Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ގެއްލިދިޔަ ހަޔާތް….. 23

cheesemoosa Level 210 Stories100 Comments
December 24, 2017 5 Mins Read
51 Comments

އިރުއެރުމާއެކު ރޭޝަމް އަވަސްވެގަތީ ސައި ތައްޔާރުކުރުމަށެވެ. އޭރު އިމްލީވެސް ބަދިގެތެރޭގައި އަވަދިނެތި އުޅެއެވެ. ސައި ތައްޔާރުކޮށް ނިމުމާއެކު ޒާހިދަށް ގޮވަން ރޭޝަމް ދިޔައެވެ. އޭރުވެސް ޒާހިދު އޮތީ ގަދަ ނިދީގައެވެ. ރޭޝަމް ގޮވާ ގޮވާ ޒާހިދު ތެދުވާކަށް ނޫޅުނެވެ.

” ތިހެނެއް ނުނިދޭނެ ކުރިން ނިދާހެންނެއް ދެން އަބަދަކު…..“ އެނދުން ތެދުވަމުން ކައިރީގައި ހުރި މޭޒުމަތީގައި ހުރި ފެންފުޅިން އަތަށް ފެންފޮދެއް އަޅާލުމަށްފަހު ޒާހިދުގެ މޫނުގައި ރޭޝަމް އަތް ކާއްތާލިއެވެ. އެއާއެކު ފުންމައިގެން ގޮސްފައި ޒާހިދު ތެދުވިއެވެ.

” ދެން މަށަށް ހުރި ހާލަކީ މީ ދޯ… މީހަކާ އިނީމަ ވާގޮތް މީ….“ ދެލޯ އުނގުޅަމުން ޒާހިދު އެނދުން ތެދުވިއެވެ.

“ ހްމް.. މީހަކާ އިނީމަ ހަރުދަނާ މީހަކަށް ވާންޖެހޭނެ…. މިއަދުން ފެށިގެން އެންމެ ފުރަތަމަ ކަމަކަށް ވަޒީފާއެއް ލިބޭތޯ އުޅެންވީ…“ ރޭޝަމް ޒާހިދުގެ އަތަށް ތުވާލި ދެމުން ބުނެލިއެވެ.

“ މީހުންގެ ތައްޕާހުން އުޅެން ދާށޭ ދޯ ތިބުނީ؟“ ޒާހިދު ރޭޝަމްއާ ދިމާލަށް ބަލާލިއެވެ.

“ ކީއްވެ ތިހެން ތިބުނީ؟“ ރޭޝަމް ހާސްވެފައި އަހާލިއެވެ.

“ ދޫނީއަކަށް ނުވިސްނޭނެ…. ބައެއްގެ ދަށުގަ، އެމީހުންގެ މުވައްޒަފުންގެ ގޮތުގަ މަސައްކަތް ކުރުމަކީ ބައެއް ފަހަރު ހާދަ ހިތްދަތިވާ ކަމެކޭ… ހިތްހަމަނުޖެހޭ ކިތަންމެ ކަމަކާ ކުރިމަތިވާނެ… އެމީހުން ގުދަށް އޮންނާށޭ ބުނެފިއްޔާ ޖެހޭނީ ގުދަށްވެސް އޮންނަން…އާނ.. އެހެންޏާ، ވަޒީފާ ބޭނުމިއްޔާ ޖެހޭނީ ބުނާ ގޮތް ހަދަންވިއްޔާ…“ ޒާހިދު ފޫހި ރާގަކަށް ބުނެލިއެވެ.

” މީހުންގެ އެހީތެރިކަމާ ނުލާ ހުރިހާ ކަމެއް ނުވެސް ވާނެއެއްނު ދޯ… ދެން ދޭބަލަ އަވަހަށް ފެންވަރައިގެން އަންނަން…“ ރޭޝަމް އެނދު ތަންމަތި އަޅަންފެށިއެވެ.

” އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަހަރެންގެ އަމިއްލަ މަސައްކަތެއް އަހަރެން ފަށާނަން… އިޓްސް އަ ޑްރީމް…“ ޒާހިދު އެނދު ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

” ޑްރީމްސް އިހަށް ބާއްވާފަ ދޭބަލަ ދެން ފެންވަރަން…..“ ރޭޝަމް ޒާހިދާ ދިމާލަށް ބާލީހެއް ހޫރާލިއެވެ. ޒާހިދުވެސް ރޭޝަމްއާ ދިމާލަށް އެބާލީސް ހޫރާލަމުން ގޮސް ފާހާނާއަށް ވަނެވެ.

