Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 33

seym Level 310 Stories100 Login100 Comments
November 7, 2017 5 Mins Read
38 Comments

ހޮސްޕިޓަލްގެ ގޮނޑި ބަރީގައި އިން ޖަނާ އިރުއިރު ކޮޅާ ލޯ ފުހެލައެވެ. އެމްބިއުލާންސް އައިސް މަޑުކުރުމާއެކު ކަޔާން އެތެރެއަށް ވެއްދި ގޮތަށް އަދި އެއްވެސް ހަބަރެއް ނުވެއެވެ. އަތުގެ މަށައިގެން ވާ ތަންތަނުގައި ނަރުސްކުދިން ބޭސްއެޅީވެސް ޖަނާ އެކަމަށް ދެކޮޅުހަދަނިކޮށެވެ. ނަސީބަކުން އޭނާ އަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. ހޮސްޕިޓަލަށް ވަދެ ނުކުމެ ހަދާ މީހުންގެ ނަޒަރު ވެސް ޖަނާ އަށް ހުއްޓޭލެއް މަދެއް ނޫނެވެ. ކަރުނައިން ފުސްވެފައިވާ ލޯ އަނެއްކާ ވެސް ޖަނާ ފުހެލިއެވެ. ކަޔާން އަށް އެހެން އެ ދިމާވީ އޭނާ އާއި ހެދިހެއްޔެވެ. އެކްސިޓެންޓް ވުމުގެ ކުރިން ކަޔާން އާއި ދިމާއަށް ބުނެވުނު ބަސް ޖަނާ ގެ ސިކުނޑީގައި ހަރުލާފައިވެއެވެ. އެ ސަބަބާއި ހުރެ އަމިއްލަ ނަފްސް ކުއްވެރިކުރެވެނީ އެވެ. ކަޔާން އޮތް ގޮތް ސިފަވެގެން ދިއުމާއެކު ޖަނާ އަށް ދެފަރާތަށް ބޯ ތަޅުވާލެވުނެވެ. ކަޔާން އަށް ގޮތެއް ވެއްޖެނަމަ ދުވަހަކުވެސް އަމިއްލަ ނަފްސަށް މައާފު ނުކުރެވޭނެކަން ޖަނާގެ ހިތް ބުނެލިއެވެ. އުނގުމަތީގައި އޮތް ދަބަހުން ނެގި ފޯނަށް ޖަނާ ބަލާލިއެވެ. ކަޔާން ގެ އާއިލާ އާއި ސަލްމާ އަށް އެ ހަބަރު ދޭނެ ގޮތެއް ނުވިސްނުނަސް އެކަން ކޮންމެހެން ވެސް އަންގަންޖެހޭނެއެވެ.

 

