
އަމައިރާގެ އުފަންދުވަހުގެ ހަރަކާތް ފެށިގެން ދިޔައިރު ސްކައި ހައުސްގެ ގޯތި ތެރެވަނީ މެހެމާނުން އައިސް ފުރާލާފައެވެ. އަބީގެ ވިޔަފާރީގައި ބައިވެރިވަމުން ދާ އެކި ގައުމުތަކުގެ މީހުންނަށް މަދުން ނަމަވެސް ވަނީ ދައުވަތު ދީފައެވެ. ފިޔާތޮށި ކުލައިގެ ހެދުމެއްގައި އަމައިރާ ތައްޔާރުކޮށްލައިގެން އީލާމް ނުކުތް އިރު ، އަބީ އޭނާގެ ހަގު ދަރިފުޅު އާރަވް އުރައިލައިގެން ހުއްޓެވެ. އަމައިރާއަށް އެހާ ގިނަ މީހުން ފެނުމުން އޭނާގެ މަންމައަށް އަތް ދިއްކޮށްލުމަށްފަހު އުރާލަން އެދުނެވެ. އީލާމް އަމައިރާ ގޮވައިގެން އެކި މެހެމާނުންނާއި ބައްދަލު ކުރަމުން ދިޔައިރު އަބީ އޭނާގެ ކައިރީގައި އެމީހުންނަކީ ކޮންބައެއްކަން އޮޅުން ފިލުވަމުން ދިޔައެވެ. ސްކައި ހައުސްގެ ގޯތި ތެރެއަށް މުސްތަފާ ވަދެގެން އައިރު މުޅި ތަނަށް ނަޒަރު ހިންގަމުން ދިޔައެވެ. މުސްތަފާގެ ވިޔަފާރި ފުޅާވަމުން ގޮސް މިހާރު އޭނާ އަކީ ދިވެހިރާއްޖެއަށް ޔޮޓް އެތެރެކުރުމުގެ އެންމެ ކުރީގައި އުޅޭ އެއް ވިޔަފާރިވެރިއެކެވެ. މުސްތަފާ ހިނގަމުން ދިޔައިރު މުޅި އެ މާހައުލް އޭނާ އާއި ބީރައްޓެސެވެ. މީގެ ދެދުވަހެއް ކުރިން އޭނާ ސައުތި އެފްރިކާއަށް އައީ އޯޝަން ޓްރެވެލްސް އާއި އެއްކޮށް ހަދަން އުޅޭ ބޮޑު އެގްރީމެންޓްއެއްގައި ސޮއި ކުރުމަށާއި ، އަބީ އޭނާ އަށް ދިން ދައުވަތު ގަބޫލުކޮށެވެ. އަބީ އަށް މުސްތަފާ އެކަނި ހުރިތަން ފެނުމުން އޭނާ އާއި ދިމާލަށް ހިނގައިގަތީ އަމައިރާ އުރާލައިގެންނެވެ. ” މުސްތަފާ އަޅުގަނޑު ވަރަށް އުފާވެއްޖެ މި ދައުވަތު ގަބޫލުކޮށް މި ޕާޓީއަށް ދުރުވީތީ ” އަބީ އަދަބު އިހްތިރާމް އަދާކޮށްލިއެވެ. ” މީ ބާރތްޑޭ ގާރލް ، މުސްތަފާ ވާނެ އަޅުގަނޑު ވައިފް އާއި ބައްދަލުކޮށްލަން ” އަބީ އެހެން ބުނެލުމަށްފަހު އީލާމް ގެ ނަމުން ގޮވާލިއެވެ. މުސްތަފާ އަށް އަބީ އެ ގޮވާލި ނަމުން އެ ދިމާލަށް ބަލާލެވުނީ އޭނާގެ ދަރިފުޅުގެ ނަމުން އަބީ ގޮވާލުމުންނެވެ. މުސްތަފާއަށް ގުޑިލަންވެސް ނޭނގިފައި ހުރެވުނީ ކިހާ އިރަކުކަމެއްވެސް ނޭންގުނެވެ. އީލާމް ފަހަތަށް އެނބުރި ބަލާލީ އަބީ އޭނާ އަށް ގޮވާލުމުންނެވެ. އަބީ އޭނާ އާއި ދިމާލަށް އަތް ދިއްކޮށްލައިގެން