ޒާހިދު ފާހާނާއިން ނިކުތްއިރު ރޭޝަމް އިނީ އެނދުމަތީގައި، ކައިވެނީގެ ރޭ ލިބުނު ޕާރުސަލްތައް ކަނޑާށެވެ. އެވަގުތު އެނދުމަތީގައި އޮތް ކަޅު ކުލައިގެ ޕާރުސަލް ޒާހިދުގެ ލޮލުގައި އަޅައިގަތެވެ. ތެޅި ތެޅި އޮތް ހިތަކާއެކު ޒާހިދު ގޮސް އެޕާރުސަލް ނެގިއެވެ.

” ކިހިނެއްވީ؟ ހާދަ ހާސްވެފަ…“ ރޭޝަމް ސުވާލުގެ ނަޒަރަކުން ޒާހިދަށް ބަލާލިއެވެ.

” ނޫން… ހާހެއް ނުވޭ…“ ޒާހިދު ވާހަކަ އޮޅުވާލިއެވެ.

” ދީބަ ތި ޕާރުސަލް.. ތީތި އެކަނި މިހާރު ނުކެނޑި އޮތީ…“ ޒާހިދާ ދިމާލަށް އަތް ދިއްކޮށްލަމުން ރޭޝަމް ބުނެލިއެވެ.

” އުހުނ… މީތި ކަނޑާނީ ފަހުން… އަހަރެން ކަނޑާނީ…“ ޒާހިދު ބޯހޫރާލަމުން ބުނެލިއެވެ.

” އެކީއްވެ؟ އަނެއްކާ މާ ހާއްސަ މީހަކު ދިން އެއްޗަކީތަ؟“ ރޭޝަމް ޒާހިދާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.

” ހްމް… ވަރަށް ގާތް ރައްޓިއްސަކު ދިން އެއްޗެއް…. އޭނަ ބުނީ އޭނަ ބުނާ ދުވަހަކު މީތި ކަނޑާށޭ.. އެހެން ވެ…“ ޒާހިދު ވަގުތުން ދޮގެއް ހަދާލިއެވެ.

” އެހެންތަ؟ ދެން އަޅެ ވަރަށް ބޭނުން ތީގަ އޮތް އެއްޗެއް ބަލާލަން.. އެކަމަކުވެސް ދެން ޒާހިދު ބުނިގޮތެއް ހަމަ… ތީތި ބަހައްޓާ އެހެންވެއްޖެއްޔާ އަލަމާރި މަތީގަ…“ އެނދުން ތެދުވަމުން ރޭޝަމް ކޮޓަރިން ބޭރަށް ނިކުތެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އަތުގައި އޮތް ޕާރުސަލަށް ޒާހިދު ބަލާލިއެވެ. އަދި އަވަސް އަވަހަށް އެޕާރުސަލް އަލަމާރި މައްޗަށް ލުމަށްފަހު އޭތި ނުފެންނަ ގޮތަށް އޭގެ ކައިރީގައި ފޮތްތަކެއް ބެހެއްޓިއެވެ. ޒާހިދު ބޭނުންވަނީ ރޭޝަމް އެޕާރުސަލް މަތިން ހަނދާން ނެތޭ ގޮތް ހަދާށެވެ. އަދި އެއަށްފަހު އޭގައިވާ އެއްޗެއް ޚުދު ޒާހިދު އަމިއްލައަށް ބަލާށެވެ.

ހަފްތާއެއް ފަހެވެ. ރޭޝަމް އިނީ މާލްއާ އެއްކޮށް ޓީވީ ބަލާށެވެ. އެވަގުތު ވަރަށް ބާރަށް ގޭތެރެއަށް ވަދެގެން ޒާހިދު އައެވެ. ދިޔަގޮތަށް ދިޔައީ ކޮޓަރިއަށެވެ. އެމަންޒަރު ފެނުމާއެކު އަވަސް އަވަހަށް ރޭޝަމް ކޮޓަރިއަށް ދިޔައެވެ. ރޭޝަމް ކޮޓަރިއަށް ވަންއިރު ޒާހިދު ލައިގެން ހުރި ގަމީހާއި، އަތުގަ އޮތް ފައިލް ޓައިލްސް މައްޗަށް ޒާހިދު އެއްލާލިއެވެ.