ގެއަށް އައިސް އެއްޗެހި ބަދަލުކޮއްނުލެވެނީސް ފޯނު ރިންގްވާން ފެށިއެވެ. ފޯނަށް އަރާފައިވާ ޖަނާގެ ފެނުމުން އީރަމް ގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކަޔާން ގެ އާއިލާ އާއި މިރޭ ބައްދަލު ކުރަން ދާ ވާހަކަ ޖަނާ އޮތީ މާ ކުރިން އީރަމް ކައިރީ ބުނެފައެވެ. ” ސޯ… ކިހިނެއްވަނީ… މެރީ ކުރާ ޑޭޓް އެއް ފައިނަލް ކުރީތަ..” ޖަނާ އާއި ދިމާކުރުމުގެ ގޮތުން އީރަމް އެހެން އަހަމުން ހީލިއެވެ. އެނދުގައި އިށީނދެ ހަމަޖެހިލަމުން އެކޮޅުން އިވެމުންދާ އަޑަށް ސަމާލުކަން ހުއްޓާލިއެވެ. ޖަނާ ރޮނީކަން އެނގުމުން އީރަމް ހާސްވާގޮތް ވިއެވެ. ” ހެލޯ.. ޖަނާ.. އޭތް.. ރޮނީތަ.. ކިހިނެއްވީ..” އެއްފަހަރާ ހުރިހާ ސުވާލެއް ކޮއްލެވުނުއިރު އީރަމް ގެ ހިިތުގެ ވިންދު އަވަސްވެފައިވެއެވެ. ޖަނާ އަކީ ކުދި ކުދި ކަންތައްތަކާ އެހާ ފަސޭހައިން ރޮއެ ހަދާ ކުއްޖެއް ނޫންކަން އީރަމް އަށް އިނގެއެވެ. އެވަރަށް ރޯނީ ބޮޑު ކަމެއް ވެގެންކަން އީރަމް އަށް ނަގައިގަނެވުނެވެ. ” އީމް.. ކަ.. ކަޔާން.. ” ޖަނާ ހުއްޓަ ހުއްޓާފައި ކަޔާން ގެ ނަން ބުނި ގޮތުން އީރަމް އަށް އިންތަނުން ތެދުވެވިއްޖެއެވެ. ” ކަޔާން އަށް ކިހިނެއްވީ.. ކަޔާން ޖަނާ އަށް ކަމެއް ކުރީތަ… ކޮންތާކު ތިހިރީ…” އީރަމް ކޮޓަރީގެ ދެކޮޅަށް ހިނގާލިއެވެ. ” ތި ރުއިން ހުއްޓާލާފަ ވެގެން އުޅޭ ގޮތް ކިޔައިދީބަ.. ޕްލީސް..” އީރަމް އާދޭހާއެކު އެހެން ބުނުމުން ޖަނާ ގެ ރުއިން ހުއްޓުނެވެ. ” ގެއަށް ދަނިކޮށް އެކްސިޑެންޓް ވީ… ކަޔާން އައި.ސީ.ޔޫ ގަ..” ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޖަނާ އަށް އަނެއްކާ ވެސް ރޮވިއްޖެއެވެ. ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހްސާސެއް ވުމާއެކު އީރަމް އަށް ރީތިވާ މޭޒުކައިރީ ހުރި ގޮނޑީގައި ހިފަހައްޓާލެވުނެވެ. ލިބުނު ޝޮކުގައި ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ. ޖަނާ ގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެެކު އީރަމް އިތުރު މައުލޫމާތު އޮޅުންފިލުވިއެެވެ. ވިހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް ދާނެ ކަމަށް ވައުދުވަމުން އީރަމް ފޯނު ބޭއްވިއެވެ. ބާރު ހިނގުމެއްގައި ދަބަސް ހިފައިގެން ސިޓިން ރޫމަށް ނުކުތް އިރު ސޯފާގައި ސަލްމާ އިނެވެ. ” ޖަނާ ވެއްޖެ ހޮސްޕިޓަލްގަ.. އެކްސިޑެންޓެއް ވިއްޔޯ..” ކަޔާން އައި.ސީ.ޔޫ ގައި އޮތް ކަން އީރަމް ސިއްރު ކުރީ މިވަގުތު އެހަބަރު ދިނުން ރަނގަޅު ނުވާނެކަން އިނގޭތީއެވެ. އީރަމް ގެ އަޑާއެކު ކޮޅަށް ތެދުވި ސަލްމާ ގެ މޫނު މަތި މިލައިގެން ދިޔައެވެ. އަވަސް ހަރަކާތަކާއެކު ޒާހިރު އަށް ގުޅަމުން ސަލްމާ އެ ހަބަރު ދިނެއެވެ. އީރަމް އާއި ދެމީހުން ކާރެއްގައި ހޮސްޕިޓަލަށް ދަތުރު ފެށިއިރު އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެއެވެ. ލިބުނު ހަބަރުން ވާހަކަ ދައްކާނެހާ ހިތްވަރު ވެސް ނެތީކަންނޭނގެއެވެ.

