަމަށް އެންގިއެވެ. އައި ރުޅިން އަތުގެ ކޮޅަށް ފޯނު ހޫރާލުމުން އޭތި ގޮސް ޖެހުނީ އެ ބޮޑު އެނދުގެ ފަޑީގައެވެ. ކުޑަދޮރުތައް ލައްޕާފައި ހުރިކަމަކު ވިދާލާ ވިދުވަރުން އެ ކޮޓަރިއަށް އަލިކަމެއް ގެނުވައެވެ. އެނދު ކައިރީގައި ހުރި ކުޑަ ލޭމްޕް ޖައްސާފައި ވީއިރު ހުދު ކާޕެޓްގައި ހުސްފަޔާއި ދެކޮޅަ ހިނގަމުން ދިޔަ ޝާންގެ ރުޅި ފާއިތު ވަމުން ދިޔަ ކޮންމެ ސިކުންތަކާއި އެކު އިތުރު ވަމުން ދިޔައެވެ.

އެންމެފަހުން އޭނާ ކޮޓަރިން ނިކުމެ ސިޑިއާއި ދިމާއަށް މިސްރާބުޖެހި ވަގުތު ތިރިން މީހަކު ހިނގާ އަޑު އިވި މަޑު ޖެހިލިއެވެ. އިރުކޮޅެއް ނުވެ އެންމެ ދުރުގައި ހުރި ސިޑިން އަރައިގެން އައި އައިލީން ފެނި ޝާން ފުންނޭވާއެއް ދޫކޮށްލިއެވެ. އައިލީން އޭނާގެ ކަނާތް ފަރާތަށް ވާގޮތަށް ހުރި ކޮރިޑޯއަށް ނަޒަރު ހިންގާލުމަށްފަހު އެދެލޯ ދެން އަމާޒުވީ ކުރިމަތިން ފެންނަން ހުރި ޝާންއަށްށެވެ. އަވަސް ފިޔަވަޅު ތަކެއްގައި އޭނާ އެދިމާއަށް ހިނގައިގެން އިރު ވާރޭގެ ތިކިތަށް އެ ދޮން މޫނުގައި ބަބުޅަމުން ދިޔައެވެ. “ކީއްވެ ގުޅީމައި ފޯނު ނުނެގެނީ؟ ކީއްވެ ހެއްޔޭ! އަޑެއް ނީވޭތަ!” ޝާން ހަރުކަށި ކަމާއި އެކު ބުނެލިއެވެ.

****

ކާރުން ފޭބި އައިލީން ފެނި އާހިލް ހަށިފުރައި ނޭވާއެއް ލިއެވެ. ހިތުގައި އުފެދިފައިވި ނުތަނަވަސްކަން އިތުރު ވީ ހިނދު އައިލީން ގެއާއި ދިމާއަށް އެޅި ކޮންމެ ފިޔަވަޅަކާއި އެކު އެ ހިތް އަވަސްވާން ފެށިއެވެ. ވަކި ހިސާބަކުން ހުއްޓި އޭނާގެ ނަޒަރު ސީދާ އާހިލްއާއި އަމާޒުވި ހިނދު ކަރުތެރެ ހިކިގެން ދިޔަހެން ހީވިއެވެ. ކޮފީތަށިން ކޯވަރެއް ބޯލަމުން އޭނާ ބެލީ ހަމަޖެހެވޭތޯއެވެ. މާ ގިނައިރެއް ނުވެ ސިޑިން އަރައިގެން އައި އައިލީން ފެނި އާހިލް ކުޑަދޮރުން ދުރަށް ޖެހިލިއެވެ.

އަތުގައި ދަބަހެއް ވީއިރު އޭނާ ހުރީ ވާރެއާއި ތެމި ފޯވެގެންނެވެ. ކުޑަދޮރުން ބޭރުން އައިލީން ކާރުގައި ވައިން ތަން ބަލަން އާހިލް ހުރިއިރު ހީވަނީ އޭނާ ހުރީ އެވަގުތަށް އިންތިޒާރު ކޮށްގެން ހެންނެވެ. އައިލީންގެ ނަޒަރު ހިނދުކޮޅަކަށް އާހިލްއާއި ބައްދަލުވި ހިނދު އޭނާގެ މޫނަށް އެތަށް ކުލަވަރެއް އަރައި ފައިބަގެން ދިޔައެވެ. ނަމަވެސް އައިލީންގެ މޫނުން އޭނާގެ އިހުސާސްތަށް ދެނެގަނެވޭނެ ގޮތެއް ނުވިއެވެ.

ފަޅި ސިކުންތަށް ދެމިގެން ދިޔަ ވަގުތުކޮޅު ނިމުނީ އައިލީން އެނބުރި ކުރިއަށް ހިނގައި ގަތުމުންނެވެ. ގޭގެ މަތީ ބައިގައި ދެފަރާތް ހުންނަ އިރު އާހިލް ހުރީ ކަނާތު ސިޑިބަރީއާއި ވާ ދިމާލަށް ހުރި ކޮރިޑޯގައެވެ. އޭރު އަނެއް ފަރާތުން އިވުނު އަޑުން އާހިލްގެ އަތް ގޮށްމުށްކެވި ލޮލުން ރުޅިވެރިކަން ފާޅުވިއެވެ.

