
ވޭންތަކުން ދިން ހިތި މާޒީ (13)
އޭގެ އަނެއް ދުވަހު މައްސަލަތައް ބަލަން ފެށިއެވެ. ޒިމްޔާ ހުރިހާ ވާހަކައެއް ފުލުހުންނައް ކިޔައި ދިނެވެ. ވާފިރުއާއި ޒިމްޔާގެ ތިން ބޭބެ އިންނައް ޒިނޭއާއި މަސްތުވާތަކެއްޗާއި ގަދަކަމުން ރޭޕް ކުރި ދައުވާ އުފުލިއެވެ. އަދި މީގެ އިތުރަށް އކި މީހުންނަށް އެކި ދައުވާކުރުމައް އޮތެވެ. މިއިން އެކަކުވެސް މިއިން ޒަމާނަކު ސަލާމަތް ވާކަށް ނެތެވެ.
…………………………………………….
ދުވަސްތަށް ފާއިތުވަމުން ދިޔައީ އުފަލުގައެވެ. މީކާއީލްވެސް ފަހަން ޒިމްޔާ ކައިރިން ޖަވާބެއް ހޯދާކަށް ނޫޅެއެވެ. ޒިމްޔާއަށް މިހިނގައި ދިޔަކަންތައްތަކުން ވަގުތު ބޭނުންވާނެތީއެވެ. ޒިމްޔާ ދިރިއުޅެމުންދަނީ ކިޔާންމެން ގޭގައެވެ. އެންމެން އެކީ މަޖާކޮއް ސަކަރާތް ޖަހަމުން ދިޔަޔަސް ކުރިން އުޅޭހެން މީކާއީލް ޒިމްޔާ ފަހަތުން ނޫޅޭތީ ޒިމްޔާ ހުންނަނީ ދެރަވެފައެވެ. ނަމަވެސް އެކަންތައް ނުދައްކާ ހެވިލާފަ ހުންނަނީއެވެ. ފަޔާޒްއާއި އާލާގެ ގުޅުންވެސް އާއިލާއަށް އެނގި އެމީހުން ބޭނުން ވަނީ ދެމީހުންގެ ކައިވެނި އަވަހަށް ކުރުވާށެވެ. ޗުއްޓީ ކުރުކޮއްލާފަ އެންމެން މާލެ ދާން އުޅުނީ ފަޔާޒްއާއި އާލާގެ ކައިވެންޏައް ތައްޔާރުވާށެވެ. މީކާއީލް މިކަމާ އުފާވިޔަސް ދެރަވަނީ ޒިމްޔާ އޭނާއާ ނުގުޅެ ހުރީމައެވެ. އޭނާ ފަހުން އަޅާ ނުލާއެހުރީ ޒިމްޔާއަށް އުނދަގޫ ވެދާނެތީއެވެ.
“ޒިމް ފަޔާޒްމެން ޕާޓީއަށް ދާއިރު ޒިމްގެ ހުރިހާއެއްޗެއް ޕެކް ކުރައްޗޭ. ކިޔާންބެއަށް ކޯސް ލިބިއްޖެ މާލެއިން” ކިޔާންއަށް ކޯސް ލިބުންކަން އިނގުމުން ފުރަތަމަވެސް އެވާހަކަ ބުނަން އައީ ޒިމްޔާ ކައިރިއެވެ.
“ކިޔާންބެއައް ކޯސް ލިބުނޭ ކިޔާފަ ޒިމް ކީއްކުރަން ހުންނަން މާލޭގަ؟”
“ހެހެހެހެ… ޒިމްވެސް ކިޔަވާނީ. ކިޔަވަމުން ޖޮބައް ދާނީ. ކިޔާންބެ ވެސް އެހެނޭ ހަދާނީ. ފަރީލާއްތަމެން ގޭގައޭ ހުންނާނީ. ޒިމް މާލެ ގޮސް ފައުންޑޭޝާން ކޯހަކުން ފައްޓާނީ.” ކިޔާން ޒިމްޔާގެ ނޭފަތުގަ ހިފާލަމުން ލޯތްބާއި އެކު ބުނެލިއެވެ.
“ކިޔާންބެ އަށް އުނދަގުލެއް ނުވާނެތަ ހަމަ؟” ޒިމްޔާ ވިސްނާލަމުން ބުނެލިއެވެ.
