“އެހެމް އެހެމް” ޔުއާންއާއި އަފްރީން ސިއްސައިގެން ދިޔައީ އަރްމާން އައިސް ކަރު ކެހިލުމުންނެވެ.
ޔުއާން އަވަހަށް ރަކިވެގެން އެހެން ދިމާލަކަށް ބަލާލިއިރު އަފްރީން ލަދުން އިސްޖަހާލިއެވެ.
*********************
“ތިމީހުން މިރޭ މިތާ ތިބެންތަ ތިހާ ނަލަހެދިގެން ތި އުޅެނީ؟ މީހަކު އަޖައިބު ވެދާނެ ތިދެމީހުންނާ ހުރެ.” އަރްމާން ލާނެއް ރާގަކަށް ބުނެލިއެވެ. ހަގީގަތުގައި އަރްމާން ނިކުތީ އޮފީހަށް ވަދެލަން ޖެހިގެންނެވެ. އެއްވެސް ހާލެއްގައި އެދެމީހުން އެތާ ތިބިކަން އެނގިގެންނެއް ނޫނެވެ. ނަމަވެސް އެނގުމުން ޖެއްސުންކޮށްނުލާ ހިތް ނުފުރުނީއެވެ.
“މާންވެސް އިނގޭދެން އެކޮން ކަންތައް ބޮޑު ނުކުރޭ. އަފޫ ގޮވައިގެން ފިލާފާނަން އިނގޭ. އެހެންޏާފަހެ އަފޫ އެހެރީ މިހާރު މާންއާ ހުރެ ލަދުން މަރުވާ ވަރު ވެފައޭ.” ޔުއާންވެސް އަރްމާންއަށް އެންމެ ތަންފުކެއްވެސް ދޫކޮށްނުލާ ޖަދަލު ކުރަން ފެށިއެވެ.
އަފްރީން ހުރީ އެ ހުރިހާއިރު ހހީލަ ހީލައެވެ. އަފްރީން އެންމެ އުފާވަނީ އޭނާގެ ދޮންބެއާ އޭނާގެ ހަޔާތުގެ ބައިވެރިޔާއާއި ގުޅޭތީއެވެ.
“އާންވެސް ފޮނި ބޮޑު ނުވޭ. އަހަރެން މިދަނީ އޮފީހަށް ވަދެލަން ވެގެން. ތިދެމީހުން ތިބޭ އެކަކު އަނެކަކަށް ގެއްލިފަ މިތާގަ.” އަރްމާން މިހެން ބުނެ ހިނގައިގަތީ އޭނާގެ ސައިކަލަށް އަރަންށެވެ.
އަރްމާން ދިއުމުން އަފްރީން ޔުއާންއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. އަދި ޔުއާންއާއި ދިމާލަށް ދާން ހިނގައިގަތެވެ. ޔުއާންވެސް އޭނާގެ ރީތި ފިރިހެންވަންތަ ހިނިތުންވުން އަފްރީންއަށް ހަދިޔާ ކުރިއެވެ.
އަފްރީންއައިސް ޔުއާންގެ ސައިކަލު ކައިރީގައި ހުއްޓުމުން ފަހަތަށް އެރުމަށް ބުނެލިއެވެ. އަފްރީން ސައިކަލަށް އެރުމުން ޔުއާން ސައިކަލު ދުއްވާލީ އާދައިގެ ވަރަކަށެވެ. ސައިކަލުގައި ތިބެގެން ވާހަކަ ނުދެއްކޭނެތީ ޔުއާން ގަސްތުކުރީ އެރަށުގައި މީހުން ފިނިކޮށްލަން ދާ ހިސާބަށް ދާށެވެ. އެތާގައި އިށީންނާނެ ތަންތަންވެސް ހުންނާނެތީއެވެ.
އެހާ ހިސާބަށް އާދެވުމުން ސައިކަލުން ފައިބައިގެން ދޭމީހުންވެސް ގޮސް އިށީނީ މީހުން މަދު ހިސާބެއްގައި ހުރި ހިލަ ގޮނޑިއެއްގައެވެ.
