
ގެއްލިދިޔަ ހަޔާތް….. 24 (ފަހުބައި)
“ އެހެންވެއްޖެއްޔާ ދެއަންބަށް އަހަރެންނާ އިނދޭ… ސިމްޕަލް..“ އަސްމާ ޒާހިދުގެ އަތުގައި ހިފާލިއެވެ.
“ ދެއަންބަށޭ؟ ކޮންމެފަދަ ހާލެއްގަ އުޅެން ޖެހުނަސް ކަލެއަކާ ނިއިންނާނަން… ކަލޭތީ ކާކު މީހަކު އިންނަން…“ އަސްމާގެ އަތް ފޮޅުވާލަމުން ޒާހިދު ގޮނޑިން ތެދުވިއެވެ.
” އިންނަން ޖެހޭނީ.. އެހެން ނޫނީ ރޭޝަމްއަށް ހުރިހާ ހަގީގަތެއް ކިޔައިދޭނަން… އަހަރެންނަށް ޒާހިދު ނުލިބުނިއްޔާ
އެހެން މީހަކަށްވެސް ލިބުނަކަ ނުދޭނަން…“ އަސްމާ ޔަގީންކަމާއެކު ބުންޏެވެ.
މުޅި ދުވަސް ހޭދަވީ އަސްމާ ދެއްކި ވާހަކަތަކާ ދޭތެރޭ ވިސްނުމުގައެވެ. އޮފީހުގެ މަސައްކަތްތަކަށް އެއްވެސް ސަމާލުކަމެއް ނުދެވުނެވެ.
ގެއަށް ދެވުނުއިރު އިރު އޮއްސި އަނދިރިވެއްޖެއެވެ. “ކާން ހަދާބަލަ… ވަރަށް ހައިވެއްޖެ…“ ގޭތެރެއަށް ވަދެވުމާއެކު ޒާހިދު ރޭޝަމްއަށް ގޮވާލިއެވެ.
” ހިނގާ ކާން… ޒާހިދު އަންނަން ދެން ނުކައި އަހަރެން މިހިރީ..“ ކޮޓަރިއަށް ވަންނަމުން ރޭޝަމް ބުނެލިއެވެ. އޭރު ފެންވަރައިގެން ޒާހިދު ފާހާނާއިން ނިކުންނަނީއެވެ. ރޭޝަމް ފެނުމާއެކު ޒާހިދުގެ ހިތުގެ ވިންދު އަވަސްވިއެވެ. އިތުރު އެއްޗެކޭ ނުބުނެ ޒާހިދު ގޮސް ކާން އިށީނެވެ. ކައި ނިމުނުއިރުވެސް އެދެމެދަށް ވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ.
ތަށިތައް ނަގާ ސާފުކުރުމަށްފަހު ރޭޝަމް ގޮސް ކޮޓަރިއަށް ވަނެވެ. ރޭޝަމް ފެނުމާއެކު އެނދުމަތީގައި ޖައްސާލައިގެން އޮތް ޒާހިދު ހިނިތުންވެލިއެވެ.
“ ކައިރިއަށް ނާންނާންވެގެންތަ ދުރުގަ ތިހުންނަނީ؟“ ރޭޝަމްއާ ދިމާލަށް އަތް ދިއްކޮށްލަމުން ޒާހިދު ބުނެލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލަމުން ރޭޝަމް ގޮސް އެނދުގައި އިށީނެވެ. އެއާއެކު ޒާހިދު ރޭޝަމްގެ އުނގުގައި ބޯ އަޅާލިއެވެ.
” އޮފީހުގެ ކަންތައްތައް ރަނގަޅުތަ؟ ހިތްހަމަޖެހޭތަ؟“ ރޭޝަމް ލޯތްބާއެކު ޒާހިދުގެ ބޮލުގައި ފިރުމާލިއެވެ.
” ހްމް އޮފީސް ކަންތައް ރަނގަޅު. އެކަމަކު އަހަރެންގެ ހާލު ރަނގަޅެއް ނޫން…“ ޒާހިދު ލޯމަރާލިއެވެ.
“ އެއީ.. ކިހިނެއްވީ؟ ބޮލުގަ ރިއްސަނީތަ؟“ ރޭޝަމް ހާސްވެފައި އަހާލިއެވެ.
“ ނޫނޭ… އަހަރެން ހިތަށް އަރަނީ ރޭޝަމް އަހަރެން ދޫކޮށްލާފަ ގޮސްފިއްޔާ އަހަރެން ކިހިނެއްބާއޭ އުޅޭނީ؟“ ޒާހިދު މަޑުމަޑުން ބުނެލިއެވެ.
” ތީ ދެން ދައްކާ ކަހަލަ ވާހަކަތަ… އަހަރެން ދުވަހަކުވެސް ޒާހިދަކާ ވަތްކެއް ނުވާނަމޭ…“ ރޭޝަމް ޔަގީންކަމާއެކު ވާހަކަދެއްކިއެވެ.
” މިސާލަކަށް އަހަރެންނަށް ރޭޝަމް އުއްމީދުނުކުރާ ކަހަލަ ކަމެއް ކުރެވިފަ އޮތިއްޔާ އަހަރެންނަށް މައާފްކުރާނަންތަ؟“ ލޯ ހުޅުވާލަމުން ޒާހިދު ރޭޝަމްގެ މޫނަށް ބަލާލިއެވެ.
“ އަހަރެން ޒާހިދު ކޮށްފަ ހުރި ކިތަންމެ ކަމަކަށް މައާފްކޮށްފަ ދޯ ޒާހިދުގެ ހަޔާތާ ގުޅުނީ… ދެންވެސް މައާފްކުރާނަން.. އެކަމަކު އެއީ ގަސްތުގަ ކުރި ކަމަކަށް ނުވަންޏާ..“ ރޭޝަމް ހިނިތުންވެލިއެވެ.
“ ޕްލީޒް…….. އަހަރެން ދޫކޮށްލާފަ ނުދާތި… އަހަރެން ރޭޝަމްއަށް ގަސްތުގަ އެއްވެސް ދެރައެއް ދީފައެއް ނޯންނާނެ.. އަދި ނުވެސް ދޭނަން..“ ޒާހިދުގެ ހިތުގައި ނުތަނަވަސްވެރިކަމެއް އުފެދެމުންދިޔައެވެ.
“ އަހަރުމެން ދެމީހުން ވަކިވާންޖެހޭ ވަރުގެ ކަމެއް ޒާހިދު ނުކުރާނެކަން އަހަރެންނަށް ޔަގީން..“ ރޭޝަމް ހިނިތުންވެލަމުން ޒާހިދު ކައިރީގައި އޮށޯތެވެ.
ނިދިފައި އޮއްވާ ޒާހިދަށް ހޭލެވުނީ ފޯނު ރިންގުވާންފެށުމުންނެވެ. ދެލޯ އުނގުޅަމުން ޒާހިދު ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެއާއެކު އެއްކޮށް ނިދިފިލައިގެން ދިޔައެވެ. ޖެހިލުންވެހުރެ ޒާހިދު ފޯނު ނަގާ ކަންފަތުގަ ޖަހާލިއެވެ.