 

ކަޔާން ގެ އާއިލާ އާއި އީރަމް މެންނަށް ހޮސްޕިޓަލަށް ވަދެވުނީ އެކު އެކީގައެވެ. ލަތީފްގެ މޫނުމަތިން ކަންބޮޑުވެފައިވާކަން ފެންނައިރު ކަޔާންގެ މަންމަ ޒުލޭހާ ގެ މޫނުމަތިން ރޮއެފާ ހުރިކަން އިނގެއެވެ. ގޮނޑި ބަރީގައި އިން ޖަނާ ފެނުމުން އީރަމް ގެ ލޯ ބޮޑުވެގެން ދިޔައެވެ. ލައިގެން އިން ހުދު ކުލައިގެ ޓޮޕް ގެ އެކި ތަންތަނުގައި ލޭ ހޭކިފައި ހުރި އިރު އެއްތާކަށް ނަޒަރު ހުއްޓާލައިގެން ޖަނާ އިނެވެ. ކުޑަކޮށް ދުވެލާފައި ގޮސް ޖަނާ ގެ ކައިރީ އީރަމް ހުއްޓިއްޖެއެވެ. ” ޖަނާ..” ޖެހިގެން ހުރި ހުސްގޮނޑީގައި އިށީނދެ ގޮވާލުމުން ޖަނާ ގެ ނަޒަރު އީރަމް ގެ މޫނަށް ހުއްޓުނެވެ. ރުއިމުގެ ސަބަބުން ލޯ ރަތްވެފައިވާ އިރު އަދިވެސް ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބައެވެ. ” އީމް.. ކަޔާން.. އައި.. އަހަރެން..” ޖަނާ ވާހަކަ ދައްކަން ފެށުމާއެކު އީރަމް އެއްއަތުން އެކަން މަނާ ކުރިއެވެ. ޖަނާ ގަޔާއި ކައިރި ކޮއްލަމުން އީރަމް ބައްދާލިއެވެ. އެފަދަ ގާތްކަމެއް ލިބުމުން ޖަނާ އަށް ބޮޑަށް ރޮވުނީއެވެ. ” ޝްޝް… ދެން ނުރޮއެ.. އިރާދަކުރެއްވިއްޔާ ކަޔާން އަށް ދެރަގޮތެއް ނުވާނެ..” އީރަމް ޖަނާ އަށް ހިތްވަރުލައިދިނެވެ. ކަޔާން ގެ އާއިލާ މީހުން ވެސް ޖަނާ އަށް ހިތްވަރުދިނެވެ. ސަލްމާ އައިސް ޖަނާ ގެ ބުރަކަށީގައި ފިރުމާލިއެވެ. އޭރު ކޮންމެ މީހެއްވެސް އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރު ނުކުންނާނެ އިރަކަށެވެ. ޒާހިރު އަށް އާދެވުމާއެކު ކަންތައް ވެގެން ދިޔަގޮތް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ.

 