“ކީއްވެ ގުޅީމައި ފޯނު ނުނެގެނީ؟ ކީއްވެ ހެއްޔޭ! އަޑެއް ނީވޭތަ!” ޝާންގެ ބަސްތަކުން އާހިލްއަށް އުނދަގޫވިއެވެ. އައިލީންގެ ފިރިމީހާ ކަމަކު އެއްވެސް މީހަކު އޭނާގެ އެއްމާބަނޑު ދައްތައާއި އެފަދަ ގޮތަކަށް މުޚާތަބު ކުރާކަށް ނޭދެއެވެ. އާހިލް ކިތަންމެ ފަހަރަކު އޭނާ އެކަމާއި ނުރުހޭވަރު ހާމަކުރި ނަމަވެސް އައިލީންގެ އެދުމަށް މާ ބޮޑު ކަމެއް ކުރެވޭކަށް ނެތެއެވެ. ދޭތެރެއަކުން އާހިލްއާއި ޝާންގެ ދެމެދު އެކަމާއި ދެބަސްވެ އަރާރުން ވާއިރު އެންމެފަހު ވަގުތު ހަތިޔާރު ބަހައްޓަން ޖެހެނީ އޭނައަށެވެ. އެދަމަފިރިންގެ ދޭތެރޭގައި ހަމަނުޖެހުން އުފެދިފައި ވާކަމީ މިގޭ އެއްވެސް މީހަކަށް ސިއްރުވެފައި ވާކަމެއް ނޫނެވެ.

****

“ޒޫނާ؟ ނިދަން ވީއެއްނުން ދެން..” އެނދުގައި އޮވެ މަގަތަށް ފުރޮޅިލަމުން ޖަލީލް ބުނެލިއެވެ. ފިނި ރެއަކު އޭނާ އަރާމު ނިންޖަކުން ނިދާލަން ބޭނުންވެފައި ވީއިރު އޭނާގެ އަންހެނުން ޒޫނާ ނުނިދިގެން އުޅޭ ވަރުން ޖަލީލަށް ލޮލުފިޔަ ޖަހާލެވޭ ވަރެއް ނުވެއެވެ. އެނދުގައި އިށީނދެ އިން ޒޫނާގެ ނަޒަރު ވަނީ ފާރުގައި އިން ގަޑިއަށް ހުއްޓިފައެވެ. “ނިދޭ ވަރެއްތަ؟ އަދިވެސް އައިލީން ގެއަށް އައި ކަމެއް ނޭނގެ. އޭނަ މީހަކާއި އިނދެގެން އުޅުނެއް ކަމަކު މިހާރު ގެއަށް އަންނަން ވެއްޖެ އެއްނުން.. އެކެއް ޖެހީ ވިއްޔަ.” ޒޫނާ ހިތްހަމަ ނުޖެހިފައި އިނދެ ވާހަކަ ދެއްކިއެވެ.

“ޖަލީލް އެކުދިން މާ ރަން ކޮށްގެން ގެންގުޅުނީމަ ވީގޮތްމީ. ދެން އެހުރީ އާހިލް.. ކުރީ ރޭ ވެސް ނޭނގެ ކޮންމެވެސް އަންހެން ކުއްޖެއް ގެނެސްގެން އުޅުނު.. އެކަމު ޖަލީލް ނުވާނެ އެއްޗެކޭ ބުނެގެންނެއް.. މީހަކާ ދެވީމަ ވީއެއްނުން.. މިހާރު ތިރީސް އަހަރު ވިއްޔަ އެވަނީ..” ޒޫނާގެ ވާހަކަތަކުން ޖަލީލް ދެފަރާތަށް ބޯ ހޫރާލިއެވެ.

އެއްމާބަނޑު ދެބެން ވިހެއުމަށްފަހު އެކުދިންގެ މަންމަ ނިޔާވުމުން ޖަލީލް އެ ދެފުރާން ބަލާ ބޮޑު ކުރީ ހުރިހާ ލޯތްބަކާއި އަޅާލުމެއް ދީގެންނެވެ. ވިޔަފާރި ކުރިއަރާ ހަރުދަނާ މީހަކަށް ވުމުން ކުދިން ބުނިހާ ކަމެއް ކޮށްދީގެން އުޅުނީ ދިރިއުޅުމުގައި އެނޫން ބަޔަކު މުހިއްމު ނުވީމައެވެ. ނަމަވެސް މައެއްގެ ލޯތްބަކީ ފައިސާއިން ގަނެފައި ދެވޭނެ އެއްޗެއް ނޫންކަމުން އެކުދިން ބޮޑެތިވީ މަންމަގެ އަޅާލުން ނުލިބިއެވެ. ޖަލީލް ޒޫނާއާއި އިނީ ވެސް ވޭތުވެ ދިޔަ ބާރަ އަހަރު ކުދިންނަށް ނުލިބުނު ލޯބި ޒޫނާ ދޭނެއޭ ހިތާއެވެ. ނަމަވެސް އެދަމަފިރިންނަށް ޖަޒްލީން ލިބުމުން ޒޫނާ ޖަލީލްގެ ކުދިންނަށް އަޅާލުން ކުޑަވިއެވެ. އަދި އަމުދުން އައިލީން ދެކެ އޭނާ އެ އަންނަނީކީ އަމަށަކު ރުޅިއެއް ނޫނެވެ. މިހާރު ކުދިން ބޮޑެތި ވެފައި ތިބި އިރު ވެސް ޒޫނާގެ އެ ރުންކުރުކަމާއި ނަފްރަތަށް ބަދަލެއް ނައެވެ.

ދެލޯ އުނގުޅަމުން ޖަލީލް ކުޑަކޮން ތެދުވެ ޒޫނާ ކައިރިއަށް ޖެހިލިއެވެ. “ތި ދެން ކޮން ވާހަކައެއްތަ؟ އޭނަ މީހަކާއި އިންނަން ވީމަ އިންނާނެ އެއްނުން.. އަހަރެން ނޫޅެއް ތަނަކުން ކުއްޖަކު ހޯދަފައި ދެވާކަށް. ދެން ތިކިޔާ އަންހެން ކުއްޖަކީ އޮފީސް ކަމަކު އައި ކުއްޖެއް.. އަހަންނަށް ނޭނގި މިގެއަށް އައި ކުއްޖެއް ނޫން.. އެހެން ނޫނަސް ތަނަކުން ފެންނަހައި އަންހެން ކުއްޖެއް އާހިލް ނުގެންނާނެ މިގެއަކަށް.. މީ ކޮންމެ ކޮންމެ މީހަކު ވަންނަ ހުއްދަ އޮން ތަނެއް ނޫން. ދެން އައިލީން.. އޭނަ ވީ ބިޒްނަސް ކަމަކު ގޮސް ދޯ.. ނިމުނީމަ އަންނާނެ އެއްނުން. އެހެން ނޫނަސް ޒޫނާ އޭނާގެ ކަމަކާ ކަންބޮޑު ވީތީ އަހަރެން ހައިރާން ވެއްޖޭން..” ވާހަކަ ދައްކަމުން ޖަލީލް އަނެއްކާ ވެސް ބާލިހުގައި އޮށޯވެލިއެވެ.