ހަވީރު ވަގުތުގައި އެތާގައި ހުރިހާ އުމުރެއްގެ މީހުން ތިއްބަސް މިގަޑީގައި އެތާ ތިބެނީ ލޯބިވެރިންނެވެ. ހަނދުވަރުގެ އަލީގައި އަހުދު ތަކާއި ވައުދުތައްވާން އައިސް ތިބި ލޯބިވެރިނެވެ. އެއްބަޔަކު އިނދެގެން އުޅުނު ނަމަވެސް އަނެއް ބަޔަކު ނީނދެއެވެ. މައިން ބަފައިންގެ ރުހުމުގަ އުޅޭ ޖޯޑު ތަކާއި އެމީހުންގެ ނުރުހުމުގަ އުޅޭ ކުދިންވެސް އުޅެއެވެ.
ޔުއާން އިށީނުމުން އަފްރީންވެސް ޔުއާންއާއި ދާދި ގާތުގައި އިށީނެވެ. އަފްރީން އިށީނުމުން ޔުއާން މަޑުމަޑުން އަފްރީންގެ މަޑު އަތްތިލާގައި ހިފާލިއެވެ.
އަފްރީންވެސް އެކަމަށް ހުރަސް އަޅާކަށް ނޫޅެއެވެ. އަފްރީން އަދި ޔުއާންގެ ހިތުގައިވެސް އުފާވެރިކަން ވަށާލާފައި ވަނީ ވާހަކަ ނުދެއްކިއަސް އެފަދަ ހިތަގައިމު މާހައުލެއްގައި ލޯބިވެރިޔާ ކިއިރީގައި އިންނާނެ ޝަރަފު ލިބުމުންނެވެ. ދެމީހުންވެސް ހިތާ ފުރާނައިން ކައިރީގައިވާ އިންސާނާ ދެކެ ލޯބިވެއެވެ.
“އަފޫ” ޔުއާން މަޑުމަޑުން އަފްރީންއަށް ގޮވާލިއިރު އެއަޑުގައިވި މަސްތުކަން އަފްރީންއަށް ނަގައިގަނެވުނެވެ. އަދި އެއަޑު އިވުމުން އަފުރީންގެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރުކުރިއެވެ.
“އާން” އަފްރީން އޭނަގެ އިހްސާސްތަކުގެ މައްޗައް ބާރު ފޯރުވަމުން ޔުއާންއަށް ގޮވާލިއެވެ. ހަގީގަތުގައި އަފްރީން އިނީ ޔުއާންއާއި އެހާ ގާތުގައި އިންނަން ވުމުން ޖެހިލުންވެފައެވެ. އަފްރީންއަކީ ފިރިހެން ކުދިންނާ މާ ގާތުގައި އުޅޭ ކުއްޖެއް ނޫންވީމައެވެ. ނަމަވެސް ޔުއާންދެކެވާ ލޯތްބެއްގެ ބޮޑުކަމުން އިނީއެވެ.
ދެލޯބިވެރިން އެ ހިތްގައިމު މާހައުލުގައި ތިބެގެން އެތައް ވާހަކަތަކެއް ދެއްކިއެވެ. މިރޭ ޔުއާންގެ ބޭނުމަކަށްވީ އަފްރީންގެ ބީރައްޓެހިކަން ކެނޑުވުމެވެ. ޔުއާންއަށް މާބޮޑަށްވެސް އެކަން ކާމިޔާބު ވިއެވެ.
ދެމީހުން އެކީގައި ތިބެފަ ގެއަށް ދާން ވިސްނިއިރު 30 10 ވެއްޖެއެވެ. އަފްރީންގެ ބީރައްޓެހިކަން ކެނޑިގެން ދިޔައިރު ދެމީހުންގެ މެދުގައިވާ ލޯބިވެސްވަނީ އިތުރުވެފައެވެ. ދެމީހުންގެ މެދުގައި ސިއްރުވެފައި އެއްވެސް ކަމެއް ނެތެވެ. ކުރެވޭ އިތުބާރުވެސް ވަނީ އިތުރުވެފައެވެ.
އަފްރީން ގެއަށް އައިސް ވައިން އިރު އަރްމާން ގޭގައި ނެތީ ނަސީބޭ އަފްރީނަ ހިތައް އެރިއެވެ. ނަމަވެސް މިރޭ އަދި އަރްމާންއާއި ކުރިމަތި ލާން ޖެހޭނެއެވެ. އަފްރީން މިރޭ 12 ޖަހާއިރަށް ޑިއުޓީއަށް ދާން ޖެހެއެވެ. އަފްރީންއަށް އަދި ޔުއާންއާއި އެކު ދާކަށް ނުކެރޭނެވެ. އެހެން ނޫންނަމަ އަރްމާން ކައިރިއަކު ނުބުނާނެވެ.