” ހާއި ބަޑީ..“ އެކޮޅުން ވާހަކަދެއްކީ އަސްލަމްއެވެ.
” ޔެސް..ކަމަކުތަ؟“ ޒާހިދު މަޑުމަޑުން އަހާލިއެވެ.
” އަހަރެން ދިން ގިފްޓް ރަނގަޅުތަ؟“ އަސްލަމް ހިނިގަނޑެއް ޖަހާލަމުން އެހިއެވެ.
” ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟ ކޮބާ މައްސަލައަކީ؟“ ޒާހިދު އެނދުން ތެދުވެގެން ކުޑަދޮރާ ދިމާލަށް ހިނގައިގަތެވެ.
“ މައްސަލައަކީ ކަލޭގެ އަންހެނުން… އޭނަ ބުނެފިއްޔާ ކަލޭ އަހަރުމެން ބަސްޓުކޮށްލާކަށްވެސް ފަހެއް ނުޖެހޭނެ…“ އަސްލަމްގެ އަޑު ބާރުވިއެވެ.
” އަހަރެންގެ އަންހެނުން މިދޭރެއަށް ވައްދަން ނޫޅުނިއްޔާ ވަރަށް ރަނގަޅު…“ ޒާހިދު އެނދުގައި ނިދާފައި އޮތް ރޭޝަމްއަށް ބަލާލިއެވެ.
“ ކަލޭ ހަނދާންކުރާތި… ކަލޭގެ އަންހެނުންގެ ސަބަބުން ކުރިންވެސް ކިތަންމެ މުސީބާތަކާ ކުރިމަތިވި.. އަލުން އެކުށް އޭނަ ލައްވާ ތަކުރާރުނުކުރުވާތި…“ އަސްލަމް ދިނީ އިންޒާރެކެވެ.
” އެފަދަ ކަމެއް ދެނެއް އަހަރެންގެ އަންހެނުންގެ ފަރާތަކުން ނުފެންނާނެ…“ ޒާހިދު ޔަގީންކަމާއެކު ބުނެލިއެވެ. އެކޮޅުން ފޯނު ކަނޑާލުމާއެކު ނިދަން އޮށޯތުމަށް ޒާހިދު އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތު ސިއްސައިގެން ގޮސްފައި ކުރިމަތީގައި ހުއްޓިލައިގެން ހުރި ރޭޝަމްއަށް ޒާހިދަށް ބަލާލެވުނެވެ.
” ހޭލީތަ؟ ހިނގާ ނިދަން….. އަހަރެން ވަރަށް ނިދިއާދޭ އެބަ.. “އެނދާ ދިމާލަށް ޒާހިދު ހިނގައިގަތެވެ.
” ކޮންކަމެއް އަހަރެން ތަކުރާރެއް ނުކުރާނެއޭތަ؟“ ރޭޝަމްގެ އެސުވާލުން ޒާހިދުގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ.
“ އޭނ… ކީކޭ؟“ ޒާހިދަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.
“ އަހަރެންނަށް ސިއްރުކުރަން ނޫޅޭ… ފަހުން ދެރަވާން ޖެހޭނީ ޒާހިދަށް…..“ ރޭޝަމް ވާހަކަދެއްކީ ސީދާ ޒާހިދުގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ރޭޝަމްއަށް ސިއްރުކުރާކަށް ޒާހިދު ބޭނުމެއް ނުވެއެވެ.
” އަސްލަމް އަހަރެން ބްލެކްމެއިލް ކުރަނީ…“ ޒާހިދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
” ކީކޭ… ދެން ކީއްވެ ކުރިން ނުބުނީ؟ ދެން ކިހިނެއް ހަދަނީ؟“ ރޭޝަމްގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވެގެންދިޔައެވެ.
“ ދެން ނޭނގެ އަހަރެންނަކަށް… އެވާހަކަ ފަހުން ދައްކާނީ.. ހިނގާ ނިދަން..“ ޒާހިދު އެނދާ ދިމާލަށް ހިނގައިގަތެވެ.
” އަހަރެން ބުނާ ގޮތަކަށް ކަންތައް ކޮށްފާނަންތަ؟ “ރޭޝަމް ޒާހިދުގެ އަތުގައި ހިފާލިއެވެ. ސިހިފައި ރޭޝަމްއާ ދިމާލަށް ޒާހިދު ބަލާލިއެވެ. ރޭޝަމް ބުނަން އުޅޭ އެއްޗެއް ޒާހިދަށް އިނގޭކަހަލައެވެ.
” ކޮން ކަމެއް؟“ ދެވިސްނުމެއްގައި ހުރެ ޒާހިދު އަހާލިއެވެ.
” ޒާހިދަށް ވެސް އަސްލަމް ބްލެކްމެއިލް ކުރެވިދާނެއެއްނު… ނޫނީ އޭނަގެ ގޭންގް ރެޑްކޮށް ހިފޭނެ ގޮތެއްވެސް ހެދިދާނެއެއްނު… އެގޭންގުގެ ހުރިހާ ކަމެއްހެން ޒާހިދަށް އިނގެއެއްނު…“ ރޭޝަމް ވާހަކަދެއްކީ މަޑުމަޑުންނެވެ.
” ކީކޭ؟ ރޭޝަމް މޮޔަވީތަ؟“ ޒާހިދުގެ މޫނުމައްޗަށް ރުޅިވެރިކަން ފާޅުވިއެވެ.
“ އެނޫން ގޮތެއް ދެން ނެތެއްނު“ ރޭޝަމް ޒާހިދަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
“ ދެން ތިބުނަނީ އޭނަ ބަސްޓުކޮށްލާށޭތަ؟ ނޭނގޭތަ އޭރުން އަހަރެންގެ ދުވަސްވެސް ދާނެކަމެއް… އަހަރެންނަކީވެސް އެމީހުންގެ ގޭންގުގެ ހިއްސާއެކޭ!!!“ ޒާހިދުގެ އަޑު ބާރުވިއެވެ.
” އެއްއިރެއްގަ އޭގެއިން މީހަކަށް ވިޔަސް މިއަދު ތީ ކުރީގެ ޒާހިދެއް ނޫނެއްނު.. ޒާހިދު އެހުރިހާ ކަމެއް ދޫކޮށްލައިފީމެއްނު…“ ރޭޝަމްއަށް ޒާހިދުގެ ވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ.
