Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (26)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
November 7, 2017 6 Mins Read
52 Comments

“ދެން އަހަރެން ގޮސްލީ..” ހާރޫން އެހެން ބުނީ މިވަގުތު އެތަނުގައި ހުރުމަކީ އެހާ ބުއްދިވެރި ކަމެއްނޫން ކަމަށް ވިސްނުނީތީއެވެ. ހޮސްޕިޓަލުން ނިކުމެގެން އޭނާ އައިއިރު އެ ދެލޯ ހަމަ ރީއްޗަށްވެސް ފެންކަޅި ވެއްޖެއެވެ. އާބިދާ މިދުނިޔެ ދޫކޮށް އެދިޔައީ ކޮންފަދަ ނުބައި ފިރިއެއްގެ އަނިޔާތަކާ އެކުގައި ހެއްޔެވެ؟ އާބިދާގެ އުމުރުގެ ބޮޑުބައި ހޭދަކުރަންޖެހުނީ ރާމިޒުގެ ވަކިތަކުގެ ދަށުގައެވެ. އެ ފަކީރު އެންމެފަހުން ހީލީ ކޮން ދުވަހަކު ބާވައޭ ހާރޫންގެ ހިތަށް އެރިއެވެ.

އަޝްފާން އާއެކު ހާރޫން އުނގޫފާރުން ފުރީ އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާ އެދަނީ އާބިދާގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލުމަށްފަހު، އާބިދާގެ މައްޗަށް ކަށުނަމާދު ވެސް ކޮށްފައެވެ. ނިޔާވި މީހަކީ ޔުމްނާގެ މަންމަކަން އެނގުމާއެކު އަޝްފާންގެ ހިތަށް ނުތަވަސްކަމުގެ އަސަރުތައް ވެރިވަމުން ދިޔައެވެ. އަމިއްލަ މަންމަ ނިޔާވެގެން ދިޔައިރު ޔުމްނާއަށް އެންމެ ފަހު ފަހަރު އެ މަންމަގެ މޫނު ދެކިލުމުގެ ފުރުސަތެއް ނުލިބުނެވެ. ޔުމްނާގެ ބަދުނަސީބު ކަމާމެދު އަޝްފާން ހިތާމަކުރިއެވެ.

**  **

އަރޫޝާ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލިއެވެ. މުޅި ގައިގައި ރަޖާ ލައިގެން ނިދިފައި އޮތް ޔުމްނާ ފެނުމުން އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އެނދުމަތީގައި އިށީނެވެ. ޔުމްނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ.

އަރޫޝާ މަޑުމަޑުން ޔުމްނާގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު އޭނާއަށް ލިބުނު ސިހުމާއެކު އަތް ދަމައިގަނެވުނެވެ. ޔުމްނާ އޮތީ ހުމާ ފިހިފިހިއެވެ.

“އޭތް! ޔުމްނާ.. ހާދަ ގަދައަށް ހުން އައިސްފައޭ ތިއޮތީ.. ތެދުވަންވީނުން ބޭސްކާން!” އަރޫޝާ ޔުމްނާގެ ގައިގައި ހިފައި ކުޑަކޮށް ތަޅުވާލަމުން ވާހަކަދެއްކިއެވެ. ނަމަވެސް ޔުމްނާ ކުކުރާލުމަށްފަހު އިތުރަށް ރަޖާގަނޑުގެ ތެރޭގައި ބޮނޑިވެގަތެވެ. އޭރު ފިނިވެގެން މުޅި މީހާ ތުރުތުރު އަޅަނީއެވެ.

އޭސީ ނިވާލުމަށްފަހު އަރޫޝާ އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން އައެވެ. ސިޓިންގރޫމުގައި ތިބި މުނީރު އާއި އާރިކް ފެނުމުން އޭނާ އެދިމާއަށް ދިޔައެވެ.

“ރެޕަންޒެލް ނުތެދުވިތަ ސައިބޯކަށްވެސް؟” އަރޫޝާ ފެނުމާއެކު އާރިކް އަހާލިއެވެ.

“ދޮންބޭ! އޭނަ އޮތީ ވަރަށް ގަދައަށް ހުން އައިސްފަ.. އަރޫއަށް ހީވަނީ ހޮސްޕިޓަލަށް ގެންދިޔައިއްޔާހެން ރަނގަޅުވާނީ..” އަރޫޝާ ހާސްވެފައި ބުނެލިއެވެ.

“އޭނ؟ މުނީރު. އަވަހަށް ގުޅާބަލަ އެންބިއުލޭންސް އަކަށް..” ހާސްވެފައި އާރިކް އެހެން ބުނުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ޔުމްނާ އޮތް ކޮޓަރިއަށް ދިޔައެވެ. ތުރުތުރު އަޅާ ހާލު އޮތް ޔުމްނާ ފެނުމުން އާރިކް އަށް އެދިމާއަށް ދެވުނު ގޮތް ވެސް ނޭނގުނެވެ.

“ރެޕަންޒެލް.. އަރ ޔޫ އޯކޭ؟” އާރިކް ޔުމްނާގެ އަތުގައި ހިފާލަމުން ލޯތްބާއެކު އަހާލިއެވެ. އެވަގުތު ޔުމްނާ ބަލިގޮތަކަށް ދެލޯ ހުޅުވާލިއެވެ. އާރިކް ފެނުމުން އޭނާ ގަދަކަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.

