Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 17

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
October 14, 2017 14 Mins Read
65 Comments

“ޝައިމް” މަލަކާ ޝައިމް ގައިގައި ބައްދާލިއެވެ. ވަރަށް ބާރަށެވެ. ދެން ދުވަހަކުވެސް ދޫކުރާނެ ހިޔާލެއް ނެތިއެވެ. ޝައިމްގެ މޭގައި މޫނުޖެހުމާއިއެކު މަލަކާގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޮހިގަތެވެ. އެހިތަށް ކެތްނުވީއެވެ. ގޮތެއް ނިންމާފައި އޮތަސް ޝައިމްގެ ފަސްފަހަތުން ދާން ހިތް އޮބި ނޯންނަ ވަރަށް ގޮވަމުން ދެއެވެ.

“އޭ މަލާ.. މަލާ ނުރޮއި… އަހަރެން މިއަދުވެސް ބުނީމެއްނު ދެން އެއްމެ ފަހަރަކުވެސް މަލާ ރޯތަން އަހަންނަށް ފެނިގެންނުވާނޭ.. އެހާ އަވަހަށް ހަނދާން ނެތުނީތަ” ޝައިމް މަލަކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“މަލާ ރޯތަން ފެނި އަހަންނަށްވެސް ރޮވިދާނޭ” ޝައިމްއަށް އެހެން ބުނެވުނު އިރު އޭނާގެ ލޮލަަށްވެސް ކަރުނަ ޖަމާވަމުން ދެއެވެ. މަލަކާ ރޯތަން ފެންނާތީއެއް ނޫނެވެ. އެހެން ބިރުވެރިކަމަކުންނެވެ.

“ޝައިމް އަތުގައި ތިފޮތް ބާއްވާ..ތިފޮތް އަބުރާ ލިބުމަށްވުރެ އަހަރެން މާ އުފާވާނެ ޝައިމް އަތުގައި ރައްކާތެރިކަމާއި އެކީ އޮތުން. ހީކޮށްލާ ތީ އަހަރެންގެ ފަރާތުން ޝައިމްއަށް ދޭ ކުޑަ ހަދިޔާއެކޭ.. ތިފޮތް ފެންނަ ކޮންމެ ފަހަރަކު އަހަރެން މަތިން ހަނދާން އާކުރައްޗޭ.. އަބަދުވެސް ހަނދާން ކުރާތި އަހަރެން ޝައިމް ދެކެ ލޯބިވާ މިންވަރު. އެއްމެ ފަހު ނޭވާއާއި ހަމައަށްވެސް މިހިތުގައި ވާނީ ތި ނަަން. ތި ސޫރަ” މަލަކާ ޝައިމްގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. ޝައިމްގެ ދެލޮލަށް ބަލަހައްޓައިގެން ހަތަރުކަޅި ހަމަކޮށްގެންނެވެ.

“މަލާ ހީކުރަނީތަ މިފޮތް ނެތިއްޔާ އަހަރެން މަލާ މަތިން ހަނދާން ނެތިދާނޭ. ދުވަހަކުވެސް އަހަރެންނަށް މަލާގެ މަތިން ހަނދާން ނުނެތޭނެ. އެއްމެ ފުރަތަމަ ދުވަހުން ފެށިގެން މިހިތުގައި މަލާއަށް ޖާގައެއް ދެވިއްޖެ. މަލާ ތިބުނިހެން އަހަރެންގެ ހިތުގައިވެސް އެހެން ނަމެއް ނުލިޔެވޭނެ. ވާރޭ ވެހޭ ކޮންމެ ދުވަހަކު އަހަރެންގެ ހިތް އެވާރޭ ތެރޭ މަލާގެ ހަނދާންތަކާއި އެކީ ނަށާނެ. ތި ލުއިލުއި ވަސް ދުވާއިރަށް އެވަހުގެ ފަހަތުން އަހަރެން ދާނަން” ޝައިމް އޭނާ މަލަކާ ދެކެވާ ލޯބި ސިފަކޮށްދިނެވެ. މާނަފުން ބަސްތަކަކުންނެވެ.


 

އާދުވަހަކަށް އިރުއަރައިފިއެވެ.

ވަގުތަކީ އެއްމެންވެސް ކަޑަތުކުރަމުން ދާ ރާސްތާއެކެވެ. ތިބާ ހިތް އެދޭ މުސްތަގުބަލުގައި ވާން އެދޭ ނަމަ އެރާސްތާގެ ދިގުމިން ލަސްވެގެން ދެއެވެ. މީގެ އިދިކޮޅަށް ތިބާ ހިތްނޭދޭ ކަމެއް ވާން ރޭވިފައިވާނަމަ އެރާސްތާ ވެގެންދާނީ ވަރަށްވެސް ކުރު އެއްޗަކަށެވެ. ގަޑީގެ ކަށީގައި ހިފައި ވަގުތު ހުއްޓުވޭނެނަމަ އެކަން ކުރަން ތައްޔާރަށް ތިބީީ ކިތައް މީހުން ހެއްޔެވެ؟

ބޭނުންވަނީ ވަގުތެވެ. ހިނދުކޮޅުތަކެވެ. އުފާވެރި ހަނދާން ތަކެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދެމީހުން ފުރަތަމަ ބައްދަލުވި ރޭ ފެށުުނީ ކޯޅުންގަނޑަކުންނެވެ. ރުޅިއައިސްގެން މަލާމާތަށް ބުނި ބަސްތައް އަދިވެސް ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. އެރޭ އެގޮނޑީގައި ތިބެ ބައްދަލުނުވި ނަމައޭ ބުނެ ހިތަށް އެރީ ކިތައް ފަހަރު ހެއްޔެވެ؟ ނަމަވެސް އެރޭ ވާރޭ ތެރޭގައި ދެމީހުން އެކަކު އަނެކަކާއި އެކު ވަގުތުތައް ހޭދަކުރީ ނޭގި ނަމަވެސް އަނެކާގެ ހަޔާތަށް ބަހާރު މޫސުމުގެ މަލަމަތި ދައްކަމުންނެވެ.

އެކޯޅުންތައް އިތުރުވެ އަނެކާއަށްޓަކައި މިހާރު ވަނީ ބުނެދޭން ނޭނގޭ އިހްސާސްތަކެއް އުފެދިފައެވެ. އަނެކާ ފެންނަ ވަގުތު ފުން އަސަރުތަކެއް ކުރުވަމުންނެވެ.


 

މަލަކާ ފަތިސް ނަމާދުން ފައިބައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި ޝައިމް ސޯޯފާގައި އޮށޯވެގެން އޮތެވެ. މަަލަކާގެ ކައިވެނި ކުރެވެން އުޅޭކަން އެނގުމާއި އެކު އެހިތް އެދި ގޮވަމުން ދަނީ އަބަދުވެސް މަލަކާ އަރިހުގައި ހޭދަކުރުމަށެވެ. ރޭގައި ލޮލަށް ނިދިނައިސްގެން އުޅުނީ އެހެންވެއެވެ. ޝައިމް އެދަނީ މާދަމާގެ ހެނދުނު ދިހައެއް ޖެހުމާއި ހަމަޔަށް ކޮންމެ ސިކުންތެއްވެސް ނިކަން ފަރުވާތެރިކަމާއި އެކީ ގުނަމުންނެވެ.

“ގުޑް މޯނިން” މަލަކާ އައިސް ޝައިމް ކައިރީ އިށީންނަމުން ގޮވާލިއެވެ.

“މަލާ.. ހާދަ ލަހުން ތިއައީ” މަލަކާގެ ނަން އިވުމާއި އެކީ ޝައިމް ނިތްކުރިމަތީގައި ބާއްވާލައިގެން އޮތް އަތް ނަގާ ބަލާލިއެވެ.

“ރޭގަ ނުވެސް ނިދަނީތަ..ލޯ ކައިރި ކަޅުވެފައެއްނު ތިހިރީ” މަލަކާ ޝައިމްގެ މޫނު ފެނުމާއިއެކު ބުނެލިއެވެ.

“ނިދޭތަ މަލަކާ މަތިން ހަނދާންވާވަރުން. މަންމަ ކައިރިއަށް ދަނީ ކިހާ އިރަކު” ޝައިމް ތެދުވަމުން އަހާލިއެވެ.

“މިއަދު ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށްފަހު ދާނަން. މާމަ ބުނި ދެތިން ދުވަސް ތެރޭ މަންމައަށް ގެޔަށް އާދެވޭ ވަރުވާނެއޭ. އެހެންވެ އިތުރު ޗުއްޓީއަކަށް އެދިގެން މިއުޅެނީ، ނުވާނެ ދޯ ބަލި ފަސޭހަވާ އިރަށް މަސައްކަތް ކުރާކަށް” މަލަކާ ސޯފާގައި ބުރަކަށި ޖައްސާލަމުން ބުނެލިއެވެ.

“އާން… އެހެންނޫނަސް ކައިވެނި ކޮށްގެން ފިރިމީހާ އާއިއެކީ ވަގުތު ހޭދަކުރަންވާނެ އެއްނު” ޝައިމް ބުނެލިއެވެ. މަލަކާ ބުނާނީ ކީކޭތޯ ބަލާލުމަށެވެ.

“ހިނގާ ބަދިގެއަށް. މިއަދުވެސް އެހީވާން ޖެހޭނެއެއްނު. އަޝްވާ ނަމާދުން ފައިބައިގެން އަނެއްކާވެސް ނިދަން އެރީ” މަލަކާ ވާހަކަ އޮޅުވާލިއެވެ. ނިއަމްގެ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.

“ކީއްވެތަ ވާހަކަ އޮޅުވާތިލީ. މަލަކާ ބޭނުން ނޫނަސް ފިރިމީހާގެ ހައްގުތަކެއްވެސް ހުންނާނެ ދޯ” ޝައިމް ބުނެލިއެވެ. ސީރިއަސް ރާގަކަށެވެ.

“ޝައިމް ދެން ތިކަހަލަ ވާހަކަ  ނުދައްކަބަލަ.. އަހަރެން އަދި މީހެއްގެ އަންބަަކަށް ނުވޭ. އެދުވަހަކުން އަހަރެން ތިކަމާ ވިސްނާނަން. އަހަރެން މިހާރު ތިކަމާ ވިސްނާލާ އިރަށް ކައިވެނި ކުރަން ބޭނުން ނުވާ ހިޔާލު އަންނަނީ. ބައެއް ފަަހަރު ހިތަށް އަރާ ފިލައިގެން ގޮސްދާނަމޭވެސް” މަލަކާ ޝައިމްއަށް ބަލާލަމުން ބުނެލިއެވެ.

“ދެން އެހެންވިއްޔާ ކައިވެނި ކުރަން ތިއުޅެނީ ކީއްވެ؟ އެދުވަހަށް މަޑުކުރަންޏާ ވަގުތު ފާއިތުވެގެން ހިނގައިދާނެ” ޝައިމް ހަމަ އެރާގުގައި ބުނެލިއެވެ.

“ހިނގާ އަހަންނާއެކީ މިއިން އެއްވެސް މީހެއް ނޫޅޭ ތަނަކަށް. ދެމީހުން އެކީގައި އުފަލުގައި އުޅެވޭ ތަނަކަށް. ކައިވެނިކޮށްގެން އާއިލާއެއް ބިނާކުރަން” ޝައިމް އަމިއްލަ އެދުމުގައި ބުނެލިއެވެ.