“ހެހެހެ. މިއޮއް ހުރިހާ ދުވަހުވެސް ނުވެ އެއްނު.” ކިޔާޏް ހީލަމުން ބުންޏެވެ.
“ޔެސް ދާނީ. ޒިމް ބޭނުން ކިޔަވައި މޮޅުވަން” ޒިމްޔާ އުފާވެލާފަ މިހެން ބުނެ އަވަހަށް ދިޔައީ އާލާމެން ގެއަށް މި ހަބަރު ދޭށެވެ. މިކަމާ އެންމެ އުފާވީ މީކާއީލްއެވެ. ފުރާ ވާހަކަ ކިޔަން ފެށިއްސުރެ ޒިމްޔާ ޕާޓީ ނިންމާފަ ރަށައް އައީމަ ދެން ނުވެސް ފެންނާނެއޭ ހިތާ ހުރެވެނީއެވެ.
“ޒިމް. ކޯޗެއް ކިޔަވަން ގަސްތުކުރަނީ” މީކާއީލް ޒިމްޔާއާއި އެކަނި ވެލުމުން އަހާލިއެވެ.
“އުމް. ބިޒްނަސް މެނޭޖްމެންޓް ކިޔަވާނީ. މީކް ކޯޗެއް ކިޔެވީ؟” ޒިމްޔާ އަހާލިއެވެ.
“ޓްރެވަލް އެންޑް ޓުވަރިޒަމް ކިޔެވީ ދޮންބެއާއި ދެމީހުން އެއްކޮއް. މާސްޓާސް އަށް ލާފަވީ. އަދި ކޯސް ލިބުން ކަމަކަށް ނާދޭ މެސެޖްއެއް.” މީކާއީލް ބުންޏެވެ.
“ވަރަށް މަޖާތަ ކޮލެޖްގަ؟” ޒިމްޔާއަށް އާވާނެކަން އެނގުމުން މީކާއީލް ހީލަމުން މަޖާ ކުރީމަ މަޖާވާނެއޭ ބުނެލިއެވެ.
……………………………….
“ދެން ފަޔާ މީހަކަށް ފެނިދާނެއޭ” އާލާ ފަޔާޒް އާއި ދުރުވެލަމުން ބުންޏެވެ.
“ދެން އޯކޭވާނެ. މަގޭ ޓުބީ ވައިފް ވިއްޔަ” ފަޔާޒް އާލާގެ އުނަގަނޑުގަ ހިފާ ގާތް ކޮއްލަމުން ބުންޏެވެ. ދެމީހުންނައް ތިބެވުނީ ދެމީހުންގެ ދެލޮލަށް ބަލާށެވެ.
“އެހެމް އެހެމް. ކުޑަ ދުވަސް ކޮޅަކަށްވެސް ކެއް ނުވަނީތަ؟” އާލާމެން އެތަނައް އައި އިރު އެދެމީހުން ތިބި ގޮތުން ދިމާ ކޮއްލިއެވެ. ސިހިފައި ދެމީހުން ދުރުވިއެވެ. ދެމީހުންވެސް ތިބީ ރަކިވެފައެވެ.
“މަ ބުނީ ހިނގާބަލަ ހިނގާލަން ދާން މާދަން އެންމެ ފަހު ދުވަހެއްނު އެންމެން މާލެ ބަދަލުވާތީ” ކިޔާން މިހެން ބުނުމުން އެންމެން އެއްބަސްވެ ގެއިން ނިކުތެވެ.
…………………………………………………..
ރޭގަނޑުގެ ވަގުތެވެ. ޒިމްޔާ ރީތި ވެލައިގެން ގެއިން ނިކުތީ މިޒްނާމެން މިރޭ ވަރަށް ރީތި ވެގެން އަންނައްޗޭ ބުނުމުންނެވެ. ޒިމްޔާއައް އިހުސާސްވީ މިރޭމީ ކޮންމެސް އުފާވެރި ރެއެއްހެންނެވެ. އެހެންވެލީ ލާނެ އެއްޗެއް ނޭނގެއޭ ކިޔާފަ މިޒްނާއަށް ގުޅުމުން މިޒްނާ ބުނީ އެބަ ހެދުމެއް ގެންދަމޭއެވެ. އިރުކޮޅަކުން މިޒްނާއާއި އާލާ އައީ ހެދުން ހިފައިގެންނެވެ. ރަތް ކުލައިގެ މެކްސީއެކެވެ. ކަކުލާ ހިސާބައް ހެދުން ފަޅާލާފަ އިނުމުން ހެދުން ރީތި ކަމަށް ދެއްކިއެވެ. މޭމަތި ޑިޒައިން ކޮއްފަވަނީ ކަޅު އެސްތަކަކުންނެވެ.