“ދެން ބޭކާރު ވާހަކަ ނުދައްކާ ނިދާބަލަ. މާދަން ޖަޒްލީން އޯ ލެވެލްގެ ފުރަތަމަ ޓެސްޓް އެއޮތީ.. އަހަރެން ވެސް ހޭލަން ޖެހެޔޭ.” ޖަލީލް ހާ ފުރެމުން ޒޫނާ އެއްޗެކޭ ބުނުމުގެ ކުރިން އަވަހަށް މޫނުމަތީގައި ކުއިލްޓު އަޅަމުން ދެލޯ މަރާލިއެވެ. އެތަށް އިރެއް ފަހުން ޖަލީލް ގުގުރި ދަމާ އަޑަށް ޒޫނާ އެނދުން ތެދުވެ ކުޑަ ސޯފާ މަތީގައި އޮތް ބުރުގާ ނަގައި އަޅާލަމުން ކޮޓަރިން ނިކުމެން މަޑުމަޑުން ދޮރު ލައްޕާލިއެވެ.

****

“އަހަރެން ވާހަކަ ދައްކަމޭ އެބަ!” ޝާން ހަރުކަށި ކަމާއި މިހެން ބުނެފައި ކޮޓަރީގެ ދޮރު ލެއްޕިއެވެ. ނަމަވެސް އައިލީން އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ ދަބަސް ސޯފާ މައްޗަށް އެއްލުމަށްފަހު ލައިގެން ހުރި ކޯޓު ބޭލިއެވެ. ހުދު ގަމީސް ދޫކޮށް ބެގީ ޖަހާލެވިފައި ވީއިރު ކަރުގައި އޮތް ރިހި ކުލައިގެ ދިގު ފަށް ބަނޑުގެ މެދާއިހަމައަށް އަރާއިރު އޭގެ ކޮޅުގައި ފިނިފެންމަލެއްހެން އިން ފަށުފުލެއް ވިއެވެ.

“ނުޖެހޭ ޝާން ގުޅާއިރަށް ފޯނު ނަގާކަށް! ޔޫ އާ ޑިސްގަސްޓިން.. އަދިވެސް ވީ ކަންތައް ކުޑަވެގެންތަ ޝާން.. އަހަންނަކަށް ނޭނގެ ދެން. ލުކް.. އައި އެމް ނޮޓް އިން ދަ މޫޑް ޓުނައިޓް! ސޯ ޝަޓް އިޓް!” މޭ މައްޗަށް ދެއަތް ހުރަސްކޮށްލައިގެން ހުރެ އައިލީން ވާހަކަ ދެއްކި އިރު އަޑުގައި ރުޅިވެރިކަން އެކުލެވިގެން ވިއެވެ. އޭނާ ފާޚާނާއާއި ދިމާއަށް ހިނގައި ގައިން ތަނާ ކުއްލިއަކަށް އަތުގެ މުލައްދަނޑީގައި ބާރު އަތްތިލަ އަކުން ހިފައި އަނބުރާލިއެވެ.

“ކީކޭ! އަދި އެއްފަހަރު ބުނެބަލަ!” އައިލީންގެ ވާހަކަ ހުރިގޮތުން ޝާން އެދިޔަ ގޮތަށް ގޮސް އޭނާގެ އަނގަމަތީގައި ހިފިއެވެ. “ސޭ އިޓް އަގައިން!” އަނގައަށް ފިއްތާލުމުން އައިލީންއަށް ވީތަދުން ލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާ ދެއަތުން ޝާންގެ ބާރުގަދަ އަތުގައި ހިފައި ދަމަމުން ދިޔައިރު އެދިގު ނިޔަފަތިން ހަންކެނޑެމުން ދިޔައެވެ.

“ތިވައްތަރަކަށް ނޫން ފިރިމީހާއާއި ވާހަކަ ދައްކާނީކީ! އަތުން ފައިން އަހަންނަށް އިތުރު ގޯހެއް ނުހެދެނީސް ތި އަނގަ މައިތިރި ކުރޭ! ޔޫ ޝަޓް އިޓް!” ޝާން މިހެން ބުނެފައި އައިލީން އެނދާއި ދިމާއަށް ހޫރާލިއެވެ. “ނިކުމޭ! މި ބޮޑުގޭގައި ކަލޭ ނިދަން ވަންނާނެ ކޮޓަރިތައް މަދެއް ނުވާނެ! ގެޓް ދަ ހެލް އައުޓް އޮފް މައި ސައިޓް.” ޝާން އިނގިލި ދިއްކޮށްލި އިރު ފަނޑު އަލިކަމުގެ ތެރެއިން ވެސް އެ މޫނު ފެންނަނީ ބިރުވެރި ކޮށެވެ. ކަނދުރާއައި ހަމައަށް އަރައި އިސްތަށިކޮޅު ފަހަތަށް  އައްސާލެވިފައި ވީކަމު މޫނުމައްޗަށް ދެތިން އިސްތަށި ވެއްޓިފައިވެއެވެ. ތުނިކޮށް ލެވިފައި ހުރި ތުނބުޅިން އޭނާގެ ކަތުރުކަށިގަނޑު އިތުރަށް ފުރިހަމަކޮށްދެއެވެ.