” ކިހިނެއްވީ؟ ޖޮބް ލިބުނުތަ؟“ ރޭޝަމް ގޮސް ޒާހިދުގެ ކޮނޑުމަތީގައި އަތް އަޅާލިއެވެ. އެވަގުތު ޒާހިދު ރޭޝަމްގެ އަތް ފޮޅުވާލިއެވެ. އަދި އެނދުގައި އިށީނދެ ދެއަތުން ބޮލުގައި އަތް އަޅާލިއެވެ.

” ބުނެބަލަ ވެގެން އުޅޭގޮތެއް ޕްލީޒް… “ރޭޝަމް ޒާހިދު ކައިރީގައި އިށީނދެ އަނެއްކާވެސް އަހާލިއެވެ. އެހެނަސް ޒާހިދުގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެކަމާ ރޭޝަމް ހުރީ ހާސްވެ ކަންބޮޑުވެފައެވެ.

” އަޅެ ދެން ވީގޮތެއް ކިޔައިދިނީމަ ދޯ އިނގޭނީ…. މީހަކު އެއްޗެކޭ ކީތަ؟“ ޒާހިދު ވާހަކަނުދެއްކުމުން ރޭޝަމްއަށް ސުވާލު ތަކުރާރު ނުކޮށެއް ނުހުރެވުނެވެ.

” ކިހާ ދެރަ ކަމެއްތަ ދެން މީ!! އަހަރެން އަނގައިން ނުބުނީމަ ދެން ނޭނގެނީތަ ވާހަކަނުދައްކާ ހުންނަން؟“ ޒާހިދު އެނދުން ތެދުވަމުން ބާރަށް ބުނެލިއެވެ.

” އަހަރެންނަށް މައާފްކުރޭ… ޒާހިދު ކަމަކާ ހިތްހަމަނުޖެހިފަ ހުރީމަ އަހަރެން ބޭނުންވީ ވެގެންއުޅޭ ގޮތެއް އޮޅުންފިލުވަން…“ ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ. ކައިވެންޏަށް ފަހު އެގޮތަށް ހަރުކަށިކަމާއެކު ޒާހިދު ވާހަކަދެއްކި ފުރަތަމަ ފަހަރުކަމުން ރޭޝަމްގެ ހިތުގައި ކިތަންމެހާވެސް ޖެހުނެވެ. ރޯން ބޭނުން ނުވިޔަސް ދެލޮލުން ކަރުނަ އޮހެރެންފެށިއެވެ.

” އެއީ އެއް ނޫން ވާގޮތަކީ… އަބަދު އަބަދު އަހަރެން ވަޒީފާއަކަށް ނުގޮސްގެން ހީވަނީ އެހެންފަދަ ކަމެއްހެން…. މިއަދު ރޭޝަމް ބޭނުންވި ގޮތަށް ވެއްޖެއޭ… އަހަރެންނަށް ވަޒީފާއެއް ލިބިއްޖެ…. ދެން އިތުރު ސުވާލެއް މަށާ ކޮށްގެން ނުވާނެ…“ ރޭޝަމްއަށް ފުރަގަސްދީގެން ހުރެ ވާހަކަދައްކަމުން ޒާހިދު ގޮސް ފާހާނާއަށް ވަނެވެ. ކަންތައް ހިނގައިދިޔަ ގޮތް ގަބޫލުކުރަން ދަތިވެފައި ރޭޝަމްއަށް ހުރެވުނެވެ. ޒާހިދު އެހާ ރުޅި އަންނަވަރުގެ އެއްޗެއް ނޭހޭކަން ރޭޝަމްއަށް އިނގެއެވެ. ދެން ފަހެ ޒާހިދު އެހާ ރުޅި އިސްކުރަންޖެހުނީ ކޮންކަމަކާ ހެދި ހެއްޔެވެ؟

