Skip to content
އެސްފިޔަ

ވޭންތަކުން ދިން ހިތި މާޒީ (11)

“ކޮންގްރޭޓްސް ބްރޯ.” މީކާއީލް ފަޔާޒް ކޮނޑަށް އަތް ލަމުން ބުންޏެވެ. މީކާއީލްވެސް މިފަދަ ދުވަހެއް ޒިމްޔާއާއި އެކީ ހޭދަކުރަން ބޭނުމެވެ. ނަމަވެސް ޒިމްޔާ ޖަވާބެއް ދޭނެ އިރަކަށް މީކާއީލް ޖެހޭނީ ކެއްތެރިވެގެން ހުންނާށެވެ.

…………………………………………..

އެންމެން މެންދުރު ކައިގެން ދިޔައީ މޫދަށް އެރޭށެވެ. ފަޔާޒް ދިޔައީ އެކި ކަހަލަ ގޯނާ އާލާއަށް ކުރަމުންނެވެ. މިޒްނާ އިނީ އާޒްއާއި ކިޔާން އާއި ޖަހާ ސަކަރާތް ބަލަން ވެލިގަނޑުގައެވެ. ނޭނގުމެއްގެ ތެރޭވިޔަސް މިޒްނާއަށް ވަނީ އާޒްއަށް ހިތް ދެވިފައެވެ. ނަމަވެސް އެކަން ސިއްރުކޮއްލައިގެން އިނީ އެކުވެރިކަމަށަ ބުރު އަރާފާނެތީއެވެ.

“ކީއްވެފަ މިޒޫ ތި އިނީ. ނުދަންތަ މޫދަށް އެރޭކަށް” ޒިމްޔާ އައިސް އިށިންނަމުން އަހާލިއެވެ.

“ނޫން. ދެން ދާންވީ. ޒިމް ނުދާނަންތަ؟” މިޒްނާ ޒިމްޔާއަށް ބަލާލަމުން ބުންޏެވެ.

“ހުމް. ޒިމް ނޭރޭނަށް. ޒިމް އަކަށް ނޭނގެ ފަތާކަށް” ޒިމްޔާ މާޔޫސްވެ އިނދެ ބުނެލިއެވެ.

“އައްދެ. ތީ އެއްވެސް ކަމެއް ނޫނެއްނު. ހިނގާ ފަތަން ދަސްކުރަން” މިޒްނާ ކޮޅަށް ތެދުވަމުން ބުންޏެވެ.

“ނޫން. ޒިމް ބިރުގަނޭ. މިޒޫ ދޭ. އިރުކޮޅަކުން ދާނާށް ކުޑަކޮއް އެރިލަން” މީކާއީލް މެންނާ ދިމާއަށް ބަލާލަމުން ބުންޏެވެ. މިޒްނާއަށް މިތަންފެނި ލާނެތް ހިންޏެއް އައިއްސް މޫދަށް އެރެން ދިޔަ އެވެ.

“އަހަ ކީއްވެ ޒިމް ނުގެނައީ މިޒޫ އައި އިރު” މިޒްނާ ފެން އުކަމުން އާޒްމެންނާ ދިމާއަށް އަންނަން ފެށުމުން އާޒް އަހާލިއެވެ.

“ނޭނގެޔޯ ފަތާކަށް. ކުޑަބެއާ ދިމާއަށް ހާދަ ބަލައޭ. މިޒޫ އަށް ހީވަނީ ސޫން ޓޫ ބީ ކަޕްލް ހެން މިދެމީހުން މީ. ހެހެހެ” މިޒްނާ މިހެން ބުނުމުން މީކާއީލް ހިތައް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ.

“ހަމަ ތިހެންވެސް ވެދާނެ” މީކާއީލް ރަކި ހިންޏެއް އައިއްސަ ބުނެލިއެވެ.

“އުހު. ޓީޝާޓް ބާލާފަ ހުރީމަ ސެކްސީ ކަމުން އެބަލަނީ” ކިޔާން ހިނިގަންޑެއް ޖަހަމުން ބުނެލިއެވެ.