“އަހަރެން ރަނގަޅޭ.. އާރިކް..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.

“ނޫން.. ހިނގާ ހޮސްޕިޓަލަށް..” އާރިކް އެހެން ބުނުމުން ޔުމްނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

“ނޫން.. ޕެނެޑޯލް ގުޅައެއް ކާލީމަ ރަނގަޅު ވެދާނޭ..” ޔުމްނާ ހޮސްޕިޓަލަށް ނުދާން ބަހަނާއެއް ދައްކާލިއެވެ. އާރިކް ކިޔާކިޔާވެސް ޔުމްނާ ހޮސްޕިޓަލަށް ދާކަށް އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. އެންމެފަހުން އާރިކްއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

“އެންމެ ރަނގަޅު.. އެކަމަކު ރެޕަންޒެލްއަށް ތިހެން އޮވެވޭނީ އަހަރެން ގެންނަ އެއްޗެއް ކައިގެން.. ރެއިއްސުރެ ނުކައި ވިއްޔަ ތިއޮތީ..” އާރިކް އެހެން ބުނުމުން ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ.

އާރިކް ބަދިގެއަށް ގޮސް ނޫޑްލްސް ކޭހުން ޕެކެޓެއް ނަގައިގެން ސޫޕް ހަދަން އުޅުނެވެ. ދުވަހަކުވެސް ބަދިގެއަށް ނުވަންނަ މީހަކު ބަދިގެ ތެރޭގައި އުޅޭތަން ފެނުމުން އަރޫޝާ އާއި އަޒްކާ އެތަނަށް އައިސް ކުޅި ބަލަން ތިއްބެވެ. އާރިކްގެ ހަރަކާތްތައް ހުރި ގޮތުން ބައެއް ފަހަރު އެދެމީހުންގެ ހިނިގަނޑު ދަނީ ފަޅައިގެންނެވެ.

އާރިކް ބަދިގޭގައި އަޅުވާފައި ހުރި ފިޔާތޮށި ކުލައިގެ އޭޕްރޯން އުނަގަނޑުގައި އައްސާލިއެވެ. އަދި އަޒްކާ އާ ދިމާއަށް އެނބުރެމުން ރީތި ހެއްޔޭ އަހާލިއެވެ. ކުޑަކުޑަ އަޒްކާ އިނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ހިނިގަނޑު ހިފަހައްޓައިގެން ހުރުމުގެ ސަބަބުން އެ ދޮން މޫނުމަތި ވަނީ ރަތްވެފައެވެ.

“އަސްލު ދޮންބެ.. އަމްމް.. ވަރަށް ސަޅި އިނގޭ.. ހަމަ ހީވަނީ ޝެފެއްހެން..” އަޒްކާ އޭނާގެ ބޮޑުވާ އިނގިލި ދައްކާލަމުން އާރިކްއާ ދިމާއަށް ބުނެލިއެވެ.

“ޔެސް! ދޮންބެ އަމިއްލައަށް މިޔަދު ސޫޕް ހަދާނީ.. އެކަކުގެ ހެލްޕެއްވެސް ބޭނުމެއްނޫން!” އާރިކް ފޮނިވެލާފައި ބުނެލިއެވެ.

ކަޓިންގް ބޯޑު ނެގުމަށްފަހު އާރިކް ފިޔާ ކޮށަން އުޅުނެވެ. ނަމަވެސް ދެލޮލަށް ދިލަ އަރާވަރުން އޭނާ އެންމެފަހުން އެކަންތައް ހުއްޓާލިއެވެ.

“ވާވަރު ކަމެއް ނޫން މީކީ!” އާރިކް ދެލޯ އުނގުޅަމުން ބުނެލިއެވެ. އޭރު އެ ދެލޮލުން ހުއްޓުމެއްނެތި ފެން ފައިބަމުން ދިޔައެވެ.

“ދަރިފުޅާ؟ ކިހިނެއްވީ؟ ރޮނީތަ؟” ބޭރުން އައި ރަޝީދު ބަދިގެއަށް ބޯދިއްކޮށްލީ އެތަނުގައި އަޑުގަދަކޮށްލައިގެން އުޅޭތީއެވެ. ނަމަވެސް ބަދިގެ ތެރެއިން ފެނިގެން ދިޔަ މަންޒަރުން އޭނާއަށް ހުރެވުނީ ހައިރާންވެފައެވެ. އާރިކް އުނަގަނޑުގައި އޭޕްރޯންއެއް އައްސައިގެން ހުރުމުން އޭނާ ގާތަށްވެސް ކުޑަކޮށް ހިނިއައެވެ.

“މީ.. އަނެއް.. ނޫނޭ ބައްޕާ… މިއުޅެނީ އެއްޗެއް ކައްކާލަން ވެގެން.. ދެން.. އަނެއް.. ފިރިހެންކުދިންވެސް ޖެހޭނެއްނު ކައްކަން ދަސްކުރަން..” އާރިކް ބޯ ކަހަމުން ވާހަކަދެއްކިއެވެ. ރަޝީދުއަށް އޭނާ އެ ހާލުގައި ހުރިތަން ފެނުމުން އޭނާ ދިޔައީ ރަކިވެގެންނެވެ.