ހުރުމުން އީލާމްވެސް އަބީ އާއި ދިމާލަށް ހިނގާލީ ލުއި ހިނިތުންވުމެއް ދެމުންނެވެ. ލައިގެން ހުރި ހެދުމުގެ ފަސްބައި އެއް އަތުން ރަނގަޅުކުރަމުން އަނެއް އަތުން އާރަވް އުރައިލައިގެން އީލާމް އައިރު އަބީ ކައިރީ ހުއްޓިގެން ހުރި މީހާއަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. ” އީލާމް މީޓް މައި ޕާރޓްނަރ މުސްތަފާ ، ހީ އިޒް ފްރޮމް މޯލްޑިވްސް ” އަބީ އެހެން ބުނެލުމުން އީލާމް އޭނާގެ ކުރިމަތީގައި ހުރި މީހާއަށް ސަލާމް ކުރުމަށް އަތް ދިއްކޮށްލަމުން ބަލާލިއެވެ. ” މުސްތަފާ މީޓް މައި ވައިފް އީލާމް އެންޑް އަވަރ ސަން އާރަވް” . މުސްތަފާގެ ދެލޯ ކަރުނައިން ފުރިގެން ދިޔައިރު އީލާމްއަށްވީވެސް އެހެންނެވެ. އަބީ މިއަންނަނީ ކަމަށް ބުނެ އަމައިރާ ގޮވައިގެން ދިޔައީ ތަން ކޮޅެއް ދުރުން އަބީ އަށް އޭނާގެ ރަހްމަތްތެރިއަކު ގޮވާލި އަޑަށެވެ. “ބައްޕާ” ކުރަކި ވެފައިވާ އަޑަކުން އީލާމް އޭނާގެ ބައްޕަ މުސްތަފާއަށް ގޮވާލިއެވެ. މުސްތަފާ ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައީ އޭނާގެ ހަމައެކަނި ދަރިފުޅު ގެއްލުނުތާ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ފެނުނީމައެވެ. މުސްތަފާ އޭނާގެ ދެލޮލޮން ފައިބަމުން ދިޔަ ކަރުނަ ތައް ހަމަޔަކަށް އަޅުވާލިއެވެ. އީލާމް އޭނާގެ ތުންފަތް މަތީ ޝަހާދަތް އިނގިލި އަޅާލުމަށްފަހު އެއްވެސް މީހަކު ކައިރީ އޭނާ އިނގޭ ވާހަކަ ނުބުނުމަށް އެދުނެވެ. މުސްތަފާއާއި ގުޅޭނެ ނަންބަރު އީލާމް ނަގާލުމަށްފަހު އޭނާގެ ބައްޕައަށް ގުޅާނެ ކަމުގެ ޔަގީންކަން ދިނެވެ. އަބީ އައިސް ދެމީހުން ކައިރީ ހުއްޓިލުމަށްފަހު ކުރިއަށް އޮތް ހަފްތާގައި މުސްތަފާއާއި އެއްކޮށް ރާއްޖެ ދާން އުޅޭ ހަބަރު ދިނެވެ. އީލާމް އާނއެކޭ ބުނާފަދަ ގޮތަކަށް ބޯ ޖަހާލީ އޭނާގެ އަޑު މިވަގުތު ބޭރުނުވާނޭކަން ޔަގީން ވާތީވެއެވެ. މުސްތަފާ ފަހުން ބައްދަލުވެލާނޭ ކަމަށް ބުނެ ޕާޓީއިން ނިކުމެގެން ދިޔައީ މާޔޫސްވެ ހުރެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އީލާމް އޭނާ ބައްޕަ ފެނުމުން ވީ އުފަލަށްވުރެ ބޮޑަށް ، ހާސްވެފައިވާތަން ފެނުމުން ސިކުނޑިއަށް ނުބައި ވިސްނުން ވިސްނެމުން ދިޔައެވެ.