“ޝައިމް.. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ.. އަހަރެން ކިހިނެތް މަންމަމެން ދޫކޮށްލާފަ ދާނީ.. ޝައިމްގެ އާއިލާއެއްވެސް އެބައޮތް. އެމީހުނަށްވެސް ޝައިމް ބޭނުންވާނެ. އަހަރެން ބޭނުމެއް ނޫން ތިކަހަލަ މޮޔަކަމެއް ކުރާކަށް” މަލަކާ ސޯފާއިން ތެދުވިއެވެ. އެހާ އަވަހަށް ޝައިމްގެ ހިޔާލު ބަދަލުވީތީ ހައިރާންވެ ހުރެއެވެ.

“މަލަކާ ބޭނުމިއްޔާ އަހަރެން މިހިރީ އެހުރިހާ އެއްމެން ދޫކޮށްލަންވެސް ތައްޔާރަށް. އެކަމަކު ކީއްކުރާނީ އަހަރެނަށް އެވަރުގެ ކަމެއް ކޮށްދޭނެ މީހަކު ނެތް” ޝައިމް އިސްޖަހައިލަމުން ބުނެލިއެވެ.

“ޝައިމް ! މިހެންވެ އަހަރެން ބުނީ ދެމީހުން ދުރުގަ އުޅުނީމައޭ އެއްމެ ރަގަޅުވާނީ. ޝައިމްއަށް ހީވަނީތަ އަހަރެން ޝައިމްދެކެ ލޯބިނުވާހެން. އަހަރެން ލޯބިވަން. އަދި ކިތައް ފަހަރު ބުނެގެން ޝައިމްއަށް އަޑުއިވޭނީ. އަހަރެން ލޯބިވިޔަސް ރުޅިއަޔަސް ހުންނާނެ ނުކުރާނެ ކަންތައް. އަހަރެން މިދުނިޔެއަށް ގެނެސްދިން މީހުން، އަހަރެން ބަލާ ރަގަޅު ތަރުބިއްޔަތެއް ދީ ރައްކާތެރިކަން ދިން މީހުން ދޫކޮށްލާފަ އަހަރެން ނުދާނަން އެހެން އެއްވެސް މީހެއްގެ ފަހަތުން. ޝައިމްއަށްވެސް ދަރިން ލިބުނީމަ އެނގޭނީ އެމީހުން އެއުފުލާ ބުރަ” މަލަކާ ޝައިމްއާއި ދިމާލަށް ރުޅިއައިސްގެން އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީ ޝައިމްއަށް އެޔަށް ރައްދެއް ދެވޭނެ ފުރުސަތެއް ނުދީއެވެ.

ފިޔާކޮށަން ބަދިގޭގައި އުޅުނު މަލަކާއަށް މީހެއްގެ ހިލަމެއް ފަހަތުން ވީހެން ހީވިއެވެ.

“ޝައިމް އާދޭސްކުރަން އަހަންނާއި ދުރުގައި އުޅެވޭތޯ ބަލާ. ދެން ދެމީހުން ވާހަކަދައްކަން އުޅެގެން އިތުރު ނަފުރަތެއް އުފެދޭނީ” ފަހަތް ބަލާނުލައި މަލަކާ ވާހަކަ ދެއްކީ އެއީ ޝައިމް ކަމަށް ހީކޮށެވެ.

“ޝައިމް ކޮންކަމަކާ މަލަކާ ދެކެ ރުޅި އަންނަންވީ” ނިއަމްގެ އަޑު އިވުމާއި އެކީ މަލަކާއަށް ފަހަތަށް ބަލާލެވުނެވެ.

“އެއީ ކަމެއް ނޫން. ނިއަމް މިހާ ހެނދުނު ކީއްކުރަން މިގެޔަށް އައިސްގެން ތިއުޅެނީ” މަަލަކާ އަވަސް އަވަހަށް އަހާލިއެވެ. ނިއަމްއަށް ޝައްކުވެދާނެތީއެވެ.

“އަހަރެން ވާާން އުޅޭ އަނބިމީހާ ކައިރިއަށް އައުމުން ކޮބާ މައްސަލައަކީ. ދެން ބުނެބަލަ ޝައިމްއާއި ދެމީހުން ކޮން ކަމެއް” ނިއަމް އައިސް މޭޒުދޮޮށުގައި އިށީންނަމުން އަހާލިއެވެ.

“އެއީ އިއްޔެ އަހަރެން މަލަކާ ބޮލަށް ބިސްޖެހީމަ ރުޅިއައިސްގެން ދޯ މަލަކާ. ނިއަމް ޖެހޭނެ މަލަކާއަށް ވަރަށް ބަލަން. އަންނަ ރުޅިން ބޮލަށް ފުށް ބަސްތާވެސް އަޅާލަފާނެ” ނިއަމްއާއި  ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ޝައިމް ބުނެލިއެވެ. ދެންމެ ވީ އެއްވެސް ކަމެއްގެ އަސަރު މޫނުމަތިން ފެންނަމުން ނުދެއެވެ.

“ޝައިމް ބޮލަށް ބިސްޖެހީމައެއްނު އެހެން ހެދީ” ޝައިމްއަށް ލޯ އަޅާލަމުން މަލަކާ ބުނެލިއެވެ.

“މަލަކާ ވަރަށް ސަކަރާތް ޖަހާ ދޯ ޝައިމްއާއި. އެކަމަކު އެހެންމީހެއް ނަމަ އިންނާނެ ލަދުން ބަހެއް ބުނެލަން ނުކެރި. ” ނިއަމް އެހެން ބުނެލީ ކޮންމެހެން އޭނާއަށް ޝައިމްއާއި މަލަކާ އާއި ދެތެރޭ ޝައްކެއް އޮވެގެން ނޫނެވެ. ޝައިމްގެ ލެޕްޓޮޕުން ފެނުނު ފޮޓޯގަނޑަށްފަހު ކުރިން އުފެދުނު ޝައްކުތައް ފިލައި ހިގައްޖެއެވެ.

މަލަކާގެ ގެއިން ހެނދުނުގެ ނާސްތާ ކުރުމަށްފަހު ނިއަމް ދިޔައީ މައިޝާ ކަމެއް ކޮށްދޭން ބުނެފައި އޮތުމުން އެގެޔާއި ދިމާލަށެވެ. ދަތުރުގެ ފަހު ދުވަސްކަމުން އަޝްވިން އީޝް ގޮވައިގެން އަޝްވާ އާއި އެކީ މޫދަށް އެރެން ދިޔައެވެ. ޝައިމް މަލަކާއާއި ވާހަކަ ދައްކަން ބޭނުންވެފައި ހުއްޓަސް ކާއިން އާދޭސްކުރާވަރުން އޭނާއާއި އެކީ ދިޔައީ ކޮންމެވެސް އަންހެން ކުއްޖެއް ފަސްފަހަތުން ދިޔުމަށެވެ.


 

ފަޒާގައި ވާ ވިލާތައް ރީތި ކުލަތަކުން ޖައްވު ޒީނަތްތެރި ކުރުވަމުން ދިޔައެވެ. ދުވަހުގެ އެއްމެ ފަހުގެ ރަންދޯދިތައް މަދުވަމުން ގޮސް ރޭގަނޑުގެ އަދިރިކަން ދުނިޔެ ހިޞޯރުކުރަމުން ދިޔައެވެ.

ސަމީހާ ކައިރީގައި އުޅުމަށްފަހު މަލަކާއަށް ގެޔަށް އާދެވޭ ވަރުވީ މައުރިބު ނަމާދުގެ ބަންގީގެ ވަގުތަށެވެ. ފެންވަރައިލައިގެން ނަމާދުކުރުމަށްފަހު މަލަކާ ބޭރަށް ނުކުތީ މާދަމާއަކީ ކައިވެނި ކުރާ ދުވަހަށްވެފައި ކުރަން ޖެހޭ ކުދިކުދި ކަންތައް ހުރުމުން އެކަންތަކަށް ވަގުތު ދޭށެވެ. ކައިވެނީގެ ބޮޑު ހަފުލާއެއް ނުބޭއްވި ކަމުގައި ވިޔަސް ކުޑަ ސަޔެއް އާއިލާއާއި ރައްޓެހިންނަށް ދޭންހަމަޖެހިފައިވާތީ އެކަންތަކުގެ އިންތިޒާމް ހަމަޖެހެމުންދާ އޭނާގެ ބޮޑު ދައިތަގެ ގެޔަށް ދާން މިސްރާބު ޖެހިއެވެ.

އެގެޔަށް ދާން އޮންނަ މަގުގެ ބައެއް ބޮކިތައް އަދާފައި ހުރުމުގެ ސަބަބުން ބައެއް ފަހަަރު ފޯނުގެ އަލީގައި ހިނގަން ޖެހެއެވެ.

“މަލަކާ.. ކޮންތާކަށް” ކާއިންއާއި އެކީ ސައިކަލުގައި ދިޔަ ޝައިމްއަށް މަލަކާ ފެނިގެން އަހާލިއެވެ.

“މިދަނީ ދައްތަމެން ގެޔަށް، ޝައިމް ކޮންތާކުން ތިއައީ” މީ މިއަދު ހެނދުނަށް ފަހު މަލަކާއަށް ޝައިމް ފެނުނު ފުރަތަމަ ފަހަރު ކަމުން އަހާލިއެވެ. މަލަކާ ބުނިހެން ޝައިމް އޭނާއާއި ދުރުގައި އުޅެން ފެއްޓީބާއޭ މަލަކާ ހިތަށް އެރި ފަހަރު މަދެއް ނޫނެވެ.

“މި ކާއިން އަހަރެން ގޮވައިގެން މުޅި ރަށުތެރޭ މިދުވަނީ ކޮންމެވެސް އަންހެން ނުފެނިންގެންނޭ ކިޔާފަ. ރޭގަ ދެނަމާދު ދޭތެރޭ އޯ ފެނުނީ. އަހަރެން މިކިޔަނީ ތިވާނީ ޖިންނި އަކަށޭ ރަތްކުލައިގެ ހެދުމެއް ލައިގެން ހުރީމަ” ޝައިމް މަޖާވެލާފައި ބުނެލީ ސައިކަލުން ފައިބަމުންނެވެ.

“ޖިންނިވެސް އުޅޭނެ ދޯ މިހާ އަނދިރިކޮށްލާފަ އޮތީމަ. ޖިންނިއަކަސް މަށަށް ވަރަށް ކަމުގޮސްފި. އަހަރެން ދަނީއޭ ގެޔަށް. އިޝާ ނަމާދުން ފައިބައިގެން އަދިވާނެ ކުޑަކޮށް ދުއްވާލަން. މަލަކާ ދަނީ” ސައިކަލުގެ ހުންގާނުގައި ހިފައި އިންޖީނު ސްޓާރޓްކޮށްލަމުން ކާއިން ބުނެލިއެވެ.

“މިއަދު ވީ ކަންތަކާ ރުޅި އައިއްސަދޯ ތިހުރީ. އެއްވެސް މާނައެއް ނެތި އަަހަރެން މަލަކާގެ ހިޔާލެއް ހޯދާލަން ބުނި އެއްޗެއް އެއީ. ” ކާއިން ދިޔުމުން ޝައިމް ބުނެލިއެވެ.

“ދެން އެވާހަކަ ނުދައްކާ.. ޝައިމްވެސް ދެން ފެންނާނީ ކާއިންހެން އަންހެން ކުދިން ހޯދަން އުޅޭތަން ދޯ” މަލަކާ އަހައިލީ ކަންބޮޑުވާ ރާގެއްގައެވެ.