“އެހެންދޯ؟” ރަޝީދުވެސް އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީއެވެ. އެއާއެކު އަރޫޝާ އާއި އަޒްކާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“ހޭނެ ކަމެއް ނެތް އިނގޭ..” އާރިކް އެދެމީހުންގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ.

ގަޑިއެއްހާއިރު ފަހުން އާރިކްއަށް ސޫޕް ތައްޔާރު ކުރެވިއްޖެއެވެ. ހުދުކުލައިގެ ބޯ ތައްޓަކަށް ސޫޕްކޮޅު އަޅާލުމަށްފަހު އޭނާ ހިންދިރުވާލިއެވެ. އޭގައި ލާނެ ރަހައެއް އޭނާއަށް އެނގެނީކީ ނޫނެވެ.

“ހޭ އަރޫ! އަންނަންވީނު ރަހަ ބަލައިލަން؟” އާރިކް ޖެހިލުންވެ ހުރެ އަރޫޝާ ގާތު ބުނެލިއެވެ.

“ހައްހައް.. ހީވަނީ ވަރަށް ނުބައިވާނެހެން.. ދެން ދޮންބެ ބުނީމަ ޖެހޭނެތާ ރަހަބަލައިދޭން، ދޯ އަޒްކޯ؟” އަރޫޝާ އަޒްކާއަށް ދޯ ދެމުން ވާހަކަދެއްކިއެވެ. އެއާއެކު އަޒްކާ ހެމުންހެމުން ބޯ ޖަހާލިއެވެ.

އަރޫޝާ ސަމުސަލެއް ނަގައިގެން ގޮސް ސޫޕްތަށިން އެތިފޮދެއް ނެގިއެވެ. ދެތިން ފަހަރު ފުމެލުމަށްފަހު އޭނާ އޭގެއިން އެތިކޮޅެއް ރަހަބަލާލިއެވެ. އެވަގުތުކޮޅު އާރިކް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ސޫޕްތައް ނުބައި ވެއްޖިއްޔާ އޭނާ މިއޮއް ހުރިހާ އިރަކު ކުރި މަސައްކަތް ވާނީ ބޭކާރެވެ.

ސޫޕްކޮޅު ދިރުވާލުމާއެކު އަރޫޝާ އޯކަށް ދެމެން ފެށިއެވެ. އެއާއެކު އާރިކްގެ ހިތް އާދަޔާ ޚިލާފަށް މާޔޫސްވެގެން ދިޔައެވެ. އޭނާ އެއޮއް ވަރުން ޔުމްނާއަށްޓަކާ ކެއްކި ސޫޕްތަށި މިވީ ބޭކާރެވެ. އޭނާ މަޑުމަޑުން އިސްޖަހާލިއެވެ. ކުއްލިއަކަށް އަރޫޝާ ބާރުބާރަށް ހޭން ފެށިއެވެ. އާރިކްއަށް ވީގޮތްފެނި އޭނާއަށް ހިނިގަނޑު ހިފަހައްޓާ ނުލެވުނީއެވެ. އޭނާ ގޮސް ކަރުއެލުވާލައިގެން ހުރި އާރިކްގެ ކޮނޑުގައި ބައްދައިގަތެވެ.

“އެއީ ދޮގެކޭ ދޮންބޭ.. ވަރަށް މީރު.. ހަމަ އަސްލުވެސް ވަރަށް މީރު.. ދޮންބެ ވެސް އަޅެ ރަހަބަލާލަބަލަ..” އަރޫޝާ އެހެން ބުނުމަށްފަހު އާރިކްގެ އަނގައަށް ސޫޕްކޮޅެއް ލެވިއެވެ. ތެދެކެވެ. އޭނާ ހީކުރިގޮތާ ޚިލާފަށް އޭތި ވަރަށް މީރެވެ.

ސޫޕްތަށި ހިފައިގެން އާރިކް ޔުމްނާ އޮތް ކޮޓަރިއަށް ވަތް އިރު ޔުމްނާ ދަތްއުނގުޅައި މޫނު ދޮވެ ހަދައިގެން އެނދުމަތީގައި އިނެވެ. އާރިކް ފެނުމުން އޭނާ އާރިކްއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“ހިނގާ ދޯ ކާލަމާ!” އާރިކް ކުޑަ މޭޒު އެނދާއި ކައިރިކޮށްލަމުން ބުނެލިއެވެ. އަދި އޭނާ ސޫޕްތަށި އެ މޭޒުމަތީގައި ބެހެއްޓިއެވެ.

“އަހަރެންގެ އަތުން ދޯ ކާނީ؟” އާރިކް އެހެން ބުނުމަށްފަހު އެތިފޮދެއް ޔުމްނާގެ އަނގައަށް ލަވައިދިނެވެ.

“އުމްމް.. ވަރަށް މީރު،، އާރިކްތަ ކެއްކީ؟” ޔުމްނާ ސަމާސާ ރާގެއްގައި އަހާލިއެވެ. އެއާއެކު އާރިކް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ޔުމްނާގެ މޫނުމަތި އަބަދުވެސް އެގޮތަށް އުޖާލާކޮށް ހުރުމަކީ އޭނާ އެންމެ އެދޭ ކަންތަކެވެ.