އެ ދޮންބެއަށްވެސް ރެސްޓެއް ދޭންވާނެތާއެވެ. ބައްޕަ ނިޔާވި ފަހުން އަފްރީންގެ ހުރިހާ ކަމެއް އެ ބަލަހައްޓަނީ އެ ބޭބެއެވެ. ނަމަވެސް އަރްމާންއަށް ރަށުން ބޭރަށް ދާން ޖެހުނީ ކިޔެވުމަށެވެ. އަފްރީންމެނަށް ނޭނގުނަސް އޭރުވެސް އަރްމާންވަނީ ޔުއާން ކައިރީގައި އަފްރީން އަދި އޭނާގެ މަންމަ އުޅޭ ގޮތްބަލަން ބުނެފައެވެ.
އަފްރީން ސިއްސައިގެން ދިޔައީ ފޯނު ރިންގްވާ އަޑު އިވުމުންނެވެ. ބަލާލިއިރު ގުޅަނީ ޔުއާންއެވެ. ތެދެކެވެ. ޔުއާންވަނީ ގެއަށް ގޮސްފައި ގުޅާނެ ކަމަށް ބުނެފައެވެ. އަފްރީންގެ ހަނދާނުން ކައްސާލީއެވެ.
އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލާފައި ޔުއާންގާތު މަޑުލޮށްލުމަށް ބުނެފައި އަފްރީން ދިޔައީ އެއްޗެހި ބަދަލު ކޮށްލާށެވެ.
އަފްރީން 5 ވަރަކަށް މިނެޓް ތެރޭގައި އައިސް ވާހަކަ ދައްކަން ފެށިއެވެ.
އެގޮތުގައި 15 11 ވަންދެން ދެމިހުން ވާހަކަ ދައްކަން ތިއްބެވެ. އަދި އެވަގުތަށް ފޯނު ކޯލް ކުރުކޮށްލާފައި އަފްރީން ދޔައީ ޑިއުޓީއަށް ދާންވާއިރަށް ކޮންމެވެސް އެއްޗެއް ކާލައިގެން ތައްޔާރު ވާށެވެ. ޑިއުޓީ ފެށެނީ 12 ޖަހާއިރު ކަމުން 50 11 ވީއިރު އަފްރީން އިނީ ތައްޔާރުވެގެން ސިޓިން ރޫމްގައެވެ.
އަރްމާން ނުފޭބުމުން އަރްމާންއަށް ގުޅިއިރު ފޯނު އޮތީ ނިވިފައެވެ. އަފްރީން ހީކުރީ އަރްމާންއަށް ނިދުނީ ކަމަށެވެ. އެހެންކަމުން އަރްމާންއަށް ގޮވަން ދާކަށް ނުކެރުނެވެ.
އަފްރީން ހިތްވަރު ކޮށްލާފައި ޔުއާންއަށް ގުޅާލިއެވެ.
ޔުއާން ފޯންނެގުމުން ވީގޮތް އޮޅުން ފިލުވައިދފައި އަފްރީން ލާން ދާން އާދެވޭނެތޯ އަހާލީ ތެޅިތެޅި އަތް ހިތަކާއެކުއެވެ. ޔުއާން ވަރަށް ފަސޭހައިން ގަބޫލު ވެއްޖެވެ.
ޔުއާން ވަރަށް އަވަހަށް އަފްރީން ގޭދޮށަށް އައިއްސިއެވެ.
އަފްރީން ބަލާކަށް ނުހުރެ އަވަހަށް ސައިކަލަށް އެރީ ގަޑި ކުޑަތަންވެފައި އޮތުމުންނެވެ.
އަފްރީން ނިމޭނީ 8 ޖަހާއިރު ކަމުން ޔުއާންއަށް ބަލާ އަންނަން ނުޖެހޭނެ ކަމަށް ބުނެފައި އަވަހަށް ނިދުމަށް އިރުޝާދު ދީފައި އަފްރީން ލޮސްޕިޓަލަށް ވަދެގެން ދިޔައެވެ.