“މީ އަހަރެންގެ ގެ.. އަދިވެސް ނިކުންނަށް އަމުރު ކުރަންވީ ޝާންތަ؟ ޔޫ ނޯ ވަޓް.. އައި އެމް ޓަޔަޑް އޮފް ދިސް.. އަހަރެން ބޭނުމެއް ނޫން މިކޮޓަރިއަށް ދެން މީގެންފަހުން ވަންނަން ވެސް.. ތި ބުނިހެން އަހަރެން ގޮސް ވަންނާނެތަން މަދެއް ނުވާނެ މިގެއަކު.. ޝާންއަށް އަހަރެން މިކޮޓަރިން ފެންނާނެ ފަހު ރޭ މީ!” އައިލީން ރަތްވެފައިވާ އަނގަމަތީގައި އަތް ލަމުން ތެދުވެ ދަބަސް ހިފައިގެން ނިކުންނަށް ހިނގައިގަތެވެ. އެނދުގައި އިށީނދެލި ޝާންގެ ދެއަތް މުށްކެވުނު އިރު ގުގުރީގެ ބާރު އަޑުފަށް ގަނޑާއި އެކު އައިލީން ދޮރުޖެހި އަޑު އެކުވެގެން ދިޔައެވެ.

****

“ގޯޑް.. މިރޭ ވެސް ފައިޓް ކުރަނީއެ..” ފިޔާތޮށި ކުލައިގެ ކުއިލްޓު ތެރެއަށް ވަދެގެން އޮތް ޖަޒްލީން ހިތާހިތުން ބުނެލިއެވެ. އޭރު އޭނާ ފޯނުން ރައްޓެހި ކުއްޖަކާއި މެސެޖު ކުރަމުން ދިޔައިރު ޖެހިގެން ހުރި ކޮޓަރީން މަޑުން ނަމަވެސް އައިލީންއާއި ޝާން ޒުވާބު ކުރަމުން ދާ އަޑުއިވެއެވެ. ބޯ ވާރޭގެ އަޑު މުޅި މާހައުލުގައި ހިފާލާފައި ވީއިރު ޖަޒްލީން ނުނިދިފައި އޮތީ މާދަން އޮތް ޓެސްޓާއި ދޭތެރޭ ވިސްނަން ހަދައިގެންނެވެ. ކިޔެވުމަށް ކުޑައިރުއްސުރެ މޮޅުވެފައި ތޫނު ފިލި ކުއްޖަކަށް ވުމުން އޯ ލެވެލްއިން ބައްޕަ ފަހުރުވެރިވާނެ ކަހަލަ ނަތީޖާއެއް ގެނައުމަކީ ޖަޒްލީން އެންމެ އެދޭކަމެވެ.

އާހިލްއާއި އައިލީންއަށް ވުރެ ސާދަ އަހަރު ކުޑަ ޖަޒްލީންއަކީ އެންމެންގެ ވެސް ލޯބި ލިބެމުން ބޮޑުވި ކުއްޖެކެވެ. އެއް މަންމައަކަށް ނުލިބުނަސް ޖަޒްލީން އޭނާގެ ދޮންބެއާއި ދޮންތަ ދެކެނީ ހަމަ އެއްބަނޑު އެއްބަފާ ދެމީހުން ގޮތުގައިއެވެ. ހާއްސަކޮށް އައިލީންއާއި އޭނާއާއި ދޭތެރޭ ހާއްސަ ގާތްކަމެއް ވާއިރު ޖަޒްލީންގެ މަންމަ ޒޫނާ މިކަމާއި ހިތްހަމަ ނުޖެހޭކަން އޭނާއަށް އިނގެއެވެ. ނަމަވެސް ޖަޒްލީން މާ ބޮޑު ފަރުވާލެއް އެކަމަކަށް ނުދެއެވެ.

އައިލީންއަކީ ހުރި ހަމައެކަނި އަންހެން ދައްތަ ކަމުން އޭނާ ބޭނުން ވަނީ ވެސް ބޮޑު ވެގެން ދޮންތަ ކަހަލަ ހަރުދަނާ އަންހެނަކަށް ވާށެވެ. ނަމަވެސް ދޮންތަގެ ޒާތީ ދިރިއުޅުމުގައި ޖެހޭ މައްސަލަތަކުގައި ޖަޒްލީން އެއްޗެކޭ ބުނަން މާ ކުޑަވި ކަމަކު އޭނާ އެކަމާއި ހިތާމަ ކުރެއެވެ. ފޯނު ދުރަށް ލަމުން ޖަޒްލީން އެނދުގައި ހަމަޖެހިލައި ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. އޭރު ކުރިން އިވެމުން ދިޔަ ޒުވާބުގެ އަޑު މަޑުވެ އިވެމުން ދިޔައީ ހަމައެކަނި ވާރޭގެ ހިތްގައިމު އަޑެވެ.

****

ކޮޓަރިން ނިކުއިން ޒޫނާ ކޮރިޑޯއަށް ނަޒަރު ހިންގާލިއިރު މީހަކު ފެންނަން ނެތުމުން އޭނާ ލަސް ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގަމުން ގޮސް ސިޑި ބަރިއާއި ހަމަވެ ތިރިއަށް ނަޒަރު ހިންގާލިއެވެ. ޗާންދަލިޔާގެ ފަނޑުއަލިން އެތަން ފަޅުފިލުވާ ދޭއިރު މައިދޮރާއި ދިމާލުގައި އިން ގަޑިން އެއްގައި ބައިވި އިރު އައިލީން ގެއަށް އައިކަމެއް އަދިވެސް ޒޫނައަކަށް ނޭނގެއެވެ. ބޭރު ދޮރު ކައިރީގައި އިންނަ ގާޑު ކައިރި އަހާލާނީއޭ ހިތައި ސިޑިބަރިއާއި ދިމާއަށް އެނބުރުނު ވަގުތު ދުރުގައި ހުޅުވާފައި ހުރި ކުޑަދޮރު އޭނާއަށް ފެނުނެވެ.