** **

ކޮޓަރިތެރޭގެ މޭޒެއްގެ ކައިރީގައި އިން ރަޝީދު އިސްއުފުލާ ބަލާލީ އަރޫޝާ އައިސް އެ ކޮޓަރިއަށް ވަނުމުންނެވެ. ކިޔަން އިން ނޫސް ބާއްވަމުން އޭނާ އަރޫޝާއަށް ސަމާލުކަން ދިނެވެ.

“އަނހާ ދަރިފުޅާ؟ ކިހިނެއްވީ؟” ރަޝީދު ލޯތްބާއެކު އަހާލިއެވެ. އެއާއެކު އަރޫޝާ އައިސް ރަޝީދު ގާތުގައި އިށީނެވެ.

“ބައްޕާ.. ދޮންބެ މިޔަދު ހާދަ އުފާވެފައޭ ހުރީ.. އަހަރެން ދުވަހަކުވެސް ނުދެކެން ދޮންބެގެ މޫނުން މިޔަދު ފެނުނު ފަދަ ހިނިތުންވުމެއް..” އަރޫޝާ ބުނެލިއެވެ.

“ބައްޕައަށް ވެސް ތިކަން ފާހަގަވި ދަރިފުޅާ.. ދޮންބެ މިގެއަށް ގެނެސްގެން އެއުޅެނީ ކޮން ކުއްޖެއްތަ؟ ބައްޕައަށް ހީވަނީ ދޮންބެ އެކުއްޖާއާ ގަޔާވާހެން..” ރަޝީދު އޭނާ އަޅައިގެން ހުރި ނަންބަރު އައިނު ނަގައި މޭޒުމަތީގައި ބާއްވާލަމުން ވާހަކަދެއްކިއެވެ.

“އަހަންނަށްވެސް ހީވަނީ އެހެން ބައްޕާ.. އެކަމަކު..” އަރޫޝާ އެ ވާހަކަ ބުނަން ފަސްޖެހުނެވެ.

“އެކަމަކު ކިހިނެއްވީ؟” ރަޝީދު ޝަޢުޤުވެރިކަމާއެކު އަހާލިއެވެ.

“ބައްޕައަކަށް ނޭނގޭދޯ؟ ޔުމްނާ އަކީ ފަރީދުގެ ދެވަނަ އަނބި.. ފަރީދު ޔުމްނާ ވަރިކޮށް ގެއިން ނެރެލީމަ ދޮންބެ ޔުމްނާ މިގެއަށް އެގެނައީ.. އަދި މިހާރު ޔުމްނާ އިނީ ފަރީދުގެ ދަރިއަކަށް ބަލިވެ..” އަރޫޝާ ދެއަތް ދެއަތާ މޮޑެމުން ވާހަކަދެއްކިއެވެ. ރަޝީދުގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ. ދަތްދޮޅީގައި އަތް ވިއްދާލަމުން އޭނާ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިގެން ދިޔައެވެ.

“ބައްޕާ.. އެކަމަކު އަހަންނަށް އެނގޭ ދޮންބެ ޔުމްނާ ދެކެ ވަރަށް ބޮޑަށް ލޯބިވާކަން.. ޔުމްނާ ނުލިބެއްޖިއްޔާ ދޮންބެ ވަރަށް ދެރަވާނެ..” އަރޫޝާ އޭނާގެ ވާހަކައަށް އިތުރުކޮށްލިއެވެ. ނަމަވެސް ރަޝީދު ހަމަ އެއިން ގޮތަށް އެއް ދިމާއަކަށް ހުއްޓިފައި އިނީއެވެ.

“ބައްޕާ؟” އަރޫޝާ އަކުރުތަކަށް ދަމާލާފައި ރަޝީދުއަށް ގޮވާލިއެވެ. އެއާއެކު ރަޝީދު ކުޑަކޮށް ސިހިގެން ދިޔައެވެ.

“އާނ.. އެހެންވީމަ ބައްޕަ ދޮންބެއާ ވާހަކަދައްކާނަން އިނގޭ..” ރަޝީދު ހިނިތުންވެލަމުން ބުނެލިއެވެ. އާރިކް އަކީ އޭނާގެ އުފަން ދަރިއަކަށް ނުވި ނަމަވެސް އޭނާ އާރިކްއާމެދު ދެކެނީ ހަމަ އުފަން ދަރިއެއް ފަދައިންނެވެ. ޖުވައިރިޔާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އޭނާގެ ހިތުގައި އާރިކްއަށްޓަކާ ވާލޯބި ފިލައިގެނެއް ނުދާނެއެވެ.

** **

އެނދުގެ އެއްފަޅީގައި އޮތް ހާރޫންގެ ނިތްކުރިމަތީގައި އެއް އަތް ބާއްވާލާފައި ވިއެވެ. އެއްދިމާއަކަށް ކަޅި ހުއްޓިފައި ވީއިރު އޭނާ އެވަނީ ފުން ވިސްނުމަކަށް ގެއްލިފައިކަން ހާމަވެއެވެ. ސީމާ ފާހާނާއިން ނިކުމެގެން އައިސް ހާރޫން އާ ދާދި ގާތުގައި އޮށޯތްއިރުވެސް ހާރޫންއަށް އެކަމެއް ރޭކާއެއް ނުލިއެވެ.