މެންދަމު ދޭއް ޖެހީ އެންމެން އެގޮތުގައި އިންތިޒާރުގައި ތިއްބައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވަރުބަލިކަން ފެންނައިރު ޖަނާ އިރުއިރުކޮޅުން ރޯތަން ފެނެއެވެ. ” ހިނގާ ގެއަށް ދާން.. ގޮސް އެއްޗެހި ބަދަލުކޮއްފެންވަރާ ހަދާލައިން އަންނާނީ…” ސަލްމާ އެހެން ބުނުމާއެކު ޖަނާ ދެފަރާތަށް ބޯ ތަޅުވާލިއެވެ. ސަލްމާ ދުރަށް ޖެހިލީ ޖަނާ އޭނާގެ ބަސް ގަބޫލް ނުކުރާނެކަން އެނގުމުންނެވެ. ދޮރު ހުޅުވުނު އަޑާއެކު ޖަނާ އަށް އެ ދިމާއަށް ބަލާލެވުނެވެ. ޑޮކްޓަރު ނުކުތުމާއެކު އެންމެ ކުރިން އެދިމާއަށް ހިނގައިގަތީ ލަތީފުއެވެ. ނޭވާ ހިފަހައްޓާލަމުން ޖަނާ ވެސް އިންތަނުން ތެދުވިއެވެ. ” ޑޮކްޓަރ.. އަޅުގަނޑުގެ ދަރިފުޅު.. ކަޔާން..” އެތެރެއިން ކަޔާން ފެނިދާނެ ކަމުގެ އުއްމީދުގައި ދޮރުން އެތެރެއަށް ނަޒަރެއް ދެމުން ލަތީފު ބުނެލިއެވެ. ” މިވަގުތަށް ކަޔާން ގެ ހާލު އިރާދަކުރެއްވީތީ ރަނގަޅު.. ބޮލުގެ ބައެއް ފަޅައިގެންގޮސް އިނީމަ ލޭ މަނާ ނުވެގެން ގިނައިރުވީ.. އެކަމަކު ނަސީބު ރަނގަޅު ކަމުން މިކޮޅު ބްލަޑް ބޭންކްގައި ބޭނުންވާ ގްރޫޕް  ގެ ލޭ ވެސް ހުރި.. މިހާރު އެތަން  ފަހާ ވެސް ނިމިއްޖެ.. އަދި ހެޔެއް ނާރާ… އިތުރު މައްސަލައެއް ހުރިތޯ ނުނީ ނެތްކަން ވެސް އިނގޭނީ ދެން ހޭ އެރީމަ..” ލަތީފްގެ ކޮނޑުމަތީ އަތް ބާއްވާލަމުން ޑޮކްޓަރު ބުނެލިއެވެ. ފުން ނޭވާ އެއް ދޫކޮއްލަމުން ޖަނާ ހިތުގެ އަޑިން ހެއްދެވި ފަރާތަށް ޝުކުރު ދެންނެވިއެވެ. ” ސީ.. ހީ އިޒް އޯކޭ.. ދެން ހިނގާ ގެއަށް.. ހެނދުނު އަންނާނީ..” އީރަމް ޖަނާ ގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ދުރުގައި ހުރި ޒުލޭހާ އަށް އެ އަޑު އިވުމުން ޖަނާ ގެ ގާތަށް ޖެހިލިއެވެ. ” އެ ތެދެއް.. ތި އެއްޗެހި ވެސް ބަދަލުކުރަން ޖެހޭނެ.. ޖަނާ ގެ އަތުގައި ހަލާކުވެފަ ހުރި ތަންތަނަށް ތަދުވެސް ވާނެ.. އަވަހަށް ދޭ.. މަންމަމެން މިތިބީނުން.. ވާނުވާ ދަރިފުޅަށް އަންގާނަން..” ޒުލޭހާ ލޯތްބާއެކު އެހެން ބުނުމުން ޖަނާ ގެއަށް ދާން އެއްބަސް ވިއެވެ. ދަރިފުޅު ގެ ނަމުން މުހާތަބު ކުރުމުން ޖަނާ އަށް ތަފާތު އިހްސާސްއެއް ކުރެވިގެން ދިޔައެވެ. ކަޔާން އާއި އޭނާ އާއި ދެމެދު ވާގުޅުމުގެ ހަގީގަތް އިނގޭ ދުވަހަކުން ކަންތައް ވާނީ ކިހިނެއްބާއެވެ.