ފާހާނާއަށް ވަދެ މާގަނޑު ދޫކޮށްލަމުން ޒާހިދު ލޯ މަރާލިއެވެ. އެވަގުތު ޒާހިދުގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެރެންފެށިއެވެ. ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަން ޒާހިދަށް އިހުސާސްކުރެވޭ ކަހަލައެވެ. ރުޅި އިސްކުރެވުނީތީ މޮޔަ ހީވާކަހަލައެވެ. އެހެނަސް އެގޮތަށް ކަންތައް ވުމުގެ ފަހަތުގައިވާ ސަބަބު ރޭޝަމްއަށް ކިޔައިދޭކަށް ޒާހިދުގެ ހިތެއް ނޭދެއެވެ. ރެއާ ދުވާލު އެތައް މަސައްކަތެއް ކޮށްގެން ލިބުނު ވަޒީފާ ދޫކޮށްލާކަށް ޒާހިދު ބޭނުމެއް ނުވެއެވެ. ރޭޝަމްއަށް ކިޔަވައިދީ، ރޭޝަމްއަށް އުފާވެރި ހަޔާތެއް ހޯދައިދިނުމަކީ ޒާހިދުގެ ހުވަފެނެކެވެ. އެކަކު އަނެކަކުދެކެ ކިތަންމެ ލޯބިވިޔަސް، އެލޯތްބަކުން ދިރިއުޅުމުގެ ހުރިހާ ކަމެއް ފޫނުބެއްދޭނެކަން ޒާހިދު ދަނެއެވެ. ފައިސާއަކީ ކިހާ މުހިއްމު އެއްޗެއްކަން ކޮންމެ މީހަކަށްވެސް އިނގޭނީ އަމިއްލަ ދިރިއުޅުމެއް ފެށީމައެވެ.

ޒާހިދު ފެންވަރައިގެން ނިކުތްއިރު ރޭޝަމް ކޮޓަރިން ނިކުންނަނީއެވެ. “ރޭޝަމް..“ ޒާހިދު މަޑުމަޑުން ގޮވާލިއެވެ. ފަސްއެނބުރި ބަލާނެހާ ހިތްވަރު ނެތުމުން އެހުރި ފިޔަވަޅު މަތީގައި ރޭޝަމް ހުއްޓުނެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް ފަހަތުން ރޭޝަމްގެ ގައިގައި ޒާހިދު ބައްދާލިއެވެ. އަދި ރޭޝަމް ޒާހިދާ ދިމާލަށް އަނބުރާލިއެވެ. އަމިއްލަ ކުށް އިހުސާސްކުރެވޭ ހާލު ޒާހިދު ރޭޝަމްގެ މޫނަށް ބަލާލިއެވެ. ރޭޝަމްގެ ދެލޯ ވަނީ އެއްކޮށް ރަތްވެފައެވެ. މުޅި މޫނު ވަނީ ދުޅަވެފައެވެ.

” ދެން ތިވަރަށް ރޯކަށް ނުވާނެއެއްނު…. ބަލާބަލަ މޫނު…“ ޒާހިދު ރޭޝަމްގެ މޫނުގައި ފިރުމާލިއެވެ.

” އަހަރެންނާ އެގޮތަށް ވާހަކަނުދައްކައްޗޭ… އަހަރެންނަކަށް ކެތެއް ނުވާނެ… އަހަރެން ދެރަކުރަން ނޫޅޭ…“ ރޭޝަމްއަށް ގިސްލެވެންފެށުނެވެ.

” އެމް ސޮރީ ދޫނީ… އަސްލު ގެއަށް އަންނަނިކޮށް ދިމާވި މީހަކު ޒުވާބުކުރީމަ އެކަމާ ބޯގޮވާފަ ހުރީމަ އެގޮތަށް ވާހަކަދެއްކުނީ… ދޫނީއަށްވެސް އިނގޭނު އަހަރެން ދޫނީ ދެކެ ލޯބިވާވަރު….“ ޒާހިދު ރޭޝަމް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.

ރޭގަ ނޑުގެ ވަގުތެވެ. ރޭޝަމް އޮތީ ގަދަ ނިދީގައެވެ. އެހަނަސް ޒާހިދުގެ ލޮލަކަށް ނިންޖެއް ނައެވެ. އިރުއިރުކޮޅާ ޒާހިދަށް ބެލެމުން ދިޔައީ އަލަމާރި މައްޗަށެވެ.

” އަހަރެންނަށް އިނގޭ ހުރިހާ ހަގީގަތެއް….. ޒާހިދަށް ޖެހޭނީ އަހަރެން ބޭނުން ކަންތައް ކޮށްދޭން.. އެހެން ނޫނީ ރޭޝަމްއަށް ހަގީގަތް އިނގޭކަށް މާކަ ގިނަ ދުވަހެއް ނުނަގާނެ…“ އޮފީހުން ދިމާވި އަންހެންކުއްޖާ ބުނި ވާހަކަތައް ޒާހިދުގެ ކަންފަތް ބުޑުގައި ގުގުމަމުންދިޔަކަހަލައެވެ.