” ބުއްދި ގަބޫލުކުރާ ވާހަކަދައްކަބަލަ… އެމީހުން ބަސްޓުކޮށްލުމަކީ ފެންފޮދެއް ބޯލުން ކަހަލަ ފަސޭހަ ކަމެއް ނޫނޭ.. އަހަރެންނަށްވެސް ޖެހޭނީ އެމީހުންނާއެކު ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން…… އެދުވަހުން ރޭޝަމްއަށް ކެތްކުރެވޭނެތަ؟“ ޒާހިދުގެ ދެލޯ ފެންކަޅިވިއެވެ. ރޭޝަމްއާ ދުރަށް އެންމެ ހިނދުކޮޅަކަށްވެސް ދާކަށް ޒާހިދުގެ ހިތެއް ނޭދެއެވެ.
” އެހެންނެއް ނުވާނެޔޭ…. ކޮންމެވެސް ގޮތަކުން ތިހުރިހާ ކަމެއް ނިންމާލެވޭނެ… ޒާހިދާ ދެކޮޅަށް އެމީހުންގެ އަތުގަ ހުރިއްޔާ ހުރި ހުރިހާ ހެއްކެއް ނައްތާލެވޭނެއެއްނު… އޭރުން ނިމުނީނު… ޕްލީޒް… ތިކަންތަކުން ނުނިކުމެވޭހާ ދުވަހަކު އަހަރުމެން ދެމީ ހުންނަކަށް ހަމަޖެހިގެނެއް ނޫޅެވޭނެ…“ ރޭޝަމް ޔަގީންކަމާއެކު ބުނެލިއެވެ. މިވަގުތު ޒާހިދަށް އެކައްޗެއްވެސް ނުވިސްނޭކަހަލައެވެ. ރޭޝަމްއާ އެކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރަން ބޭނުން ނުވުމާއެކު ޒާހިދު ގޮސް އެނދަށް އަރާ އޮށޯތެވެ. އެތައް އިރެއްވީއިރުވެސް ޒާހިދުގެ ލޮލަކަށް ނިންޖެއް ނައެވެ. ޒާހިދުގެ ނަޒަރުގޮސް ހުއްޓިފައިވަނީ އަލަމާރިމަތީގައި އޮތް ޕާރުސަލަށެވެ. “އަހަރެން މިކަންތައް ނިންމާލާނަން…. ހުރިހާ ހެއްކެއް ނައްތާލާނަން.. އެ ޕާރުސަލްވެސް“ ޒާހިދު ހިތާ ހިތުން ކިޔާލިއެވެ.
ހަފްތާއެއް ފަހެވެ. ރޭޝަމް ހުރީ ގޭތެރޭގައި ޓީވީ ބަލާށެވެ. އެހެން ދުވަސްތަކާ ޚިލާފަށް ރޭޝަމްގެ މޫނުމަތިން ނުފެންނަ ކަހަލަ އުފާވެރިކަމެއް ފެންނަމުންދިޔައެވެ.
” އެކަނި ހުރެގެން މާވަރަކަށް ތިހެނީ ކޮންކަމަކާ؟“ ޒާހިދު ގޭތެރެއަށް ވަދެގެން އައިތަން ފެނުމާއެކު ރޭޝަމް ދުވެފައި ގޮސް ޒާހިދުގެ ގައިގައި ބައްދާލިއެވެ.
“ އަހަރެން ވަރަށް އުފާވެރި ހަބަރެއް ދޭންވެފަ އެބައޮތް“ ރޭޝަމް ޒާހިދުގެ ދެލޮލަށް ބަލާލިއެވެ.
“ އަހަރެންވެސް ވަރަށް އުފާވެރި ހަބަރެއް ދޭންވެފަ އެބައޮތް…“ ޒާހިދު ސޯފާގައި އިށީންނަމުން ބުނެލިއެވެ.
“ ފުރަތަމަ ޒާހިދު ބުނަންވީ…“ ރޭޝަމް ޓީވީ ކުރިމައްޗަށް އަރަމުން ބުނެލިއެވެ. އެވަގުތު ޓީވީއިން އަވަސް ޚަބަރެއްގެ ގޮތުގައި ގެނެސްދިން ޚަބަރު އަޑުއިވުމާއެކު ސިހިފައި ރޭޝަމްއަށް ފަހަތް ބަލާލެވުނެވެ. ޓީވީއިން ގޮވަމުން ދިޔައީ އެންމެ ނުރައްކާތެރި ގޭންގުގެ އިސްމީހާ ހައްޔަރުކުރިކަމަށާއި މިހާތަނަށް ގެއްލިފައިވާ އަންހެންކުދިން މަރާލާފައިވަނީވެސް އެގޭންގުން ކަމަށެވެ. ހައިރާންވެފައިހުރެ ޒާހިދާ ދިމާލަށް ރޭޝަމް ބަލާލިއެވެ. އެވަގުތު ޒާހިދު ހިނިތުންވެލިއެވެ.
“ ދެން ރޭޝަމް ބުނަންވީނު“ ޒާހިދު ހުރީ އެވާހަކަ އަޑުއަހާ ހިތުން ކެތްމަދުވެފައެވެ. ޒާހިދު އެހެން ބުނުމާއެކު ރޭޝަމް ހިނިތުންވެލަމުން މަޑުމަޑުން ބަނޑުގައި އަތް ޖައްސާލިއެވެ.
” އަސްލުވެސްތަ؟“ ޒާހިދު ފުންމައިގެން ގޮސްފައި ސޯފާއިން ތެދުވިއެވެ. ރޭޝަމް އާއެނކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ވީ އުފަލުން ގޮސް ޒާހިދު ރޭޝަމް އުރާލިއެވެ. އެވަގުތުކޮޅަކީ ރޭޝަމްއާއި ޒާހިދުގެ ހަޔާތަށް އައި ވަރަށްވެސް ހާއްސަ ވަގުތުކޮޅެކެވެ.
” އޯކޭ.. ވީ ހޭވް ޓު ސެލެބްރޭޓް އިޓް… އަންނާނަން ފެންވަރައިގެން…….“ ޒާހިދު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ގޭގެ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުމާއެކު ރޭޝަމް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރި މީހާ ދިއްކޮށްލީ ސިޓީ އުރައެކެވެ. ރޭޝަމްއަށް ސުވާލެއްވެސް ނުކުރެވެނީސް އެމީހާ އެތަނުން ދިޔައެވެ. ދޮރު ލައްޕާލަމުން ސިޓީ އުރައިގެ ބޭރުގައި ޖަހާފައިވާ ނަމަށް ރޭޝަމް ބަލާލިއެވެ. އޭގެ ބޭރުގައި އޮތީ ރޭޝަމްގެ ނަން ޖަހާފައެވެ. އެހެންކަމުން ރޭޝަމް އެސިޓީއުރަ ކަނޑާ ބަލާލިއެވެ.
ފެންވަރައިގެން ޒާހިދު ނިކުތްއިރު ފެނުނު މަންޒަރުން ޒާހިދުގެ ހިތް ބާރަށް ތެޅިގަތެވެ.