“ހެހެހެ. އެބަ އަންނަން ލަނޑެއްދީފަ ޒިމްއަށް. ދޮންބެމެން ހަމަ މާ ފޮޅުވަނީ. ދޭބަލަ ލަނޑެއް ދޭން” މީކާއީލް އެއްގަމާ ދިމާއަށް ފަތައިގަންނަމުން ބުންޏެވެ. އެއްގަމަށް އެރި އިރު ޒިމްޔާ އިނީ ވެލިގަންޑާ ކުޅެން އިސް ޖަހައިގެންނެވެ. މީކާއީލް ގަސްތުގައި އެހުރި ގޮތަށް ޒިމްޔާ ކައިރިއައް ދިޔައެވެ. އޭނާގެ ކަސްރަތީ ހަށިގަނޑު ފެނުމުން އެތައް އަންހެން ކުދިންނެއް ބަސް ހުއްޓޭކަން އޭނާއަށް އިނގެއެވެ. ޒިމްޔާއަށް ކުރިމަތީ މީހެއް ހުރިހެން ހީވުމުން ބަލައިލިއިރު މީކާއީލް އެވެ. އޭނާގެ ކަސްރަތީ ހަށިގަނޑު ފެނުމުން ޒިމަޔާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެހެން އެތަށް އިރަކު ބަލަން އިނުމުން މީކާއީލް ޒިމްޔާ ސިއްސުވާލިއެވެ.

“އަހަރެން ނޭކެޑް ކޮއް ހުއްނައިރުން ދޯ ޒިމް އަށް ރީތީ. އެހެންޏާ ނުހުރޭ ތިހާ ވަރަކަށް ބަލާކަށް ގަމީސް ލައިގެން ހުންނައިރަކުވެސް. ފުލް ނޭކެޑް ކޮއް ހުރިއްޔާ އަދި ކިހާ ބަލާނެ ދޯ” މީކާއީލް މިހެން ބުނުމުން ޒިމްޔާ މޫނު އެއްކޮއް ރަތްވިއެވެ. ލަދުވެސް ގަތެވެ. މީކާއީލްއަށް ބަލަން އިނދެވުނީ ކިހާއިރެއްވާން ދެން ވެސް ހުދު އޭނާއަކަށް ނޭނގެއެވެ. އަދި އެފަދަ އެއްޗެއް ބުނެފާނެ ކަމަށް ހީވެސް ނުކުރެއެވެ.

“އެއްޗެކޭވެސް ނުބުނާނަންތަ؟ އަހަރެންނަށް ބަލަން ދޯ ބޭނުމީ” މީކާއީލް ހަމަ ގަސްތުގަ ޒިމްޔާ ލަދު ގަންނުވައިލަން ބުނެލިއެވެ.

“ދެން މީކް، ނޫޅެން ވަރަށް ފޫހިވޭ” މިހެން ކިޔާ ދުރަށް ހިނގައިގަތުމުން މީކާއީލް ފަހަތުން އުރާލައިގެން އައިސް މޫދަށް ލިއެވެ. އޭރު ޒިމްޔާ ދިޔައީ ގަދަ ހަދަމުންނެވެ. މިތަން ބަލަން ތިބި އާޒް މެން ވެސް ހިނި އައިއްސަ އެތަނުން ދިޔައީ އެމީހުންނަށް ވަގުތު ދޭށެވެ.

“ދެން ނޫން މީކް ނޫން. މަރުވެދާނެ.” ޒިމްޔާ ރޮއެގަންނަމުން ބުންޏެވެ.

“ރިލޭކްސް ކުރިންވެސް ހަމަ ތިހެން އުޅުނީ ކަމެއްވިތަ؟” މީކާއީލް ގެ ފައި ކިރިޔާ އެތާ ޖެހެއެވެ. ނަމަވެސް ޒިމްޔާގެ ފައި ނުޖެހޭތީ ޒިމްޔާ ހުރޭ ބިރުން މީކާއީލް އުނަގަނޑުގަ ފައި ވަށާލައިގެންނެވެ.

“ނޫން ފަޔެއްވެސް ނުޖެހޭ. އެއްގަމަށް ގެންގޮސްދީ ޕްލީޒް” ޒިމްޔާ ހުރީ ހަމަ ރަގަޅަށްވެސް ރޮވިފައެވެ.