” ނޫން.. ނޫން… އަސްމާއަކަށް އަހަރެންގެ ދިރިއުޅުމުގެ ތެރެއަކަށް ނުވަދެވޭނެ…“ ޒާހިދު އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ. އާނއެކެވެ. ޒާހިދަށް ވަޒީފާ ލިބުނު އޮފީހުގެ ބޮޑުމީހާގެ ސެކްރެޓަރީއަކީ އަސްމާއެވެ. ޒާހިދު ބޯގޮވާފަ ހުރީވެސް އެކަމާއެވެ. އެހެނަސް އޭގެއިން އެއްވެސް ވާހަކައެއް ރޭޝަމްއާ ހިއްސާކުރާނީ ކޮން ދުލަކުން ހެއްޔެވެ؟ ކައިވެންޏަށްފަހު ޒާހިދު އުއްމީދުކުރީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށެވެ. އެހެނަސް އެއް ކަންތަކަށް ފަހު އަނެއް ކަމެއް ލައިގަތީއެވެ. އަސްމާއަށް ހަގީގަތް އެނގުނު ގޮތެއް ހޯދަން ޒާހިދު ބޭނުންވެއެވެ. އަސްމާއަށް އެކަންތައް އިނގެންޏާ އިތުރު ކިތަންމެ ބަޔަކަށްވެސް އިނގޭނެކަން ޒާހިދަށް ޔަގީނެވެ.

އޮފީހަށް ނިކުންނަ ފުރަތަމަ ދުވަސް ދޯ… ވަރަށް ސްމާރޓް އިނގޭ ޓައި އަޅާލާފަ ހުންނައިރު..“ ލޯގަނޑު ކުރިމަތީގައި ރީތި ވާން އިން ޒާހިދުގެ ކުރިމައްޗަށް ރޭޝަމް އެރިއެވެ.

” އަހަރެން އެއް އިރެއްގަވެސް ހަޑިތަ؟“ ޒާހިދު އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ބުނެލިއެވެ.

“ ފޮނިވީދޯ؟ މިއަދު އޮފީސް ހުރިހާ ކުދިންވެސް ބަލާނީ ޒާހިދަށް…“ ރޭޝަމް ޒާހިދާ ދިމާކޮށްލުމުގެ ރާގުގައި ބުނެލިއެވެ. އެއާއެކު ޒާހިދުގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ކުލަވަރު ފިލައިގެން ދިޔައެވެ. އޮފީހަށް ޒާހިދު ދާން އުޅެނީ ދާހިތަކުންނެއް ނޫނެވެ. މަޖުބޫރުވީމައެވެ. މިއަދު ޒާހިދު ބަލަންޖެހޭ އަންބަކު އެބަހުއްޓެވެ.

އޮފީހަށް ވަދެވުމާއެކު ޒާހިދަށް ހާއްސަކުރެވިފައިވާ މޭޒުދޮށުގައި ގޮސް ޒާހިދު އިށީނެވެ. އިންޓަރވިއު އަށް ދިޔަ ދުވަހު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކިޔައިދީފައި ހުރުމުން ޒާހިދަށް އިތުރު އުނދަގުލަކާ ކުރިމައްޗެއް ނުވިއެވެ. ކުރާ ކޮންމެ މަސައްކަތެއްވެސް ޒާހިދު ކުރަން ބޭނުންވަނީ ޒިންމާދާރުކަމާ އެކީގައެވެ.

” ހާދަ ހޮޓް ބިޓެކޭ ދޯ…“ އަސްމާގެ އަޑަށް ސިހިފައި ޒާހިދު ފަހަތް ބަލާލިއެވެ. އަސްމާ ހުރީ ޒާހިދާ ދިމާލަށް ބަލަހައްޓައިގެންނެވެ.

” ދިރިއުޅުމަކީ ވެސް އަޖައިބެއް ކަހަލަ އެއްޗެއްތާދޯ… ޒާހިދު އަހަރެންނާ ދުރަށް ދާން މަސައްކަތްކުރާ ވަރަކަށް ތަޤުދީރު އަހަރުމެން ދެމީހުން ކައިރިކުރަން މަސައްކަތްކުރާހެން ހީވަނީ..“ އަސްމާ ޒާހިދުގެ މޭޒާ އަރާ ހަމަކޮށްލަމުން ބުނެލިއެވެ.

