ވޭންތަކުން ދިން ހިތި މާޒީ (12)
ކޮޓެރިއަށް ވަދެ ދޮރުތަޅުލާފަ ބަލާލިއިރު ޒިމްޔާ އޮތީ ޓައިލްސްތައް މަތީ ދެމިފައެވެ. ވާފިރު އެވަރަށް ރާ ބޯންދިން ވިއްޔާއެވެ. ދެމީހުން ޒިމްޔާ ނަގާ އެނދައް ހޫރާލާ ޒިމްޔާގެ ހެދުން އިރާލާ ހުރިހާއެއްޗެއް ބޭލުވިއެވެ. ޒިމްޔާގެ ހަށިގަނޑު ފެނުމުން މި ދެމީހުންނަށް ހީވީ ފެން ނުލިބިފަ ތިބި ބައެއްހެންނެވެ. ޒިމްޔާ ހަށިގަނޑުގެ އެކި ތަންތާ ބޮސްދޭން ފެށިއެވެ.
…………………………………………..
ކޮންފަދަ ނުބައި ބައެއް ހެއްޔެވެ. އެއްގެއެއްތެރޭ ކޮންމެ މީހެއްވެސް ހިލޭ މީހެއް ގޮވައިގެން ޒިނޭ ކުރަނީއެވެ. މަސްތުގެ ހާލުގަ ތިބެގެން ހެއްދެވިފަރާތް މަތިންވެސް ހަނދާނެއް ނެތެވެ. މަންމައެއް ބައްޕައެއް ދަރިންނެއް ނެތެވެ. މައުސޫމް ޒުވާން އަންހެން ކުއްޖެއްގެ އިއްފަތް ގެއްލިގެން ގޮއްސިއެވެ. ކޮންމެ ދުވަހަކު ޒިމްޔާ އެތައް މަރަކުން މަރުވެގެން ދަނީއެވެ. ނަމަވެސް ތަގުދީރު މި އަނިޔާވެރިންނަކާ މިފަހަރު އެއްކޮޅަކައް ނާރާނެކަން ޔަގީނެވެ.
ޒިމްޔާގެ ހަށިގަނޑުން އުފާ ހޯދަން އެ ދެފިރިހެނުން ލައިގެން ހުރި އެއްޗިހި ބާލަން އުޅުނެވެ. ދެމީހުންވެސް ހުއްޓުން އެރީ އިބުނު ބާރު އަޑުފައްގަނޑަކުންނެވެ. ހީވީ އެއްޗެއް ވައްޓާލިހެންނެވެ. މިމީހުން ކޮން ކަމެއްތޯ ބަލާކަށްވެސް ނޫޅެއެވެ. ގޭތެރޭ އެމީހުން ނޫނަސް ބަޔަކު އެބައުޅޭކަން އިނގެއެވެ. އެއިން އެންމެން ތިބީ ހަމައިގައެއް ނޫނެވެ. އެއްޗެއް ރޫޅާފަވެސް ކުރާކަމެއް ކުރާނެއެވެ. ދެވަނަ ފަހަރަށް އިވުމުން ވެސް މިމީހުން އަޅާ ނުލާ ޒިމްޔާއާއި ދިމާއަށް ހިނގައިގަތެވެ. ޒިމްޔާއަށް ކުޑަކޮއް ވާނުވާ އިނގޭވަރުވެއެވެ. ނަމަވެސް ބޮލުގައި ރިހޭ ވަރުން ހީވަނީ ބޯ ފަޅައިގެން ގޮސްދާނެހެންނެވެ.