ޔުއާންވެސް ގެއަށް ގޮސްފައި އަވަހަށް ނިދާލީ އަފްރީން ބުނުމުންނެވެ. އެހެންނަމަ އޭނަ ނުނިދީހެއެވެ. އަނެއް ދުވަހަކީ ހުކުރު ދަވަސް ކަމުން އޮފީހަށް ދާން ނުޖެހޭނެތީއެވެ.
އަފްރީން ބުނީ ބަސް އަހަމުން ނިދާލީއެވެ.
އަފްރީންއަށް އެރޭ އުޅެން ޖެހުނީ ވަރަށް ބިޒީ ކޮންނެވެ. މީހަކު ވަރަށް ހާލު ދެރަވެގެން އައި.ސީ.ޔޫ. އަށް ލާން ޖެހުނީއެވެ. އެމީހާގެ ހާލު ރަނގަޅުވީ އެތަށް މަސަކަތަކުންނެވެ. ނަރުހުންނާއި ޑޮކްޓަރުން ކުރި ބުރަ މަސައްކަތުން އެމީހާ ވާރޑަށް ނެރެވޭ ވަރު ވިއެވެ. ނަމަވެސް އަދިވެސް ހާލަ ދަށް ވެދާނެތީ އެތާގައި ބޭއްވީއެވެ.
ފަތިސް ނަމާދަށް ގޮވި އިރު ޔުއާން ހުރީ ނަމާދަށް ދާން ތައްޔާރުވާންށެވެ. ޔުއާން އަވަސް ކޮށްލައިގެން ދިޔައީ ޖަމާއަތުގައި ބައިވެރި ވެވޭތޯއެވެ.
ޔުއާން ނަމާދުން ފައިބައިގެން ގެއަށް ގޮސް އަމިއްލައަށް ކޮފީ އެއް ހަދާލީ ޔުޝްރާ އަދި ނުހޭލާތީއެވެ.
6 ޖެހި އިރުވެސް ޔުޝްރާ ނުހޭލާތީ ޔުއާން ކަން ބޮޑުވެގެން ދެތިން ފަހަރު އެކޮޓަރި ދޮރުގައި ޓަކިވެސް ޖަހާލާފިއެވެ. ނަމަވެސް ހަބަރެއް ނުވެއެވެ. އެންމެ ފަހުން ޔުއާން ނިންމީ ޔުއާން އަތުގަ އޮންނަ ތަޅުދަނޑިން ދޮރު ހުޅުވާށެވެ.
ދޮރު ހުޅުވުމާއެކު ޔުއާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޔުޝްރާ އޮތީ ޓައިލްސް މައްޗަށް ވެއްޓިފައެވެ. ބަނޑު ދަށުން ފައިބަމުންދާ ލޭ ފެނުމުން ޔުއާން އަނބުރައިގަންނަ ގޮތްވިއެވެ.
ޔުއާންއަށް ހޭވެރިކަން ވުމުން ޔުޝްރާ ކައިރީގައި އިށީނދެ ޔުޝްރާގެ ބޯ ޔުއާން ފައި މައްޗަށް ލިއެވެ. އަތް ތުރުތުރު އަޅާ ހާލުގައި ފުރަތަމަ އެންބިއުލާންސްއަށް ގުޅާފައި އަރްމާންއަށްވެސް ގުޅާލިއެވެ. އޭރު ޔުއާންގެ ލޮލުން ވަނީ ކަރުނަ ނީރާލާފައެވެ.
އެންބިއުލާންސްއަށް ވުރެން ކުރިން އަރްމާން އައެވެ. އަދި އަރްމާން އައި އިރު އައީ އާސިމާވެސް ގޮވައިގެންނެވެ. އެއީ ޔުއާންގެ ވާހަކައިން ޔުޝްރާއަށް ކަމެއް ވީކަން އެނގުމުންނެވެ. އޭރު ޔުއާން އިނީ ލެއިން ތަތްތެޅިފައެވެ.
އެންބިއުލާންސް އަންނަލެއް ލަސް ކަމުން އާސިމާގެ ލަފާގެ މަތިން ޔުއާންގެ ކާރުގައި ޔުޝްރާ ގެންދަން ކާރު ނެރެން އަރްމާން އަވަހަށް ދިޔައެވެ. ދަމުން ހޮސްޕިޓަލަށް ގުޅާފައި އެންބިއުލާންސްވެސް ކެންސަލް ކޮށްލިއެވެ.