“ބޭބީ ރިލޭކް ރިލޭކްސް ގައިން ވާގި ދޫކޮއްލައިގެން ހުރެބަލަ. އެހެން ނޫނީ ދެމީހުން އެކީ އަޑިއަށް ދާނީ” މީކާއީލް މިހެން ބުނުމުން ޒިމްޔާ އެގޮތަށް ހެދިއެވެ. އޭރު ކުޑަކަށް ބިރުވެސް ފިލަން ފަށައިފިއެވެ. މީކާއީލްއަށް އިނދެވުނީ ޒިމްޔާގެ ދޮން މޫނަށް ބަލަން އާށޯހުވެފައެވެ. ޒިމްޔާ ލަދުން އިސް ޖަހާލިއެވެ. މީކާއީލް ބަލާލީ ފަޔާޒް މެން ތިބިތޯއެވެ. އެމީހުން ތިބީ ވަރަށް ދުރުގަ ކަމުން ހަމަ ޖެހިލިއެވެ. އެމީހުން ތިބި ނަމަ ޒިމްޔާ އެގޮތަށް އުރާލައިގެންނެއް ނުހުރީހެވެ. ޒިމްޔާއަށް ހުރެވުނީ މީކާއީލްގެ ލޮލަށް ބަލާށެވެ. މަޑު ޗޮކްލޭޓް އަކަށްދާ ސާފު ކަޅިއެވެ. ހުރިހާ ގޮތަކުންވެސް މީކާއީލް އެހާ ރީއްޗެވެ. މަޑުމަޑުން މޫނާ މޫނު ކައިރި ކުރަމުން ގޮސް މީކާއީލްއަށް ކެއްކުރެވުނީ އެހިސާބަށެވެ. ޒިމްޔާގެ ކުޑަ ތުންފަތުގަ ބޮސްދޭން ފެށިއެވެ. ޒިމްޔާއަށް ވެސް މިކަމުގަ ބައިވެރި ވެވުނެވެ. ދެމީހުންވެސް ނޭވާ ކުރުވުމުން ދުރުވިއެވެ. ޒިމްޔާ ލަދުން މީކާއީލްގެ ކޮންޑުގަ ބޯ އަޅާލިއެވެ.

“ހެހެ. ލޯބިގަނޑު ލަދުގަތީތަ؟” މީކާއީލް ހީލަމުން ޒިމްޔާ ގައިގަ ބާރަށް ބައްދާލަމުން ބުންޏެވެ. ޒިމްޔާ އެއްޗެއް ނުބުނެ އެ އޮތް ގޮތަށް އޮތެވެ.

“ޖަވާބެއް ދީބަލަދެން. މިހާރު ކެއްވަނީކީ ނޫނޭ ޒިމް” މީކާއީލް ޒިމްޔާ ދުރު ކޮއްލަމުން ޒިމްޔާގެ މޫނައް ބަލާލިއެވެ. ޒިމްޔާ އިސް ޖެހުމުން މީކާއީލް އަނެއްކާ ޒިމްޔާ ގެނެސް އަތުތެރަށް ލިއެވެ. ޒިމްޔާއަށް ވެސް ދުރުވަން ނޭނގިފަ އޮތީ މި ނޫނީ ދުވަހަކުވެސް މީހެއްގެ އޯގާތެރިކަމެއް ފެނިފަ ނުވާތީއެވެ.

“އޯކޭ ޒިމް ބޭނުން ވަރަކަށް ވިސްނަންވީ ހަމަ، ބޭނުން ދުވަހަކުން ޖަވާބެއް ދިނަސް އޯކޭ” މީކާއީލް ހީލަމުން ބުންޏެވެ. މީކާއީލްއަށްވެސް ޒިމްޔާގެ ހިތުގަ އޭނާއަށް ހާއްސަ މަގާމެއް އޮތްކަން ފާހަގަ ވިއެވެ. އެހެން ނޫންނަމަ އޭނާ އާއި އެކީ އގޮތަކަށް ނޫޅުނީހެވެ.