ޓަކި ދީ ދީ ދޮރު ނުހުޅުވުމުން ފުލުހުންގެ ޓީމް ދޮރު ވައްޓާލާފައި ގޭތެރެއައް ވަތް އިރު މުޅިތާ އޮތީ ރާ ފުޅިއާ ސިގިރޭޓް ބޮއެ ހުސް ކޮއްފަ ހުރި އެއްޗިއްސެވެ. މައްޗައް ދިހަ ޕޮލިހުން ގޮސް ތިރިއަށް ފަސް ޕޮލިހުން ހިނގައިގަތެވެ. މީގެ އިތުރަށް މިމީހުން ފަހަތުން މީކާއީލްމެން ވެސް ވަނީ ވަދެފައެވެ. އެގޭތެރޭގެ ކަންތައް އެމީހުންނައް އިނގޭތީ ފުލުހުން އެމީހުންގެ އެހީތެރި ކަމާ އެކީ ގޭތެރެ ފާސް ކުރަން ނިންމިއެވެ. އެކި ތަންތަނުން ރާ ފުޅިއާ މަސްތުވާ ތަކެތި ކަމަށް ބެލެވޭ ޒާތުގެ އެއްޗިހި ފެނުނެވެ. މީކާއީލް ލަސް ނުވެ ދިޔައީ ޒިމްޔާމެން ކޮޓެރިއަށް ވަންނާށެވެ. ތަޅުލާފަ ހުރުމުން ދެ ފުލުހެއް ފައިން ހަތަރުފަހަރު ޖެހި އިރަށް ކޮޓެރި ހުޅުވެއްޖެއެވެ. ޒިމްޔާގެ ގައި މައްޗައް ޖެހެގެން ތިބި ދެފިރިހެނުން ސިހިފައި ތެދުވެ އެއްޗިހިލާން ދުއްވައިގަތެވެ. ފުލުހުން ގިނަ ކަމުން އެމީހުން ޖެހުނީ ހަތިޔާރު ބަހައްޓާފަ ފިލަން ނުގޮސް މަޑު ކުރާށެވެ. އެ ދެމީހުންވެސް ތިބީ ބިޑި އަޅުވާފައެވެ. އަންހެން ފުލުހެއް ޒިމްޔާއާއި ހަވާލް ވެވުމުން މީކާއީލްމެން އުޅުނީ ދެން ހުރި ކޮޓެރިތަށް ބަލާށެވެ. ޒިމްޔާ އޮތް ހާލު ފެނުމުން ހިތުގައި ރިއްސާލިޔަސް މިއީ ޒިމްޔާ އެ ހިތާމައިގަ އުޅޭނެ އެންމެ ފަހުދުވަސް ކަމުން އެކަމާ ބެހޭ އެހެންމީހުން ހޯދަން އުޅުނެވެ. ޒިމްޔާއަށް އެވަގުތު ހޮޑު ލެވުމުން އަންހެން ދެ ފުލުހެއް އެންބިއުލޭންސްގަ ޒިމްޔާ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރު މުޅި ރަށު ރައްޔިތުން ކަހަލައިން އެތާ ތިއްބެވެ. ކޮންމެ ކޮޓެރިއަކުންވެސް މަސްތުވެ ޒިނޭ ކުރަން ތިބި އެތައް ބަޔެއް ނެރުނެވެ. މިއެންމެން ހައްޔަރުކޮށް ބިޑި އަޅުވައިގެން ފުލުހުންގެ ޖިޕުގަ ޕޮލިސްޓޭޝަނައް ގެންދެވުނެވެ. މުޅިއަކު ސަތާރަ މީހުން ހައްޔަރު ކޮއްގެން ގެންދިޔައިރު އެތައް ލައްކަ ރުފިޔާއެއްގެ މަސްތުވާ ތަކެއްޗިއްސާއި ރަލާ އެގެއިން ނެރެވުނެވެ.
މީކާއީލްމެންވެސް އެގެއިން ނިކުމެ ތިބީ އެންމެން އެކީ ވާހަކަ ދައްކާލާށެވެ.
“މީކް ދަމާ ފެންވަރާލަން، ބަލާ މަ ގަޔައް ރާ ފުޅިއެއް އެޅިގެން ނޯއްދަމާލަން ނުކެރޭ” ފަޔާޒް ފަކުރުން ހުރެ ބުނެލިއެވެ.