“އަޅެ. މިއެއް ނުލާނަށް. ޒިމް އެކަނި މިކަހަލައެއްޗެއް ނުކެރޭނެ ލާކަށް” ޒިމްޔާ ވަގުތުން ދެކޮޅު ހެދިއެވެ.
“އަޅެ ޕްލީޒް. ޒިމް މިކަހަލަ ހެދުމެއް ނުލާތީ އަސްލު ބަލާލަންށޭ ގެނައީ. ދެން މިރޭ ލާބަލަ” އާލާ އާދޭސް ކުރަން ފެށިއެވެ.
“މީހުން ކީކޭ ހީކުރާނީ. މަގޭ އެކަނި ނަލަވެގެން ދަންޏާ” ޒިމްޔާ ބެލީ އެ ހެދުން ނުލައި ވާނެ ގޮތެއް އޮތްތޯއެވެ.
“ކިޔާނެ އެއްޗެއް ކިޔަސް ޒިމް މާދަމާއިން ފެށިގެން ނުފެންނާނެ އެއްނު” މިޒްނާ މެން އެހެދުން ނުލަނީސް ތިބިތަނުން ގުޑާވެސް ނުލާނެކަން އިނގުމުން ފާހާނާއަށް ހެދުން ލާން ދިޔައެވެ.
މީކާއީލް މިރޭ ހީވަނީ ފަޔަށް ހިނި އަރައިގެން އުޅޭހެންނެވެ. ލޯގަނޑު ކުރިމަތީ ރީތިވާން ހުރި އިރުވެސް ހުރީ އަވަސް އަރުވާލާފައެވެ.
“ސާބަހޭ ބޭފުޅާ. ތި ހަމަޖެހިގެން ރީތިވެބަލަ. މީނަ ހީވަނީ އަންހެން ކުއްޖެއްހެން މާ ފަރިވާތީ” އާޒް އަށް މީކާއީލް އުޅުން ގޮތުން އެއްޗެއް ނުބުނެ ނުހުރެވުނެވެ.
“ރީތިވާން ޖެހޭނެ. މަ ހަޑިކަމުން ނޯ ޖެހިއްޔާ ކަޑައެއްނު. އެންމެން ތެރޭ އަދި ވިސްނާފަ ޖަވާބެއް ދޭނަމޭ ބުނިއްޔާ މާ ދެރަދޯ” މީކާއީލް އަށް ވިސްނެނީ ޒިމްޔާ ނޫނެކޭ ބުނެފާނެތީ އެކަމާއެވެ. އޭނާ މަންމައާއި ބައްޕަ ކައިރި ވެސް ޒިމްޔާގެ ވާހަކަ ދައްކައިފިއެވެ. އެ ދެމީހުންވެސް ތިބީ ނުހަނު އުފަލުންނެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭ އެމީހުން ހިތުންވެސް ޒިމްޔާ ވަނީ ޖާގަ ހޯދާފައެވެ.
“ވާވް ހީވަނީ ހަމަ ހޫރު ޕަރީއެއްހެން.” ޒިމްޔާ ރީތި ކޮއްދީ ނިންމާފަ މިޒްނާ ބުނެލިއެވެ. ޒިމްޔާ އައް އެ ހެދުން ހަމަ ހެޔޮވަރެވެ. ލޮލުގައި އައިލައިނާ އަޅާފައި ވީއިރު މަސްކަރަ އަޅައި ލޯ ރީތި ކޮއްފައިވިއެވެ. ތުންފަތުގައިވެސް ޖައްސާފައި ވަނީ ގަދަ ރަތް ކުލައެވެ. މީގެ ދެ ހަފްތާ ކުރިން މިޒްނާވަނީ ޒިމްޔާގެ އިސަތަށިގަނޑު ރީތި ގޮތަކަށް ކޮށާއި ދީފައެވެ. ކުރު އިސްތަށިގަނޑުވަނީ އެއްކޮއް ދޫކޮއްލެވިފައެވެ. އެއްފަރާތުގަ ކުދި ކުދި ޑައިމަންޑް ކަހަލަ ދަތިތަކަކުން އިސްތަށިގަނޑުވަނީ ޖަރީ ކޮއްފައެވެ.