އީލާމް ޕާޓީ ނިންމާލުމަށްފަހު އޯޝަން ރެޒިޑެންސްއަށް ދިޔައީ މިރޭގެ ވަގުތެއްގައި އޭނާގެ ބައްޕައަށް ގުޅާލުމުގެ އުއްމީދުގައެވެ. އަބީ ކުދިންކޮޅު ގެއަށް ލުމަށްފަހު ބޭރަށް ނިކުތީ އާދެވޭނީ ލަހުންކަމަށް ބުނެލުމަށްފަހުއެވެ. އަމައިރާ އާއި އާރަވް ނިންދަވާލުމަށްފަހު އީލާމް އޭނާގެ ފޯނުނަގައި ބައްޕައަށް ގުޅާލިއެވެ. ދެފަހަރަކު ފޯނު ރިންގްވިތަނާ އެކޮޅުން ޖަވާބު ދިނެވެ. ” ހަލޯ ދަރިފުޅާ އީލާމް ، ” މުސްތަފާ އަވަސްއަރުވާލާފައި ވާހަކަ ދެއްކިއެވެ. އީލާމް އަށް އޭނާގެ ބައްޕަގެ އަޑު އިވުމުން ރޮވުނެވެ. “ބައްޕާ އަޅުގަނޑު ގަސްދުގައެއް ނޫން ، ބައްޕައަށް ހަބަރެއް ނުވެ މިއުޅެނީ ، ދިރިއުޅުމުގެ ކަންތައް ހުރި ގޮތުން ބައްޕައަށް އަޅުގަނޑު މި ކޮޅުގައި ހުރިކަން އިނގިއްޖެނަމަ އަންނާނެތީ ނުބެނެ ހުރެވުނީ ” އީލާމް އޭނާގެ ބައްޕަ އަށް އޮޅުން ފިލުވާދިނެވެ. ދެބަފައިންގެ ވާހަކަ އެއް ގަޑިއިރަށް ދެމިގެން ދިޔައިރު އީލާމް އަށް ކަންތައް ދިމާވި ގޮތް އޭނާ ބައްޕައާއި ހިއްސާ ކުރިއެވެ. މުސްތަފާ އަށް އޭނާގެ ދަރިފުޅުގެ ހިތްވަރުގަދަކަމާއި ކެތްތެރިކަމާއިމެދު ފަހުރުވެރިވެވުނެވެ. “ދަރިފުޅު ދެން އަބީ އާއި ކައިވެނި ކޮށްގެން ތި އުޅެނީ އުމުރުދުވަހު މިކޮޅުގަ އުޅެންތަ ؟ މުސްތަފާގެ ސުވާލުން އީލާމް ހިނިއައެވެ. ” ބައްޕާ އަބީ އާއި ކައިވެނި ކޮށްގެން އަޅުގަނޑުގެ ދެކުދިން އެބަތިބި އެހެނވީމައި އަބީ އަށް ހަގީގަތް ހާމަވަންދެން އަޅުގަނޑު އުޅޭނީ މިކޮޅުގަ، އެކަމަކު އަބަދުވެސް ބައްޕައާއި ގުޅާ ހަދާނަން ” އީލާމް ހެވިފައި އިނދެ އޭނާގެ ބައްޕައަށް ޖަވާބު ދިނުމަށްފަހު ފަހުން ގުޅާނޭ ކަމަށް ބުނެ ފޯނު ބާއްވާލިއެވެ. ވެފައިވާ ވަރުބައްޔެއްގެ ބޮޑު ކަމުން އީލާމް ދެފައި ދަމަލައިހގެން ، އެނދުގެ ހެޑްބޯރޑްގައި ލެނގިލުމަށްފަހު ދެލޯ މަރާލިއެވެ.