“އަހަރެންވެސް ބޭނުން މީހަކާއި އިނދެގެން އުފާވެރި ހަޔާތެއް. މަލަކާ ނެތުމުން އެއުފާ ނުލިބުނަސް ހަޔާތުގައި އެކަނިވެރިކަމުގެ ސިއްކަ ޖަހާކަށް ބޭނުމެއް ނޫން. އަހަރެން ލޯބިވާ މީހެއް ނުލިބުނަސް އަހަރެން ދެކެ ލޯބިވާ މީހެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް” މަލަކާ ކައިރީ ފާރުގައި ލެގިލަމުން ޝައިމް ބުނެލިއެވެ.

“ޝައިމް ތިބުނާހެން އެހެން މީހަކާއި އެކު ޝައިމް ހަޔާތެއް ފަށައިގެން އުޅެނިކޮށް އަހަރެން ޝައިމް ކައިރިއަށް އައިއްސިނަމަ ކިހިނެތް ހަދާނީ” ނަމައެއްގައި ކެއްކޭނެ ރިހައެއް ނެތަސް އުއްމީދުގެ ހުޅުކޮޅު ނިއްވާލަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ރޭގަނޑެއް ހަނަފަސް ސަހަރާއެއްގައި ހޭދަކުރަމުން ދާއިރު ދުރުން ދިއްލޭ އައްޔެއް ހުރިނަމަ އެދިމާލަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

“އެދުވަހަކުން އަހަރެން ކަންތައް ކުރާނީ މިއަދުވެސް ކަންތައް ކުރާނެ ބީދައިން. ހަމަމިލޯބި ދޭނަން. މިއަޅާލުމާއި އޯގާތެރިކަން މަލަކާއަށް މަރުހަބާ ކިޔާނެ. އެއީ ތިއީ އަހަރެންގެ ރާނީއަށްވީމަ” މަލަކާ އަތުގައި ހިފަހައްޓާލަމުން ޝައިމް ބުނެލިއެވެ.

“ތެންކުޔޫ ޝައިމް. އަހަރެންވެސް ތިލޯތްބަށް އިންތިޒާރުކުރާނަން” މަލަކާ ޝައިމްގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ.

ދެމީހުން ލޯބީގެ އާލަމެއްގައި އުޅެމުންދާއިރު ނަފުރުތުގެ ލޯތައް އަމާޒުވަމުންދާކަން ނޭނގެއެވެ. އެޔަށްވުރެ ބޮޑަށް ބޭނުންވީ އަނެކާގެ ދުނިޔޭގައި އުޅުމަށެވެ.


 

 

މަލަކާ ބޮޑުދައިތަމެން ގެއިން ނުކުމެގެން ޝައިމް އާއި އެއްކޮށް ގެޔަށް އައި އިރު އޭނާގެ އިންތިޒާރުގައި ނިއަމް އެގޭ ދޮރު ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ނުތަނަވަސްވެފައި ހުރިހެންނެވެ.

“ކޮންތާކުން ތިއައީ. އަހަރެން ކޮން އިރެއް މަލަކާއާއި ނުގުޅިގެން  އުޅޭތާ. ކީއްވެ ފޯނު ނިއްވާލައިގެން ތިއުޅެނީ” މަލަކާ އަންތަން ފެނުމުން ނިއަމް ކުރިއަށް އަރައި މަލަކާއާއި ސުވާލުކޮށްލިއެވެ.

“ކިހިނެތްވީތަ” ނިއަމްގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި މަލަކާ ސުވާލުކޮށްލިއެވެ.

“އަހަރެންނޭ ފުރަތަމަ ސުވާލުކުރީ. ކޮންތާކުންހޭ ތިއައީ. ރޭގަނޑުގެ ކަނު އަދިރީގަ ކޮން ސަކަރާތެއް ޖަހާފަ ތިއައީ” ނިއަމްގެ ލޭކެކިގެން ދިޔައެވެ. މައިޝާ އޭނާއަށް ދެއްކި ފޮޓޯގަނޑުގެ ތެދުކަން މަލަކާ ޝައިމްއާއި އެކީ ފެނުމުން ޔަގީންވިއެވެ.

“ޝައިމް އިހަށް ދޭ އެތެރެއަށް އަހަރެން ދާނަން އިރުކޮޅަކުން ކާން ހަދަން” ނިއަމްއާއި ވަކިން ވާހަކަ ދައްކާލަން ބޭނުންވާތީ މަލަކާ ބުނެލިއެވެ.

“ކޮންކަމަކާތަ މާ ރުޅިއައިސްގެން ތިއުޅެނީ. އަހަރެން މިއައީ ދައްތަމެން ގެޔަށް ގޮސްލާފަ. މާދަމާ ސަޔަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަތޯ ބަލަން” މަލަކާ ނުރުހުންވިއެވެ. ނިއަމް މީހުންގެ ކުރިމަތީ އެހާ ރުޅިއައިސްގެން ހަޅޭތްލެވުމުންނެވެ.

“އެކަނި ނުދެވެނީތަ. އެކަނި ނުދެވެންޏާ އަހަންނަށް ނުގުޅެނީތަ ގެންގޮސްދޭން ބުނަން. ޝައިމްއާއި މެދު އަހަންނަށް ހީކުރެވުނީ ހަމަ ރަގަޅަށް. ހުރެބަލަ ނިކަން” ނިއަމް ރުޅިއައިސްގެން އަތް މުއްކަވާލިއެވެ.

“ނިއަމް! ޝައިމްއާއި ދިމާލަށް އެކައްޗެކޭވެސް ބުނެގެން ނުވާނެ. ޝައިމް އަކީ ނިއަމް ތިހީކުރާ ވަރަށް ވުރެ ގޯސް މީހެއް ނޫން. އެހާ މާތް އިންސާނެއް އަހަަރެން ދުވަހަކުވެސް ނުދެކެން. މިރޭ ރުޅިއައިސް ހަގީގަތް ނުބަލާ ވާހަކަ ތިދައްކަނީ ކާކު ކީކޭ ކިޔައިގެން” މަލަކާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“އަހަރެންގެ މިދެލޯ ހެއްކެކަށް ނުފުދެނީތަ. މީ ކޮން ފޮޓޯގަނޑެއް” ނިއަމް އޭނާގެ ފޯނުގެ ސްކުރީން މަލަކާއަށް ދައްކާލިއެވެ. އެއީ ދެންމެ ނެގި ފޮޓޯއެއްކަން ޔަގީނެވެ.

“ނިއަމް މީހަކު ފޮޓޯގަނޑެއް ދައްކާލާއިރަށް ތެދު ދޮގު ނުބަލާ އަމިއްލަ ގޮތް ނިއްމާލަން ދޯ. ކީއްތަވާނީ އެއްފަހަރުވެސް ވެގެން އެއުޅެނީ ކީއްތޯ އަހާލުން. އަހަރެން މާދަމާ މިވަނީ ނިއަމްގެ އަނބިމީހާއަށް. އެކަމަކު ތިހާ ވަރަށް އަހަންނަށް އިތުބާރު ނުކުރެވޭ ނަމަ އިނުމުގެ ބޭނުމެއް ނެތެއްނު” މަލަކާ ނުރުހުންވެފައި ބުނެލިއެވެ.

“ދެން އެހެންވިއްޔާ ބުނެބަލަ ޝައިމްއާއި މަލަކާއާއި ދޭތެރޭ އެއްވެސް ގުޅުމެއް އޮވޭތަ” ނިއަމް ކުޑަކޮށް ހަމަޖެހިލަމުން އަހާލިއެވެ.

“ނިއަމް ހީކުރާ ކަހަލަ ގުޅުމެއް ނޯވޭ. ރައްޓެހިކަން އޮތީމަ ވާހަކަދެއްކިދާނެ އެއްނު. ނިއަމްވެސް މައިޝާއާއި ވާހަކަދައްކަމެއްނު” މަލަކާ ބުނެލިއެވެ.

“ތިހެންވިޔަސް އަހަންނަށް ހެޔޮ. މީގެ ފަހުން މަލަކާ ނުޖެހޭނެ ޝައިމްއާއި ވާހަކަދައްކައިގެން. އަހަރެން އެހާ ރުހޭ ކަމެއް ނޫން އަހަރެންގެ ވާން އުޅޭ އަބިމީހާ އެހެން ފިރިހެނުންނާއި އެކީ އެކަނި ވާހަކަދައްކައި ސަކަރާތްެޖެހުމަކީ” ނިއަމް ރުޅިމަޑުވިއެވެ.

“އަހަރެން ނިއަމްގެ އަންބަކަށް ނުވަނީސް ތިކަހަލަ ޝަރުތެއް ނިއަމްއަށް ނުކުރެވޭނެ. ނިއަމް ނޫނަސް މިހާރު އަހަރެންގެ ރައްޓެހިން ތިބޭނެ. އެމީހުންނާއި އެކީ އަހަރެން ބޭނުން ވަގުތެއްގައި އުޅެވޭނެ. އަހަރެންގެ ދުނިޔޭގައި ވަރަށް ފަހަކާއި ޖެހެންދެން އުޅުނީ ނިއަމް އެކަނި ، ނިއަމް އަހަރެންނަށް ދައްކާ ކޮންމެ މަންޒަރެއް ހެޔޮކަމަށް ބަލައިގެން އުޅުނީ އަހަރެން ނިއަމްދެކެ ލޯބިވާތީ. އެކަމަކު ނިއަމްގެ ފަރާތުން  އެލޯބި ނުލިބޭތީ އަހަރެން އެހެން ދިިމާލަކަށް ދިޔުމުން އަހަންނަށް އިހްސާސްވެއްޖެ ހަގީގީ ލޯތްބަކީ ކޯއްޗެއްކަން. އަހަންނަށް އެގިއްޖެއްގެ އަހަރެންމިވާ ލޯތްބަށް ގަދަރުކުރާނެ މީހުން ތިބިކަން” މަލަކާ ބުނެލިއެވެ. އެއްމެ ފަހު ފަހަރަށް ނިއަމްއާއި ދޭތެރޭ އުފެދެމުންދާ ޝަކުވާތައް ކިޔާދިނެވެ. ނިއަމްގެ އުޅުމަށް ބަދަލެއް އަންނާނެ ކަމުގެ އުއްމީދުގައެވެ.

“ނިއަމް ވަރަށް ބަދަލުވެއްޖެ. ތީ ކުޑައިރު އަހަރެން ރޮއިފާނެތީ ބިރުން އުޅުނު ނިއަމްއެއް ނޫން. ތީ މީހުން އަހަންނާއި ބެހޭ ގޮތުން ފާޑުފާޑު ވާހަކަދެއްކީމަ އަހަރެންގެ ދިފާއުގައި ތެދުވި ނިއަމްއެއް ނޫން. ނިއަމް ، އަހަރެން އުއްމީދު ކުރަން މާދަމާ އަހަންނަށް އަބުރާ އެނިއަމް ލިބޭނެ ކަމަށް. ނިއަމް ދެކެ ލޯބި ނުވިޔަސް ނިއަމްގެ ފަރާތުން އެއަޅާލުމަށް އަހަރެން މަރުހަބާ ކިޔާނަން” މަލަކާ ބުނެލިއެވެ. ނިއަމްއަށް ވިސްނައިދެވޭތޯއެވެ.