“ދެން ނޫން ހިންގާ ދާން ވެއްޖެ ދެން” ޒިމްޔާ ކޮޓެރިން ނިކުންނަން ދަމުން ބުންޏެވެ.
“އޭ މަޑުކުރޭ. މިއައް އަރާ.” ރަތް ކުލައިގެ ދިގު ހީލްއެއް ދައްކަމުން މިޒްނާ ބުނެލިއެވެ.
“ނޯ. ވެއްޓިދާނެ. މިއައް އަރައިގެން ނުހިނގޭނެ.” ޒިމްޔާ ނާރަން އުޅުމުންވެސް އެދެމީހުން އެއައް އެރުވިއެވެ. ގެއިން ނިކުންނަނިކޮއް ޖެހުނީ ކިޔާންގެ ކުރި މައްޗަށެވެ. ކިޔާން ހުރީ ވަރަށް އަވަސް އަރުވާފައެވެ. ނަމަވެސް ޒިމްޔާ ފެނުމުން ހުއްޓުން އެރިއެވެ.
“ސުބުހާނައްލާހް. ޒިމް ގެއްލޭނެ މިރޭ” ކިޔާން މިހެން ބުނުމުން މިތިބެ މީހުންގެ ކަނތްކޭ ޒިމްޔާ ބުނެލިއެވެ.
“މިރޭ ގެއްލުވައިލާނައް” އާލާ މަޖާވެލާފައި ބުންޏެވެ.
“މީހެއް ހޭނެތޭނެ ޒިމް ފެނިފަ މިރޭ” ކިޔާން ބުނި އެއްޗެއް ޒިމްޔާ ފިޔަވައި ދެން ތިބި މީހުންނަށް އިނގުނެވެ. މިހެން ބުނެ ކިޔާން ގޭތެރަށް ވަނުމުން ތިން މީހުން އެކީ ހިނގަމުން ދިޔައެވެ. މިޒްނާގެ ފޯނަށް މެސެޖެއް އައުމުން މިޒްނާ ފަސްގަނޑަށް ހިނގާށޭ ބުނެ ތިން މީހުން ވާހަކައިގަ ހިނގައި ގަތެވެ.
“އޭ މި ގަސްތައް ތެރޭން މަ ދާ ހިތް ވަނީ. މީނީ ގޯޅިއެއް. ހަމަ ފަސްގަނޑައް ނިކުމެވޭނީ” އާލާ މިހެން ބުނުމުން މިޒްނާވެސް އެއްބަސްވިއެވެ.
“ނޫން. ހާދަ ބިރުވެރިއޭ” ޒިމްޔާ ބިރުން ބުނެލިއެވެ.
“ދެން އަޅެ އެއްޗެއް ނުކާނެއޭ. އަހަރެމެން ދެމީހުން ކާލާފަ ޒިމް ކާލެވޭނީ.” މިޒްނާ މިހެން ބުނެ ޒިމްޔާގެ އަތުގައި ހިފާ ގެންދަން ފެށިއެވެ.
ތިން މީހުންނައް ނިކުމެވުނީ ހަމަ ފަސްގަނޑަށެވެ. މުޅި އެތަން އޮތީ ދިއްލާލާފައެވެ. މެދުގަ ބޮޑު ހާޓްއެއް ފިނިފެން މަލުގެ ފިޔައިން ހަދާފަ އޮތެވެ. ޒިމްޔާ ބަލަމުން ގޮސް އެ ހިތުގެ ތެރަށް ވަދެވުނެވެ. މިއީ އޭނާ ޑައިރީގަ އެއްދުވަހު ދެކެން ބޭނުންވާ ދުވަހެކޭ ކިޔާފަ ލިޔެވުން ހަނދާނެއް ވިއެވެ. ހަމަ އޭނަ ލިޔުން ގޮތައް މުޅި މިތަން ވަނީ ތައްޔާރު ކޮއްފައެވެ. އެތާ ތިބި މީހުން ވެސް ޒިމްޔާއަށް ނުފެންނަ ކަހަލަ އެވެ. މީހަކު ފަހަތުގަ ހުރިހެން ހީވެގެން ޒިމްޔާ ފަހަތް ބަލާލި އިރު ހުދު ގަމީހެއްލާފަ ލޯބި ގޮތަކަށް ހީލައިގެން ހުރީ މީކާއީލް އެވެ. ޒިމްޔާއަށް މިވާނުވާ ރޭކާލައިގެން އަގައިގަ އަތް އަޅާލެވުނެވެ.