“ހިނގާ އެމީހުން ކައިރިއަށް ދާން.” ޒިމްޔާ ލަދުން ހުންނަން ނުކެރިގެން ބުންޏެވެ.

“ހެހެ އޯކޭ ހިނގާ. އެކަމު ހިނގާފަދޯ ދާނީ ދެން” މީކާއީލް މިހެން ބުނުމުން ޒިމްޔާއެއްބަސްވިއެވެ. ޒިމްޔާ ތިރީގަ ބަހައްޓަމުން ދެމީހުން ހިނގައިގަތީ ފަޔާޒް މެން ކައިރިއަށެވެ. ވަކި ހިސާބަކަށް ދިޔަތަނުން ޒިމްޔާއަށް ގަކޮޅު ތަކަކު ފައި ޖެހެން ފެށުމުން މީކާއީލް ގައިގަ ހަޅޭއްލަވައިގަނެފަ އޮޅުލައިގަތެވެ. އޭރު ފަޔާޒްމެންނަށް މިތަން ފެނި ދިޔައީ ހިނި ފަޅައިގެންނެވެ. ޒިމްޔާއާއި ވަރަށް ދިމާ ކޮއްލިއެވެ. މިތަން ބަލަން ކިޔާން ހުރީ ވަރަށް ހެވިފައެވެ. އޭނާގެ ކޮއްކޮ މިހާ އުފާވެފަ ސަކަރާތް ޖަހާތަނެއް މިއިން ދުވަހަކު ނުފެނެއެވެ.

“ބައްޕަމެން އެބަ ގޮވާ ހިނގާށޯ ފުރަންދާ ހަވީރުވީއޯ.” ފަޔާޒް މިހެން ބުނުމުން އެންމެން ދިޔައީ ދޯންޏަށެވެ. އިރުކޮޅަކުން ހުރިހާ އެންމެން ހަމަވެ ދޯނި ރަށަށް ދާން މިސްރާބް ޖެހިއެވެ.

އެންމެން އެކި މަޖަލުގައި ތިއްބަ ކިޔާން ގެ ފޯނު ރިންގްވާން ފެށުމުން ނެގިއެވެ. ކުއްލިއަކަށް އިންތަނުން ކިޔާން އޭ ކީކޭހޭ ކިޔާ ތެދުވިއެވެ. އެންމެންނަށް އެއްފަހަރާ ކިޔާންއާއި ދިމާއަށް ބަލާލެވުނެވެ. އޭރު ރަށަށް ލެފެން ވަރަށް ކައިރި ވެއްޖެއެވެ. ކިޔާން އެއްފަހަރު ޒިމްޔާއަށް އަނެއްފަހަރު ރަށާއި ދިމާއަށް ބަލާލެވުނެވެ. އާ މިހާރު މިލެފެނީއޭ ބުނެ ފޯނުބާއްވާފަ އިށީންދެ ބޮލޫގައި އަތް ހިންގާލިއެވެ.

“އޭ ކިޔާން ކިހިނެއްވީ؟ ކާކު ގުޅީ؟” އާޒް ނީންދެވެގެން އަހާލިއެވެ.

“ވަރަށް ކަޑަ. ޒިމްޔާ ބޭބެމެން އެންމެން ރަށަށް އަރައި މުޅި ރަށުތެރޭ އެމީހުންގެ ގޭންގް މީހުންނާއެކީ ޒިމްޔާ ހޯދަންށޯ އުޅުނީ. ކޮންމެސް މީހެއް ފަރާތުން އިނގުނީ އޯ އަހަރެމެންނާއެކީ ޒިމް އުޅޭކަން. ދެން ޒަޔާންމެނާ އެ ވާފިރު ގޮސް އަހަރެމެން ގޭގަ ރޯ ކުރަން އުޅުމުން ހިސާބުގަނޑު މީހުން އެއްވެ އެކަން ހުއްޓުވީއޯ. އާޒްމެން ގޭގަވެސް ރޯ ކުރަން އުޅުނީމަ މީހުން ހުއްޓުވީމަ ދިޔައްޔޯ. ދެން މެންދުރު ފަހު އަހަރެމެން ގެވަޅުގަ ހުރީ ރޯވެފަޔޯ، އެމީހުންނޯ އެކަން ކުރާނީވެސް. ޒިމްޔާ ހޯދަން ވެގެން ވަރަށް ވަރު އަރުވާލާފަ ރަށުގަ އެބަ އުޅެޔޯ.” ކިޔާޏް ހަދާނެ ގޮތެއް ނޭނގިފަ އިނދެގެން ބުންޏެވެ.