“މަލަކާ ތިބުނިހެން އަހަރެން ވަރަށް މަސައްކަތް ކުރާނަން މަލަކާގެ ނިއަމް އަބުރާ ގެނެވޭތޯ. އެއްމެ ރަގަޅެއްނު” މަލަކާގެ އަތުގައި ހިފާލަމުން ނިއަމް ބުނެލިއެވެ. މަލަކާ މިހުރިހާ ދުވަހު ދައްކަމުން އައި ވާހަކަތަކާއި މެދު ވިސްނާލެވުނީ ކިރިއާއެވެ. އަދި އެކަންތައް އިސްލާހު ކުރުމަށް އަޒުމް ކަނޑައެޅިއެވެ.

“މައިޝާއޭ ބުނީމަ ހަނދާންމިވީ. އޭނަ ބުނި މަލަކާ މޭކަޕްކޮށްލަދޭން މާދަމާ ހެނދުނު އަންނާނަމޭ. އޯކޭތަ” ނިއަމްގެ ރުޅިގަނޑު އެއްކޮށް ފިނިވެގެން ދިއެވެ.  ތުހުމަތު ކުރެވޭނެ އެހެން ގޮތެއް ނެތުމުންނެވެ.

“ނިއަމްއަށް އެގޭނެ އަހަރެންމީ ފާޑުފާޑަށް މޭކަޕްކޮށް އުޅޭމީހެއް ނޫންކަން” މައިޝާއޭ ބުނުމުން މަލަކާ ބަހަނާ ދައްކަން އުޅުނެވެ.

“މަލަކާ! މާދަމާ އެއްމެންވެސް ބަލާނީ އަހަރަމެން ދެމީހުންނަށް. ހާއްސަކޮށް މަލަކާއަށް. މަލަކާ ބޭނުމެއް ނޫންތަ ރީތިކޮށް ހުންނަން” ނިއަމް މަލަކާގެ ހިޔާލު ބަދަލުކުރެވޭތޯ އުޅުނެވެ.

“އަހަރެން ހުތުރޭ ދޯ ތިބުނީ” ލޯކުޑަކޮށްލަމުން ނިއަމްއާއި ދިމާލަށް ބަލާލަމުން މަލަކާ ބުނެލިއެވެ.

“ދެން އެހެންނެއްނޫނޭ މިބުނީ. މަލަކާ ވަރަށް ރީތި. އެކަމަކު ކުޑަ މޭކަޕެއް ކޮށްލުމުން ވާނެ ދެރައެއްވެސް ނޯންނާނެއެއްނު. މާދަމާ އަކީ މަލަކާއަށް އެއްމެންގެ ތައުރީފު ލިބޭނެ ދުވަސް”

މިފަދަ އެކި ވާހަކަތައް ދައްކައި ނިއަމް މަަލަކާ އެކަމަށް އެއްބަސް ކުރުވިއެވެ.


 

ރެއާއި އެއްގޮތަށް މިރޭވެސް ލޮލަށް ނިދިނައިސްގެން ޝައިމް ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮތެވެ. ދެތިން ފަހަރު ނިދުނު ނަމަވެސް ކުއްލި ކުއްލިއަށް ސިއްސައިގެން ގޮސް ހޭލެވެނީ މަލަކާ އަތުން ބީވާ ފަދަ ހުވަފެންތަކުން ސިކުޑި ވަށާލަމުން ދާތީއެވެ. މަލަކާ އޭނާ އަތުން ބީވާން ވަގުތު ކުޑަތަންވަނީ އެވެ. ރޭގަނޑުގެ ހަމަހިމޭންކަމުން ފާރުގައި ހަރުކޮށްފައި ހުރި ގަޑީގެ ކަށީގެ އަޑުވެސް މިރޭ އުދަގުލަކަށް ވެއްޖެއެވެ. އެކަށީގައި ހިފައި ފަލަކުގެ ހިގުން ހުއްޓުވުމަށް ބޭނުންވެއެވެ. މަލަކާ ގޮވައިގެން އަމިއްލަ ދުނިޔެއަކަށް ދާން ބޭނުމެވެ.

ތަގުދީރު އޭނާއާއި ކުޅެމުން މިދަނީ ކޮންކަހަލަ ހިތި ސަމާސާއެއް ހެއްޔެވެ؟ މަލަކާއާއި އެކީ ގަދަކަމުން ހިނިތުންވެލައިގެން ވަގުތުތައް ހޭދަކުރި ނަމަވެސް އެހިތް ވީރާނަވަމުން ދަނީއެވެ. އެއްއިރަކު ލޯބިން ހިނިތުންވުމުން ހިތުގައި ފެވުނު އެފޮނި ހަނދާނުން މިއަދު ލޭފައިބަމުން ދިޔައެވެ. އެކަމަށް ޝިފާއެއް ނެތް ހާލުގައެވެ.

މަލަކާވެސް އުޅުނީ މިފަދަ ހާލެއްގައެވެ. އެނދުގެ އަނެއް ފަޅީގައި އޮތް އަޝްވާ އަރާމުކޮށް ނިދާލާފައި އޮތްއިރު މަލަކާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ދެތިން ފަހަރު ކޮޓަރި ތެރޭގައި އެއްކޮޅުން އަނެއް ކޮޅަށް ހިނގާލާފިއެވެ. ވީ ކަމެއް ނެތެވެ. ލުޔެއް ނުލިބުނެވެ. ދެން ކުރާނެ އިތުރު ކަމެއް ނެތިގެން މަލަކާ ބޭރަށް ނުކުތެވެ. ޝައިމް ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ވަގުތު އައިސް އޭނާގެ ކަރުގައި ހިފައި އެއްމެ ފަހުގެ އުފާތައް ނިގުޅައިގަންނަން މަސައްކަތް ކުރާއިރު މަލަކާ ބޭނުންވަނީ ޝައިމްގެ ހިމާޔަތެވެ. އެލޯތްބެވެ. އެއަޅާލުމެވެ. އެމޭތެރޭގައި ފޮރުވިގެން އޮންނާށެވެ.

މަލަކާ ގޭގެ ދެފަރާތް ހޯދާލިއެވެ. ނަމަވެސް ޝައިމްގެ ހިލަމެއް ނުވުމުން އިސްޖަހައިލައިފައި އައިސް ކޮޓަރިއަށް ވަދެ އަނެއްކާވެސް ނިދޭތޯ އުޅުނެވެ. ދެލޯ މަރާތަގުޑިކޮށްގެން މަލަކާއަށް ނިދޭވަރުވީ ދަންވަރު ތިނެއް ޖަހާބޮޑުވި ފަހުންނެވެ.


 

އެހެން ދުވަސްތަކޭ ހިލާފަށް ބަދިގެއަށް ނުގޮސް މަލަކާ ދެފައި ވަށްކޮށްލައިގެން އެނދުމަތީގައި އިށީދެގެން އިނީ އޭނާގެ ދުނިޔެ ހުއްޓިފައިވާ ހެންނެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް ހިތް ނުތަނަވަސްވަމުން ދިޔައެވެ. ދެއަތް މޫނާއި ކައިރިކޮށްގެން ދެކޮޅަށް ހެލިލަ ހެލިލައި އިނީ ދެން ވާނެ ގޮތް ހިތަށް ތަސައްރަފު ކުރެވޭތީއެވެ.

“ދަރިފުޅާ ކޮން ހިޔާލެއްގައި، ކައިވެނި ކުރާތީ ހިތް އަވަސްވެފަ ދޯ” މަލަކާ އެހެން އިންތަން ފެނި ފާއިޒު އަހާލިއެވެ.

މަލަކާ އެޔަށް ޖަވާބު ދިނުމެއް ނެތި ފާއިޒުއަށް ބަލައިލީ އާއެކޭ ބުނާ ފަދަ ބެލުމަކުންނެވެ. ނިތްކުރިމަތީގައި ރޫތައް ޖަމާވެފައިވާ އިރު މަލަކާ ނުތަނަވަސްވެފައިވާ މިންވަރު އެބަ ހާމަވެއެވެ.

“ބައްޕައަށް ހީވޭތޯ އަޅުގަނޑަށް ނިއަމްއާއި އެކީ އުޅެގެން ރަގަޅު ހަޔާތެއް އުޅެވިދާނެހެން” ކައިރީގައި އައިސް އިށީދެލި ފާއިޒުގެ ކޮނޑުމަތީގައި ބޯ އަޅާލަމުން މަލަކާ އަހާލިއެވެ.

“ބައްޕައަށް އެނގޭ ދަރިފުޅު ނިއަމް ދެކެ ލޯބިނުވާކަން. އެކަމަކު ދަރިފުޅު މަންމައަށްޓަކައި ތިޔަ ފަދަ ގުރުބާނީއެއް ވާތަން ފެނި ބައްޕަ އުފާކުރަން. މައިންބަފައިންގެ ރުހުން ހޯދުމަށް ކުރާ އެއްވެސް ކަމެއްގައި ދެރައެއް ލިބުމެއް ނެތް. އިން ޝާ ﷲ ދަރިފުޅަށް އުފާވެރި ހަޔާތެއް ދެއްވާނެ” ފާއިޒު މަލަކާގެ ކޮނޑުގައި ހިފާލަމުން ހިތްވަރު ދިނުމުގެ ބަސްތައް ބުނެލިއެވެ.

“ދަރިފުޅު ބޭނުމިއްޔާ މިހާރުވެސް ކައިވެންޏާއި ދެކޮޅު ހެދިދާނެ. ބައްޕަގެ އެއްވެސް މަޖުބޫރު ކަމެއް އަދި ޝަކުވާއެއް ނެތް. ދަރިފުޅު ލޯބިވާ މީހެއް އަންނަން ދެން މަޑުވެސް ކުރެވިދާނެ” ފާއިޒު އަދިވެސް އިސްކުރަން ބޭނުންވަނީ މަލަކާގެ ނިންމުމެވެ. އޭނާއަށް މާޒީގައި އެޅުނު ކަތި ފިޔަވަޅެއްގެ ސަޒާ އޭނާގެ ދަރިފުޅު އުފުލާކަށް ބޭނުމެއް ނޫނެވެ.

“އަޅުގަނޑު ނެތިން ދެކޮޅު ހަދާކަށް. ބައްޕަމެން އަޅުގަނޑަށް ދުއާ ކޮށްދެއްޗޭ” މަލަކާ މަޑުމަޑުން ބުނެލިއެވެ. ހިތާއި ފުރާނައާއި ދެކޮޅަށެވެ.

“ބައްޕަމެންގެ ދުއާ އަބަދުވެސް ދަރިފުޅާއި އެކީވާނެ” ފާއިޒު ބުނެލިއެވެ.

ދެމީހުން ވާހަކައިގައި ތިއްބާ އެތަނަށް މައިޝާ އައީ ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެންނެވެ. މައިޝާ އައުމުން ފާއިޒު ދިޔައެވެ.

“ފެންވަރައިގެން ހެދުންވެސް ނުލައިދޯ ތިއިނީ އަދި.. ހެދުން އިސްތިރިކޮށްފިތަ” މައިޝާ އޭނާގެ ކޮނޑުގައި އޮތް ދަބަސް މޭޒުމަތީ ބާއްވާލަމުން ބުނެލިއެވެ. މަލަކާ ފަރުވާ ކުޑަ ގޮތަކަށް ބޯޖަހައިލިއެވެ. އަދި އަލަމާރިން ހެދުން ހިފައިގެން ގޮސް ފާހަނައަށް ވަނެވެ.