“ވިލް ޔޫ ބީ މައި ގާލް ފްރެންޑް” މީކާއީލް އެއްފައި ވެލިގަނޑުގަ ޖައްސާ އަތުގަ އޮތް ރަތް ފިނިފެންމާ ބޮޑި ޒިމްޔާއަށް ދިއްކޮއްލަމުން ބުންޏެވެ. ޒިމްޔާ އިރުކޮޅަކު ބަލަން ހުރެފަ މާބޮޑިގަ ހިފާ އިސް ޖެހިއެވެ.
“އަދިވެސް ވިސްނާނަމޭތަ ޖަވާބަކީ؟” މީކާއީލް ތެދުވަމުން މަޑުމަޑުން އަހާލިއެވެ. އޭރު ހިތް ވަނީ ކުޑަކޮއް ނުތަނަވަސްވެފައެވެ. ވަގުތުން ޒިމްޔާ ނޫނެކޭ ބުންޏެވެ.
“ދެން ކޮބާ ޖަވާބަކީ؟ ޔެސް އޯ ނޯ؟” މީކާއީލް ޒިމްޔާއާއި ކައިރި ވެލަމުން އަހަލިއެވެ.
“ޔެސް” ޒިމްޔާ މީކާއީލްގެ ލޮލައް ބަލާލަމުން މީކާއީލްގެ ލޯބި ގަބޫލް ކުރިއެވެ. މީކާއީލްއަށް އުފަލުން ހުރެވުން ތަން ވެސް ނޭނގުނެވެ. ޒިމްޔާ އެ އަތުތެރެއައްލާ ބާރައް ބައްދައިގަތެވެ.
“ކުރިންވެސް ހިމާޔަތް ދިންހެން މުޅި އުމުރައްވެސް ދޫނި ހިމާޔަތް ކުރާނަން. ތީ މިއަދުން ފެށިގެން މީކްގެ ހައްގެއް” މީކާއީލް މިހެން ބުނުމުން ޒިމްޔާވެސް މީކާއީލްގެ ބުރަކަށީގައި އަތް ވަށާލިއެވެ. ޒިމްޔާއަށް ސިހިފައި ދުރަށް ޖެހެވުނީ ބަޔަކު އަތް ޖަހާ އަޑަށެވެ. ބަލާލި އިރު ފަޔާޒްމެންގެ އިތުރަށް ކިޔާން ގެ މައިން ބަފައިންނާއި އާޒްގެ އާއި މީކާއީލްގެ މައިން ބަފައިން ވެސް އަތް ޖަހަން ތިއްބެވެ. މިތަން ފެނި ޒިމްޔާ އުފާވިއެވެ. ނަމަވެސް ލަދުން އިސް ޖަހާލިއެވެ.
“ކޮންގްރާ ދެކުދިން” ފަޔާޒްމެން އައިސް އެދެމީހުން ވަށާލަމުން ބުންޏެވެ.
“ކޮބާ ބުނީމެއްނު ޒިމް މިރޭ ގެއްލޭނެއޭ” ކިޔާން ލާނެތް ގޮތަކަށް ބުންޏެވެ.
“އޭ މަންމަމެން ގެނައީ ކީއްކުރަންތަ؟ މަ ހާދަ ލަދެއް ގަނެއްޖެއޭ.” މީކާއީލް މިހެން ބުނުމުން އެންމެން ހޭން ފެއްޓިއެވެ. އަދި އެންމެން ގެނެސް މީކާއީލް މިހެން ބުންޏޭ ކިޔާ ދިމާ ކުރަން ފެށިއެވެ.