“ނޯ ޒިމް ގެންދާނެ. ޒިމް އެއް ނުދާނަށް ރަށަކަށް. ކިޔާންބޭ ޕްލީޒް ޒިމް އެމީހުން ކައިރި އުޅޭނެހާ ހިތްވަރެއް ނެތް މިހާރަކު” ޒިމްޔާއަށް ވަގުތުން ރޮވުނެވެ. އާލިމާމެން އެތަށް އެއްޗެއް ކިޔައިގެން އެންމެން ހަމައަކަށް އެޅުނީ ރަށަށް ލެފެންދެންނެވެ.

ރަށަށް ލެފުމާއެކީ އެންމެން ދިޔައީ ކިޔާންމެން ގެވަޅު ކައިރިއަށެވެ. ޒިމްޔާވެސް އެމީހުން ފަހަތުން ދިޔައެވެ. އޭރު އަލިފާން ނިއްވަން ކައިރި ރަށަކުން މީހުން އައިސް އުޅެއެވެ. ޕޮލިހުންވެސް އެތާ ހަރަކާތް ތެރިވެފަ ކޮންމެސް ތާކަށް އެގަޑި ދިޔައެވެ. ކިޔާން މަންމައަށް ޒިމްޔާ ހުރުމުން ނުރުހުން ވެވުނަސް މިގަޑި މީ އެއްޗެއް ބުނަން ރަގަޅު ގަޑިއެއް ނޫން ކަމުން މަޑުން ހުރިއެވެ. ކުއްލިއަކަށް ބަޔަކު ހަޅޭއްލަމަވުން އައިސް ހުއްޓުނީ ޒިމްޔާ ކުރިމަތީއެވެ. ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ވާފިރުމެންނެވެ.

“ހުރި ހަޔާތް ކުޑަކަން. ކަލޭ ހީކުރީތަ އަހަރެމެންނަށް ފިލައިގެން އުޅެވޭނެއޭ” ވާފިރު މިހެން ބުނެ އެންމެން ތެރޭ ޒިމްޔާ ކަންފަތް މަތީ ބާރަކަށް ޖެހިއެވެ. ބަލާކަށް ނުހުރެ ދަމަމުން ޒިމްޔާ ގެންދަން ފެށިއެވެ” ޒިމްޔާއަށް ބަލާލެވުނީ މީކާއީލްއާއި ދިމާއަށެވެ. ބުނާކަހަލައެވެ. މީކާއީލްއެވެ. އަހަރެން ސަލާމަތް ކޮއްދޭށެވެ. މީކާއީލްއަށް ކެއް ނުވެގެން ގޮސް ވާފިރު އުނަގަނޑުގަ ފައިން ޖަހާ ކޮއްފާލިއެވެ. މިތަން ޒަޔާން މެންނަށް ފެނި މީކާއީލް ގައިގަ ތަޅައިގަތެވެ. ރަށުގެ ބަޔަކު އައިސް ނުހުއްޓުވި ނަމަ އެންމެން އެންމެނަށް މަރުވީހެވެ. ހުއްޓުވުމުން ޒިމްޔާ ގޮވައިގެން އެމީހުން ދިޔައެވެ. މީކާއީލް ގެއައް ދާކަށްވެސް ބޭނުމެއް ނުވިއެވެ. އެމީހުން ޒިމްޔާއަށް ހަދާލާނެ ގޮތެއްވެސް އިނގެނީކީ ނޫނެވެ. ރަށަށް ޕޮލިހުން އަރާ އުޅޭތީ މީކާއީލްއަށް މޮޅު ހިޔާލެއް އައެވެ.

އާކިލް މެން ޒިމްޔާ ދަމަމުން ދަމަމުން ގެންގޮސް ގެއަށް ވައްދާ ހޫރާލިއެވެ. ޒިމްޔާ ގޮސް ޖެހުނީ ޒުބޭދާ ފައި ބުޑަށެވެ.