“ޒިމް އޮތް ހާލެއް ނޭނގެ އިހައް ދާނީ ހޮސްޕިޓަލްއަށް” މީކާއީލް ހުރީ ޒިމްޔާއައްވީ ގޮތެއް ބަލަން ކެންމަދުވެފައެވެ.
“ނޫން. މިގަޑި ފުލުހުން އެތާ ހަރަކާތްތެރިވާނެ. ފެން ވަރާލައިގެން ނަމާދުކޮއްގެން ދާނީ. އިރާދަ ކުރެއްވިއްޔާ ރަގަޅުވާނެ ދެން ހުރިހާ ކަމެއްވެސް. އައްގަޑި ބައި ވެއްޖެ. ނުވަ ގަޑި ބައި ނުވަނީސް ހިނގާ ތައްޔާރުވެގެން ދާން” ފަޔާޒްއަށް ކޮއްކޮގެ ހާލަތު ވިސްނުމުން ބައްދާލަމުން ބުންޏެވެ.
“ތެންކިއު ދޮންބެ ކޮއްދޭ ހުރިހާ ކަމަކަށް.” މީކާއީލް ފެންކަޅިވެފަ ބުނެލިއެވެ.
“އޭ މާ އެމޯޝަނަލް ނުވޭ ހިނގާ ދާން ދެންވެސް” ފަޔާޒް ހީލަމުން އާޒް ކޮންޑަށާ މީކާއީލް ކޮނޑައް އަތް ވައްޓާލަމުން ބުނެލިއެވެ. ޒިމްޔާ ހޮސްޕިޓަލްއަށް ގެންދިޔައިރު ކިޔާން ދިޔަނީ ޒިމްޔާއާއި އެކީއެވެ.
“އޭ މަބުނީ އެ މީހުން ޒިމްޔާއަށް ކަމެއް ކުރިތަ؟” އާޒް މި ހުރިހާ އިރު ވިސްނި ކަންތައް އަހާލިއެވެ.
“އެހިން އެތާ ހުރި އަންހެން ފުލުހެއް ކައިރި. ބުނީ ޖިންސީ ކަމެއް ކޮއްފަ ހުރިހެއްނެއް ހިޔެއް ނުވެޔޯ. އަހަރެމެންނައް ވަދެވުނީ އެކަން ކުރަން އުޅެނިކޮއް. ނަސީބެއް އެވެސް. އެކަމަކު ޒިމް ހުރީ ހަމަޔަކު ނޫނޯ. ކިޔޯ ހެދުން ލެއްވި އިރުވެސް އެމީހުން ބޮލައް ދެމީއޭ ގަދަކަމުން ބޯދިނީއޭ އެހެން ކިޔަން ހުއްޓަ ހޮޑުލެވުނީއޯ” މީކާއީލްއަށް އިނގުން އެއްޗެއް ކިއެވެ. ގެއައައް ވަދެ އާލާމެން ކައިރި ތައްޔާރު ވެގެން ތިބެއްޗޭ ބުނެ ތިން މީހުން އަވަސްވެ ގަތީ ފެންވަރަން ދާށެވެ. އާލާމެންނައްވެސް މީހުން ފަރާތުން ވާނުވާ އިނގުނެވެ. ނުވަގަޑި ބައިވާން ވީ އިރު އެންމެން މިސްރާބު ޖެހީ ހޮސްޕިޓަލަށް ދާށެވެ.
“ކަލޯ ހުރިހާ ހަބަރު ތަކަކު އެވާހަކަ. މަސްތުވާ ތަކެއްޗާ އެކު ޒިނޭ ކުރަން ތިބި ގިނަ ބަޔަކު އަތުލައިގަނެފި. މީގެ އިތުރުން އެގޭ ތެރޭ އަންހެން ކުއްޖަކަށް ވަނީ އަހަރު ތަކެއްވަންދެން އެތައްފަހަރަކު ރޭޕް ކޮއްފަ.” އާޒް ހަބަރުގަ އޮތް އެއްޗެއް ކުޑަކޮއް ކިޔާލިއެވެ.