 

ތިން މީހުން ކޮޓަރީގެ އެކި ދިމާލުގައި ބިތްޖެހިފައި ތިއްބެވެ. ރޭގައި ނިދަން އެރިގޮތަށް ޝައިމް މޫނުމަތި ބާލީހުން ފޮރުވައިގެން އޮތެވެ. އެހެން އެއްވެސް ހަރަކާތެއް ނެތިއެވެ. ނިދިފައި އޮތް ކަމަށް ހެދިލައިގެން އޮތް ނަމަވެސް އެހިތުގައި ދުވަހަކުވެެސް ނުއުފެދޭ ވަރުގެ ތޫފާނެއް އުފެދެމުން ދިޔައެވެ. ޖަހާލާ ގުގުރިއެއްހެން އިވިގެން ދަނީ މަލަކާގެ އަޑެވެ. ކަޅުބޯވިލާތަކުން އޮހެމުންދަނީ ދެމީހުންގެ ހަނދާންތަކެވެ. ލޯބީގައި ދީވާނާވެފައިވާ ހިތް ކޮޅިގަނޑެއްގައި ޖެހި ބެހެމުންދަނީ އެއްވެސް މަންޒިލެއް ނެތިއެވެ. ސަލާމަތަށް އެދި ގޮވާލާނެ ހިތްވަރެއް ނެތިއެވެ. ލޮލުން ކަރުނަ އޮހެރޭތަން ނުފެނުނަސް އެހިތް ބާކީވެ އެކަނިވެއްޖެ ކަމުގެ ހިތިރަހަ ކުރެވެމުންދެއެވެ.–


 

އީޝް އުރާލާއިގެން އަޝްވާ ފިހާރައިން ނިކުތީ އީޝްއަށް ޔޯގަޓުތައްޓެއް ގަނެލައިގެންނެވެ. މިއަދަކީ އަވިދީފައި އޮތް ދުވަހެއް ކަމުން އަނެއް އަތުގައި ހިޔާ ހޯދުމަށް ކުޑައެއް އޮތެވެ. ފިހާރައިން ނިކުތް އަޝްވާގެ ލޮލުގައި އެވަގުތު އަޅައިގަތީ ރަށުގެ ބޭކަރީއިން ނިކުމެގެން މަގުގެ އެއްކަނެއްގައި ކޭކެއް އަތަށް ލައިގެން ހުރި މައިޝާއެވެ. އަޝްވާ ހުރީ އަވިއައިނު ނާޅައިކަމުން ދެލޯކުޑަކޮށްގެން ހުރެ އޭނާ އެދިމާލަށް ދިޔައެވެ. މައިޝާ މިއަދު އެގެޔަށް ދާ ވާހަކަ ބުނެފައި އޮތުމުން އަދިވެސް ނުދަނީތޯ އަހާލުމަށެވެ. އަޝްވާ މައިޝާ އާއި ދިމާލަށް ހިނގަމުން ދިޔައިރު އޭނާގެ ލޮލުގައި އަޅައިގަތީ މައިޝާ އަތުގައި އޮތް ކުޑަފުޅިން އެކޭކަށް އެއްޗެއް އަޅަމުންދާ މަންޒަރެވެ. އެކޯއްޗެއްކަން ނޭނގި އަޝްވާ މައިޝާއަށް ގޮވާލިއެވެ.

އަޝްވާގެ އަޑު އިވުމުން މައިޝާ ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ކޭކާއި އެއްކޮށް އެފުޅިވެސް އޭނާ ކޮނޑުގައި އޮތް ދަބަހަށް އަޅާލިއެވެ.

“އަޝްވާ މިތާ ކީއްކުރަނީ” މައިޝާ ހިތް އަވަސްވެފައި އަހާލިއެވެ.

“އަހަރެން މިއައީ އީޝް ގޮވައިގެން ޔޯގަޓުތައްޓެއް ގަނެލަން. ކޯއްޗެއްތަ ކޭކަށް ތިއަޅަނީ” މައިޝާއާއި އަރައި ހަމަކުރަމުން އަޝްވާ އަހައިލީ ޝައުގުވެރިކަމާއި އެކީގައެވެ.

“އެއީ ކޭކް މީރުކޮށްލަން ކުޑަަ އެއްޗެއް އަޅާލީ. ނިއަމް މަލަކާއަށް ކޭކެއް ގެންގޮސްދޭށޭ ބުނުމުން އަހަރެން މިހެން ލާފައި އައިިއިރު ގަނެލައިގެން ރަހަ ބަލާލި އިރު މާ ރަހަ ރަގަޅު ނޫންވީމަ” މައިޝާ ދޮގު ހަދާލިއެވެ. އެވަގުތު އީޝް ރޯން ފެއްޓުމުން އަޝްވާއަށް ކީ އެއްޗެއް ސާފުވިޔަސް އެޔަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ.

ދެމީހުން އެއްކޮށް ގެޔަށް އާދެވުނު އިރުވެސް އީޝް ރުއިންގެ ރުއިން ހުއްޓާލެވޭ ވަރެއް ނުވިއެވެ. މައިޝާ މަލަކާގެ ކޮޓަރިއަށް ވަނުމުން އީޝް ގޮވައިގެން އަޝްވާ ދިޔައީ އަޝްވިން ކައިރިއަށް އެކޮޓަރިއަށެވެ.

“ހާދަ ލަސްވީ.. ބައްޕަގެ ދޫނި މިރޮނީ ކީއްވެޔޯ” އަޝްވިން ގޮސް އީޝް އުރާލިއެވެ. އަޝްވިން އުރާލުމާއި އެކު އީޝް ފައިގައި ހިފަން އުޅުނެވެ. އީޝް މާވަރަަކަށް އެހެން ހަދާތީ އަޝްވިން އީޝްގެ ފައި ބަލާލިއެވެ.

‘މި ކިހިނެތް ވެފަ. އެއްވެސް މީހެއް އަތައް އީޝް ދިނިންތަ. ބިންމަތީ ބޭންދިންތަ” އީޝްގެ ފައިގައި ހުރި ރަތް ލަކުނު ފެނިފައި އަޝްވިން ސުވާލުތައް އަތުރާލިއެވެ.

“ނޫން. ގެޔާއި ހަމައަށް އަންނަންދެންވެސް އަހަރެން އުޅުނީ އީޝް އުރާލައިގެން” އަޝްވާ ބުނެލިއެވެ.

“ދެން އެހެންވެއްޖެއްޔާ މީ ކޮންކަމެއް. ހީވަނީ ދެންމެ ކޮންމެވެސް އެއްޗެއް ދަތް އަޅާފަހެން. އަހަރެން އެބަ އަންނަން އައިސްކިއުބު ކޮޅެއް ހިފައިގެން” ރޮމުން ދާ އީޝް ކާއިން އަތަށް ދިނުމަށްފަހު އަޝްވިން ދިޔައެވެ.

“ދޮންބެ އަދިވެސް ނުހޭލަނީތަ” އަޝްވާ ކާއިންއާއި ސުވާލުކޮށްލިއެވެ.

“އާން.. ސަރާއަށްފަހުވެސް އޮތެއްނު އެހެން ރަޖާ އަޅައިގެން. އަހަންނަކަށް ނޭނގެ މިފަހަރު ނަގާނީ ކިތައް މަސް ނޫނީ ކިތައް އަހަރު ކަމެއް. މަލަކާވެސް މާ ކުޑަ ރަހުމެއް ވާނަމަ ޝަައިމް ފުރަންދެން މަޑުކުރުން ރަގަޅީ” ކާއިން އީޝް ހުއްޓުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ދެން ކީއްކުރަނީ. ވަގުތު އައިސް މިޖެހުނީ. އަހަރެން މިފިހާރައިން ނިކުތް ގަޑީ ނިއަމް ދިން ކޭކެއް ހިފައިގެން އަހަންނާއިއެކީ މައިޝާ މިގެޔަށް އައިސްގެން އެބައުޅޭ” އެނދުގައި އޮތް ޝައިމް އޮތީ ހޭލާކަން ނޭނގި އަޝްވާ އާއި ކާއިން ވާހަކަ ދައްކަމުން ދިޔައެވެ.

“އޭނަ ވަރަށް ފާޑަކަށް އުޅުނީ. ކޭކު ނުބައޭ ކިޔާފަ ކުޑަ ފުޅިއަކުން ކޭކަށް އެއްޗެއް އެޅިތަން ދުށިން. އެކަހަލަ އެއްޗެއް ހުރޭތަ” އަޝްވާ އަހާލިއެވެ. އެކަހަލަ އެއްޗެއް ހުންނަކަން އޭނާއަށް އެނގިފައި ނުވާތީ ކުޑަކޮށް ޝައްކުވެގެންނެވެ.

“ކޮން ކަހަލަ އެއްޗެއް” ޝައިމް ދިޔައީ ކޮޅަށް ޖެހިގެންނެވެ.

“ނޭނގެ އަވިދީފަ އޮތީމަ ރަގަޅަށް ނުފެނުނު. ކުޑަފުޅިއެއް ދުށިން” އަޝްވާ އޭނާއަށް އެނގޭ ވަރަކަށް ބުނެލިއެވެ. ޝައިމް އެއްމެ ސިކުންތަކުވެސް މަޑުނުކޮށް މަލަކާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ބިރުން ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. ހީކުރާ ގޮތް ނުވުމަށް އުއްމީދުކޮށްގެންނެވެ.

“މަލަކާ..ދޮރު ހުޅުބަލަ” ދެތިން ފަހަރު ޓަކި ދިނުމުން މަލަކާ ދޮރު ނުހުޅުވުމުން ޝައިމް ބާރަށް ގޮވާލިއެވެ.

“ކިހިނެތްވީ ޝައިމް” ސޯފާގައި އިން ފާއިޒު ޝައިމް ކައިރިއަށް އައިސް އަހާލިއެވެ. އެވަގުތު ކާއިންއާއި އަޝްވިން އަދި އަޝްވާވެސް އެތަނަށް އައެވެ. އެއެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.

ކާއިން ފާއިޒަށް ވެގެން އުޅޭގޮތް ކިޔާ ދިނެވެ.

“މަލަކާ ކުޑައިރުކޮޅަކަށް ނަމަވެސް ދޮރު ހުޅުވަބަލަ.. މަލަކާ… އާދޭސްކުރަން.. މައިޝާ ދޮރުހުޅުވާ ހަމަ މިހާރު” ޝަައިމް ކޮށްލީ އަމުރެކެވެ.

“މައިޝާ ދެންމެ ގޮއްސި އެބަ އަންނަމޭ ބުނެފަ” ފާއިޒު ބުނެލިއެވެ.

ހާސްވެފައިވާ ޝައިމް ދޮރުގައި ބާރަށް ތަޅައިގަތެވެ. އޭރު މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. މޭގައިވާ ހިތުގެ ވިންދު އަވަސްވެފައިވާ ވަރުންނެވެ.

މަލަކާ ދޮރު ނުހުޅުވުމުން ފާއިޒު ގޮސް އެކޮޓަރީގެ ތަޅުދަނޑިއެއް ހިފައިގެން އައެވެ. ދުވަސްވެފައި އެތަޅުދަޑީގައި ދަބަރު ޖަހާފައި އޮތުމުން ދޮރު ހުޅުވަން ކުޑަ ދަތިކަމަކަށް ވިއެވެ. ވަރަށް މަސައްކަތުން ދޮރު ހުޅުވުމުން ޝައިމްއާއި ފާއިިޒު އެއްކޮށްހެން އެތަރެއަށް ވަނެވެ. އެމީހުންގެ ފަހަތުން އެހެންމީހުންވެސް ވަނީ ކަންބޮޑުވެފައިވާ ވަރުންނެވެ.