ޔުއާން ޔުޝްރާ އަތްދަނޑި މައްޗައް ނަގައިގެން ދިޔަ އިރު އެ ތޫނު ލޮލުގައި ވީ ރިހުމެކެވެ. ޔުއާން ޔުޝްރާދެކެ ވަރަށް ލޯބި ވެއެވެ. އާސިމާވެސް ޔުއާންއާ އެއްވަރަށް ބޭރަށް ނިކުތް އިރު ގޭ ދޮރު މަތީގައި ކާރުގައި އަރްމާން އިނެވެ.
ޔުޝްރާ ކާރު ފަހަތު ސީޓުގައި ބޭއްވުމުން އާސިމާ ޔުޝްރާ ބޯ އާސިމާގެ ފައިމަތީގައި ބާއްވަމުން ކާރަށް އެރިއެވެ. ޔުއާން ކާރަށް އެރުމުން ފުލް ސްޕީޑްގައި އަރްމާން ހޮސްޕިޓަލާ ދިމާލަށް މިސްރާބް ޖެހިއެވެ.
އެގަޑީގައި އެމަޖެންސީގައި މީހަކު ގެންނާތި އަފްރީން ހުރީ އެހެން ނަރުހުންނާއި އެކީ ހޮސްޕިޓާ ދޮރުމަތީގައެވެ. ނަމަވެސް ކާކު ކަމެއް ނޭނގެއެވެ. ޔުއާންގެ ކާރު އައިސް ހޮސްޕިޓަލަށް ވަނުމުން އަފްރީން ހިސާބަކަށް ނުތަނަވަސް ވިއެވެ.
އަފްރީން ހިޔާލަކަށް ގެއްލިފައި ހުއްޓާ ހޭވެރިކަން ވީ ލެއިން ކަޅިވެފައި ހުރި ޔުއާން ކާރުން ފޭބުމުންނެވެ. އަފްރީންގެ ދެލޯ ބޮޑުވިއެވެ. ޔުއާން އަކަށް އެތާގައި އަފްރީން ހުރިކަމެއްވެސް ނޭނގެއެވެ. އޭނަ ހުރީ މާ ބޮޑަށް ހާސް ވެފައެވެ.
ޔުޝްރާ ކާރުން ނަގައިގެން ސްޓްރެޗާއަށް ލާން އެނބުރުން ގަޑިގައި އެތާގައި ހުރި އަފްރީން ޔުއާންގެ ލޮލުގައި އަޅައިގަތެވެ. ޔުއާން ހުރި ގޮތް ފެނުމުން އަފްރީންގެ ހިތުގައި ރިއްސާލިއެވެ.
ނަމަވެސް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އެތާ ތިބި އެހެން މީހުންގެ އެހީގައި ޔުޝްރާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުނެވެ.
ޔުއާންގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނީ އަފްރީންވެސް އޭނާގެ މަންމަ ކައިރީގައި ހަރަކާތްތެރި ވަމުން ދާތީއެވެ. ނަމަވެސް އެ މަންމަގެ ސަލާމަތަށް އެދި ދުޢާ ކުރުން ހުއްޓައެއް ނުލައެވެ.
15 ވަރަކަށް މިނެޓް ފަހުން އަފްރީން ނިކުމެ ލޭ ބޭނުންވާ ވާހަކަ ބުންޏެވެ.
ޔުއާންގެ ހުންނަނީ ޔުޝްރާއާއި އެއް ލޭ ގްރޫޕެއް ނޫން ކަމުން ޔުއާންއަކަށް ލޭ ދެވޭ ގޮތެއް ނުވިއެވެ. ނަމަވެސް އަރްމާން ހުންނަނީ އެ ގްރޫޕެވެ. އެހެންކަމުން އަފްރީން އަރްމާން ގޮވައިގެން ދިޔައެވެ. އަފްރީންގެ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެމުން ދިޔައީ އަމިއްލަ ލޯބިވެރިޔާގެ މަންމަ އެހާލުގައި އޮތުމުންނެވެ.
“އަފޫ، ވަރަށް ސީރިއަސް ތަ؟” އަރްމާން އެހެން އެހުމުން އަފްރީންގެ ލޮލުން ކަރުން ނީރާލިއެވެ.