“މީދެން ކިހާ ބޮޑު މުސީބާތެއް. އަހަރެމެން ނެތޭ ކިޔާފަ ކަލޭ ޖެހޭތަ ފިލަން އޭ. ކަލެއަށް ދުވަހަކުވެސް ނުފިލޭނެ އިނގިއްޖެތަ؟” މިހެން ކިޔާ ޒިމްޔާގެ ގައިގަ ޒުބޭދާ ކޮޅުފައިން ޖެހިއެވެ. ވާފިރުވެސް ބަލާކަށް ނުހުރެ ޒިމްޔާ އަނގަމަތީ ހިފާ ސިޑިއާއި ދިމާއަށް ހޫރާލިއެވެ.

“މި އެއަޗަކާ ހުރެ މަށަށް ހާދަ އަނިޔާއެއް ލިބިއްޖެއޭ. ހުރޭ ދޫ ލަނޑެއް ނުދޭނަށް މިއަދަކު” މިހެން ކިޔާ ސިޑިން މައްޗައް އެރިއެވެ. ޒަޔާން ބަލާކަށް ނުހުރެ ކަތުރުން ޒިމްޔާގެ ދިގު އިސްތަށިގަނޑު ބުރި ކޮއްލިއެވެ.

“މަށަށް ރަގަޅީ ތި ބޯ ބޭލުވިއްޔާ” ޒިމްޔާއަށް ލޯ އަޅާލަމުން ޒައްޔާ ބުނެލިއެވެ. އޭރު މި މީހުންގެ ގްރޫޕް މީހުންވެސް ގޭތެރޭ އުޅެއެވެ. އެންމެންވެސް ތިބީ ކުޅި ބަލާށެވެ. އޭރު ވާފިރު ތިރިއަށް ފޭބީ ރާ ފުޅިއެއް ފިފައިގެންނެވެ. އެ ކަނޑާފަ ގަދަކަމުން ޒިމްޔާއަށް އެ ބޯދިނެވެ. އިރުކޮޅެއް ފަހުން ޒިމްޔާ ހުރިތަނަށް ދެމުނެވެ. އާކިލް ދަމާފަ ގެންގޮސް ޒިމްޔާ ކޮޓެރިއަށް ހޫރާލިއެވެ. އައިސް އެންމެން މަޖާ ކޮށް ރޯބޮއި ގޭތެރޭ ހީވީ ޕާޓީއެއް ކުރާހެންނެވެ. ޒުބޭދާވެސް އެ އެންމެނާ ބައިބެރިވެގެން ރާބޮއެ މަސްތުވެގެން އިނެވެ. އިރުކޮޅަކުން ވާފިރު ދިޔައީ ޒައްޔާގެ ރައްޓެއްސެއް ގޮވައިގެން ކޮޓެރިއަށެވެ. އެންމެން ތިބީ މަސްތުގެ ހާލުގައެވެ. އެކި މީހުން އެކި ކޮޓެރިއަށް ގޮސް ބާކީވެފަ ތިބީ އާކިލްގެ ދެ ރައްޓެހިންނެވެ. އެންމެން ކޮޓެރިތަކަށް ވަނުމުން މިދެމީހުން ދެމީހުންނަށް ވިހަ ހިނިތުންވުމެއްދީ ޒިމްޔާގެ ކޮޓެރިއާއި ދިމާއަށް މިސްރާބް ޖެހިއެވެ. ކޮޓެރިއަށް ވަދެ ދޮރުތަޅުލާފަ ބަލާލިއިރު ޒިމްޔާ އޮތީ ޓައިލްސްތައް މަތީ ދެމިފައެވެ. ވާފިރު އެވަރަށް ރާ ބޯންދިން ވިއްޔާއެވެ. ދެމީހުން ޒިމްޔާ ނަގާ އެނދައް ހޫރާލާ ޒިމްޔާގެ ހެދުން އިރާލާ ހުރިހާއެއްޗެއް ބޭލުވިއެވެ. ޒިމްޔާގެ ހަށިގަނޑު ފެނުމުން މި ދެމީހުންނަށް ހީވީ ފެން ނުލިބިފަ ތިބި ބައެއްހެންނެވެ. ޒިމްޔާ ހަށިގަނޑުގެ އެކި ތަންތާ ބޮސްދޭން ފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (38)

  1. Hayaa

    Woww.. intrestingg.. when next part?