ކޮޓަރީގެ ތެރެއިން މަލަކާގެ ހިލަމެއް ނުވިއެވެ. ނަމަވެސް ކައިފައި އޮތް ކޭކެއް މޭޒުމަތީގައި އެބަ އޮތެވެ.

ފާހަނައިން ފެން ވެރޭ އަޑު އިވުމުން ޝައިމް ގޮސް ފާހަނައިގެ ދޮރުގައި ޓަކިޖަހާލިއެވެ.

ޓަކި ދިން އަޑުއިވި މަލަކާ ދޮރު ހުޅުވާލިއެވެ. އެވަގުތު އެއްމެންގެ ލޯ އޭނާއަށް އަމާޒުވެފައިވާ ތަން ފެނުމުން ލޯ ކުޑަކޮށްލިއެވެ.

“މަލަކާ ކިހިނެތް. އެކޭކު ކެއިންތަ” މަލަކާގެ އަތުގައި ހިފާލަމުން ޝައިމް އަހާލިއެވެ.

“ކިހިނެތްވީ..” ތަނަށް ވެރިވެފައިވާ ހާސްކަން ފެނި މަލަކާ ވެގެން އުޅޭގޮތް އެގެން ބޭނުންވިއެވެ.

“ކަމެއް ނުވޭ.. ދެން ބުނެބަލަ އެކޭކުން ކެއިންތަ” ޝަައިމް ސުވާލު ތަކުރާރުކޮށްލިއެވެ.

“ފުރަތަމަ ވެގެން އުޅޭ ގޮތް ބުނެބަލަ. މީހަކަށް ކަމެއްވީތަ އެއްމެން ތިހާ ހާސްވެފައި ތިތިބީ. ބައްޕާ މަންމައަށް ކަމެއް ވީތަ” މަލަކާގެ ހިތަށް ބިރުވެރިކަން ވަނުމުން އަހާލިއެވެ.

“މަލަކާ! އަހަރެން މިއަހަނީ އެކޭކުން ކެއިންހޭ” މަލަކާގެ ކޮނޑުގައި ހިފައި ތަޅުވާލަމުން ޝައިމް ރުޅިއައިސްފައި އަހާލިއެވެ.

“ދަރިފުޅު އެއިން ކެއިންތަ” މިފަހަރު ހަމަ އެސުވާލުކޮށްލީ ޝައިމް ކައިރީގައި ފާއިޒުއެވެ.

“ކުޑަ އެތިކޮޅެއް” މަލަކާ މަޑުމަޑުން ބުނެލިއެވެ.

“ނޫން. މަލާ ނޫން… ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން” ޝައިމްއަށް ހީވީ އޭނާގެ ދުނިޔެ އެއްކޮށް އަދިރިވީހެންނެވެ. ވަރަށް ބާރަށް މަލަކާ ގައިގައި ބައްދާލިއެވެ. އެވަގުތު ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.


 

މަލަކާ އަވަސް ފަރުވާ ދޭބައިގައި ފަރުވާ ހޯދަމުން ދިޔައިރު ބޭރުގައި ތިބި އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.

ދެކޮޅަށް ހިގަހިގައި ވަރުބަލިވުމުން ޝައިމް ގޮސް ގޮނޑީގައި އިށީނެވެ. ފާއިތުވެގެން ދާ ކޮންމެ ސިކުންތަކާއި އެކު އެހިތުން މަލަކާގެ ފުރާނައަށް ދުއާ ކުރެވެމުން ދިޔައެވެ.މޭގެ ވިންދު ހުއްޓިދާނެ އާހެއް ހިތުގައި ވާ ހާލުގައެވެ. ލޯބިވުމަކީ އޭނާ އަށް ކުރެވޭ ކުށެއް ކަމަށް އިހްސާސްކުރެވެން ފަށައިފިއެވެ. ލޯބި ވުމަކީ އަނެކާގެ ފުރާނަ އަށް މިހާ އަސަރުކުރާ ކަމެއްކަން އެގުނު ނަމަ ލޯބިނުވެވުނު ނަމައޭ ހިތަށް އަަރަމުން ދިޔައެވެ. ފުރަތަމަ ސަރާއެވެ. އެޔަށްފަހު މަލަކާވެސް ހެއްޔެވެ؟ މާޒީ ތަކުރާރު ވަމުން މިދަނީ އޭނާއަށް ކޮން ފިލާވަޅެއް ދަސްކޮށްދޭން ހެއްޔެވެ؟

“ދޮންބޭ ހުރިހާ ކަމެއްވެސް ރަގަޅުވާނެ. އިނގޭ” އަޝްވާ އާއި ކާއިން ޝައިމްއަށް ހިތްވަރު ދޭން އުޅުނެވެ. ނަމަވެސް ޝައިމްގެ ދުނިޔެ ހުއްޓިފައި ވުމުން އޭނާއަށް މިއިން އަޑެއް އިވޭހެން ހީނުވެއެވެ.

“ބައްޕާ ކިހިނެތްވީތަ މަލަކާއަށް” އެވަގުތު އެތަނަށް އައި ނިއަމް ހާސްވެފައި އަހާލިއެވެ.

“ކިހިނެތްވީހޭ. ބަލަ ކަލެއް ނޫންތަ މަލަކާއަށް ޒަހަރު ދީގެން އެކުށެއް ނެތް ފުރާނަ ދުއްވާލަން އުޅުނީ. ކައިވެނި ކުރަން ބޭނުން ނޫންނަމަ ރީއްޗަށް ބުނީމަ ނިމުނީއޭ.. މަލަކާ ނޫޅޭ ކޮންމެހެން ކަލެއާއި އިންނަ ހިތަކުން” ފާއިޒަށް ބަހެއް ބުނެވުމުގެ ކުރިން ޝައިމް އިންތަނުން ތެދުވެ ރުޅިވެރި ރާގަކަށް ބުނެލިއެވެ.

“އަހަރެން ކީއްކުރަން މަލަކާއަށް ދެރައެއް ދޭންވީ.. އަހަރެން އެޔަަށްވުރެ ބޮޑަށް މަލަކާ ދެކެ ލޯބިވޭ” ނިއަމް އޭނާގެ ދިފާއުގައި ބުނެލިއެވެ.

“ތީތަ ލޯބިވާ މީހުންނަށް ކަންތައްކޮށްދޭންވީ ގޮތަކީ. ހިތުހުރި ގޮތަކަށް ކަންތައް ކޮށްލުމަށްފަހު ރުހުން ހޯދަން ނޫޅޭތި” ޝައިމްގެ ލޭކެކިގެން ދިޔައެވެ. އަތް މުއްކަވާލުމަށްފަހު ގޮސް ނިއަމްގެ މޫނުމަތީގައި ޖަހައިލީ އެލޮގެ ނަޒަރުން ނިއަމް ވިރުވާލެވޭނެ ކަމުގެ ރުޅިއާއި އެކުގައެވެ.

ޝައިމް ޖެހުމާއިއެކު ނިއަމްގެ ތުންފަތް ފަޅައިގެން ގޮސް ލޭގެ އަސަރު ފާޅުވިއެވެ. ނަމަވެސް އެއިން ޝައިމްގެ ރުޅި މަޑުކުރެވޭ ވަރެއް ނުވިއެވެ. ހަމަ އެބާރު މިނުގައި އަނެއްކާވެސް ޖަހަން އަތް އުފުލާލިއެވެ. ނިއަމްއަށް ދިފާއުގައި އެއްޗެއް ބުނަން ފުރުސަތު ނުދީއެވެ.

“ޝައިމް ރުޅި މަޑުކޮށްބަލަ.. އޭ .. ހަމަޖެހިބަލަ” ކާއިން ގޮސް ޝައިމްގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“ކިހިނެތް މަޑުން ހުރެވޭނީ.. އަހަރެން އޭނައަށް މަލަކާ ދޫކޮށްލުމުން އެއުޅެނީ މުޅި އުމުރަށް އަހަންނާއި ދުރަށް މަލަކާ ގެންދަން. އެމައުސޫމް ފުރާނަ މިހާ ގޮތްކުޑަ މީހެއްގެ ޝިކާރައަކަށް ވެގެން ދާއިރު އަހަރެން ހުންނަނީ ދުރުގަ ބަލަހައްޓައިގެންތަ. މަލަކާއަށް ގެއްލުމެއް ދޭން އުޅޭ މީހަކަށް ދެން ދުވަހަކުވެސް މަލަކާއާއި ކައިރިނުކުރެވޭ ވަރު އަހަރެން ކުރާނަން” ޝައިމްގެ ރުޅިވެރިކަމުގެ ބަސްތައް ނިއަމްއަށް އަމާޒުވިއެވެ.

“އަހަރެން ކިހިނެތް މަލަކާއަށް ޒަހަރު ދޭނީ.އަހަންނަށް ފުރަތަމަ މަލަކާއާއި ދިމާވެގެންނެއްނު ތިކަހަލަ ކަމެއް ކުރެވޭނީ” ނިއަމް ބުނެލިއެވެ.

“މައިޝާ އަތަށް ދީފަ ފޮނުވި ޗޮކްލެޓް ކޭކަށް އޭނަ ކޯއްޗެއްތަ އެޅީ. އެއެއްޗެއް ކައިގެންނޭ މަލަކާ ހޭނެތިގެން މަރަށް އެތެޅެނީ” ކާއިން ޝައިމް ގައިގައި ހިފައްޓައިގެން ނެތް ނަމަ ޝައިމްގެ އިތުރު ހޫނު ހަމަލާތަކެއް ނިއަމްއަށް އަމާޒުވީސްކަން ޔަގީނެވެ.

“ނިއަމް ހަނދާން ކުރާތި މީގެ ފަހުން މަލަކާއާއި ކައިރި ނުވާތި. މިއާއިލާއަށް ދެން ނިއަމްއަށް ކުރާނެ އިތުބާރެއް ނެތް” ފާއިޒު ޝައިމްއާއި އެއްކޮޅަަށް މަލަކާގެ ދިފާއުގައި ތެދުވިއެވެ. އޭނާގެ ހިތުގައިވެސް ނިއަމްއަށް ނަފުރަތުގެ ހުޅުރޯ ކުރަމުންނެވެ.

“ބައްޕާ އަހަރެން މަލަކާއަށް ތިކަހަލަ ގެއްލުމެއް ނުދޭނަން. އެވަރަށް އަހަންނަށް އިތުބާރު ކުރޭ. މަލަކާ ހާސްވާނެ ވަރު އެނގި އަހަރެން ކޭކެއް ގަނެފައި މައިޝާއާއި ހަވާލުކުރިން މަލަކާއަށް ދޭން. އެކަމަކު އެއީ ތިބުނާ ގޮތަށް ޗޮކުލެޓް ކޭކެއް ނޫން. އަހަރެން ދިނީ ބަޓަރ ކޭކެއް.  ބައްޕަމެން ގަބޫލު ނުކުރަންޏާ މިއޮތީ ރަސީދުވެސް” ނިއަމް ހެކި ދައްކަން އޭނާގެ ވޮލެޓުން ކޭކުގަތް ރަސީދު ނަގައި ދައްކާލިއެވެ.