 

ޖަނާ ފެންވަރައިން ނުކުތުމާއެކު އީރަމް ޖަނާ ގެ ހެދުން ފާހަނައިން ނެރުނެވެ. ” އެއްލާލާ.. ނުދޮންނާތި..” ހުސް ފެނުން ދޮވެފައި ވާއިރު އެ ޓޮޕްގައި ފަނޑުކޮށް ލޭގެ އަސަރު ހުއްޓެވެ. އެ ޓޮޕް ގެ ސަބަބުން މިރޭ ވެގެން ދިޔަ ކަންތައް ހަނދާންކުރާކަށް ޖަނާ ބޭނުމެއްނޫނެވެ. ” އޯކޭ.. ޖަނާ ބޭނުން ގޮތެއް.. އެބަ އަންނަން އިނގޭ..” ކޮޓަރި ލައިޓް ނިއްވާލަމުން އީރަމް ނުކުތުމާއެކު ޖަނާ އެނދުގައި އޮތް ކުއިލްޓްގެ ދަށުގައި ފޮރުވިގަތެވެ. އީރަމް ވެސް އެއްޗެހި ބަދަލުކޮއްލައިން އައިސް ޖަނާ ކައިރީގައި އޮށޯވެލިއެވެ. ޖަނާ އެކަނި ކޮޓަރީގައި ބާއްވަން އީރަމް ބޭނުންނުވީއެވެ. ވެފައިވާ ވަރުބައްޔާއެކުނއިރުކޮޅެއްގެ ތެރޭ ފުން ނިންޖަކަށްް އީރަމް ގެނބިގެން ދިޔައިރު ޖަނާ އޮތީ ނުނިދިފައެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ކަޔާން ގެ މޫނު ސިފަވެގެން ދެއެވެ. އެންމެ ފަހުން ބުނެވުނު ޖުމްލައިން ހިތުގެ ހަމަޖެހުން ގެއްލިފައިވެއެވެ. ހަމަ ހަގީގަތުގައިވެސް ކަޔާން އާއި ނުލައި ޖަނާ އުފާވާނެބާއޭ އެހިތަށް އެވަގުތު އެރިއެވެ. ކަޔާން ހޭ އެރުމައްފަހު އެ މޫނު ފެންނަ ހިސާބަށް ދާން ވެސްް ޖަނާ ފަސްޖެހުނެވެ. ހިޔާލުތަށް ގިނަވާން ފެށުމާއެކު ޖަނާ ކޮޓަރިން ނުކުމެ ކާގެއަށް ވަނެވެ. ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިނަމަވެސް ހުރިހާ ކަމެއް ގުޅިފައިވަނީ ކަޔާން އާއިއެވެ. އާ ދުވަހަކަށް އިރު އެރީ ޖަނާ އެގޮތަށް ސޯފާގައި އިންދައެވެ.

ސުކޫލް ނިންމާފައި ގެއަށް އައި އީރަމް ފެނުމާއެކު ޖަނާ ކާގެއިން ނުކުތެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ލޯ ކައިރި ކަޅުވެފައިވެއެވެ. ” ކަޔާން ގެ ހަބަރެއްވިތަ ފަހުން..” އީރަމް ގެ ސުވާލުން ޖަނާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެެވެ. މިއަދު ސުކޫލުގައި ވެސް ކަޔާން ނެތް ކަމުގެ އިހްސާސް އީރަމް އަށް ކުރެވުނެވެ. އެހެންޏާ ހުސް ވަގުތެއް ލިބޭ އިރަށް ކަޔާން އީރަމް އާއި ބައްދަލުކޮށް ކޮންމެވެސް ވާހަަކައެއް ދައްކާނެއެވެ. ” އީމް އަކަށް ވެސް ހަބަރެއް ނުވޭދޯ..” ޖަނާ ކަރުއެލުވާލަމުން އީރަމް ގެ މޫނަށް ބަލާލިއެވެ. ” ހޫމް.. ޖަނާ އަށް ނުވަންޏާ އަމުދުން އަހަންނަކަށް ނުވާނެއެއްނު.. ޖަނާ ބޭނުމިއްޔާ ހޮސްޕިޓަލަށް ދެވިދާނެ.. އެކަމަކު ކަޔާންގެ މަންމަ ބުންޏެއްނު ހޭއެރީމަ ގުޅާނަމޭ..” އީރަމް ހަނދާންކޮއްލަދިނެއެވެ. މިވަގުތު ހޮސްޕިޓަލަށް ދިޔަސް ކަޔާން ނުފެންނާނެކަން ޖަނާ އަށް އިނގެއެވެ. ” ގުޅަންދެން މަޑުކުރާނީ..” ޖަނާ އެހެން ބުނެ ސޯފާގައި އިށީނދެލިއެވެ.