” ކޮންތާކަށް ދާން ތިއުޅެނީ؟“ ފޮށްޓަށް އެއްޗެހި އަޅަން އިން ރޭޝަމް ފެނުމާއެކު ޒާހިދަށް އަހާލެވުނެވެ. ޒާހިދުގެ ސުވާލަށް ރޭޝަމް ޖަވާބެއް ދޭން ބޭނުން ނުވާކަހަލައެވެ.
” އަހަރެން މިއަހަނީ ކޮންތާކަށް ދާންހޭ ތިއުޅެނީ؟“ ރޭޝަމްގެ ކުރިމައްޗަށް އަރަމުން އަނެއްކާވެސް ޒާހިދު އަހާލިއެވެ. އެވަގުތު އިސްއުފުލާލާފައި ޒާހިދަށް ރޭޝަމް ބަލާލިއެވެ. ރޭޝަމްގެ ދެލޯވަނީ ފެންކަޅިވެފައެވެ. އެދެލޮލުން ވޭނީ ކަރުނައެއް އޮހެރެމުންދިޔައެވެ.
” ބުނެބަ ކިހިނެއްވީތަ؟“ ހާސްވެފައިހުރެ ޒާހިދު ރޭޝަމްގެ އަތުގައި ހިފާލިއެވެ. އެވަގުތު ރޭޝަމް ޒާހިދުގެ އަތް ފޮޅުވާލަމުން ތެދުވިއެވެ.
“ އަހަރެން މިއުޅެނީ ރަށަށް ދާން… ދެނެއް ޒާހިދު ކައިރިއަކަށް އަހަރެންނެއް ނާންނާނަން..“ ރޭޝަމް އަނެއްފަރާތަށް އެނބުރުނެވެ.
” ކީކޭ ތިކިޔަނީ؟ ތީ ސަމާސާއަކަށް ވަންޏާ ބުނެލަން ބޭނުމީ އަހަރެންނަކަށް ތިސަމާސާ ކަމަކުނުދެއޭ“ ޒާހިދު ހިތްހަމަނުޖެހިފައިހުރެ ބުނެލިއެވެ.
” މިއޮތްހާ ދުވަހު ސަމާސާކުރީ ޒާހިދެއްނު… އަހަރެން ހިޔެއްނުކުރަން ތީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަކަށް… ކޮބާ ޒާހިދު އަހަރެން ދެކެ ވީ ލޯބި؟ ކޮބާ އަހަރެންނަށް ދިން ޔަގީންކަން؟“ ރޭޝަމްއަށް ވާހަކަދެއްކުނީ ވަރަށް މަސައްކަތުންނެވެ.
“ ވީގޮތެއް ބުނެފާނަންތަ؟ އަހަރެންނަކަށް ނުވިސްނުނު ތިކިޔާ އެއްޗެއް…“ ޒާހިދު ރޭޝަމްގެ އަތުގައި ބާރަށް ހިފާލިއެވެ.
“ އަހަރެންގެ ގައިގައި އަތްނުލާތި.. ތީ އަނިޔާވެރިއެއް… ދޮގުވެރިއެއް…. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކުރާކަށް…. އަހަރެން މިނިވަންކޮށްދީ…“ ރޭޝަމް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.
” ހެޔޮނުވާނެ ރޭޝަމް… ވީގޮތެއް ބުނެބަލަ….“ ޒާހިދުގެ ދެލޯ ފެންކަޅިވިއެވެ.
“ ތިހުރިހާ ސުވާލެއްގެ ޖަވާބު މީ “ޒާހިދުގެ އަތަށް ސީޑީއެއް ދިއްކޮށްލަމުން ރޭޝަމް ބުނެލިއެވެ. ވާނުވާ ނޭނގިފައިހުރެ ލެޕް ނަގާ އެސީޑީ ޒާހިދު ޕްލޭއިކޮށްލިއެވެ. އެވަގުތު ޒާހިދަށް ހީވީ ބިންގަނޑު ފައިތިލަ ދަށުން ދަމައިގެން ދިޔަހެންނެވެ. އެއީ އަސްމާގެ ކަމެއްކަން ޒާހިދަށް ޔަގީންވިއެވެ. އަސްމާ ބޭނުންވަނީ ރޭޝަމްއަށް ހަގީގަތް އަންގާށެވެ. އަސްމާ ގަބޫލުކުރާ ގޮތުގަ އޭރުން އަސްމާއަށް ޒާހިދު ލިބޭނެއެވެ. ގަބޫލުކުރަން ދަތިވެފައި ރޭޝަމްއާ ދިމާލަށް ޒާހިދަށް ބަލާލެވުނެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަމުން ފޮށި ހިފައިގެން ކޮޓަރިން ނިކުތުމަށް ރޭޝަމް ހިނގައިގަތެވެ. އެވަގުތު ޒާހިދު ދުވެފައި ގޮސް ރޭޝަމް ހުއްޓުވިއެވެ.
” ހެޔޮނުވާނެ… އަހަރެން ދޫކޮށްލާފަ ނުދޭ… އެހުރިހާ ކަމެއްވެސް އަހަރެން ކުރީ ހަމައެކަނި ރޭޝަމްއަށްޓަކާ… ރޭޝަމްއަށް ދެރަގޮތެއް ވާން ނޭދޭތީވެ…“ ޒާހިދު ރޭޝަމްގެ އަތުގައި ބާރަށް ހިފަހެއްޓިއެވެ.
“ އަހަރެންނަށް ދެރައެއް ނުދޭން ޒާހިދު ތިކުރި މަސައްކަތުގަ ހުރިހާ ދެރައެއް މިލިބުނީ ހަމަ އަހަރެންނަށް… އަހަރެންނަށްޓަކާ އެތައް ގޮތަކުން އެތައް ހާސް ގުރުބާނީތަކެއް ވި، އަހަރެންގެ މަންމަ މިދުނިޔެއާ ވަކިވީ ޒާހިދުގެވެސް ސަބަބުން…. އެމީހަކަށް ހިމާޔަތް ދޭން އަހަރެން އެ މީހެއް ކައިރީ ވައުދުވި މީހާވެސް މިއަދު ހޮސްޕިޓަލުގައި މަރަށް ތެޅެމުން އެދަނީ ހަމަ ޒާހިދުގެ ސަބަބުން…. އަހަރެން ލަދުގަނޭ މިއަދު ތީ އަހަރެންގެ ފިރިމީހާ އޭބުނަން…….. ދުވަހުވެސް ޒާހިދަކަށް މައާފެއް ނުކުރާނަން…. ނަފްރަތުކުރަން ޒާހިދަށް….“ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން ރޭޝަމް އެތަނުން ނިކުމެގެން ދިޔައެވެ. ގޮތް ހުސްވެފައިވާ ހާލު ދެކަކޫ މައްޗަށް ތިރިވެ، ނިކަމެއްޗަކު ފަދައިން ޒާހިދަށް ރޮވެންފެށުނެވެ. މިދުވަސް އަންނާނެކަން މާކުރިންވެސް ޒާހިދަށް އިނގެއެވެ. އެހެނަސް ކުރެވުނު އެންމެ ކުށެއްގެ ރަހަ މިހާ ހިތިވާނެކަމަކަށް ޒާހިދު ހިއެއް ނުކުރެއެވެ.