“އޭ ދެން ދިމާ ނުކުރޭ. ޒިމް ލަދުން ރުޅިވެސް ވެދާނެ. ހާދަ ވަރަކަށް ވިސްނާފައޭ އެ ޖަވާބެއް ދިނީ” މީކާއީލް މިހެން ބުނުމުން އެންމެން އެކީ ޕިއްޒާ ކާން ފެއްޓިއެވެ. ޒިމްޔާ އެތަނައް ދިޔައިރު ހިތުގެ ބައްޓަމަށް އިން ޗޮކްލެޓް ކޭކް އެއް އައި ލަވް ޔޫ ޖަހާފަ އިނެވެ. މީކާއީލްއާއި ޒިމްޔާ ކޭކް ފަޅާ އެންމެންނައް ކާން ދިނެވެ. ކައިގެން އެންމެން ދިޔުމުން މި ކުދިން މަޑުކުރީ މަޖާ ކުރާށެވެ. މީކާއީލް ފަޔާޒް އާއި ލޮލުގެ އިޝާރާތުން އެއްޗެއް ބުންޏެވެ.
“އޭ މި ދެކުދިންނައް ޓައިމް ދީފަ ހިނގާ އަހަރެމެން އެންމެން ތަންކޮޅެއް ދުރައް ދާން.” ފަޔާޒްމިހެން ބުނުމުން އާޒް ވެސް ދިޟާ ކޮއްލިއެވެ.
“ކޮންމެހެން އެމީހުންނާ ދިމާ ކުރާނެ ކަމެއް ނެތް. ދޮންބެ ތިއުޅެނީ އާލާއާއި އެކަނި ނުވެވިގެން.” މިޒްނާ ހުރީ ދާ ގޮތަކަށް ނޫނެވެ.
“ހަހަހަހަހަ. ކޮބާ ހީވޭ ކަމެއް ހެން” ކިޔާން ހޭން ފެއްޓިއެވެ.
“ދެން ދޭބަލަ ތި މީހުން” މީކާއީލް މިހެން ބުނުމުން އެންމެން އެތަނުން ދަމުން ގެއަށޭ މިދަނީ ބުނެލިއެވެ.
“ޒިމް ހަމަ ރައްޓެހިވާ ހިތުންތަ ތި މީކްއާއި ރައްޓެހިވީ؟” މީކާއީލް ޒިމްޔާއާއިވީ ފަރާތަށް އެބުރެމުން އެހިއެވެ. ޒިމްޔާ ހޫމް އޭ ބުނެލިއެވެ.
“ޒިމް ލޯބިވޭތަ މީކް ދެކެ؟” މީކާއީލް މިހެން އެހުމުން ޒިމްޔާގެ މޫނު ރަތް ވެގެން ދިޔައެވެ.
“ހިނގާ ބީޗްގަ އިށީންދެގެން ވާހަކަ ދައްކާލަން” ޒިމްޔާއަށް ކޮޅައް ހުންނަން އުނދަގޫވެގެން އުޅޭހެން ހީވެގެން މީކާއީލް ބުނުމުން ވަގުތުން ޒިމްޔާ އެއްބަސް ވިއެވެ.
“މީކް ނުދެވޭނެ. މިޒޫ މެން ބުނެގެން ހީލް އައް އެރީ. ގިނަ އިރުވީމަ ވަރަށް ފަޔައް ތަދުވޭ” ޒިމްޔާ ހުއްޓެމުން ބުންޏެވެ.
“ހެހެހެ. ނަސީބެއްނު ތިއައް އެރިކަން. ތީ އެއްވެސް ކަމެއް ނޫން” މިހެން ކިޔާ ޒިމްޔާ އަތްދަނޑިމައްޗައް ލައިގެން ބީއްޗް އައް ފައިބަން ދިޔައެވެ. ޒިމްޔާ ލަދުން މީކާއީލް ކަރުދޮށުގަ މޫނު ފޮރުވިއެވެ. ޒިމްޔާ އުރާލައިގެން ގޮސް ވެލިގަނޑުމަތީ ޒިމްޔާ އުގުގަ ބައިންދަމުން އިށީންދުނެވެ.
“ދެން ބުނެބަ ލޯބިވޭތަ؟” މީކާއީލް ޒިމްޔާގެ މޫނައް ބަލާލިއެވެ. ޒިމްޔާ ލަދުން މޫނުގަ އަތް އެޅިއެވެ. މީކާއީލް ގަދަކަމުން އަތް ނައްޓުވާފަ ސުވާލު ތަކުރާރު ކޮއްލިއެވެ. ހުމް އެކޭ ބުނެ މީކާއީލް ގައިގަ ބައްދާލިއެވެ.