    1. Maukko
      Hayaa

      Thankyou. Tmmrw night 🙂

  2. if

    Wow v reethi butt zim ah ehn nahadhaa meek zim salaamaii kuraanethr.. i cant wait….

    1. Maukko
      if

      Lets see dho 😉

  3. Lee

    Vara salhi

    1. Maukko
      Lee

      Thanks 😀

  4. Shaasha

    Waiting…… Varah salhi akam haadha kurey

    1. Maukko
      Shaasha

      Miadhu two part genes dheveythoa miulheny hehe

  5. Sidhu

    Wow obiness to the maxx….police kanneyge dhn annaani

    1. Maukko
      Sidhu

      Lets see. Hehe 😛

  6. Pinky shifoo

    Hiii… Hws u Maukko??? Story is soooooo nice…. V v inthizaaru kohfin mi vaahaka kiyaalan libeyne vaguthakah… I really loved it n v faahagakohlevey kameh bunelaanan… Maukko readers ge comment thakah reply kuraakan.. That’s soooooo sweet of you.. Aslu vx v v v happy vey Maukko readers ge comment thakah reply kuraathy.. U are really a great writer… Waiting waiting waiting for next part…

    1. Maukko
      Pinky shifoo

      Alhey Pinky Shifoo Thankyou so so much. You guys are hama love 😀 Keep waiting. Happy to have a reader like you??

  7. Rsh

    V Reethi Mi Part Ves

    1. Maukko
      Rsh

      Thankyou 🙂

  8. Mai

    Varah intresting and nice

    1. Maukko
      Mai

      Thaaanks?

  9. xim

    V v v reethi mi part ves…….waiting for next

    1. Maukko
      xim

      Thankyuh 😀

  10. Juma

    Hey kukoo o maukko? ?? Assu kon nameh sis ???? N story salhi vrh ….. busy nooniyyaa plx plx thankolheh avahah aneh bai up kohdheeba.????????❤??

    1. Maukko
      Juma

      Hihi. You can call now Maukko. My name is mau. Just wait for tmmrw Darla? Juma one of my best reader, Thankyou for your support and endless compliments?

  11. Pinky shifoo

    Story vvv nice…. Kurin vx commenteh kohlin bt nehh…

    1. Maukko
      Pinky shifoo

      Thankyou. Ebainey Pinky Shifoo ge comment ?

  12. shaan

    hama mieyavuren diege nukurevayynetha ????? kome mieehakuves balanee bunaaduvahae up kurevayytho. but this storyy is nice.

    1. Maukko
      shaan

      Im really sorry. Busy kamun kuru koh upload kohdhevuny. 🙁

  13. zoya

    Alhey efakeerah ehn nuhadhabala..meek save her
    Btw story v salhi..❤

    1. Maukko
      zoya

      Thsnkyou 😀

  14. zaul

    WOWW VV REETHI

    1. Maukko
      zaul

      Thanks Zaul 🙂

  15. shym

    V Nice story. ….waiting. ….

    1. Maukko
      shym

      Thankyou??

  16. sharee

    mivaahaka akee alhugadu ehme kiyaa hithun kiyaa vaahaka. varah habeys.thanx mihaa reethi vaahaka eh genesdheythee

    1. Maukko
      sharee

      Thankyou Sharee??

  17. Anonymous

    Reethi

    1. Maukko
      Anonymous

      Thankyouuuu 😀

  18. Liaa

    Alhey Maukko. Zimya salaamai kurahchey! 🙁
    Love this story <3
    Keep up the good work!:)

    1. Maukko
      Liaa

      Thankyou so much Liaa 🙂 😀

  19. Pinky shifoo

    Ohhh now eba in dhw comment… Heheheh… I will be always there to read your stories Maukko… Insha Allah

    1. Maukko
      Pinky shifoo

      Hehe. Okay love. Thanks 😀

Comments are closed.