ހޮސްޕިޓަލާ ހަމައަށް ދެވުނުއިރު ވެހެމުންދިޔަ ބޯވާރޭގައި ރޭޝަމްވަނީ އެއްކޮށް ތެމިފައެވެ. ތެޅި ތެޅި އޮތް ހިތަކާއެކު ހެއްދެވި ފަރާތް މަތިން ހަނދުމަކުރަމުން ދުވެފައި ގޮސް އައި.ސީ.ޔޫގެ ކުރިމައްޗަށް ރޭޝަމް ހުއްޓުނެވެ. އެވަގުތު ފެނުނު މަންޒަރުން ރޭޝަމްގެ ހިތް ކަތިލެވުނުކަހަލައެވެ. ނޫނެކޭ ބުނެ ބޯހޫރުވާލަމުން ރޭޝަމްއަށް ފަހަތަށް ޖެހިލެވުނެވެ. އައި.ސީ.ޔޫ އިން ބޭރަށް ނެރުނު އެނދުގައި އޮތް މިންހާގެ ފުރާނަ ނެތް މަސްގަނޑު ފެނުމުން ރޭޝަމްގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެރެންފެށިއެވެ. އެއްވެސް ކުށެއް ނެތް، މައުސޫމު ކުއްޖެއްގެ ފުރާނަ އެފަދަ އަނިޔާވެރި ގޮތަކަށް ނެތިދިޔުމުން ރޭޝަމްގެ ހިތަށް ކެތްކުރަން ދަތިވިއެވެ.
އާ ދުވަހަކަށް އިރުއަރައިފިއެވެ. ތަންކޮޅެއް ދުރުން، މަޑު ހިނގުމެއްގައި އަންނަމުން ދިޔަ ރޭޝަމް ފެނުމާއެކު ގޭގެ ޖޯލިފަތީގައި އޮތް ޒަފޫއަށް ކުއްލިއަކަށް ތެދުވެވުނެވެ. ރޭޝަމްގެ އުރުގައި އިން ކުއްޖާއާއި ކައިރީގައި ހުރި އަންހެން ކުއްޖާ ފެނުމާއެކު ޒަފޫ ކައިރީގައި ހުރި އާމިރާއަށް ބޭއިޚްތިޔާރުގައި އެދިމާލަށް ދުއްވައިގަނެވުނެވެ. އާމިރާ ފެނުމާއެކު މާލް ދުވެފައި ގޮސް އާމިރާގެ ގައިގައި އޮޅުލައިގަތެވެ. ރޭޝަމް މަޑުމަޑުން ގޮސް އާމިރާއާ ގާތަށް ޖެހިލަމުން ކުޑަ ދަރިފުޅު އާމިރާގެ އަތަށް ދިނެވެ. ރޮވިފައިވާ ހާލު އެދެކުދިން ގައިގައި އާމިރާ ބޮސްދެމުންދިޔައެވެ. މައިވަންތަ ލޯތްބަކީ ކިހާ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އެހެނަސް ބައެއް މީހުންނަށް އެމަތިވެރި ނިއުމަތުގެ އަގު ވަޒަންކުރާކަށް ނޭނގެއެވެ.
” ލަތީފް ބޭބެގެ ހުއްދައާއެކު މާލްމެން ދައްތަ ކައިރިއަށް މިގެނައީ.. ދެން ދުވަހަކުވެސް ދައްތައަކާ އެކުދިންނެއް ވަތްކެއް ނުވާނެ..“ ރޭޝަމް ހިނިތުންވެލަމުން ގެއާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ޒަފޫގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ.
” ރޭޝަމް…“ ޒަފޫގެ އަޑަށް ރޭޝަމް ފަހަތް ބަލާލިއެވެ. އެވަގުތު ރޭޝަމް ހުއްޓިލައިގެން ހުރީ ރޭޝަމްގެ މަންމަގެ ގޭގެ ކުރިމަތީގައެވެ.
“ އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް…… އެހެން މީހުންނަށްޓަކާ ދިރިއުޅުނީމަ އަހަރެންނަށް ލިބުނީ ކޯޗެއް؟ އަހަރެން މީ ދުވަހަކުވެސް މީހަކަށް ދެރައެއް ލިބުމަށް އެދުނު މީހެއް ނޫން… އެކަމަކު އަހަރެންނަށް މިލިބުނީ ހުސް ދެރަ……“ ރޭޝަމްގެ އަޑު ބެދުނެވެ.
” ހިތްވަރުކުރޭ… އަބަދަކު އުފަލެއްވެސް ނުލިބޭނެ….“ ހަމްދަރުދީއާއެކު ޒަފޫ ރޭޝަމްގެ ކޮނޑުގައި އަތް އަޅާލިއެވެ.
“ އެދުވަހު ޒަފޫ ދެއްކި ވާހަކަތައް އަޑުއެހުނުނަމަ ކިހާ ރަނގަޅުވީސް…. މިއަދު އަހަރެންގެ ލޯ މަތިން މަކަރާ، ހީލަތުގެ ފަރުދާ ކެހުނުއިރު މާ ބޮޑަށްވެސް ލަސްވެއްޖެ.. އަހަރެން މުޅިން އެކަނިވެއްޖެ….“ ރޭޝަމްއަށް ގިސްލެވެމުންދިޔައެވެ.
” ނޫން ރޭޝަމް.. ތިހެން ނުބުނޭ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް……. އެކަމަކު ކޮބާ ޒާހިދު؟“ ޒަފޫ އޮޅުންފިލުވަން ބޭނުންވިއެވެ.
” އަހަރެން މިއައީ ދެން ދުވަހަކުވެސް ޒާހިދު ކައިރިއަށް ނުދާގޮތަށް.. އަހަރެންނަށް މިއަދު ހުރިހާ ހަގީގަތެއްވެސް އެނގިއްޖެ….. އަހަރެން ބޭނުމެއް ނޫން އެކަހަލަ މީހެއްގެ ހިޔަނިވެސް އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅަށް އެޅޭކަށް“ ދެލޯ ފޮހެލަމުން ރޭޝަމް ބުނެލިއެވެ.
” ކީކޭ؟ ރޭޝަމް ބަނޑުބޮޑީތަ؟“ ޒަފޫއަށް ގަބޫލުކުރަން ދަތިވިއެވެ. އެންމެ ގާތް ރަހުމަތްތެރިޔާގެ ދިރިއުޅުން އެފަދަ ހިތާމައެއްގެ ތެރޭގަ ގެނބިގެންދާތަން ބަލަން ޒަފޫއަށް ކެތްކުރާކަށް ފަސޭހައެއް ނޫނެވެ.