“ތެންކިއު ޒިމް. އަސްލުވެސް ވަރަށް ހެޕީ ވެއްޖެ މިރޭ” ޒިމްޔާ އިސްތަށިގަނޑުން ވަސްބަލާލަމުން މީކާއީލް ބުނެލިއެވެ.
“ޒިމް ވެސް. ޒިމް ދޫ ކޮއްލާފަ ނުދައްޗޭ”
“އޮފްކޯޒް ބޭބީ. ތީ މީކްގެ ލަވް އެއްނު. ދެން ތިހެން އޮންނާނީތަ؟ ބަލާލަބަލަ” ޒިމްޔާ މޫނު ނަގާ ބަލާލުމުން މީކާއީލް ޒިމްޔާގެ ތުންފަތަށް ބޮސްދޭން ފެށިއެވެ. އެރޭ ގެއަށް ދިޔައީ ދެމީހުން އެތައް މަލެއް ފޮޅުވާފައެވެ. އެތައް ވައުދަކާ އަހުދެއް ވެފައެވެ.
52 Comments!
Comments are closed.
Mi story ge inthixaaruga hama miothy
Hehehe. 😀
Yeyyy. …. thanks mau. …. hama waiting ga indha thi up kohla dhinee…????
Welcome juma 🙂 😀
Story vrh reethi …. maadhama aneh part up kohdheynan dhw??? keep it up mau??? n photo vrh salhi ingey… story aa vrh gulhey mi pic. … next part ah waitingssss ❤❤❤??
Yes love. Wait for tmmrw. And Thankyou so much Jum 😀 🙂
Hey mau…. vrh inthizaaruga adhivx….. kobaa tha??? kon irakun tha up kohdhveyny sis???? Miss u a lot ingey…. busy nooniyyaa miadhu up kohdheeba thankolheh dhigukoh?☺
Yeah. ehn part thakah vure dhiguvaane 14th part 🙂
Wow
❤️
Den Kon irakun app Koh dee nee
Today
Wow story hama habeys vvvv cute ………waiting…. Waiting…..
Thanks Xim 🙂
v nice
Thankyou
Maa kury ?Ekam story varah loabi.. ❤?
Alhey vaguthu nuvaathy dhigu nukureveny mihaaru. 🙁 Thanks btw 🙂
mavex up nukohgen thanks vvv reethi
Hehe ? Welcome Zaul
Hiii Mau… Alhey mi Story haadhaa reehchey Maasha Allah… Hama aslu vx Mau story v v v reethi n it’s different from other stories… I really really loved it… Mihaaru enme inthizaaru kurevey eh story mee… Mi Story ge konme partehvx mi kiyaalany hama v v kiyaalaahithun.. Thank you soooooo much for bringing us such a nice story… Keep it up Mau… Waiting for next part…
Thankyou So much Shifoo❤️❤️❤️❤️
Wow.. bootipull♥
Thanks Ximya 🙂
V salhi n waiting 4 nxt part….
Thankyouu ?
varaha reeethi ???????
Thanks Aisha 🙂
V reethi waiting for next part….??
Thanks and Keep Waiting 😀
????vvvv nice ????
Thankyoo Shanhaa ?
Story Vara reethi…ekam rangalhu kollan jehey thankolheh faahaga kollaanan…”Subuhaanallah” dhivehin liyefa ineema kamaku nudhey…Allah ge ismafulhu aslu innaanee…keyboard in ves liyeveyne Allah ge ismafulhu…ehenve ethankolhu rangalhu kollaane kamah ummeedhu Kuran… good job…keep up ur good work… welldone !!!..u have the writing skills in u…wish u a brighter future in writing..?
Okay. Thankyou. 🙂
V Reethi ingey….story???
Thanks ❤️
v v reethi .. next part ge inthizaaruga
Thanks And Keep Waiting ❤️
V v reethi
Thankyou ❤️
Nice
Thankyuuh
alhey mi story haadha reechey;*
dhen kon irakun next part up kuraany……….
cant wait to read the next part
Tonight. Thankyou
Mau koba story????
Pending… 🙂
Umm neygun… Umm kon irakun up vaany??
Insha allah soon 🙂
When is next part
Alhey mau story lasvany kyvve?? ??
When nxt??
Haada lahey story