 

” ދެން.. އެނީގެ ލެޕްޓޮޕް ހަލާކުވެފައޭ.. އަޅޭ…” އާނާ ބޮޑާހާކާލިއެވެ. ” ދެން އެހެން ދުވަހަކުން ދޯ ބަލާނީ..” ދަބަހަށް ޕެންޑްރައިވް ލަމުން އީރަމް ހިނިތުންވެލިއެވެ. ފިލާވަޅާ ގުޅޭ ވީޑިއޯ ތަކެއް އީރަމް ގެނައި އެއިން އާނާ އަށް ފިލާވަޅު ދޭހަވުން ފަސޭހަވީމައެވެ. އެވަގުތު ކޮޓަރީ ދޮރުމަތިން ލާމިހް ހުރަސްކޮއްލިތަން އާނާ ގެ ލޮލުގައި އަޅައިގަތެވެ. ” ވެއިޓް.. އެނީ އެބައަންނަން ދޮންބެގެ ލެޕްޓޮޕް ހިފައިގެން.. ނުދައްޗޭ..” އީރަމް ގޮސްދާނެތީ އާނާ އެހެން ބުނުމުން އީރަމް އަށް ހެވުނެވެ. އިރުކޮޅެއްގެ ތެރޭގައި އާނާ އެނބުރި އައި ލާމިހް ގެ ލެޕްޓޮޕް ހިފައިންނެވެ. ޝައުގުވެރިކަމާއެކު ވީޑިއޯ ތަށް ބަލަން އިން އާނާ ފޫހީވާގޮތް ވުމުން އީރަމް ގަޑި ނިންމާލިއެވެ. އާނާ ދުވެފައި ނުކުތީ ލޫނާ ހޯދާށެވެ. ލެޕްޓޮޕް ނިއްވާލަން އުޅުނު އީރަމް ގެ ހަރަކާތްތަށް މަޑުޖެހިލިއެވެ. ޑެސްކްޓޮޕް ގައި “އީމް” ޖަހާފައި އިން ފޯލްޑާ އަށް އީރަމް ގެ ސަމާލުކަން ހުއްޓުނެވެ. ލާމިހް ގެ ލެޕްޓޮޕްގައި އޭނާ ގެ ނަން ޖަހާފައި އިން ހާއްސަ ފޯލްޑާއެއް އިންނަންވީ ކީއްވެހެއްޔެވެ. އިތުރަށް މަޑުކުރަން ނަހަދާ އީރަމް އެ ހުޅުވާލިއެވެ. ފެނުނު ފޮޓޯ އިން އަނގަމަތީ އަތް އަޅާލެވުނެވެ. އެއީ އޭނާގެ ކުރީގެ ފޮޓޯއެކެެވެ. ލައިގެން އިން ކުރުތާ އާއި ޖީންސް އަށް ބާލާލުމުން އެއީ ކޮންރެއެއްކަން ހަނދާންވިއެވެ.  އެއީ ނާއިލް އާއި ކައިވެނި ކޮއްގެން އުޅުނު އިރުގެ ފޮޓޯއެކެވެ. ހަތަރު އަހަރު ކުރީގެ ފޮޓޯއެއް ލާމިހް ގެ ލެޕްޓޮޕުން ފެނުމުން އީރަމް ހައިރާންވިއެވެ. ހަމަ ޔަގީނުން ވެސް އެއީ ލާމިހް އާއި ބައްދަލުވުމުގެ ކުރިންނެވެ. ކޮޅަށް ތެދުވަމުން އީރަމް ލެޕްޓޮޕް ހިފައިން ހިނގައިގަތީ ލާމިހް ގެ ކޮޓަރިއަށެވެ. އޭނާ ކުރާ ހުރިހާ ސުވާލަކަށް މިރޭ ލާމިހް ޖަވާބުދޭންޖެހޭނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (12)