ޝައިމް އަޔަށް ރަގަޅަށް ބަލާލިއެވެ. ތެދެކެވެ. ގަނެފައި އޮތީ ނިއަމް އެބުނާ ވައްތަރުގެ ކޭކެކެވެ. އަދި ގަނެފައި އޮތީ އެއްމެ ކޭކެވެ.

“މަޑުކޮށްލާ  އަހަރެން މިގުޅަނީ މައިޝާއަށް. އޭނައަށް ތިކަމުގެ ހަގީގަތް އެގޭނެ” ނިއަމް މައިޝާއަށް ގުޅާލިއެވެ. އަދި އެއްމެންނަށް އެއަޑު އިއްވުމަށް ސްޕީކަރަށް ލިއެވެ.

“މައިޝާ ކޮންތާކު ތިއުޅެނީ.. އަހަރެން ދިން ކޭކުތަ މަލަކާއަށް ދިނީ” ނިއަމް އަހާލިއެވެ.

“އަހަަރެންނަށް ނިއަމް ނުލިބޭނަމަ ދެން އެހެން އެއްވެސް މީހަކަށް ލިބުމުގެ ފުރުސަތެއް ނެތް… އަހަރެންގެ ފަހުބަސް މަލަކާއަށް ބުނެލައްޗޭ.. ބުނޭ ގުޑްބައިއޭ..” ތެދުހާމަވެގެން ދިޔަ ވަގުތު އަޝްވިން އަވަސް ފަރުވާ ދޭ ބައިން ނިކުމެގެން އައެވެ. ފޯނު ދުރަށްލައި އެއްމެންގެ ސަމާލުކަން އޭނާއަށް ދެވުނެވެ.

“އަލްހަމްދުލިއްލާހި.. ނަސީބެއް އަވަހަށް ފަރުވާ ދެވުނުކަން. އެހެންނޫންނަމަ.. މަލަކާ ވޯޑަށް ބަދަލުކުރެވެމުން ދަނީ.. އިރުކޮޅަކުން ބައްދަލުކުރެވޭ ވަރުވާނެ” ފާއިޒުއާއި ވާހަކަ ދައްކަމުން އަޝްވިން އުފާވެރިކަމުގެ ހަބަރު ދިނެވެ.


 

މަލަކާ ވޯޑަށް ބަދަލުކުރެވެންވާ އިރަށް ސަމީހާއާއި މަލަކާގެ މާމަ، ހަދީޖާ އެތަނަަށް އައެވެ. ސަމީހާއަށް ހިނގެނީ ދަޑިގަނޑެއްގެ އެހީގައެވެ. މަޑު ހިނގުމެއްގައި ސަމީހާ، ފާއިޒު އަދި ހަދީޖާ އެއްމެ ތިބެ ކުރީގައި އެއްމެނާއި އެކީގައި ވޯޑަށް ވަނެވެ.

ސަމީހާ ވަދެގެން އައިތަން ފެނި އައިވީ ގުޅާފައި އޮތް މަލަކާ ތެދުވާން އުޅުނެވެ.

“ދަރިފުޅު އޮށޯވެގެން އޮވޭ. މަންމަމެން މިއަންނަނީއޭ” ސަމީހާ ބުނެލިއެވެ.

“ކިހިނެތް މިހާރު. ތާކަށް ތަދުވޭތަ” ސަމީހާ އައިސް މަލަކާގެ ކައިރީގައި އިށީންނަމުން ބުނެލިއެވެ.

“ލައްބަ އަޅުގަނޑު މިހާރު ރަގަޅު..ވަރަށް އުފާވެއްޖެ މަންމަ ހިނގާތަން ފެނި” މަލަކާ ބުނެލިއެވެ.

“ދަރިފުޅު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ވާހަކަ ބުނުމުން ވަގުތުން މަންމަ ކޮޅަށް ޖެހިއްޖެ. މާމަ ހީކުރީ އަދި ދެތިން ދުވަސް ނަގާނެ ކަމަށް ހިނގެން” ހަދީޖާ އައިސް މަލަކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

މަލަކާގެ ސިއްހަތު ރަގަޅުކަން އެނގުމުން ޝައިމްއަށް ބުނެދޭން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. ދުރުގައި މަލަކާ ހެވިފައި އޮތް ވާހަކަ ދައްކަމުން ދާ މަންޒަރު ބަލަން ހުރެވުނީ ހެވިފައި ހުރެއެވެ. ހިތާ ހިތުން ﷲ އަށް ހަމްދުކުރާ ހާލުގައެވެ.

“ފުރާ ގަޑި ޖެހެނީ”  އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ. ކާއިން ބަލާލީ ޝައިމްއަށެވެ. ދާން ހިޔާލު ކުރޭތޯ ބަލާލުމަށެވެ. އަޝްވާ އެހެން ބުނުމުން ޝައިމް މަޑު ހިނގުމެއްގައި ގޮސް މަލަކާ ކައިރިއަށް ހުއްޓުނެވެ.

“އަޅުގަނޑުމެން ފުރާ ގަޑި ޖެހެނީ.. ދަައްތަމެން ދިން މެހުމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މަލަކާ، އުފާވެރި ކައިވެންޏަކަށް އެދެން. މާލެ އައިމަ ކާންދޭންވާނެ އިނގޭ” ހުރިހާ ހިތާމަތައް ހިނިތުންވުމަކުން ފޮރުވަމުން ޝައިމް ބުނެލިއެވެ. އެތައް ލޯތްބެއް ސިއްރުކުރަމުންނެވެ. މަލަކާއާއި އަލްވަދާއު ކިޔަން ހިތް ނޭދުނަސް މެއެވެ. ނިއަމް މަލަކާ ދެކެ ލޯބިވާކަން މިއަދު އޭނާވެސް ސާބިތުކޮށްދީފިއެވެ. އެހެންކަމުން ދެން އިތުރު ތުރާއެއް މިއުފާވެރި އާއިލާއަށް ދޭން ބޭނުމެއް ނޫނެވެ.

“ޝައިމް، ހާދަ އަވަހަށް ދާން ތިއުޅެނީ.. އަހަރަމެންގެ ފަރާތުން ޝައިމްއާއި ހަވާލުކުރާ އަމާނާތެއް އެބަ އޮތޭ” ޝައިމް ދާން ހިނގައިގަތުމުން ފާއިޒު ބުނެލިއެވެ.

“ބައްޕައާއި ހަވާލުކުރާ އެއްޗެއް ތޯ” ޝައިމް ފަހަތް ބަލާލަމުން ބުނެލިއެވެ.

“ނޫނޭ. ޝައިމްއާއި ހަވާލުކުރަން ބޭނުމީ. ބައްޕައަށް ދިނީމަ މުޅިން ގޯސްވާނެ” ސަމީހާ ހެމުން ބުނެލިއެވެ.

“ޝައިމް އާދެބަަލަ” ސަމީހާ އައުމަށް އެދުނެވެ.

“މަލަކާ އަކީ އަހަރަމެން މިބުނާ އަމާނާތަކީ. އަހަރެމެންނަށް ޔަގީން ޝައިމް އެއަމާނާތް އެއްމެ ރައްކާތެރިކަމާއި އެކީ ބަލާނެކަން” ސަމީހާ ހިނިތުންވެފައި ޔަގީންކަމާއި އެކީ ބުނެލިއެވެ.

“އަޅުގަނޑު..މަލާ” ޝައިމް ހުރީ ޔަގީންނުވެފައެވެ. އެހެންކަމުން ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“ކަމުނުދަނީތަ އަނެއްކާ.. މަންމަ އެބުނީ ރަގަޅަށް.. ޝައިމްއާއި މަލަކާއަށް އެކަކު އަނެކަކު ހައްގު. އަހަންނަށް ޔަގީން އަހަރެންނަށްވެސް މަލަކާ ދެކެ ޝައިމް ތިވާ ވަރުގެ ލޯތްބެއް ނުވެވޭނެކަން” ނިއަމް ބުނެލިއެވެ.

ޝައިމް އާއި މަލަކާއާއި ދޭތެރޭ ލެވެމުން ދިޔަ ފާރު އިސާހިތަކު ބިމާއި ހަމަވެއްޖެއެވެ. ޝައިމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. މަލަކާއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލީ ނުހަނު ލޯބީގެ ނަޒަރަކުންނެވެ. އެތައް ވާހަކައެއް އެބެލުމުން ހިއްސާކުރަމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހަވޭލީ (5)

Next

އިންތިޒާރު ކުރި ލޯބި (10)

Next
October 14, 2017

އިންތިޒާރު ކުރި ލޯބި (10)

Previews
October 14, 2017

ހަވޭލީ (5)

65 Comments!

  1. shaai says:
    October 14, 2017 at 10:41 am

    wow nice….mmmmmmmm superb

    1. maroon says:
      October 14, 2017 at 12:35 pm

      Thanku shaai ??

  2. Mal. says:
    October 14, 2017 at 11:09 am

    I got second dhww… adhi nuvx kiyan

    1. Mal. says:
      October 14, 2017 at 11:33 am

      Yayyyy… marooo… nuvisnaa huttaa mioh v gotheh dhww? miothy hospital ge icu ga.. ufalun gos heart attack jehuny..?… ly maroo.. ?❤

    2. maroon says:
      October 14, 2017 at 12:37 pm

      Malaa aai eh hospitalegga dhw ?
      Love u too mal ??

  3. Naufa says:
    October 14, 2017 at 11:14 am

    Wowwwww maroon.. Vvvvvvvv rythi stry.. I luv it.. Maasha allah❤❤❤

    1. maroon says:
      October 14, 2017 at 12:35 pm

      Thanku naufa ??

  4. reen says:
    October 14, 2017 at 11:18 am

    Woww nice vaahaka nimenee dhw waiting 4 the next part maroon ur the best ingey

    1. maroon says:
      October 14, 2017 at 12:35 pm

      Thanku reen ??

  5. Xee says:
    October 14, 2017 at 11:28 am

    Wow ❤❤❤ finally malakaa nd shaim gulhe nee den inyy anekaa last episode tha story hama habehys plx avahah up kolaathi

    1. maroon says:
      October 14, 2017 at 12:36 pm

      Thanku xee. Yh dhn inee last part ??

  6. $JK..KOREAN says:
    October 14, 2017 at 11:43 am

    wowwww. yeyyyy shaim ah malakaa libunyyy yo.. vvvv salhi mi part. varah salhi koh thi badhalu kohlee hurihaa kameh.. 🙂 u’re so great, ly 😀 .maroo story nimunytha? 🙂

    1. $JK..KOREAN says:
      October 14, 2017 at 11:45 am

      last part dhw dhn iny? rangalhu landeh mi maishaa ah dheythi.. waiting for nxt part.. invite us for shaim n malakaa’s wedding 😉 😉

    2. maroon says:
      October 14, 2017 at 12:40 pm

      Hehe. Kon kahala lade kw dheyn vy?
      Yes u all are invited. Wear something maroon ?

    3. maroon says:
      October 14, 2017 at 12:39 pm

      Thanku sjki ?? love u too
      Nimmaalanvytha mihisaabun??