“ހާރޫން؟ ހާރޫން؟ ކޮން ވިސްނުމެއްގަ؟” ސީމާ ދެތިން ފަހަރަކު ގޮވާލުމުން ހާރޫން ދިޔައީ ސިހިގެންނެވެ. ސީމާއާ ދިމާއަށް އެނބުރެމުން އޭނާ ހިނިތުންވާން މަސައްކަތް ކުރިއެވެ.

“ސީމާ.. އަހަރެން މިއުޅެނީ މި ހަފްތާ ތެރޭގަ މާލެ ޖައްސާލަން ކަމަށް..” ހާރޫން އޭނާގެ މޫނުމައްޗަށް އަރަމުން ދިޔަ ނުތަނަވަސް ކަމުގެ ކުލަވަރު ފުހެލަން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ.

“އެއީ ކީއްކުރަން؟ މިޔަދެއްނު އުނގޫފާރަށް ގޮސްފަ ތިއައީ؟ އަނެއްކާ މާލެ ދަނީ؟” ސީމާ ހިސާބަކަށް ނުރުހިފައި ވާހަކަދެއްކިއެވެ. އެއާއެކު ހާރޫން ދެތިން ފަހަރަކު ހިންދިރުވާލިއެވެ. އެއްވެސް ކަމެއް އަބަދަށް ސިއްރުނުކުރެވޭނެކަން އޭނާއަށް އެނގުނެވެ. ސީމާއަށް ހުރިހާ ވާހަކައެއް ކިޔައިދޭ ވަގުތު ޖެހުނީ ކަމަށް އޭނާގެ ސިކުނޑި ބުނަމުން ދިޔައެވެ.

“ސީމާ.. އަހަރެންގެ އަޝްފާން ފިޔަވާ އެހެން ދަރިޔަކު ހުރެއޭ ބުނެފިއްޔާ ސީމާ ގަބޫލުކުރާނަންތަ؟” ހާރޫން ޖެހިލުންވެ އޮވެ އެހެން އަހާލިއެވެ. އެއާއެކު ސީމާ ދެބުމަ ގޮށްޖަހާލިއެވެ.

“ހަމަ ގައިމުވެސް އަހަރެން ވިހެއީ އަޝްފާން އެކަނި.. ހާރޫން އެހެން ދަރިޔަކު ބޭނުންވީތަ؟ އެނގެއެއްނު އަހަންނަށް އިތުރު ކުއްޖަކު ނުލިބޭނެކަން؟” ރިހުން އެކުލެވިގެންވާ އަޑަކުން ސީމާ ވާހަކަދެއްކިއެވެ.

“އިތުރު ކުއްޖަކު ހޯދާ ވާހަކައެއް ނޫނޭ މިބުނީ.. އަދި ސީމާގެ ދަރިއެއްގެ ވާހަކައެއްވެސް ނޫން މިދައްކަނީކީ!” ހާރޫން ތެދުވެ އެނދުގެ ފަޑީގައި ލެނގިލަމުން ވާހަކަދެއްކިއެވެ.

“ކީކޭ؟” ހާރޫން އެ ބުނި އެއްޗަކުން ސީމާ ފުންމައިގެން ތެދުވިއެވެ. އަދި ހާރޫންގެ މޫނަށް ބަލަން އިނީ އެ ކިޔާ އެއްޗެއް ޤަބޫލުނުކުރެވޭ ފަދައިންނެވެ. ހާރޫން ހިންދިރުވާލުމަށްފަހު ސީމާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އޭރު ސީމާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ހޫނު ކަރުނަ ފައިބަމުން ދިޔައެވެ. ހާރޫން އޭނާއަށް އޮޅުވާލާފައި އެވަނީ ހާދަ ބޮޑަކަށެވެ.

** **

ރަޝީދު މަޑު ފިޔަވަޅުތަކެއްގައި ގޮސް އާރިކްގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ރަޝީދު ފެނުމާއެކު އެނދުގައި އޮތް އާރިކް ވަގުތުން ކޮޅަށް ތެދުވިއެވެ.

“އިށީންދޭ ދަރިފުޅާ.. ބައްޕަ މިއައީ ދަރިފުޅާ ވާހަކައެއް ދައްކާލާށޭ..” ރަޝީދު އެހެން ބުނުމުން އާރިކް އެނދުމަތީގައި އިށީނެވެ. ރަޝީދުވެސް ގޮސް އާރިކްއާ ދާދި ގާތުގައި އިށީނެވެ.

“މިގެއަށް ގެނަސްގެން އުޅޭ އަންހެންކުއްޖާއާ ބެހޭގޮތުން ދޯ؟ ސޮރީ ބައްޕަގެ ހުއްދަ ނެތި ގެނެވުނީމަ.. އެކަމަކު އެކުއްޖާ ވަންނާނެ އިތުރު ތަނެއް ނެތީމަ އަސްލު ގެނައީ..” އާރިކް އަވަސްއަވަހަށް ވާހަކަދެއްކިއެވެ.