” ބުނަން ވާހަކައެއް.. ކަލޭ ބޭނުންވާ އެއްވެސް ކަމެއް އަހަރެންނެއް ނުކޮށްދޭނަން… އަހަރެން ނުގަނޭ ކަލޭދެކެ ބިރެއް“ ޒާހިދު އަތުގައި އޮތް ފައިލްގެ ގަނޑުތައް އުކަމުން ދިޔައެވެ.

“ ހެހެ… އަހަރެންނަށް އިނގެޔޭ ޒާހިދު އަހަރެންދެކެ ޖެހިލުމެއް ނުވާކަން.. އެކަމަކު ހަގީގަތް ފަޅާއަރާފާނެތި އެކަމާ ޒާހިދު ޖެހިލުންވެއެއްނު… އަހަރެން ބޭނުމިއްޔާ މިހާރުވެސް ރޭޝަމްއަށް ހުރިހާ ހަގީގަތެއް…“ އަސްމާގެ ވާހަކަތައް ޒާހިދު މެދުކަނޑާލިއެވެ.

“ އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރާތި… ނަތީޖާ މާކަ ރަނގަޅެއް ނުވާނެ.“ ޒާހިދުގެ ލޭ ހޫނުވަމުންދިޔައެވެ.

“ އެހެންވެއްޖެއްޔާ ދެއަންބަށް އަހަރެންނާ އިނދޭ… ސިމްޕަލް..“ އަސްމާ ޒާހިދުގެ އަތުގައި ހިފާލިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cheesemoosa

Level 210 Stories100 Comments

Other Articles

Previous

މާފުކުރާށޭ…

Next

ނޭނގި ހިތޭ ތި އަތުލީ 22

Next
December 24, 2017

ނޭނގި ހިތޭ ތި އަތުލީ 22

Previews
December 24, 2017

މާފުކުރާށޭ…

51 Comments!

  1. Shann says:
    December 24, 2017 at 8:14 am

    Mihaaru kithahfaharu story up veytho balaifin…. Hiygaimu loabi loabi story eh mee.. Rythi rythi story eh mee.. Kiyaahithun kiyaalaanan mi story eh ehkohves.. Luv u

    1. Shann says:
      December 24, 2017 at 8:16 am

      Miyadhu 1st dhw

    2. starfish says:
      December 24, 2017 at 12:45 pm

      love u 2 shann
      yes ur 1st congra
      thanksssss shann

  2. Lam? says:
    December 24, 2017 at 8:16 am

    Bunaane ehcheh ves neygey ehaaves furihama☺

    1. starfish says:
      December 24, 2017 at 12:45 pm

      thanks lam

  3. A!z€€ says:
    December 24, 2017 at 8:34 am

    Wow! V reethi mi part vess. Dhn in part konirakun up vaanee

    1. starfish says:
      December 24, 2017 at 12:46 pm

      mirey aey last part
      thanks

  4. Any says:
    December 24, 2017 at 8:36 am

    Alhey mi story eha avahah nunihmahchey pls

    1. starfish says:
      December 24, 2017 at 12:46 pm

      sry any dhn iny last part

  5. Anaa says:
    December 24, 2017 at 8:37 am

    Woooooooow ❤️❤️??????? reacheyyyyyyyyy

    1. starfish says:
      December 24, 2017 at 12:47 pm

      thanks anaa

  6. Dhaai says:
    December 24, 2017 at 8:55 am

    Next part vv dhigu kohladheythi

    1. starfish says:
      December 24, 2017 at 12:47 pm

      next part last vyma v dhigukoh innanee

  7. JUMA says:
    December 24, 2017 at 9:16 am

    Salhi….asmaaaaaaa?????????

    1. starfish says:
      December 24, 2017 at 12:47 pm

      hhihiii
      thanks juma

  8. Aimi says:
    December 24, 2017 at 9:29 am

    Asmaa ah reysham mamma ge maruge haqeeqatheh engigeneh noon Kan neyge ehen bunanee… Vedhaane xaahid ge kureege life ge vaahaka kamah e bunanee dhw.. that’s what I guess..

    1. starfish says:
      December 24, 2017 at 12:48 pm

      thanks aimi

  9. Meena says:
    December 24, 2017 at 9:44 am

    Dhen vaane gotheh ves neyge dhw..
    Varah futihama mi part ves..
    Varah kiyaahithun mi hun’nany next part.
    Avahah up kohlahchey..
    Varah rythi story eh..
    Keep it up starfish..