ވެހެމުން ދިޔަ ބޯވާރޭގެ ކަނިތަށް ކުޑަދޮރުން އެތެރެއަށް ވިއްސަމުން ދިޔައިރު ޒޫނާ ކުސްތަޅަމުން ގޮސް ދޮރު ލައްޕާލި ވަގުތު ކުއްލިއަކަށް ވިދުވަރަކާއި އެކު ބާރު ގުގުރިއެއް ޖަހާލިއެވެ. ހަމަ އެއާއި އެކު އަނެއް ފަރާތު ކޮރިޑޯއިން ނިކަން ބާރަށް ދޮރެއް ލެއްޕުނު އަޑަށް ޒޫނާގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ދޮރު ތަންޑު އެޅުވުމަށްފަހު އެ އަޑު އައި ދިމާއަށް ދާން ފިޔަވަޅު ނެގިތަނާ ކުރިމަތިން ހުރަސް ކުރި އައިލީން ފެނި އޭނާ ފަސްޖެހުނެވެ.

ހަރު ފިޔަވަޅު ތަކެއްގައި އައިލީން ދިޔައިރު މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާފައި ހުރިއިރު ލައިގެން ހުރީ ހެނދުނު ދިޔައިރު ލައިގެން ހުރި ހުދުގަމީހާއި ފަޓުލޫނެވެ. އޭނާ އަވަސް ފިޔަވަޅު ތަކެއްގައި ހަރުފަތްތަށް ގިރާ ކުރަމުން ފޭބިއިރު ޒޫނާ ގޮސް ތިރިއަށް ބޯ ދިއްކޮށްލިއެވެ.

އޭރު ކާގެއާއި ދިމާލުން ފަނޑު އަލިކަމެއް ވާން ހުރިއިރު އެތާ ތެރެއިން އާހިލްގެ އަޑު އިވުނެވެ. “އައިލީން..” އަޑު އިވުނެއް ކަމަކު އައިލީން އެތަނުގައި މަޑު ކުރުމެއް ނެތި ތިރީ ބައިގައި ހުރި ކޮޓަރި ތަކާއި ދިމާއަށް ދާން އޮތް އަނދިރި ކޮރިޑޯއަށް ހިނގައިގަތުމުން އޭނާ ލޯ ކުރިމަތިން ގެއްލުނެވެ.

****

ދިގު ސްޓޫލެއް މަތީގައި އިން އާހިލް ކޮފީތައްޓަށް ނަޒަރު ހުއްޓާލައިގެން އިންއިރު ދެއަތް ދެއަތާއި މޮޑެމުން ދިޔައެވެ. މިހާ ފިނި ރެއެއްގައި ވެސް އެއަތް ދާހިއްލާފައި ވީއިރު ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި ވެސް ތެތްކަމެއް ވިއެވެ. އައިލީންއާއި ޝާން ޒުވާބު ކުރާކަން އިނގުމުން އޭނާ ކޮޓަރިއަށް ވަންނަން ދާން ޖެހިލުން ވިއެވެ. ހީވަނީ އައިލީން ތިރިއަށް އައިސްފާނެ ކަމުގެ އިންތިޒާރުގައި އިންހެންނެވެ. ދެބައި ކޮޅު އެއްބައި ބޮއެފައި ހުރި ކޮފީތަށި މޭޒު މަތީގައި ހުރިއިރު އޭތިވަނީ މިހާރު ފިނިވެފައެވެ.

ބޯ ވާރޭގެ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔައިރު ފަތިސް ވާން ވާއިރަށް ވެސް ހުއްޓާނެ ހެންނެއް ހިއެއް ނުވެއެވެ. ޚިޔާލުތަކަށް ގެއްލިފައި އިން އާހިލް ސިހުނީ ސިޑިބަރިން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުންނެވެ. އޭނާ ބޯ ދިއްކޮށްލާ ސިޓިން ރޫމާއިވީ ފަރާތަށް ނަޒަރު ހިންގާލި އިރު އައިލީން އަވަސް ފިޔަވަޅު ތަކެއްގައި ސިޑިން ފައިބަނީއެވެ.

“އައިލީން..” އާހިލް އަޑު އިވޭނެ ވަރަށް ގޮވާލި ނަމަވެސް އައިލީން މަޑު ކުރުމެއް ނެތި ދިޔައީ އެތެރެއަށް ވާގޮތަށް ހުރި ކޮޓަރި ބަރިތަކާއި ދިމާއަށްށެވެ. ސްޓަޑީ ރޫމަކާއި އޮފީސް ކަންތައްތައް ކުރަން ހާއްސަ ބައި އެ ކޮރިޑޯގައި ވީއިރު ދެ ތިން ކޮޓަރިއެއް ވެސް ހުރެއެވެ. އައިލީންގެ ފަހަތުން ދާން ވެގެން ނިކުންނަށް ހިތަށް އަރައިފައި ވެސް އޭނާ ފަސްޖެހުނެވެ. އޭނާއާއި މުހިއްމު ވާހަކައެއް ދައްކަން ޖެހިފައި ވާއިރު ބޭކާރު ކުރާ ކޮންމެ ސިކުންތަކީ އާހިލްގެ ދިރިއުޅުން ބަދަލު ވެގެން ހިނގައިދާނެ ވަގުތު ތަކެކެވެ.

****

އެސްފިޔަތަކަށް ބަރުވެ ނިދި އަންނާނެއޭ ހިތައި އޮތް ނަމަވެސް އެލޮލަށް ނިދި ސަވާރަވާ ގޮތެއް ނުވިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ޖަޒްލީން އެނދުން ތެދުވެ ގަޑި ބަލާލިއިރު ދޭއް ޖެހީއެވެ. އެންމެފަހުން ނޯވެވިގެން ތެދުވެ އަލަމާރި ހުޅުވާލަމުން އެތެރޭގައި އަޅުވާފައި ހުރި ޔުނިފޯމް ނަގައި އެނދުމަތީގައި ބާއްވާލިއެވެ. އެންމެ ރުލެއް ވެސް ފެންނަން ނެތް ޔުނީފޯމްގައި އަތް ހާކާލި އިރު ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ.