“އެހެންތަ؟ ދަރިފުޅު އެކުއްޖާއާ ގަޔާވޭ ދޯ؟” ރަޝީދު ފާޑަކަށް އަހާލިއެވެ. އެއާއެކު އާރިކް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވަގުތުން އެއީ އަރޫޝާގެ ކަމެއްކަން އޭނާއަށް ނަގައިގަނެވުނެވެ. ރަޝީދު ކައިރީގައި އެފަދަ ވާހަކައެއް ދައްކާނީ ހަމައެކަނި އަރޫޝާއެވެ.

“ބައްޕަ ބުނަން މިއުޅޭ ވާހަކައަކީ ދަރިފުޅު އެކުއްޖާއާ ގަޔާވާ ނަމަ، އެ ކުއްޖާއާ އިނުމުގެ ހުއްދަ ދެމޭ.. އެކަމަކު އިނދެވޭނީ އެކުއްޖާ ވިހެއުމަށްފަހުގަ، އެހެންނު؟ އެކަމަކު ސުވާލަކީ އާރިކްއަށް ޔުމްނާ ވިހާ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދެވިދާނެހޭ؟” ރަޝީދު ވިސްނުންތެރިކަމާއެކު އަހާލިއެވެ.

“ކީއްވެ ނުދެވެންވީ؟ ބައްޕަ ވެސް ހަމަ އަހަންނަށް ތި ލޯބި ދެނީނު؟ އަހަރެންމީ ބައްޕައާ ލޭގެ ގޮތުން އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން.. އެކަމަކު ބައްޕަ އަހަރެން ތި ގެންގުޅެނީ ހަމަ އަމިއްލަ ދަރިއެއް ގޮތަށް.. އެހެންވީމަ އަހަންނަށްވެސް ލޯބި ދެވޭނެ.. އެކަމަކު…” އާރިކް ވާހަކަދެއްކިއެވެ.

“އެކަމަކު ކިހިނެއްވީ؟” އާރިކްގެ މޫނަށް އަރައިގެން ދިޔަ މާޔޫސީ ކުލަވަރު ރަޝީދުއަށް ރަނގަޅަށްވެސް ފެނުނެވެ.

“އެކަމަކު ޔުމްނާ ލޯބިވަނީ އެހެން މީހެއް ދެކެ.. އެހެންވީމަ އަހަންނަކަށް ނެތް ޔުމްނާއާ ގުޅެވޭކަށް ބައްޕާ..” އާރިކް ރިހުން އެކުލެވިގެންވާ ހިނިތުންވުމެއް ރަޝީދުއަށް ދެމުން ވާހަކަދެއްކިއެވެ. އާރިކް އެހެން ބުނުމުން ރަޝީދުވެސް އިނީ ބުނާނެ އިތުރު އެއްޗެއް ނޭނގިފައެވެ. އޭނާ ހީކުރީ ޔުމްނާއާ އާރިކްއާ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށެވެ.

ރަޝީދު ދިއުމުން އާރިކް ބާރުބާރަށް ހިނގާފައި ގޮސް އަރޫޝާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއް ފަހުން ހާފުރެމުން އަރޫޝާ ދޮރު ހުޅުވާލިއެވެ. އާރިކް ފެނުމުން އެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

“އޯހް.. ޔުމްނާ ނުފެނިގެން ލޮލަށް ނިދި ނާންނާތީ ދޯ ތި އައީ.. އޭނައަށް އެކަމް އޮތީ ނިދިފަ.. ހުން ވެސް މިހާރު ވަރަށް މަޑު..” އަރޫޝާ ދިމާކުރާ ރާގެއްގައި ވާހަކަދެއްކިއެވެ. އާރިކް އަރޫޝާގެ އަތުގެ މުލައްދަނޑީގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ.

“އަރޫ ދޯ ބައްޕަ ކައިރީ އެ ވާހަކަ ދެއްކީ؟” އާރިކް ހިތްހަމަނުޖެހިފައި އަހާލިއެވެ.

“ކޮން ވާހަކައެއް؟” އަރޫޝާ ނޭނގޭ ކަމަށް ހަދާލިއެވެ.

“އެނގޭނެ އަރޫއަށް ހަމަ ރަނގަޅަށް ވެސް..” އާރިކް ބުނެލިއެވެ.

“ދޮންބެ ވެސް ބޭނުންވަނީ ޔުމްނާއާ ގުޅޭކަށް ނޫންތަ؟” އަރޫޝާ އުނަގަނޑުގައި ދެއަތް ވިއްދާލަމުން އަހާލިއެވެ.

“ދޮންބެއަށް ޔުމްނާއާ ގުޅެވޭތަ؟ ޔުމްނާ ދޮންބެ ދެކެ ލޯތްބެއް ނުވެއޭ.. ޔުމްނާ ލޯބިވަނީ އެހެން މީހަކު ދެކެ..” އާރިކް ހިތްހަމަނުޖެހިފައި ބުނެލިއެވެ. އެއާއެކު އަރޫޝާއަށް އަނގަ އޮރިކޮށްލެވުނެވެ.

“އޯހް.. ސޮރީ.. އަރޫ ހީކުރީ ތި ދެމީހުންވެސް ގުޅެން ބޭނުންވާ ކަމަށޭ އަސްލު. މުނީރުބޭބެ ދެއްކި ވާހަކައަކުން އަސްލު…” އަރޫޝާ ބޯކަހަމުން ވާހަކަދެއްކިއެވެ.