Next

ބޭނުންވަނީ އުމުރަށް 12

Next
November 8, 2017

ބޭނުންވަނީ އުމުރަށް 12

Previews
November 7, 2017

ވޭންތަކުން ދިން ހިތި މާޒީ (12)

38 Comments!

  1. seym says:
    November 7, 2017 at 10:27 pm

    Salaam Loves.
    Its a little bit short but hope you all will like it. Enjoy. 🙂
    Goodnight and lots of love to ya all. <3

  2. Xxxx says:
    November 7, 2017 at 10:30 pm

    Wooooowww.. Haadha reehchey vaahaka.. waiting ingey????????????

    1. seym says:
      November 7, 2017 at 10:46 pm

      Thanks dear ??

  3. Sheii says:
    November 7, 2017 at 10:41 pm

    Yeppi. Emme reethi vaahaka mee. Up soon. Waitingg

    1. seym says:
      November 7, 2017 at 10:47 pm

      Thankyou sheii ??

  4. Maai says:
    November 7, 2017 at 10:42 pm

    Pis pis alhe haadhakurey ehaa lahun genesdheyiruves

    1. seym says:
      November 7, 2017 at 10:48 pm

      Alhey.. Mireyah upkohlan hama liyevunu varu mee.. And 1 day later up kohdhinyma vx las tha? ?

  5. Ainth says:
    November 7, 2017 at 10:46 pm

    Seym… Mibaives v v rythi.. Haadha dheragothekey dhw midhimaa v janaa mennah.. Eeram khonkahala suvaalu thakehbaa anehkaa kuraany.. Anehbayah v inthixaaru kurevey

    1. seym says:
      November 7, 2017 at 10:50 pm

      Thankyouu ???
      Let’s see dhoo ??

  6. Lulua says:
    November 7, 2017 at 10:56 pm

    Alhey!… Kiyaa hiyyvefa inleh bodukamun maa avahah vaahaka nimijje hen vs hyvey.. anyways, vrh vrh reethi. Kon irakun next part.

    1. seym says:
      November 8, 2017 at 3:14 pm

      Thankyou ?
      Mi part kuruvyma ei ? Vrh avahah up kohladheynan. Insha Allah tomorrow ??

  7. Riii says:
    November 7, 2017 at 11:07 pm

    Varah salhi.

    1. seym says:
      November 8, 2017 at 3:14 pm

      Thanks dearr ?

  8. ava says:
    November 7, 2017 at 11:09 pm

    omg I just read all the parts of this story and it’s so amazing. Thank you for bringing us such a beautiful story, Seym. ??

    1. seym says:
      November 8, 2017 at 3:15 pm

      Thanks soo much ava. ???

  9. Ish says:
    November 7, 2017 at 11:30 pm

    Aslu vaahaka varah rythi. Talent ves eba huri. Dheraee writer now v faruvaa kuda vyma. Up kurun ehaaa las. Adhi ehaa lahun up kuraa iru kury kuru namakah noon. V kada. Dhera vey mihen bunan ves. Ekam aslu thihen hedhyma vaahaka kithamme rycchas kiyuntherin foohi vaane. Mi buni vaahaka ah hiyhama nujehenya sorry

    1. seym says:
      November 8, 2017 at 3:21 pm

      Noo.. I totally understand it and thankyou ???
      But eh kameh faahaga kohlaahiyy veyy.. Readers r hamayah vaahaka eh genesdhinun ei v bodu baehfaharu v v undhagu kameh.. Like miveni dhuvahakah genesdheynamey bunefa vrh moody vaa or sad vefa hunna day ehga liyaa hiyy nuvefa huttas eba liyan jehey.. And vaahaka ekkoh nunimeythi liyevey varakun up kuramun migendhany.. Ehnve baeh parts v v kuru vedhaane.. Bx vaa iru time libey varakun liyevey bai up kohlany readers kiyan beynun vaathy ? But v v try kuraanan thikanthah ragalhu kureveytho.. And uploading with a 2 days gap in each part is really late? Dhe dhuvahun eh dhuvahu up kuran v dho hehe ?