“ ދައްތައަށް ހަމަ ޔަގީން ޒާހިދު ގަސްތުގަ ރޭޝަމްއަކަށް ދެރައެއް ނުދޭނެކަން… ޒާހިދުދެ ދެލޮލުން ރޭޝަމްއަށްޓަކާ ހަގީގީ ލޯބި ދައްތަ ދުށިން…“ އާމިރާގެ އަޑަށް ރޭޝަމްއާއި ޒަފޫ އެއްފަހަރާ ފަހަތް ބަލާލިއެވެ.
” އަހަރެންނަށްޓަކައޭ؟؟؟ އަހަރެންނަށްޓަކާތަ ކުށެއް ނެތް، މައުސޫމު ކުއްޖެއްގެ ފުރާނަ މިދުނިޔެއިން ނައްތާލީ…… އެއީކީ ލޯތްބެއް ނޫން….. އަހަރެންނަކަށް ގަބޫލެއްނުކުރެވޭ…“ ރޭޝަމް ހިތުގައި ނަފްރަތުގެ ހުޅު ރޯވަމުންދިޔައެވެ.
” ނޫން… ރޭޝަމް… ތިހެން ނުބުނޭ… ޒާހިދުގެ ގެއްލިފައިވި ހަޔާތް އަނބުރާ ހޯދައިދިން މީހަކީ ތީ…….. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ… އެކަމަކު ތިގޮތަށް ވަކިވުމުން ހުރިހާ ދެރައެއްވެސް ލިބޭނީ ރޭޝަމްގެ ދަރިފުޅަށް…. އަމިއްލަ ހަޔާތް ގެއްލިދިޔަ ނުދީ…… އަދި ޒާހިދުގެ ގެއްލިފައިވާ ހަޔާތް އާރާސްތުކުރުމަށްފަހު، އަލުން ވީރާނާކޮށްނުލާ….“ އާމިރާ ރޭޝަމްއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
އެއްމަސް ފަހެވެ. ރޭޝަމް ދިޔުމުން ޒާހިދުގެ ހަޔާތަށް ވަނީ ފޫނުބެއްދޭ ވަރުގެ ފަޅުކަމެއް ވެރިވެފައެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ އޮއްސިގެންދަނީ ލޮލުން ކަރުނަ ނުހިކޭ ހާލުގައެވެ. ރޮއި ރޮއި ލޮލުން ނަގާ ދިލައިގެ ސަބަބުން އިތުރު ވޭނެއް އަޅަމުން ދިޔައެވެ. މިއަދު ޒާހިދުގެ އެކަނިވެރިކަމުގެ ބައިވެރިއަކީ ސިގިރޭޓެވެ. ދުވާލެއްގެ މައްޗަށް ދިހަ ފޮށްޓަށް ވުރެވެސް ގިނަ ފޮށި ޒާހިދު ހުސްކުރަމުން ދިޔައެވެ. ކިތަންމެ ފަހަރަކުވެސް ރޭޝަމްގެ ފޯނަށް ޒާހިދު ގުޅައެވެ. އެހެނަސް ފޯނު އޮންނަނީ ނިވާލާފައެވެ. ޒާހިދަށް ލިބެނީ އިތުރު ހިތްދަތިކަމެކެވެ.
ރޭޝަމްގެ ހާލަކީވެސް އެއީއެވެ. ޒާހިދާ ވަކިން އުޅެން ޖެހުމަކީ ރޭޝަމްއަށްވެސް ލިބެމުންދިޔަ އިތުރު ވޭނެކެވެ. ކެތްތެރިކަން ކޮޅުންލައިގެންދާ ކޮންމެފަހަރު ކުރެވޭހާވެސް ކަމަކީ ކަނެއްގައި އެކަނި އިނދެ ހިތް ފުރެ ންދެން ރުއިމެވެ. މިއަދަކީވެސް ހަމަ އެފަދަ ދުވަހެކެވެ. އެތައް އިރެއްވަންދެން ރުއިމަށްފަހު ރޭޝަމް ބޭރަށް ނިކުތެވެ. އެވަގުތު ގޭގެ ދޮރު މަތީގައި ހުރި މީހާ ފެނުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ.
“ ބޭބެ.. މިރަށުގަ ކީއްތިކުރަނީ؟“ ސުވާލުން ފުރިގެންވާ ނަޒަރަކުން ލަތީފްއާ ދިމާލަށް ރޭޝަމް ބަލާލިއެވެ.
” ބޭބެއަށް މިރަށަށް އަންނަން މަޖުބޫރުކުރުވީ މިއަދު ޒާހިދު އެއުޅޭ ނިކަމެތި ހާލު…. އެފަކީރު އެގޮތުގަ އިތުރަށް އެންމެ ދުވަހަކަށްވެސް އުޅެން ޖެހިއްޖެއްޔާ އެފަކީރު މަރުވެދާނެ…. ބޭބެއަކަށް ނޭނގެ ތިދެކުދިންގެ ދެމެދުގަ ޖެހިގެން އުޅޭ މައްސަލައެއް…… އެކަމަކު ބޭބެއަށް އިނގޭހާވެސް އެއްޗަކީ ޒާހިދު ރޭޝަމްދެކެ އިންތިހާއަށް ލޯބިވާކަން… އާދޭސްކޮށްފަ މިބުނަނީ… އޭނަގެ ދިރިއުޅުމަށް އަނބުރާ އައިސްދީ… އޭނަ އެއުޅޭ ހާލު ދެކޭކަށް ބޭބެއަކަށް ކެތެއްނުވާނެ…“ ލަތީފްގެ ދެލޯފެންކަޅިވިއެވެ. އިތުރަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނެތުމުން ލަތީފް އެތަނުން ދިޔައެވެ.ލަތީފް ދިޔުމާއެކު ރޭޝަމްއަށް ގިސްލެވެން ފެށުނެވެ.
“ ޒާހިދުގެ ދިރިއުޅުމަށް އަނބުރާ ގޮސްދީ… އިންސާނުންނަށް މައާފްކުރުމަކީ ވެސް އޮންނަ ކަމެއް..“ އާމިރާގެ އަޑަށް ރޭޝަމް އެދިމާލަށް ބަލާލިއެވެ.
“ އެކަމަކު އަހަރެން ކިހިނެއް..“ ރޭޝަމްގެ އަޑު ބެދުނެވެ.
“ އާމިރާއްތަ އެބުނީ ތެދެއް…. ޒާހިދަށްވުރެ ބޮޑަށް ރޭޝަމްދެކެ ލޯބިވާނެ މީހަކު ނުލިބޭނެކަން މިއަދު އަހަރެންނަށްވެސް ޔަގީންވެއްޖެ…. އެހެންވީމަ އަވަހަށް ދޭ.. ގޯ… ގެޓް ޔުއަރ ލަވް ބެކް…“ ޒަފޫވެސް އާމިރާއާ ބައިވިއެވެ.
“ ތެންކިއު ޒަފޫ… ޔޫ އާރ ދަ ބެސްޓެސްޓް ފްރެންޑް އެވަރ…..“ ރޭޝަމް ޒަފޫ ގައިގައި ބާރަށް ބައްދާލިއެވެ.