ޖޫލީ އަވަހަށް ގެއަށް ނާންނާނެކަން އެނގުމުން ޝާމް އޭނާގެ ފޯނާއި ކުޅެމުން އީލާމް އުޅޭ ކޮޓަރިއަށް މިސްރާބު ޖެހީ އަބީ ގޭގައި ނެތް ކަން ޔަގީންވުމުންނެވެ. އީލާމްގެ ކޮޓަރި ދޮރު ކުޑަ ކޮށް ހުޅުވާލެވިފައި ހުރުމުން ޝާމް އެކޮޓަރި ތެރެއަށް ބޯ ދިއްކޮށްލީ އީލާމް ހޭލާ އުޅޭތޯ ބަލާލުމަށެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުން ކޮޓަރި ތެރެ ދިއްލާލައިފައިވާއިރު އީލާމް އެނދުގައި ލެނގިލައިގެން އިންތަން ފެނުމުން ޝާމް ގެ ހިތުގައި ނުބައި ރޭވުންގަނޑެއް ރާވާލިއެވެ. ދޮރުގައި ޓަކި ދިނުމަށްފަހު ޝާމް އެތެރެއަށް ދެމި ގަތީ އީލާމް ނިދާފައި ވާކަން ޔަގީން ކޮށްލުމަށްފަހުއެވެ. އެނދު ކައިރީގައި ކުޑ އިރުކޮޅަކު މަޑުކޮށްލުމަށްފަހުޝާމް އެނދުގައި އިށީނދެލައި އީލާމްގެ އަތުގައި ފިރުމާލިއެވެ. އީލާމް އަށް ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނީ އޭނާގެ އަތުގައި މީހަކު ހިފިކަން އިހްސާސްވެގެންނެވެ.”ޝާމް ހަމަ މިހާރު މި ކޮޓަރިން ނިކުމޭ ، ކިހިނެއް ވެގެން ތި އުޅެނީ ، ކާކު ހުއްދަ ދީގެން މިތަނަށް ތި ވަނީ ” އީލާމް އޭނާގެ އަތް ފޮޅުވާލަމުން ބުންޏެވެ. “އަނޑުގަދަ ނުކޮށް ހުންނާތި އެހެން ނޫނީ މާކަށް ރަނގަޅެއް ނުވާނެ ” ޝާމް ރުންކުރުކޮށް ބުނެލިއެވެ. “އީލާމް ބަނޑުބޮޑުވީމަ އަހަރެން އަޅާނުލައި ހުއްޓަސް މިހާރު ނުހުންނާނަން މަޑުންނެއް ، ބަލަ ސިޓީ ކިޔާފަ އިނގުނީ އަބީ އާއި އިންނަންތަ؟ ކީކޭ ހިތަށް އަރައިގެން ކުރި ކަމެއް އެއީ ؟ ” ޝާމް އީލާމް އާއ ސުވާލު ކުރަން ފެށިއެވެ. އީލާމް އޭނާގެ ސުވާލުތަކަށް ޖަވާބު ނުދީ އެނދުން ތެދުވެ ހިނގައި ގަންނަން އެޅި ފުރަތަމަ ފިޔަވަޅާއި އެކު ޝާމް އީލާމްގެ ދެއަތް ފަތަށް ގެނެސް ބާރު ކޮށްލިއެވެ. “ބަލަ މަ ސުވާލެއް ކޮށްފީމޭ ޖަވާބު ނުދީ މިތަނުން އެންމެ ފިޔަވަޅެއް އެޅިޔަސް ނިމުނީ ” ޝާމް އިންޒާރު ދިނެވެ. ” ބުނަން ޝާމް ކައިރީ ރަނގަޅު ވާހަކައެއް ، ތީ އިންތިޒާރު ކުރަން ހެޔޮވާވަރުވެސް މީހެއް ނޫން ، އަހަރެންގެ ދިރިއުޅުމާއިގެން ކުރިޔަށް ދިޔަ ދީ ، ޝާމް އާއި ހެދި އަހަރެންގެ ދިރިއުޅުން އެފުށް މި ފުށަށް މި ޖެހުނީ ، އެކަމަކު ހަނދާން ކުރާތި މަށަށް ދެން ގޯނާ އެއް ކޮށްފިއްޔާމް ޝާމްގެ ވާހަކަ އަބީ ކައިރީ ނުބުނާނެ ގޮތަކީ ނެތް ގޮތެއް ! ” އީލާމް އެނާގެ ގަޔަށް ލެވުނު ބާރެއްލާފައި ސަލާމަތްވާން މަސަތްކަތް ކުރަމުން ބުނެލިއެވެ.