“އާނ. އޮންނާނެ. މި ނޫނީ ނޭނގެ މި ދުނިޔޭގަވެސް މިކަހަލަ ކޭސް އެއް އޮތް ކަމެއް” މިޒްނާ މިހެން ބުނުމުން އެންމެން އެކީ ހޮސްޕިޓަލް ތެރައް ވަދެގެން ދިޔައެވެ. އޭރުވެސް ކޮންމެސް ވަރަކަށް ފުލުހުން އުޅެއެވެ. މީކާއީލްމެން ދިޔަ އިރު ޒިމްޔާ އިނީ ކަކުލުގަ ބޯ ޖަހައިގެންނެވެ. މަޑު ގިސްލުމެއްގެ އަޑު އެވަގުތު އިވުނެވެ. އެންމެންވެސް ހައިރާންވީ ޒިމްޔާގެ ދިގު އިސްތަށިގަނޑު އެއްކޮއް ބުރިކޮއްލާފަ އޮތުމުންނެވެ. މީކާއީލް ޒިމްޔާ ބޮލުގަ މަޑުމަޑުން ފިރުމާލުމުން ސިހިފައި ޒިމްޔާ އެމީހުންނާ ދިމާއަށް ބަލާލިއެވެ. އެންމެން ފެނި ޒިމްޔާ ދިޔައީ ބަޑިފަޅައިގެންނެވެ. މީކާއީލް އަށް ކެއްނުވުމުން ޒިމްޔާ ގައިގަ ބައްދާލިއެވެ. މީކާއީލްގެ ގަމީސް ތެމެމުން ދިޔައީ އޭނާ އެންމެ ލޯބިވާ އިންސާނާގެ ވޭނީ ކަރުނުންނެވެ. ނަމަވެސް މިކަމަކަށް އޭނާ ފަރުވާލެއް ނެތެވެ. އޭރު ކިޔާންގެ މަންމައާއި ބައްޕަވެސް ހުއްޓެވެ. މީކާއީލް މެންނާ އާޒްގެ މައިންބަފައިންވެސް ތިއްބެވެ. އެންމެންވެސް ތިބީ ފެންކަޅިވެފައިވާ ހާލު ޒިމްޔާ އަށް ބަލާށެވެ.
“މީކް އިނގޭތަ.. އިނގޭތަ. އެމީހުން ހާދަ ގޯހޭ. ބަލާބަލަ މުޅިގައިގަ ހުސް އެމީހުންގެ ލަކުނު. އަހަރެން ބޭނުމީ މަރުވާން ދެން ބޭނުމެއް ނޫން މިތާ އުޅޭކަށް. އެހާ ހިތް ވަރެއް ނެތް. ބަލާބަލަ ބޯ މީ ބޭބެ އިސްތަށިގަނޑު ބުރި ކޮއްފަ. ބައްޕަ ގަދަ ކަމުން ރާ ބޯން ދިނީ، މަންމަ ވެސް އެތައް އަނިޔާއެއް ކުރި. ނުދަންނަ ބަޔަކު އަހަރެން މުޅި ގައިގަ އަތް ކާއްތާފަ…” ޒިމްޔާ ހިތުގަ އޮތް ހުރިހާއެއްޗެއް ބޭރު ކުރަމުން ދިޔައެވެ. ނަމަވެސް ފަހުން ރޮވޭތީ ވާހަކަ ދެއްކޭވަރެއް ނުވިއެވެ.
“ނޫން. ޒިމްއާއި އެކީ މިތިބީ އެންމެންވެސް. ޒިމްތީ އެކަނިވެރިއެއް ނޫން މިއަދަކު” ޒިމްޔާގެ ބުރަކަށީގައި ފިރުމާލަމުން މީކާއީލް ލޯބިން ބުންޏެވެ.