މާލެ ދެވުމާއެކު ރޭޝަމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ޒާހިދުގެ މޫނު ދެކިލުމަށް ކެތްމަދުވެފައިވާ ކަހަލައެވެ. ގެއަށް ވަދެވުމާއެކު ދުވެފައި ގޮސް ރޭޝަމް ކޮޓަރިއަށް ވަނެވެ. އެވަގުތު ކުޑަދޮރު ކައިރީގައި އިށީންދެގެން ސިގިރޭޓެއް ބޯން އިން ޒާހިދު ފެނުމުން ރޭޝަމްގެ ހިތަށް ހަމަޖެހުން ލިބުނުކަހަލައެވެ.
” ޒާހިދު…“ ރޭޝަމްގެ އަޑަށް ސިހިފައި ޒާހިދު ދޮރާ ދިމާލަށް ބަލާލިއެވެ. ބޭއިޚްތިޔާރުގައި ޒާހިދަށް ތެދުވެވުނެވެ. އަދި ރޭޝަމްއާ ދިމާލަށް ދުއްވައިގަނެވުނެވެ.
“ އަހަރެންނަށް މައާފްކުރޭ ޕްލީޒް…. އަހަރެންނަކަށް މިގޮތުގަ ކެތެއް ނުވާނެ….“ ރޮވިފައިވާ ހާލު ޒާހިދު ރޭޝަމްގެ ގައިގައި އޮޅުލައިގަތެވެ.
” އަހަރެން މައާފްކޮށްފިން… އެމް ސޮރީ…. އަހަރެން ދެން ދުވަހަކުވެސް ޒާހިދު ދޫކޮށްލާފައެއް ނުދާނަން…“ ރޭޝަމްގެ ދެލޯ ކަރުނުން ފާއްދާލިއެވެ.
އެދުވަހަށްފަހު ދިރިއުޅުމެއްގައި އެއްވެސް ކަމެއް ސިއްރުކުރުމަކީ ހައްލެއް ނޫންކަން ޒާހިދު ހިތުގެ އެންމެ އަޑިން ގަބޫލުކުރިއެވެ. ހަގީގީ ދިރިއުޅުމަކީ ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކުގެ ހިއްސާ އޮތުމެވެ. މިއަދު ކެނޑިނޭޅި ޒާހިދާއި ރޭޝަމް އިންތިޒާރުކުރަމުން އެދަނީ ދަރިފުޅު އުފަންވާނެ ވަގުތަކަށެވެ. ކެތްމަދުވެފައިވާ ހާލުގައެވެ. ހިނިތުންވުމަކާ އެކީގައެވެ. (ނިމުނީ)
93 Comments!
Comments are closed.
Me first
ya dhw .. congra
hear is last part ..hurihaa kudhihnah vx mibaa reethi vaane kamah ummeedh kuran..hurihaa kiyunthering ah v fah fashun shukuru adhaa kuran..thi dhin support ge sababun mi vaahaka medhunukendi gehndhan ehyve dhiny thy.
THANKS ALL READERS
starfish aa vhk eh liyan v nu…. v reethi story… will miss you….n love you..
thanks raya will miss and love u 2
This lovely story finish dhw I miss you starfish ???
me 2nd
ya congra
Vaahaka varah furihama. Adhives starfishge ehen vaahakaeh kiyan libeyne kamah uhmeedhu kuran. Luv u starfish??
Haadha avahakah mi nimunee vvvv salhi
thanks aisha
Vara vara salhi
thanks laal
OMG… Varaaaaaa reethi… Juss love it.. But nimunyma Maa dhera vejje.. BTW love u and will miss you..
love u and miss u 2
thanks maain
Vvva salhi… new story v avahah kiyaalan libeyne kamah unmeedhukura… varah salhi..????
thanks naxy
Wooooooow mivaahaka varah varah reethi nimuneema ves dhera vehje dhen ves genes dhey vaahaka mihaa reethi vaane kamah ummy dhu kuran. Inshaa alla
thanks saeedha
Varah reethi story eh mi nimunee. Adhives mifadha ehen storyehge inthixaaruga huri vaahaka bunelan. Your the best??
thanks
Wow…v reethi
thanks meee
Vara reethi ?
thanks anonymous
Vara reethi ?
thanks azu
Vahaka maa kuru galhuvaalaafa.
Nimun iru aslam dhin parcel ga oiy ehcheh ves neyge.
1 mas thereyga veenuvee neyge eoh undhagu case file koh aslam men hayyaru kurevey varu vee iru ves ebai neh rangalhah genevifa eh.
Mi part noon mi vahakaige ehn huriha part eh vrh salhi. Vrh kiyaa hithun kee ves. ☺
sry to desapoint u rashy..
aslu cheesemoosa vaahaka liyuni mee hama ekani up kohdheni..
Story salhi..avas musthagbalehgga star fish ge aavaahakaikaii libeyne kamah unmeedhu kuran <3
thanks saaa
Varah varah varah varah salhi mi story ge ending hama super you mad me cry starfish………? and bunaane bahuga varah ithubaaru hunna kujje ge gothuga varah bodah feel kureve starfish aky. This gothuga kuriah dhaathy starfish Maashaa Allah …..
And mi story finish dhw…???????????
I will miss you and this lovely story…?
But where is Latheefs wife?????
When we see you’re other story …..
Wish you all the best…..?
Yes kobaa Latheef ge wife and asmaa
thanks sana
Vvvv reethi story eh mi..nimunves v salhi..enme hih hama jeheny baraabarah story up kuraathy.❤
thanks chim
Ending hama obinexx to the max………….
When next story?
And kobaa chessmoosa????
Magey sallam bunaathi starfish……..and thanks ves ..
cheesemoosa eba uley aisgen
bunnann salaan
thanks samahaa
Cheesemoosa konthaakah dhiyaee???
Chessmoosa varah busy dhw …..???
V reethi nimunugoh ??❤️
thanks anaa
Mi story ge 2nd part needheytha ??
2nd part liyenvi dhw
moosa v v molhu vaahaka liyan n starfish v molhu dievehen tayp kuran. lol ????☺??
naic storyy keep it up n see u sooon. den viehanden vaahka diegu kohlie namadhw
Vaahaka reethi. Ekam javaabu nulibey baeh suvaalu thah ebahuri. Your work is appreciated ?
Roavvaalaifi… v v v reethi
Mimmi aky mishkaatha?
Story v reethi.
Thi ee foohi nuvagotha enme ginain adhi enme avaha up koddhey kujja.