  10. Shiraa says:
    November 7, 2017 at 11:43 pm

    Dhen maa bodahves kuru dhen faharakun vaane v dhigukoh v avahah up koh dhen plx…..?

    1. seym says:
      November 8, 2017 at 3:22 pm

      Will try shiraa ??

  11. Limsha says:
    November 8, 2017 at 2:40 am

    V v v v v rythi… Next part avas kohlachey plx

    1. seym says:
      November 8, 2017 at 3:23 pm

      Thanks Limsha ?

  12. ??? says:
    November 8, 2017 at 3:36 am

    Vvvvv rythi mihaaru v majaa mibaithah ☺☺????

    1. seym says:
      November 8, 2017 at 3:23 pm

      Thanks dear ?

  13. SJK...KOREAN says:
    November 8, 2017 at 4:24 am

    woww. mi part vx haadha salhi eyy.
    kon suvaalu thakehbaa laamy aa kuran eeem eulheny. curious to see. waiting

    1. seym says:
      November 8, 2017 at 3:25 pm

      Thanks SJK for ur regular sweet comments ??

    2. SJK...KOREAN says:
      November 8, 2017 at 4:32 pm

      you are most welcome 🙂 🙂

  14. Zuam says:
    November 8, 2017 at 7:45 am

    Masha Allah … varah reethi…… waiting…….❤❤❤❤❤❤

    1. seym says:
      November 8, 2017 at 3:25 pm

      Thanks dear ?

  15. ino says:
    November 8, 2017 at 7:54 am

    mibaivess varah reethi

    1. seym says:
      November 8, 2017 at 3:26 pm

      Thanks ino ??

  16. xim says:
    November 8, 2017 at 9:31 am

    V vvvv reethi waiting…….

    1. seym says:
      November 8, 2017 at 3:26 pm

      Thanks dear ?

  17. critisism says:
    November 8, 2017 at 3:19 pm

    cheee. mie dhn koacheh liyefa

    1. seym says:
      November 8, 2017 at 3:28 pm

      Umm i guess a story.. ?

  18. Xuhu says:
    November 8, 2017 at 6:11 pm

    V v salhi ingey hama kiyahithun mi kiyanee

    1. seym says:
      November 8, 2017 at 6:40 pm

      Thanks xuhu ?

  19. Ainth says:
    November 8, 2017 at 7:40 pm

    Comments liyaa kudhin alhe liyuntheriyaa aa dhimaalah thigothah dheravaa kahala ehchehi nubuney.. Hiyhama nujehenyaaves rythi gothuga buneveyne dhw.. Aslu vaahakaeh liumaky haadha bodu n haadha bura masahkathekey.. I ah ekan ihusaas kurevey.. Liyun theriyaa maayoos nuvaa gothah hurihai kudhinves comments kohlabala..

  20. Shiu says:
    November 8, 2017 at 8:20 pm

    Aslu laheh noon dhw ekm hama kiyaa hihvaale bodu veema ehn kiyenee. Lahey. Haadha kirey. Vaahakaeh kiyaahaa easy eh nuvaanenu liyan dhw but keehkuraani. Kiyaa meehaa beynun vaani ehkoh kiyaa ninmaalan???aee vaagothakee❤️❤️❤️❤️ Alhugandu mivaahaka kiyan feshi 30th vana part in dhn reethi v ma ehkoh fashaigen ninmaali now up vaaleh las vefa meedhi?

Comments are closed.


All Right Reserved!