“އެ މުނީރުއަށް ވެސް މިހިރަ އަނގަ ގަދަ އަރޫ ގާތުތަ އެވާހަކަ ބުނަން އެނގުނީ؟ އޯހް ގޯޑް!” އާރިކް ދެއަތުން މޫނުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ.

“ދޮންބެ ދެން ޔުމްނާ ގާތު ބުނެފިންތަ ލޯބިވާ ވާހަކަ؟ ލެޓް މީ ގެސް.. ނުބުނަން ދޯ؟ އަޅޭ ކޮންފެސް ކޮށްބަލަ.. އޭރުންދޯ ޔުމްނާގެ ހިތުގައިވާ އެއްޗެއްވެސް އެނގޭނީ..” އަރޫޝާ އާރިކްއަށް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

ބޭރުން އަޑެއް އިވިގެން ދެމީހުންވެސް ދޮރާ ދިމާއަށް ބަލާލިއެވެ. އެ ކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓިގެން ހުރި ޔުމްނާ ފެނުމުން ދެމީހުންގެ ބަސް ވެސް ހުއްޓުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އުމުރަށް އެކީގާ ވާނަން..

Next

ސޮރީ

Next
November 7, 2017

ސޮރީ

Previews
November 7, 2017

އުމުރަށް އެކީގާ ވާނަން..

52 Comments!

  1. Liaa says:
    November 7, 2017 at 9:53 pm

    Hey guys.. Hope u guys will enjoy reading this part too ! 🙂
    Loves <3

    1. Liaa says:
      November 7, 2017 at 9:55 pm

      And I will be replying to u guys ge comments ah tonight. after a long time! 🙂 Hope to see lots of commentz XD

  2. Kiyuntheriyeh says:
    November 7, 2017 at 10:04 pm

    My first comment… Mi Story v v v nice.. Ekamu thankolheh avahah vaahaka upkohladhinun edhen..

    1. Liaa says:
      November 7, 2017 at 10:16 pm

      Thank u dear 🙂
      Next week in feshigen Daily koh up kohdheveythw balaanan!

  3. Xaal says:
    November 7, 2017 at 10:04 pm

    Liyaa Hama salhi superb
    Dhn avahah up kurahchey ingey

    1. Liaa says:
      November 7, 2017 at 10:17 pm

      Its “Liaa” ingey dear 🙂 hehe
      Veehaaves avahah upkohdheynan.. And next weekin feshigen daily koh up kohdheynan iraadha kurevviyaa

  4. Limsha says:
    November 7, 2017 at 10:06 pm

    Varah rythi
    Dhn avahaa aryk n umnaa gulhuva dhyba

    1. Liaa says:
      November 7, 2017 at 10:18 pm

      Thanku dear! 🙂
      Lets see dhw wat happens

  5. Saathu says:
    November 7, 2017 at 10:06 pm

    V reethi stry. Next part wen??

    1. Liaa says:
      November 7, 2017 at 10:32 pm

      Veehaaves avahakah dear 🙂

  6. Rish says:
    November 7, 2017 at 10:09 pm

    Nice And interesting

    1. Liaa says:
      November 7, 2017 at 10:19 pm

      Thankyu dear! 🙂

  7. Kamana says:
    November 7, 2017 at 10:10 pm

    Wow v v v rythi

    1. Liaa says:
      November 7, 2017 at 10:19 pm

      Thankyw Kamana 🙂

  8. aimi says:
    November 7, 2017 at 10:14 pm

    vaahaka v reethi. upload vun maa lasvaathee.. nw yum n ashfaan akee siblings dhw

    1. Liaa says:
      November 7, 2017 at 10:20 pm

      Alhey sorry lahun up kureveythy Dear.. But next week in feshigen daily koh up kureveythw balaanan ingey! 🙂

    2. Liaa says:
      November 7, 2017 at 10:21 pm

      And yes! Yumna and Ashfan have the same father 🙂

  9. Ainth says:
    November 7, 2017 at 10:22 pm

    Dhen vaani kihinehbaa dhw… Mibaives v rythi..

    1. Liaa says:
      November 7, 2017 at 10:28 pm

      Thank yu Ainth! 🙂

  10. Xxxx says:
    November 7, 2017 at 10:23 pm

    Wooooowww??aarik sooo cute….

    1. Liaa says:
      November 7, 2017 at 10:29 pm

      yeah dw. Aarik<3 hehe

  11. PRINCESS AFU says:
    November 7, 2017 at 10:29 pm

    Mi part ves Hama habeys ingey liaa ??? Kyp it up LY ??❤️️?

    1. Liaa says:
      November 7, 2017 at 10:29 pm

      Thank U Dear! <3 Ly too

  12. PRINCESS AFU says:
    November 7, 2017 at 10:30 pm

    Mi story Hama habeys ingey liaa ??? Kyp it up LY ??❤️️?