Dhen kondhuvahakun à story fashanee
Mi story nimun varah kada latheef aa aamira gulhuvan jeheyne adhi latheef aamira ah maaf kuran vs jeheyne aniyaa kurevunyma kuryge part akun gang boss ah bust vy zaahid ge kotary ga camera eh invaahaka vs bunefa veyy varah confuse dhen e dhin gift ga e iny kon ehcheh kan vs bunedhyfa eh neyy mi story ga oiyy alhugandah faahaga kohlevunu kankan mee but story varah obi e mistake thah rangalhu kohli nama varah reethi vees. Mi story first part in feahigen nimendhen reyn feahigen kiyaa levihje obi mi story… dhen faharakun mi ah vure reethi story eh hiyy thalhu vaalakahala story eh ge inthixaaru ga.. waiting.. ly
Vvvv reethi…ehen stry akah inthizaaru kure vey
Adhi mihaathanah kiunu enme reethi vaahaka thakuge thereyga mivaahaka himeneyne!!!!! ???its beautiful!!!! ur too good Star Fish!!!!! ???looking forward for ur next story if ur gonna write!!!! ???
Alhey nimunytha v dheragotheh mivy vahaka nimunyma mivahaka v reethi but meege part 2 genesdheyne kamah uhmeedhu kuran ?????
v reethi mi story..? mi stpry ge credits moosa ah dhww? btw starfish ge vaahaka eh v kiyaalaa hih vey☺?
V v reethi mi vaahaka. Ekamu haadha avahakashey mivaahaka mi nimmaaly??
nimuny tha..alhe dhn vrh foohi vaane..mi e enmme reethi stry….adhivc gabool nukureve nimunukan… ??no minha vc maru v…anyway stry vrhreethi….
Salhi.. ekamu assu vaahaka nimeyiru enmen vx jehynnu rangalhu vaan. .. leeza ah vx asmaa ah vx veenu vee eh neyge?? dhn parcel ga koahcheh? ?? Anyways starfish gastheh nukuran tha vaahaka eh liyaakah….. ?
Dhn enehkaa janaah vrh lwbi vi reysham dheke…. kobaa eyna vx….. enmen dhiyaeetha aslam gang group ge sababun maru vegen ?? n mee hama juma ah heevaa rangalhu goiy ingey…. dhn anna story akah improve kohleema habeys vaane….??❤❤
Varah furihama ehaame hiygaimu Vaahaka eh mee..
Thee hama vidhaalaane liyun their eh starfish..
Varah varah furihama..
Ehen Vaahaka eh up kuran fashaa avahah..
Kiyaalaa hithun mi hun’nany..
Keep it up starfish..
Varah reethi
Aminath Rishfa
Salhi tha
Kiyanee adhi v rythi
Mihaaru up kohly dhw.. Nuney vaa gadha kuhjeh igey thy.. Dhen khonirakun story eh fennaany.. Luv u
Very very disappointed with this part
Sorry 2 say
Juma thibuni kanthah aharehves faahagavi
Mee too but story habeys
Aslu mi vaahaka v v Rythi. V v hiy hama jehey genes dhey gothun vx. Ekamak mi vaahaka nimun iru e parcel ga oiy ehcheh vx neyge. Asma ge kanthah vx neyge. Reysham mom muraaly zaahidh kameh vx neyge. Aslu enmen nah vx ekan engen vaane dhoa. Ehn noon nama v v Rythi vaane mi vaahaka
story nimun kamaku nudhey gift ah vee gotheves neygey
V v v reethi ekamaku vaahaka nimunyma v deravy???????? n you aa the best love u ???????dhen kon eraku mikahala reethi vaahaka eh genesdhy nee ????? i am wating for the next story??????
Alheyyy…story nimunyma varah varah varah sad.????…but story varah reethi….i Will miss you a lot starfish…serious kon..hope to see another story from you soon…love you..good night⛺⛺⛺
V Reethi Mi story …?…
Waiting for your next story…..
Mihaa baraabarah up kuraa stry eh nukiyan adhi.. vvvvvv salhi.. lolun karunaves athuvehje.. tanq starfish.. luv much this stry
Alhey starfish I miss you serous kon I miss you ??? Then when started updateing new story???????????????????????
Plx upload soon dear…..
Don’t stop writing story
Nimun kamaku nudey.kobaa aslam ge present, eynage hageegai kamaabehey faraathakaa hissaeh nukure .kada
Ninmun thankolheh kada inge maa avahah ninman ulhuneema vee goih ans rangalhah kiyaidhevifaka neih..but over all I found this as a heart touching story..thanks for ur hard work..up coming days hope for a more beautiful story of ..ly.. 🙂
wow wow wow .???
loves it
Hei starfish, i did read the story everyday even wen i dont comment. Story is really nice but i thnk it would have been better if you speciafically mention what was in that CD because by reading this, we dont know what exactly was in the CD, whether its a vidoe where they kill her mother or anythn else. (Just a randol opinion) ☺️♥️
vaahka diyagoe hama salhe ekam nimun ehaa fakale noon ekameves ok den 1st Story viima baye kankan maa avas aruvaalaafa halu kohliima egen niemun ehaa ok nuvee unmeedu kuran den liyaa vaahakayega rangalhu vaane kamae. nice storyy ☺?????
Varah ves furihama story eh.. ??
Great work starfish???
❤❤
Sjkkk
Where r u??
Kobaatha storyyy!!!
Impatient 2 read itt
Yes where is you are story…………???
Varah varah reethi mi vaahaka. Adhi mikahala eh vaahaka liyefanantha,???
Starfish ge ithuru vaahaka akah unthizaar kuran varah ufaaveh starfish kahala Gina liyuntherin esfiya com ah vaahaka up kuraathi and vaahaka liyumuge furusath libi ekam ge beynun hifaathee ves varah varah varah ufaaveh and thank you so much esfiya team and special Admin ah thanks u done a great great great job and once again thank you sir ?
Wooooowww ???????? nice ending
Maa sha Allah
Heart touchin story eh..and very realistic..
May Allah bless u with more ?
Lookin forward for another amazing story ❤️
You are chessmoosa’s girlfriend dhw lol……..????
Story hama habeys
vahaka eh reethi vaany eyge feshumaai nimun anna gotahkun. mi vahaka goaheh noon. kudhi kudhi mistakes huri.
nimumah dheynee hama zero. cd n fenuny korcheh kameh ves nenge. asma ah v goi nenge. amira and latheef nugulhey. okey nugulhunas etleast kurevunu kanthakah maafah edhifa eh ves nei. emme bodah alhaigai thankolhaky gift ga othy korcheh kameh nenge. aslu mi vefa in gothaky supportarun gina v v nun maa bodah amilla nafsah depend vevuny….
vahaka ehkoh kiyaalevunu iru ihusaas kurevuny incmoplete vaa kahala ihusaaseh… mi buny huskameh feel vi ey……
kadaey meethi
Chessmoosa is writing this story not satarfish bro ????????
Alhey Waau very nice ending hama Ahssaribahaa saabas dheyvaru vey very nice…….
thedhe thibunee vaahaka reethi ekam vaahakaige nimun reehchenoon
Alhey kobatha starfish dhooni ????
Come back I miss you and story pls come back ??????????????
Kobaatha starfish ? I missed you so much come back again pls starfish