    4. $JK..KOREAN says:
      October 14, 2017 at 3:03 pm

      haha maisha fonuva jupiter ah!!! nuuuun. nimmaane kameh neih. adhivx mi story varah dhigukh kiyaa hiyy vany. cauz maroon ge story eh veema..anyways, story eh viyya nimeynethaa dhw.. 🙂 waiting

    5. maroon says:
      October 14, 2017 at 3:26 pm

      Adha kihineivaane jalah nulaa jupiter ah fonuvun. Hehe. Thikudhin dhey hiyvarah v shukuru ?

  7. maroon says:
    October 14, 2017 at 11:51 am

    Dhn othy vaahakaige last part. Hurihaa kudhinna invite kuran shaim and malakaage wedding ah. Theme color is maroon.
    Heekuran mi part kamudhaane kamah. Help me to improve. Love u all

  8. Shaa says:
    October 14, 2017 at 12:15 pm

    Nice ? Nimuneetha❓

    1. maroon says:
      October 14, 2017 at 12:41 pm

      Thanku shaa ??
      Nimmaalanvy??

  9. click a shot ? says:
    October 14, 2017 at 12:45 pm

    finally.?.edhemyhun gulhij dhw…maroon theme varah salhi vaane..hedhun fahan fahtaa avahah enmen..maroon theme aa gulhey gothah..??click ahves varah reethi color eh ai maroon..varah varah reethi mi part..superb maroon..waitting for the last part of this story..❤️

    1. click a shot ? says:
      October 14, 2017 at 1:56 pm

      Ehaa avahakah nimeykah beynuneves nun..ekam maroon dhen liyan ulhey story up veytho keihkureveny ehnun…??

    2. $JK..KOREAN says:
      October 14, 2017 at 3:05 pm

      haha mihaaru maroon colour ge hadhun fahan order dheefin click 😉 😉

    3. click a shot ? says:
      October 14, 2017 at 3:17 pm

      heh..me too..$JK kon gothakah tha hedhun fahani.??maroon dhw malakaa ge hedhun fahany…mi wedding organize kuraathan hunaane goi mihaaru ebasifavey..maroon aharumen aashoahu kolaavaru kohlaanekaneyge..??

    4. maroon says:
      October 14, 2017 at 3:20 pm

      Thanku click ??
      Yh emmen hedhun faha nimunhaa avahakah wedding ?

    5. $JK..KOREAN says:
      October 14, 2017 at 3:58 pm

      haha dhw.. click.. dhigukoh fahaany dhw.. yeah maroo mi story nimunas dhn anna storyy avas kurahcheyy.. can’t wait to read our great writer’d nxt story 🙂 🙂

    6. Shudha says:
      October 14, 2017 at 6:35 pm

      Shudha fahaa dhyfaanan ?

    7. $JK..KOREAN says:
      October 14, 2017 at 7:20 pm

      shudha hedhun fahantha?? 🙂 ehemma shudha athah dhw dheynvee .. 😉 haha great idea

    8. Shudha says:
      October 14, 2017 at 9:14 pm

      goaheh nuvaane… lol

    9. $JK..KOREAN says:
      October 14, 2017 at 9:17 pm

      haha 😀 rangalhu 🙂 shudha age aky koba?

    10. click a shot ? says:
      October 14, 2017 at 10:32 pm

      shudha varah reechah fahai dhechey hedhun..?malakaa ge hedhunves shudha tha fahani..hehe.?

    11. $JK..KOREAN says:
      October 15, 2017 at 8:42 am

      dhw click. mihaaru shudha hedhun fahaa nimmaalaifi ey dhw. wedding completed 🙂

  10. Shudha says:
    October 14, 2017 at 12:46 pm

    yaaaass… niam ves ok vejje dhw… emme fahun inthizaarukuri gadi ais jehuny… oh and curse you maisha :-p

    1. maroon says:
      October 14, 2017 at 3:20 pm

      Hehe shudha thanku ??
      A big suprise for you is coming in the final episode!! See u

    2. Shudha says:
      October 14, 2017 at 6:37 pm

      Ok will be waiting ?

  11. Xxxx says:
    October 14, 2017 at 1:13 pm

    Wooooowww…???????????????????????????????????v.nice..keep it up

    1. maroon says:
      October 14, 2017 at 3:21 pm

      Thanku xxxx ??

  12. annoying reader says:
    October 14, 2017 at 2:21 pm

    thankyou maroon, story dhiya gothun v kiyaa hiy kendifa hutta mi ai new twist in varah happy vejje. finally malaka ge parents ves ok v dhw. varah reethi nw . waiting for the next part

    1. maroon says:
      October 14, 2017 at 3:22 pm

      Thanku annoying reader. Story ehvyma emmen beynunvaa goiyves nuve higaidhaane dhw. Anyway m so grateful that u read it ??

  13. Aleena anii says:
    October 14, 2017 at 2:30 pm

    Wow wrhh ryythii mii part wx. Dhaanwyy hedhun fahaan ulhen maroon colourge? shaaim nd malaage wedding ahh dhaan.. Dhn Alhay waahaka nimaythyy dherawayy.. Uhmyydh kuran miiwaahaka niimunyymawx kiiyun theriin nahh maroonge ehn waahaka ehh kiiyaalan liibayyne kamahh.. Waiting ingayy.. Miiwaahaka wrhh ryythiii.. Baraabarahh miiwaahaka kiiyan konme partakahh comment nukuriiyas? wrhh loves…

    1. maroon says:
      October 14, 2017 at 3:23 pm

      Thanku aleena anii ??
      Comment kollythy v bodah shukuru. In sha Allah thiya asaru is coming soon.

  14. Adha? says:
    October 14, 2017 at 2:51 pm

    Oh wow.? alhey dream ehtha mii… hama aslahves shaim❤malakaa gulhunytha.. so happy? nd naseebeh dw nium ves maa varuthakeh nudhahkaa ebbass vikan.. nd mi maisha gandu laa jalah.. she deserves that..
    Dhen fahu part dw othy… nimunass lass nuve anneh story fashaanan dw maroon??
    Waitingss for their wedding?❤❤❤❤

    1. maroon says:
      October 14, 2017 at 3:25 pm

      Thanku adha. Its not a dream dear. Jalah laanvy dhw hama… yes last part dhn othy. M writing the new story. In sha Allah will upload soon ??

  15. khajja says:
    October 14, 2017 at 3:03 pm

    Wow masha allah stry v v v amazing?? alhe mi stry nimenytha?haadha avahakah?? mi stry v v loabi thanks maroon 4 the luvly stry whn nxt prt avaskolladhybala plx plx

    1. maroon says:
      October 14, 2017 at 3:26 pm

      Thanku khajja . Yes nimeny. In sha Allah soon ??

  16. Maroon ge fan?? says:
    October 14, 2017 at 3:04 pm

    maroon haadha rangalhey? thanks ingey edhekudhin gulhuveema..niam ah visnuneema ves varah ufaa vejje…dhn avahah kaiveni kohdhee malaa menge? wow ..ly maroon.. Ur the best…adhi kithah part Ebain?

    1. maroon says:
      October 14, 2017 at 3:27 pm

      Dhn inee last part dear. Maroonge fan ah thanku ? ly too dear ?

  17. ninni says:
    October 14, 2017 at 4:39 pm

    Wow wow??. V Gina dhuvaskollafa mi kiyaalevunee hurihaa baeh. V v reethi?? maroon plx adhi nimmanulaaba story???

  18. ninni says:
    October 14, 2017 at 4:43 pm

    Wow wow??. V Gina dhuvaskollafa mi kiyaalevunee hurihaa baeh. Ninnige Tp dhuvaskolhu veema v busy. kiyaves nulevunu. V v reethi?? story. maroon plx adhi nimmanulaaba story???

    1. maroon says:
      October 14, 2017 at 5:01 pm

      Hey ninni. Missed u ngey ?
      Dhn mi story nimeny. In sha Allah ehen story akaai eky v avahah bahdhalu kollaanan ??

  19. Zaain says:
    October 14, 2017 at 7:11 pm

    Story v reeti…. ekm v baivaru mistake tah ebahuti… ibaaraaiy kurumuga v mistake ebahuri Marooo… Adi mi partun fenunu v kah ehen partakun nufeney mistakey….. hama goase koh bunan ulhey eti liyevifa hunany… hama nujehey gotah…

    1. maroon says:
      October 14, 2017 at 7:17 pm

      Thanku zaain. Will try to be more careful??

    2. maroon says:
      October 14, 2017 at 7:24 pm

      Zaain , i would like to talk to you about the story. If you do not mind could you email me. Its given in the description box.

    3. Mal. says:
      October 14, 2017 at 8:09 pm

      Goas koh liyevifa hurriya ehnya vx kiyaa dhey gothah marooo ah kiyaa dhinun ragalhy hn mal ah hyvany? hama bunely zaain☺

    4. $JK..KOREAN says:
      October 14, 2017 at 8:46 pm

      yeah right. so that maroon can improve.. help eachother… 🙂

  20. Zuam says:
    October 14, 2017 at 8:50 pm

    Woooowww….. varah reethi…. masha Allah…????????????????

    1. maroon says:
      October 14, 2017 at 10:09 pm

      Thanku zuam ??

  21. Shudha says:
    October 14, 2017 at 9:13 pm

    MAROON up kuraany kn irakun?

    1. maroon says:
      October 14, 2017 at 10:08 pm

      Mirey dhan varuga wedding othy ???

  22. Zaain says:
    October 14, 2017 at 9:20 pm

    Vaa gotaky readers bunanta…. Aslu ehen bunedevey v vure kuhtah gina vma msjun hurihaa ehchey bunedeynvma v diguvey msj dho… 2 to 3 mistake nama definetly i wil tel to Marooo… last partah vs comment nukohlevuny bxy vma… Zaa edeny Maroon ah abaduvs faagati bright future eh… edeny mirongun gina guna kurieruntah libun… ehenve ma tihaa gud writter ehge ekahala mistake takey fennaaty Zaa beynunvany hama bunedeyn… Insaa Allah Zaa ah libifa huri hunarey ei story ge uniaibu faahagakoh story Aa behey gotun vaahaka deykun… Zaa hama ekani story simply kiyaalanyki nun… v funkoh visnan story Aa deytere… sufakurumah… basmagah… ibaaraaiy kurumah… kunnu… feshun… nimun… hole story ah hama… Zaa uhmeedu kuran Zaa Aa deytere goase koh nuvisnaane kamah… How can Maroo… i mean how can i talk to u… i dont use FB twitter… if u want talk to me then u call direct my no… i will give if u want…

    1. maroon says:
      October 14, 2017 at 9:24 pm

      Hey zaain. Maroon hiy hama jehe ey comment kiyaalaafa. I really like ur comments. Komme episodeh up koffa emme inthizaaru kurevey eh commentakah vaane zaa ge comment. U helped me a lot. I really appreciate every bit. I just want to talk you about the story so i can improve. Nothing else ??

  23. Zaain says:
    October 14, 2017 at 9:42 pm

    keehve Maroo hiyy hama nujeheny…..

  24. Zaain says:
    October 14, 2017 at 9:47 pm

    Maroo hiyy hama nujehey kahala ehchey aneykaa Zaa ah bunevunyta???

    1. maroon says:
      October 14, 2017 at 9:59 pm

      Hey sorry ehen bunevuny olhumakun. Mibuny v hiy hama jeheyey help vaathy . Sorry

  25. Zaain says:
    October 14, 2017 at 10:07 pm

    Maroooo…. kiriyaa shokey nujehuny…. ur mst wlcme Maroo… kyp it up dear… mis u n luv u bi baai…

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 18 (ފަހު ބައި)←


All Right Reserved!