އައިލީން އެކޭ އެއްގޮތަށް ޖަޒްލީންގެ ވެސް އޮންނަނީ ކަޅުކުލައިގެ ދިގު ފަންއިސްތަށި ގަނޑެކެވެ. ބައެއްފަހަރަށް ފަހަތުން އެދެމީހުން ވަކިކުރަން އުނދަގޫ ވަނީ ވެސް މިހެންވެއެވެ. ސޯޅަ އަހަރުގެ ކުއްޖަކާއި ބަލާފައި ޖަޒްލީން އިސްކޮޅުން ދިގުވި ނަމަވެސް ލާ އުޅޭ ކުރު ސޯޓުތަކުންނާއި ހެދުންތަކުން އައިލީންއާއި އޭނާގެ ހުންނަ ތަފާތު ދެނެގަނެއެވެ.

ޔުނިފޯމް ގެންގޮސް ދުރުގައި ހުރި ހަރުގަނޑު އަޅުވާލި ވަގުތު ޖަޒްލީންގެ ނަޒަރު މޭޒުމަތީގައި ހުރި ފޮތްތަކަށް ހުއްޓުނެވެ. އެފޮތްތަށް ތިރީ ސްޓަޑީ ރޫމަށް ލާނީއޭ ހިތައި ގޮނޑީގައި އަޅުވާފައި އިން ބޮޑު ސްވެޓަރ ގަޔަށް މަހާލަމުން ފޮތްތަށް ނަގައި މެޔާލައި ބޮނޑިކޮށްލިއެވެ. ކުއްލިއަކަށް ޖަހާލި ބާރު ގުގުރިން އޭނާ ސިހުމުން ކުޑަކޮން ހިނި އައިސްފައި ހުރެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ލަސް ފިޔަވަޅުތަކެއްގައި ބޭރަށް ނިކުތެވެ.

****

ފަތިހުގެ ތެން ފިނިކަން މާހައުލަށް ވެރިވެފައި ވީއިރު ޝަބްނަމްގެ ތިކިތަށް މާމެލާމެލީގައި ހިފާފައި ވިއެވެ. ދުން ފިނީގެ އަސަރު ‘ރޯޒްވެލް’ގެ ތެރެއިން ފާޅުވަމުން ދިޔައިރު ރޭގައި ވެހުނު ބޯ ވާރޭ ވަނީ ހުއްޓާލާފައެވެ. ބޭރުގައި ދެ ނޯކަރުން ފެން ހެދިފައި ހުރި ތަންތަން ސާފުކޮށް ގޭދޮރުމަތިން ފެން ފޮޅަމުން ދިޔައިރު އިރުގެ އަލިކަން ބޯ ވިލާތަކުގެ ނިވަލުން ފާޅުވާނެ ހެންނެއް ހިއެއް ނުވެއެވެ.

މަޑު ރާގެއް އަޅުވާލައިގެން ހުރެ ގޭގެ ކޮރިޑޯގައި ހަމިދާ މޮޕް ހާކަމުން ދިޔައީ ހިރަފުސްވެފައި އޮތުމުންނެވެ. ގޭގެ ވެރިން ހޭލުމުގެ ކުރިން ސައި ތައްޔާރު ކުރަން ޖެހޭ ވަގުތު ގާތް ވުމުން އޭނާ މޮޕް ހިފައިގެން ވަދެލީ ސްޓަޑީ ރޫމް ފޮޅާލާށެވެ. މިއަދު އެގޭގެ އެންމެ ހަގު ކުއްޖާ ޖަޒްލީންގެ ޓެސްޓް އޮތުމުން އޭނާ ފިލާވަޅު ކިޔާލަން ވަނުމުގެ ކުރިން ސާފު ކޮށްލާނަމޭ ހިތާއެވެ. އޭނާ އަކީ މިގޭގައި ފާއިތުވި އަށް އަހަރު މަސައްކަތް ކޮށްދެމުން އައި މީހެއްކަމުން މި އާއިލާއާއި ހާއްސަ ގުޅުމެއް ވަނީ ބަދަހިވެފައެވެ.

އަދިރިކަން ވެރިވެފައި އޮތް ތަނުގެ ލައިޓު ޖައްސާލުމާއި އެކު ހަމީދާ ކިޔަމުން އައި ރާގު ހުއްޓުމަކަށް އައެވެ. މުޅިތަން އަލިވެގެން ދިޔަ ވަގުތު ހުދު ކާޕެޓުމަތީގައި ލެއިން ތަތްތެޅިފައި އޮތް އައިލީން ފެނި ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ލޭތަށް ފޭދި ކާޕެޓު ގަދަ ރަތް ކުލައިން ފެވިފައިވާ އިރު އެ ދެއަތުގެ މައިނާރު ވަނީ ކަނޑާލެވިފައެވެ.