“ދޮންބޭ. އަދި އާން ކައިރީގަ ނުބުނާތި މިހެން އިނގޭ. ޔުޝްތަގެ މެޔަށް އޮތީ އަޅިއެއް ހަރާލާފަ. އިން ގޮތުން އިނގޭ އަމިއްލައަށް ނޫންކަން. ވަރަށް ސީރިއަސް ލޭވެސް މަނާ ނުވޭ އަދި. އައި.ސީ.ޔޫ. އަށް ބަދަލު ކުރާނެ ސާރޖަރީ ނިމުނީމަ. ދޮންބެ އާން ބަލާތި އިނގޭ. އޭނަ ވަރަށް ސޭޑް ވެފަ އެ ހުރީ. އާން ކައިރި ބުނޭ ޑޭޑްއަށްވެސް ގުޅާފަ ބުނާށޭ” އަފްރީން ފައިބަން ތައްޔާރު ވެފައިވާ ކަރުނަތައް ފުހެލަމުން ވާހަކަ ދެއްކިއެވެ.
އަރްމާންވެސް އެއްބަސް ވަމުން ނިކުމެ ޔުއާންގާތު ބައްޕައަށް ގުޅުމަށް ބުންޏެވެ. ޔުއާން ލޮލުން ކަރުނަ އޮހޮރޭ ހާލުގައި އަލީއަށް ގުޅާފައި އެވާހަކަ ބުނުމުން ވީ އެންމެ އަވަހަށް ރަށަށް ދާނެ ކަމަށް ބުނި އިރު އަލީގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.
1 ގަޑި އިރު ފަހުން ޑޮކްޓަރ ނިތުތެވެ. ޔުއާންއަށް ދުވެފަ އެ ދިމާލަށް ދެވުން އިރު އަރްމާންއާއި އާސިމާވެސް ބާރު ލާފައި އެދިމާލަށް ދިޔައެވެ.
“ޑޮކް. ހައު އިޒް ޝީ؟” ޔުއާން ތެޅިތެޅި އޮތް ހިތަކާއެކު އަހާލިއެވެ.
“އައުޓް އޮފް ޑޭންޖާރ ބަޓް ޝީ ވެންޓް ޓް އަ ކޯމާ. އައި ޑޯންޓް ނޯ ހައު ލޯންގް އިޓްސް ގޮނަ ޓޭކް ޓޭކް ޓް ރިގެއިން ކޮންޝިއަސްނެސް. އެންޑް ވީ އާ ގޮއިންޓް ޗޭންޖް ހާ ޓް އައި.ސީ.ޔޫ.9” ޑޮކްޓަރ ޔުއާންގެ ސުވާލަށް ޖަވާބު ދިނީ ޔުއާންގެ ކޮނޑުގައ ޖަހާލަމުންނެވެ.
“އެންޑް އައި ސަޖެސްޓް ޔޫ ކޯލް ދަ ޕޮލިސް. އައި ތިންކް އިޓް އަ އެޓެމްޓެޑް މަޑާރ” ޔުއާންއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އަރްމާން ޔުއާން ގައިގާ ހިފަހައްޓާ ނުލިނަމަ އޭނަ ވެއްޓުނީހެވެ.
އަރްމާން ޔުއާން ގެންގޮސް އެތަނުން ގޮނޑިއެއްގައި ބޭންދިއެވެ. އަދި އެއާއެކު ފެނުނީ އަރްމާން ގައިގާ ބައްދާލާފައި ޔުއާން ރޯން ފެށިތަނެވެ.
ދުރުގައި މި މަންޒަރު ބަލަން އަފްރީންވެސް ހުރީ ކަރުނަ ފައިބާ ހާލުގައެވެ. އާސިމާވެސް ޔުއާންގެ ކޮނޑުގައި އަތް ޖައްސާލައިގެން އިނެވެ. މީން އެކަކަށްވެސް އަފްރީންއެއް ނުފެނެއެވެ.
އަފްރީން މަޑުމަޑުން ހިނގާލާފައި ގޮސް ޔުއާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޔުއާން އިސް އުފުލާ ބަލާލިއިރު އެ ރީތި ދެލޮލުގައި ވަނީ ވޭނެވެ. އަފްރީން ފެނުމާއެކު ޔުއާންއަށް އަފްރީންގެ ބަނޑާ ދިމާލުގައި އޮޅުލައި ގަނެވުނެވެ. އަފްރީން ވެސް ޔުއާންގެ ގައިގާ ހިފަހައްޓާލިއެވެ. އަރްމާސް އަދި އާސިމާގެ ލޮލުގައިވެސް ވީ ކަރުނައެވެ. ޔުޝްރާއަކީ އަރްމާން މަންމަ ފަދައިން ލޯބިވާ މީހެކެވެ. އަދި އާސިމާގެ ވަރަށް ގާތް ރައްޓެއްސެކެވެ.