އަބީ ކާރު ދުއްވަމުން ދިޔައިރު އޭނާގެ ހިޔާލުތަކުގައި ވަނީ މިއަދު ޕާޓީއިން ދިމާވި އެންމެންވެސް އީލާމް އަށް ތައުރީފް ކުރަމުން ދިޔައީމައެވެ. އަމައިރާގެ ހަގީގަތް އިނގޭ މީހުންގެ ކުރިމަތީގައި އީލާމް އަކީ ރަންގަޑެކެވެ. އަބީ އޭނާގެ ފޯނު ނަގަން ކާރު މަޑުކޮށްލުމަށްފަހު ޖީންސްގެ ޖީބަށް އަތް ޖަހާލިއެވެ. ފޯނު ނުގެނެވޭ ކަން އިނގުމުން ގެއަށް ދިއުމަށް މިސްރާބު ޖެހީ ، ހަށިގަނޑުގައ އިތުރު މަސަތްކަތެއް ކުރާހާ ހިތަވަރު ނެތީމައެވެ. އޯޝަން ރެޒިޑެންސްގެ ގޯތި ތެރެއަށް ކާރު ވަތް އަޑު އިވުމުން ޝާމް ތެޅިގަނެފައި އީލާމްގެ އަތުން ދޫކޮށްލުމަށްފަހު ކޮޓަރިން ނިކުންނަށް މިސްރާބު ޖެހިއެވެ. އަބީ ދުވެފައި ސިޑިން އަރަމުން އައިރު ޝާމް ސިޑިން ފައިބައިގެން އަންނަތަން ފެނުމުން ގޮވާލިއެވެ. ޝާމް އާއި ޖޫލީގެ ކޮޓަރި ހުންނަނީ ތިރީ ފަންގިފިލާގައި ކަމުން އަބީ އަށް ޝާމް މައްޗަށް އެރި ސަބަބާމެދު ވިސްނާލެވުނެވެ. އަބީ އޭނާގެ ހިތާ ހިތުން ބުނެލިއެވެ. ” ވެދާނެ ކުދިން ކައިރީގައި ހުރެފަ ފޭބީ ކަމަށް ” . އީލާމް ބެލްކަނީގައި މަޑުކޮށްލައިގެން ހުރީ އޭނާގެ މޫނު މަތިން އެއްވެސް ކަމެއް ވެއްޖެ ކަން އަބީ އަށް އަންގަން ބޭނުން ނުވާތީވެއެވެ. ” ބޭބީ ލެޓްސް އީޓް ސަމްތިންގް ” އަބީ އީލާމް ގެ ފުރަގަހުން އައިސް ބައްދާލުމަށްފަހު ބުންޏެވެ. އީލާމް އޭނާގެ ފިރިމާހާ އާއި ކުރިމަތި ލުމަށްފަހު ހިނިތުންވެލިއެވެ. އީލާމްގެ ރަތްވެފައިވާ ދެލޯ ފެނިފައި އަބީ އަށް ކޮންމެވެސްކަމެއް ގޯސް ވެއްޖެކަން ނަގައިގަންނަށް އުނދަގުލެއް ނުވިއެވެ.
ނުނިމޭ
17 Comments!
Comments are closed.
Wow vaahaka v reethi waiting for next part
Thanks Reen 🙂 Haadh avahashey thi kiyaalee
Yaaay me First, ekm mi vaahaka ehves reecheh noon, bondu kunigandeh?
True
Varah Reethi
Varah reethi … when next part
Nice
Wow xeesh vrh reethi story
Luv u
Wowwww Xeesh… Story vvv reethi as always… Waiting for next part…. Whn next part????
Story is awesome……really love it ……..waiting for next part
Varah reethi vaahaka ❤??
koba tha next part avahah up kohla dheebaa
Kobaatha next part
Alhe keevvetha mi vaahakaige 22 vana part up nukurany ?
alhey mi vaahaka up kuranee konirakun tha
Plx vaahaka up kuranee konirakun tha plx vr kiyaahithu mihirii Vs
Haadha reethi story ekey mi complete kohba please 🥺😭😭😭