އެއްއަތުގައި ވަޅިއެއް އޮތްއިރު އޭގެ ތިލަ ވަނީ އައިލީންގެ ލެއިން ކަޅިވެފައެވެ. މުޅި މީހާ ހަރުވެފައި ވީއިރު ހަންގަނޑުގެ ކުލަ މަޑު ނުލަކަށް ބަދަލުވަމުން ދިޔައިރު ތުންފަތް ފަނީ ހަލާކުވެ އެއްކޮން ގަދަ ނޫ ކުލައެއް އަރާފައެވެ. ހުޅުވިފައި އޮތް ދެލޮލުގެ ކަޅި އަޅި ކުލައަކަށް ބަދަލު ބިރުވެރި ފާޑަކަށް އޮތް އިރު އެ ކަޅުކަން ގަދަ އިސްތަށިގަނޑު ހުދު ކާޕެޓުމަތީގައި ފެތުރިފައިވިއެވެ. އައިލީންގެ ފުރާނަ ނެތް މަސްގަނޑު ފެނި ހަމީދާގެ އަތުގައި އޮތް މޮޕް ވެއްޓުނު އިރު އޭނާ ހޭރިގައިން އަޑުން ހިމޭންކަން ވެރިވެފައި އޮތް ‘ރޯޒްވެލް’ ގުގުމާލިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 44 (ސައުރަޔާޅީސްވަނަ ބައި)

Next

ހަވޭލީ (4)

Next
October 13, 2017

ހަވޭލީ (4)

Previews
October 13, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 44 (ސައުރަޔާޅީސްވަނަ ބައި)

46 Comments!

  1. layaal says:
    October 13, 2017 at 12:07 pm

    Enjoy. Let me know how it was 🙂

  2. $JK..KOREAN says:
    October 13, 2017 at 12:23 pm

    WOWWWWW. HAMA HABEYYSS.. KEEP IT UP LAYAAL.. 🙂 me first tha?? 🙂

  3. reen says:
    October 13, 2017 at 12:24 pm

    Wow awsm waiting for the next part

  4. Aish says:
    October 13, 2017 at 12:50 pm

    Wow varah salhi

  5. annoying reader says:
    October 13, 2017 at 1:10 pm

    curious to know wat happened. aileen amillayah maruvi tha noony zoona ge kameh kanneynge dhw. so many qstns,waiting for the next part. reethi vaane hen heevey

  6. Twinkle says:
    October 13, 2017 at 1:25 pm

    Wow wow. Ummydhu kuri varah vuren vx furihama. Keep it up. Waiting fr thr nxt part. When next part??

  7. Zuvaana says:
    October 13, 2017 at 1:30 pm

    Vara reethi vaanehen mihaaru ves hee vey

  8. Leen says:
    October 13, 2017 at 1:33 pm

    Wow!! Varah salhi. Keeve baa e maru v dhw. Wanted to see more of Aileen. Alheyy.

  9. yaloon says:
    October 13, 2017 at 1:33 pm

    obiness to the maxxxxx

  10. anaa says:
    October 13, 2017 at 1:34 pm

    Mindblown!! Sifakurun as usual hama habeyys. Rosewel full of mysteryyyyyss!!!

  11. rosy says:
    October 13, 2017 at 1:36 pm

    Looove it! Kaigen hama esfiya hulhuvaani layaal mi fenuni. Vvvvvvvv reethi.❤❤❤❤

  12. Liaa says:
    October 13, 2017 at 1:44 pm

    Loved it 🙂 <3
    Waiting for the next part

  13. Ainth says:
    October 13, 2017 at 1:52 pm

    ❤❤❤❤❤
    Varah furihama furathama part ves. Masha Allah. Layaal ge thi liyuntheri kama saabas. Zoona kame hen masha heevani.

  14. nanni says:
    October 13, 2017 at 1:53 pm

    Suicide?? Hmmm.. Let’s see dhw. Varah reethi btw.

  15. click a shot ? says:
    October 13, 2017 at 1:57 pm

    Layaa varah salhi mi vaahaka…mi episode kiyaalaafaves egije mi varah reethi vaahaka ehkan..sifakuruntha varah furihama..i loved it a lot..keep it up layaa..waitting for next part..?❤️

  16. Hana says:
    October 13, 2017 at 2:09 pm

    The ending gave me goosebumps… Heeves nukuraa gothe mi vi. So interesting.

  17. Shima says:
    October 13, 2017 at 2:35 pm

    Wow

  18. reem says:
    October 13, 2017 at 2:36 pm

    Salhi start eh.

  19. lily says:
    October 13, 2017 at 2:38 pm

    woww. Varh nice midhaa goi. rosewel looks like haunted.

  20. sana says:
    October 13, 2017 at 2:38 pm

    Wow!nice keep it up ?????????

  21. yahibii says:
    October 13, 2017 at 2:46 pm

    Oh layaal is back. Best writer so far. Keep going. . Gudluck

  22. firaa says:
    October 13, 2017 at 2:55 pm

    Sifakurun varah furihama. Varah madhun kuh huri. Bae akuru miss vefa. E nooni hama varah salhi feshume mi dhiyai. Waiting for next part. ?????

  23. xee says:
    October 13, 2017 at 3:17 pm

    Layaal thi hama best. Mi vaahaka ves hama ehaa furihama vaane kan yageen.

  24. Anon says:
    October 13, 2017 at 4:41 pm

    Mi vaahaka mee naufa ge Haveyli copy kohfa dhw! Hama ekahala gothaka fashaafa adhi Rose laigen nan ves kiyaafa. Rosewel o ?? Not original! Naufa ge story copy kuran ulheyne kame neh layaal.
    GO AWAY! NAUFA IS THE BEST!

    1. Cher says:
      October 13, 2017 at 5:23 pm

      anon story riithi nuuniyyaa nukiyabala dhw…thi so called naufa ehge stpry thah kian dhaan vynu dhw.. kommehn ehn writers demotivate vaa goiy gothah comment kuran nuulhe… our layaa is the best…btw layaa story was really nice amd interesting too… love yuhh again u ge story eh kiyaalan libeythy…waiting for the next part… ummmmmwwwaaaaahhhhh ????????????