ޔުއާންގެ ރުއިން ހުއްޓުން ނަމަވެސް އޭނައަށް ގިސްލެވެއެވެ. އަފްރީންގެ ހިތަށް ދިޔައީ ވަރަށް ފުން އަސަރެއް ކުރަމުންނެވެ. ބޮޑު ފިރިހެނެއް ގިސްލަގިސްލާފައި ރޯ އިރު ކޮންމެ މީހަކަށްވެސް އަސަރު ކުރާނެތާއެވެ. ނަމަވެސް އަފްރީން އެންމެ ލޯބިވާ މީހަ އެހެން ރޯތީ އެހިތައް ކުރާ އަސްރު ދެގުނައެވެ.
އަލީވެސް އައިސް ވަނީ އެވަގުތުއެވެ. ޔުއާން އެވަރަށް ރޯތީ ކަންތައް ރަނގަލު ނޫންކަން އެނގެއެވެ.
އަލީއަށް ހުރިހާ ވާހަކަ ތަކެއް ކިޔާދޭން ޖެހުނީ އާސިމާއަށެވެ. އެހެން މީހެއްގެ ކިބައިގައި އެ ހިތްވަރެއް މިހާރު ނެތެވެ.
އަލީއަށްވެސް އެ ދިމާލުގަ ހުރި ގޮނޑިއަށް ތިރި ވެވުނީއެވެ. އަރްމާން ޕޮލިހުންނަށް ގުޅީ އެކަން މިގަޑީގައި ޔުއާން އަދި އަލީއަށްވެސް ނުވާނެކަން އެނގޭތީއެވެ.
މާ ގިނައިރެއް ނުވެ ޕޮލިހުންވެސް އައެވެ. ޔުއާން ވަރަށް ތަފްސީލްކޮށް ޔުއާންއަށް ފެނުން ކަންތައް ކިޔާދިނެވެ. އަދި އެމީހުން ގެ ބަލާ ފާސް ކުރަން ޖެހޭ ކަމުގައި ބުންޏެވެ. އަރްމާން އެމީހުންނާއިއެކު ޔުއާން ގެއަށް ދާން ނިކުތީ ޔުއާންއަށް ނުވާނެތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.



Haadha kurey
kuru tha?
V salhi.. ❤
Thank you
Reethi… ❤
Thank you
No ehaakureh nun dhw…. V salhi… Waiting ….. Whn next part…..
Aan ehaa kureh noon dhw..
Thank you..
Next part las vedhaane. Cux Adhi exam Eba oeh .. Ekm v Emme Ahah genes dheynan
Actually vaahaka reethikamun heevany kuruhen waiting …….
Ehehe.. Ehn dhw.. Ehn vx vaane..
Miburu thankolheh dhigu inthizaareh vx kuran jehidhaane
Love it…!!❤ You are so telented.. Masha Allah..❤ waiting for the next part..?✨
He he. Thank you so much..
V SALHI
Thank you
Varah reethi….. waiting…..
Thank you
varah varah varahhhh salhi. whn nxt part?? waiting 🙂
Thank you..
Next part hama v Emme awahah genes dheynan
Photo fenuneemaves mi vaahaka kiyaahiy kendijje. Haadha vahushee ey thi photo. Thankolheh cute photo eh innama. ?
Kiyaa hiy nuwaa kudhin nukiyaany. Alhuganduge mahsalah eh neh. Alhugandakah e foto in vahushee kameh faahaga eh nuwey..
Maafah edhen
Vahushy meehakah knme ehchakunves fennaany vahushy kan….. ahrn balany photo akah noon.. liyefa oeth ehchakah…
Ohh right Abdhlulla
Beloved
I’m sorry.
Dhen nubunaanan ehenneh. I didn’t mean to hurt you.
???☺ forgive me please?
That’s fine..
Kiyaa hiy vaa kudhin kiyaany..
Wow.. amazing.. whn nxt part?♥
Thank you.
Next part Adhi neynge vaane gotheh.. Vrh busy dhuwaskolheh mi