“ތެދެއް ހުއްޓާލާ، މަންމަމެންވެސް މިތިބީއޭ ޒިމްޔާއާއި އެކީ” މީކާއީލްގެ މަންމަ އަނެއްފަރާތުން ޒިމްޔާގެ ގައިގަ ފިރުމާލަމުން ބުންޏެވެ. މީކާއީލް މަންމަގެ މި ހަރަކާތުން ޒިމްޔާއަށް ބަލާލެވުނީ މީކާއީލްއަށެވެ. ޒިމްޔާ މަޑުމަޑުން މީކާއީލްގެ މަންމަ އުނގުގައި ބޯ އަޅާލިއެވެ. މީކާއީލް ހިތައް ފިނިކަމެއް ލިބުނީ މަންމަ ޒިމްޔާއާއި އެހާ ގާތް ކޮއް ވާހަކަ ދެއްކުމުންނެވެ.
އޭގެ އަނެއް ދުވަހު މައްސަލަތައް ބަލަން ފެށިއެވެ. ޒިމްޔާ ހުރިހާ ވާހަކައެއް ފުލުހުންނައް ކިޔައި ދިނެވެ. ވާފިރުއާއި ޒިމްޔާގެ ތިން ބޭބެ އިންނައް ޒިނޭއާއި މަސްތުވާތަކެއްޗާއި ގަދަކަމުން ރޭޕް ކުރި ދައުވާ އުފުލިއެވެ. އަދި މީގެ އިތުރަށް އކި މީހުންނަށް އެކި ދައުވާކުރުމައް އޮތެވެ. މިއިން އެކަކުވެސް މިއިން ޒަމާނަކު ސަލާމަތް ވާކަށް ނެތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.



V reethi mi part ves 🙂 Yayy! Liaa first! hehe
Hehe. Thanks 😀
nimuneetha mi
Noon. nunimey adhi 🙂
Vara kuru
Miadhu two part upload kuran vgn hehe. tmmrw dhiguvaane
Yess. Varah reethi.
Thanks 🙂
thanks 😉
Nice……
Thankyou
Mikahala writes in dheke lobivanee mihenve. Kiyunthereenge ihusaasthah dhenegannaathee. Thanks maukko.
Alhey. Thankyou and you must welcome sweetie 🙂
alhey thank you so much varah interesting no story v nice .whn next part..
Thanks Zaul 🙂 Today 🙂
Woooowww rivethi story eh ??.. Dhn kn irakun
Thankyou. Today, just keep waiting
alhey varah ufaa vejje zimya salaamaiy v ma.. thank u kukkoo mihaa ibrai theri vaahaka eh genesdhineethi… i love this story.. keep it up <3
You most Welcome Hehe. Thanks from me 🙂
Masha Allah vvvvv salhi…..waiting ……………
Thanks Zim 😀
Varah reethi story ??
Thankyou 🙂
Wowwww… Story v v v reethi ingey Maukko… Adhi kiriyaa mi kiyaalevuny… Heheheh…. Good work meek… Heheheh… U are really really too good Maukko…. Now I’m a big fan of u Maukko…
Thankyou Shifoo 😀
Hey mau…. kihineh tha story liyan dhas kury???? Age kihaa vareh tha? ??? ?? haadha reehchey mi story….. mau kahala talented kudhinnah mikahala stories liyeveny. …. kyp it up mau….❤❤❤ when next part???? Waitingssss ????
Hehe. Enme kureehsure i love reading stories and writing too. Hama dhen amilla hiyaalah liyany. 19 years❤ Aslu beynun vany ehen stories aa thafaath koh gennan. Hehe. Today I’ll upload the 13th part. Keep waiting and thankyou❤❤❤
Mauuuuu….. ??? kobaa tha story??? can’t wait for long time?? avas kohladheeba busy nooniyya???
Hehe. Just keep waiting. It is now pending darling juma 😀
furihamakaa eve……Story up kuraane irakah hama waiting ga mi inthizaaru kuranyyy?….v v reethii Mashaa Allah..??
Hehe. Alhey thankyou Xim 🙂
Dhn konirakun thr next part up kohdenii