    2. Yala says:
      October 13, 2017 at 5:34 pm

      Anon bunan ragalhu vaahaka eh layaal a dhimaa ah copy ey kiyaane kame neh. Stop accusing other writers. Adhi mi feshi dhw. Konthaaku kun tha vahatharee ki

    3. Naufa says:
      October 13, 2017 at 7:12 pm

      V happy vey aslu thihaa big fan eh inyma.. Ekm i hv a request.. Aslu stry writing akee v hard n v tym nagaa kameh.. So its layaal ge hard wrk.. Well.. Some strys ge feshum or medhu thereyn or some parts huredhaane ekahala ehgoi kameh.. Bt it dsnt mean e ee copy kurumey dear.. I knw u r my fan.. Ekm ehn writers demotivate vaakahala comment kuraakah nuvaane.. Myge feshun lil bit ehgoi viyas al the other parts r v different.. She is a grt writer.. Maasha allah.. I knw that.. So its a humble request frm me.. Writers demotivate vaagothah ehvx kiyuntheriyaku comment nukurun.. N anon.. Asluvx v hapy vey thikahal big fan eh inyma.. So if ur a big fan of me accept my request dear.. ❤Me ee ehgothakahvx rulhi asigen or hihhama nujehigen bunaa ehcheh nun.. Bt its a request.. To all the readers of this site.. ?❤

    4. $JK..KOREAN says:
      October 13, 2017 at 7:31 pm

      Hey ANON!! RESPECT OTHERS FEELINGS! U DON’T HAVE ANY FEELINGS I GUESS! Story copy akah vanyaa keehkuran kiyany! Layaan keep going. Some people feel jealous. Respect their jealousy bcx they are the ones who thinks that u are better thah them ??? we will support u ?

    5. $JK..KOREAN says:
      October 13, 2017 at 7:32 pm

      *Layaal

    6. daan says:
      October 13, 2017 at 9:02 pm

      hey you anon .. mind ure lang ok
      no one is copying here..
      atleast respect othrs feeling dear ..mashah vrh reethi esfiyage vaahaka liyaa hurihaa writers ge story thah ..vaki writer ekey bestey buvey kah neiyy
      mi story vrh reethi vaanehn hyve

    7. Angel says:
      October 14, 2017 at 9:21 pm

      What’s seriously wrong vth yh.. Naufa ge vaahaka heevey 2:30 copy khfa hn.. ekamaku mi vaahaka maa boduthan vx thafaathu.. dhn knmehen Layaa aa dhimaa ah ehchis kiyaane kameh neh.. Naufa ge vaahaka vx reethi ekamaku mi vaahaka maa reethi.. Thafaathu gothe eba huri.. heevany vaahakaiga ulhevey hn.. Naufa ge vrrhakatha thihaa like vanyaa evaahakatha kiyaa.. knmehen ehn kudhin liyefa huhnna story thaka thikahala negative comments tha kurumuge beynume neh

  25. meesha says:
    October 13, 2017 at 5:41 pm

    Reethi feshume. Layaa don’t mind what people say. You are not new here so we love your stories ❤❤

  26. annoying reader says:
    October 13, 2017 at 6:10 pm

    Deat Anon naufa ge story enme bodah vathari ushaali ge 2:30 vaahaka ya ? same story line ey bune veyni. so u can say hama she copied the idea from ushaali too. so stop pointing fingers and demotivating other writers. i am the annoying reader who read all the stories in this site. tnq

  27. Naufa says:
    October 13, 2017 at 6:13 pm

    Woww.. Maasha allah v v rythi.. I read layaal ge stries.. Abadhuvx v rythi n interesting..
    N to all.. This is nt a copy of my stry.. Its totally a different concept.. ?❤

    1. layaal says:
      October 13, 2017 at 6:24 pm

      Thanks dear. ❤

  28. layaal says:
    October 13, 2017 at 6:23 pm

    Thanks all. ?
    And to the anon, please respect every in individual’s work.

  29. Nashuu says:
    October 13, 2017 at 7:23 pm

    wow layaal amazing story…keep it up….very curious to knw what happens nxt…..love u…

  30. mamee says:
    October 13, 2017 at 7:41 pm

    ekuveri kiuntherinny thikiyaa anion aee nauge feynehkamah gabhool kuran v dathi thikahala kujjaku nauge vaahakathakah comment kuraney v hasadaverikamaaeku hivvarueleygothah feynunvihya vaahakaege hurihaabayakahves comment kuraane adi hivvaruvesdeyne Nau yaa ehenkudinnaa jehy gothakah vaahakaeh nudahkaane ehenveema bunan eynadahkaa vaahaka adunaahahchy.alhugandakee nauge best friendeh v gaathun vaahakaves dahkaa kuhjakeem.layaal aa hivvarakaaeku vaahaka kuriyahgendy .?

  31. mamee says:
    October 13, 2017 at 8:10 pm

    anion kanthahkuraagothun hyvanee nauya layaal ya jahsanulheyhen bunan thihenkanthahnukury thee v derakameh nau aee magy bestfriendeh feynehvihyaa nafayakahves layaal akahves deravaagothakah commenteh nukuraane hivarudynee binaakuranivi comment kury.

  32. Adha? says:
    October 13, 2017 at 8:49 pm

    V.. reethi.. kuriyah huri part thah ves reethi vaane kamah ummeedhukuran❤?

  33. saadhu says:
    October 13, 2017 at 9:27 pm

    u r tha best writter?keep it up.heekuran vahaka nimedhen genaane kama.v kiyaahithun mihuree.

  34. linie says:
    October 14, 2017 at 9:06 am

    layaa nice story you’ve always been my fav writer in this site…love yuhh

    1. linie says:
      October 14, 2017 at 9:08 am

      m just a starter so there isnt a single story from me still so guys hope u support me in future when i write stories

  35. blush says:
    October 14, 2017 at 10:01 am

    wow!! speechless <3

  36. BLLLLL says:
    October 16, 2017 at 3:57 pm

    can’t wait to read the next part

  37. BLLLLL says:
    October 16, 2017 at 4:33 pm

    Dear writer, why don’t you continue this story while you already got enough fans to read it. Haters do exist tho. Please leave your haters behind and go ahead girl. wish u luck. Eagerly waiting to read the next part.<3

Comments are closed.


All Right Reserved!