  13. Pinky shifoo says:
    November 7, 2017 at 10:34 pm

    Hiii Liaa… Liaa ge stories v v kamudhey… N mi story adhi v v v reethi… Mi part vx v v v reethi… N next week onwards daily koh up kohdheynamey bunyma I’m so happy… Waiting for next part

    1. Liaa says:
      November 8, 2017 at 2:25 pm

      Thank u dear! 🙂

  14. aimi says:
    November 7, 2017 at 11:14 pm

    I think yum ah adu iveyne areek men dhekki vaahaka…. n ashfan annane eyna bappa aaeku male’ n emeehunna eqeynee same bappa kan…

    1. Liaa says:
      November 8, 2017 at 7:52 am

      Lets see dhw wat happens aimi 🙂

  15. Mau says:
    November 7, 2017 at 11:35 pm

    Mashah igeyhaa ves ecchaky dhamakun badieh jahaalaaahen up kuryma vaahakaige aslu intrest gelli vai vaan fashaifi kan

    1. Liaa says:
      November 8, 2017 at 7:53 am

      Alhey sorry Mau lasveema. But next week in dailykoh up kohdheveythw balaanan 🙂

  16. Hafeez says:
    November 7, 2017 at 11:38 pm

    Varah reethi waiting for next part.

    1. Liaa says:
      November 8, 2017 at 7:55 am

      Thank u Hafeez for reading and commenting on my stories 🙂

    2. Hafeez says:
      November 8, 2017 at 10:35 pm

      Liaa ah hama asluves 18 tha. Ekamaku haadha heenuvey. I am also a 18 year old boy who loves to write dhivehi story’s. Ekamaku mihaa molhah vaahaka sifa kohdheykah neynge hama adhivess rangalhakah.

    3. Hafeez says:
      November 8, 2017 at 10:36 pm

      Ehenve esfiya ah register nukuran mi ulheny.

    4. Liaa says:
      November 9, 2017 at 3:42 pm

      Hey Hafeez. Yes I am 18 🙂
      Thank u! But Liaa ah ves mistakes hedhey adhives hama. Liaa ves furathama liyunu vaahaka ehaa reecheh nuvaane. U can see that for urself. But ginain liyan feshyma improve vaane. 🙂 U should also try Hafeez.

    5. Hafeez says:
      November 9, 2017 at 8:54 pm

      Thanks liaa. I will try.

  17. ސިއްތި says:
    November 7, 2017 at 11:55 pm

    Waiting…..

    1. Liaa says:
      November 8, 2017 at 7:55 am

      keep waiting dear! 🙂

  18. SJK...KOREAN says:
    November 8, 2017 at 4:41 am

    i usually, don’t comment to this story. but mee hama varah kiyaalaa hithun kiyaa eh story . ekam hama reethi kamun mi comment kohly 😉 varah salhi hurihaaa baehvx masha allah. liaa u’ve great talents. just love this story. whn nxt part?? waiting

    1. Liaa says:
      November 8, 2017 at 7:57 am

      Thank u bodukoh SJK…KOREAN! 🙂 It means a lot to me. Next part asap up kodheynan.
      Btw are u a fan of Kdrama?

    2. SJK...KOREAN says:
      November 8, 2017 at 10:32 am

      well, ofcourse. hehe 😀 maybe the biggest fan. n i’m a fan of urs 2 😉 🙂

    3. Liaa says:
      November 8, 2017 at 3:37 pm

      Aw. ehen dhw.. I also love KDrama! 🙂

    4. SJK...KOREAN says:
      November 8, 2017 at 4:13 pm

      hehe 😀 Thats great

  19. Eyra says:
    November 8, 2017 at 7:09 am

    Nice?

    1. Liaa says:
      November 8, 2017 at 7:58 am

      Thanku Eyra <3

  20. Xee says:
    November 8, 2017 at 8:19 am

    Vvv loabi ingey story ????❤❤??????
    plx avahah up ☝ kolaathi waitinggggg……

    1. Liaa says:
      November 8, 2017 at 2:26 pm

      Thank u Xee! 🙂

  21. Shudha says:
    November 8, 2017 at 8:29 am

    o my god.. dhn kihineh baa vaany… there is something that i worry about… aarik aa yumna aa guulhumaky shudha beynun vaa goi.. ekam yumnaa ah ashfaan aky eynaa ge ehbafaa kujjeh kan enguniyya dhemeehun ge life ah ves asaru kuraane… yumna mihaar loabivany kaaku dheke kameh neyge… ashfaan ah varah varu vaane dhw.. i dont know.. i just have that in my mind all the time… i really like the story… keep it up <3

    1. Liaa says:
      November 8, 2017 at 2:27 pm

      Yeah dhw.. ofcourse Ashfan will be sad about it.. Lets see dhw wat happens 🙂
      Thank u dear <3

  22. Sweetie says:
    November 8, 2017 at 9:51 am

    Ashfaan & Yumna, same dad. So Arik is the lucky guy. Hehehe

    1. Liaa says:
      November 8, 2017 at 2:28 pm

      hehe.. Arn dhw 🙂

  23. Shariko says:
    November 10, 2017 at 8:40 am

    Eafiya vaahaka thaha kiyan furatahama feshi dhuhuves loluga alhaagathi vindhu loabin jehi hitheh gaa!!!! Mi story dhn Hama nuvi interest eh e hn story akah Hama. Abadhu vs mi story ah wait kureveni?? liaa your the best I love this story gud luck

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (27)←


All Right Reserved!