    1. starfish says:
      December 24, 2017 at 12:48 pm

      thanks meena
      dhn iny last part

  10. Hairaan says:
    December 24, 2017 at 9:44 am

    Varah habeys.

    1. starfish says:
      December 24, 2017 at 12:49 pm

      thanks hairaan

  11. Naxy says:
    December 24, 2017 at 9:50 am

    Ohhhhh nooooo… kihineh mivee… vvv salhi

    1. starfish says:
      December 24, 2017 at 12:49 pm

      thnxs naxy

  12. unaal says:
    December 24, 2017 at 10:15 am

    vrh lwbi mi part vc..

    1. starfish says:
      December 24, 2017 at 12:50 pm

      thnxs unaal

  13. Ekujja says:
    December 24, 2017 at 11:01 am

    Mee mi site in enme kiyaa hithun mihaaru kiyaaa vaahaka akee. Baraabarah konme dhuvahaku 2-3 burah ves upload vefa

    1. starfish says:
      December 24, 2017 at 12:50 pm

      thnxs ekujja

  14. ?SHAI? says:
    December 24, 2017 at 11:34 am

    Wow v v v reethi dhen kihinehbaa vaany?????? V v salhi love u?????????????

    1. starfish says:
      December 24, 2017 at 12:51 pm

      love u 2 shai
      dhn iny last part
      thanks shai

  15. Aisha says:
    December 24, 2017 at 11:51 am

    Wow.. V reethi inge… Next part vv dhigukohladhehchey….

    1. starfish says:
      December 24, 2017 at 12:51 pm

      ya last part vyma dhiguvaane e part
      thanks aisha

  16. Sana says:
    December 24, 2017 at 12:18 pm

    Wow!wow!what happened next??
    Waiting 4 next part?
    When next part?

    1. starfish says:
      December 24, 2017 at 12:52 pm

      mirey aey last van a part
      thanks

  17. Hairaan says:
    December 24, 2017 at 12:39 pm

    Knirakun24

    1. starfish says:
      December 24, 2017 at 12:52 pm

      mirey

  18. Lala says:
    December 24, 2017 at 12:44 pm

    I hate u asmaaa.
    U r so bad.
    Story vvv nice.
    Soooooo amazing…

    1. starfish says:
      December 24, 2017 at 12:53 pm

      thanks lala

  19. starfish says:
    December 24, 2017 at 12:44 pm

    hear is part 23 enjoy
    dhn iny baaky 1 part

  20. Naxu says:
    December 24, 2017 at 1:03 pm

    Red file ge haqeegaiy reysham ah egegen vaahaka ninmun eden , starfish

    1. starfish says:
      December 24, 2017 at 4:28 pm

      mihaaru reysham ah inge ehnu red file ge haggeegayy

  21. starfish says:
    December 24, 2017 at 1:24 pm

    mihaaru last part up kuran jahssafymoo

  22. roya says:
    December 24, 2017 at 1:27 pm

    story vrh reethi….. fahu bai dhigu vaanetha starfish?????

    1. starfish says:
      December 24, 2017 at 4:27 pm

      thanks roya
      aan dhiguvaane

  23. Thannu says:
    December 24, 2017 at 1:38 pm

    Wow❤❤❤
    salhi…. fahubai avahah up kohladhybaaa plxx…. nivaahaka nimun vrh rythi vaanehen hyvany

    1. starfish says:
      December 24, 2017 at 4:28 pm

      hihihii
      thanks thannu

  24. Aisha says:
    December 24, 2017 at 2:29 pm

    Wow salhi kan

    1. starfish says:
      December 24, 2017 at 4:29 pm

      thanks aisha

  25. Aru❤️❤️ says:
    December 24, 2017 at 3:04 pm

    Waiting for next part.. Love this story ✌️❤️??✨

    1. starfish says:
      December 24, 2017 at 4:29 pm

      thanks aru

  26. Mimmi says:
    December 24, 2017 at 4:13 pm

    Knmes zahidh nd reysham vaki nukurahchey…pls… vvv molhu stry eh… luv this stry..

    1. starfish says:
      December 24, 2017 at 4:29 pm

      thanks mimmi

Comments are closed.

Next Episodeގެއްލިދިޔަ ހަޔާތް….. 24 (ފަހުބައި)←


All Right Reserved!